Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އީލާމް-18

Xeesh Level 110 Stories
October 26, 2017 5 Mins Read
10 Comments

އީލާމް ކެބިން އަށް ވަދެގެން އައިކަމެއް އަބީ އަކަށް ރެއަކާއި ނުލައެވެ. އޭނާގެ އުނގުގައި އަނހެން ކުއްޖަކު އިށީނދެލައިގެން އިން އިރު ދެ މީހުން އިނީ އެކަކު އަނެކަކު ގައިގައި ބައްދާލައިގެންނެވެ. އީލާމް ހުއްޓިގެން ހުރީ އަބީއަށް އޭނާ ހުރިކަން ރެޔަކާ ލާތޯއެވެ. އަބީ އެ އަންހެން ކުއްޖާ ކުއްލިއަކަށް ކޮއްޕާލުމަށްފަހު  ކޮއްޅަށް ތެދުވެ ކެބިން އިން ނިކުންނަށް ހިނގައިގަތެވެ.  ” އީލާމް ” އަބީ ކުރިޔަށް އެޅި ފިޔަވަލު ހުއްޓުނެވެ.  އަބީ އަށް އީލާމް ފެނުނުކަން ޔަގީން ވުމުން އީލާމް ކެބިން އިން ނިކުންނަށް ހިނގައިގަތެވެ. “އީލާމް ޖަސްޓް ސްޓޮޕް ” އަބީގެ އެހެން ބުނިއިރު އަޑުގައި ހަރުކަށިކަމެއް ވިޔެވެ. އީލާމް އަޑު އިވޭކަމަށް ނަހަދާ ކެބިން އިން ނިކުމެގެން ދިޔައީ އިތުރަށް އަބީ އާއި ދައްކަން ޖެހޭ ވާހަކައެއް އޮތް ކަމަށް ގަބޫލު ނުކުރެވޭތީވެއެވެ. އީލާމް ލިފްޓަށް އެރިއިރު ލިފްޓްގައި އިތުރު މީހަކު ހުރިކަން އިނގުނަސް އެކަމަށް ސަމާލުކަން ނުދީ އަވަހަށް ލިފްޓްގެ ދޮރު ލެއްޕުމަށް ދޮރު ލައްޕާ ފިތަށް އޮބާލިއެވެ. ” މަޑު ކޮށްލާ އަޅުގަނޑު ނިކުންނަށް ” ލިފްޓްގައި ހުރި މީހާ އެހެން ބުނެލުމުން އީލާމް އޭނާ އާއި ދިމާލަށް ބަލާލިއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކާ ދިމާލަށް ބަލާލެވުނީ ހައިރާން ކަމާއި އެކުގައެވެ. ލިފްޓްގެ ދޮރު ލެއްޕުމަށްފަހު ގްރައުންޑް ފްލޯއަށް ދެވުުނު އިރުވެސް ދެ މީހުން އެކަކު އަނެކަކަށް ބަލަން ކަޅި ޖަހާ ނުލާ ހުއްޓެވެ. އީލާމް ގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔަ ވަރަކަށް ކުރިމަތީ ހުރި މީހާއަށް އެކަމުގެ އަސަރު ކުރަމުން ދިޔައެވެ. “ޝާމް ” އީލާމްގެ ދޫ ފުރަތަމަ ފަހަރަށް ހަރަކާތް ކޮށްލިއެވެ. ” އީލާމް ” ޝާމް އަށްވެސް އޭނާގެ ނަން ބުނެލެވުނީ ހައިރާންވެ ހުރެއެވެ. ކުއްލިއަކަށް ލިފްޓް މައްޗަށް ދާން ފެށުމުން ދެމީހުންނަށްވެސް ތެޅިގަނެވުނީ، އީލާމް ނުނިކުމެ ހުއްޓާ އަނެއްކާވެސް ލިފްޓް މައްޗަށް ދާތީވެއެވެ. އޮފީސް ހުންނަ ފަންގިފިލާއަށް ލިފްޓްގެ ދޮރު ހުޅުވާލިއިރު އަބީ އާއި އޭނާގެ ކެބިން އިން ދިމާވި އަންހެން ކުއްޖާ ހުރީ ކައިރި ކައިރީގައެވެ. އީލާމް އަބީ އާއި ދިމާލަށް ބަލާލިއެވެ. ކައިރީގައި ހުރި އަންހެން ކުއްޖާ ލިފްޓްއަށް އަރާ ޝާމް ގައިގައި އޮޅުލައިގަތުމަށް ފަހު އަބީ ދައްކާލާފައި ބުންޏެވެ. ” ޝާމް މީޓް މައި ބްރަދަރ އަބީ އެންޑް ހިސް ވައިފް އީލާމް ” އަބީ ލިފްޓަށް އަރާ ޝާމްއާއި ސަލާމް ކޮށްލުމަށްފަހު އީލާމްގެ ކޮނޑުގައި އަތް ވަށާލަމުން ބުންޏެވެ.” އީލާމް މީޓް މައި ސިސްޓަރ ޖޫލީ އެންޑް ހަރ ހަސްބަންޑް ޝާމް “. ޖޫލީ އީލާމް އަށް ސަލާމް ކޮށްލަން އަތް ދިއްކޮށްލުމަށްފަހު ބުންޏެވެ.” ބޭބެ ބިޓިންގް ކަމުން ނޭނގޭނެއެއްނު ދޯ” . ޝާމް ޖޫލީގެ އަތުގައި ހިފާ ބޯ ހޫރުވާލީ އެ ވާހަކަ އިތުރަށް ކުރިއަށް ނުގެންދަން އެދެމުންނެވެ. ލިފްޓުން ހުރިހާ އެންމެން ފައިބާ ކާރަށް އަރަން ދަމުން އަބީ ޖޫލީ އާއި އޭނާގެ ފިރިމީހާއަށް މިރޭ ކެއުމަށް އޯޝަން ރެޒިޑެންސްއަށް އައުމަށް ދައުވަތު ދިނެވެ. ޖޫލީއާއި ޝާމް އެ މީހުންނަށް ހާއްސަކޮށްފައިވާ ކާރަށް އަރަން ހިނގައިގަތުމުން އަބީ އީލާމްގެ އަތުގައި ހިފާ އަތަށް ބާރު ކޮށްލިއެވެ. އަދި ކާރާއި ދިމާލަށް ހިނގާލާފައި ގެންދިއައެވެ. އިލާމް ކާރުގައި އިށީނދެ ހަމަޖެހިލުމުން އަބީ ކާރު ދުއްވާލިއެވެ. ” އީލާމް އަށް ގޮވީމައި މީގެ ފަހުން ،އަޑު އިވޭކަމަށް ނަހަދާ ގޮއްސިއްޔާމް އިނގޭނެ ހަދާނެ ގޮތް ” އަބީ އެހެން ބުނެލިއިރު އަޑުގައި ތުރުތުރެއް އެކުލެވިގެން ވިޔެވެ. ” އީލާމް އިސް ޖަހައިލައިގެން އިނދެ ބުނެލިއެވެ.” އަބީގެ ޖޫލީ ކިޔާ ކޮއްކޮއެއް ހުންނަ ކަމެއް އަހަންނަކަށް ނޭންގެ ، އެހެންނޫނަސް ކޮއްކޮ އަރާ އިންނަނީ އުނގުގަތަ ، ދެން އުނގުގަ އިނދެގެންތަ ބައްދަން ޖެހެނީ ” އީލާމް ނުރުހިފައި ބުންޏެވެ. ” އީލާމް ޝީ އިޒް ލައިކް ދެޓް ، ނުވިސްނާނެ އެއްވެސް ކަމަކާ ،” އަބީ ޖަވާބު ދިނެވެ. ” ދެން މައްސަލައެއް ނެތް އަބީގެ ކޮއްކޮއެއް ހުންނަކަން އަހަންނަށް ނާންގަންވީ ކީއްވެ ، މަންމަމެންވެސް ނުބުނޭ އެކަހަލަ ވާހަކައެއް ” އީލާމް ރައްދުދިނެވެ.  ” ބުނަން އީލާމް ކައިރީ ވާހަކައެެއް ، ތީ ދެންމެ ލޯ ދުށް މީހެއް ، އަހަރުމެން އާއިލާގެ ހުރިހާ ވާހަކައެއް ހިއްސާ ކުރާކަށް އަދި ނުޖެހޭ ، ވަގުތު ޖެހުނީމަ ކިޔައިދޭނަން ، ކިޔައި ދޭންދެކަށް މައިތިރިވެގެން ހުރޭ ” އަބީގެ ރުޅިވެރި ބަސަތަކުން އީލާމް ގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އިތުރަށް އަނގައިން ނުބުނެ އިނީ އޯޝަން ރެޒިޑެންސްއަށް ވަދެވެން ދެކަށެވެ. ” ކާރު އޯޝަން ރެޒިޑެންސްއަށް ވަދެވުމާއެކު އީލާމް ކާރުން ފައިބާ ، ގެއަށް ވަންނަށް ހިނގައިގަތެވެ. އީލާމް ހަލުވި ހިނގުމެއްގައި ހިނގާލާފައި ދިޔައިރު ، އަމައިރާ އަށް އީލާމް ފެނުމުން ރޮއިގަތެވެ. އީލާމް އެނބުރިލުމަށްފަހު އަމައިރާ އުރާލައި އޭނާ ގޮވައިގެން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީ އެއްވެސް މީހަކާއި ވާހަކަ ދައްކަން ބޭނުން ނުވާތީވެއެވެ.  އީލާމް ކޮޓަރިއަށް ވަނުމަށް ފަހު ކޮޓަރި ތަޅުލިއެވެ. އަބީ ދޮރުގައި ހިފާލުމަށްފަހު ތަޅުލާފައި ހުރުމުން ދޮރުގައި ބަންބަން ލާފައި ޖަހަން ފެށިއެވެ. ” އީލާމް ހަމަ މިހާރު ދޮރު ހުޅުވާ ، އަބީ އޭނާގެ ޖީބުން ތަޅުދަނޑިފަތި ނެގުމަށްފަހު ދޮރުހުޅުވާލީ ހިތް ހަމަ ނުޖެހިފައި ހުރެގެންނެވެ.  ކޮޓަރި ދޮރު ހުޅުވާލުމަށްފަހު އަބީ ކޮޓަރި ތެރެއަށް ނަޒަރު ހިނގާލިއެވެ. އީލާމް ، އަމައިރާ މަސަލަސް ކުރަން އުޅޭތަން ފެނުމުން ، ޖެނީ އަށް ގޮވައި އަމައިރާ އެތަނުން ގެނދިއުމަށް އެދުނެވެ. ޖެނީ އަމައިރާ އުރާލައިގެން ކޮޓަރިން ނިކުތުމުން ކޮޓަރީގެ ދޮރު ބަންލާފައި އަބީ ޖެހިއެވެ. އަދި އީލާމް ހުރި ދިމާލަށް ހިނގައިގަތެވެ. އަބީ އީލާމް އާއި ކައިރިވަމުން ދިޔައިރު އީލާމް އަށް ބުނަން ނޭނގޭ އިހްސާސްތަކެއް ވަމުން ދިޔައެވެ. ކުއްލިއަކަށް އަބީގެ ފަރާތުން މިފެނުނު މިޒާޖުން އީލާމް ހުރީ ކަންތައް ކުރަންވީ ކިހިނެއްކަން ވިސްނައިގަންނަށްވެސް ނޭނގިފައެވެ. ކުއްލިއަކަށް އައިސް އީލާމް ގެ އިސްތަށިގަނޑުގައި ހިފާ އަބީއާއި ދިމާލަށް އަނބުރާލިއެވެ. އީލާމްގެ އަނގައިގައި ހިފާލުމަށްފަހު އަބީ ބުނެލިއެވެ. ” މަގެ އަތުން ފައިން ގޯސް ހައްދަން ނޫޅޭތި ” . ” އީލާމް އަބީ އާއި ދިމާލަށް ދެލޯ އަޅާލިއެވެ. ކުއްލިއަކަށް އީލާމް ގެ ކަންފަތްމައްޗަށް އެރި ހޫނު އިތިފަހަރުން އޭނާ މޫނު މައްޗަށް އަނދިރިވާ ގޮތްވިއެވެ. އަބީ އަށް ހޭވެރިކަން ވީ އީލާމް ވެއްޓެން ދިޔުމުންނެވެ. ހުށިޔާރު ކަމާއިއެކު އީލާމް ގައިގައި ހިފަހައްޓާލުމަށްފަހު އަބީ އޭނާ އެނދުމަތީ ބާއްވާލިއެވެ.

