Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(35)

Dhippi Level 4100 Comments10 Stories
October 27, 2017 9 Mins Read
32 Comments

ދުވަސްތައް ފާއިތު ވަމުން ގޮސް އަލްޔާއަށް ވަލީ ހަމަ ޖެހި ކައިވެނި ކުރަން ހަމަ ޖަހުނު ދުވަހަށް ކައިވެނި ކުރެވޭ ގޮތް ހަމަ ޖެހުނެވެ. ބަކުރުގެ މަސައްކަތުން ވާފީރު އާ ދިމާކޮށް އެތައް ވިސްނުން ތަކެއް ވިސްނާ ދިނުމަށް ފަހުއެވެ. އަލްޔާ އާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ވާފިރުއަށް ވެސް ވަލީ ނުދީ ހުންނަން ނުކެރުނީއެވެ. އަދި އިތުރު ގޮތެއް ވެސް ނެތީއެވެ. ބަކުރުގެ ފަރާތުން އެނގުނު ގޮތުގަ ވިއްޔާ އަލްޔާގެ ބައްޕަ ވާފިރު އުޅެނީ ވަރަށް ބަލިވެއެވެ. ކޮންމެއަކަސް މިރެއަކީ ވިނާންއާ އަލްޔާ އާ ދެކުދިންގެ އަލަތު ކައިވެނި ކުރަން ހަމަޖެހިފަ އޮތް ރެއެވެ. އެހެން ކަމުން މިރެއަށްޓަކައި ސައުދުމެންގެ ގެ ހީވަނީ ޖަރީކޮށްފަ ހުރި ހެންނެވެ. ގެ ޒީނަތްތެރި ކުރުމަށްޓަކައި ސައަދު ވަނީ ހާއްސަ ބަޔަކު ވެސް ގެނެސްފައެވެ. ވާނީވެސް އެހެންތާއެވެ. ހުރި އެކަނި ފިރިހެން ދަރި ވީމަ ގެ ކީއްކުރަން މުޅި ކައުނު ވެސް އޭނަޔަށް ވެގެން ވަންޏާ ޖަރީ ކުރާނެއެވެ.

“ބައްޕާ މަންމަވެސް މިރެއަށް ރީތި ކުރަން ވާނެއްނޫން..؟!ސައުދު ގޭތެރެ ތައްޔާރު ކުރަން ތިބި މީހުންނާ ވާހަކަ ދައްކަން ހުއްޓާ އައިސް ވަޒުނާ އަހައިލިއެވެ. “ހޫމް… ދަރިފުޅާ މަންމަގެ ހެދުންވެސް ފަހައިގެން ގެނެސްފިއެއް ނޫން..؟! މަންމަ އަކީ ބަލީީި މީހަކަށް ވިޔަސް ޕާރޓީގަ ބައިވެރި ކުރަން ވާނެތާ..؟” ސައުދު ބުނެލިއެވެ. “ލައްބަ ބައްޕާ މަންމަ ވެސް އުފާވާނެތާ.. ދެއްތޯ؟!” ވަޒުނާ ބުނެލިއެވެ. އެވަގުތު އަލްޔާއާ ލީޒާއާ ޒިއާދާ އައުމުން ދަނީ ކަމަށް ބުނެ ވަޒުނާ ދިޔައީ އެމީހުން ގޮވައިގެން އެތެރެއަށެވެ.

“މިރޭދޯ..؟! އަލް ހާދަ އުފާވާނެޔޭ؟ ހައްހައްހާ…” ހަތަރު އަންހެން ކުދިން ވާހަކަ ދައްކަން ތިބެފަ ލީޒާ އަލްޔާއާ ދިމާ ކޮއްލަމުން ބުނެލިއެވެ. “ހޫމް… ތިމީހުން ހަމަ މަބިރު ގަންނަވަނީއޭދޯ؟ ވަރަށް ފޫހިވޭ..!” އަލްޔާ ތުން އަބުރަމުން ބުނެލިއެވެ. “ހައްހައްހާ… ދެން ކޮންމެހެން ބިރު ގަންނާނެކަމެއް ނެތް އިނގޭ..! މިރޭ އިންނާނެ ކުޅިވަރެއް!” ޒިއާދާ ވެސް ބައިވަރިވަމުން ހިނި ގަނޑަކާއެކު ބުނެލިއެވެ. އޭރު އަލްޔާ ހުރީ ބިރާ އެއްވަރަށް ލަދުން ވެސް މަރުވާ ވަރު ވެފައެވެ. އަލަތު ކައިވެނީގެ ވާހަކައަކީ ކުރިންވެސް އަލްޔާ އަޑު އަހައިފަ ހުރި ވާހަކައެކެވެ. އެހަން ނަމަވެސް އަމިއްލަޔަށް އެކަން ތަޖުރިބާ ކުރަން ޖެހުނީމަ އަލްޔާ ވެސް ހުރީ ވަރަށް ބިރުންނެވެ. ބައެއް މީހުން ބުނާ ގޮތުގަ އެއީ ވޭން ހުރި ކަމެކެވެ. އަނެއްބައި މީހުން ބުނަނީ އެއީ މަޖާ ކަމެއް ކަމުގައެވެ. ކޮންމެ ގޮތައް ވިޔަސް އަލްޔާއަށް އެއީ ހުތް އެއްޗައް ކަމުގައި ވިޔަސް ފޮނިއެއްޗެއް ކަމުގައި ވެސް އޭގެ ރަހަ ކަރުތެރޭ ލާނެތާއެވެ. “ތިމީހުން ދެން ތިވަރަށް އަލް ބިރު ނުގަންނަވަބަލަ… އެހެންނޫނީ މީނަ ބިރުން ފިލައިފިއްޔާ އަނެއް ހަކަންތަކާއެއް ނޫން ޖެހޭނީ..! ހެހެ… އޭ ދެން އަސްލުވެސް… ހައްހައްހާ!” ވަޒުނާ ވެސް އަލްޔާ އާ ދިމާ ކުރަން ވެގަން ވަކި ހިސާބަކަށް ބުނެ ހުއްޓާލިއެވެ. ހީވާގުތުން ވިއްޔާ ހެވޭ ވަރުންނެވެ. އެއް ފުރާއެއްގެ ކުދިންތައް ޖެހުނީމަ މިކަހަލައިގެ ސަކަރާތް ޖެހުމަކީ ވެސް އޮންނަ ކަމެއް ވިއްޔާއެވެ. ދެން ވާނީ ވެސް އެހެންތާއެވެ.

