ވޭންތަކުން ދިން ހިތި މާޒީ (4)
ޒިމްޔާ އައްވެސް ނުނިދިފަ އޮތީ މިއަދު ދިމާވި ކުއްޖާއާއި ދޭތެރޭއެވެ. ހާދަ ރީއްޗޭ ހިތައް އަރަ އަރާ އޮތެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. ފަން ފަން އިސްތަށިކޮޅެކެވެ. ލައިގެންހުރި ޓީޝާޓް ގަޔައް ހިފާލާފަ ހުރި އިރު ކަސްރަތް ކުރާ ކުއްޖެއްކަން އިނގެ އެވެ. ހަވީރުވެސް ހެނދުނު ތުނޑިން ދިމާވި ކުއްޖާ އަންނަން އުޅުނީމަ އާޒް މަޑުކުރުވިތަން ފެނުނީމަ އަވަހައް ގެއައް ވަނީއެވެ. މިހާރު އާލާމެން ޒިމްޔާގެ ވާހަކަ ކިޔައިދޭނެކަން އިނގުނެވެ. ޒިމްޔާއައް ރޮވެންފެށުނީ އޭނަގެ ބަދުނަސީބު ހިތައް އެރުމުންނެވެ. އޭނާކަހަލަ ކުއްޖެއް އެއްވެސް މީހެއް ބޭނުންނުވާނެކަން އިނގުމުންނެވެ.
……………………………………………………………
ފަތިސް ނަމާދުކޮށް ނިންމައިގެން ފަޔާޒް އާއި މީކާއީލް ދިޔައީ ކުޑަ ކޮށް ހިނގާލާށެވެ. އެއްބަނޑު އެއްބަފާއެއް ކަމަކު ދެމެދުގައި އުފެދިފައިވަނީ އާދަޔާ ހިލާފު އެކުވެރިކަމެކެވެ. ދުންފިނީގެ އަސަރުން މުޅި މީހާގައިން ހީބިހިނެގިޔަސް ރަށުތެރޭ ހިނގާލާފަ ގޮއްސަ ގެއައް ދާން ދެމީހުން ނިންމިއެވެ. ހިނގަމުންގޮސް ދެމީހުން ހުއްޓުންއެރީ ފަތިސް ގަޑީ ޒިމްޔާ ގެއިން ނިކުމެ ކުނިކަހަން އޮތް ތަން ފެނެގެންނެވެ. އަވަހައް ގެއެއްގެ ފުރަގަހައް ވަދެފިލާތިބީ ޒިމްޔާ ހަދާއެއްޗެއް ބަލާށެވެ. ކުނިކަހާ ނިންމާފަ ޒިމްޔާ އަވަސްވެގަތީ ތުނޑިޔާއި ދިމާއައް ދާށެވެ. މީކާއީލްމެން ވެސް އަވަސްވެގަތީ ޒިމްޔާ ދާތަނެއް ބަލަން ސިއްރުން ދާށެވެ. ޒިމްޔާ ހިނގަމުން ދިޔައިރު ފަހަތް ބަލާލެވުނީ މީހަކު އޭނާ ފަހަތުން އަންނަހެން ހީވެގެންނެވެ. މީހަކު ނެތުމުން ހީވިއެއްޗެއް ކަމައްބަލާ ތުނޑިއައް ވަދެ ކުރީ ދުވަހުވެސް އިންތާ އިށީންދެ އިނެވެ. މީކާއީލްމެން ވެސް ސިއްރު ސިއްރުން އަނެއްފަރާތު ގަސްތަކު ތެރައް ސިއްރުން ވަދެ ފިލިއެވެ. ޒިމްޔާ ހަދާއެއްޗެއް ބަލަން ދެމީހުން ބޯ ދިއްކޮއްގެން ތިއްބެވެ. ތަންކޮޅެއް ދުރު ވީމަ ރީއްޗަކައް ޒިމްޔާއެއް ނުފެނެއެވެ. އިރުކޮޅަކާ ލޯފުހެލާތީ ރޮނީކަން އިނގުނެވެ.
