ދުވަސްތައް ފާއިތު ވަމުން ގޮސް މިރެއަކީ އަފީފާ ގޮވައިގެން ސިންގަޕޫރަށް ފުރަން ހަމަޖެހިފައި އޮތްރެއެވެ. އެ ދަތުރުގައި ދާން ހަމަޖެހިފަ އޮތީ ސައުދު އާ ވަޒުނާ އާ ދެބަފައިންނެވެ. މަންމަޔަކު ގޮވައިގެން އުޅެން ފަސޭހަވާނީ އަންހެން ދަރިއަކަށް ވާތީ ސައުދު ބޭނުން ވަނީ ވަޒުނާ ގޮވައިގެން ދާންށެވެ. އެހެން ކަމުން ވަޒުނާ ވެސް އެއް މަހުގެ ޗުއްޓީ ނަގައިގެން އިނީ މިރޭގަ ފުރަން އަތުކުރި އޮޅައިގެންނެވެ. އަތުކުރި ނޮއުޅަންވީ ސަބަބެއް ވެސް ނެތްތާއެވެ. އަފީފާ އަކީ އޭނަ […]
މަގުގެ އެއްފަރާތުގައި ކުޑަ ކުޑަ ޒޭންގެ އަތުގައި ހިފާލައިގެން ހުރި ނާޒްގެ ނަޒަރު ހުއްޓިފައިވަނީ ތޮއްޖެހިފައިވާ އަމީނީމަގަށެވެ. ޒޭންއަކީ ނާޒްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން 4 އަހަރުވީ އިރު ޒޭން ވަނީ ވަރަށް ވިސްނުންތޫނު ކަންކަން ވަރަށް ފަސޭހައިން ނަގައިގަންނަ ކުއްޖަކަށްވެފައެވެ. ލޯބިވާ ދަރިފުޅު ސްކޫލަށް ގެންދިއުމަށް ދަރިފުޅުގެ ބައްޕައަށް ނާދެވުމުން ނާޒް ދިޔައީ ޒޭން ގޮވައިގެން ސްކޫލަށް ދިއުމަށްޓަކައެވެ. ނަމަވެސް މާލޭގެ މަގުތަކުގެ ބާރު ބޮޑުކަމުންނާއި ދަރިފުޅަށް ކަމެއް ވެދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުން […]
ކޮޓަރީގެ ފާރުތަކުގައި ލެވިފައިވަނީ ކަޅުކުލައެވެ. ހުދުކުލައިން ކޮންމެސް ވަރަކަށް ކުރެހުންތަކެއް ކުރަހާފައި ހުއްޓަސް އެކޮޓަރީގައި ގިނައީ މުޅިންވެސް ކަޅުކުލައިގެ އެއްޗިއްސެވެ. ފަރުނީޗަރުން ފެށިގެން ސީލިންގަށް ދާންދެން ކަޅުކުލަހުރިނަމަވެސް ނަމަވެސް އެއިން ކޮންމެ އެއްޗެއްގައިވެސް ކޮންމެސް ވަރަކަށް ހުދުކުލަ ހުރެއެވެ. އެހެން ކޮޓަރިތަކުގައި ހުންނަ ފަދައިން ފަންކާއެއް ނުހުރެއެވެ. ނަމަވެސް ފިނިކުރުމަށް އޭސީއެއް ހުއްޓެވެ. ކޮޓަރީގެ ތަރުތީބު ކަމާ ފުރިހަމަކަމުން ޝާހީ ގޮތެއް ހުއްޓެވެ. ތުވާލިކޮޅެއް އަނދެލައިގެން ހުރެ ފާހަނައިން ނިކުތް ޒުވާނާގެ ހަށިގަނޑަށް އެތަކެއް ކުދިންގެ ހިތްތަށް […]
