ވޭންތަކުން ދިން ހިތި މާޒީ(3)
ގޭ މީހުން ހޭނުލަނީސް އާންމުކޮއް ޒިމްޔާ ގެއައް ވަންނާނެއެވެ. ނަމަވެސް މިއަދު މާބޮޑައްވެސް ލަސްވެއްޖެއެވެ. ދުވަމުން ގޮސް ގެއައް ވަތް އިރު ގޭތެރޭ ހުރި މީހާ ފެނުމުން ޒިމްޔާ އިސްޖަހާލިއެވެ. އެމީހެއް އޭރުހުރީ ވިހަ ހިނިތުންވުމެއްދީގެން ޒިމްޔާއާއި ދިމާއައްބަލާށެވެ.
…………………………………………………………
ކުރިމަތީ ފެންނަން ހުރީ ޒިމްޔާގެ ދޮންބެ އާކިފްއެވެ. އާކިފް ރަށުގަނޫޅޭތާ މިވީ ތިންމަސް ދުވަހެވެ. އާކިފް އަކީ މިހާރު މާލޭގަ ގޭންގެއްގެ މީހެކެވެ. ޒިމްޔާއާއި ދިމާއައް ބަލަން ހުރީ ބުޅާ މަސްގަނޑަކާ ދިމާއައް ބަލާ ފާޑަކަށެވެ.
“އަހަ މަގޭ ސިސް މިއޮއް ހެނދުނާ ކޮންތާކުން. ވަރަށް ހައިވެފަ މިހުރީ. ކާއެއްޗެއް ހަދާދީބަލަ” އާކިފްއާއި ދިމާއައް ޒިމްޔާ ބަލަން ހުރީ ބިރުން ހުރެއެވެ.
“ކީއްވެތަ އަނގައިން ނުބުނެވެނީ. ބުނީމަ އަޑު އަހާނީ. މަނޫޅެމޭ ކަލޭ ގަޔައް އަރާކައް. އެހެން ނޫނަސް މަށައް ބާވެއްޖެ ކަލޭ، އަވަސް ކުރޭ” ޒިމްޔާގެ އިސްތަށިގަނޑު އަތައް އޮޅާލަމުން ނުރައްކާތެރި ގޮތަކައް ބުނެލިއެވެ. ޒިމްޔާ އެއްޗެއް ނުބުނެ ރޮށި ފިހެ ރިހަކައްކަން ފެށިއެވެ. އެންމެން ހެނދުނު ކައި ނިމިގެން ދިޔައިރުވެސް ޒިމްޔާއިނީ ހުސްބަނޑާއެވެ. ޒިމްޔާއައް ކެވޭނީ އެމީހުންކައިފަ ބާކީއެވެ. އަވަސްކޮއްލައިގެން ކައިގެން ތަށިތައް ދޮވެ ނިންމާފަ ޒިމްޔާ ދިޔައީ ކޮޓަރިއައް އަރާމް ކޮއްލާށެވެ. އަބަދަކު މިކަހަލަ ފުރުސަތެއް ނުލިބޭނެތީއެވެ. ކޮޓެރިއައް ވަދެ ހަމަޖެހިލައިގެން ޒިމްޔާއިނީ އޭނާގެ ޑައިރީގަ ކޮންމެސް އެއްޗެއް ލިޔާށެވެ. ލިޔަމުން ދިޔައިރުވެސް ކަރުނަ އާދެއެވެ.
…………………………………………………………………
މީކާއީލް އިނީ މިއަދުނެގި ފޮޓޯތައްބަލާށެވެ. މީކާއީލް ބޭނުންވަނީ ޗުއްޓީ ދިގުކޮއްލާށެވެ. އެރައް މީކާއީލް އަށް ވަރަށް ކަމުގޮއްސިއެވެ.
“ކުޑަބެ، ދޭބަލަ މިތާ ކައިރި ފިހާރައަކުން މިޒޫއައް ދަތްއުނގުޅާ ބުރުހެއް ގަނެދެން، މިޒޫގެ ބުރުސް ފާހާނަ ތަށިތެރައް ވެއްޓިއްޖެ. މިހާރުއެޔޮއް ތިނެއް ޖަހަނީ، އަވަހައް ދޭބަލަ ހަވީރު ނިކުންނަން ރެޑީވަން، އެއްކަލަ ކުއްޖާވެސް ހޯދަން ޖެހޭނެ.” މިޒްނާ އައިސް ސޯފާއައް ވެއްޓިގަންނަމުން ބުންޏެވެ.