“ހަތަރު މީހުން އެއްތަން ވެއްޖެދޯ؟ ދެން ހުންނާނެ ކުޅިވަރެއް! މިހިރީ އަދި އިތުރު އެކަކުއޭ މީނާ އައިމަތާ އެއްޗެކަށް ވާނީ..؟!” އެއްމެން ސަކަރާތް ޖަހަން ތިއްބާ ޝަރާ ގޮވައިގެން އައިސް ވަޒުނާގެ ކޮޓަރި ދޮރުމައްޗައް ހުއްޓި ހުރެ ވިނާން ބުނެލިއެވެ. އެއަޑަށް އަލްޔާ ދިޔައީ ދެލޯ ބޮޑުވެގެންނެވެ. “އަޅޭ… ޝަރާ! ނުވެސް ބުނަމެންނޫން އަންނަ ވާހަކަވެސް؟ ހާދަ ގޯހޭ..!” ޝަރާ ފެނުމާއެކު ނުބުނެ އައީތީ އަލްޔާ ޝަކުވާކޮއްލިއެވެ. “އުހު އުހު… ނުޖެހޭނެދޯ ބުނާކަށް މަ ބުނީއޭ އަލް ކައިރީގަ ނުބުނައްޗޭ.. ދޯ ޝަރާ؟!” އަލްޔާ ޝަކުވާ ކޮއްލުމުން ވިނާން ބުނެލިއެވެ. “އެއީ ތެެދެކޭ އަލް…! ވިނާން ބުނީމަ ނުކެރޭނެއް ނޫން ބުނާކަށް އަނެއްކާ ވެޑިންއަށް ވިއްޔާ އަންނަން އުޅުނީ އޭނަ ނުގެނެސްފިއްޔާ މާދެރައެއް ނޫން..؟!” ޝަރާ ވެސް މަޖާވެފަ ބުނެލިއެވެ. “ވަޒޫ ބުނީ ޝާ ހުންނާނީ މިގޭގަޔޯ… އޭނަ ހުންނަން ޖެހޭ ކޮޓަރި ވެސް އަދި ސާފު ނުކުރެވޭ އެހެންވީމަ އިހަށް ވަޒޫ ކޮޓަރި ޝެއާރ ކޮއްލާނަން.. ދޯ؟!” ވިނާން ވަޒުނާ ކުރެން އަހައިލިއެވެ. “އޯކޭ..!” އުފާވެލައިފަ ވަޒުނާ އާއެކޭ ބުނުމުން ވިނާން ނިކުމެގެން ހިނގައްޖެއެވެ. ވިނާން ދިއުމުން ޝަރާއާ އެއްމެން ވެސް ސަލާން ކޮއްލާ ރައްޓެހިވެލިއެވެ. އަލްޔާގެ ފަރާތުން އެއްމެންނަށް ވެސް ޝަރާ ކުރިން އިނގެއެވެ. އެހެން ނަމަވެސް އަލަށް ފެނުނީމަ ސަލާން ގަލާން ކޮއްލުމަކީ ރީތި ކަމެއްތާއެވެ.

“ދަރިފުޅުމެން އަދި ތައްޔާރު ވާކަށް ނުވޭތަ..؟ އެއޮތް އަށެއް ޖަހަނީއޭ..! ނުވައެއް ޖަހާއިރު ގާޒީ ދުރުވާނެ…” ވަޒުނާމެން އަލްޔާއާ ދިމާކުރަން ތިއްބާ ސައުދު އައިސް ބުނެލިއެވެ. ސައުދު އެހެން ބުނުމުން އެއްމެންނަށް އެއްފަހަރާ ބަލާލެވުނީ ގަޑިއަށެވެ. ގަޑި ފެނުމާއެކު ދެލޯ ބޮޑުވެގެން ބެލުނީ އެކަކު އަނެކަކުގެ މޫނަށެވެ. ވާނީވެސް އެވަރުތާއެވެ. އަލްޔާއާ ދިމާކުރަން ހަދައިގެން އޭގެ ތެރެއިން އެކަކު ވެސް ގަޑީގެ މަތިން ހަނދާނެއް ނެތެވެ. ސައުދު ޕިސް ކަނޑާފަ ހިނގައްޖެއެވެ. “އޭ… ދެން ވެސް މިހެންތަ ތިބެނީ؟ ރެޑީ ވާކަށް ނޫންތަވީ؟ ލީމެން އައީ ހެދުން ހިފައިގެނެއް ނޫން ހިނގާ އަވަހަށް ރެޑީވަމާ މިހާރު މޭކަޕު ކުރާ މީހުން އަންނާނެ… މަ މިވަންނަނީ ފެންވަރަން އެއްބަޔަކު ދޭބަލަ އެކޮޅު ރޫމަށް..!” އެހެން ކިޔާފަ ދުވެފަ ވަޒުނާ ވަނީ ފާހަނަޔަށެވެ. “އޯކޭ އަލް މަޑު ކުރޭ މިރޫމުގަ… މަށާ ޒިއާޔާ ޝަރާއާ މިދަނީ އެރޫމަށް…” އެހެން ކިޔާފަ ލީޒާ ހިނގައިގަތީ އެކޮޓަރިއާ ދިމާލަށެވެ. ހަގީގަތުގަ އަލްޔާ ގޮވައިގެން އެކޮޓަރިއަށް ނުދިޔައީ މިރޭ ޕާރޓީއަށް ގެނައި ހަދިޔާތައް ހުރީ އެކޮޓަރީގަ ވީމައެވެ. އަލްޔާއަށް ވަގަށް މާކިން ލައްވާ އެ އެއްޗެހި ވެއްދުވީ ވެސް ނިކަން ހާލަކުންނެވެ. އެހެންވީމަ އެ ފެނިގެން ނުވާނެތާއެވެ.

