ޢެދެމޭ އުފާ….(37)
ދުވަސްތައް ފާއިތު ވަމުން ގޮސް މިރެއަކީ އަފީފާ ގޮވައިގެން ސިންގަޕޫރަށް ފުރަން ހަމަޖެހިފައި އޮތްރެއެވެ. އެ ދަތުރުގައި ދާން ހަމަޖެހިފަ އޮތީ ސައުދު އާ ވަޒުނާ އާ ދެބަފައިންނެވެ. މަންމަޔަކު ގޮވައިގެން އުޅެން ފަސޭހަވާނީ އަންހެން ދަރިއަކަށް ވާތީ ސައުދު ބޭނުން ވަނީ ވަޒުނާ ގޮވައިގެން ދާންށެވެ. އެހެން ކަމުން ވަޒުނާ ވެސް އެއް މަހުގެ ޗުއްޓީ ނަގައިގެން އިނީ މިރޭގަ ފުރަން އަތުކުރި އޮޅައިގެންނެވެ. އަތުކުރި ނޮއުޅަންވީ ސަބަބެއް ވެސް ނެތްތާއެވެ. އަފީފާ އަކީ އޭނަ ވިހާ އެވަރު ކުރި މައި މީހާ ވިއްޔާއެވެ. “ދަރިފުޅާ ތިކަން އެބަ ކުރެވޭތަ؟” އަލްޔާ އަފީފާއަށް ކާންދޭން އިންދާ ފެނުމުން ސައުދު އަހައިލިއެވެ. “ހެހެ… ލައްބަ ބައްޕާ، މަންމަ މިކަނީ އެއް ނޫން..؟ ކިހާ ބަސް އަހައިގެން އެހެރީ… ދޯ މަންމާ؟!” އަފީފާގެ ބުރަކަށީގަ ފިރުމައިލަމުން އަލްޔާ ބުނެލިއެވެ. އެތަން ފެނި ސައުދު ވަރަށް އުފާވިއެވެ. އަދި ހިތާ ހިތުން ލިބުނު ދަނބި ދަރިއާ ދޭތެރޭ ފަހުރުވެރި ވިއެވެ. “ބައްޕަމެން ކިހާ ދުވަހަކަށްތޯ އެކޮޅަށް ތިދުރުވަނީ؟” ވާހަކައިގަ ބައިވެރި ވަމުން ވިނާން އަހައިލިއެވެ. “އެކޮޅަށް ދިޔާމަ އިނގޭނީ ސީދާ މިހާ ދުވަހެކޭ ބުނަން! އެއީ އެކޮޅަށް ގޮސް ބޭސް ކުރަން ފެށީމަ އިނގޭނީ…” ވިނާންގެ މޫނަށް ބަލަމުން ސައުދު ބުނެލިއެވެ. “ހެހެ… އާނ! ތިއީ ވެސް ތެދެކޭ ދެއްތޯ؟” ބޯކަހައިލަމުން ވިނާން ބުނެލިއެވެ. ސައުދު ވެސް އާއެކޭ ބުނެ ހިނި ގަނޑެއް ޖަހައިލިއެވެ. “އަދި ހަނދާން ނެތިފައޭ މިއިނީ ބައްޕަ ބުނީމެއް ނޫންތޯ މިއަދު ބާޒާރަށް ދާންޖެހޭ ވާހަކަ..؟! ކޮންއިރަކުންތޯ ދަނީ؟” ކުއްލިއަކަށް ހަނދާން ވުމުން ވިނާން އަހައިލިއެވެ. “އާނ… އެބުނާހެން! ނަސީބެއް ނޫން ދަރިފުޅު ހަނދާން ހުރި ކަން ވެސް..! އެހެން ނޫންނަމަ މިއަދު ތިކަމެއް ނުވާނެ! ބައްޕަ ކުޑަކޮށްވެސް ނެތް ތިހަނދާނެއް! ހިނގާ އަވަހަށް ދާން…” ވިނާން އެހެން އެހުމުން ކުއްލިއަކަށް ހަނދާން ވުމުން ސައުދު ބުނެލިއެވެ. “މިރޭ ފުރަނީ ނޫންތޯ؟ ދެން ކޯއްޗެއް ހޯދަވަންތޯ؟ މީގެ ދެދުވެސް ކުރިން ގެއަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ގެނެސްފަ ނޫންތޯ ހުރީ..؟!” ސައުދުއާ ވިނާންއާ ދެބަފައިން ތެދުވެގެން ހިނގައިގަތުމުން އަލްޔާ ބުނެލިއެވެ. “ހެހެ… ދަރިފުޅާ ބައްޕަޔަށް އިނގެޔޭ ގެއަށް ބޭނުންވާ ހުރިހާ އެއްޗެއް ހުރީ ގެނެސްފަކަން… އެކަމަކު ބައްޕަމެން ބޭރެށް ދާއިރު މަންމަޔަށް ކެވޭ ކަހަލަ އެއްޗެހި ގެންދަން ޖެހޭނެ..! އެހެންވެ އެ އެއްޗެހި ހޯދަންށޭ މިދަނީ..!” ހިނި ގަނޑަކާއެކު ސައުދު ބުނެލިއެވެ. “ހެހެ… އެހެންތޯ؟ ނޭގެނެނޫންތޯ..؟” ލަދުން ހެމުން އަލްޔާ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ހިނި ގަނޑެއް ޖަހާލައިފަ ސައުދުގެ ދެބަފައިން ނިކުމެގެން ހިނގައްޖެއެވެ. އަލްޔާ ވެސް ހެމުން ހެމުން އަފީފާ ގޮވައިގެން ދިޔައީ އެތެރެއަށެވެ.
