
މީޝާ ( ތިންވަނަ ބައި)
މ.ރޯޝަނީވީލާ އިންނަ ގޯޅިއަށް އަޅާލުމާއެކު ދެކުދިންނަށްލިބުނީ ސިހުމެކެވެ. މީޝާގެ ލޮލަން އެއްވެސް ހިފެއްޓުމެއްނެތި ކަރުނަ ފައިބަންފެށީ ކުރިމަތިން ފެންނަމުންދާ މަންޒަރު ގަބޫލް ނުކުރެވޭ ހާލުގައެވެ. ޔަނާލް އަށް ވެސް އަނގަމަތީ އަތް އެޅުނީ ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. ބުނާނެ އެއްޗެއް ޔަނާލް ގެ ޅަސިކުނޑިއަށް އެވަގުތު ނައެވެ. މީޝާއާ ދިމާލަށް ހަމްދަރުދީން ފުރިގެންވާ ނަޒަރަކުން ބަލާލީ އެވަގުތު މީޝާއަށް ކުރާނެ އަސަރު ތަސައްވުރު ވުމުންނެވެ.
______________________________________________
” ހޫމް ކިޔާބަލަ… ކިހިނެއްވީއޭ މިއަދު ….” ޝަވަން ސައިކަލް މަތީ ހަމަޖެހިލަމުން ކައިޝް ކައިރީ އެހިއެވެ. ” ހާދަ ކެއްތެރި ކަމެއް ނެތޭ ދޯ.. ހނގާބަލަ ރަސްފައްނަށް .. ވީގޮތް ކިޔޭނީ ހަމަޖެހިގެން..” ސައިކަލް މަތީ ކައިޝް އިށީނެވެ. ޝަވަން ސައިކަލް ރަސްފަންނާ ދިމާލަށް ދުއްވާލިއެވެ. ކައިޝް އާއި ޝަވަން އަކީ ވަރަށް ގާތް ދެކުދިންނެވެ. އެކަކު އަނެކަކަށް ނޭންގޭ އެއްވެސް ކަމެއް އެދެމެދުގައި ނުވާނެއެވެ. އެހާވެސް ގާތްކަން އެެމެދުގައި އުފެދިފައިވެއެވެ. ޝަވަން އަކީ އައްޑު އަތޮޅު ހިތަދޫ އަށް ނިސްބަތްވާ ކުއްޖަކަސް އުމުރުން ނުވަ އަހަރުވީހީން ސުރެއް އުޅެމުން އައީ މާލޭގައެވެ. ކައިޝް އަކީ މާލޭ ދެމަފިރިއަކަށް ލިބިފައިވާ ދެކުދިން ތެރޭން ދޮށީކުއްޖާއެވެ.
” ކިހިނެއްވީ…. ޝަވަން ސައިކަލް މަޑުކޮއްލުމުން ކައިޝް ސުވާލު ކޮއްލިއެވެ. ބަލާާބަލަ.. އެގޯޅިތެރޭ އޭނދަ ގޭގައި އެޔޮތީ އަލިފާން ހިފާފަ..” ޝަވަން ދެއްކި ދިމާލަށް ކައިޝް ބަލާާިލިއެވެ. ދެބުރައަށް ހަދާފައިވާ އެއިމާރާތް ވަނީ އެއްކޮން ހުޅުހިފާފައެވެ. ކައިރީ ހުރި އިމާރާތް ތަކަން ވެސް އަލިފާނުގެ އަސަރު ވަނީ ކޮށްއަފައެވެ. ޕޮލިހުންނާއި ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތް ތެރިވަމުން ދާއިރު އާންމުން ވެސް އަލިފާން ނިއްވޭތޯ ހަރަކާާތްތެރި ވަމުން ދެއެވެ. މަންޒަރު ބަލަން އައިސް ތިބިމީހުންވެސް މަދެއް ނޫނެވެ. ކައިޝްގެ ލޮލުގައި އަޅާގަތީ ޔަނާލް ގައިގާ ބައްދައިގެން ރޯންހުރި މީީޝާއެވެ. މީޝާގެ ދޮން މޫނުމަތި ވަނީ ރުއިމުގެ ސަބަބުން ރަތް ކުލަ އަރާފައެވެ. ޔަނާލް މީީޝާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދެއެވެ.