“މިޒޫއާ ހެދި މީހަކައް ނޯވެވޭނެ އެއްތާކު. އެކުއްޖާއައް ދަތްޕިލަ ދައްކަންތަ ތިއުޅެނީ؟” މިކްޔަން ހެމުން ހެމުން މިހެން ބުނެ ދާން ހިނގައިގަތެވެ.
“މިޒޫ އަބަދު އެކުއްޖާ ވާހަކަ ދައްކާތީ މަވެސް އިންޓްރެސްޓް ވެއްޖެ. މިކް ގޮސްލާ މަ ވަރަށް ވަރުބަލި، މަގު އޮޅޭނީކީ ނޫން.” ފަޔާޒް ބުންޏެވެ.
“އަހަރެން ދަބަހައް ލައިގެން މާލެ ދާއިރު ތި ކުއްޖެއް ގެންގޮސް ދޭނައް!” މިހެން ބުނެ މީކާއީލް ފިހާރަ އާއި ދިމާހައް ހިނގައިގަތެވެ. ފިހާރައައް ވަންނަން އުޅެނިކޮއް ކުއްޖެއްގެ ގައިގަ ޖެހުނެވެ. މިކްޔަން ނުހިފެހެއްޓިނަމަ އެކުއްޖާވެއްޓުނީހެވެ.
“ސޮރީ.”އެކުއްޖާއިސް ޖަހައިގެން ހުރެ ބުނެލިއެވެ.
“އަހަރެންވެސް ސޮރީ. ޖޫސް ފުޅި ތެޅިފައެއްނު އެޔޮތީ އަހަރެން ގަނެދެންތަ؟” މީކާއީލް ކަންބޮޑުވެފަ ބުނެލިއެވެ.
“ނޫން. އިޓް އޯކޭ. އަހަރެން ގަންނާނީ. އަހަންނައް ބަލާ ނުލާ ނިކުމެވުނީ.” ޒިމްޔާ ކުރިމަތީ ހުރި މީކާއީލް އައް މިހެން ބުނެ ކުޑަ ހިނިތުން ވުމެއް ދިނެވެ.
“އުނހު އަހަރެން ގަނެދޭނައް. އެބަ އަންނަން ގަނެގެން. މަޑު ކުރައްޗޭ” މިހެން ބުނެ މީކާއިލް ފިހާރައައް ވަދެ ދަތް އުނގުޅާ ބުރުހަކާ ޖޫސް ފުޅިއެއް ގަނެގެން ނިކުމެ ޒިމްޔާ އަތައް ދިނެވެ.
“ތެންކްސް” މިހެން ބުނެ ޒިމްޔާ ގެއައް ދާން ހިނގައިގަތެވެ.
ޒިމްޔާ ގޮސް އަނެއް މަގައް ލަނބަންދެން މީކާއީލް އައް ހުރެވުނީބަލާށެވެ. ވާނީވެސް އެހެންނެވެ. އަބަދުވެސް ރީތި ކުދިން ފެނެއެވެ. ނަމަވެސް މިކުއްޖާގެ ރީތި ކަމައް ހިތާހިތުން މީކާއީލް އައް ތައުރީފް ކުރެވުނެވެ. ފާހަގަ ކޮއްލެވޭ ސިފަތަކެއް އެބަހުރިތާއެވެ. ބުޅި ދިގު އިސްތަށިގަނޑެކެވެ، ބޮޑު ދެލޮލެކެވެ، ގަދަ ޗޮކްލެޓް ކުލައަކު އިން ކަޅިން އިތުރައް ލޯ ފުރިހަމަ ކޮއްދެއެވެ. އެހާ ދޮން ނޫން އެހާ ކަޅު ކުއްޖެއްވެސް ނޫނެވެ. ހިކިކޮއްހުރިއިރުވެސް ރީތި ބައްޓަމެއް ހުރިކަން އިނގުނެވެ. ކިތަންމެ ކުދަކޮއްހީލިޔަސް ދެކޮލައް އެޅުން އަޑިކޮޅު ސިއްރެއް ނުވިއެވެ. ލައިފަ ހުރީ ކަރުބެއްދި ޓީޝާޓަކާއި ސްކިނީއެކެވެ. ބަލާލަންވެސް އެހާ ހިތްގައިމެވެ. މިކްޔަން ގެއައް ވަދެވުން އިރުވެސް ވިސްނެނީ ދެންމެ ދިމާވި ކުއްޖާއާއެވެ. މިޒްނާ މެންނައް ނުކިޔަދިނީ އެމީހުން ދިމާ ކުރާނެކަން އިނގޭތީއެވެ. އެންމެންވެސް އަވަސްވެގަތީ ހަވީރު ހިނގާލަން ދާން ރެޑީވާށެވެ.
