Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 47 (ސަތާޅީސްވަނަ ބައި)

ރޭގަނޑުގެ ވަގުތެވެ. ބޭނުން ނުވިކަމުގައިވިޔަސް ބައްޕައަށްޓަކައި އަޔާނީ ތައްޔާރުވިއެވެ. ބޮޑުކޮޓަރީގައި ހުރި ސޯފާގައި އޭނާ އިނީ އިސްޖަހާލައިގެންނެވެ. އޭނާގެ ހިތް ރޮމުންދާ އަޑު ދެ ފަރާތުގައި ތިބި މަންމައާއި ބައްޕައަށް އިވޭނެނަމައޭ އަޔާނީގެ ހިތަށް އެރިއެވެ. ހުސްނާ އިނީ އަމްހާގެ ގާތުގައެވެ އެމީހުން އިށީނދެގެން ތިބި ސޯފާގެ ފަހަތުގައި އަޔާނީގެ އެކުވެރިންގެ މަޑުކޮށްލައިގެން ތިއްބެވެ. އިޔާޒާއި ލުމާންގެ ތިބީ އަނެއް ސޯފާގައެވެ. އިޔާޒްގެ މޫނުމަތީގައިވެސްވަނީ ނުތަނަވަސްކަމެވެ. ގަޑިން ބަރާބަރު އަށްގަޑި ބައިވުމާއިއެކު ގޭގެ ދޮރުހުޅުވުނު އަޑު އިވުނެވެ. އަޔާނީއަށް ދެ ލޯ މަރާ ފިއްތާލެވުނީ ހާސްވީވަރުންނެވެ.

“އަފްލާކް….” ފަހަތުގައި މަޑުކޮށްލައިގެން ހުރި ޝިއުރީގެ ދުލުން އަފްލާކްގެ ނަން އިވުމާއިއެކު އަޔާނީއަށް ދެ ލޯ ހުޅުވާލެވުނު ގޮތްވެސް ނޭނގުނެވެ. ދޮރާއި ދިމާއަށް ބަލާލެވުނު ވަގުތު ފެނުނު މަންޒަރުން އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ހިނިތުންވެހުރެ، ދެ ފިރިހެނުންނާއިއެކު ގޭތެރެއަށް ވަދެގެން އެ އަންނަނީ އޭނާގެ ލޯބިވާ އަފްލާކެވެ.

______________________________________

 

އަޔާނީއަށް ހައިރާންކަން ލިބުނީ އަފްލާކްގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފެނުމުންނެވެ. ހާސްވެފައި ހުރެ އޭނާއަށް ބަލައިލެވުނީ ޔޫސުފްގެ މޫނަށެވެ. އޭނާގެ ހައިރާންކަން އިތުރުވެގެން ދިޔައީ ޔޫސުފްވެސް ހިނިތުންވެލައިގެން ހުރިތަން ފެނުމުންނެވެ. އަފްލާކާއި ދިމާއަށް ބަލައިލިވަގުތު އެ މީހުންގެ ފަހަތުން ވަދެގެން އައި އަފްލާކްގެ މައިންބަފައިން ފެނުމުން އަޔާނީ ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާ ނޭނގިފައެވެ. އަޔާނީގެ އިތުރުން އެތާ ދެންތިބި މީހުންވެސް ތިބީ ވާނުވާ ނޭނގި ހައިރާންކަމެއްގެ ތެރޭގައެވެ. އެންމެންވެސް ތިބީ ކޮޅަށް ތެދުވެގެންނެވެ. އަފްލާކްމެން އައިސް މަޑުކޮށްލީ ސީދާ އަޔާނީމެންގެ ކުރިމަތީގައެވެ. އަޔާނީގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން ޔޫސުފް އަފްލާކްގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. އަޔާނީއަށް ހުރެވުނީ ޔޫސުފްގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ދަރިފުޅާ…… ދަރިފުޅު ބޭނުންވާ ގޮތަށް ދަރިފުޅުގެ ކައިވެނި ކުރެވޭނީ ހަމަ އަފްލާކްއާ…. ބައްޕަގެ ސަޕްރައިޒް ކިހިނެއްވަނީ….؟؟؟؟” ޔޫސުފްގެ ދުލުން ނުކުތް ޖުމްލަތައް އަޑު އިވިފައި އަޔާނީއަށް އަނގަމަތީ އަތްއަޅާލެވުނީ އުފާވީވަރުންނެވެ. ކުއްލިއަކަށް އެފަދަ އުފާވެރި ޚަބަރެއް ލިބުމުން ރޮވެން އުޅޭހެންވެސް ހީވިއެވެ. ޔޫސުފް މޭގައި ބޯ އަޅާލެވުނީ ބުނާނެ، އެއްޗެއް ނުވިސްނުމުންނެވެ. އޭނާގެ ހިތަށް ލިބިގެންދިޔަ އުފާވެރިކަން ބަޔާންކޮށްދޭންވެސް ދައްޗެވެ. ޝިއުރީމެންވެސް އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިތުންވެލީ އަޔާނީއަށްޓަކައި އުފަލުން ތިބެއެވެ. ދެން ތިބި މީހުންގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ.

“ޔޫސުފް، މީ ކޮންއިރަކު ކިހިނެއް ވީ ކަމެއް…..؟؟؟؟؟” އަމްހާގެ ގާތުގައިވެސް ޔޫސުފް، އަފްލާކްގެ ވާހަކަ ދައްކާފައި ނުވާތީ، އެކަންތައް އެނގެން ބޭނުންވެފައި ހުރިވަރުން، އޭނާ އަހާލިއެވެ. އަޔާނީވެސް ޔޫސުފާއި ދުރަށް ޖެހިލަމުން އޭނާގެ މޫނަށް ބަލަން ހުރީ އެކަން ވީގޮތް އަޑު އަހާލާހިތުންނެވެ. ހިނިތުންވެލަމުން ޔޫސުފް ގޮސް މަޑުކޮށްލީ އަފްލާކްގެ ބައްޕަ ކަރީމްގެ ގާތުގައެވެ. އޭނާގެ ކޮނޑަށް އަތް ލައިގެން ހުރެ، އެކަން ހިނގި ގޮތް ކިޔައިދޭންފެށިއެވެ.

 

“އަހަރެންނަށް އެނގޭ ކުރިންވެސް އަފްލާކްއާއި ޔާނީ ރައްޓެހިވިކަން…. އަދި އަހަރެން ބުނެގެން ޔާނީ ކިޔަވާ ނިމެންދެން ދެ ކުދިން ދުރުގައި ތިބިކަންވެސް އެނގޭ…. އެކަމަކު، ޔާނީ ކިޔަވާ ނިމިގެން ވަޒީފާއަށް ދާން ފެށިފަހުން ދެ ކުދިން ގުޅުނުކަން އަހަރެންނަށް އެނގުނީ މީހެއްގެ ފަރާތުން…. އެ ގޮތަށް ކައިވެނި ނުކޮށް ރައްޓެހިވެގެން އުޅުމަކީ، އަހަރެން އެހާ ރުހޭ ކަމެއް ނޫން…. އެހެންވެގެން ތި ދެ ކުދިންގެ ގުޅުމާއިމެދު ކަރީމްގެ ވިސްނުން ހުރި ގޮތެއް ބަލާލަން ބޭނުންވާތީ، އަހަރެން އޭނާއާއި ބައްދަލް ކުރިން…. ތި ދެކުދިން ގުޅުމަށް ކަރީމްވެސް ޤަބޫލުކަން އެނގުމުން، އަހަރެން ބޭނުންވީ ވީހާވެސް އަވަހަށް ތިކުދިން ކައިވެނިކުރުވަން….. އަފްލާކް ފުރަތަމަ މި ގެއަށް ގެނައީވެސް ކައިވެނީގެ ވާހަކަ ދައްކަން…. އަފްލާކް ހަނދާންވާނެ ކަންނޭނގެ… އަހަރެން ވާހަކަ ފަށަން އުޅެނިކޮށް އަހަރެންނަށް ފޯން ކޯލެއް އައީމަ މަޑުކޮށްލާށޭ ކިޔާފަ ދުރަށް ދިޔައީ…..” އަފްލާކަށް ބަލައިލަމުން ޔޫސުފް މިހެން ބުނުމުން، އަފްލާކް ބޯ ޖަހާލީ އެ ދުވަހު ކަންތައް ހިނގައިދިޔަ ގޮތް އޭނާގެ ހަނދާނުގައި ހުރީތީއެވެ.

 

“އަހަރެންނަށް ގުޅީ އަފްލާކްގެ ބައްޕަ… ލަންކާގައި ދިރިއުޅޭ އަފްލާކްގެ ބޮޑުދައިތަ ހާޖަރާގެ ދަރިފުޅުގެ އިމްތިހާން އޮންނާތީ، އެހާ އަވަހަށް ރާއްޖެއަށް ނާދެވޭ ވާހަކަ ބުނަން…. ކަރީމް ބޭނުމެއް ނުވޭ ހާޖަރާއަށް ބައިވެރިނުވެވޭ ގޮތަށް އެ ކައިވެނީ ކުރުވާކަށް….. އެހެންވެ، އަހަރެމެން ދެ މީހުން ވާހަކަ ދައްކައިގެން ނިންމީ، ހާޖަރާއަށް ރާއްޖެ އާދެވެންދެން ކައިވެނި ފަސްކޮށްލުމަށް….. ތި ދެކުދިންގެ ގުޅުމަށް އަހަރެން ނުޤަބޫލޭ ބުނީ ކައިވެނި ވެވެންދެން، ދެ ކުދިން ދުރުގައި ބައިތިއްބަންވެގެން….. އެނގޭ އެ ގޮތަށް ކަންތައް ކުރީމަ ތިކުދިން ވަރަށް ދެރަވާނެކަންވެސް…. އެކަމަކު، އަހަރެން ބޭނުން ނުވީ، އެހާ ދުވަސްކޮޅަކަށްވެސް ތި ދެ ކުދިން ރައްޓެހިވެގެން އުޅެން…. އެހެންވެ އެގޮތަށް ކަންތައްކުރީ…. އެ ދުވަހު ތި ކުދިންގެ މޫނުމަތީގެ ކުލަވަރު ފެނުނީމަ އަސްލު ވަރަށް ދެރަވެސް ވީ…. ޙަޤީގަތް ހާމަ ކުރަންވެސް ހިތަށް އެރި…. އެކަމަކު ހިތަށް އެރީ މިހާރު ތަޅުވާލިޔަސް ފަހުން އުފާކޮށްދެވޭނެއެއްނޫންހޭ…. އެހެންވެ ކެތްކޮށްލައިގެން ހުރީ……” ދެ ކުދިންގެ ބޮލުގައި ފިރުމާލަމުން ޔޫސުފް ބުނެލިއެވެ. އަޔާނީއާއި އަފްލާކް އެކަކު އަނެކަކަށް ބަލާލަމުން ހީލިއެވެ.

