Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު ސިއްރުން ހިތޭ…

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
October 26, 2017 4 Mins Read
32 Comments

ގަޑީގެ ސޯނާ ކަނޑާލުމާއެކު މަލީހް މޯޅިއަކަށްދެމިލީ ވަރުބަލިކަމާއި އެކުގައެވެ. ޖައްވުގައި ހިފާފައިވާ ތެތްފިނިކަން ވަނީ މުޅިކޮޓަރިތެރޭގައި ހިފާފައެވެ. ރޭގައި މާބޮޑަށް މޫސުންގޯސްވެ ވިއްސާރަވީއެވެ. ވެފައިވާ ވަރުބަލިކަމާއެކު މަލީހްބޭނުންވީ އަދިވެސް ނިދާލާށެވެ. އޭރު އަދި މެންދަމުން އަލިވެ 4 ޖެހީވިއްޔާއެވެ. ނަމަވެސް އޭނައަކީ މިހާރު އެކަހަލަ އަރާމުދިރިއުޅުމެއް އުޅެވެން ނެތްމީހެއްކަން ހަނދާންވުމާއެކު ދެލޮލުން ކަރުނަހިލުނެވެ. އެކަމަކުވެސް ހިތްވަރު ކޮށްލާފައި ތެދުވެ ގައިދަށުގައި އަޅާންގެންގުޅޭ ބާރަޖާގަނޑުނަގާ އަވަހަށް ފަތްޖަހާލިއެވެ. ހަމައެނޭވާމަތީގައި ގޮދަޑިމަތީގައިވާ ބާލީސް އެއްފަރާތްކޮށްލަމުން ގޮދަޑިވެސްނަގާ ފާރުގައި ލައްކޮށްލިއެވެ. އެކުޑަކުޑަ ހަތަރެސްކަން ގޮޅިއެއްކަހަލަ ކޮޓަރީގައި މަލީހުއުޅެމުން ދާތާ މިވަނީ އެންމެ ދެހަފްތާއެވެ. ކިތަންމެބުރަވިނަމަވެސް އެކަހަލަ ތަންކޮޅެއްގެ ތެރޭގައިވެސް ކިޔަވަންހުރެވޭތީ އެކަމާ އޭނާވަރަށް އުފާކުރެއެވެ.
ދެހަފްތާ ކުރި…
“މަންމާ.. މަންމާ..” ވެފައިހުރި އުފަލާއެކު މަލީހު މެންދުރުފަހުގެ އެކްސްޓްރާނިންމާލާފައި ސްކޫލުން އައިސް ގެއަށްވަނީ އޭނާގެ މަންމައަށް ގޮވަމުންނެވެ. މޫނުމަތިން ފެންނަމުންދިޔަ ފުޅާހިނިތުންވުމުން ފާގިޔާއަށް މަލީހްއަށް ވެގެން އުޅޭގޮތް ވަރަށްފަސޭހައިން ދެނެގަނެވިއްޖެއެވެ. “ދަރިފުޅާ .. ހާދައުފަލުން.. އެންމެފަހުން ދަރިފުޅުބޭނުންވެގެން އެންމެ ދުޢާކުރިކަންތަށް ވީދޯ..” “އާން މަންމާ.. މާދަމާ ހަވީރުމެޗްއޮތީ.. މިއަދު ހުކުރުވީމަޔޯ އަސްލުނުދިޔައީ.. ހެނދުނު އެރަށަށް ދާންފުރާނެ.. އަދި އިނގޭތަ މަންމައަށް މަލީއަށް ލިބުނީ ޓީމްގެ ކެޕްޓަންކަންވެސް..” ވެފައި ހުރި އުފަލަާއެކު މަލީހް އެއްނޭވައިން ހުރިހާ ވާހަކައެއް ދައްކާލިއެވެ. ފާގިޔާ ހެވިދިލިފައި އޭނާގެ ދަރިފުޅަށް ބަލަންއިނެވެ. އޭނަ ބަފައަކާނުލައި މިއަދާ ހަމަޔަށްވެސް މަލީހް ބަލަމުން އެއައީ ބަފައެއްގެލޯބިވެސް އުނިނުވާނޭހެން ދެމުންނެވެ. މަލީހް އަށް ބަނޑުބޮޑުކަން އެނގުން އިރު އޭނަގެ ބައްޕަ ވަނީ އެދެމައިން ދޫކޮށްލާފައި މާދުރަށްގޮހެވެ. ފާގިޔާ ވަރިކޮށްލުމަށްފަހު މާލެދިޔަފަހުން އެއްވެސް ހަބަރެއް އަދިމިވީހާތަނަށްވެސް ނުލިބެއެވެ.