” އެމަންޖެ ހާދަ ދެރަވާނޭ ދޯ.. ގެ އެއްކޮށް އަދާގެން ދިޔައީ.. އެމަންޖެ ދައްތަ ގެ ޚަބަރެއް އަދިވެސް ނުވޭ.. އަލިފާން ރޯވިއިރު އެ މީރާ ވީ ގޭތެރޭ ކަމަށް ވަނީ.. ” ކައިރީ ހުރި ދެބައި އުމުރުގެ އަންހެނަކު މީޝާއަށް އިޝާރާތް ކުރަމުން އެހެން މީހެއްގެ ގާތު ބުނި އަޑު ކައިޝް އަށް ރީއްޗަށް އިވުނެވެ. އެހެންވީމާ އެއީ މީޝާގެ ގެތާއެވެ.؟ ކައިޝް ހިތައް އެރިއެވެ.
” ނޫން ބައްޕާ.. ދޮން ގެނެސްދީ.. ބައްޕާ ހެޔޮނުވާނެ.. ” މީޝާގެ ވޭނީ ރުއިމުގެ އަޑުއިވިގެން ދިޔައެވެ. ޔަނާލް އަށް ވެސް މީީޝާ ރޯވަރުން ރޮވުނެވެ.
“ދަރިފުޅާ ކެއްތެރިވޭ..” ސަލީމް މީޝާއަށް ވިސްނަ ދެވޭތޯ ބުންޏެވެ. ހުދު އޭނާވެސް ވަނީ ހިތް ހަލާކުވެފައެވެ. އެހެން ނުވާންވީސަބަބެއް ނެތެވެ. ދިރިއުޅުމައްޓަކާ ބިނާކުރި ގެ ކުރިމަތީ އަޅިއަށްވާތަން ބަލަން ކެއްވާނީ ކާކަށް ހެއްޔެވެ؟ މީރާ އަށް ވީގޮތް ނޭންގޭ އިރު އެހިތައް ހަމަޖެހުމެއް ލިބޭނެ ހެއްޔެވެ؟ ދެލޮލުގެ ނޫރު ފަދައިން މަޔަކާ ނުލާ ބަލާބޮޑުކުރި ދަރިއަކަށް ގޮތެއްވާާން އެދޭނެ ހެއްޔެވެ؟ ނަމަވެސް މީޝާ ކުރިމަތީ ބައްޕަގެ ނެތް ހިއްވަރު ނެރެގެންވެސް ސަލީމް ނުރޯ ހިފަހައްޓަން ބޭނުންވިއެވެ.
” ޔަނާ .. ދަރިފުޅު ދޭ މީޝާގޮވާން ގެއަށް..” ޔަނާލް ގެ ބައްޕަ އަޔާޒް ބުންޏެވެ. ގޭގައި އަލިފާން ރޯވެގެން އުޅޭވާހަކަ ސަލީމް ގުޅާފައި ބުނުމުން އޮފީހުގައި އިނދެފައި އަވަހަށް އެތަނަށް އައީއެވެ. ސަލީމް އާއި އަޔާޒް އަކީ ދުވަސްވީ ރަހުމަތްތެރިންނެވެ.
” ނޫން …އަޅުގަނޑު ދާނީ ދޮން އާއެކު ބަ….ބައްޕާ..” މީޝާ ނުދާން ގަދަ ދައްކާލިއެވެ.
” އެސްކިއުޒް … “ސަލީމް ކައިރީ ހުއްޓުނު ކޯޕްރަލް އިމްތިޔާޒް އެދުނީ ސަލީމް އޭނާ އާއެކު އައުމަށް ށެވެ. މީީޝާގެ ބޮލުގައި ފިރުމާލުމަށްފަހު ސަލީމް އިމްތިޔާޒް ފަހަތުން ހިނގާގަތެވެ.
” މީރާ ފެނިއްޖެ.. ނަމަވެސް… ” އިމްތަޔާޒް ގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ސަލީމް އަށް ރޮވިއްޖެއެވެ. ކެއްވާނީ ވެސް ވަކިވަރަކަށް ތާއެވެ. އެފަދަ ހަބަރެއް ދިނުމުން ކޮންމެ މީހަކަސް ރޮވޭނެއެވެ. ” މީރާ އޮތީ ބަދިގެ ދޮރުމަތީ .. މުޅި ބޮޑީ ވަނީ ފިހެފަ..”