“އަލް ހާދަ ބިޒީ ކޮއްލައިގެން..! ކޮންކަމެއް ތި ކޮއްލަނީ..؟” އަލްޔާ ހެނދުންތައް ފަތް ޖަހައިފަ އަލަމާރިއަށް ލާން ހުއްޓާ ޝަރާ އައިސް އަހައިލިއެވެ. “ނޫން ބިޒީއެއް ނޫން! ކިހިނެތްވީ؟ ޝާ ކަމަކުތަ؟” އެއްޗެހިތައް އަލިމާރިއަށް ލައިފަ ހިން ދިރުވައިލަމުން އަލްޔާ އަހައިލިއެވެ. “ނޫން..! ކަމަކު ނޫނިއްޔާ އަހައިގެން ނުވަނީތަ؟” ސޯފާގައި އިޝީންނަމުން ޝަރާ އަހައިލިއެވެ. “އޭ ނޫން..! އަލް އެހެން ބުނި އެއްޗެއް ނޫނޭ..! ޝާ މާ ސީރިއަސް ވެފަ އެހީމަ އެހެން އެހީއޭ…” އެނދުން ބާލީހެއް ނަގައި ޝަރާޔާ ދިމާލަށް އެއްލަމުން އަލްޔާ ބުނެލިއެވެ. “ހައްހައް… އިނގެޔޭ! އޭ.. ތިއެއް ނޫނޭ އަސްލު ކަމަކުއޭ މިއައީ…!” ހިނިގަނޑެއް ޖަހާލައިފަ ސީރިއަސް ވަމުން ޝަރާ ބުނެލިއެވެ. “ކޮބާ ހީވި ކަމެއްހެން..! މަގޭ ހިތަށް އޭރު ވެސް އެރިޔޭ އެގޮތަކަށް ތި ޝަރާ ކަމެއް ނެތީހެއް ނައަހާނެޔޭ..!” ޝަރާ އާ ދިމާ ކުރަމުން އަލްޔާ ބުނެލިއެވެ. “އާނ އަސްލުވެސް ދޯ؟ ސީރިއަސް އިނގޭ… ޝަރާ ވާހަކައެއް އަހަންތަ؟” މޫނުމަތިން އެއްކޮށް ސީރިއަސް ކަން ދައްކަމުނު ޝަރާ ބުނެލިއެވެ. “ހޫމް އަހައިބަލަ… ހީވޭ ވަރަށް ބޮޑު ވާހަކައެއްހެން!” މިފަހަރު ވެސް ޝަރާޔާ ދިމާ ކުރަމުން އަލްޔާ ބުނެލިއެވެ. “އޯކޭ… އަލް ތެދަށް ބުނަށްޗޭ އިނގޭ..! މާކިން އަކީ ކޮންކަހަލަ ކުއްޖެއްތަ؟” ޝަރާ ޖެހިލުމެއް ނެތި އަހައިލިއެވެ. އެވަގުތު އަލްޔާއަށް ވަރަށް ރީއްޗަށް ވެސް ޝަރާގެ މޫނުމަތިން ސީރިއަސް ކަން ފެނުނެވެ. “މާކް އަކީ ވަރަށް ރަނގަޅު ކުއްޖެއް އަދި ދުވަހަކު ވެސް މީހަކަށް އަނިޔާވެރި ވީ ވާހަކައެއް އަޑެއް ނުއަހަން..! ކިހިނެއްވީ ޝާ؟ އަނެއްކާ ކަމެއް އުޅެނީތަ؟” އަލްޔާ ވެސް ސާރިއަސް ކަމާއެކު އަހައިލިއެވެ. “އަސްލު ވީގޮތަކީ މާކް….” އެހިސާބަށް ބުނެފަ ޝަރާ ހުއްޓާލިއެވެ. “މާކް ކިހިނެތްވީ؟” އަލްޔާ އަވަސް އަވަހަށް އަހައިލިއެވެ. އޭރު ޝަރާ އިނީ އަލްޔާ އަކީ އެންމެ ގާތް ރަހުމަތް ތެރިއަށް ވިޔަސް އެވާހަކަ ބުނަން ލަދުގަނެފައެވެ. އަދި މާކިން ދެކެ ލޯބިވެޔޭ ބުނަން ވެސް ނުކެރިފައެވެ. ވާނީ ވެސް އެހެންތާއެވެ. މިހާ ދުވަހަށް ފިރިހެނެއް ނުނަގަން ނިޔަތް ގަނެގެން ހުރި މީހަކު އެވާހަކަ ބުނަން ވީމަ ކިތަންމެ ގާތަކަސް ލަދު ގަންނާނެތާއެވެ. “ވީ ގޮތަކީ މާކް ރައްޓެހިވާން އެހީ! ދެން ޝާ ބުނިން ވީކެއްތެރޭ ޖަވާބެއް ދޭނަމޭ..! އެހެންވެ އަލް ކައިރީގަ އަހައިލީ…” ފޮރުވުމެއްނެތި ވީ ގޮތް ޝަރާ ކިޔާދިނެވެ. “އޯ އެހެންތަ؟ އެހެންވެދޯ ރަށަށް ދާނީ ފަހުންނޭ ބުނީ؟! ހޫމް ހޫމް… އަދި ކިރިޔާތާ މިވީގޮތް އެނގުނީ..! އަސްލު މާކް އަކީ ޝާގެ ނަސީބޭވެސް ބުނެވިދާނެ, ޝަރާ ބޭނުމިއްޔާ ތިކަން ލަސްވެސް ކުރާނެ ކަމެއް ނެތް..!” ޝަރާއާ ދިމާކުރަމުން އަލްޔާ ބުނެލިއެވެ. “އަލް އަހަރެން ސީރިއަސް ކޮށޭ މިއެހީ ތެދަށް ބުނެބަލަ…!” ޝަރާ ހާސްވެފަ އަނެއްކާވެސް އަހައިލިއެވެ. “އަލް ވެސް ސީރާއަސް ކޮށޭ މިބުނީ.. މާކް އަކީ ވަރަށް ރަނގަޅު ކުއްޖެއް އޭނަ ނަހަދާނެ މަކަރެއް އަދި ލަނޑެއް ވެސް ނުދޭނެ އެއީ ހަމަ ޝާގެ ނަސީބު! އަލް ބުނާނީ ގިނަ ދުވަސް ނަގާނެ ކަމެއްނެތޭ އަވަހަށް ޖަވާބެއް ދޭށޭ! މާގިނަ ދުވަސް ވަންޏާ އެސޮރުގެ ހިތް ހުއްޓިދާނެއްނޫން..؟!” އަލްޔާވެސް ބުނީ ހަމަ ސީރިއަސްކޮށް ކަމާ އެކަން އަވަހަށް ކުރުމަށް އަލްޔާ ބުނެލިއެވެ. އޭރު ޝަރާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. “ޝާ އެއްވެސް ވަރަކަށް މާކްއަށް ލައިކްވޭތަ؟” ޝަރާ އަމިއްލަ ދުނިޔެއިން ނެރެމުން އަލްޔާ އަހައިލިއެވެ. ޝަރާ ވަގުތުން އާއެކޭ ކިޔާ ބޯޖަހައިލިއެވެ. އެވަގުތު ވިނާން އައިސް ވަނުމުން ޝަރާ ނިކުމެގެން ހިނގައްޖެއެވެ. އަލްޔާ ވެސް އިތުރު އެއްޗެއް ނުބުނެ ގަންނަން ދިޔަ އެއްޗެހި ހަމަވިތޯ ވިނާން ގާތު އަހައިލިއެވެ. ވިނާން އިތުރު ޖަވާބެއް ނުދީ ކޮޓަރި ދޮރު ލައްޕާ ތަންޑުލިއެވެ. އެއަށްފަހު އަލްޔާގެ އަތުގަ ހިފައިގެން ގޮސް އެނދުމަތީ ބޭއްވުމަށް ފަހު އެ ރީތި ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ. އިސާހިތަކު އެ ދެމަފިރިން ލޯބީގެ ކަނޑަކަށް ޣަރަގު ވެއްޖެއެވެ.
“ހަލޯވ… ޝަރާ ކީއް ކޮއްލަނީތަ؟ ކިހިނެއްތަ ކަންތައް؟” ޝަރާ ފޯނު ނެގުމާއިއެކު މާކިން އަހައިލިއެވެ. “ކަމެއް ނުކިރަން… ފޫހިވެފަ އޮތީ! މާކް ކީއްކޮއްލަނީ؟” މާކިންއަށް ޖަވާބު ދިނުމަަށް ފަހު ޝަރާ އަހައިލިއެވެ. “މަ ވެސް ހަމަ ތިފަދަ.. ވަރަށް ފޫހިވެފަ މިއޮތީ އެހެންވެ ގޭމެއް ކުޅެލަން މި އިނީ…” މާކިން ބުނެލިއެވެ. “އޯ… އެހެންތަ؟! ކީއްވެ އެހާ ފޫހިވީ؟” ޝަރާ ހަމަޖެހި ލަމުން ބުނެލިއެވެ. “ދެން ފޫހިވެސް ވާނެތާ… މިހާރުގައި އުޅޭ އަންހެން ކުދިންވެސް ނުލާހިކު ފޫހި ވިއްޔާ! ފިރިހެން ކުއްޖަކު ރައްޓެހިވާން އެހިއަސް އެހާ ތަޅުވާލައި ވިއްޔާ..!” މާކިން ފޫހިވާ ސަބަބު ބުނެލިއެވެ. ފޫހި ވާނެތާއެވެ. އިންތިޒާުރު ކުރާތާ މިއަދަށް މިއީ ހަތްވަނަ ދުވަސް ވިއްޔާއެވެ. ދެން ފޫހި ކީއްކުރަން ހެއްޔެވެ. މޮޔަވެސް ވާނެތާއެވެ. ހަގީގަތުގަ އޭނަ އެބުނީ އޭނަގެ ހިތުގަ އޮތްގޮތަށެވެ. ޝަރާ ޖަވާބު ދޭލެއް ލަސް ކަމުން އޭނަ ހުރީ ނުލާހިކު ހިތް ތެޅި ތެޅި ވިއްޔާއެވެ. “ހޫމް… ދިމާ ކޮށްލީދޯ؟ އޯކޭޔޭ އޯކޭޔޭ! ތިނޫނަސް ކިތަންމެ ބޯއިސްއެއް ތިގޮތަށް ދިމާ ކުރެޔޭ މީގެ ކުރިންވެސް… ދެން މައްސަލައެއް ނެތް! މާކް މިރޭ ބިޒީތަ؟” ޝަރާ މަޖާވެފަ ބުނެލިއެވެ. އަދި މާކިން މިރޭ ބިޒީތޯވެސް އަހައިލިއެވެ. “ހެހެ.. އެހެންތަ؟ އެހެންވީމަ ހާދަ އެކްސްޕީރިއަންސެއް ހުންނާނެޔޭ ދޯ؟ ދެން ތިހެން އުޅޭ އިރު ކިތައް ބޯއި މި ގޮތައް އިންތިޒާރު ކުރުވިންތަ؟” ހެމުން ހެމުން މާކިން އަހައިލިއެވެ. “ޕިސް.. ޕިސް! ވަރަށް ފޫހިވޭ! ހީކުރީތަ މަޝަކީ ފެންނަހާ ފިރިހެނެއް ފަހަތުން ދުވާ މީހެކޭ! ނުއުޅެން ވާހަކަވެސް ދައްކާކަށް!!” ޝަރާ ރުޅި އައިސް ބުނެލިއެވެ. ޝަރާ އިނީ ހަގީގަތުގަވެސް ރުޅިއައިސްގެން ކުޅަދުރަކަށް ވެފައެވެ. “ހޭއި ކަމޯން..! އެއީ އެހެން ބުނި އެއްޗެއް ނޫނޭ ހަމަ ޝަރާޔާ ދިމާ ކޮއްލަންށޭ..! މާކްއަށް ވެސް އިނގެޔޭ ޝަރާ އަކީ އެކަހަލަ ކުއްޖެއް ނޫންކަން އެހެން ވެއެއް ނޫންތަ މިވަރަކުން ޝަރާއަށް އިންތިޒާރު ވެސް މިކުރެވެނީ..؟!” ހާސް ވެފަ މާކިން ބުނެލިއެވެ. “ހޫމް… ދެން ނުއުޅެން! ވަރަށް ފޫހި! އެހެންވީމައެއް ނޫންތަ މިރޭ ބިޒީތޯ އެހީމަ ޖަވާބުވެސް ނުދެވުނީ..؟” ޅަވަމުން ޝަރާ ބުނެލިއެވެ. އޭރު މާކިން ހުރީ އެހެން ބުނެވުނީތީ ދެރަވެފައެވެ. ކޮންމެ ގޮތެއް ވިޔަސް ހަޔާތުގަ ވެސް ފުރަތަމަ ފަހަރަށް ރައްޓެހިވާން ބޭނުންވި ކުއްޖާ އެހާ ކުޑަ ކަމަކާ ބީވެގެން ދާކަށް މާކިން ބޭނުމެއް ނުވެއެވެ. “އޯ… އެކަމާތޯ ކަބުލޯ ތިހާ ރުޅި ދުރުވީ؟ އެކަމާ ވެއްޖެއްޔާ ސޮރީ..!ކަބުލޮއަށްޓަކައި އަބަދުވެސް ފުރީވާނެ!” މާކިން އުފާވެލައިފަ ބުނެލިއެވެ. “ހޫމް.. ދެން ކޮން ކަބިލުއެއް ކިޔާކަށްތަ؟” ތުން ކޮޅު އޫ ކޮއްލަމުން ޝަރާ ބުނެލިއެވެ. “ހައްހައްހާ… ކަބިލުއެއް ނޫނޭ ކަބުލޯއޭ!” ހެމުން ޝަރާޔާ ދިމާ ކޮއްލަމުން މާކިން ބުނެލިއެވެ. “ނުއުޅެން ވަރަށް ފޫހިވޭ! ތިހާ ވަރަށް ޖަވާބެއް ބޭނުން ވަންޏާ މިރޭ ނައިންއަށް އަންނާތީ ޑޯލްފިން އަށް..!” އެހެން ކިޔާފަ އިތުރު އެއްޗެއް ނުބުނެ ޝަރާ ފޯނު ކަނޑައިލިއެވެ. މާކިން ހުރީ އުފަލުން ބުނާނެ އެއްޗެއް ވެސް ނޭނގިއެވެ. ހަމަ އެ ސިކުންތުގަ އޭނަގެ މޫޑު ވެސް ގޯސް ވިއެވެ. ސަބަބަކީ މިރޭ އެހާ އިންތިޒާރު ކޮއްގެން ހުއްޓާ ލިބޭނެ ޖަވާބެއް ނޭނގޭތީއެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ހިތަށް އަރާ ނުވައެއް ޖަހާ އިރަށް ދާން މާކިން ހުރީ ހޭވައްލާ ތައްޔާރަށެވެ.