“އޭ ޕާޓީ ފެށުނީމަ އަދި ޖެހޭނެ އެއްމެން ވިނާންގެ ރޫމަށް ވަގަށް ވަންނަން… އޭރުންތާ ޕުލޭން ކުރި ގޮތަށް އެތަން ރެޑީ ކުރެވޭނީ؟! ތެދެއް މިބުނީ ދޭނަން ވަރު ހުރި ބޮޑިއެއް..!” ތިން މީހުން އެއްކޮށް ގޮތަށް ކޮޓަރިއަށް ވަނދެވުނުތަނާ ލީޒާ ބުނެލިއެވެ. ލީޒާގެ ބަހަށް އެއްބަސްވެ ޒިއާދާ އާއެކޭ ބުނެ ބޯޖަހައިލިއެވެ. “މަށަށް ހަމަ ހެވެނީ އިނގޭ މިރޭ އަލްޔާ އުޅޭނެ ގޮތް ހިތަށް އަރާފަ..!” ހެމުން ހެމުން ޒިއާދާ ބުނެލިއެވެ. “އޯ ޝިޓް!! އަދި ތިހެން ބުނީމައޭ މި ހަނދާން ވެސް ވީ ކޮބާތަ ކުރަފިތައް؟ ދޮންބެ ހަނދާނެއްވެސް ނެތްކަން ނޭގެ..!” ކުއްލިއަކަށް ހަނދާން ވުމުން ލީޒާ ބުނެލިއެވެ. އަދި ވަގުތުން ފޯނުނަގާ މާކިންގެ ފޯނަށް ގުޅައިލިއެވެ. މާކިންގެ ފޯނަށް ގުޅައިފަ ވާހަކަ ދައްކާލައިފަ ޔެސްއޭ ކިޔާ ނަޝައި ގަންނަމުން ލީޒާ ފޯނު ބޭއްވިއެވެ. “އޯ… ކީއްވީތަ މާބަރަށް ތި ނަށައިގަތީ؟” ޝަރާ އަހައިލިއެވެ. “ޔޭސް!! ދޮންބެ ބުނީ މިރޫމްގެ އަލަމާރިތެރޭ އޮންނާނެޔޯ އެ ބޭގު..!” ވަޒުނާ ހެމުން ފުމެމުން ބުނެލިއެވެ. “ހައްހައް… މިރޭ އަދެ ލޯބި ވެރިންނަށް ހުންނާނެ ރަނގަޅަށް ވެސް ސުހާގުރާތު ވެފަ..! ކުރަފި ފަހާލަ ފަހާލަ ތިބޭންނުންދޯ؟! ހައްހައްހާ… ހުވާ މިހާރު ވެސް ލޯމައްޗަށް ފެނޭއެބަ އެމަންޒަރު!!!” ލީޒާ ހެމުން ހެމުން ބުނެލިއެވެ. އޭރު އޭނައަށް ބިނދި ބިނދިފަ ހެވޭ ވަރުން ރަނގަޅަށް ވާހަކަ ވެސް ނުދެކެވެއެވެ. ތިން މީހުން ހެމުން އަށްގަޑި ބައިވި އިރަށް ތިބީ ފެންވަރާ ރީތި ވެލައިގެންނެވެ. ވަޒުނާވެސް ހުރީ އެހާ ޗާލު ވެގެންނެވެ. ނަމަވެސް އަލްޔާ އަކީ ކައިވެނި ކުރާ ކުއްޖާއަށް ވީތީ އެކަމަށް ހާއްސަ ބަޔަކު އޭނަ ރީތި ކުރާތީ އަދިވެސް މުޅިންހެން އޭނަ ނުނިމެއެވެ. އޭރު ވިނާންގެ ކޮޓަރީގަ އޭނަ ރީތި ކުރުމުގެ މަސައްކަތް ކުރިއަށް ދެއެވެ.

ގަޑިން ބަރާބަރު ނުވައެއް ޖެހިއިރު އަލްޔާ އާ ވިނާން އާ ތިބީ ތައްޔާރު ވެގެން ކައިވެނި ކުރަން ހަމަޖެހިފަ ހުރި ތަނަށް އައިސް އިށީނދެއެވެ. އޭރު ކައިވެނި ކޮއްދޭން ވެގެން ގާޒީއާ ހެކިވެރިން ވެސް ތިބީ އެތާ އިށީނދެގެންނެވެ. މިރޭ އަލްޔާ ހީވަނީ ރީތިކަމުނު ޕަރީއެއް ހެންނެވެ. ސާދަ ވިލޭރޭގެ ހަނދަށްވުރެ ރީއްޗޭ ބުނުމަކީ ހަމަގައިމު ވެސް ދޮގަކަށް ނުވާނެއެވެ. އެހާ ވެސް ޗާލެވެ. އެއްމެން ކައިވެނި ކުރާތަނަށް އައިސް މަޑު ކުރުމުން ގާޒީ ހުތުބާ ކިޔައިދީ ހެކިވެރިންގެ ހެކިބަހާއެކު ވިނާންއާ އަލްޔާ ކައިވެނި ކޮއްދިނެވެ. ކައިވެނިީގެ ކަންތައް ނިމުމާއެކު ގާޒިއާ ސަލާމް ކުރުމަށް ފަހު މަޑު މަޑުން ޕާރޓީއަށް މީހުން އަންނަން ފެށުމާއެކު އަލްޔާއާ ވިނާން އާ ދެމީހުން ގޮސް މަޑުޖެހެލީ ޕާރޓީއަށް އަންނަ މީހުނާ ސަލާމް ކުރަން ތިބުމަށް ހަމަ ޖެހިފަހުރި ތަނުގައެވެ. ޕާރޓީ ރަނގަޅަށް ފެށުނީމަ ވަޒުނާމެން ދުއްވައިގަތީ ވިނާންގެ ކޮޓްރިއާ ދިމާލަށެވެ.

