Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި އަހަރެންވާނަމެވެ (4)

SunShine Level 210 Stories100 Comments
October 26, 2017 4 Mins Read
25 Comments

“އާނ. އަވަހަށް ދޭ. ކަމެއް ގޯސް ވަންޏާ މަންމައަށް ގުޅާތި.” އާސިމާ މިހެން ބުނެފައި ދިޔައީ އަފްރީން ރެޑީ ވެގެން ފައިބަންވާއިރަށް ޖޫސް ތަށްޓެއް ހަދާލަންށެވެ.

*************************************

އަފްރީން ގޮވައިގެން ހޮސްޕިޓަލަށް ދިއުމުން ވީ މާ ދެރަ ގޮތެކެވެ. މިހާރު މި އުޅޭ ބާރު ހުންގަނޑު ޖެހުނީއެވެ. އަފްރީން ޖެހުނީ ހޮސްޕިޓަލުގައި އެނދުމަތި ކުރާށެވެ.

އަރްމާން އާސިމާއަށް ގުޅާފައި މިވާހަކަ ބުނުމުން އާސިމާ އުޅުނީ އަފްރީން ކައިރިއަށް އަންނާށެވެ. ނަމަވެސް އަރްމާން އެކަން މަނާ ކުރިއެވެ. އަދި މިރޭ އެކަށްވެސް ހޮސްޕިޓަލުގައި މަޑުކުރާނީ އޭނަ ކަމުގައި ބުންޏެވެ. އަދި އަފްރީންއަށް ނޫޑްލްސް ސޫޕް ކޮޅެށް ހަދާލަ ދޭށޭވެސް ބުންޏެވެ.

“އަފޫ. ދޮންބެ ވެއްޖެ އަދި ފެންވަރާލަން މިރޭ. އާން އަށް ގުޅާފަ ގެނެއްސް ދިޔަސް އޯކޭތަ؟ އެކަނި އޮންނާކަށް ނުވާނެ.” އަރްމާން ވަރަށް ލޯބިން އަފްރީންގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ. މި އަމަލުންވެސް އަރްމާން އަފްރީންދެކެ ވާ ލޯބި ތަސައްވަރު ކުރެވިގެން ދިޔައެވެ.

“ދޮންބެއަށް ފެންނަ ގޮތެއް ހަދާ. އަފޫއަށް އޯކޭ ކޮންމެ ގޮތެއްވިއަސް.” އަފްރީންއަށް ބުނެވުނީ ވަރަށްވެސް ބަލި އަޑަކުންނެވެ. މިއަޑު އިވި އަރްމާންގެ ހިތުގައި އޭނާގެ ކޮއްކައާއި މެދު ހަމްދަރްދީ އުފެދުނެވެ. މިއަދު އޭނައައީމައި އުފަލުން ފުންމަ ފުންމައިގެން އެރި ކުއްޖާ މިހާރު އެއޮތީ ބަލި އެނދުގައެވެ.

ހިޔާލުތަކުން އެއްކިބާ ވެގެން އަރްމާން އަވަސްވެގަތީ ޔުއާންއަށް ގުޅާލާށެވެ. އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.

“އޭ އާން. ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ.” އެކޮޅުން ފޯނު ނެގުމާ އެކުހެން އަރްމާން އަވަހަށް ބުނެލިއެވެ.

“އަވަހަށް ބުނޭ މާން.” ޔުއާންވެސް އަވަހަށް ބުނެލިއެވެ.

“މި އުޅެނީ އަފޫ ހޮސްޕިޓަލުގަ ބާއްވައިގެން. ވަރަށް ހުނަ ގަދަ. މަ ގެއަށް ގޮސް ފެން ވަރައިގެން، އޭނައަށް ކާން ހިފައިގެން އަންނަދެން އޭނަ ކައިރީގައި އިނދަލަދޭން އާދެވޭނެތޯ އަހާލަން ވެގެން އަސްލު.” އަރްމާން މިހެން ބުނުމުން ޔުއާންގެ ހިތުގައި ރިއްސާލީ އޭނަ ފުރާނަ ފަދައިން ލޯބިވާ އޭނާގެ ހުވަފެން ތަކުގެ ރާނީ ބަލިވެގެން އުޅޭ އަޑު އިވުމުންނެވެ. ނަމަވެސް ހިތުގެ އެއް ކަނުން އުފާ ފާޅު ކުރަމުން ދިޔައީ އޭނާގެ ރާނީ ފެންނާނެތީއެވެ.