 

“އޭގެ ދުވަސްކޮޅެއް ފަހުން ޔާނީ ފިލީ….. ފިލީކީ ނޫން ދޯ…. ފިލީކަމަށް ބުނެ އަހަރެންނަށް ބިރުދައްކާލަން އުޅުނީ، ދޯ އިޔާ….” އިޔާޒަށް ނިއް އެއްލަމުން، އޭނާގެ ކުރިމަތީ މަޑުކޮސްލަމުން ޔޫސުފް ބުނެލިއެވެ. ބޯ ކަހާލަމުން އިޔާޒަށް ބަލައިލެވުނީ އަޔާނީއާއި ދިމާއަށެވެ. އެއީ އެ މީހުންގެ ރޭވުމެއްކަން ޔޫސުފަށް އެނގުމުންނެވެ. އަޔާނީގެ މޫނުމަތީގައިވެސް ވަނީ ހައިރާންކަމެވެ. އަފްލާކް ނިއް އަރުވާލީ ޔޫސުފަށް އެނގުނީ ކިހިނެއްހޭ އަހާލާފަދައިންނެވެ. އަޔާނީ ދެ ކޮނޑު އުފުލާލަމުން އަޑު ނީވޭނެހެން ނޭނގެއޭ ބުނެލިއެވެ. އިޔާޒް ދެން ބަލައލީ އަމްހާމެންނާއި ދިމާއަށެވެ. އެމީހުންވެސް ބޯ ހޫރާލީ އެފަދަ ވާހަކައެއް ޔޫސުފްގެ ގާތުގައި އެ މީހުން ނުދައްކާތީއެވެ.

“ހެހެހެ އަހަރެންނަށް އެކަން އެނގުނީ އެމީހުންގެ ފަރާތުންނެއް ނޫނޭ…..” އިޔާޒްގެ ހަރަކާތްތަކަށް ބަލަން ހުރެފައި، ހިނިގަނޑެއް ޖަހާލަމުން ޔޫސުފް ބުނެލިއެވެ.

“ޔާނީގެ ގާތުގައި ފިލާ ވާހަކަ އިޔާޒް، ދައްކަނިކޮށް އަހަރެންނަށް އަޑު އިވުނީ….. ޔާނީ ގޭގަ ނެތް ވާހަކަ އަމްހާ ބުނިއިރު، އަހަންނަށް އެނގޭ ޔާނީ ހުރީ ގޭގަކަން….. އެކަމަކު، އަހަރެންވެސް ނޭނގޭކަމަށް ހަދާފަ ހާސްވާކަމަށް ހެދުނީ…. ހުސްނާ ޕޮލިހަށް ގުޅާ ވާހަކަ ބުނީމަ، އަހަރެން އެކަމަށް އިންކާރު ކުރީވެސް ޔާނީ ނުފިލާކަށް އެނގޭތީ…..” ޔޫސުފްގެ ވާހަކަތައް އިވިފައި އަޔާނީއާއި އިޔާޒް އެކަކު އަނެކަކަށް ބަލަން ތިބީ ދެ ލޯ ބޮޑުކޮށްލައިގެންނެވެ. އެ މީހުން ހިތުން އެ ރޭވުން ރޭވީ އެއްވެސް މީހަކަށް ނޭނގިއެވެ. އެހެނަސް، އެ މީހުންނަށް ނޭނގި ޔޫސުފް މި ވަނީ އެއަށްވުރެ މާ ބޮޑު ރޭވުންގަނޑެއް ރާވާފައެވެ.

“އަހަރެން ވިސްނަމުން ދިޔައީ ޔާނީ އަމިއްލައަށް އަހަރެންގެ ކުރިމައްޗަށް އަންނާނީ ކިހިނެއް ހެދިއްޔާބާއޭ…. ނަސީބަކުން އެކަމުގައިވެސް މާ ބޮޑަކަށް ވިސްނާކަށް ނުޖެހުނު…. ނޭނގިނަމަވެސް ހުސްނާ އަހަރެންނަށް ދިނީ ވަރަށް މޮޅު ޚިޔާލެއް….. އަހަރެންގެ ބަލި މަތިން ހުސްނާ ހަނދާންކޮށްދިނީމަ، ޔާނީ އަހަރެންގެ ކުރިމައްޗަށް ގެންނަންވެގެން، ގޮތެއް ވީކަމަށް އެކްޓް ޖައްސާލީ…. އަސްލު އަހަރެންނަކަށް އެއްވެސް ކަމެއް ނުވޭ…….” ޔޫސުފް މިހެން ބުނުމުން ހުސްނާ އާއި އަމްހާ އެކަކު އަނެކަކަށް ބަލައިލަމުން ދެ ލޯ ބޮޑުކޮށްލިއެވެ. ވާނީވެސް އެހެންތާއެވެ. އެއީ ޔޫސުފް ޖެއްސި ވައްތަރެއް ކަމެއް ހީވެސް ނުވެއެވެ. ޔޫސުފަށް ބަލައިލަމުން އަމްހާ ދެ ފަރާތަށް ބޯ ހޫރާލީ އޭނާގެ ލާނެއް ކަމުންނެވެ. އަމްހާއަށް ބަލަން ހުރި ޔޫސުފް ލާނެއް ގޮތަކަސް ހީލިއެވެ.

“ޑަކްޓަރު އަހަރެން ބަލަން ވަން ގަޑީ އަހަރެން އޭނައަށް ހުރިހާ ވާހަކައެއް ކިޔައިދީފަ އެދުނީ، އަހަރެންގެ ކުޅިގަނޑުގައި ބައިވެރިވެދޭން…. ޑަކްޓަރާ ގާތް އެކުވެރިކަމެއް އޮތީތީ، އެކަންވެސް ވަރަށް ފަސޭހައިން ހަމަޖެހުނު….. އެހެންވެ އެހާ ފަސޭހައިން ގެއަށް ދެވޭ ގޮތްވީވެސް…… ޔާނީ އަފްލާކްދެކެ އެހާ ލޯބިވާއިރުވެސް، ބައްޕައަށްޓަކައި އޭނާއާއި ދުރުގައި ހުންނަން އެއްބަސްވީމަ ބައްޕަ ވަރަށް އުފާވި…. އެނގޭތަ ކީއްވެގެކަން…..” އަޔާނީގެ ގާތަށް ގޮސް ލޯބިން އޭނަގެ ބޮލުގައި ފިރުމާލަމުން ޔޫސުފް އަހާލިއެވެ. އަޔާނީ ދެ ފަރާތަށް ބޯ ހޫރާލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.

“ބައްޕަ އެހާ އުފާވީ، ބައްޕަގެ ދަރިފުޅަކީ ބައްޕަދެކެ ލޯބިވާ ކިޔަމަންތެރި ދަރިއަކަށް ވީތީ….” ހިނިތުންވެލަމުން ޔޫސުފް އަޔާނީގެ ނިތަށް ބޮސްދިނެވެ. ޔޫސުފްގެ ވާހަކަތަކުން އަޔާނީގެ ހިތުގެ އެންމެ އަޑިއަށް އަސަރުކުރިއެވެ. ދެ ލޯ ފެންކަޅިވީ އުފާވީވަރުންނެވެ.

“އަހަރެންނަށް މިހާރު ވަރަށް ރަނގަޅަށް އެނގިއްޖެ އަހަރެން ނެތް ދުނިޔެއެއްގައިވެސް، ވަރަށް ލޯބިން ދެރައެއް ނުދީ އަހަރެންގެ ދަރިފުޅު ބަލާނެ ދެ މީހުން ތިބިކަން…. އެއީ އަފްލާކާއި އިޔާޒް…. އެމީހުންގެ ބޮލުގައި ފިރުމާލަމުން ޔޫސުފް މިހެން ބުނުމުން ދެ މީހުން ޔޫސުފަށް ބަލައިލުމަށްފަހު، ހިނިތުންވެލިއެވެ.

 

“މިއަދު ބައްޕަ ރަށަށް އައ ފެރީން އަފްލާކްގެ ބޮޑު ދައިތަގެ ޢާއިލާވެސް ރަށަށް އައި…. އަފްލާކްގެ ބައްޕައާއި ދެ މީހުން ރާވައިގެން، އަހަރެމެން އުޅުނީ ދެ ކުދިންނަށް މިރޭ ސަޕްރައިޒެއް ދޭން ވެގެން…. އެކަމަކު، ބައްޕަގެ ފައިބުޑަށް ވެއްޓި، އަފްލާކް އެހާ ވަރަށް އާދޭސް ކުރީމަ، ހިތަށް އެރީ އަފްލާކަށް ކައިވެނީގެ ވާހަކަ ކިޔައިދޭނީއޭ…. އޭރު އަފްލާކް ގޮވައިގެން ބޭރަށް ގޮސް، ކައިވެންޏަށް ޤަބޫލުވާހަކަ ބައްޕަ ބުނިން…. އެކަމަކު، އޭނާ ގާތުން ބައްޕަ އެދުނިން ދަރިފުޅަށް އެކަން ނޭންގުމަށް… އަސްލު އެހާ ބޮޑަށް ދަރިފުޅު ދެރަކޮށްލެވުނީމަ، ބައްޕަ ބޭނުންވީ، ވަރަށް ފުރިހަމަ ސަޕްރައިޒެއް ދޭން……” އަޔާނީގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން ޔޫސުފް ބުނެލިއެވެ. ކަންވީގޮތް އެނގުމުން އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެން ދިޔައެވެ. އަދި ޔޫސުފާއި ކަރީމްގެ ރޭވުންތެރިކަމަށްވެސް އެ މީހުން ތަޢުރީފް ކުރިއެވެ.

“އެހާ ބޮޑަށް ދަރިފުޅުމެން ދެރަކޮށްލެވުނީތީ، އެކަމަށް ބައްޕަމެން މާފަށް އެދެން….” ކަރީމަށް ބަލައިލުމަށްފަހު، އަފްލާކްގެ ކޮނޑުމަތީ އަތް ބާއްވާލަމުން  ޔޫސުފް އެ ދެކުދިންނަށް ބުނެލިއެވެ.

“ތިހެން ނުބުނޭ ބައްޕާ….. އެ ދުވަސްތަކުގައި ދެރަވިޔަސް، މިހާރު އަހަރެމެން މި ތިބީ ވަރަށް އުފަލުން….. އެހެން ނޫނަސް، އަހަރެމެންނަށްވެސް ވިސްނޭ ބައްޕަމެން އެ ގޮތަށް ކަންތައްކުރީ ހަމަ އަހަރެމެންނަށް ރަނގަޅަކަށްކަން….. ދޯ އަފޫ….” އަޔާނީގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން އަފްލާކްވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.

“އެހެންވީމަ ދެން ލަސްނުކޮށް ރަން ކިއުމުގެ ކަންތައް ކުރިއަށް ގެންދަމާ……” ޔޫސުފްމެންގެ ގާތަށް ޖެހިލަމުން، ކަރީމް ބުނެލިއެވެ. އެކަމަށް އެއްބަސްވުމުގެ ގޮތުން ޔޫސުފްވެސް ބޯ ޖަހާލިއެވެ.

 

“އިހަށް މަޑުކޮށްބަލަ…..” އިޔާޒްގެ އަޑަށް އެންމެން އެއްފަހަރާ އޭނާއަށް ބަލައިލިއެވެ.

“ދެން ލުމާން އަށް ކިހިނެއްވާނީ….؟؟؟ މި ބުނީ، ބޮޑުބައްޕަ ލުމާން ގެނައީ ޔާނީއާއި ދެވާކަންނު……” ގާތުގައި ހުރި ލުމާނަށް ބަލައިލަމުން އިޔާޒް ބުނެލިއެވެ. އެއާއިއެކު، އަނގަޔަށް ގޮތެއް ހަދާލަމުން ލުމާންވެސް އިޔާޒަށް ބަލައިލިއެވެ.