“ދަރިފުޅާ މިހާރަކަށް އައިސް ހާދަ ވަރުގަދަ ފޯނެއްގައޭ ތި އިންނަނީ! އަނެއްކާ މިގެއަށް އިތުރު ކުއްޖަކު ގެންނަން އުޅެނީތަ؟” މިހާރަކަށް އައިސް އައިރަމް މާގިނައިން ފޯނެއްގަ އިންނާތީ ޒާހިދާ އަހައިލިއެވެ. “ހެހެ… ކިހިނެތްތޯވީ މަންމާ؟ މިގެއަށް ކުއްޖަކު ގެނެސްގެން ނުވާނެތަ؟” ހެމުން އައިރަމް ބުނެލިއެވެ. ހަގީގަތުގަ މަޖަލަކަށް ހަދާފަވެސް އައިރަމް އެކުރީ އޭނަ ކުރަން ބޭނުން ވެފަ ހުރި ސުވާލަކެވެ. ފަހަރެއްގަ އޭނަގެ ލޯބިވެރިޔާއާ ދޭތެރޭ މަންމެން ހިތްހަމަ ނުޖެހިދާނެތީ އައިރަމް ހުންނަނީ ވަރަށް ހިތް ތެޅި ތެޅި އެވެ. “ހެހެ… ނޫނޭ ދަރިފުޅާ! ދަރިފުޅު ވެސް ޖެހޭނެއް ނޫން ކައިވެނި ކުރަން… އެހެން ވީމަ މަންމަޔަށް ރަނގަޅީ ވީހާވެސް އަވަހަކަށް ތިކަމެއް ކުރިއްޔާ! ދެން ބުނެބަލަ އެއީ ކޮން ކުއްޖެއްތަ؟” ޒާހިދާ ހެމުން އައިރަމްގެ އިސްތަށިގަނޑާ ކުޅެމުން އަހައިލިއެވެ. “ނޯ.. ނޯ! އަދި ނުވޭ ބުނާކަށް! އެކަމަކު އިނގޭތަ މަންމަ؟ އަޅުގަނޑަށް ހީވަނީ ބައްޕަ ބުނާނީ ނޯހެން..!” މަޖަލާ ސީރިއަސް ކަމާ އަކު އައިރަމް ބުނެލިއެވެ. “މަންމަޔަކަށް ހީނުވޭ ދަރިފުޅުމެންގެ އެއްވެސް ކަމަކަށް ބައްޕަ ނުގަބޫލު ވެދާނެހެނެއް! އެކަމަކު އަހުލާގު ރަނގަޅު ކުއްޖެއް ނޫން ވިއްޔާ މަންމަޔަކަށް ނޭނގެ ބުނާނެ އެއްޗެއް..!” ޒާހިދާ ސީރިއަސް ކަމާއެކު ބުނެލިއެވެ. “މަންމާ އެއީ ވަރަށް ރަނގަޅު ކުއްޖެކޭ ކިޔަވައިގެން ވެސް ހުރި ކުއްޖެކޭ ޖޮބުގަވެސް އުޅެޔޭ!” އައިރަމް އެއް ނޭވާއިން އަމުނާލިއެވެ. އެމަންޒަރު ފެނި ޒާހިދާ އިނީ ހިނި އައިސްގެން ފަޅައިގެންދާ ވަރު ވެފައެވެ. އަދި އޭނަގެ ދަރިފުޅު އަދިވެސް އުޅޭ ޅަ ގޮތް ހިތަށް އަރާ އުފާވެސް ވެފައެވެ. “އެހެންތަ؟! އެހެންވިއްޔާ ކީއްވެ ބައްޕަ ގަބޫލު ނުވާންވީ؟ ދެން މަންމަޔަށް ދައްކަބަލަ ތިކުއްޖާގެ ފޮޓޯއެއް! އޭރުން ނޫންތަ މަންމަޔަށް ވެސް ގޮތް ކިޔަން އިނގޭނީ..؟!” އެކުއްޖެއް އިނގެން ބޭނުން ވެފަ އިން ވަރުން ޒާހިދާ ބުނެލިއެވެ. “ނޯވޭ މަންމާ!! އަދި ނުދައްކާނަން އެކަމަކު މަންމަޔަށް އިނގޭތަ؟ އަސްލު އޭނަ ވަރަށް ރަނގަޅޭ ފެމެލީވެސް އެހާ ރަނގަޅޭ އެކަމަކު އޭނަގެ އެކަކު ސަކަރާތީ!” އައިރަމް ހިޔާލެއް ފިކުރެއް ނެތި ކުޑަ ކުއްޖަކަށް މެޓަލެއް ލިބުނީމަ ބުނާހެން ވާހަކަޔަކަށް ފަހު ވާހަކައެއް ބުނަމުން ދިޔައެވެ. “އެހެންތަ؟ އޯކޭ.. އޯކޭ! ނުބުނޭ މަންމަ ވަރަށް ދެރަ ވެއްޖެ ނުބުނީމަ! ކީތް ކުރާނީ..؟!” ދެރަވާކަމަށް ހެދިގެން ޒާހިދާ ބުނެލިއެވެ. “ބުނާނަމޭ މަންމަ ހަމަޖެހިބަލަ! އަސްލު ސަޕުރައިޒެއް ދޭންށޭ..! ވަރަށް އަވަހަށް އެ ސަޕުރައިޒް ދޭނަން އޯކޭ މަންމާ..” އެހަން ކިޔާފަ ޒާހިދާގެ ކޮލަށް ދޮނެއް ދީފަ އައިރަމް ނިކުމެގެން ހިނގައްޖެއެވެ. ޒާހިދާ އޭނަގެ ދަރިފުޅު އުޅޭ ގޮތް ހިތަށް އަރާ ހެމުން ޗިސް ކަނޑަމުން ވަނީ ބަދިގެއަށެވެ.