“މީކް، ޒިމްޔާ މިތަނައް އެ އަންނަނީ ރޯތާދޯ. އިއްޔަވެސް މިތާ އެއިނީ އެކަމު ކަންނޭނގެ. އުޅެބަލަ މިކަންތައް ހޯދަން ޒިމްޔާއާއި ފްރެންޑް ވެވުނަސް ހިޔެއް ނުވެ އިނގޭނެހެންނެ. ދުރުކަމުން ނުވެސް ފެނޭ ރީއްޗަކަށް ދުރުމިއެއް ހިފައިގެން މާދަން އަންނާނީ” ފަޔާޒް ގަސްގަނޑު ތެރައް ވަދެ އިނދެގެން ކިއެވެ.
“ހިނގާބަ ކަމެއް ރާވަން މިކަން ބަލަންދޯ. މަވެސް މިކަންތައް ބަލާހިތް ވެއްޖެ” މީކާއީލް ވިސްނަން އިނދެފަ ބުނެލިއެވެ.
“ހޫމް. ކިހިނެއް ބަލާނީ އެކަމަކު؟” ފަޔާޒް އަހާލިއެވެ.
“ހިނގާބަ ޒިމްޔާމެންގެ ބަލަން. މިބުނީ އެގޭތެރެ. ކިހިނެއްތޯ އެގޭތެރެ އޮންނަނީ މާދަން އެގެއައް މީހުން އުޅޭ ގަޑީގަ ވަންނަން. ފިލާނެތަނެއް ބަލާނީ ފުރަތަމަ. އޭރުން ފިލާ ތިބެ ބެލޭނެ އެއްނު ހަދާއެއްޗެއް އެގޭ މީހުން” މީކާއީލް ބުންޏެވެ.
“ސަޅި ތިގޮތް. އެކަމް ޝަހީދު ވުމެކޭ އެއްވަރުވާނެ ކަންނޭގެ. އެގޭ މީހަކައް ފެނެއްޖިއްޔާ ދުވަސް ދިޔައީ.” ފަޔާޒް ބުންޏެވެ.
“ހިނގާ ޒިމްޔާ ގެއައް ދާން ވާއިރައް އެ ގޭތެރެ ބަލަންދާން. މަށަކައް ހިޔެއް ނުވެ މިގަޑި މީހެއް ހޭލާ އުޅޭނެ ހެންނެއް. އކަހަލަ މީހުން ދަންވަރު މަޖާ ނަގާފަ އޮންނާނީ ހެނދުނައް ނިދަން” މީކާއީލް ގަސްތައް ތެރެއިން މަގައް ނިކުންނަމުން ބުންޏެވެ.
“އާ ހިނގާ. ސީއަޑީ މީހުންނައް ވުރެ އަހަރެމެން ދެރައެއް ނުވާނެދޯ ހެހެހެހެ..” ހީގަންނަމުން ފަޔާޒް ބުނެލިއެވެ.