“ކޮން އިރަކު އަހަރެން ތިހެން ބުނީ…..؟؟؟؟” އިޔާޒް އެހެން ބުނުމުން ޔޫސުފްވެސް ހައިރާންވިއެވެ. ކަރީމްވެސް ހައިރާންވެފައި ހުރެ ޔޫސުފަށް ބަލައިލިއެވެ.

“ލުމާން ފުރަތަމަ އައި ދުވަހު ބޮޑު ބައްޕަ ބުނީމެއްނު……” އަޔާނީއަށް ބަލައިލަމުން އިޔާޒް އެހެން ބުނުމުން، އަޔާނީވެސް ބޯޖަހާލީ އެ ދުވަހު އެކަން އެގޮތަށް ވީކަމަށް އެއްބަސްވަމުންނެވެ.

“އެ ދުވަހު އަހަރެން ވާހަކަ ދައްކާ ނުނިމެނީސް ތިކުދިން ދިޔައީނު…. އަހަރެން ނުބުނަން އެއީ ޔާނީ ކައިވެނި ކުރަން ގެނައި މީހެކޭ….. އަހަރެން ބުނަން އުޅުނީ، އެއީ ޔާނީގެ ކައިވެނީގެ ކަންތައް ހަމަޖައްސަން ގެނައި މީހެކޭ….. ލުމާނަކީ ވެޑިން ޕްލޭނަރ އެއް…. ބައްޕަގެ ރައްޓެއްސެއްގެ ދަރިއަކަށްވެފައި، އެހެން މާލޭގައި ކަމެއް ނުކޮށް ހުންނާތީ އަހަރެންގެ އެދުމަށް ލުމާންގެ ބައްޕަ އޭނަ މިރަށަށް ފޮނުވައިދިނީ، ޔާނީގެ ކައިވެނީގެ ހުރިހާ ކަމެއް ތައްޔާރުކުރުމަށް…….” ޔޫސުފް އޮޅުން ފިލުވައިދިނެވެ. އަޔާނީއާއި އިޔާޒް ހޭންފެށީ ލުމާނާއި ދޭތެރޭ އެމީހުންނަށް ގޯސްކޮށް ހީކުރެވިފައި އޮތުމުންނެވެ. އަދި އޭނައަށް ލަނޑުދޭން ދެ މީހުން ވަރަށް ރާވާލާފައި ވީތީއެވެ.

“އެ ވާހަކަ ދެއްކީމަ މި ހަނދާންވީ….. ލުމާންގެ މަސައްކަތް މިހާރު ކިހާ ހިސާބަކަށް ދިޔައީ….؟؟؟؟؟” އެކަން ހަނދާންވުމުން ޔޫސުފް ސުވާލުކޮށްލިއެވެ.

“އެއްވެސް ކަމެއް އަދި ނުވޭ…. ކިހިނެއްވާނީ….؟؟؟؟؟ އަހަރެން ކައިވެނީގެ ވާހަކައެއް ފަށާއިރަށް އަޔާނީ ފިލާނެ…. އެންމެ ފަހުން ޖަވާބެއް ދެވޭވަރުވީ މިއަދު…. އެވެސް އާދަޔާ ޚިލާފު ޖަވާބެއް…. ކައިވެނި ޕާޓީގެ ކުލައަކަށް ބޭނުމީ ކަޅުކުލައޯ…. އަދި އެނގޭތަ ބޭނުންވަނީ ކޮން ތީމްއެއްކަން…..؟؟؟؟ ބިރުވެރި ތޯމްއެކޯ…. އެވެސް ދެން މީހުން ކައިވެނީގެ ޕާޓީ ބާއްވާ ގޮތްތަ…..؟؟؟” އަނގަޔަށް ގޮތެއް ހަދާލަމުން ލުމާން ބުނެލިއެވެ. އޭނާގެ ޖަވާބު އިވުމުން އެންމެން އެއްފަހަރާ ހޭންފެށިއެވެ.

“އެއީ ތެދެއް ދަރިފުޅާ…. އެއީ ދެން ކައިވެނި ޕާޓީއަކާ ގުޅޭ ކުލައެއްވެސް ނޫނެއްނު….. އަނެއްކާ އެ ތީމްވެސް…..” އަޔާނީއަށް ބަލައިލަމުން ޔޫސުފް އަހާލިއެވެ. އަޔާނީ އެހެން ބުނީ ލުމާނާ ޖެއްސުމަށްކަމަށް ބުނުމުން، އަނެއްކާވެސް އެންމެން ހޭންފެށިއެވެ.

 

ރަންކިޔާ ނިމުމުން ދެ އާއިލާގެ އިސްވެރިން ތިބީ ކައިވެންޏާއި ބެހޭގޮތުން މަޝްވަރާ ކުރާށެވެ. އެމީހުންގެ ގާތުގައި ލުމާނާއި އަފްލާކްގެ އިތުރުން އިޔާޒްވެސް ތިއްބެވެ. އަޔާނީމެން ތިބީ އޭނާގެ ކޮޓަރީގައެވެ.

“ޔާނީގެ ބައްޕަވަރެއް ހަމަ ނެތް….. އެ ހުރިހާކަމެއް ރާވާ ނިންމާލިއިރު އެކަކަށްވެސް ރޭކާ ނުލާ…..” ޔަލްވީގެ ވާހަކައަށް، ދެން ތިބި ކުދިންވެސް ތާއީދު ކުރީ ޔޫސުފްގެ ރޭވުންތެރިކަމުގެ މޮޅުކަމުންނެވެ.

“ފައިނަލީ….. އަހަރެމެން އެންމެންނަށްވެސް އެންމެ ބޭނުންވާ މީހުން ލިބުނީ ދޯ…..” ޝިއުރީގެ އަތުގައި ހިފާލައިގެން އިނދެ އަޔާނީ މިހެން ބުނުމުން ޝިއުރީ ބޯ ޖަހާލިއެވެ. އެ ދެކުދިންނަށް އެކުދިންގެ ލޯބި ކާމިޔާބުވީތީ، ޔަލްވީމެން އެ ކުދިންނަށް މަރުހަބާ ކިޔެވެ.

“އަހަރެމެންހެން ތި މީހުންވެސް އެއްކޮށް ޕާޓީބާއްވަންވީނު…. އޭރުން ކިހާ މަޖާވާނެ…..” ކައިވެނީގެ ވާހަކަ ފެށުމުން ޔަލްވީ ބުނެލިއެވެ. އެކަމަށް ތާއީދުކޮށް އަޔާނީވެސް، ޝިއުރީގެ މޫނަށް ބަލައިލީ ޖަވާބަކަށް ބޭނުންވެފައި އިނދެއެވެ. ޝިއުރީއަށް ބަލައިލެވުނީ މިޝްޔާއާއި ދިމާއަށެވެ.

“އަހަރެމެންވެސް ބޭނުންވަނީ، ވީހާވެސް އަވަހަށް ކައިވެނި ކުރަން….. ލަސްކުރާކަށް ބޭނުމެއް ނޫން…..އެހާ މަދު ދުވަސްކޮޅެއްގެ ތެރޭ ކިހިނެއް ދެން ޕާޓީއެއް ބާއްވާނީ….. ތައްޔާރުވާހާ، ދުވަސް ނެތީމަ އަހަރެމެން ނިންމައިގެން މި ތިބީ ވަރަށް ކުޑަގޮތެއް ހަދާލަންކަމަށް….. ” އަތުގެ އިނގިލިތަކާ ކުޅެލަމުން ޝިއުރީ ބުނެލިއެވެ.

“އަހަރެންވެސް ބޭނުމެއް ނޫނޭ ލަސްކުރާކަށް…. އެކަމަކު ދެން އެންމެ އަވަހަކަށްވެސް ކައިވެނި ކުރެވޭނީ ހަތް ދުވަސް ފަހުންތާ ދޯ…. ހަފްތާއެއްގެ ތެރޭ ތައްޔާރުވެވޭނޭ….. ދެމީހުން އެއްކޮށް ކުރަންޏާ ފަސޭހަވެސް ވާނެ….. އިއްތިފާގަކުން އެއްދުވަހަކާ ރަން ކިޔުނީވެސް…..” ޝިއުރީގެ ދެ އަތްތިލައިގައި ހިފާލަމުން އަޔާނީ އާދޭސްކޮށްލިއެވެ.

“އެކަމަކު…” ޝިއުރީ އުޅުނީ ދެކޮޅު ހަދާށެވެ.

“ކޮން އެކަމަކުއެއް….. ދެކުދިންގެ ޕާޓީ އެއްކޮށް ބާއްވާނީ…. ދައްތަމެން އާއިލާގެ ބޮޑެތި މީހުންނާ ވާހަކަދައްކާނަން…. ޝިއުމެން ކަންބޮޑުވާނެކަމެއް ނެތް….. ތި ކުދިން ހަމަޖެހިލައިގެން ތިބޭ….. ކައިވެނިކުރަންވާއިރަށް ހުރިހާ ތައްޔާރީއެއްވެސް ދައްތަމެން ހަމަޖައްސާނަން……” ޝިއުރީގެ ބޮލުގައި ފިރުމާލަމުން އަމްހާ ބުނެލިއެވެ. އޭނާގެ ވާހަކަތަކަށް، ގާތުގައި ހުރި ހުސްނާވެސް ތާއީދު ކުރިއެވެ. އަޔާނީ އުފާވީވަރުން އަމްހާގެ ގައިގައި ބައްދާލިއެވެ. ޔަލްވީއާއި މިޝްޔާ ޝިއުރީގެ ދެފަރާތުން ފިއްތާލުމުން ޝިއުރީވެސް ހިނިތުންވެލިއެވެ.

********************

 

އޭއި…. ކޮންކަމަކަށް ގެއްލިފަ…. ހާދަ މޫޑީވެފައި ތި އިނީ…….” ކާގޭ މޭޒުދޮށުގައި ފެންތަށްޓެއް ހިފައިގެން އިން ޝަހުނާގެ ކޮނޑުގައި އަތްބާއްވާލަމުން އީޝާ އަހާލިއެވެ. އަދި އޭނާގެ ގާތުގައި އިށީންނަމުން، މީހަކު ފެންނަން ހުރިތޯ ބަލައިލުމަށްފަހު، އަތުގައި އޮތް ފެންފުޅި ދިއްކޮށްލިއެވެ.

“މޫޑީވާނު… މިޝަލް ކައިވެނި ކުރަނީއޯ… އެވެސް އެ އުޅޭ ޝިއުރީގަނޑާ….. ހާދަ ފޫއްސެއްވެޔޭ…. ވަރަށް ދެރަވެސް ވޭ……” އީޝާ ދިން ފުޅީގައި ހިފަމުން ފޫހިގޮތަކަށް ޝަހުނާ ބުނެލިއެވެ.