“އާނ. ބުރޯ މަ ކައިރީ އަހަންވެސް ނުޖެހޭނެ. މަ ކައިރިގައި ޖެހޭނި ބުނެލަން. މިދަނީ ފަސްވަރަކަށް މިނެޓް ތެރޭގަ. ކޮންތާކު އޮތީ؟” އަވަސް އަވަހަށް ޔުއާންވެސް ބުނެލިއެވެ.

“މި އެމަޖެންސީ ވާރޑްގަ. އަފޫ އެކަނި މިތާ އޮތީވެސް.” އަރްމާން ޖަވާބު ދީފައޮ ފޯނު ކަނޑާލީ ޔުއާން މިދަނީ ކަމުގައި ބުނުމުންނެވެ.

ފަސްވަރަކަށް މިނެޓް ތެރެގައި ޔުއާންއައިސް އެ ވާރޑްއަށް ވަނެވެ. އަފްރީން އޮތް ހާލު ފެނިފައި ޔުއާންގެ ހިތުގައި ރިއްސާލިއެވެ. އެ ދޮން މޫނުގައި އެއްވެސް ތާޒާ ކަމެއް ނެތެވެ. އެ މޫނު ވަނީ މިލާފައެވެ.

“އޭ މަ ދަނީ އިނގޭ. ލަސް ވަންޏާ ގުޅައްޗެ.” އަރްމާން ހުރީ އަދިވެސް ޔުއާންއަށް އުދަނގު ވެދާނެތީ ކަން ބޮޑުވެފައެވެ. ނަމަވެސް އަރްމާންއަށް ނޭނގޭ އެއްޗަކީ ޔުއާންއަށް އަފްރީން ކައިރީގައި ކިތަމެ އިރަކު އިންނަން ވިޔަސް ފޫހި ނުވާނެކަމެވެ.

“މާން. މަށަކަށް ނުވާނޭ ލަހެއް. ދެން ދޭ. ހަމަ ޖެހިގެން ކައިގެނަ އަންނާތި.” ޔުއާން މިފަހަރު ވާހަކަ ދެއްކީ އަރްމާންއަށް ވިސްނައިދޭފަދަ ގޮތަކަށެވެ.

ޔުއާން މިހެން ބުނުމުން އަރްމާން ޔުއާންއަށް ހިނިތުންވުމެއް ރައްދު ކޮއްފައި އަފްރީނަގެ ބޮލުގައި ފިރުމާލާފައި ދިޔައީއެވެ.

ޔުއާން ގޮނޑީގައި އިށީނދެލާފައި އަފްރީންގެ އެ ދޮން މޫނަށް ނަޒަރު ހުއްޓާލިއެވެ. މިއަދު ޔުއާންގެ މަންމައާއި ވާހަކަ ދައްކަން ހުރި އިރު އެ މޫނުގައިވި ތާޒާ ކަމެއް ނެތެވެ. ޔުއާން އަނެއްކާވެސް މާޔޫސްވީ އަފްރީން އޮތް ބަލި ހާލު ހިތަށް އެރުމުންނެވެ.

ޔުއާން އެތާގައި އިށީނީންސުރެ އަފްރީންގެ މޫނުން ނަޒަރު ވަކި ކޮށެއް މުލައެވެ. ޔުއާން އެހެން ދިމާލަކަށް ބަލަން މަޖުބޫރުވި އަފްރީން މަޑުމަޑުން ދެލޯ ހުޅުވާލުމުންނެވެ.