އީލާމް އަށް ހޭ ވެރިކަން ވީ ޖެނީ އައިސް އީލާމްގެ މޫނަށް ފެން އަޅަށް ފެށުމުންނެވެ. އީލާމް އަށް ދެކޮޅު ބަލާލެވުނީ އަބީ ފެންނަށް ހުރިތޯއެވެ. އީލާމްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޖެނީ އީލާމް ކައިރީ ހަމަޖެހުމަށް ބުނެލިއެވެ. އަދި ތަންކޮޅެއް ހަމަޖެހުމުން އަބީގެ މާޒީގައި ހިނގާފައިވާ ކަންތައްތައް ކިޔާދޭނޭކަމަށް ބުންޏެވެ. އީލާމް އަމައިރާ އާއި އަބީ ކޮބައިތޯ ސުވާލުކޮށްލިއެވެ. ” އަމައިރާ ވީ ލިލީ ކައިރީގައި ، އަބީ ބޭރަށް ދިޔައި ” ޖެނީ އޮޅުންފިލުވާދިނެވެ. އީލާމް އެކަނި ވެލުމަށް ބޭނުންކަމަށް ބުނެ ޖެނީ ފޮނުވާލީ މިއަދު މި ހިނގި ހާދިސާތަކާއި މެދު ވިސްނާލަން ބޭނުންވާތީވެއެވެ. އީލާމް އެނދުގައި އޮށޯވެލައިގެން އޮތް އިރު އޭނާ ވިސްނަމުންދިޔައީ އަބީ އަށް މިއަދު އެ އައި ބަދަލުތަކާއި މެދުއެވެ. މީގެ ކުރިން ދުވަހަކުވެސް އީލާމް އާއި އެހާ ރުންކުރުކޮށް ވާހަކަ ދެއްކުމުގެ އިތުރުން ރުޅިވެރިކަމާއި އެކު އީލާމް ގައިގައި އިނގިލި ކުރިވެސް ޖައްސާލާފައެއް ނުވެއެވެ. ނަމަވެސް މިއަދު ކީއްވެ ބާ ؟ އީލާމް ކުއްލިއަކަށް ޝާމް މަތިން ހަނދާންވުމުން ތެދުވިއެވެ. “ޝާމް އާއި ހެދި އީލާމް މިއަދު މި އުޅެން ޖެހުނީ އާއިލާއާއި މާދުރުގައެވެ، ލޯބިވާ ފިރިމީހާ އާއި ދަރިފުޅުގެ އިތުރުން އޭނާގެ އަމިއްލަ އާއިލާގެ އެކަކުވެސް މި ގައުމުގައި ނެތެވެ، ޝާމް އަނެއްކާވެސް އީލާމް ގެ ދިރިއުޅުމަށް އައީ ކީއްވެބާ ؟އީލާމްގެ ސިކުނޑި ސުވާލުތަކުން ފުރުނެވެ. އީލާމް އޭނާގެ ބަނޑުގައި އަތް ހާކާލިއެވެ. “އަބީގެ ތުއްތު ތުއްތު ދަރިފުޅަށް ބަނޑު ބޮޑުއިރު އިންސާނިއްޔަތުކަން ކުޑަ އަމަލެއް ހިނގުމުން އީލާމް ވަނީ އަބީއާއި ދޭތެރޭ ހިތްހަމަ ނުޖެހިފައެވެ.  އީލާމް އޭނާގެ ފޯނު ނަގައި ޖެނީ އަށް ގުޅާލައި މިރޭ މިގެއަށް ކެއުމަށް މެހުމާނުންތަކެއް އަންނާތީ ކާން ތައްޔާރު ކުރުމަށް އެދުނެވެ. ފޯނު ބޭއްވުމަށްފަހު އީލާމް ފޯނަށް ބަލާލީ މެސެޖް ތަކެއް އައިސްފައި ހުރީމައެވެ. ” ސޮރީ ބޭބީ ، އައި ޑޯންޓް ނޯ ވަޓްސް ހެޕަނިންގް ޓު މީ ، އައި ފީލް އޭމް ކްރޭޒީ ” އީލާމް ދެވަނަ މެސްޖް ހުޅުވާލިއެވެ. ” އައި ލަވް ޔޫ ބޭބީ ، ޕްލީސް ފޮގިވް މީ ” އެތަކެއް ޝަކުވާ ތަކުން ފުރިގެންވާ މެސްޖްތައް ކިޔާ ނިންމާލުމަށްފަހު އޭނާ ވިސްނާލިއެވެ. އަބީ އަށް މެސެޖް އެއް ކުރާނީބާ ؟ ދެ ވިސްނުމެއްގައި އިނދެފަ ” އިފް ޔޫ ވޯންޓް މައި ފޮގިވްނަސް ، ޓެލް މީ ވައި ޔޫ އާރ އެކްޓިންގް ވިއާރޑް” އީލާމް މެސެޖް ކޮށްލުމަށްފަހު ފާހާނައަށް ވަދެ ރީތިވެލިއެވެ.