އިމްތިޔާޒް ބުނަން އުނދަގޫ ނަމަވެސް ހަގީގަތް ހާމަކުރީ ނުކޮށްވާން ނެތިގެންނެވެ. އެވަގުތު މީރާގެ ބޮޑީ އެންދަކަށް ލައިގެން ގެންނަތަން ސަލީމް އަށް ފެނުނެވެ. ހުދުފޮތި ގަނޑަކުން ނިވާކޮށްފައިވާ ބޮޑީ ފެނުމުން ދުރުގައި ޔަނާލް ކޮނޑުމަތީ ބޯއަޅާގެން އޮތް މީީޝާ ވަގުތުން ހޭނަތިގެން ވެއްޓުނެވެ. ޔަނާލް އާއި އޭނާގެ ބައްޕަ ސަލީމް ގެ އެދުމުގެ މަތިން މީޝާ ގޮވާގެން ހޮސްޕިޓަލަށް ދިޔައެވެ. ސަލީމް މީރާ ވަޅުލުމުގެ ކަންަތަކުގައި އަވަސް ވެގަތީ ފުނޑު ފުނޑުވެފައިވާ ހިތަކައިގެންނެވެ. އޭރު އެދެލޮލުން ތާޒާ ކަރުނަ އަންނަމުން ދެއެވެ.
ދަރިއެއްގެ ހަށިގަނޑާމިކަހަލަގޮތަކަށް ހަވާލުވާން ޖެހިދާނެ ކަމަށް ސަލީމް ދުވަހެކުވެސް ހީކޮއްފައިވެސް ނުވެއެވެ މީރާ އަރުވީފައާވާ އެންބިއުލެންސް އަށް އަރާ އިށީންދެ އޭނާގެ ގެއަށް ބަލާލިއެވެ. މުޅިގެ އަނދާ ހުލި ވެގެން ދިޔައީއެވެ. އަލިފާން ގަނޑު ކޮންޓުރޯލް ވެފައި ވީނަމަވެީސް ގޭތެރެއިން ދުންއަރަމުންެއެވެ.
ސައިކަލް މަތީ މިހުރިހާ މަންޒަރު ބަލަން ކައިޝް އިނެވެ. ޝަވަން ދެފަހަރަކު ދާން އުޅުމުންވެސް ކައިޝް ދާހިޔާލެއް ނުކުރިއެވެ. ކައިޝް ހިތުގައި މީީޝާއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. މީޝާ ވާނޭ ދެރަ ކައިޝް ހިތައްއެރިއެވެ. ” ލެޓުސް ގޯ ހޯމް.. ” ކައިޝް ބޭނުންވީ ގެއަށް ދާށެވެ. ޝަވަން ވެސް ބޭނުން ވީ ގެއަށް ދާން ކަމުން ގެއާދިމާަށް މިސްރާބު ޖެހިއެވެ. ” ޝަވް އިނގޭތަ..ފެއިންޓް ވި ގާރލް އެއިކައިޝް ކްލާސް މޭޓެއް.” . ކައިޝް އެހެން ބުނުމުން ޝަވަން އެހެންހޭ އަހާލިއެވެ. “އޭނާ ހާދަ ދެރަވާނޭ ދޯ.. ” ކައިޝްގެ ވާހަކައަށް އެއްބަސް ވެ ޝަވަން ބޯޖަެހާލިއެވެ.
އިސާހިތަކު އޚަބަރު ފެތުރިގެންެ ދިޔައެވެ.ނޫސް ތަކާ ޓީވީ ޚަބަރު ތަކުގެ ފަލަ ސުރުހީއަށް އަރާގެން ދިޔައެވެ. ގިނަ އަދަދެއްގެ ބަޔަކު އާަސަހަރާއަށް މީރާގެ ޖަނާޒާގައި ބައިވެރިވިއެވެ. ނަމަވެސް މޫނު ނުދެއްކިއެވެ. މުޅިމޫނު ސިފަނޭންގޭ ވަރަށް ފިހެފަ އޮތުމުން ސަލީމް ވެސް އެގޮތް ބޭނުން ނުވީއެވެ. މީޝާ ހޭނާރަނިސް އަވަހަށް ވަޅުލާން ސަލީމް ބޭނުންވީ މީޝާއަށް އެހާލުގައި މީރާ ފެނުނަ ނުދޭން ވެގެނެވެ. އެއީ މިވަގުތު އޮތް އެންމެރަނގަޅު ގޮތްވީތީއެވެ.