“އަސްލުވެސްތަ…..؟؟؟؟ އެއްވަރުގެ ބައެއް…. ހަމަ އަހަރެމެން ލޯބިވާ މީހުންނޭ، ޖަހައިގަންނަންވެސް އެނގުނީ….. އަހަރެންނަށް ފެންނަނީ ކޮންމެވެސް ގޮތަކުން ޝިއުރީއަށްވެސް ތީގެ އެތިކޮޅެއް ދޭން…..” ޝަހުނާގެ އަތުގައި އޮތް ރުކުރާފުޅިއަށް އިޝާރާތްކޮށްލަމުން އީޝާ ބުނެލީ ނުލަފާ ގޮތަކަށް ހީލަމުންނެވެ. ޝަހުނާގެ ތުންފަތަށްވެސް ހިނިތުންވުމެއްވެރިވީ އީޝާގެ ޚިޔާލް ކަމުދިއުމުންނެވެ.

 

“ހަބަރުދާރު……” ދެ މީހުން ސިހިގެން ދިޔައީ ފަހަތުން ޔަލްވީގެ އަޑު އިވުމުންނެވެ. ދެ މީހުން އެއްފަހަރާ ކޮޅަށް ތެދުވަމުން ބަލާލިއިރު ޔަލްވީ އެމީހުންނާއި ދިމާއަށް އަންނަނީއެވެ. މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. ބަލަހައްޓައިގެން ހުރީ އިންޒާރު ދޭ ފަދައަކުންނެވެ.

“ޚަބަރުދާރު…. ކަލޭމެން އަހަރެންނަށް ހިތުހުރިގޮތެއް ހެދިޔަސް ޝިއުއަށް ގޮތެއް ހަދަން ހިތުވެސް ނުލާތި….!!!! ކަލޭމެންގެ ފަރާތުން ޝިއުއަށް ދެރައެއް ލިބިއްޖެއްޔާ އަހަރެން މަޑަކުން ނުހުންނާނަން ހަނދާންކުރާތި…..!!!!!” ދެ މީހުންނާއި ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ ޔަލްވީ ބުނެލީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. ޝަހުނާއާއި އީޝާ އެކަކު އަނެކަކަށް ބަލައިލީ އެ މީހުން ދެއްކި ވާހަކަ ޔަލްވީއަށް އިވުމުން އެކަމާ ހާސްވެފައި ހުރެއެވެ.

“ކިހިނެއްވީ މާ އަޑުގަދަވެގެން މި އުޅެނީ…..؟؟؟؟” ތިން މީހުން އެއްފަހަރާ ދޮރާއި ދިމާއަށް ބަލައިލީ ޚަދީޖާގެ އަޑަށްށެވެ. ކޮޓަރިން ނުކުތްވަގުތު ކާގޭތެރޭ އަޑުގަދަވެގެން އޭނާ އައީ ވީގޮތެއް ބަލައިލާށެވެ. ޚަދީޖާ ފެންނައިރަށް ޝަހުނާ އެކްޓް ޖައްސަން ފެށިއެވެ.

“މަންމާ….. އަހަރެންނާއެކު އީޝާ މިގެއަށް އައީމަ ޔަލްވީ އެކަމާ ރުޅިއައިސްގެން އަހަރެންނަށް އަމުރު ކުރަނީ…. ޝައުން ކުރިން އީޝާއާ ރައްޓެހިވީމަ ޔަލްވީ ބޭނުމެއް ނުވޭ އީޝާ މިގެއަށް އަންނާކަށް…. އެކަމަކު، އަހަރެންގެ ރައްޓެހިންނަށްވެސް މި ގެއަށް އާދެވެން ވާނު…..” ޚަދީޖާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ޝަހުނާ ދެރަވެލާފައި ބުނެލިއެވެ. ޚަދީޖާ ބަލައިލީ ޔަލްވީއާއި ދިމާއަށެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން ޔަލްވީ އެ ވާހަކަތައް ދޮގުކުރިއެވެ.

“ޔަލްވީ އެހާ ރުޅި އަންނަންޏާ އަހަރެން ދެން މި ގެއަކަށް ނާންނާނަން…. ޝަހޫ، އަހަރެން ދަނީ…..” އީޝާވެސް ޝަހުނާގެ ކުޅިގަނޑުގައި ބައިވެރިވެލިއެވެ. އެތަނުން ނުކުންނަން ދިޔަ އީޝާ ހުއްޓުވީ ޚަދީޖާއެވެ.

“ދަރިފުޅާ އެއީ ދެން މާ ކުރީގެ ކަމެއްނު….. އެހެނޭ ކިޔާފަ އެކަހަލަ އެއްޗެހި ހިތުގައި ބާއްވައިގެން އުޅޭކަށް ނުވާނެ…. އީޝާ އެއީ އެންމެ ކުޑައިރުއްސުރެވެސް މި ގެއަށް އައިސް އުޅޭ ކުއްޖެއް…. ތި ވިސްނުން ބަދަލުކުރަން މަންމައަށް ފެންނަނީ…..” ޚަދީޖާ ޔަލްވީއަށް ނަޞޭހަތްތެރިވިއެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން ޔަލްވީއަށް ބަލާލެވުނީ އީޝާމެންނާ ދިމާއަށެވެ. ނުލަފާ ގޮތަކަށް ހީލައިގެން ތިބި ދެ މީހުންފެނި ޔަލްވީ ކެކިގަތެވެ.

“މަންމާ އެ މީހުން އެ ހަދަނީ ހުސްދޮގު… މީ ޙަޤީގަތަކީ…..” އަތުގައި އޮތް ފޯނުން ވީޑިއޯއެއް އަޅުވާލަމުން ޔަލްވީ ޚަދީޖާއަށް ދައްކާލިއެވެ. އޭގެ އަޑު އިވުމުން ޝަހުނާމެންނަށް ދެ ލޯ ބޮޑުކޮށްލެވުނީ އެއީ ކުރީ ދުވަހު ބަދިގެތެރޭ ތިބެގެން އެ މީހުން ދެއްކި ވާހަކަކަން އެނގުމުންނެވެ.
“ސުބްޙާނަﷲ….” އެ ވީޑިއޯ ބަލާފައި ލިބުނު ހައިރާންކަމާއި އެއްވަރަށް ޚަދީޖާގެ ގާތަށް ރުޅިވެސް އައެވެ. ރުޅިވެރި ނަޒަރަކުން ޚަދީޖާ ބަލާލުމުން ޝަހުނާމެން އިސްޖަހާލީ ހާސްވީވަރުންނެވެ. ދެން ކުއްލިއަކަށް ފެނިގެން ދިޔައީ މީހެއްގެ އަތުގެ ހޫނު އެތިފަހަރެއް ޝަހުނާގެ ކޯތާފަތަށް އެރިތަނެވެ. ޔަލްވީއަށްވެސް ސިހިފައި ބަލައިލެވުނެވެ. ރުޅިއައިސް ރަތްވެ ތުރުތުރުއަޅަމުން ދިޔަ ޝައުން ފެނިފައި އޭނާއަށް ވީގޮތްވެސް ނެނގުނެވެ. ދިޔަ ގޮތަށްގޮސް ޝައުންގެ އަތުގައި ހިފަހައްޓާލިއެވެ. އޭނާއަށް ޝަހުނާމެންގެ ޙަޤީގަތް އެނގުމުންވެސް، ޝައުނަށް ނޭނގީ އެހެންވެއެވެ. ޝައުން ރުޅިއަންނާނެކަން އެނގޭތީއެވެ.

“ހުރި ނުބައިކަން….. އަހަރެން ހިތަކަށްނާރަ ދެވަނަ ފަހަރަށް ދޮންތައަށް ތިކަހަލަ ލަމެއް ކުރަން ކެރިދާނެއެކޭ…. ލަދުގަނޭ ތީ މަގޭ ދޮންތައޭ ބުނަންވެސް…. އަހަރެން ހީކޮށްގެން މި ހުރީ ދޮންތަ އިސްލާޙްވީއޭ… އެކަމަކު ޔާލްއަށް ހީވީ ހަމަ ރަނގަޅަށް…. ދޮންތަ ރަނގަޅެއް ނުވި…… އަނެއްކާވެސް މިހިރަ ނުބައި އަންހެނާއާއި ގުޅިގެން ނުބައި ރޭވުންގަނޑެއް ރާވާލިއިރު، އެއްފަހަރުވެސް ހިތަކަށް ނާރާތަ އެއީ މަގޭ އަންހެނުންނޭ…. ދޮންތަގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި މީހާގެ ދިރިއުޅުން ހަލާކުކޮށްލަން ވަކި ހިއްޕާލާފައޭ ތި ހުރީ…..؟؟؟؟” ޝައުން ހުރީ ވަރަށް ރުޅިގަދަވެފައެވެ.

“ދެވަނަ ފަހަރަށްށޭ…..” ޝައުންގެ ވާހަކަތައް އަޑު އިވިފައި ޚަދީޖާއަށް އަހާލެވުނެވެ.

“އާން މަންމާ…. ދެވަނަފަހަރަށް…. އެނގޭތަ މީގެ ފަސްވަރަކަށް އަހަރު ކުރިން މިހިރަ ނުބައި އަންހެނާއާއި ގުޅިގެން ދޮންތަ ކުރަން އުޅުނުކަމެއް…… ފިރިހެނަކަށް ފައިސާ ދީގެން ޔާލްގެ އިއްޒަތް ވެއްޔާ މޮޑެލަން އުޅުނީ…. ހަމައެކަނީ އަހަރެން ޔާލް އާއި ވާހަކަ ދައްކާތީ، އެކަމާ ރުޅިއައިސްގެން…. ރުޅިއަޔަސް އެކަހަލަ ކަމެއް ކުރަންވާނެތަ….؟؟؟ މަންމަ ރުޅިއަންނާނެކަން އެނގޭތީ ދޮންތައަށްޓަކައި އަހަރެން އޭރު އެވާހަކަ ސިއްރުކުރީ…. އެކަމަކު ދެން މަޑަކުން ނުހުންނާނަން…. އަހަރެންގެ ލޯބިވާ އަންހެނުންނާ، އަހަރެންނާ ދުރުކުރަން އުޅޭ ކޮންމެ މީހަކަށް އަހަރެން ނަފްރަތު ކުރާނަން…..” ޝައުން ފަހު ޖުމްލަ ބުނެލީ އީޝާއަށް ކަޅި އަޅާލަމުންނެވެ. ޝައުންގެ ވާހަކަތައް އަޑު އަހަން ހުރި ޚަދީޖާއަށް އަނގަމަތީ އަތްއަޅާލެވުނީ، އެ ވާހަކަތައް ޤަބޫލުކުރަން އުނދަގޫވުމުންނެވެ. އެހެނަސް، އިސްޖަހާލައިގެން ތިބި ޝަހުނާއާއި އީޝާ ފެނުމުން އޭނާއަށް އެ ވާހަކަތައް ޤަބޫލުކުރެވުނެވެ.

“ތީތަ އަހަރެން ޝަހުނާއަށް ދިން ތަރުބިއްޔަތަކީ…. އަހަރެން ހިއެއް ނުކުރަން އަހަރެންގެ ދަރިއަކު ތިފަދަ ދަށުދަރަޖައެއްގެ ޢަމަލެއް ކޮށްފާނެއެކޭ…. މާތްކަލާކޯ…. އަހަރެންނަށް މި ދުވަސް ދެކެން ނުޖެހި މަރުވިނަމަ ކޮންފަދަ…..” ޝަހުނާގެ ސަބަބުން ދެރަވީވަރުން ޚަދިޖާއަށް ރޮއެގަނެވުނެވެ. ޝައުނާއި ޔަލްވީ ދެފަރާތުން ޚަދީޖާގެ ގައިގައި ހިފަހައްޓާލިއެވެ. ޝަހުނާވެސް އުޅުނީ މަންމާ އޭ ކިޔާ އޭނާއާއި ގާތްވާށެވެ. އެހެނަސް އަތްދިއްކޮށްލަމުން ޚަދީޖާ، ޝަހުނާ ހުއްޓުވިއެވެ.