“އޭ..ނޫން! ޕިން ނުޖަހާތި ގަޔަށް ހެރުނީމަ ތަދުވާނެ!!” ލީޒާ ވަގުތުން ބުނެލިއެވެ. “ހެހެ އޯކޭ ކުރަފި ކިހިނެއްތަ ހަދަނީ؟!” ޝަރާ އަހައިލިއެވެ. “ކުރަފި ހަދާނީ މިހެން..!” ކުރަފި އަޅައިފަ އޮތް ކޮތަޅުގެ ތުނބު ކުޑަކޮށް ދޫކޮށްލައިފަ ވަޒުނާ ބާލީސް އެޅިއެވެ. ވަޒުނާއަށް ޔަގީން ވާގޮތުން އެބަލީސް މިހާރު އެއޮތް ތާކު ނޯންނާނެއެވެ. ވިނާން އެބާލީސް އެތަނުން ނަގާނެއެވެ. ބާލީސް ނެގީމަ ކުރަފިތަކަށް ފަސޭހައިން ދުއްވައިގަނެވޭނެތީ އެގޮތަށް ސެޓިން ހަދާލީއެވެ. ހަތަރު މީހުން ވެގެން ވަރަށް މޮޅަށް ކޮޓަރިތެރެ ރެޑީކޮށްލިއެވެ. ކަމެއް ކުރިހެންވެސް ހީނުވާގޮތަށް ވަޒުނާމެން ނިކުމެ ޕާރޓީގަ ބައިވެރި ވެލިއެވެ.

“އަޅޭ ހާދަ ވަރުބައްޔޭ… ކޮއްޅަށް ހެރެ ހުރެ ދެފަޔަށް ލޭ އެޅިއްޖެ މިހާރު! އަދި އެހާ ކަށި ފައިވާނެއް ވިއްޔާ ހޯދައިފަ މިހިރީ..!” ދެފައިގަ ރިއްސާވަރުން އަލްޔާ ޝަކުވާ ކޮށްލިއެވެ. “ހެހެ… ދެން ނުވާނެ މާގިނަ އިރެއް ހިތްވަރު ކޮށްލާ..!” ހިނިގަނޑަކާއެކު ވިނާން ބުނެލިއެވެ. “އާނ… ދެން ކެތް ކުރުން ނޫން ގޮތެއް ނެތް ވިއްޔާ.. ކެތްކުރަންތާ މިޖެހުނީ އެކަމަކު މިއީދެން ވަރުގަދަ ފައިވާނެއް ވިއްޔާ..!” އަލްޔާ ބުނެލިއެވެ. “ދޫންޏާ… މަދެން ކީތްކުރާނީ؟ ތިއީ ކަބުލުގެ ރައްޓެހިން ސެލުކޮޝަން ވިއްޔާ.. ކުރާނެ ކަމެއް ނެތް ދެން ތި ލައިގެން ހުރޭ!” ވިނާން އަލްޔާގެ އަރި ކަށީގަ ކޮށްޓާލައިފަ ބުނެލިއެވެ. އޭރު އަލްޔާ ހުރީ ލަދުން ހަލާކުވާ ވަރު ވެފައެވެ. އެ ވަގުތު ޕާރޓީ އޮތީ ނިމެންވެސް ކައިރިވެފައެވެ.

“ހައްހައްހާ… އާދޭ! އާދޭ! އެއްމެން އާދޭ..!” އަފީފާ ދެއަތް ޖަހައި ޖަހައިފަ ފުރޮޅުލީ ގޮނޑި ދުއްވަމުން ބުނަމުން ދިޔައެވެ. އެއިރު އޭނަ ހުރީ އިންތިހާޔަށް އުފާވެފައެވެ. މިވަނީ ކީތްކަން ނުއެނގުނަސް އެއްމެން މިހާ ރީތި ވެގެން މިކުރަނީ ވަރަށް މަޖާ ކަމެކޭ އޭނަގެ ހިތަރަށް އަރަނީ ތޯއްޗެކެވެ.
އެވަގުތު އެތަން ފެނި އަލްޔާ ވަރަށް ދެރަވިއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ މިހާރު އޭނަގެ ވެސް މަންމަ ވިއްޔާއެވެ.

“ބޭބީ.. ހާދަ ފާޑަކަށް ތިއިނީ..! ކިހިނެތްވީ؟” އަލްޔާ މާދެރަވެފަ ހުރިތަން ފެނުމުން ވިނާން އަހައިލިއެވެ. “އުހު… ދެރައެއް ނުވޭ..” އަލްޔާ ހިޔާލަކަށް ގެއްލިފަ އިންދާ ވިނާން އެހެން އެހުމުން ސިއްސައިގެން ގޮސް ބުނެލިއެވެ. “ނުވާނެ އެހެންނެއް! މަށަށް އިނގޭނެދޯ އަލް ދެރަވެފަ ހުރީމަ..؟!” ވިނާން ދެކޮޅު ހަދަމުން ބުނެލިއެވެ. “އާނ… އަސްލު ވަރަށް ދެރަވެފަ މިހިރީ..! އެތައް ޒަމާނަކަށް ފަހު އަދި ކިރިޔާ މަންމަ މިފެނުނީ.. އެހެންވެ ދެރަވީ! ހިތަށް އަރާ ކީއްވެ ބާއޭ މަންމަޔަށް އެހެން އެވީ..؟!” އަލްޔާ ދެރަވެފަ ހުރި ސަބަބު ބުނެލިއެވެ. “ކަމޯން! މިއީ ތިވާހަކަ ދައްކަންވީ ގަޑިއެއް ނޫނޭ.. މިހާރު ޕާރޓީވެސް ނިމިއްޖެއެއް ނޫން ހިނގާބަލަ ކާންދާން ވަރަށް ބަނޑުހައި ވެއްޖެޔޭ!” އެވަގުތަކީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަމުން ވިނާން ބުނެލިއެވެ. ނަސީބަކުން ވަޒުނާމެން އައިސް އެތެނަށް ހުއްޓުނެވެ.