“ދަރިފުޅާ.. އެހެންވީމަ އަވަހަށްދޭދެން އެއްޗެހިބަދަލުކޮށްލައިގެން ކާން އަންނަން.. މާދަމަޔަށް ތައްޔާރުވާންޖެހޭނުދޯ..” ފާގިޔާ އެހެންބުނުމާއެކު މަލީހް އަވަހަށް އެތެރެއަށް ވަދެގެން ދިޔައެވެ.
އާދުވަހަކަށް އިރުއެރީރު މަލީހުމެންތިބީ ބުރުންޏަށްދާން ދަތުރުމަތީގައެވެ. ދަތުރުގައި މަލީހްއާއިއެކުގައި ފާގިޔާބައިވެރިވީ އެންމެފުރަތަމަ އޭނާގެ ދަރިފުޅުގެ ކެޕްޓަންކަމުގައިކުޅޭ މެޗްބަލާލުމަށެވެ. ފަތިހު ފަސްގަޑިބައގައި ގުރާދުއިން ފުރައިގެން މަލީހުމެންނަށް ބުރުންޏަށް ދެވުނީ 7 ޖަހަނިކޮށެވެ. ސްކޫލްގެ ޓީޗަރުން ދަރިވަރުން ގޮވައިގެން ފޭބުމާއެކު ކުޅިވަރުގެ ސާމާނުތަށް ބާލަން ފެށިއެވެ. މަލީހްމެންނަށް ބުރުނިން މަރުހަބާކީ ސްކޫލްގެ އިސްވެރިންގެ އިތުރުން ބުރުނީ ސްކޫލްގެ ޓީމާއި ގްރޭޑް 10ގެ ކުދިންގެ އިތުރުން ޕީޓީއޭގެ މެންބަރުންނެވެ. މަލީހް ހީކުރިގޮތަށް ބުރުނިވީ ހިތްގައިމު ރަށަކަށެވެ. ބަނދަރުގައި ބުރުތަށްހަދާ އޭގެ ތެރޭގައި ހަޓުޖަހާފައި ހުއްޓެވެ. ކުރިމަތީގައި ރަށުގެ މިސްކިތްހުރީ ބަނދަރާއި އިންވެގެންނެވެ. ހަމަޖެހިލާފައި މަލީހުބަލާލީ ތަނުން އަނެއްކާވެސް އެހާހިތްގައިމު މަންޒަރެއްފެނުނެވެ. ހިރުނދުގަހެއްގައި އެލުވާލާފައިވަ ޖޯލިތަކުގައި އެކިފުރައިގެމީހުން ވާހަކަދައްކާލަން ތިބިތަނެވެ. ރަށުގެ މަލަމަތިވެސް އެހާމެ ސާފުތާހިރެވެ. ރަށުގެ އެކިދިމާއަށް ނަޒަރުހިންގަމުން ދިޔަ މަލީހް ހޭވެރިކަންވީ ޓީމްގެ ކުއްޖަކު ހިނގާށޭއަވަށްދާންކިޔާ އަތުގައިހިފާދަމާލުމުންނެވެ. އޭރުމަޑުމަޑުން އެންމެންހެން އެއްގަމަށްދަނީއެވެ. ފާގިޔާވެސް ޓީމްކުދިންގެ ބެލެނިވެރިންނާއެކު ކުރިއަށް ދިޔައެވެ.
މެޗްއޮތީ ހަވީރުގައިކަމުން ހުރިހާކުދިންވެސް ދިޔައީ ވަރަށްރަންގަޅަށް ތައްޔާރުވަމުންނެވެ. މެންދުރުނަމާދަށްފަހު ހުރިހާކުދިން ކާންގޮސް ކެއީވަރަށްވެސް ކޮޑަގޮތަކަށެވެ. އެއަށްފަހު 2ގަޑި ބައިވަންްދެން ރެސްޓުކުރުމަށްފަހު ހުރިހާކުދިން މެޗްގެ އެންމެ ފަހުތައްޔާރީތަށްވާންފެށިއެވެ. ފެންވަރާލައި ޖަރޒީ ރެޑީކޮށް ބޫޓްވެސްދަބަހަށްލާ ނިންމާލިއެވެ. އެހުރިހާކަމެއްކޮށް ނިންމާލެވުންއިރު އަސުރުވަގުވަދެއްޖެއެވެ. ވުމާއެކު ޓީމްގެ ހުރިހާކުދިން ނަމާދުކުރީ އެއްޖަމާއަތެއްގައި ކޯޗުގެ ފަހަތުގައެވެ.