އާލިމާގެ ދެ ކުދިން ކަމައްވާ އާލާ އާއި އާޒް އާ ވެސް ހަވީރުދެއެވެ. ބޮޑު ގުރޫޕެއް އޮތީމަ މަޖާވާތީ މިޒްނާމެން ވެސް ތިބީ ހިތްހަމަ ޖެހިފައެވެ.
“ކޮބާ އެންމެން ރެޑީތަ؟ ސައިބޮއެގެންދޯ ދާނީ.” އާޒް އައިސް ފަޔާޒް ކައިރި ހުއްޓުނެވެ.
“އާނ. މިޒޫ ނުނިމެގެން މިތިބީ ދޯ މީކް، މޭކަޕް ކުރަން ނަގާނެ އެއްދުވަސް” ފަޔާޒް ބުންޏެވެ.
“ސާބަހޭ އަހަރެން ނިމިއްޖެއޭ. ކޮންމެހެން މަލާމަތް ކުރާނެ ކަމެއް ނެތް. ކިހާ ރީތިތަ؟” މިޒްނާ ތުއި ވެލާފަ އެހެން ބުންޏެވެ.
“އަނ. ވަރަށް ރީތި ހީވަނީ ވޯލް ޕެއިންޓެއްހެން” މީކާއީލް އައްވެސް ނުހުރެވިގެން ދިމާ ކޮއްލިއެވެ. އެހެން ބުނުމުން މިޒްނާ މީކާއީލްގެ ބުރަކަށީ ޖަހާލިއެވެ. އެންމެން ހިނގައިގަތީ ސައިބޯށެވެ. ދަމުން އާޒް ސިއްރުން މިޒްނާ ކައިރި އަސްލުވެސް ވަރައް ރީއްޗޭ ބުނެލިއެވެ. މިޒްނާ ރަކި ހިނިތުންވުމެއްދެމުން ތޭންކްސްއޭ ބުނެލިއެވެ.
ސައިބޮއެގެން ފަސް މީހުން ހިނގައިގަތީ ރަށުތެރެބަލައިލާށެވެ. ރަށުގެ އެކިތަންތަން ބަލަމުންގޮސް ބޮޑު މަގައް އެޅުނެވެ. ކުއްލިއަކައް މިޒްނާ ހުއްޓުން އެރިއެވެ.
“ދޮންބޭ އެހެރީ އެއްކަލަ ކުއްޖާ..” މިޒްނާ ތަންކޮޅެއް ބާރައް މިހެން ބުނެ ޒިމްޔާ ދައްކާލިއެވެ. އެތާ ތިބި އެންމެންވެސް މިޒްނާ ދެއްކި ދިމަ ބަލާލިއެވެ. މީކާއީލް ހައިރާންވިއެވެ. މިޒްނާ ކިޔާ ކުއްޖަކީ ޒިމްޔާ އަށް ވީމައެވެ. ޒިމްޔާ ގާތައް މިޒްނާ ދާން އުޅުމުން އެކަން ހުއްޓުވީ އާޒްއެވެ. މިތަން ހަމަ ރީއްޗައް ޒިމްޔާއައް ފެނުނެވެ. އަވަހައް ގޭތެރައްވަދެ ޒިމްޔާ ދޮރު ޖެހިއެވެ.
“އޭނަ ކައިރިއައްނު ދައްޗޭ އެއީ ބޮޑު ބަޑިއެއް. އެގޭ އެންމެންވެސް އުޅޭނީ އެވައްތަރައް. ބައްޕައެއް ބޭބޭއެއް ނޯނާނެ ކަންކަން ކުރަންވީމަ އެނާއަކައްވެސް.” އާޒް ބުނެލި ވާހަކައިން ތިން މީހުން ޝޮކް އަކު ޖެހުނެވެ. މިޒްނަ ތީ ދޮގެކޭ އެކުއްޖާ ގޯހެއް ނުވާނެއޭ ބުނެލިއެވެ. އަދި ހެނދުނުވީ ކަންތައް ވާހަކަ ކިޔައި ދިނެވެ.
“ތިވާނީ ރޭ ވައްދާނެ ފިރިހިނެއް ނުލިބުނީ ކަމައް. އާލާއާ އެއް ކްލާހެއްގަ އުޅުނީ ހުރޭ ކަރުގަ ވެސް ރެޑް މާކް ސްކޫލައް ދިޔައިރުވެސް. އާލާ މިހެން ބުނުމުން ވެސް މިޒްނާ ބުނަމުން ދިޔައީ ހަމަ އެކުއްޖާ އާއި ގަދަ ކަމުން ބެހެނީ ކަމަށެވެ.