” މީޝާ ކިހިނެއް… ” އެމެޖެންސީ ރޫމް ދޮރުމަތީ އިން ގޮނޑިބަރީގައި އަޔާޒް ކައިރީ ސަލީމް އިށީނެވެ. ” ހޭ އަރައިފި ..ރޯވަރުން އަނެއްކާވެސް ނިދާ އިންޖިކްޝެނެއް ޖަހާ ނިންދަވާފި.. މިހާރު އޮތީ ވޯޑުގަ..ޔަނާލް އާ. ޝާފިޔާ ވެއްޖެ މީީޝާ ކައިރީ..ޑޮކްޓަރ ވިދާޅުވީ މާބޮޑަށް ދެރަވީމާ ވީގޮތެއް ކަމަށް.. ކުޑަކޮށް ހަމައަކަށް އެޅުނީމަ އިތުރު ކަމެއް ނެތިއްޔާ ދޫކޮށްލާނެ..މީރާ ވަޅުލީތަ؟ ..” އަޔާޒް ސަލީމް ކުނޑުގައި އަތް ބައްވާލިއެވެ. ސަލީމް އާއާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“އަޔާޒް އަހަރެންގެ ދަރި.. މަޔަކާނުލާ ދެކުދިން ބަލާބޮޑު ކުރީ އެކުދިންނަށް އެއްވެސް ކަމެއް އުނި ނުވާނޭހެން.. މީރާ އަށް އެހެން އެވީ އަހަރެންގެ ސަބަބުން…” ސަލީމް އަށް ރޮވުނެވެ. ” ތިހެން ނުބުނޭ .. ކީއްވެގެންތަ އެހެން އެވީ..؟” މީސުވާލު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫން ނަމަވެސް އަޔާޒް ސުވާލުކުރިއެވެ.
—————————————————
މީޝާ ސްކޫލަށް ދިޔުމުން މީރާ ވަނީ ބަދިގެއަށް ހެނދުނުގެ ސައި ތައްޔާރު ކުރާށެވެ. ސަލީމް ކޮޓަރިން ނިކުން އިރު މީރާ ކާމޭޒް ކައިރީ ފިޔާކޮށަން އިނެވެ. ” ބައްޕާ ކޮފީއެއް ހައްދަވަން ތޯ ..” މީރާ އަށް ސަލީމް ފެނުމުން އެއްސެވެ.” ނޫން ދަރިފުޅާ ބައްޕަ މިދަނީ ބާޒާރަށ މަސްކޮޅެއް ގައްނަން.. އިތުރު އެއްޗެއް ބޭނުންވޭތަ ؟ ..” ސަލީމް މީރާގެ ބޮލުގައި ފިރުމާލިއެވެ.