“މަގޭ ލޯބި ލޯބި ބާބީ ކާން ދުރުވާންވީ ނޫންތޯ؟ އަޅުގަނޑު ވަރަށް ބަނޑުހައިވެގެން ބާބީ ބަލާ މިއައީ!” ހެމުން ހެމުން ވަޒުނާ ބުނެލިއެވެ. ލީޒާމެން އެއީތެދެއް ކަމަށް ބުނެ އަލްޔާގެ އަތުގަ ހިފައިގެން ދުރަށް ހިނގައްޖެއެވެ. އޭރު މާކިން ވެސް އޭނަގެ ރައްޓެހި ދެތިން ފިރިހެން ކުދިން ގޮވައިގެން އައިސް ވިނާންގެ އަތުގަ ހިފާ ދަމައިގެން ގޮސްފިއެވެ. ވަޒުނާމެން ކާން ތިބެ ވެސް ކުރާ ކަމަކީ އަލްޔާއާ ދިމާކުރުމެވެ. ވިނާންގެ ރައްޓެހިން ގެވެސް ކަމަކީ އެޔެވެ. “ބުރަދާރ މިރޭ ދެން ނިދާނަންތަ؟” އެތަނުން އެކަކު ވިނާންގެ ބަރަކަށީގަ މަޑުން ޖަހާލައިފަ އަހައިލިއެވެ. “ކޮންތާކު މިހަފުތާގަ ވެސް އެސޮރު ނުނިދާނެ..!” މާކިން އެ ކުއްޖާއާ އެއްބައިވަމުން ބުނެލިއެވެ. “ސާބަސް އިނގޭ..! މަ މިހާ ބަނޑުހައިވެފަ ހުއްޓާ ކާންށޭ ކިޔާފަ ގެނައީ މަ ބޮއްވައްވެގެން ދޯ؟! ތިމީހުން ނުވާނެ ރަނގަޅެއް!” އަނގަޔަށް ކާއެއްޗެހި ލަމުން ވިނާން ބުނެލިއެވެ. “ހައްހައްހާ… ނޫނޭ އެހެނެއް ނޫން އެކަމަކު މިއޮތްފަދަ ރޭ ހާދަ ވަރަކަށޭ ކާން ތިއުޅެނީ! ތިވަރަށް ކާކަށް ނުވާނެ މާއަވަހަށް ލޮޑު ވެދާނެ…” އެނެއްކާވެސް އިތުރު ރައްޓެއްސެއް ވިނާންއާ ދިމާ ކޮށްލިއެވެ. “އެބުނާހެންދޯ؟! މިހާރު މޮޅެތި ޑޮކުޓަރުން އެ އިއްތިފާގު ވަނީ ކައިވެނީގެ ފުރަތަމަ ރޭ އެހާ ވަރަށް ނުކާން މާގިނައިން ކައިފި ނަމަ އަނބިމީހާ އަވަހަށް ފޫހިވެޔޯ..! ހެޔޮނުވާނެ ބުރަދާރ ތިވަރަށް ނުކައި އެހާ ރީތާ ވައިފެއް ގެއްލިއްޖެޔާ ކަޑައެއް ނޫން..؟!” އަނެއްކާވެސް އެކަކު ދިމާ ކޮށްލިއެވެ. “މަހަމަ ކޮސް!!! ހަމަތެދެއް މިބުނީ ތިމީހުން މަށަށް އަންގާގެން މިކަހަލަ ކަމެއް ނުކުރަށްޗޭ! ހުވާ މިބުނީ ހޭއަރުވާ ލާނަން!!” ވިނާން ހެވިފަ ހުރެ ބުނެލިއެވެ. އެގޮތަށް އެތައް އިރަކު ވިނާން އޭނަގެ ރައްޓެހިންނާ ސަކަރާތް ޖަހަން ހުއްޓެވެ. އަލްޔާގެ ހާލަކީވެސް އެޔެވެ. އަލްޔާގެ ރައްޓެހިންވެސް ވަކި ވިނާންގެ ރައްޓެހިންނަކަށް ދުލެއް ނުދެއެވެ. އަލްޔާގެ ރައްޓެހިންވެސް އޭނަ ލަދުން މަރުވާވަރު ކުރިއެވެ.