މެޗްފެށުމުގެ ކުރިން ހުރިހާކުދިންވެސް ބޫތްއަށް އަރާރެޑީވާންތިބީ ފުޓްސެލްދަނޑުކައިރީގައި ހަމަޖައްސާފައިހުރިގޭގައެވެ. ދެކޮޅުދެކޮޅަށް ހިންގާލަ ހިނަގާލައިން މަލީހް ހާސްވެފައިވާ މިންވަރު ހަމައެކަނި އޭނާގެ ހަރަކާތުންވެސް ދައްކުވައިދެއެވެ. އޭސީ ކޮޓަރީގެ ތެރޭގައިވެސް މޫނުމަތިން ގޮއްދާ ހިއްލަނީ ސަލާމަތްނުުވާވަރަށެވެ. ހިތްބުނަމުން ދިޔައީ ކޮންމެވެސްކަމެއް އެބަގޯސްވެއެވެ. ނޫނީ ގޯސްވާން އެބައުޅެއެވެ.
މެޗްފެށުމާއެކުހެން ސަޕޯޓަރުންގެ އަޑު މުޅިދަނޑުގައި ގުގުމަމުން ދިޔައެވެ. ހަމައެކަނި މެޗަށް ސަޕޯޓްކުރުމަށްވެސް ހަވީރު ގުރާދުއިންވަނީ ދޯންޏެއްގަޔާއި ލޯންޗަކުން މީހުން އައިސްފައެވެ. ފުރަތަމަ ހާފްގައި އެއްކޮށްހެން ބޯޅަގެންގުޅެމުން ރަނގަޅަށް ކުޅެމުން ދިޔައީ މަލީހްމެންގެ ޓީމްއެވެ. ނަމަވެސް އެހާފް ނިމުން އިރުވެސް އެއްވެސް ކޮޅަކަށް ލަނޑެއްނުވަދެއެވެ. ނަމަވެސް ދެވަނަ ހާފްގައި ބުރުނީޓީމް އިން ލަނޑެއްކާމިޔާބުކުރީ ފެށިތާ 15މިނެޓްގެ ތެރޭގައެވެ. އެޓީމްގެ ކެޕްޓަން ޝަބީން އެލަނޑު ކާމިޔާބުކުރުމާއެކު ބުރުނީގެ ސަޕޯޓަރުން ހީވީ ކެކިގަތްހެންނެވެ. ބެރި ދުންމާރިފަދަތަކެތިން އަޑުލައްވަމުން އެންމެން އެކީގަހެން ފުންމައިގަތެވެ. މިމަންޒަރު މަލީހްއަށް ފެނުމާއެކު އިތުރުހިތްވަރަކާއިއެކު ކުޅެން ފެށިއެވެ. ނަމަވެސް އެޓީމް ކުއްޖަކުދިން ޕާސްއަކާއެކު ޕެނެލްޓީއޭރިއާތެރެއަށް ވަން މަލީހް ވެއްޓުނީ އަނގަވަތަށެވެ. އެއާއެކު ރެފްރީގެ ކަށިގަނޑުގެ އަޑު އިވިގެން ދިޔައެވެ. ކީޕަރު މަލީހް އަށް ހަމަލާދިނުމުން ރީނދޫކާޑެއް ދެއްކުމާއެކު ލިބިގެން ދިޔައީ ޕެނެލްޓީއެކެވެ. މަލީހް އެޕެނެލްޓީ ގޯލްގެ ކަނަށްވައްދާލުމާއެކު މިފަހަރު ގުރާދޫގެ ސަޕޯޓަރުންގެވެސް އަޑުގަދަވެގެން ދިޔައެވެ. އެވަގުތު ޝަބީން މަލީހްއަށް ބަލާލާފައި ހިނިތުންވުމެއް ރައްދުކޮށްލާފައި ދިޔައެވެ. އެންމެފަހުން މެޗްގެ އިތުރުވަގުތުގައިވެސް ލިބުނު ހިލޭޖެހުމަކުން މަލީހް އެޓީމްގެ ދެވަނަލަނޑު ކާމިޔާބު ކޮށްދިނެވެ. މެޗްނިމިގެން ދިޔައީވެސް ހަމަ އެނަތީޖާގައި އޮވެގެން ގުރާދޫސަޕޯޓަރުންގެ މޫނުމަތީގައި ހިނިތުންވުން އިތުރުކޮށްދެމުންނެވެ. މެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް މަލީހުވެގެންދިއުމާއެކު ފާގިޔާއައިސް އޭނާގެ ދަރިފުޅުގައިބައްދާލީ އުފަލުން ރޮވޭހާލުގައެވެ. އެވަގުތު ޝަބީން އައިސް މަލީހްއަށް ގޮވާލިއެވެ. ” އަސްލު އަހަރެން ހީވެސްނުކުރާހާ މަލީހް ހުނަރުވެރި.. ވަރަށްމޮޅު.. އަހަރުމެންނާއެކު ބަންދުގައިބާއްވާ މުބާރާތުގަ ކުޅެން އަންނަންވާނެ .. މިކޮޅުން ހުރިހާކަމެއްގަ އަހަރެންއުޅޭނަން.. ” ހިނިތުންވެ ހުރެ ސަލާމްކޮށްލުމާއެކު ޝަބީން އޭނަ އައިބޭނުން ހާމަކޮށްލިއެވެ. “އިންޝާﷲ އަހަރެން އަންނާނަން..” މަލީހް ވީއުފަލާއެކު އަވަހަށް ޖަވާބުދިނެވެ. މެޗްނިމުމާއެކު މަޑުކުރުމެއްނެތި އަވަހަށް ހަވީރުގެ ސައިހިފައިގެން ފުރީ މާދަމައަކީ ރަސްމީދުވަހެއްވީމައެވެ. ބުރުނީޓީމްގެ ހުރިހާކުދިންހެން މަލީހްމެން ފުރުވަން އައެވެ. މިހާރު މަލީހް އަށް އެެރަށުން ރަހްމަތްތެރިއެއްވެސް ލިބުނީއެވެ.
މަލީހުމެންފުރުމާއެކު ސަޕޯޓަރުން އައި ދޯންޏާއި ލޯންޗްވެސް އެމީހުންގެ މަންޒިލަށްދާންފުރިއެވެ. ރާޅުބާންޏެއްހާހިސާބުވެސް ނެތް ކަނޑު ކުއްލިއަކަށް ގަދަވެ ކަޅުބޯވިލާގަނޑެއް ކުރިމަތީ އެކަމަށް އެއްވެސްމީހަކު ނުވިސްނާ ތިއްބައެވެ. އޭރު އަދި ދޯނިއޮތީ ކަޅުފަރާފަހަލަފުށީ މދެއްހާ ތާންގައެވެ. އެއްކޮޅުން ވިލުފުށިކައިރީގައި އަނެއްކޮޅުން މަޑިފުށިއޮތެއްކަމަކު ދެކޮޅުން ކުރެއް އެއްކޮޅަކަށްވެސް އެވިލާގަނޑުގައު ނުޖެހި ދެވޭކަށްނެތެވެ. ދޯނީގެ ކެޕްޓަން ހުރިހާމީހުންވެސް ކިއުނުހެޔޮއެއްޗެއްކިޔައިގެން އެތެރޭގައި ތިބުމަށް އިލްތިމާސްކުރިއެވެ. ނަމަވެސް ނެގިބިޔަރާޅުވެގެން ދިޔައީ ދޯނީގައިތިބި ގިނަބަޔަކު މާސިންގާ ކަނޑުގެ ބިޔަރާޅުތަކުގެ ތެރެއަށް އެޔެއްމިޔެއްނޭންގޭހާ ހަލުވިމިނުގައި ފައިބައިގެން ދާން މެދުވެރި ސަބަބަކަށެވެ. އެހާވެސްބޮޑަށް ދޯނިދިޔައީ އަރިވެގެންނެވެ. މަލީހުގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރި ފާގިޔާވެސް މަލީހުގެ އަތުން ދޫވެ ކަނޑުގެ ތެރެއަސް ދިއުމާއެކު މަލީހު ބާރަށް “މަންމާ” އޭ ކިޔާގޮވާލިއެވެ. ނަމަވެސް އެއްވެސް ވަރަކަށް މަންމަގެ ހަބަރެއްނުވެއެވެ. ދޯނީގެ މާކަރީލައިޓްނަގާ ދެކޮޅުގައި ހަރުކޮށް ދިއްލުމަށްފަހު ދޯނިގައި ތިބިމީހުން އަވަހަށް ވެއްޓުނުމީހުންތަށް ދޯންޏަށް ނެގުމުގެ މަސައްކަތް ފަށައިގަތެވެ. އޭރުވެސް މަލީހު