“ވަޒޫ ކޮބައިތަ؟ އަދިވެސް ތިއްތިވެ ނުނިމެނީތަ؟” ވަޒުނާ ލޯ ގަނޑު ކުރިމަތީ ރީތި ވާން އިންދާ އައިސް އަލްޔާ އަހައިލިއެވެ. “ނޫނޭ ބާބީ މިނިމުނީއޭ.. މަންމަ ރެޑީކޮށް ނިމުނީތަ؟” އަލްޔާގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު ތެދު ވަމުން ވަޒުނާ ބުނެލިއެވެ. “އެހެންދޯ ނަސީބެއް ނޫން ނިމުނުކަން އެެހެން ނޫންނަމަ މިރޭ ފުލައިޓު ފުރަން ޖެހޭނީ ވަޒޫ ނުލައި ވިއްޔާ..!” ވަޒުނާއާ ދިމާކުރަމުން އަލްޔާ ބުނެލިއެވެ. “ކުޑަބެ އަތުން ދަސްކުރީއޭ ދޯ؟ މީހުނަށް މަލާމަތް ކުރަން ބާބީ ވެސް ތިހިރީ ހަލާކުވެފަ މިހާރު..!” އަތް ދަބަސް ކޮނޑުގައި އަޅުވަމުން ވަޒުނާ ބުނެލިއެވެ. “ހެހެ… ދެންވެސް ހިނގައިބަލަ ދާން! މަންމަ އިނީ ރެޑީ ކޮއްފަ ބައްޕަ ހުރީ ބޮލަށް ދުން އަރައިފަ ގަޑި ޖެހެނީއޭ ކިޔަ ކިޔާ!” ހެމުން ހެމުން އަލްޔާ ބުނެލިއެވެ. “ހެހެ… އަލް އަށް އިނގޭންނޫން ބައްޕަގެ ގޮތް..؟ ތަނަކަށް ދަންޏާ އެއް ގަޑި އިރު ކުރިން ބައްޕަ ޖެހޭނެ ދާން..!” އެހެން ކިޔާފަ އަލްޔާގެ ފަހުތުން ވަޒުނާ ނިކުމެއްޖެއެވެ.
“މަގޭ ހިތަށް އަރާ އެކޮޅަށް ގޮސްފަ ކިހާ ވަރަކުން ދާނެބާއޭ؟ މަށަށް ހީވަނީ މަގޭ ބައްޕަގެ ދުވަސް ދާނެހެން އަނެއްކާ ދުވާލަކަށް ލިޕުސްޓިކެއް ގަންނަން ޖެހޭނެ ކަންނޭގެ!” ވަޒުނާ އައިސް ހުއްޓުމާއެކު ވިނާން ދިމާ ކޮއްލިއެވެ. “ސާބަސް ކުޑަބެއަށް! ތިއީ ބޮޑުވަރު ދޯ މީސްމީހުންނާ ދިމާ ކުރިއަސް އެވެސް އަމިއްލަ ކޮއްކޮއާ! މަ ހިތަށް އަރާ ހިތްވަރު ދިނުމުގެ އެވޯޑެއް ވެސް ލިބޭނެ ނަމައޭ…” ވަޒުނާ ވެސް ޖެއްސުން ކޮއްލިއެވެ. “ބަލަ ބައްޕާ މިހާރުވެސް މަޝެއް ނޫންތަ މިގޯސްވީ؟ މައަޅެ އެއްވެސް މީހެއްގެ ނަމެއް ވެސް ނުކިޔަމެއް ނޫން..؟!” މަޖާވެފަ ވިނާން ބުނެލިއެވެ. “ވަރަށް ރީއްޗެއް ނޫން މަވެސް ނުބުނަން ދޯ އެއްވެސް މީހެއްގެ ނަމެއް ކުޑަބެ އަމިއްލަޔަކަށް ނޫންތަ ތި އެޅިގަތީ؟” ތުއިވަމުން ވަޒުނާ ބުނެލިއެވެ. “މަވެސް ހަމަ ނުކިޔަމެއް ނޫން އަމިއްލަޔަށް ތި އެޅިގަތީ ބޮޅެއް!!” ހެމުން ވިނާން ދިމާ ކޮއްލިއެވެ. “ހޫމް.. ދެން ވާވަރަށް ސަކަރާތް ޖެހިއްޖެ އެއް ނޫންތަ؟ މިހެން ތިއްބާ ގަޑި ޖެހިދާނެ! ދެންވެސް ހިނގާ އަވަހަށް ދެވޭތޯ އުޅެމާ… ދަރިފުޅާ އަލްޔާ މަންމަގެ ބޭސްތަކާ އެއްޗެހި ލިންތަ؟” ވަޒުނާޔާ ވިނާންއާ ދެކުދިން ތޮޅޭތީ އެކަން ހުއްޓުވުމަށް ފަހު އަލްޔާ ކުރެން ސައުދު އަހައިލިވެ. “ލައްބަ ބައްޕާ.. ހުރިހާ އެއްޗެއް ވެސް ލައިފަ ހުންނާނީ” އަދަބު ވެރި ކަމާއެކު އަލްޔާ ބުނެލިއެވެ. ބޭސް ތަކާ އެއްޗެހި ޔަގީންކޮށް އެޅި ކަމަށް އަލްޔާ ބުނުމުން އިތުރަށް މަޑު ނުކޮށް ސައުދު ހނގައިގަތީ އަވަހަށް އެއާރޕޯޓަށް ދިއުމަށްޓަކައި ކާރަށް އަރަންށެވެ. އޭނަގެ ފަހަތުން ވިނާންއާ އަލްޔާއާ ވަޒުނާވެސް އަފީފާ ގޮވައިގެން ހިނގައިގަތެވެ. ޝަރާ ވެސް އޮތީ އެއާރްޕޯޓަށް ދާނެ ކަމަށް ބުނެފައެވެ. ހަމަ އެފަދައިން ލީޒާޔާ ޒިއާދާ ވެސް ދިޔައެވެ.