“ޔުއާން. އަހަރެން ބޭނުން ފާހާނައަށް ދާން.” އަފްރީން ވަރަށް ބަލި ގޮތަކަށް މިހެން ބުނެލުމުން ޔުއާން އިތުރަށް ދެރަވިއެވެ. ނަމަވެސް ޔުއާން އަވަސްވެގަތީ އަފްރީން ފާހާނައަށް ގެންގޮސް ދޭންށެވެ.

“އަފޫއަށް ހިނގާފަ ދެވޭނެތަ؟” ޔުއާން މިހެން ބުނީ އަފްރީން ގައިގައި ހިނގާނެހާ ވަރު ހުރިހެން ހީނުވާތީއެވެ.

“ހިޔެއް ނުވޭ. ވަރަށް ވަރުބަލި.” އަފްރީން އަޑުންވެސް ވަރުބަލިކަން ޔުއާންއަށް އެނގުނެވެ.

“އަހަރެން އުރާލައިގެން ގެންދިޔައްޔާ ދާން ކެރޭނެތަ؟” ޔުއާން އެހެން އެހީ އަފްރީން ގަބޫލު ވާނެ ކަމަކަށް ނޫނެވެ. ނަމަވެސް އަފްރީން ވަރަށް ފަސޭހައިން ގަބޫލުވިއެވެ. އަފްރީން ގަބޫލުވުމުން އަވަހަށް އައިވީ ފުޅި އަފްރީންގެ އަތަށް ދީފައި ޔުއާންގެ އަތްދަނޑި މައްޗައް އަފްރީން ނަގާފައި ފާހާނައާއި ދިމާލަށް ހިނގައިގަތެވެ.

އަފްރީން ފާހާނައަށް ލާފައި ޔުއާން ނިކުމެ ބޭރުގައި މަޑުކޮއްލީ އަފްރީން ނިމިގެން ޔުއާންއަށް ގޮވާލަންދެންނެވެ.

އަފްރީން ގޮވާލުމުން ޔުއާން އަނެއްކާވެސް އަފްރީން އުރާލައިގެން ގެންގޮސް އެނދުގައި ބާއްވާފައި އައިވީ ފުޅި ސްޓޭންޑްގައި އަޅުވާލިއެވެ.

“އަފޫ އެއްޗެއް ކާންވީނުން ދެން.” ޔުއާން ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

“އެއްޗެއް އެބަ ހުރިތަ؟” އަފްރީންވެސް އަހާލީ ބަނޑުހައި ވެފައި އިނުމުންނެވެ.

“ޖޫސް ޕެކެޓެއް އެބަ ހުރި. އެން ކޭކް ކޮޅެއްވެސް.” އެއީ ޔުއާން އަންނަމުން ގެނައި އެއްޗެއްސެވެ.

އަފްރީން ކާނަމޭ ބުނެ ބޯ ޖަހާލުމުން ޔުއާން އެތާ އަރްމާން ގެނެސް ހުރި ބިއަލޫރި ތައްޓަށް ޖޫސް އަޅާލިއެވެ.

އަދި ކޭކުތަށްވެސް ނެގިއެވެ. ކޭކެއް ކަނޑާލާފައި އަފްރީންއަތަށް ދިއްކޮލުމުން އަފްރީންއަށް އޭގައި ރަނގަޅަށް ނުވެސް ހިފުނެވެ. އެހެން ކަމުން ޔުއާން އަފްރީންގެ އަނގައާއި އެ ކައިރި ކޮއްލަ ދިނެވެ.

އަފްރީން މަޑުން އިނދެގެން ކަމުން ދިޔައެވެ. ދެ ކޭކް ކެވުނީމައި ދެން އިތުރަށް ނުކެވޭނެ ކަމަށް ބުނުމުން ޔުއާން އަފްރީންގެ ތުނބުގައި ޖޫސް ތަށި ޖައްސައި ދިނެވެ. އަފްރީން ޖޫސް ތަށި ބޯން އިންދައި އަރްމާން އައިސް ވަނެވެ.