ދެކޮޅަށް ދުވަމުން ދިޔައީ “މަންމާ” އޭ ކިޔާގޮވަމުންނެވެ. އެތަށް މަސައްކަތަކުން މީހުންތަށް ނަގާމީހުން ހަމަތޯބެލުމަށް އިސްކޮށް އުޅުނުޓީޗަރު ލިސްޓްކިޔަންފެށިއެވެ. އޭރުވެސް ކޮޅިގަނޑު ދެވަރުވެނުލާ ދޯނި ދެފަރާތަށް ހަލުވަމުން ދެއެވެ. ލިސްޓް ނިމުން އިރުވެސް ފާގިޔާގެ އިތުރުން ގްރޭޑް 10ގެ ދަރިވަރެއްކަމަށްވާ ޝިނާންގެ ހަބަރެއްނުވިއެވެ. އެއާއެކު މަލީހްގެ ބަޑިފަޅައިގެން ދިޔައެވެ. ޝިނާންގެ މަންމައަށްވެސް ވީ ހަމައެވަރެވެ.
ދޯނި ކަޅުފަރާފަހަލަފުށީގެ މެދުބައިގައިވާ ފާލަމަށް ގާތްކޮށްލުމަށްފަހު ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ބައެއްޓީޗަރުންވެސް އެރަށް ބޭލިއެވެ. އަދި އެރަށުގައި ހަދާފައިވާ ގޭގައި އެމީހުނަށް ތިބެވޭނެ ގޮތް ހަދައިދިނުމަށްފަހު ގެއްލުނު ދެމީހުން ހޯދުމަށްޓަކައި ނައްޓާލިއެވެ. އޭރު އެމީހުން ޕޮލިހުންނަށްވެސް އެކަން އަންގާފައިވުމާއެކު ދާދިއަވަހަށް ޕޮލިހުންވެސް ފާގިޔާއާއި ޝިނާން ހޯދުމުގެ މަސައްކަތުގައި ބައިވެރިވިއެވެ.
މެންދަމުން އަލިވެ 3ޖެހިއިރުވެސް މަލީހުގެ ލޮލަކަށް ނިންޖެއްނައެވެ. ހަމަ ގިސްލަގިސްލާފައި ރޮވެނީއެވެ. އޭރު ޝިނާންގެ މަންމަ ވަނީހާލުބޮޑުވެގެން މަޑިފުށީ ޕޮލިސްޓޭޝަންގެމީހުންއައިސް ވޭމަންޑުއަށް ގެންގޮސްދީފައެވެ. މަލީހުމެންވެސް މަޑިފުށީ އެކި ދޯނިތަކުގެ އެހީގައި މިހާރުތިބީ ރަށުގައެވެ. 3 ގަޑި ބައިވާންވެފައި ވަނިކޮށް މަލީހުމެންގޭދޮރުގައި ޓަކިދިން އަޑުއިވުނެވެ. އެއާއެކު ފުންމާފައި މަލީހުތެދުވެގެންގޮސް ދޮރުހުޅުވިއެވެ. އޭރު ދޮމަތީގައި އިސްޖަހާލައިގެން ރަށުކައުންސިލްގެ ރައީސްގެ އިތުރުން ޕޮލިސްސްޓޭޝަންގެ އިންޗާޖު އަދި ދޯނީގެ ކެޕްޓަން ތިއްބެވެ. އެންމެފުރަތަމަވެސް މަލީހުއެމީހުން ކައިރީ އަހާލީ މަންމަ ކޮބާތޯއެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އެއަށް ޖަވާބެއްނުދެވުނެވެ. އެންމެފަހުން ލޯފުހެލުމަށްފަހު މަލީހުގެނެސް އޭނަ ގައިގަބައްދާލި ރަށުކައުންސިލްގެ ރައީސްގެ އަނގައިން ނިކުތް ބަހުން މަލީހްމުޅިން ގަނޑުވިކަހަލައެވެ. ” ނޫން.. ނޫން.. އެހެނެއްނުވާނެ.. ކީއްވެ.. ކީއްވެހޭ.. ” ކުއްލިއަކަށް ދުރަށް ޖެހިލާފައި މޮޔައަކު ފަދައިން މަލީހް ވާހަކަދައްކަންފެށިއެވެ. “ބުނޭ.. އަޅުގަނޑުގެ މަންމަ އަދި ފެންނާނޭ.. ބުނޭ.. އަޅުގަނޑު ކިހިނެއް މަންމަޔާނުލާއުޅޭނީ.. އެއީ ހަމައެކަނި އަޅުގަނޑުގެ ހުރިމީހަކީ.. ” އެންމެފަހުން އަރުބެދޭގޮތްވުމުން މަލީހް ހުއްޓާލިއެވެ.