ރޭގަނޑުގެ ކެއުމަށް ދައުވަތު ދެވުނު ދެ މީހުން އައިސް ވަނުމުން އީލާމް އޭނާގެ ފިރިމީހާ ކައިރީ ހުއްޓިލުމަށްފަހު އެ މީހުންނަށް މެހެމާން ދާރީ އަދާކޮށްލިއެވެ. ޖޫލީ އީލާމް ގައިގައި ބައްދާލުމަށްފަހު މިއަދު ވެދިޔަ ކަންތަކަށް މާފަށް އެދުނެވެ. އީލާމް އާނއެކޭ ބުނެލުމަށްފަހު ގޭތެރެއަށް ވަދެ ކެއުމަށް ތަށިމަތި ރެޑީކޮށްލިއެވެ. ” ކިހިނެއް އަބީ & އީލާމް ދިމާވީ ؟ ޖޫލީ އޭނާ ޖަވާބު ހޯދުމަށް ބޭނުންވާ ސުވާލު ކޮށްލިއެވެ.  އަބީ އީލާމް އާއި ދިމާވި ގޮތް ކިޔައިދިނެވެ. އީލާމް ޖޫލީ އާއި ސުވާލުކޮށްލިއެވެ. ” ޖޫލީ ކޮން އިރަކު މެރީ ކުރީ ، ކިހިނެއް ޝާމް އާއި ދިމާވީ ” ޝާމް އީލާމް އާއި ދިމާލަށް ރަނގަޅަށް ބަލާލިއެވެ. ޖޫލީ އޭނާ އާއި އިންޑިއާއިން ދިމާވީ ކަމަށް ބުނެލިއެވެ. އީލާމް ކުރިމަތީގައި ޝާމް އިނުމުން އޭނާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. މިއަދު އަބީގެ ހައްގަކަސް ޝާމް އަކީ އޭނާގެ ދިރިއުޅުން ހަލާކު ކޮށްލި އެކަކެވެ. އެހެންކަމުން އީލާމް ހިތުގައި ޝާމް އާއި ދޭތެރޭ ވެވުނު ލޯތްބަށް ވުރެ ބޮޑަށް ބަދލު ހިފުމުގެ ރޫހު ވަނީ އާލާވެފައެވެ. އެންމެން ކެއުމުގައި މަސްއޫލްވެގެން އިން އިރު އީލާމް އާއި ޝާމް އަށް މާ ގިނަ އެއްކޮށް ނުކެވުނެވެ. “ބޭބޭ އަޅުގަނޑު ވަރަށް މުހިއްމު ވާހަކައެއް ދައްކާލަށް ބޭނުން އެކަނި ” ޖޫލީ ބޭނުންވި ގޮތަށް އަބީ އޭނާ އާއި އެކު ގާޑަން އޭރިއާއަށް ނިކުމެލިއެވެ. އީލާމް އާއި ޝާމް މޭޒު ކައިރީ އިށިނދެލައިގެން އިން އިރު އީލާމް ކުރަން ބޭނުންވާ ވަރަށް ސުވާލު އެބަހުއްޓެވެ. ” އީލާމް އައި އޭމް ސޮރީ ، ހީކުރަން ސިޓީ ކިޔާފައި އަހަންނަށް މާފް ކުރިކަމަށް ” ޝާމް ދެއްކި ވާހަކައިން އީލާމް ސުވާލު އުފެދިފައިވާ ހިތަކާއިގެން އޭނާ އާއި ދިމާލަށް ބަލާލިއެވެ.  ” އަހަރެން ނުދެނަހުރިން ޝާމް އަހަރެން ކައިރިން މާފް އަށް އެދެން ޖެހޭނޭ ކެމެއް ، ހުރިހާ ކަމެއް ކޮށްފަ ކޮން މާފެއް ، ދެން ކޮން ސިޓީއެއްގެ ވާހަކަ ތި ދައްކަނީ ، އަހަންނަށް ހެޔޮ ޝާމްގެ ސިޓީއެއް ދުވަހަކު ނުލިބުނަސް ” އީލާމް ހަރުކަށިކާމާއި އެކު ބުނެލިއެވެ.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ(3)