“އަނހަ. ތި ކޭތަ؟” އަރްމާން އައިސް އަހާލީ އަފްރީން ޖޫސް ބޯން އިންދައި ފެނުމުންނެވެ،

“ދެ ކޭކާ ޖޫސް ތަށްޓަކާ އެކަނި އެ ބުއީ. ދެން އަނެއްކާވެސް އިރުކޮޅަކުން ކާންދީ މާން ތި ގެނާ އެއްޗެހި” ޔުއާން ހުރީ އަފްރީންއަށް ކާން ދޭން ވިއްދާލާފަ ކަހަލައެވެ.

“އާން އޯކޭ އިނގޭ ދެން ދިޔަސް. އެން ތެންކްސް ބުރޯ.” އަރްމާން ޔުއާންއަށް ޝުކުރު އަދާ ކުރީ ޔުއާން އަރްމާންއަށް އުޑުން ތަރިއެއް ގެނެސްދީގެން ޝުކުރު އަދާކުރާފަދަ އުސޫލަކުންނެވެ. މިކަމާ ޔުއާން ގާތަށް ހިނިވެސް އައެވެ.

“ދެން އަހަރެން މާން ކައިރި ބުނެފިން ދޯ މިއެއް ކަމެއް ނޫނޭ. ހަމަ އަޑެއް ނީވޭ ދޯ.” ޔުއާން މިހެން ބުނީ ރުޅިއައި ކަމަށް ހަދާލަމުންނެވެ.

“ދެން ބުނެވެނީއޭ.” ޔުއާން ނުރުހުންވުމުން އަރްމާން ހުރީ ދެރަވެފައެވެ. ޔުއާންއަށް ހިނިގަނޑު ހިފަހައަޓާލެވުޏި އެހާ ހިސާބަށެވެ. ދެން އޭނާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޔުއާން ހޭން ފެށުމުން އަރްމާން ކުޑަކޮށް ރަކި ވިއެވެ.

“ހާދަ ލާނެއް ވެއްޖޭ ދޯ މިހާރު އާންވެސް.” ރަކިވިކަން ފޮރުވާލަމުން އަވަހަށް އަރްމާން ބުންޏެވެ.

“ހެހެހެ. މަ ދިޔައްޔޭ އިނގޭ ބުރޯ. އަދިވެސް ކަމެއް ބޭނުން ވެއްޖެއްޔާ ގުޅާތި ލަދު ނުގަނެ.” ޔުއާންއަށް އަރްމާންއާއި ދިމާ ކޮށް ނުލާ ނުހުރެވުނެވެ. ޔުއާން ގައިގައި ޖަހާލަން އަރްމާން އަތް މަޅާލުމުން ޔުއާން އަވަހަށް އެތަނުން ހިނގައްޖެވެ.

މި ހުރިހާ އިރު އެދެމީހުނެގެ ސަކަރާތައް ބަލަން އިން އަފްރީންގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ހަގީގަތުގައި އަފްރީން މިއޮށް ހުރިހާއިރު އިނީ ޔުއާންގެ ހަރަކާތްތަކްށް ބަލައިގެންނެވެ. ޔުއާންގެ ފިރިހެންވަންތަ އެޑެވެ. އެ ރީތި ހިތް ކަތިލާފަދަ ހިނިތުންވުނެވެ. ވާހަކަ ދައްކާ އިރު އެހުންނަ ރާގެވެ. ޔުއާންގެ އެވަރުގަދަ ކަސްރަތީ ހަށިގަނޑާއި ތުނިކޮށް ބަހައްޓާފައި ހުރި ތުނބުޅިއެވެ.ޔުއާން އަފްރީން ކައިރިއަށް އަންނަ ވާހަކަ ބުނުމުންވެސް އެހިތަ އުފަލުން ނަށާލިއެވެ. އަފްރީން ޔުއާންއާއި ގަޔާވާންފެށީ ކޮން އިރަކު ކަމެއް ހުދު އަފްރީންއަށްވެސް ނޭނގެއެވެ.