ޒިމްޔާމެން ގެއާ ހިސާބައް އާދެވުމުން ދެމީހުން މަގުގެ ދެފަރާތް ބަލާލަމުން އެތެރައް ދެމިގަތީ މީހެއް ފެންނަން ނެތުމުންނެވެ. ގޭއެތެރައް ވަދެވުމުން ގޭތެރައް ނަޒަރު ހިންގާލިއެވެ. ވަރަށް ރީއްޗައް ހަދާފަ ހުރިގެއެކެވެ. ބޮޑު ސިޓިން ރޫމް އެކެވެ. ދެމީހުން އަވަސްވެ ގަތީ ފިލާނެ ތަނެއް ހޯދާށެވެ. އެންމެ ކަމުދާ ތަނަކައް ފެނުނީ ސިޑި ދަށުގަ ހުރި ލަކުޑި ފޮށިތަކެވެ. ފޮށި ތަކުގަ ބޮޑު ތިން ލޯވަޅު އިނެވެ. އެތެރެއަށް ވަނަސް ސިޓިން ރޫމްގަ ހިނގާ ކިންތައް ރީއްޗައް ފެންނާނެއެވެ. ގޭގެ ދޮރު ހުޅުވުން އަޑައް ދެމީހުން ސިހިފައި އެކަކު އަނެކަކައް ބަލާލައިފައި ފޮށިތަކުތެރައް ވަދެ މަތިޖެހިއެވެ. ގޭތެރައް ވަދެގެން އައީ ޒައްޔާއެވެ. ވަދެގެން އައި އިރުވެސް އައީ ހޫރެމުން ހޫރެމުންނެވެ. އައިގޮތުންވެސް ޒައްޔާ ހުރީ ހަމައިގަ ނޫންކަން އިނގުނެވެ. ލައިގެން ހުރި އެއްޗިހިންވެސް މީކާއީލް މެން ލަދުން ހަލާކުވާވަރުވިއެވެ. އަތްކެނޑި ޓިޝާޓަކާ ކުރު ސޯޓެއްލައިފައި ހުރިއިރު ކަރުބޯޑުކަމުން މޭމަތިން ބޮޑުބައެއް ހާމައައް އޮތެވެ. ވަދެގެން އައިސް ކާގެއައް ވަދެ ފެންބޮއެގެން ސޯފާއައް ވެއްޓިގަތެވެ. މީކާއީލް މެން ތިބީ ހޫނު އަރައިގަނެގެން ހަލާކުވާވަރުވެފައެވެ. ޒައްޔާ އެތާ އޮތީމަ ނުނިކުމެވިފައެވެ. އިރުކޮޅަކުން ޒިމްޔާ ގެއައް އައިސް ވަނެވެ. ވަތް ގޮތައް ޒައްޔާ ފެނުމުން ސިހުންތަން ހަމަ ރީއްޗައް ފެނުނެވެ.
“އޭ ތިގޮލާ ކޮންތާކުން ތިއައީ” ޒައްޔާ ވަރުނެތް ގޮތަކައް ޒިމްޔާއާއި ދިމާއައް ހަޅޭއް ލަވައިގަތެވެ.
ޒިމްޔާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން އަނެއްކާވެސް ޒައްޔާ ބާރަކައް އެހެން ކިޔާ ހަޅޭއްލަވައިގަތެވެ.
“ތުނޑިން މިއައީ” ޒިމްޔާ މަޑުމަޑުން ބުނެލިއެވެ.
“ކަލޭވެސް ކުޅިގަނޑެއް ކުޅެނީދޯ” މިހެން ޒައްޔާ ބުނި އިރު ޒަޔާން ހުރީ އަޑުގަދަ ވެގެން އެތަނައް ޒަޔާން އައިސް ހުރިއެވެ. ޒަޔާން ވެސް ކަޅި އަޅައިގެން ހުރީ ޒިމްޔާ އާއި ދިމާއަށެވެ.
“ބުނީމަ އަޑެއް އިވޭ އެއްޗެއް ނޫންއެޔެއް. ނިކަން އަހަރެމެން އުޅޭހެން އުޅެބަލަ ދޯ. ކަންކަން ކުރަންވީމަ އެއްބަނޑު އެއްބަފައެއް ނޯނާނެ” އެހެން ކިޔާ ޒައްޔާގެ ތުންފަތުގަ ޒަޔާން ބޮސް ދިނެވެ. މިތަން ފެނި ލަދުން އިސް ޖަހައިގެން ކޮޓެރިއައްދާން ހިނގައިގަތީ ހިތް ހަލާކުވާ ފަދަ ހާލަކުއެވެ. މިއީ ކޮންފަދަ ނުބައި ބައެއް ހެއްޔެވެ. ވިޔާނުދާ ކަންކަން ކުރުމުގަ ބައްޕައެއް ބޭބެ އެއް ނޯވެއެވެ.