“މިޒޫ ގަބޫލް ނުކުރިޔަސް ތެދުމީ، ރަށުގެ ކޮންމެ މީހެއް ކައިރި އެހިޔަސް ބުނާނެ މިހެން.” އާލާ ބުންޏެވެ.
“ހޫނ. ހިނގާ ދެން ގެއައް ދާން އިރު އޮއްސެނީ އިޔޮއް.” މީކާއީލް މިހެން ބުނުމުން އެންމެން އެވާހަކަ ހުއްޓާލާފަ ހިނގައިގަތެވެ. ނަމަވެސް ނޭގުމެއްގެ ތެރޭ ވިޔަސް މީކާއީލް ހިތައް ފާޑެއްގެ ގޮތެއްވިއެވެ. އިވުނު ވާހަކައާއި ހުރެއެވެ. ގަދަކަމުން ވިޔަސް ގަދަކަމުން ނޫން ވިޔަސް މީކާއިލް ހިތައް ތަދުވެއްޖެއެވެ.
ގެއައް ގޮސް އާޒް އާއި އާލާ ދިޔުމުން ތިން މީހުން ދެއްކީ ޒިމްޔާ ވާހަކައެވެ. މިޒްނާ ބުނަމުން ދިޔައީ ޒިމްޔާ އެކަހަލަ ކަމެއް ނުކުރާނެ ކަމަށެވެ. ބަޔަކު ގަދަ ކަމުން ބެހެފާނެ ކަމަށެވެ. މީކާއީލް އައްވެސް ވިސްނާލަން މަޖުބޫރުވީ ކޮއްކޮ އެވަރަކުން އެން ބުނެ ގަދަ ކުރާތީއެވެ. ތިން މީހުން ނިންމީ އާޒްމެންނައް ނޭނގި މިކަން ބަލާށެވެ. ނަމަވެސް ނޭނގޭ ކަމީ މި ކުރެވެން އުޅެނީ ކިހާ ނުރައްކާތެރި ކަމެއް ކަމެވެ.
އެރޭ ނިދަން އޮތް އިރުވެސް މީކާއީލް އައް ވިސްނެނީ ޒިމްޔާއާއި ދޭތެރޭއެވެ. މެންދުރު ދިމާވި ހާދިސާ ފިލްމެއްހެން ބަލަމުން ދިޔައެވެ. އެހެން އޮވެލާފަ ހީވެސްލައެވއ. މީހާއާއި އެއްވަރައް ނަންވެސް ރީތި ކުއްޖެއްކޭ ހިތައް އެރިއެވެ. މީކާއީލް އައް ނިދުނީ މިކަހަލަ ވިސްނުމެއްގަ އޮއްވައެވެ.
…………………………………………………..
ޒިމްޔާ އައްވެސް ނުނިދިފަ އޮތީ މިއަދު ދިމާވި ކުއްޖާއާއި ދޭތެރޭއެވެ. ހާދަ ރީއްޗޭ ހިތައް އަރަ އަރާ އޮތެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. ފަން ފަން އިސްތަށިކޮޅެކެވެ. ލައިގެންހުރި ޓީޝާޓް ގަޔައް ހިފާލާފަ ހުރި އިރު ކަސްރަތް ކުރާ ކުއްޖެއްކަން އިނގެ އެވެ. ހަވީރުވެސް ހެނދުނު ތުނޑިން ދިމާވި ކުއްޖާ އަންނަން އުޅުނީމަ އާޒް މަޑުކުރުވިތަން ފެނުނީމަ އަވަހައް ގެއައް ވަނީއެވެ. މިހާރު އާލާމެން ޒިމްޔާގެ ވާހަކަ ކިޔައިދޭނެކަން އިނގުނެވެ. ޒިމްޔާއައް ރޮވެންފެށުނީ އޭނަގެ ބަދުނަސީބު ހިތައް އެރުމުންނެވެ. އޭނާކަހަލަ ކުއްޖެއް އެއްވެސް މީހެއް ބޭނުންނުވާނެކަން އިނގުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



V.nice dear… waiting…???????
Thaankss 🙂
Haadha kurey… Anyway v reethi ❤❤?. When nxt part
Alhey haadhakurey?????????
Masha Allah reethi ekamaku v kuru
Masha Allah reethi but v v kuru ?
Next part dhigu kohla dheynah 🙂
salhi.dhigu khlinamma dhww
Thanks 😀
When nxt part.?? V Reethi vaahaka ????
Varah teething❤️❤️❤️
Thankyou 😀