“ޚަބަރުދާރު…. މީގެ ފަހުން ތި މުޑުދާރު ދުލުން މަށަށް މަންމަ ކިޔާ އަޑުއަހާކަށްވެސް އަހަރެން ބޭނުމެއް ނޫން…. ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރަށްދޭ….” ޝަހުނާއާއި ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ ޚަދީޖާ ބުނެލިއެވެ. ޝަހުނާއަށް ރޮއެގަނެވުނީ އަމިއްލަ ކުށް އިޙްސާސްވެ ދެރަވީވަރުންނެވެ. ޚަދީޖާ ގޮވައިގެން ޔަލްވީ އެތަނުން ދިޔައެވެ.

“ކަލޭ ތި ހުރީ ކޯއްޗެއް ބަލަން….؟؟؟ ހަމަ މިހާރު މިގެއިން ނުކުމޭ…. މީގެ ފަހުން މިގެއަށް ވަނަސް ދެފައި ބިންދާލާނަން….” އީޝާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެ ޝައުން އަމުރުކޮށްލިއެވެ. ޖެހިލުންވެފައި ހުރި އީޝާ ހަލުވި ފިޔަވަޅުތަކެއް އަޅަމުން އެތަނުން ނުކުންނަށް ދިޔައެވެ.

‘ދިއުމުގެ ކުރިން އަޑުއަހާ…. މީގެ ފަހުން އަހަރެންގެ އަންހެނުންނަށް ދެރަގޮތެއް ހަދަން ހިތުވެސްނުލާތި…. ނަތީޖާ މާ ރަނގަޅެއް ނުވާނެ…… ” ބޭރަށް ނުކުންނަން ދިޔަ އީޝާގެ ކުރިމައްޗަށް އަރަމުން ޝައުން ބުނެލިއެވެ. އަވަސްއަވަހަށް ބޯ ޖަހާލުމަށްފަހު، އީޝާ ނުކުމެގެން ދިޔައީއެވެ. ރޯންހުރި ޝަހުނާއަށް ބަލައިލަމުން ޝައުންވެސް ދިޔައީ ޚަދީޖާގެ ގާތަށްށެވެ.

 

ޚަދީޖާ ހަމައަކަށް އެޅުމުން ޔަލްވީ ގޮވައިގެން ޝައުން ދިޔައީ ކޮޓަރިއަށްށެވެ. އޭރުވެސް އޭނާގެ ރުޅިގަނޑު މުޅިއަކުން ފިންޏެއް ނުވެއެވެ. ކޮޓަރިއަށް ވަދެވުމާއިއެކު، ޝައުން ގޮސް އިށީނީ އެނދުމަތީގައެވެ. މޫނުގައި ދެ އަތް އަޅާލައިގެން އޭނާ އިނީ އިސްޖަހާލައިގެންނެވެ. އިރުކޮޅަކު ޝައުނަށް ބަލަން ހުރެފައި ޔަލްވީ، އޭނާގެ ގާތަށް ދިޔައެވެ. ޝައުންގެ ގާތުގައި އިށީނދެ މަޑުމަޑުން ޝައުންގެ ދެއަތުގައި ހިފަހައްޓާލިއެވެ. ޔަލްވީގެ ބީހިލުމާއެކު، މޫނުން އަތްނަގައި ޝައުން، ޔަލްވީއަށް ބަލައިލިއެވެ. އަދި ޔަލްވީއަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީ އޭނާގެ ތުނިހަށިގަނޑުގައި ބައްދާލިއެވެ.

“ޔާލް…. އަހަރެން ވަރަށް ދެރަވާނެ ޔާލްއާއި ވަކިވާން ޖެހިއްޖެއްޔާ…. އަހަރެން ވަރަށް ލޯބިވޭ ޔާލްދެކެ…. ވަރަށް ވަރަށް ލޯބިވޭ….” ޔަލްވީގެ ހަށިގަނޑުން ދޫކޮށްނުލާ އިނދެ ޝައުން ބުނެލިއެވެ. ޝަހުނާގެ ޢަމަލުތައް އެނގުމުން އޭނާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.

“އަހަރެންވެސް ވަރަށް ލޯބިވޭ ޝައުންދެކެ…. މާތްﷲ އިރާދަކުރެއްވިއްޔާ އަހަރެމެން އުޅޭނީ، ފަހު ނޭވަޔާ ޖެހެންދެންވެސް އެކީގައި….” ޝައުންގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޔަލްވީ ބުނެލިއެވެ. ޔަލްވީ ދުރުކޮށްލަމުން، އޭނާގެ މޫނުގައި ޝައުންގެ ދެ އަތުން ހިފަހައްޓާލިއެވެ.

“އެ މީހުންގެ ރޭވުން ޔާލްއަށް އެނގޭއިރު، ކީއްވެ އަހަރެން ގާތު ނުބުނީ…. މަންމައަށް އެ ވީޑިއޯ ދެއްކިވަގުތު، އަހަރެންނަށް އެތަނަށް ދެވުނީ އިއްތިފާގަކުން…. އެހެން ނޫންނަމަ ޔާލް އަހަރެންނަށް އެއިން އެއްވެސް ކަމެއް އަންގާ ނުލާނެ ދޯ….  ކޮބާ އެ ދުވަހު ދޮންތަ ދިން ރާފުޅި…. ޔާލް ބުއިންތަ….؟؟؟؟؟ ޔަލްވީގެ ދެ ލޮލަށް ބަލަން އިނދެ ޝައުން އަހާލިއެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން ޔަލްވީ ޝައުންގެ ދެ އަތްތިލައިގައި ހިފަހައްޓާލިއެވެ.

“ޝައުން ރުޅިއަންނާނެކަން އެނގޭތީ އަހަރެން ނުބުނީ… އެހެންނޫނަސް، އަހަރެން އުޅުނީ އަހަރެންމީ ފިނޑި މީހެއް ނޫންކަން އެ މީހުންނަށް އަންގާލަން…. އެކަމަކު، މަންމަ ގާތުގައި އެމީހުން ފޭކުވާހަކައެއް ދެއްކީމަ، އަހަރެންވެސް ރުޅިގަދަވީ…. އެހެންވެ ފަހަށް މަޑުނުކޮށް އެ ވީޑިއޯ މަންމައަށް ދެއްކީ……. އަހަރެން ނުބޮން އެ ރާފުޅިއެއް… ކޮޓަރިއަށް އައިއްސަ ފާހާނާއަށް އަޅާލީ… އަހަރެންނާ ދޭތެރޭ ޝައުން ހާސްނުވޭ…. އިރެއްގަ މާ ފިނޑިވެގެން އުޅުނަސް މިހާރު އެހެނެއް ނުވާނެ…. އަހަރެން އެންމެންނާވެސް ކުރިމަތިލާނީ ވަރަށް ކެރިގެން….” ޝައުންގެ ކޮނޑުގައި ބޯ އަޅާލަމުން ޔަލްވީ ބުނެލިއެވެ. ޔަލްވީގެ ބަނޑު ކޮށްޓާލަމުން ޝައުންވެސް ހޭންފެށީ، ޔަލްވީއަކީ ކެރޭ ކުއްޖެއްކަން މިއަދު އެނގިއްޖެކަމަށް ބުނަމުންނެވެ.

********************

 

“ރާހިލް ކިހިނެއްވީތަ…..؟؟؟ އަހަރެން މި އައީއޭ…. ދެން ތި ކިޔާ އެއްޗެއް ކިޔާބަލަ…..” ކޮޓަރިއަށްވަދެ ދޮރު ލައްޕާލުމަށްފަހު، އެނދުގައި އޮށޯވެގެން އޮތް ރާހިލަށް ބަލައިލަމުން މިޝްޔާ ބުނެލިއެވެ. އޭނާ ގޮސް އިށީނީ ރާހިލްގެ މަގަތުގައެވެ.

“ތިތާ ދުރުގަ ނީނދެ އަހަރެންގެ ގާތު އޮވެލަން އާދެބަލަ…..” މިޝްޔާގެ އަތުގައި ހިފައި ދަމާލަމުން ރާހިލް ބުނެލީ ލޯބިވެތި ގޮތަކަށެވެ. ނުވިސްނާ އިން މިޝްޔާ ގޮސް ޖެހުނީ ހާމައަށް އޮތް ރާހިލްގެ ތަނަވަސް މޭމަތީގައެވެ. އެވަގުތު އޭނާގެ ގައިން ދުވި މީރުވަހުން ނޯއްދަމާލަމުން މިޝްޔާއަށް ލޯމަރާލެވުނެވެ. ތެދުވުމުގެ ބަދަލުގައި އެ މޭމަތީ ބޯއަޅާލަމުން އޭނާ ހަމަޖެހިލީއެވެ.

“ހާދަ ވަރަކަށް ތި ވަސްބަލަނީ…. ކޮން ވަހެއްތަ ދުވަނީ…..” މިޝްޔާގެ މޫނުގައި ފިރުމާލަމުން ގަޔާވެފައި އޮވެ ރާހިލް އަހާލިއެވެ. އެއާއިއެކު އިވިގެން ދިޔައީ މިޝްޔާ ލުއިލުއި ހިނިތުންވުމުގެ އަޑެވެ.

“ހެހެހެ…. ފިރިމީހާގެ ވަސް….” ރާހިލްގެ މޭމަތީ ނޭފަތް ޖައްސާލަމުން ލާނެއް ގޮތަކަށް ހެވިފައި އޮވެ މިޝްޔާ ބުނެލިއެވެ. މިޝްޔާ ބުނެލި ގޮތުން ރާހިލްގެ ގާތަށްވެސް ހިނިއައެވެ. މިޝްޔާގެ ނިތަށް ބޮސްދެމުން އޭނާ މިޝްޔާގެ ގައިގައި ބާރަށް ބައްދާލިއެވެ.

“އަޅޭ އަހަރެންނަށް ނޭވާވެސް ނުލެވެއޭ މިހާރު…… ކޮން ވާހަކައެއް ބުނަންތަ ތި ގޮވީ….؟؟؟؟؟” މިޝްޔާ މިހެން ބުނުމުން ރާހިލް މިޝްޔާގެ ގައިން ދޫކޮށްލިއެވެ. އަދި މިޝްޔާގެ މަޑުމަޑު އަތްތިލާގައި ހިފާލަމުން އެ އަތަށް ބޮސްދިނެވެ. އެއަށްފަހު، އޭނާ އޮށޯވެގެން އޮތް ބާލީހުގެ ދަށުން ނެގި އަނގޮޓި، މިޝްޔާއަށް ދައްކާލަމުން، އޭނާގެ އިނގިލީގައި އަޅުވަން ދިމާކޮށްލިއެވެ. ބާރުބާރަށް މިޝްޔާއަށް ހޭން ފެށުނީ ރާހިލް ގެނައި އަނގޮޓި އޭނާގެ އިނގިއްޔަށް ވަރުނުވުމުންނެވެ. އޭނާގެ އެންމެ ކުޑަ އިނގިއްޔަށްވެސް އެ އަނގޮޓި ވަރެއް ނޫނެވެ. ހެމުން ހެމުން މިޝްޔާ ތެދުވެ އިށީންއިރު އޭނާގެ ދެ ލޮލުން ފެންވެސް އައެވެ. ރާހިލްވެސް ތެދުވެ ފާރުގައި ލެނގިލިއެވެ. މިޝްޔާ އެ ގޮތަށް ހޭތަން ފެނުމުން، އޭނާއަށް އިނދެވުނީ ގަޔާވެގެން ބަލާށެވެ. މިޝްޔާ މައިތިރިވީވެސް ރާހިލް މާވަރަކަށް ބަލާތީއެވެ.