ޕާރޓީގެ ހުރިހާކަމެއް ނިމުމާއެކު އަލްޔާއާ ވިނާންއާ ވަނީ އެމީހުންގެ ކޮޓަރިއަށެވެ. ވެފަތިބި ވަރުބަލިކަމާއެކު އަވަހަށް ނިދާލެވޭތޯއެވެ. ކޮޓަރިއަށް ވަން އިރަކު ކޮޓަރީގަ އޮތް ތޫފާނެއް ރޭކައިވެސް ނުލާ ހާލުއެވެ. އެދެމީހުން ކޮޓަރިއަށް ވަނީމަވެސް ވިނާންގެ ރައްޓެހިންނާއި އަލްޔާގެ ރައްޓެހިން އަދި ގެއަށް ދާކަށް ނުއުޅެއެވެ. ސިޓިންރޫމުގަ ކޮފީ ގިރައިގެން ބޯންތިބީއެވެ. ވިނާންއާ އަލްޔާއާ ދެމީހުން ބިރުން ތެޅޭ އަޑުއާހާ ހިތުންނެވެ. މިރެޔަކު އެކޮޓަރީގަ ނުނިދޭނެކަން އެމީހުންނަށް މާ ރަނގަޅަށް ވެސް އިނގޭ ވިއްޔާއެވެ. މޫނުބަލާ ލޯގަނޑު ކުރިމަތީގަ އަލްޔާ ހުރީ ޝޯލްނަގާށެވެ. އޭގަ ޖަހައިފަ ހުރި ދަތިތަކާ ޕިންތަކުގެ އަދަދު އިނގިލިން ގުނާލެވޭ ވަރަށް ވުރެ ގިނައެވެ. އެހެން ކަމުން އެކަންވެސް ވީ އަލްޔާއަށް ބޮޑު އުނދަގުލަކަށެވެ. ނަމަވެސް ކުރާނީ ކީތްހެއްޔެވެ. އެއެއްޗެހި ނުނަގާ މިރެއަކު ނިދައެއް ނުލެވޭނެއެވެ. ހިތާހިތާ ކުދި ކިޔަމުން ޝޯލް ނެގުމަށް ފަހު އަލްޔާ ހިނގައިގަތީ ފާހާނަޔާ ދިމާލަށެވެ. އޭރު ވިނާން ފާހާނައިން ނިކުންނަނީއެވެ. އެހެން ކަމުން އަލްޔާ ވެސް އަވަހަށް ފެންވަރާ ލާނަމޭ ހިތާ ފާހާނަޔަށް ވަނދެލިއެވެ. ނަމަވެސް ވިނާންގެ އަވަސް ހަރަކާތާއެކު އަލްޔާގެ އަތުގައި ހިފައި ދަމާގެނެގެން ގެނެސް ތަތްކޮށްލީ ވިނާންގެ ތަނަވަސް މޭއި މަތީގައެވެ. ވިނާން ހުރީ ހުސްގަޔާއެކު ކަމުން އަލްޔާ ގޮސް ޖެހުނީމަ ވިނާންއަށް ހީވީ އޭނަގެ ހުރިހާ ހިއްސެއް ހޭލައިގަތް ހެންނެވެ. “ދެން ނޫން… ލަދުގެނެޔޭ!” ވިނާން މަސްތީ ގޮތަކަށް ބަލަން ފެށުމުން ލަދުން އަލްޔާ ބުނެލިއެވެ. “ދެން ލަދު ގަންނާނެ ކަމެއް ނެތެއް ނޫން މިހާރު ތިހިރީ މަގޭ މިލްކަކަށް ވެފަ..! ދެން މަ ބޭނުން އިރަކު ލޯބި ކޮށްލާނަން…!!” އެހެންކިޔާފަ އަލްޔާގެ ކަންފަތުގެ ފޫޅުގައި މަޑުމަޑުން ދަތް އަޅައިލިއެވެ. އެވަގުތު އަލްޔާއަށް ވެސް މަސްތީ އިހުސާސެއް ވިއެވެ. އެހެން ނަމަވެސް ލީޒާމެން ދިމާކުރި ވަރު ހަނދާނަށް އައުމުން ވިނާންއާ ދުރަށް ދާން އުޅެގަތެވެ. “ދެން ނޫން..! ދޫކޮށްބަލަ ފެންވަރަންށޭ މިދަނީ!” އެހެން ކިޔާފަ ވިނާންގެ އަތުން ދެމިގަނެގެން އަލްޔާ ދުއްވައިގަތެވެ. އިއްތާފާގަކުން އަލްޔާއަށް ދެވުނީ އެނދާ ދިމާލަށެވެ. “ހައްހައްހާ… ތި ވަނީ ފެންވަރަންދޯ..؟!” އެހެން ކިޔާފަ ވިނާން އަލްޔާ މަޑު މަޑުން ކޮއްޕާ އެނދު މައްޗައް ވައްޓާލިއެވެ. އަލްޔާ އެނދުގަ ޖެހުމާއެކު އިވިގަތީ ކުޑަ ކުދިން ކުޅެން ގެންގުޅޭ ފިތާ އެއްޗެހި ފިތިފިތިފަ އަޑު ގޮވައިގަތް އަޑެވެ. އެއަޑަށް އަލްޔާއާއި ވިނާން ވެސް ދިޔައީ ސިއްސައިގެންނެވެ. އެވަގުތު މިއީ ވަޒުނާމެންގެ ކަމެކޭ ވިނާންގެ ހިތަށް އެރިއެވެ. ސަމާސާ ގޮތް ކަނޑުވައިލާ ވިނާން އުޅެގަތީ ބެޑުޝީޓް ނަގައިފަ އެ އެއްޗެހިތައް އެތަނުން ނަގާށެވެ. އެނދުގެ ބެޑުޝީޓު ހިފާ ދަމައިގަތުމާއެކު ބާލީސްތަށް ދުރަށް ގޮސް ވަރުގަދަ ކުރަފި ކޮތަޅު ރީތިކޮށް ރޫޅިގެން ދިޔައެވެ. އެވަގުތު މުޅި ކޮޓަރި ތެރޭ ކުރަފިތައް އުނދުހިގަތީ ވަކި ގޮތެއް ބަލައިފައެއް ނޫނެވެ. އެއިރު އަޑުގަ ނެތް ތަނަށް ހަޅޭއް ލަވަމުން އަލްޔާ ދުއްވައިގަތީ ބޭރަށެވެ. ގަނެފަ ހުރި ބިރެއްގެ ބޮޑު ކަމުން އަލްޔާ ދުވަމުން ދުވަމުން އައިސް ހުއްޓުނީ ސިޓިން ރޫމުގައެވެ. ވިނާން ވެސް އޭރު އަލްޔާގެ ފަހަތުން ދުވެފަ އާދެއެވެ. އެއިރުވެސް ވިނާން ހުރީ ތުވާލި ބަނދެގެންނެވެ.

“ކިހިނެތްވީ؟ އަލް ހާދަ ބިރެއްގަނެފަ އަރާ ކައިލާނެ އެއްޗެއް ފެނުނީތަ؟” އަލްޔާ އައިސް ހުއްޓުމުން ވަޒުނާމެން އަހައިލިއެވެ. އޭރު އެމީހުންނަށް ހެވޭ ވަރުން ކެތް ވަނީކީ ނޫނެވެ. އެއަޑަށް ސައުދު ވެސް ސިނޑިން ތިރިއަށް ފައިބަނީއެވެ. “އެތާ ހުސް ކުރަފި!!!” ބިރުން އަވަދިވެފަ ހުރެ އަލްޔާ ބުނެލިއެވެ. “މަށަށް ޔަގީނޭ ތި މީހުންގެ ކަމެއްކަން… ބަލާބަލަ ހެވިފަ ތިބިވަރު!!” ވިނާން ކުޑަކޮށް ހިތްހަމަ ނުޖެހި ހުރަ ބުނެލިއެވެ. ވިނާން އެހަން ބުނުމާއެކު އެއްމެން ދިޔައީ ހިނި ގަނޑު ފަޅައިގެންނެވެ. އެމަންޒަރު ފެނި ސައުދުއަށް ވެސް ނުހުރެވިގެން ދިޔައީ ހިންޏާއިގެން ފަޅައިގެނެވެ. “އަދި ބައްޕަވެސް އެމީހުންނާ ބައިވެގެން ހެނީއޭދޯ؟” ސައުދު ހޭތަން ފެނުމުން ވިނާން ބުނެލިއެވެ. “ދަރިފުޅާ ބައްޕަޔަށް ވެސް ހެވޭނެއް ނޫންތަ؟ ތިހިރީ ވިއްޔާ ދަރިފުޅަށް ވެފަ ހުރިވަރު…! ދެން ނުހީ ހުރެވޭނީ ކިހިނެތް..؟!” ސައުދު ހެމުން ބުނެލިއެވެ. އޭރު މުޅި ގެވެސް ހީވަނީ ވެއްޓެން އުޅެނީ ހެންނެވެ. ބައިވަރު މީހުންތަކެއް އެވަރަށް ހޭން ވީމަ ވާނީ އެހެންތާއެވެ. “ކުޑަބެދެން މިރޭ ނިދާނެ ކަމެއް ނެތް! ޔަގީނޭ މިއީ މާކްގެ ކަންތައްކަން..!” ވަޒުނާ ހެމުން ބުނެލިއެވެ. “އުހު އުހު… ތިއީ މަ ކުރި ކަމެއް ނޫން..! މަށަކަށް ނޭނގެ ތިއީ ކާކު ކުރި ކަމެއް ކަން..! ވިނާންއަށް ވެސް އިނގޭނެ މަ އެކަހަލަ ސަމާސާ ނުކުރާނެކަން.. ދޯ ވިނާން..؟!” މާކިން ނުލަފާ ފާޑަކަށް ހެމުން ބުނެލިއެވެ. މާކިން އެހެން ބުނީމަ އެއްމެން ފެށީ ޕަކަ ޕަކަ ލައިފަ ހޭންށެވެ. “މަވެސް ނުކުރަން… މަ ނުކުރާނެކަން އަލް އަށް އިނގޭދޯ..؟!” ލީޒާ ހެމުން ހެމުން ބުނެލިއެވެ. އެންމެ ފަހުން އެކަން ކުރި އެކަކުވެސް އެތާކު ނެތެވެ. “އޯކޭ އެކަކުވެސް ނުުކުރޭ… އެ ކުރަފިތައް މިރޭ ނިދާނެ ތަނެއް ނެތީމަ ނިދާލަން އައިސް އެތިބީ އެންމެ ރަނގަޅެއް ނޫން…!؟” ވިނާން ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.