*********
މާޒީގެ އެހިތި ސަފްހާގެ ތެރެއަށް ގެއްލިފައިހުރި މަލީހް އަށް ހޭވެރިކަންވީ އެންމެފުރަތަމަ ހާގޮވާލިއަޑަށެވެ. “ބަންގިގޮވަން އެއުޅެނީ އަވަހަށް ފެންވަރަން ވީ..” އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން އަވަހަށް ފެންވަރައިގެން ނަމާދަށް ދިއުމަށް މަލީހު ތައްޔާރުވާން ފެށިއެވެ. ވަގުތަށް ނަމާދަށް ނުދެވިއްޖެނަމަ ދެން ގޭތެރޭގެ އެހެން މަސައްކަތް ތަކަށް ބުރޫއަރާނެއެވެ.
މިސްކިތުން ފައިބައިގެން އައިސް ގެއަށް ވަންއިރުވެސް ގޭތެރޭގައި އެއްވެސް ހިލަމެއްނުވެއެވެ. އެއީ ހަމަ ކޮންމެދުވަހެއްގެވެސް އާދައެވެ. ޖުވައިރިޔާ އާއި އޭނާގެ ޓްވިންސްދެދަރިން ޖުމްނާ އާއި ޖުމާނާ ވެސް އާންމުކޮށް ތެދުވާނީ ސްކޫލަށްދާ ގަޑިއަށެވެ. މަލީހުއާއި އެއް ކްލާހެއްގައި ކިޔަވަމުންދާ ދެބެންވެސް ތިބެނީ ވަރަށްފާޑަކަށެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މަލީހްއާއި ދޭތެރޭ އެކުދިންގެ މަންމަ ކަންތަށްކުރާގޮތް ވަނީފެނިފައެވެ. ސްކޫލަށް ދިއުމުގެ ކުރިން ކޮންމެދުވަހަކުވެސް ގޯތިކުނިކަހާ ފުއްމޮޑެ އެންމެނަށްވާވަރަށް ޕާންޓޯސްޓްކޮށް ބިސްގަނޑު ހެދުން އެއީ މަލީހް ކޮންމެހެންވެދް ކުރަންޖެހޭކަންތައްތަކެވެ. ނަމަވެސް ޖުވައިރިޔާގެ ރަނގަޅުތަންކޮޅަކީ އެގޭގައި ވަކިއެއްޗެއް ވަކިބަޔަކު ކާކަށް ނުހެދޭނެއެވެ. އެހެންވެ ކޮންމެދުވަހަކު މަލީހްވެސްދަނީ ޓޯސްޓާއި ބިސްގަނޑުކައިގެންނެވެ.
ހުރިހާ މަސައްކަތެއްނިންމާލާފައި ހިންދެމިލެވުން އިރު 6ޖަހަނީއެވެ. އެހެންވެ އަވަހަށް މަލީހް ތަށިތަށް މޭޒިގައި އަތުރާލާފައި މަތިޖަހާލުމަށް އަވަސްވެގަތީ ގަޑިޖެހުމުގެ ކުރިން ސްކޫލަށް ދިއުމަށެވެ. މަލީހްއަކީ ކިޔެވުމަށް މޮޅު ހިތްއަލިކުއްޖަކަށް ވުމުން އޭނަ އަކީ ސްކޫލްގެ ވައިސްކެޕްޓަންވެސް މެއެވެ. އެހެންވެ ކޮންމެދުވަހަކުވެސް ހަގަޑިބަޔަށް ހާޒިރުވާން ޖެހެއެވެ. ފުއްމޮޑެފައި ހުރިތަށީގެ މަތިޖަހާލުމަށްފަހު އެނބުރިލި މަލީހް ބަދިގޭދޮރުމަތީގައި ހުރިމީހާ ފެނުމާއެކު ލިބުންސިހުމާއެކު ދެލޯދިޔައީ ބޮޑުވެގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ލޯބި އަހަރެންވާނަމެވެ (4)