ޔަނާލް އެފޮށީގެ އެެތެރެބަލާލިއެވެ. އޭނާގެ ދެލޯބޮޑުވެގެން ދިޔައެވެ. އަނގަ މަތީ އަތް އަޅާފައިވީއިރު ދެލޮލުން އެއްވެސް ހިފެއްޓުމެއް ނެތި ކަރުނަ ފައިބާގަތެވެ. —————————— އެފޮށީގައި އެވަނީ މީރާގައިގައި އަލިފަން ހިފާފައި ހުއްޓާ ނަގާފައިވާ ފޮޓޯގަނޑެކެވެ. އަނގަމަތީ ފޮތިގަނޑެއެއް އައްސާފައިވާ އިރު މީރާގެ ދެލޯވަނީ ބޮޑުވެފައެވެ. އެމޫނުގައި ވަނީ ބިރުވެރިކަމެވެ. ސުބުހާނައްލާހް.. ފޮޓޯނަގަން ހުރި މީހަކާދިމާލަށް މީރާގެ ކަޅިހުރި އިރު އެމޫނުމަތިން ބައެއް އޭރުވެން ވަނީ ފިހިފައެވެ. ޔަނާލް ހުރިދިމާލަށް ތިރިވެވުނީފެނުން މަންޒަރުން އޭނާއަށް ކެތް ނުވުމުންނެވެ. ކެތްވާނީވެސް […]
އައްސަލާމް އަލައިކުމް.. މި ވާހަކަ ނޮވެމްބަރ ފަހުކޮޅު ޕަބްލިޝް ކޮއްދޭން ބުނެފައިވީ ނަމަވެސް ނޮވެމްބަރ 26ން ޑިސެމްބަރ 7 ކާ ހަމަޔަށް އޮންނަ ކޭމްޕް އެއްގައި ބައިވެރިވާން ޖެހުމުގެ ސަބަބުން ވާހަކަ ޕަބްލިޝް ކުރުން ލަސްކޮއްލަންވަނީ ޖެހިފަ. މި ވާހަކައިގެ އިންތިޒާރުގަ ތިބި ކުދިންގެ ކިބައިން ނިހާޔަތަށް މައާފައް އެދެން. ނަމަވެސް ވީ އެންމެ އަވަހަކާ އެކަން ނިމުމުން ވާހަކަ ގެނެސްދޭނެ ވާހަކަ ދަންނަވަން. ހުުރިހާ ކިޔުންތެރިންވެސް އިންތިޒާރުކުރާނެ ކަމަށް އުއްމީދުކުރަން..
“ދަރިފުޅާ ބައްޕަ ދަރިފުޅުކައިރީގައި ވާހަކައެއް ދައްކާލަންވެގެން.. ” ސާދިޔާމިހެން ބުނުމާއެކު ޝަބީން އައިސް ސޯފާގައި އިށީންދެލާފައި ޖާވިދުއަށް ބަލާލިއެވެ. “މާދަމައިންފެށިގެން ދަރިފުޅު އޮފީހަށް ނިކުންނަން ފަށަންވީނު ބައްޕަޔާއެކުގަ.. އޭރުން މަހެއްހާދުވަހުގެ ތެރޭގައި ދަރިފުޅު އެތަނަށް ރަނގަޅަށް ހޭނޭނެ.. ބައްޕަ މިވިސްނަނީ މަންމަގޮވައިގެން ބޭހަށް ގޮސްލަންކަމަށް ބޭރަށް.. އެހެންވީމަ އެގޮތް އެންމެ ރަނގަޅުތަ؟ ” ޖާވިދުގެ ވާހަކަ ނިމުމާއެކު ޝަބީން ބޯޖަހާލީ އެކަމަށް ތައްޔާރުކަން ހާމަކުރަމުންނެވެ. އޮފީހުގައި އަވަދިނެތި އުޅެމުންދިޔަ ޖުމްނާ އަށް ހިނިތުންވެވުނީ އެންމެބޭނުންވާ ވަގުތު ކައިރިވަމުން […]