“ދެން ހާދަ ދެރަގޮތެކޭ ތިވީ ދޯ..؟! މަ ހުއްޓަކީ ވިނާން ނުނިދި ހުންނާކަށް ނުޖެހޭ!!” އެހެން ކިޔާފަ މިހާލްގެ ޖީބުން ޓިކެޓު ތަކެއް ނަގައިފަ ދިތް ކޮއްލިއެވެ. “އަން… މިއޮތީ ކައިވެނީގެ ފުރަތަމަ ރެއަށްޓަކައި މަގޭ ފަރާތުންދޭ ކުޑަ ހަދިޔާއެއް… ތިންދުވަހުގެ ރިސޯޓް ޓުރިޕެއް އަވަަހަށް ނައްޓާލާ ލާންޗް އޮންނާނެ އެއް ނަންބަރު ޖެޓީގަ..!” ޓިކެޓު ދިނުމަށް ފަހު މިހާލް ބުނެލިއެވެ. “މިހާލް ވެސް މިމީހުނާ ބައިވީއޭދޯ؟” އެހެން ކިޔާފަ ވިނާން ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ. “އޭ… މަގޭ ފުރާނަ ފަދަ ކުޑަބެ މިއޮތީ ބޭގު ރެޑީކޮށްފަ އެތަރަށް ވަތްނަން ހަދާނެ ކަމެއް ނެތް!” ވިނާން ހިނގައިގަތީމަ ގޮވައިފަ ދަބަހެއް ދައުކަމުން ވަޒުނާ ބުނެލިއެވެ. “ހޫމް… ހުރޭ ތި އެއްމެންނަށް ދޭނަން ލަނޑެއް!!” އެހެން ކިޔާފަ އަލްޔާގެ އަތުގަ ހިފައިގެން ވިނާން ނިކުންނަން ހިނގައިގަތެވެ. “އޭ… ވިނާން ތިހެން ހުރެތަ ދަނީ..؟ ތިހުރީ ފެންވަރައިގެން ނިކުމެ ތުވާލި ބަނދެގެނެއް ނޫން..؟!” ވިނާން ހިނގައިގަތުމުން މާކިން ބުނެލިއެވެ. “އޫޕްސް!” ވިނާންއަށް ލަނދުން ބުނެވުނެވެ. އެވަގުތު އެއްމެން ދިޔައީ ހިނިގަނޑު ފަޅައިގެންނެވެ. “އަދި އަލްޔާވެސް ތި ހުރީ ރަނގަޅަށް ވެޑިން ޑްރެސް ނުބާލައި!” ލީޒާ ހެމުން ބުނެލިއެވެ. ވިނާން އަލްޔާގެ އަތުގަ ހިފައިގެން ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަަށް ވަތް އިރު އެއްމެ ކުރައްޕެއް ވެސް ފެންނާކަށް ނެތެވެ. ލަފާ ކުރެވޭ ގޮތުން ކުރަފިތައް ކުނޑަ ދޮރުފަތް ހުޅުވައިފަ ހުރުމުން ނިކުމެގެން ދިޔައީއެވެ.

މާ ގިނަ އރުތަކެއް ނުނަގާ ވިނާން އާއި އަލްޔާ ހެނދުން ބަދަލު ކޮށްލައިގެން ސިނޑިން ތިރިއަށް ފައިބަނީއެވެ. އެއިރުވެސް ތިރީގަ ތިބި މީހުން ތިބީ ހޭންށެވެ. ވިނާން އެއްވެސް އެއްޗެކޭ ނުކިޔައި ދިޔަ ގޮތަށް ގޮސް ދަބަސް ހިފައިގެން ނިކުތީ ބޭރަށެވެ. އެމީހުން ދިއުމުން ދެން ތިބި މީހުން އަތް ޖަހައިލިއެވެ. އެމީހުންގެ ބޭނުމަކީ މިރޭ އެ ދެ މީހުން މާލޭގަ ނުބެހެއްޓުމެވެ. އެހާ ލޯބިން އުޅޭ ދެމީހުން ވީމަ އެމީހުން ބޭނުންވީ މިރޭ ތަންކޮޅެއް ރޮމޭންޓިކު އެ ދެމަފިރިން ތަނަކަށް ފޮނުވާށެވެ.