Next

ވޭންތަކުން ދިން ހިތި މާޒީ (4)

Next
October 27, 2017

ވޭންތަކުން ދިން ހިތި މާޒީ (4)

Previews
October 26, 2017

ލޯބި އަހަރެންވާނަމެވެ (4)

32 Comments!

  1. Juma says:
    October 26, 2017 at 7:25 pm

    Beautiful…waiting when next part…

    1. Layaa says:
      October 26, 2017 at 7:29 pm

      Owh juma thankyou my dear.. ? insha allah sundayga.. ❤

  2. Layaa says:
    October 26, 2017 at 7:28 pm

    Assalaam alaikum .. kihinehtha hurihaa ekuverin? ? Layaa Asslu huree dhen miaharu ninmaafa aa vaahakaeh fashan .. ekamkuvess hama foohivefa ginavaguthu onnan jeheythee hithah eree vaahakaliyanfashan..
    Unmeedhukuranee thihurihaa frnds ahvess mivaahaka! Kamudhaanekamah.. ? much loves ?? ?

  3. Rysh says:
    October 26, 2017 at 7:54 pm

    V rythi medhu nukendi genesdhehchey nimendhen❤

    1. Layaa says:
      October 27, 2017 at 7:33 am

      Thank you my dear Rysh? ❤

  4. hiyala says:
    October 26, 2017 at 9:03 pm

    Layaa thy Th. atoll kujjeh tha..? if yes, kn rasheh baa..?
    story vrh rythi.. keep it up

    1. Xee says:
      October 26, 2017 at 9:25 pm

      Hey layaa I’m also Th.atoll bt Dhiyamigili near Madifusi??

    2. Layaa says:
      October 27, 2017 at 7:34 am

      Thank you my dear hiyala.. ?❤

    3. Layaa says:
      October 27, 2017 at 7:35 am

      Thank you my dear xee .. ehentha good news ?❤

  5. Eem says:
    October 26, 2017 at 9:22 pm

    Vvv reathi ? Malih e eii boy eh dhw den why he is doing all this……I’m really confused ? nd who is in there

    1. Layaa says:
      October 27, 2017 at 7:38 am

      Owh thank you my dear Eem ? yes malyh aee boy eh.. insha allah thisuvaaluthakuge javaabudheynan next partga ingey.. ?❤

  6. DHONHIYALA AND ALIFULHU says:
    October 26, 2017 at 10:32 pm

    OMG buruni dhw. i know it veryyy well. hama rangalhah layaa thihury bunefa burunyaa beheygothu 🙂 haha its my island . varah salhi inge mi part. layaa thee tha. atoll tha????