”ހޫމް ދެން މިއޮތީ ބުނި ގަޑިއަށް ވެސް އާދެވިފަ ދެން ކިޔާބަލަ…” މާކިން ތެޅި ތެޅި އޮތް ހިތަކާއެކު ބުނެލިއެވެ.” “ހާދަ އަވަސް އަރުވާލައިގެން ތިއުޅެނީ އަދި ލަހެއް ނުވެއެއް ނުން!” ޝަރާ ތުއިވެފަ ބުނެލިއެވެ. “އާނ… އަސްލު ލަހެއް ނުވެއޭ މައްސަލައަކީ އެއާރޕޯޓަށް ދާން ޖެހޭތީ ވިނާންމެން މިހާރު ތިބީ އެއާރޕޯޓުގަ މާކް ނުގޮސްފިއްޔާ ވިނާން ވަރަށް ދެރަވާނެ… މަ ބުނަން ވެސް ބުނީމޭ ދާނަމޭ!” މާކިން ލަހެއް ނުވެޔޭ ބުނެ އަސްލު ލަސްވާ ސަބަބު ބުނެލިއެވެ. “އާނ.. އެބުނާހެން ދޯ؟! ޝަރާވެސް ޖެހެޔޭދާން… ދެން ކިހިނެއް ހަދާނީ؟ އަސްލު މިއަދަކީ ވީކެއް ވީ ދުވަސް ވީމަ ޝަރާ ވެސް މިރެއަށް ބުނީ އަނެއް ކޮޅުން ކުއްލިއަކަށް ވިއްޔާ ފުލައިޓު އަވަސްވީވެސް!” ޝަރާ ދެރަވެފަ ބުނެލިއެވެ. “ދެން އެހެން ފަހަރަކުން ދޯ ދިމާކުރާނީ؟ މިރޭ މިހެން ވިޔަސް ދެން ރެއަކުން އޯކޭ ވާނެ..!” ކިތަންމެ ޖަވާބު ބޭނުން ވިޔަސް އަދި ޖަވާބު ނުލައި ހުސް އަތާ ދާން ޖެހުނަސް މާކިން ބުނެލިއެވެ. “އާނ… ދެން ތިގޮތެއް ނޫން އޮތީ ހިނގާ ދާން އަލް ވެސް ވަރަށް ދެރަ ވާނެ ނުގޮސްފިއްޔާ!” ޝަރާ މާޔޫސް ވެފަ ބުނެލިއެވެ. އެހެން ނަމަވެސް ޝަރާ އެވަގުތު މިރެއިން މިރެއިން ޖަވާބު ދޭނެ މޮޅު ގޮތެއް ރާވައިލިއެވެ. ވެއިޓަރަށް ގޮވުމަށް ފަހު ގެނާ ކޮފީއަށް ލާރި ދިނުމަށް ފަހު މާކިން ހިނގައިގަތީ ސައިކަލަށް އަރަންށެވެ. އޭނަގެ ފަހަތުން ޝަރާ ވެސް ނިކުތެވެ. “މާކް ދާއިރު އަހަރެން ވެސް ގޮވައިގެން ދާންވީ ނޫންތަ؟” ބޭރަށް ނިކުމެ ޝަރާ ބުނެލިއެވެ. “އޯކޭ.. އަރާ ތިއީ ދެން ބުނާ ވަރު ކަމެއްވެސް ނޫނެއްނޫން!” ސައިކަލް ޖެއްސުމަށް ކުރަމުން މާކިން ބުނެލިއެވެ. ޝަރާ ހިނިތުން ވުމެއް ދީފަ މަޑު މަޑުން އަރާ ސައިކަލުގަ އިށީނދެއްޖެއެވެ. ސައިކަލުގެ ލޯގަނޑުން ޝަރާގެ ރީތި މޫނަށް ބަލައިލުމަށް ފަހު މާކިން ނައްޓާލިއެވެ. މާކިން ސައިކަލް ދުއްވާލުމުން ޝަރާ އޭނަގެ ދަބަހުން ފޯނު ނަގައި މާކިންގެ ފޯނަށް މެސެޖް ކޮއްލިއެވެ.