“ކީއްވެ ތި ބަލަނީ…..؟؟؟؟؟” ހިނިގަނޑު މަތަކޮށްލަމުން ރާހިލްގެ މޫނުގައި އަތް ޖައްސާލަމުން މިޝްޔާ އަހާލިއެވެ. މިޝްޔާގެ އަތުގައި ހިފަހައްޓާލަމުން ރާހިލް ހިނިތުންވެލިއެވެ.

“މިޝީ ތިހެން މަޖާވެގެން ހޭތަން ފެނުނީމަ އަހަރެން ވަރަށް ހިތްހަމަޖެހޭ….. ތީ އަހަރެންނަށް އާއްމުކޮށް ފެންނަ މަންޒަރެއް ނޫން…. އުފާވެފައި ހުންނައިރު މިޝީ މާ ލޯބި…. މާ ބޮޑަށްވެސް މިޝީއާއި ގުޅޭ…. މަގޭ ލޯބި ލޯބި ވައިފީ، އަބަދުވެސް ތި ގޮތަށް އުފާވެފައި ހުންނައްޗޭ….” މިޝްޔާގެ ކޯތާފަތުގައި ހިފަހައްޓާލަމުން ރާހިލް ބުނެލިއެވެ. ހިނިތުންވެލަމުން މިޝްޔާ، ރާހިލްގެ މޭގައި ބޯ އަޅާލިއެވެ. ރާހިލްވެސް މިޝްޔާގެ އުނަގަނޑުގައި ހިފަހައްޓާލަމުން، އޭނާގެ ބޮލުގައި ދަތްދޮޅި ޖައްސާލައިގެން އިނދެ ދެ ލޯ މަރާލިއެވެ.

“ދީބަ ތި އަނގޮޓީ ބަލާލަން….. އަޅެ ރާހިލް ހީކުރީ އަހަރެންގެ އިނގިލިތައް ހަމަ އެހާ ކުޑަވާނެކަމަށްތަ….؟؟؟؟” އަނެއްކާވެސް އަނގޮޓިމަތިން ހަނދާންވުމުން މިޝްޔާގެ ގާތަށް ހިނިއައެވެ. ރާހިލް ހިނިތުންވެލަމުން މިޝްޔާގެ އަތަށް އަނގޮޓި ލައިދިނެވެ. އަވަސް ޙަރަކާތަކާއިއެކު އެނދުން ފައިބަމުން މިޝްޔާ ދުއްވައިގަތީ، މިޝަލްމެންނަށް އެ އަނގޮޓި ދައްކާލަން ދަނީކަމުގައި ބުނެއެވެ. ރާހިލްވެސް ހިނިތުންވެލަމުން ކޮނޑުގައި އަޅުވާފައި ހުރި ޓީޝާޓް ގަޔަށް މަހާލަމުން، އޭނާގެ ފަހަތުން ބޭރަށް ނުކުތެވެ.

 

ރާހިލް ބަގީޗާއަށް ނުކުތްއިރު މިޝްޔާ ހީހީފާ މިޝަލަށް އެ އަނގޮޓީގެ ވާހަކަ ކިޔައިދެނީއެވެ. ރާހިލް އެ ތަނަށް ދިއުމުން އަނެއްކާވެސް މިޝްޔާ ފެށީ ހޭށެވެ. އޭނާ އެ ތަނުން ދާން ހިނގައިގަތީ މާހިރު ގޮވާލުމުންނެވެ. ރާހިލްވެސް އުޅުނީ އޭނާގެ ފަހަތުން ދާށެވެ. ނަމަވެސް އެއަށްވުރެ ކުރިން މިޝަލް އިންތަނުން ތެދުވެ ރާހިލްގެ ގައިގައި ބައްދާލިއެވެ. ރާހިލާއި ދުރަށް ޖެހިލިއިރު، މިޝަލްގެ ތުންފަތަށްވަނީ ރީތި ހިނިތުންވުމެއް ވެރިވެފައެވެ. ރާހިލްވެސް ހިނިތުންވެލަމުން ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ.

 

“އަހަރެން މިއަދު ވަރަށް އުފާވެއްޖެ….. ދުވަސްތަކަކަށްފަހު އަހަރެންނަށް މިއަދު ކުރީގެ މިޝް ފެނިއްޖެ….. މިޝްއަކީ ކުރިން ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެއް….. އަބަދުވެސް ކޮންމެވެސް ސަކަރާތެއްގައި އުޅޭނީ….. މީހަކަށް ޖެއްސުންކޮށްނުލާ އޭނާ ހިތްހަމައެއް ނުޖެހޭނެ….. އެކަމަކު، ޒިކާން ގެއްލުމާ، މަންމަގެ ބައްޔާ، އެއަށްފަހު، އެ ދެ މީހުންގެ ވަކިވުމާއި ގުޅިގެން މިޝްގެ އުޅުން މުޅިން ބަދަލުވީ…. ސަކަ ގޮތްގަނޑު ކެނޑި މަޑުމައިތިރި ކުއްޖަކަށް ބަދަލުވީ…. ވަރަށް ދެރަވި މިޝްގެ އުޅުމަށް އެހާ ބޮޑު ބަދަލެއް އައީމަ…. ހިތަށް އެރި ކޮން ދުވަހަކުންބާއޭ އަހަރެންނަށް ކުރީގެ މިޝް ފެންނާނީ….. ރާހިލް އޭނަގެ ދިރިއުޅުމަށް އައި ފަހުން މަޑުމަޑުން އޭނަގެ މިޒާޖު ބަދަލުވަމުންއައިސް، މިހާރު އެ ހުރީ މުޅީން ހަމައަކަށް އެޅިފަ….. މިޝްއަށް ތިކަހަލަ ރަނގަޅު ފިރިއަކު ދެއްވިކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރަން….. ތޭންކްސް މޭން…..” ރާހިލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ހިނިތުންވެފައި ހުރެ މިޝަލް ބުނެލިއެވެ. ރާހިލް ދެ ފަރާތަށް ބޯ ހޫރާލަމުން ހީލިއެވެ.

 

“އަހަރެންނަށްވެސް ފާހަގަ ކުރެވުނު މިޝީއަށް އައި ބަދަލު…. އެކަމަކު އަހަރެން ޤަބޫލު ކުރާ ގޮތުގައި އެ ބަދަލު އައީ ހަމައެކަނި އަހަރެންގެ ސަބަބުންނެއް ނޫން….. ބައްޕައާއި މިޝަލްއާއި އޭނާގެ އެކުވެރިންގެ ރޯލްވެސް މީގައި ވަރަށް ބޮޑު…. އަހަރެންނަށް ފާހަގަ ކުރެވުނު ކަމެއް ބުނެލަންތަ….؟؟؟؟ އަހަރެންމެން އެންމެންގެ ދިރިއުޅުމަށް އުފާވެރިކަން އައިފަހުން މިޝްއަށް އެހާ ބޮޑު ބަދަލެއް އައީ…. ޚާއްސަކޮށް މިޝަލްގެ ލޯބި ޝިއު ޤަބޫލުކޮށް، ތި ދެ މީހުންގެ ކައިވެނި ހަމަޖެހުނުފަހުން…..” ރާހިލްގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން މިޝަލްވެސް ބޯ ޖަހާލިއެވެ. އެވަގުތު، މިޝްޔާ އަންނަތަން ފެނުމުން، އެމީހުންގެ ވާހަކަ މެދުކަނޑާލިއެވެ.

“ދެ މީހުން ހާދަ އޮލަ ވާހަކައެއްގައި….. ހިނގާބަލަ…. ބައްޕަ އެބައުޅެ އެއްކަލަ ގޮތަށް ނޫޑްލްސް ކައްކަން…….” އެ މީހުންގެ ގާތަށް އައިސް މަޑުކޮށްލަމުން މިޝްޔާ ބުނެލިއެވެ.

“އޯ ޔޭ….. މައި ފޭވަރިޓް….. ބައްޕަ ކައްކާ ނޫޑްލްސްގަނޑުވަރެއް ހަމަ ނޯންނާނެ……” ތުންފަތުގައި ދޫ ކާއްތާލަމުން ދުވަމުންކަހަލަ ގޮތަކަށް މިޝަލް ގެއަށް ވަންނަން ދިޔައެވެ. މިޝްޔާވެސް ހިނގައިގަތީ، އޭނާގެ ފަހަތުން ދާށެވެ. ނަމަވެސް، ހުޝިޔާރުކަމާއެކު، ރާހިލް، އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ. މިޝްޔާ ބަލައިލަމުން މިހާރު ކިހިނެއްވީތޯ އަހާލިއެވެ. މިޝްޔާއާއި ގާތްވެލަމުން ރާހިލް އެދުނީ ލޯމެރުމަށެވެ. ހިނިތުންވެލަމުން މިޝްޔާ ލޯމަރާލިއެވެ. މިޝަލް ޖީބުން ނެގި ރަން އަނގޮޓިއެއް މިޝްޔާގެ ވާއަތުގެ ކަށި އިނގިލީގައި އަޅުވައިދިނެވެ. މިޝްޔާ ލަސްލަހުން ލޯ ހުޅުވާ ބަލއިލިއެވެ. އޭނާއަށް އަނގަމަތީ އަތް އަޅައިލެވުނީ، އޭނާގެ އިނގިލީގައި އަޅުވާފައި އޮތް ހުދުކުލައިގެ އަލިމަސްޖެހި ރަންއަނގޮޓި ފެނުމުން އުފާވީވަރުންނެވެ.

“ވާއު…. ވަރަށް ރީތި…. ހަމަ ހެޔޮވަރު…..” އަނގޮޓީގައި އިނގިލި ޖައްސާލަމުން ރާހިލްގެ މޫނަށް ބަލަން ހުރެ މިޝްޔާ ބުނެލިއެވެ.

“ހެހެހެ….. ކުރިން އަހަރެން ސަމާސަ ކޮށްލީއޭ…..” މިޝްޔާގެ ކޮލުގައި ހިފާލަމުން ރާހިލް ބުނެލިއެވެ. ދެ މީހުން އެކީ ގެއަށް ވަންނަން ދިޔައީ އަތުގުޅުވާލައިގެންނެވެ.