ރޮވިފައި އިން ޝިވަން ސިހިފައި ބަލައިލީ އޭނާގެ ކޮނޑުގައި މީހަކު ޖަހައިލުމުންނެވެ. އިސްއުފުލައިލައި ކުރިމަތީގައިހުރި މީހާއާދިމާއަށް ބަލައިލި ޝިވަންގެ ދެލޯބޮޑުވެގެންދިޔައެވެ. ހިނިތުންވެފައި އޭނާގެ މޫނަށް ބަލަންހުރި ޒުވާނާއާ ދިމާއަށް ބަލަންއިން ޝިވަންގެ ތުންފަތްމައްޗަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. “ޒާލިމް” ޝިވަންއަށް މަޑުމަޑުން ކިޔައިލެވުނެވެ. “އޭ ޝިވަން ދޯ. އަހަރެންނަށް އެހެން ހީވެގެންނޭ މިއައީ. ކޮބާ ކިހިނެއް ކަންތައްތައް؟” ޝިވަންއާ ޖެހިގެންހުރި ޖޯލީގައި އިނށީދެލަމުން ޒާލިމް އަހައިލިއެވެ. ޒާލިމްއަކީ ޝިވަންގެ ސްކޫލް ދައުރުގެ އެންމެ ގާތް އެކުވެރިޔާއެވެ. ޝިވަންގެ […]
ނައީމްގެ ހިތްހީވީ ފިތޭހެނެވެ. އޭނަ މިހާއުފަލުގަ ދިރިއުޅޭއިރު ހަމައެކަނި ހުރި ކޮއްކޮ އުޅޭހިތާމަވެރި ދިރިއުޅުން އަދިކިރިޔާ މިއެނގުނީއެވެ. މިއޮތްހުރިހާ ދުވަހަކު ނައީމް ހީކޮށްގެން އެހުންނަނީ މެހެރު ރަޝިޔާގައި މީހަކާއިނދެގެން ދިރިއުޅެނީ ވަރަށް އުފަލުންކަމަށެވެ. އަބަދުވެސް ނައީމް ކުރާ އެއްސުވާލަކީ ކުއްޖަކު ނުލިބުނަސް ކުއްޖަކު އެޑޮޕްޓް ނުކުރާ ސަބަބެވެ. އެހެންނަމަވެސް މި ސުވާލުގެ ޖަވާބެއް މެހެރު އަކަށް ނުދެވެއެވެ. މިހުރިހާ ކަމެއްވެސް މިދިމާވީ ހަމަ އޭނަގެ ސަބަބުން ކަމަށް ނިންމުނެވެ. ކޮއްކޮގެ ދިރިއުޅުން ހަލާކުކޮށްލީ ހަމަ އޭނަގެ އަމިއްލަ […]
ލާމިހްގެ ކޮޓަރީ ދޮރުމަތީ އީރަމް މަޑުކޮއްލިއެވެ. ކުރަން އުޅޭ ކަންތަކާ މެދު ވިސްނާލަން ވަގުތު ކޮޅެއް ބޭނުންވީ ކަންނޭނގެވެ. ދެއަތުން ހިފަހައްޓާލައިން ހުރި ލެޕްޓޮޕް ގެ ސްކްރީނުން ފެންނަ ފޮޓޯއަށް އަނެއްކާ ވެސް ނަޒަރު ހުއްޓާލިއެވެ. ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހިފައިވާއިރު އެ ސުވާލުތަކުގެ ޖަވާބު އީރަމް ކޮންމެހެން ވެސް އިނގެން ބޭނުމެވެ. އޭނާ ގެ ހިތުގައި ލާމިހް އަށް ލޯބި ވާފަދައިން ލާމިހް އަދިވެސް އޭނާ ދެކެ ލޯބިވޭބާއެވެ. އެއް އަތް މަތީ ހުޅުވާފައި އިން […]