އަފްރީން ސިއްސައިގެން ދިޔައީ އަރްމާން އޭނަ ގައިގަ އަތް ލުމުންނެވެ. އަފްރީން އަވަހަށް އެ ސިހުން ފޮރުވާލާފައި ހިނިތުން ވެލިއެވެ. ނަމަވެސް އަރްމާންއަށް ހުރިހާ އެއްޗެއްވެސް އިނގެއެވެ. ޔުއާން އަފްރީން ދެކެ ލޯބިވާ ކަމާއި އަފްރީން ޔުއާން ދެކެ ލޯބިވާ ކަމެވެ. އަރްމާން އަފްރީން ގާތު އެހެން އަހަން ނިންމިއެވެ.

“އަފޫ އާން އާ ގަޔާވޭ ދޯ.؟” އަރްމާން ސީދާ ޕޮއިންޓަށް ވާހަކަ ދެއްކިއެވެ.

އަރްމާން ކުއްލިއަކަށް އެހެން އެހުމުން އަފްރީންގެ ދެލޯ ބޮޑުވިއެވެ. އަދި އެ ދޮން މޫނުގައި ދާ ތިކިތަށް ވިދަން ފެށިއެވެ. “އަނެއްކަ ދޮންބެ ހިތްހަމަ ނުޖެހުނީބާ؟” އަފްރީން އެންމެ ފުރަތަމަވެސް ހިތަށް އެރީ އެހެންނެވެ.

“އަފޫ ދޮންބެ ކައިރި ތެދަށް ބުނެބަ. ރުޅިއެއް ނާންނާނަމޭ.” އަރްމާން ވަރަށް ލޯބިން އަފްރީންގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ.

އަފްރީން ނިންމީ އަރްމާން ކައިރީގައި ތެދަށް ބުނާށެވެ.

“އާނ ދޮންބޭ. އަހަރެން ވަރަށް ލޯބިވޭ ޔުއާން ދެކެ.” ވަރަށް ހިތްވަރު ކޮއްލާފައި އަފަރީން ވާހަކަ ދައްކަން ފެށިއެވެ. “އަހަރެންނަކަށް ނޭނގެ ކޮން އިރަކު ކަމެއްވެސް އާންއާ ގަޔާވާން ފެށީ. އެކަކަށްވެސް އެކަން ނުދައްކަ މި އުޅެނީ. ދެންމެ މިތާ އާން އިން އިރުވެސް ހަމަ އާންއާ ދިމާލަށް ބެލެން އުޅެނީ. މި ބަސް ނާހާ ހިތަ ހުރެ އެއްދުވަހުން އަދި އަހަރެން އާންގެ ކުރިމަތީގައި ރަނގަޅަށް ބޭޒާރުވާނެ.” އަފްރީން އޭނާގެ ދޮންބެ ކުރިމަތީގައި އޭނާގެ ހިތުގެ ހާލު ބުނެދިނެވެ.

“ދޮންބެގެ އަފޫ ބެޑުވީއޭ ދޯ.” އަރްމާން މިހެން ބުނުމުން އަފްރީންގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ” ދޮންބެ ނެތިން ތިކަމަށް ހުރަސް އަޅާކަށް. ޔުއާންއަކީ ވަރަށް ރަނގަޅު މީހެއް. މިރަށުގައި ޒުވާން އުމުރުގެ އެވަރު ކާމިޔާބު ދެވަނަ މީހެއް ނުހުންނާނެ ހަމަ ޔަގީނުންވެސް. ޔުއާންގެ ހިތުގަ އޮތް އެއްޗެއް ބަލާފަ ތިކަން ކުރަންވީ ހަމަ. ދޮންބެ ނޫން ކަމަށް ބަލާ ދީފާނަން އާންގެ ހިތް އޮތް ގޮތް.” އަރްމާންގެ ފުރިހަމަ އެހީއާއި ރުހުން އެކަމުގައި ލިބޭނެކަން އެނގުމުން އަފްރީންގެ ހިތަށް އުފާވެރިކަން ވަނެވެ. އަދި އެކަން ކުރަން އިތުރު ހިއްވަރެއްވެސް ލިބުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SunShine