    1. Layaa says:
      October 27, 2017 at 7:40 am

      Ehentha .. ? hehe btw thank you so much my dear DHONHIYALA AND ALIFULHU

  7. SJK...KOREAN says:
    October 26, 2017 at 10:37 pm

    ahdheyy BURUNI dhw miothy. 😀 woww… hehe.. dhonhiyala island aee. varahhh nice this part. layaa, are u from tha. atoll ?? 😀 😀

    1. Layaa says:
      October 27, 2017 at 7:43 am

      Hehe humm dhonhiyala island dhw ? .. btw thank you so much my dear SJK…KOREAN

  8. Maroon says:
    October 26, 2017 at 10:41 pm

    Amazing

    1. Layaa says:
      October 27, 2017 at 7:41 am

      Thank you maroon ?❤

  9. dhon hiyala says:
    October 26, 2017 at 10:55 pm

    hey r u frm thaa atoll varah real koh buruni sifakoh dheefa otheema s also the player shabeen layaa kn rashehtha

    1. Layaa says:
      October 27, 2017 at 7:45 am

      Sry dear all and u my dear dhon hiyala .. personal ehvess mauloomaatheh share nukuran .. ? unmeedhukuran understand vaanekamah.. btw thank you for the comment dear ?❤

    2. DHONHIYALA AND ALIFULHU says:
      October 27, 2017 at 9:08 am

      yeah aslahvx. layaa varah furihama koh buruni sifa kohfa othy. n the player too. anehkaa @dho hiyala vx thee buruni kuhjehtha???

  10. click a shot ? says:
    October 27, 2017 at 11:00 am

    varah salhi mi part ves..mal..waitting ❤️?

    1. Layaa says:
      October 27, 2017 at 9:20 pm

      Thankyou my dear click a shot?❤

  11. girll says:
    October 27, 2017 at 5:59 pm

    Eyy. M from thaa atoll

    1. Layaa says:
      October 27, 2017 at 9:21 pm

      Ehentha ?

  12. shaai says:
    October 28, 2017 at 7:42 am

    v rythi vaanehen hiyve .. abadhuves layaa ge story v rythi …

    1. Layaa says:
      October 28, 2017 at 2:36 pm

      Awwn thank you so much my dear shaai ? unmeedhukuran nimendhen vaahaka kiyaanekamah.. and thikahala Loabi comments vess libeynekamah. Bt rangalhukuran hunnakanthavess bunanvaane ?❤

  13. Friends says:
    October 28, 2017 at 6:44 pm

    Stry vvvv salhi layaaa ingey…….but dhonhiyala aee half dhonfau kuhjeh haha… waiting nex 4 part.KEEP IT UP LAYAA???

    1. Layaa says:
      October 28, 2017 at 7:56 pm

      Thank you my dear friends.. haha layaa ahvess thikan ingey? aduahan dhonfanu dhon aisa ey manma akee .. hehe dhw.. ?❤

  14. minion says:
    October 30, 2017 at 2:57 am

    Hey I’m also from thaa atoll… By the way thi storyge thi part warah reethi… ❤❤

    1. Layaa says:
      November 1, 2017 at 5:43 pm

      Aww assluvesstha .. ? AW thank you so much my dear minion

  15. Kuddy says:
    November 19, 2017 at 11:49 pm

    Heevai mi vahaka ves reethi vaanehen
    Maves Miu Thaa.Atoll Kuhdheh

  16. Nanna says:
    December 14, 2017 at 11:36 pm

    Hus thaa atoll kudhin dw layaa ge story kiyany ?

    Btw adhi mi kiyan feshy esfiya in story .. Enmme first ves kiyuny layaa ge story eh … V v v reeyhi mi part … ?

Comments are closed.

Next Episodeސިއްރު ސިއްރުން ހިތޭ… (2)←


All Right Reserved!