ޒިމްޔާ ދިޔުމުން ޒައްޔާއާއި ދިމާއައް ޒަޔާން ބަލާލީ މަސްތީ ގޮތަކަށެވެ. ޒައްޔާ ވެސް ހުރީ މިކަމައް ފުރިހަމައައް މަރުހަބާ ކިޔައިގެންނެވެ. ދެމީހުން އޮޅުލަމުން ކަހަލަ ކޮތަކައް މައްޗައް އަރައިގެން ދިޔައެވެ. އިރުކޮޅެއް ފަހުން މީކާއީލް މެން ފޮށިން ނިކުމެގެން ގެއިން ނިކުމެ ދޮރުޖެހިއެވެ. އޭރު މީކާއީލްއާއި ފަޔާޒް ހުރީ ފެނުން މަންޒަރުން ކޮސްވެފައެވެ. މިހާ ވިޔާނުދާ ބައެއް އުމުރު ދުވަހުވެސް އެމީހުން ނުދެކެއެވެ.
“ކޮބާ ޒިމްޔާ އެ އެންމެން އެހެން އުޅުނަސް ނޫޅޭނެ އެހެނެއް. އޭނައާ ކުރާކަމެއް އެ ކުރަނީ ގަދަ ކަމުން.” ފަޔާޒް ބުނެލިއެވެ.
“އާ ތުރު ތުރު އަޅާ ހުރީ އެ ދެމީހުން ކުރިމަތީވެސް. އެކަމަކުވާ އެ ދެމީހުން އުޅުން ގޮތުން ލަދުން ހަލާކުވާވަރުވި. ބޭބެ އާ ކޮއްކޮއާ ވިއްޔަ. މިހާރު ތިބޭނެ އެއްނު އެކެއްޗަކައް ވެފަ. ކޮންމެ ގޮތެއްވިޔަސް އަހަރެން ޒިމްޔާ ސަލާމަތް ކުރާނަން” މީކާއީލް ރުޅިއައިސްގެން ހުރެ ބުނެލިއެވެ.
“ޑޫ ޔޫ ލައިކް ހާ؟ ފަޔާޒް ދެލޯ ބޮޑު ކޮއްލަމުން އަހާލިއެވެ. މީކާއީލް އަކީ އަންހެން ކުއްޖަކައްޓަކާ އެއް އިރަކުވެސް އުޅުން މީހެއް ނޫނެވެ.
“ދެން ހަމަ ލައިކް ނުވިޔަސް އިންސާނިއްޔަތައްޓަކާ ކަމެއް ކުރެވިދާނެއެއްނި” މީކާއީލް ފާޑަކައް ސިހިފައި އެހެން ބުނެލިއެވެ.
“އެހެންވެ ދޯ އަންހެން ކުއްޖެއްހެން ބްލަޝް ތިވަނީ؟” ލާނެތް ގޮތަކައް ފަޔާޒް ބުނެލިއެވެ. އެހެން ބުނުމުން މީކާއީލްއައްވީ ގޮތް ސިއްރެއް ނުވިއެވެ.
“އެއްކަލަ ދޮންބެ” ފަޔާޒް ގައިގަ ޖަހާލަމުން މީކާއީލް ބުންޏެވެ. އެވަގުތު ފަޔާޒްގެ ފޯނު ރިންގުވާން ފެށިއެވެ. މިޒްނާ ގޫޅާތީ އަވަހައް ފޯނު ނެގިއެވެ.
“ހަލޯ. އަދިވެސް ފަތިސް ނަމާދު ކޮއް ނުނިމޭތަ؟ މީޒޫ އާ އާލާމެންނާ މިތިބީ ދޮންބެމެން ނައިސްގެން މިހާރު ހަތެއް ޖަހާ ބޮޑުވީ އެޔޮއްގެން” މިޒްނާ އެހެން ބުނުމުން ވަރަށް ބޮޑު މިޝަންއެއްގައޭ ބުނެ މިދަނީއޭ ކިޔާ ބޭއްވިއެވެ.
“ނަސީބެއްނު އެތާތިއްބަ ނުގުޅިކަން ރިންގުވާއިރައް ބަސްޓުވާނެ. ދެންދާނީ ސައިލެންޓައް ލައިގެން.” ފަޔާޒް މިހެން ބުނެ ދެމީހުން އަވަހައް ގެއާއި ދިމާއައް މިސްރާބުޖެހިއެވެ.