********************

 

“ސަޖާ ހާދަ ބޮޑު ފިކުރެއްގަ…. ކޮންކަމަކާ ވިސްނަނީ…..؟؟؟” ނިއްކުރިމަތީ އަތް ބާއްވާލައިގެން އޮތް ސަޖާޔާއަށް ބަލައިލަމުން ހާރޫނު ސުވާލުކޮށްލިއެވެ. ހާރޫނާއި ދިމާއަށް އެނބުރެމުން ސަޖާޔާ ބޯ ހޫރާލީ ނުވިސްނަމޭ ބުނަމުންނެވެ. ހާރޫންވެސް ސަޖާޔާއާއި ދިމާއަށް އެނބުރުނެވެ.

“އަހަރެން ވަރަށް އުފާވި ޝިއު މިޝަލްއާ އިންނަން އެއްބަސްވީމަ….. އޭނާ ކަހަލަ ރަނގަޅު މީހަކު ލިބޭނީ ވަރަށް ނަސީބުގަދަ ކުއްޖަކަށް…..” ލޯބިވާ ދަރިފުޅުގެ ނަސީބާއިމެދު އުފާވެފައި އޮވެ ހާރޫން ބުނެލިއެވެ. ފުން ވިސްނުމަކަށް ގެއްލިފައި އޮތް ސަޖާޔާ އެކަމަށް އެއްބަސްވެ ބޯ ޖަހާލުމުން، ހާރޫން ހައިރާންވިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ހީކޮށްގެން ހުރީ ސަޖޔާ ޝިއުރީއާއި ބެހޭ ގޮތުން އެއްޗެކޭ ބުނާނެ ކަމަށެވެ.

“ބުނެބަލަ ކޮންކަމަކާތަ ތި ވިސްނަނީ….؟؟؟” ސަޖާޔާގެ އަތްމަތީ އަތް ބާއްވާލަމުން ހާރޫން ސުވާލުކޮށްލުމުން، ސަޖާޔާ ސިހިފައި ބަލައިލިއެވެ. އެއަށްފަހު، ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

“އަހަރެންނަށް އަދިވެސް އެކަމާ ދޭތެރޭ ވިސްނެނީ….. މި ބުނީ މިޝްޔާއަށްޓަކައި ޝިއުރީ އެހާ ނުރައްކާތެރިކަމަކާ ކުރިމަތިލީމަ…. އެ ޖަޒްލާނަކީ ކޮންކަހަލަ މީހެއްކަން ނޭނގޭ މީހެއް، މި ރަށުގައި ނުހުންނާނެކަންނޭނގެ…. އެކަމަކު، މިޝްއަށްޓަކައި ޝިއުރީ އޭނައާއި އިންނަން އެއްބަސްވީ…. ވަރަށް ހިތްވަރު ގަދަވީމަދޯ އެ ނުލަފާ މީހާގަނޑުގެ ފޯނު އަތުލައިގެން، ޕޮލިސްސްޓޭޝަނަށް ދާނީ…. މީހަކަށް އަންގާނުލާ އެ ހުރިހާ ކަމަކާ ކުރިމަތިލީއިރު، އެފަކީރުގެ ހިތުގައި ބިރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހަމަ ނެތީތަ….؟؟؟؟” ޚިޔާލަކަށް ގެއްލިފައިވާ މީހެއް ފަދައިން ސަޖާޔާ ބުނެލީ، އަދިވެސް އެކަމާ ވިސްނަމުންނެވެ. ހާރޫނުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ސަޖާޔާ ޝިއުރީއާއި ދޭތެރޭ ވިސްނުމުންނެވެ.

“ޝިއުއަށް ނަފްރަތު ކުރާތީ، ސަޖާއަށް އެ ދަރިފުޅުގެ ގޮތް ނޭނގިގެން ތި އުޅެނީ…. އެއީ އަހަރެމެންނަށް ލިބިފައިވާ ރަންގަނޑެއް…. އަމިއްލަ އުފާތަކައްވުރެ، އޭނައަށް އަބަދުވެސް މުހިއްމުވާނީ، އެހެން މީހުންގެ އުފާތައް… އެ ހެޔޮ އޭނާއަށް ކިތަންމެ ބޮޑު ދެރައެއް ލިބުނަސް….. އަހަރެން ވަރަށް އުފާވޭ އަހަރެންނަށް އެކަހަލަ ދަރިއަކު ލިބުނީތީ….” ލިބުނު އުފަލުގައި ހާރޫނު ޝިއުރީއަށް ތައުރީފްކޮށްލިއެވެ. އިތުރު އެއްޗެއް ނުބުނިނަމަވެސް މިފަހަރު ސަޖާޔާވެސް ހިނިތުންވެލިއެވެ. ނިދިއައިސްފިއޭ ބުނެ އޭނާ އަނެއް ފަރާތަށް އެނބުރުނެވެ. އެއާއިއެކު އޭނާގެ ދެ ލޮލުން ފުރޭނިގެން ފޭބިކަރުނަތައް ގޮސް ފޭދުނީ ބޯ އަޅައިގެން އޮތް ބާލީހަށެވެ. އެންމެ ތުއްތުއިރުއްސުރެ މިއަދާ ޖެހެންދެން ޝިއުރީއާއިމެދު، ކަންތައް ކުރެވުނު ގޮތުން ފުރަތަމަ ފަހަރަށް އޭނާ ދެރަވިއެވެ. އެ ހިތުން ޝިއުރީއަށް ނަފްރަތު ވެވުނީތީ، އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. އޭނާއަށް ނިދުނީވެސް އެކަމާ ދެރަވެ ރޯން އޮއްވައެވެ.

********************

 

ދުވަސްތައް ފާއިތުވަމުންގޮސް އަޔާނީމެންގެ ކައިވެނި ކުރާ ދުވަސް އައިސް ޖެހިއްޖެއެވެ. އެމީހުން ނިންމާފައިވަނީ، ކައިވެނި ކުރާ ދުވަސް ނޫން އަނެއް ދުވަހު ވަލީމާ ބާއްވާ ގޮތަށްށެވެ. އެއީ ޝިއުރީމެންވެސް ބެނުންވާ ގޮތެވެ. އެހެންކަމުން ކައިވެނި ކުރުން އޮތީ ދެ ގަޑީގައެވެ. ހަވީރު އޮތީ އަޔާނީމެންގެ ކައިވެންޏެވެ. ޝިއުރީމެންގެ ކައިވެނި އޮތީ ރޭގަނޑުގައެވެ.

 

ހަވީރުގެ ވަގުތެވެ. ޤާޟީ ކައިވެނިކޮށްދީ ނިމުމުން، ދެ ފަރާތުގެ ޢާއިލާމީހުންނާއި ގާތް އެކުވެރިން އަލަތު ދެމަފިރިންނަށް މަރުހަބާ ކިޔެވެ. އަފްލާކްގެ އަތުގައި ހިފަހައްޓާލައިގެން އެކުވެރިންނާއިއެކު ފޮޓޯއަކަށް ހުއްޓިގެން ހުރި އަޔާނީ ހުރީ ވަރަށް އުފަލުންނެވެ. އެތައް ހިތާމައެއް ކަޑައްތު ކުރުމަށްފަހު، އެންމެ ލޯބިވީ އިންސާނާގެ އަންބަކަށް ވެވުމުން އޭނާއަށް ލިބިފައިވާ އުފާވެރިކަން ބަޔާންކޮށްދޭންވެސް ދައްޗެވެ. އަފްލާކްގެ ދުލުން އަނބި ޤަބޫލުކޮށްފީމޭ ބުނިފަހުން، އެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ވާނީވެސް އެހެންތާއެވެ. ފުރާވަރަށް އެރީއްސުރެ އެ މީހަކަށްޓަކައި އެހިތުގައި ވިންދު ޖަހާލި ހަމައެކަނި މީހަކީ އަފްލާކެވެ. ހުރިހާ ޝުކުރެއްވެސް ޙައްޤުވެގެންވަނީ ގަދަ ކީރިތި ވަންތަ މާތްﷲއަށެވެ.

އެކުވެރީންތައް އެހެން ދިމާއަކަށް ދިއުމުން، ލިބުނު ރަނުގެ ފުރުސަތުގައި އަޔާނީގެ އަތުގައި ހިފައިގެން އަފްލާކް ދެމިގަތީ އެންމެ ކައިރީގައި ހުރި ކޮޓަރިއަށްށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (89)

  1. AHY

    Yes…me first dhw..
    Story v.habeys ??

    1. Eemyaa
      AHY

      Thanks AHY ❤

  2. aala

    Thank you eem… Adhi nukiyan komment eh Mi kohly… Egey inthixaar he nimun fonivaane kan

    1. Eemyaa
      aala

      WC dear ?☺

    2. aala
      aala

      Alhey story hama habeys fantastic… Finally hurihaa kudhinnah vx ehmme beynun vaa baiveriyaa libuny dhw… Eem hama hagygy story ehkamah gabool vx nukurevry .. Vaahakaige haadhisaathah huri gothun… Haadha hivvaru gadha kudhinthakekey Aalaa hithah ery.. Hehe… Waiting for up coming parts…☺☺☺☺ ly n miss u eem…

    3. Eemyaa
      aala

      Thanks aalaa ❤

      Yes finally e kudhin enme beynuvaa baiverin libuny ?

      Aalaa, mi vaahaka aky hageegee vaahaka eh nun.. ekm v gina hageegee haadhisaathah genesdheefa hunnaane kudakoh change kohlaafa ☺

      Hageegee haadhisaa thakehge mahchah binaakoh liyefa in khiyaalee vaahaka eh mee ?

      LY n Miss U dear ?

  3. Eemyaa

    Assalaam Alaikum ☺
    Thankolheh las vejje dw sorry ?
    Heekuran mi bai ves kamudhaane kamah. Kusheh faahaga viyya bunedhinun edhen ?
    Baaja veri reakah edhemun vakivelan
    TGC ? LY all ❤❤❤

  4. Eemyaa

    @Hantu surprise kihineh vany?? ?

    1. Hantu
      Eemyaa

      Haha varah majaaa…n noodles gandu vaahakaves ebain dhw…salhi ey mi part

    2. Eemyaa
      Eemyaa

      Hehe ?

  5. Siyaa

    Thanks adhi ekam nukiyan

    1. Eemyaa
      Siyaa

      WC dear ?☺

  6. Yaal

    Wow. Kurinves yaal eem kairee buneemehnu ayaanee menge kaiveni ey. Eem story nimen ulheythee varah sad. Ekam mi vahaka mathin hadhaan nahthaeh nulaanan ingey and i am happy for you eem. Love you

    1. Eemyaa
      Yaal

      Hehe Yeah u were right dear Yaal ??
      Ehentha?? Thanks Yaal ❤
      LY ?

  7. Lam

    Vvv reethi..whn next part

    1. Eemyaa
      Lam

      Thanks Lam ❤
      On Friday, In Sha Allah ?

  8. Nashuu

    masha allah..mi part vess varah reethi….hehe eem bunaane konme faharaku kusheh faahaga vihyya bunachey but egeytha….story reethi v ma kuhves automatically rangalhu kohgen kiyenee…i loved this part love you eem..keet the good work up <3 <3

    1. Eemyaa
      Nashuu

      Thanks Nashuu ❤
      Hehe ehentha ? dhn ekm next part eh ga handhaankoh mistake eh fenijja bunanvaane engey ?
      Thanks dear ❤
      LY ?☺

  9. ???