ދެން ހިގާ ނިދަން ވަރަށު ލޮޑު ވެއްޖެ މިހާރު ތަދުވޭތަ ބޭބް ” އަލްޔާގެ ކަންފަތް ބޮޑުގަ ސިއްރު ސިއްރުން ވިނާން އަހައިލިއެވެ” އަލްޔާ ގަތް ލަދުން މޫނުގަ ދެއަށް އަޅާ . ފުރުވާލިއެވެ” ދެންނޭގެ ވަރަށް ފޫހި ” މޫނުގަ އަތް ނަޅައިގެން ހުރެ އަލްޔާ ބުނެލިއެވެ. . ” ޓޫޔަމީ ބޭބީއެއްތީ ވަރަށް ލޯބިވޭ އިގޭ ” އެހެން ކިޔާ ވިނާން ނިކަން ބާރަށް އަލްޔާގެ ގައިގަ ބައްދާލިއެވެ. ދެމަފިރިން ވެސް ވެފަތިބި ވަރުބަލިކަމާއެކު ފުން ނިންޖަކު ނިދާލިއެވެ.

…..ނުނިމޭ…..

ނޯޓު: ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށް… ކުރިއަށް އޮތް ދެ ހަފުތާގަ ދަރިފުޅުގެ ޓެސްޓު އޮތުމުން އަޅުނގަޑަށް ކުރިއަށް އޮތް ދެ ހަފުތާގަ މި ވާހަކަ ގެނެސް ދެވޭނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހުގައެވެ. ނަމަވެސް އެ ދެ ހަފުތާ ފަސް ދިނުމުން އިރާދު ކުރެއްވިއްޔާ އަޅުގަނޑު ކޮންމެ ދުވަހަކުވެސް ލިޔާނަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

މީޝާ ( ތިންވަނަ ބައި)

Next

ލޯތްބެއްނެތް ގުޅުން (1 ވަނަ ބައި)

Next
October 27, 2017

ލޯތްބެއްނެތް ގުޅުން (1 ވަނަ ބައި)

Previews
October 27, 2017

މީޝާ ( ތިންވަނަ ބައި)

32 Comments!

  1. Adam says:
    October 27, 2017 at 12:35 pm

    Hurihaa kudhinna ves kamu dhaane kami heekuran… And note ga oi vaahaka hurihaa kudhinna ves understand vaane kamai ummeedhu kuran…

  2. SunShine says:
    October 27, 2017 at 1:02 pm

    Yayy.. Finally.. Vrh wait kohffin.. Adhi nues kiyan.. Kiyaalaafa comment kohlaanan ?

    1. Adam says:
      October 28, 2017 at 3:28 pm

      Thanks ⛅ shine

  3. Shi says:
    October 27, 2017 at 1:31 pm

    V salhi

    1. Adam says:
      October 27, 2017 at 2:13 pm

      Thanks shi

  4. Addu manje says:
    October 27, 2017 at 1:35 pm

    Varah reethi.. ??☺

    1. Adam says:
      October 27, 2017 at 2:14 pm

      Thanks Addu manje

  5. Xee says:
    October 27, 2017 at 1:49 pm

    hahahahaha vvvv reathi mi part?

    1. Adam says:
      October 27, 2017 at 6:14 pm

      Hehe thanks xee

  6. khajja says:
    October 27, 2017 at 2:20 pm

    Ohhh wow masha allah v rythi n v v funny???? hyhy halaakuvaavaruvejje ??? it’s ok adam kids ge kanthakah ves vaguthudheyjeheyne ☺ thank u 4 the lyvly stry n will wait insha allah kid ah allthe best ingey???❤????

    1. Adam says:
      October 27, 2017 at 6:18 pm

      Thanks khajja dhoonnaa

  7. sana says:
    October 27, 2017 at 2:56 pm

    Hyhy halaakuvaavaruvejje ??? so much funny wow! Best

    1. Adam says:
      October 27, 2017 at 6:19 pm

      Hehe thanks sana ekamaku everah heegen nuvaanen noon

  8. sana says:
    October 27, 2017 at 2:59 pm

    It’s ok ADAM you have give time to you’re kids ? HAHA VERY FUNNY STORY???????

    1. Adam says:
      October 27, 2017 at 6:20 pm

      Thanks sana

  9. samahaa says:
    October 27, 2017 at 3:01 pm

    Wowwwwww! Best of luck ADAM

    1. Adam says:
      October 27, 2017 at 6:21 pm

      Thanks samaha

  10. samahaa says:
    October 27, 2017 at 3:01 pm

    Wowwwwww! Best story

  11. Azka says:
    October 27, 2017 at 3:04 pm

    Kid ah all the best ingey ????

    1. Adam says:
      October 27, 2017 at 6:22 pm

      Thanks azka

  12. mal says:
    October 27, 2017 at 3:06 pm

    Nice??

    1. Adam says:
      October 27, 2017 at 6:15 pm

      Thanks mal

  13. Huba says:
    October 27, 2017 at 3:37 pm

    Here Esfiya ge emme reethi vahaka mi part keema hee hee halaaku saabahey Adam

    1. Adam says:
      October 27, 2017 at 6:13 pm

      Thanks huba

  14. bolheh says:
    October 27, 2017 at 3:47 pm

    Aslu vaahaka is ok..concept is awesome.. ekam sentence athuraafa huri gothaa ibaarai kurun kamunudhany… negative koh nunagaa improve kuraane kamah ummeedhu kuran…thankolheh gina liyunthah kiyaigen improve vevidhaane… wish ur kids goodluck on their exams…

    1. Adam says:
      October 27, 2017 at 6:09 pm

      Thanks bolheh next part ragalhu kuraanan insha allah

  15. Afy says:
    October 27, 2017 at 4:41 pm

    Adam thy hama too yummy beibie ehh ?????

    1. Adam says:
      October 27, 2017 at 6:11 pm

      Afy u2 beibie

  16. Iz says:
    October 27, 2017 at 6:55 pm

    V reethi.. V interesting..

    1. Adam says:
      October 27, 2017 at 6:56 pm

      Thanks iz

  17. saadhu says:
    October 27, 2017 at 7:52 pm

    v obi?v majaa mi part.kiyamu dhiya iru ves hevay.hehehe.?

    1. Adam says:
      October 27, 2017 at 11:01 pm

      Hehe thanks saadhu

Comments are closed.

Next Episodeޢެދެމޭ އުފާ….(36)←


All Right Reserved!