“ކޮން މިޝަންއަކު އުޅެފަ ދެމީހުން ތިއައީ އަންގާވެސް ނުލާ. އަނެއްކާ ކަމެއްތަ؟” އާލާ ދިމާ ކުރާ ފާޑަކައް އެހިއެވެ.
“އާނ. ދެން ކަމަކައްވެސް ވެދާނެ” ވައްކަޅިން މީކާއީލް އައް ބަލަމުން ފަޔާޒް ބުނެލިއެވެ. ފަޔާޒްއާއި މީކާއީލް އެމީހުންނައް ފެނުން ކަންތައް ކިޔައި ދިނެވެ. ހުރިހާއެންމެން ވެސް ތިބީ އަނގަފުޅާވެފައެވެ.
“ކޮބާ މިޒޫ ބުނީމެއްނު ޒިމްޔާ ނޫޅޭނެއޭ އެހެންނެއް.” މިޒްނާ ބުންޏެވެ.
“އެކަމު ވަރަށް ނުކައްކާ ކަމެއްތީ ތިކަމު ތެރައް ވަދެ އުޅުން.” އާޒް އެމީހުންގެ ޕްލޭން ކިޔައި ދިނުމުން ހިތްހަމަ ނުޖެހިފަ ބުންޏެވެ.
“ހެޔޮ. މަރުވާން ޖެހުނަސް މިފަހަރު މިރަށުން ދާނީ ޒިމްޔާ ސަލާމަތް ކޮއްފަ. އެ އެންމެން ޕޮލިހާ ހަވާލް ކޮއްފަ” މީކާއީލް ނުރުހިފައި ބުނެލިއެވެ.
“އަންބަކައް ހަދައިގެން ގޮވައިގެންނޭވެސް ބުނި ނަމަ” ފަޔާޒް އަނެއްކާ ދިމާކޮއްލިއެވެ. ފަޔާޒް އެހެން ބުނުމުން ދެންތިބި މީހުން ލޯ ބޮޑު ކޮއްލިއެވެ. މީކާއީލް އަވަހައް އެއީ ދޮގެކޭ ބުނެލިއެވެ.
“ނުގުޅޭ ޖަވާބެކޭ ތިދެނީ. ހިތުގަ ފޮރުވައިގެން އޮތަސް ނޭނގޭނެ ދޯ” ފަޔާޒް އަނެއްކާ ދިމާ ކޮއްލިއެވެ
މިހެން ބުނުމުން އެންމެން ހޭންފެށިއެވެ. އަދި މިކަމުގެ އަޑި ހޯދަން އެންމެން އެއްބަސްވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.



Vv nice story eh mee.. vv bodah thanks konme dhuvahakuvx up kohdhey thi..????
Thankyou 🙂
First.. vv reethi . ?
Thanks 😀
owwwww. varah reethi.. dhen kon iraku next part
Tmmrw 🙂
Meega alhe miulheny kukulhu haa ulheyvahtharah ulhey baehtha…jaahilu viyas boduvaru
Vaahaka v reethi ❤️❤️
Hehe. Kukoo ah ves reethi nameh 😉 Btw thankyou Naaz 🙂
Nice
Ekam thiyah vure dhigu nukurevenetha vaahaka
V kiyaahiyvey aneh part… V v nice mi part vex. Meekail Eii Al ah v reethi name eh..
Thankyou 🙂
Alhe mi stry mi avvure dhigukon nugenes dheveynetha???
Busy kamun kurukoh genes dheveny. Ekmu insha allah miah vure dhigu kureveythoa balaanah 🙂
Alhe haadha kurey.. ekam v reethi ???
Thankyou. Next part dhigu koh genes dheynah 🙂
Vvvvv reathi ???❤❤❤?????????vv ufaa vey kon me dhuvahaku up koladey thee vvvv interesting plx save zimyà
Thankyou so much Xee 🙂 Lets see dhw 😉
V reethi mivaahaka.. ? keep it up dear ❤
Thankyou Layaa 🙂
omg.thisissonice 🙂
Thankyou 🙂
Vvvv reethi. Kon iraku nest part
Thankyou :))