    Vvvv rythi mibaiii vess ??adhivess hama dhenn vaagoth kiyaa hith vaniii??Eemya vareh neh hama vvvvvvv rythi adhi mivaahaka dhigu kurann feney☺☺??

    1. Eemyaa
      ???

      Thanks dear ❤
      Hehe eyrun baeh kudhin hiyyhama nujeheyne ?
      Thanks again ?

  10. reen

    Its just wow im speechless eemyaa waiting for the next part and its one of the best stories i have read till nw all the best and thi gothuga kuriyah dhey god bless u my dear???

    1. Eemyaa
      reen

      Thanks reen ❤?

  11. linie

    wooooww eemy so nice happy happy i love you hama hithah eri goiy eii…and whn next part up vany

    1. Eemyaa
      linie

      Thanks linie ❤
      Hehe ? On Friday, In Sha Allah ?

  12. Sinaa

    Wow its nice … finally emmen gulhuny

    1. Eemyaa
      Sinaa

      Thanks Sinaa ❤?

  13. nium

    Ma sha allah … v salhi mi baives…. hurihaa kudhinah ekudhinge loabi libuney dhw….

    1. Eemyaa
      nium

      Thanks nium ❤
      Yeah ?

  14. SJK...KOREAN

    eeeem. mihaaru story ehvx varakah kamaku nudhey. sakaraayy.. alheyy adhivx hama thi kiyany dhelo boduvefa indhe mi comment tha??? hahahah. eem aee joke eh ingey.. eem biruganna vailan vegen :p mi part kiyaafa hama speechless. neiyy bunaane ehcheh. mi story nimeyvarakah kiyaa hiyy vany maaaaa bodah!! 😀 hithah araa nunimey namaey. woww the BEST STORY EVER. for me!! 🙂 at last, emmenah emyhegge partner achieve vee dhw. salhi kan… eem nxt othy last part tha?? 🙁 varah dheravey mi story nimeythee.. vvvvvv miss vaane eeem mothin. n mi storyvx 🙁 anyways, hurihaa part ehvx haa habbu mi storyga. waiting for nxt part .. avahah up kohpahchey 🙂 ly dear 🙂

    1. SJK...KOREAN
      SJK...KOREAN

      **kohlahchey

    2. Eemyaa
      SJK...KOREAN

      Haha SJK ??
      Naseebakun bireh nugane o ?
      Hehe Thanks SJK ❤
      M so happy to knw tht dear ?
      Dhera nuvey Eem ves v miss vaane, feshuneesure nimendhen knme part akah ves SJK ge comment nd support libunu Eem ah, Thanks for that dear ??
      LY ?

    3. SJK...KOREAN
      SJK...KOREAN

      haha sakaraaiyy. plan flopped , eem birunugathyma 😉 😉 eem thee my fav writer veema kommehenvx support dheynennu 🙂 🙂 LYSM 😀 hope u’ll bring a new fab story like this sooon after the end of this story 🙂

    4. Eemyaa
      SJK...KOREAN

      Haha ?
      Thanks dear ❤
      Thikama v bodah visnaalan jeheynee ..?

  15. Nish

    Wow finally enmen gulhy..? story nimeythyve v dherave?miss vaane eem nd story mathin.keep it up..?waiting for the next part..ly..?

    1. Eemyaa
      Nish

      Yes ?
      Dhera nuvey Nish, Eem ves v miss vaane ?
      Thanks for supporting me ?
      Thanks dear LY ❤

  16. k

    wow, eem you are amzing… you always make me run out of words.. this part is flawless, hama speechless eem..
    eem mieekee eem hahdhan kuraa hushaamadheh noon ingey 😀 hama serious koh vaahakaige hurihaa part eh ves vvvvvvv amazing,, and interesting kuruvan thihaa molhu reader eh nei.. mi vaahaka nimunas i will surely wait for your another amazing story.
    keep it up eem

    1. k
      k

      * interesting kuruvan thihaa molhu writer eh nei 😀 😀 : D hahahah. avahah comment liyan hadhaigen olhuny,,, sorry eeem 😀 😀

    2. Eemyaa
      k

      Thanks k ❤
      Aww v ufaavejje dear ???
      Hehe baeh faharu ehnves vaane dw ? its k ?
      Thanks again ❤

  17. Ram

    Alhey.. mi part vx varah reethi.. last part tha dhn othy??

    1. Eemyaa
      Ram

      Thanks Ram ❤
      Heevany dhn eky ninmaaleveyne hen ?

  18. Nashuu

    dhen next part kon irakutha eem??? waiting igey…is it tonight..

    1. Eemyaa
      Nashuu

      Maadhamaa In Sha Allah ?
      Thanks Nashuu ❤

  19. click a shot ?

    finally hurihaa couples tha gulhije..?.yaany ge bappa ves haadha haava molhey act kuran…haha??mi easha men rangalhu bodi eh boefiehnun..adhikiriyaa mi relax vevuni…by the way this part is amazing eem…☺️I really love this story a lot❤️?..i have lots of words to appreciate your story…ehaaves reethi viya…hama enme best story ey buneveyni..?Well done ??eem story nimenytha…nimijiyaaun click ves varah miss vaane eem mathin..but will wait for your new story…when next part…mihaaru ves kiaahithun keimadhu vefa mihunany…..love you dear❤️?..and take good care eem…waitting ?

    1. Eemyaa
      click a shot ?

      Haha dw ??
      Thanks dear ❤??
      Yeah story nimeny mi ?
      Eem ves v miss vaane ☺ v ufaave eem ge story ehaa gayaavegen kiyaathy ❤
      Maadhan next part genesdheynan In Sha Allah ?
      LY ?

  20. Zuam

    Masha Allah….. varah reethi mi part vas……??????❤❤❤❤

    1. Eemyaa
      Zuam

      Thanks Zuam ❤?

  21. Roo

    Oh wow eeem! Varah reethi ingey mi part ves ? eem ge vaahaka eh adhi kiyaalan libeyne tha ? will miss you ? keep it up dear ??

    1. Eemyaa
      Roo

      Thanks Roo ❤ hehe Ithuru story eh liyaa kahala khiyaaleh adhi nei
      Eem ves v miss vaane ??

    2. SJK...KOREAN
      Roo

      alhe eeeem. plxx adhi liyahcheyy vaahaka eh

    3. Eemyaa
      Roo

      I’ll think abt it ?

  22. Hmm

    Mishal ge jeebun ring negi vaahaka iny. It should be raahil ehnu ?

    1. Eemyaa
      Hmm

      Haha thedhekey dw ?
      Ingeytha recheck kuri iruves raahil jahan mishal jahaafa in thankolheh rangalhu kohleemey.. mithanko lolugai alhai nugathy ?
      Mishal ge character maa kamudhaathy kanne ? hehe
      Anyway Thanks dear ?? E thanko rangalhu kohlaanan ❤?

  23. Amin

    Story salhi. But why does shiury’s mom hate her

    1. Eemyaa
      Amin

      Thanks Amin ❤
      Sababu bunedheefa innaane part 21 ga ?

  24. fauzee

    vvv reethi asluves

    1. Eemyaa
      fauzee

      Thanks fauzee ❤

  25. samahaa

    Wowwww!finally the all couples gulhije dhw he he nice keep it up ??????

    1. Eemyaa
      samahaa

      Thanks samahaa ❤
      Yeah dw ?

  26. merr

    eemyaaaaaaaaaa
    mi part varah salhi
    keep it up dear

    1. Eemyaa
      merr

      Thanks merr ❤

  27. EAMS

    Noo, story nunimaa eem adhi ship menge babies ves annaane annaane ehnun , pls don’t and it , this story is love , waiting…….

    1. Eemyaa
      EAMS

      Thanks Eams ❤ hehe knms dhuvahakun hama story ninman jeheynu dw ?

  28. Anonymous

    Eam part up kollaanee kon irakun????waiting 4 next part

    1. Eemyaa
      Anonymous

      Nw up kohlaafa dear ?
      Thanks ?

  29. Anonymous

    Eam mirey tha??noony miadhu tha??plz miadhu viyas mirey viyas up kolla dhevvache loabee…….

    1. Eemyaa
      Anonymous

      Sorry for the delay ?

  30. fffff

    Kn irakun tha up kuranee vrh inthizaar kure vijje…….

    1. Eemyaa
      fffff

      Nw up kohlaafa ?
      Sorry for the delay ?

  31. Nashuu

    eem mihaaru maadhan ves v ehnu tha?? dhoonii where is the next part..?? eagerly waiting plxx avahah up kohdhehchey

    1. Eemyaa
      Nashuu

      Sorry for the delay ?
      Nw up kohlaafa ? Thanks for waiting ❤

  32. Shifoo

    Eem mihaaru 12 vanee… kobaa story…

    1. Eemyaa
      Shifoo

      Sorry for the delay ?

  33. Eemyaa

    Hey all.. adhi irukolheh vaane, sorrry ?
    Adhives liyany mi
    Miadhu kameh dhimaa v ma liyevey goi nuvy
    M really sorry for the delay

  34. minnie

    its okay dear
    waiting
    avas kollahchey
    mihaaru 50 varakah faharu balaafin up vefa in thw

    1. minnie
      minnie

      dear adhi kihaa ireh vaane?

    2. Eemyaa
      minnie

      Thanks minnie ? for waiting
      Nd really sorry for the delay?

  35. liers

    emme dhoguhadhany fahaa myhunaa story liyaa myhunaa. dhuvahaku time ah nunimmaane. abadhuves kommes bahanaaeh dhakkaane.

    1. Eemyaa
      liers

      Dhogeh nahadhan bahana eh ves nudhakkan meehakah kameh dhimaa vaanee bunefa eh nun dw.. mee v nuvaa kameh mi faharu las v ekm ves nunidhaa indhegen ebai liyefa up kohlaafa innaany..
      Inthizaar kuruvumakee ehaa kuraa hiyyvaa kameh nun
      Hope u’ll understand it ?

  36. Maa

    Waiting waiting waiting..

    1. Eemyaa
      Maa

      Thanks dear ? nd sorry for the delay ?

  37. Shi

    haadha lahey dear

    1. Eemyaa
      Shi

      Kameh dhima v ma las v.. sorry for the delay ?

  38. Nym

    Hey eeem, koba ? nunidhai mihiree vaahaka kiyanvgn plx upkohdheeba avahah ?

    1. Eemyaa
      Nym

      Oh really sorry dear.. hama nimun enme avahah up kohlaafa innaany ??

  39. Kaaku?

    Irukolheh vaane ey bunyma miothu nunidhaa. . Ekam irukolheh nuvi.. dhn mi nidhany. . Varah salaam.. maadhan heylaa iru story kiyan libeyne kamah unmmeedh kuran!!

    1. Eemyaa
      Kaaku?

      Hee kury irukolheh kamah vaany ekam v gina vaguthu negi ?nidhi aisfa inyma kamah ves vedhaane. Ekam nunidha indhegen up kohlaafa innaany mihaaru ?
      Nw up kohlaafa innaany so u can read it

  40. shax

    Eem Haadha lahey

    1. Eemyaa
      shax

      Really sorry dear ?

  41. rish

    Eem Kobaa tha story? ? Dhen ehaa laskuran veytha? ?Avas kohdhybala. .rish hykury nidhaafa heylaairu vaahaka kiyan libeyne kamah. .

Comments are closed.