Next

މީޝާ (ދެވަނަ ބައި)

Next
October 26, 2017

މީޝާ (ދެވަނަ ބައި)

Previews
October 26, 2017

ވޭންތަކުން ދިން ހިތި މާޒީ(3)

10 Comments!

  1. Maikaa says:
    October 26, 2017 at 3:00 pm

    nice varah. dhen kon irakun next part??

    1. Xeesh says:
      October 29, 2017 at 9:06 pm

      Thanks Maika … Upload Kohlaifin 🙂

  2. Naz says:
    October 26, 2017 at 3:45 pm

    Salhi.miadhu vvv foohivefaa indhaa thi upkonlee.next partan …..

    1. Xeesh says:
      October 29, 2017 at 9:06 pm

      Thanks Naz 🙂

  3. U !HS says:
    October 26, 2017 at 5:18 pm

    Nice…. Kn irakun next part

    1. Xeesh says:
      October 29, 2017 at 9:07 pm

      Thanks Shiu … Next Part Upp Kohfin 🙂

  4. mannu says:
    October 27, 2017 at 4:24 pm

    V reethi abi letter fenunee dhow abi ath eelaam eves vaahakyeth kiyaanudhee hureema baa kihineth mivanee vvv reethi avahath upload xeesh…..

    1. Xeesh says:
      October 29, 2017 at 9:07 pm

      Thanks Mannu 🙂

  5. Zaina says:
    October 28, 2017 at 1:57 am

    V reethi vaahaka konirakun next part..❤❤

    1. Xeesh says:
      October 29, 2017 at 9:08 pm

      Thanks Zaina … Next part Upp kohfin 🙂

Comments are closed.


All Right Reserved!