” ތަކުރާރީ ކޮޅެއް ގެނެސް ދެއްވާ.. މީީޝް އަންނަން ވާއިރަށް އެއެޗެއް ތައްޔާރު ކޮއްލަން ކަމަށް.. ” ސަލީމް ބޯޖަހާލުމަށްފަމު ގެއިން ނުކުތީ ބާޒާރަށް ދިއުމަށް ޓަކައެވެ. މީޝާ އާއި މީރާ ވަރަށް ޅަފަތުގައި ސަލީމްގެ އަންހެނުން ކެންސަރުބަލީގައި ނިޔާވި ފަހުން ސަލީމް އިތުރު ކައިވެންޏެއް ނުކޮށް ހުރީ ދެކުދިންގެ ހައްޤުގައެވެ. މިމިހާރު މީރާގެ އުމުރުން ވިހި އަހަރު ވީ އިރު މީޝާ އަށް ވަނީ ސަތާރަ އަަހަރެވެ. މީރާގެ އެދުމުގެ މަތިން ގޭގައި ކައްކަން ގެންގުޅުނު ބިދޭސީ މީހާ ފޮނުވާލީ އޭނާ އަމިއލައިން ބައްޕަ އާއި މީޝާގެ ކަންތައް ބަލަން ބޭނުން ވާތީއެވެ. ސަލީމް ބާޒާރުމައްޗަށް ގޮސް ސައިކަލް މަޑުކޮއްލި ތާނާ އޭނާއަށް ފޯނެއް އައެވެ. ގުޅަނީ ސަލީމްގެ އަވައްޓެރިއެއް ކަމައްވާ މޫސައެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު މޫސަ ބުނި އެއްޗަކުން ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ހެނެވެ. އަވަސް އަވަހަށް ސައިކަލް ގެއާދިމާލަށް ދުއްވާފިއިރު މުޅިމީހާ ހާސްވެ ތުރުތުރު އަޅަމުން ދެްއެވެ. ” ސަލީމް ގޭގައި ބާރު އެއްޗެއްގޮވި އަޑު އިވުމަށް ފަހު ގޭގައި އަލިފާން ރޯވެއްޖެ.” ސަލީމް ބޮލުތެރޭ މޫސަ ބުނި ޖުމްލަ ނޫން އެއްޗެއް ނުވެއެވެ. ގެއާ ހަމައަށްދެވުން އިރު މުޅި ގޭގައި ވަނީ އަލިފާން ހިފާފައެވެ. ފަޔާރ ފައިޓަރުން އަލިފާން ނިއްވޭތޯ އޭރުވެސް މަސައްކަތް ކުރަމުން ެއެވެ. މިވީ ކިހިނެއް ހެއްޔެވެ. ސަލީމް ހަތަރު އުދަރެސް ފެނުޖެހުން ފދައެވެ. މީރާ އަށް ގޮވަމުން ގެއަށް ވަންނަން ދުއްވާ ގަނެވުނީ މޮޔައެއް ފަދާންނެވެ. މޫސަ އާއި އިތުރު ބަޔަކު ނުހިފެއްޓި ނަމަ ސަލީމް އެގެއަށް ވަނީހެވެ. އޭރުވެސް މީރާއަށް ސަލީމް ގޮވަމުން ދެއެވެ. އެތައް ވާހަކައެއް ދެއްކުމުން ސަލީމް ހަމަޖެހުނެވެ. އަވަސް އަވަހަށް އަޔާޒް އަށް އެންގީ މިވަގުތު އަޔާޒް ގެ އެހީ އޭނާ ބޭނުންވީމައެވެ.
ސަލީމްގެ ވާހަކަ ނިމުމުން އަޔާޒް އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުރަކަށީގައި ފިރުމާލިއެވެ. ފަޔާރ ފައިޓަރ އިމްތިޔާޒް ބުނި ގޭސް ލީކުވެފައި ހުއްޓާ ގޭސް އުނދުން ޖެއްސީ ކަމަށްށޭ ލަފާކުރެވެނީ.. ސަލީމް އިމްތިޔާޒް ދެއްކި ވާހަކަ އަޔާޒް ގާތު ބުންޏެވެ.
” ބައްޕާ މީޝް…މީޝް ..” ހާސްވެފައި ޔަނާލް އަޔާޒް އަށް ގޮވާފިއެވެ. ޔަނާލް ގެ ރޮވިފައިވާ ދެލޯފެނި ކަމެއް ގޯސް ވެއްޖެކަން ސަލީމް އާއި އަޔާޒް އަށް އިނގުނެވެ.
9 Comments!
Comments are closed.
Hey guys.. miothy 3rd part.. hope everyone’s like this part too
.. rangalhu kohlan jehey kameh othy ah muroo ah angaala dhinun edhen..faadu kiyunthakah muroo maruhabaa kiyan??☺
Reethi❤
Thanks nern ☺
Wow vvvv reathi plx save meesh
Thanks xee☺
Oh!What happen next?? story is very nice When next part?
Thanks sana..mirey up kuraanan ..☺
Body ge badhaluga ragalhu vaany hashigadu jeheeya.. But mi story v nice??
Thanks jin..☺