Level 210 Stories100 Comments

Other Articles

Previous

މީޝާ (ދެވަނަ ބައި)

Next

ސިއްރު ސިއްރުން ހިތޭ…

Next
October 26, 2017

ސިއްރު ސިއްރުން ހިތޭ…

Previews
October 26, 2017

މީޝާ (ދެވަނަ ބައި)

25 Comments!

  1. nern says:
    October 26, 2017 at 2:04 pm

    Nice

    1. SunShine says:
      October 26, 2017 at 2:30 pm

      Thank you

  2. Ihoo says:
    October 26, 2017 at 2:14 pm

    me first dho .varah reethi story. well done
    ??????

    1. SunShine says:
      October 26, 2017 at 2:32 pm

      Nuney second miburu..

      Thank you

  3. Shifoo says:
    October 26, 2017 at 2:17 pm

    Vaahaka v reethi… ekam adhives than kolheh kuru genesdheyleh… thankolheh dhogukohlabala…. waiting for the next part….☺

    1. SunShine says:
      October 26, 2017 at 2:35 pm

      Thank you..
      Alhey. Dhn Adhi vx dhigukohlaanan

  4. khajja says:
    October 26, 2017 at 4:04 pm

    Wow masha allah stry v v awsome?? ekam adhives v kuru stry genesdheyleh?? thankolheh dhigukolladhybala plx whn nxt prt avahah up kolladhechchey ???❤?

    1. SunShine says:
      October 26, 2017 at 6:50 pm

      thank you.
      alhey sad nuwey.
      dhn part adhi yah vure dhigu kohleweythw balaanan

  5. Yal v says:
    October 26, 2017 at 4:31 pm

    Alhey vv loabi kn irakun nxt part … waitingggggg

    1. SunShine says:
      October 26, 2017 at 6:51 pm

      thank you.
      next part maadhan noony eyge aneh dhuwahun in sha allah

  6. sana says:
    October 26, 2017 at 5:46 pm

    Wooowww! Very nice but v kuru When next part? Waitinggg ?????

    1. SunShine says:
      October 26, 2017 at 6:57 pm

      thank you.
      dhn part eh dhigu kohla dhewey thw balaanan alhe.
      day after tomorrow in sha allah

  7. samahaa says:
    October 26, 2017 at 5:48 pm

    nice but v kuru When next part? Waitinggg ??

    1. SunShine says:
      October 26, 2017 at 6:58 pm

      thank you.
      dhn part dhigu kohlaanan.
      day after tomorrow up kohla dheynan

  8. Axka says:
    October 26, 2017 at 5:49 pm

    Wow!

    1. SunShine says:
      October 26, 2017 at 6:59 pm

      thank you

  9. Alisha says:
    October 26, 2017 at 5:51 pm

    Wow! Very nice ???but v kuru???

    1. SunShine says:
      October 26, 2017 at 6:59 pm

      thank you.
      dn dhigu kohlaanan

  10. mal says:
    October 26, 2017 at 5:52 pm

    Wow!

    1. SunShine says:
      October 26, 2017 at 7:00 pm

      thank you

  11. sama says:
    October 26, 2017 at 5:53 pm

    Well done??

    1. SunShine says:
      October 26, 2017 at 7:01 pm

      thank you

  12. ryy says:
    October 26, 2017 at 7:04 pm

    Wow my dear so nice i love this story… waiting…

    1. SunShine says:
      October 26, 2017 at 7:34 pm

      thank you

  13. Angry birds says:
    October 29, 2017 at 10:54 am

    Eh koba sunshine

Comments are closed.

Next Episodeލޯބި އަހަރެންވާނަމެވެ. (5)←


All Right Reserved!