ނާޒް އަށް ސިހުމެއް ލިބުނީ ނާޒްގެ ފޯން ރިންގްވާން ފެށުމުންނެވެ. އެއީ މިއަދު އޭނާގެ ދޮންބެ ހަދިޔާއަކަށް ދިން ފޯނެކެވެ. ނަމަވެސް ނާޒްގެ އެންމެގާތް ރައްޓެހިންނަށް ފިޔަވާ އިތުރު މީހަކަށް ނާޒްގެ ނަންބަރު ނޭނގޭނެތީ ގުޅަނީ ކާކުތޯ ބަލައިލުމަށް ފޯން ނަގާ ގުޅާ ނަންބަރަށް ބަލައިލީ ހައިރާންވެ ހުރެއެވެ. *** ނުދަންނަ ނަންބަރެކެވެ. އެތަށް ސުވާލެއް ބޮލުތެރޭ ޖަމާވީ އެޅަސިކުނޑިއަށް ހަދަންވީ ގޮތެއް ނުވިސްނުމުންނެވެ. ފޯންގެ ސްކްރީނަށް ބަލަހައްޓައިގެން އިންދާ ފޯން ކެނޑުން އިރުވެސް ނާޒްއަށް ނޭނގުން […]
މަގުގެ އެއްފަރާތުގައި ކުޑަ ކުޑަ ޒޭންގެ އަތުގައި ހިފާލައިގެން ހުރި ނާޒްގެ ނަޒަރު ހުއްޓިފައިވަނީ ތޮއްޖެހިފައިވާ އަމީނީމަގަށެވެ. ޒޭންއަކީ ނާޒްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން 4 އަހަރުވީ އިރު ޒޭން ވަނީ ވަރަށް ވިސްނުންތޫނު ކަންކަން ވަރަށް ފަސޭހައިން ނަގައިގަންނަ ކުއްޖަކަށްވެފައެވެ. ލޯބިވާ ދަރިފުޅު ސްކޫލަށް ގެންދިއުމަށް ދަރިފުޅުގެ ބައްޕައަށް ނާދެވުމުން ނާޒް ދިޔައީ ޒޭން ގޮވައިގެން ސްކޫލަށް ދިއުމަށްޓަކައެވެ. ނަމަވެސް މާލޭގެ މަގުތަކުގެ ބާރު ބޮޑުކަމުންނާއި ދަރިފުޅަށް ކަމެއް ވެދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުން […]
އައްސަލާމް ޢަލައިކުމް. “އިންތިހާ ލޯބިވޭ…” މިވާހަކަ އަކީ އަޅުގަނޑު އޮންލައިން ސައިޓަކަށް ލިޔާ ފުރަތަމަ ވާހަކަ. މިސައިޓުން މިވާހަކަ ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭން ފަށާނީ 12 ނޮވެމްބަރ 2017 ގައި، އިންޝާ ﷲ. ވާހަކަ ފެށުމަށްފަހު ވާހަކަ ގެނެސްދޭނެ ދުވަސްތައް ތިޔަ ކިޔުންތެރިންނާއި ހިއްސާކުރާނެ ވާހަކަ ދަންނަވަން. މިވާހަކައަށް ވެސް އިންތިޒާރު ކުރާނެ ކަމުގައި އުންމީދު ކުރަން. އިންޝާﷲ މިވާހަކައަކީ ރީތި ވާހަކައަކަށް ހެދޭތޯ ވަރަށް މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން. ޝުކުރިއްޔާ!