”އާޗާ! ދެކުދިންނަށް އެއްފަހަރާތަ މިހާރު ތަންތަނަށް ވެސް ދެވެނީ؟” މާކިންއާ ޝަރާޔާ ދެމީހުން ގޮސް ވިނާން މެން ތިބިތަނަށް ހުއްޓުމުން އަލްޔާ އަހައިލިއެވެ. ހަގީގަތުގައި އެމީހުން އެއައީ ކޮނުތާކުންކަން އަލްޔާއަށް އިނގެއެވެ. ނަމަވެސް ހަމަ ޝަރާ އާ ދިމާ ކޮއްލަން ވެގެން ބުނީއެވެ. ބަދަލުގައި ޝަރާ ލަދުން އިސް ޖަހައިލިއެވެ. ބުނާނީ ވެސް ކޯއްޗެއް ހެއްޔެވެ؟. “ކޮބައިތަ؟ ދައްތަމެން ޗެކިންއަށް ވަދުނީތަ؟” ތަން ތަން ހޯދަމުން މާކިން އަހައިލިއެވެ. “އާނ… ތަންކޮޅެއް ލަސްވީ މަންމަމެން ވަނދެއްޖެ ދެން އެހެން ނޫނަސް މަޅިފަތި ޖަހައިގެން އުޅޭ ކުދިން ކުދިން ގަޑިވެސް ޖެހޭނެތާދޯ؟” މާކިންއާ ދިމާ ކުރަމުން ވިނާން ބުނެލިއެވެ. ”ހެހެ.. ވިނާންމެން ހާ މޮޅެއް ނޫނޭ އަހަރުންނެއް!” ހެމުން މާކިން ބުނެލިއެވެ. “ވިނާ ދެން ހިނގާދާން މަންމަމެން އެތެރެއަށް ވަނދެއްޖެއްނޫން ދެން ކީއްކުރަން މިތާ ތިބެނީކީ؟” އަލްޔާ ބުނެލިއެވެ. ވިނާން ވެސް އާއެކޭ ބުނެ ތެދުވެގެން ހިނގައިގަތެވެ. އޭނަގެ ފަހަތުން އެއްމެން ދެފަޔަށް ބާރު ލައިފަ ހިނގައިގަތެވެ.
”އޭ ހިނގާބަލަ އެހެރަ ތަނަށް ވަނދެ ބާގާރއެއް ކާލަން!” ދަމުން މާކިން ބުނެލިއެވެ. ”ތިއީ އެއްވެސް ކަމެއް ނޫން.. މިރޭ ޓުރީޓް ދޭން ޖެހޭނީވެސް މާކްއެއް ނޫން… ދަރިންނޭ އަވަހަށް ހިނގާ! މިކަހަލަ ފުރުސަތެއް ނުލިބޭނެ މަދު ފަހަރަކު ނޫނީ..!” ހުއްޓެމުން ވިނާން ބުނެލިއެވެ. ވިނާން އެހެން ބުނުމުން އެއްމެން އެއްފަހަރާ އެކަމާ އެއްބަސްވިއެވެ. ތިއީ ރަނގަޅު ވާހަކައެކޭ ބުނެ އެއްމެން ހިނގާގަތެވެ. “އާނ މިރޭ ދޮންބެ ޖެހޭނެ ޑިނާއެއް ދޭން..!” މާކިންއާ ދިމާ ކުރަމުން ލީޒާ ބުނެލިއެވެ. ލީޒާ އެހެން ބުނުމުން އެއްމެން ޕަކަ ޕަކެ ޖަހައިފަ ހޭން ފެށިއެވެ. މާކިން ވެސް އޯކޭ އޯކޭ އޭ ކިޔާ ގޮސް ރެސްޓޯރަންޓަށް ވަނދެޖެއްއެވެ.
އަށް މީހުންގެ ގުރޫޕު ރެސްޓޯރަންޓަށް ވަނދެ ހަމަ ޖެހިލައިގެން ބޮޑު މޭޒެއް ހޯދާ އިށީނދެއްޖެއެވެ. އަދި ހަމަ ޖެހިލައިފަ ގެންނަން ވީ އެއްޗެހި އޯޑަރު ދިނުމަށް ފަހު ކޮންމެ މީހަކު ވެސް ފޯނުން ކުވޭތޯ އުޅެގަތެވެ. އެގޮތުން މާކިން ވެސް ފޯނު ނަގައި އަންލޮކް ކޮށްލިއިރު ޝަރާގެ މެސެޖެއް އައިސް އޮތުމުން މެސެޖު ހުޅުވައިލިއެވެ. “ޝަރާ ވެސް ބޭނުން ލައިފެއް، ޔެސް!!!” ކުރުޖަވާބެއްދީ މެސެޖު އޮތުމުން މާކިން އުފާވެފަ ޝަރާގެ މޫނަށް ބަލައިލިއެވެ. އެކަމަކު މާހައުލުގެ ގޮތުން މާކިންއަށް ކުރެވެެނެ އިތުރު ކަމެއް ނެތެވެ. ނަމަވެސް މިވަގުތަކީ މާކިން ވަރަށް އިންތިޒާރު ކުރި ވަގުތެކެވެ. އަދި ޝަރާ އުރާލަން ބޭނުން ވި ވަގުކެވެ. އެހެން ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އިހަށް ކެތް ކޮއްލުން ނޫން ގޮތެއް ނެތީތީ މާކިން އިނީއެވެ. އެތައް މަޖާ ވާހަކަ ތަކާއި އެކަކު އަނެކަކާ ދިމާ ކުރަމުން ރޭގަނޑުގެ ކެއުން ނިއްމާލުމަށް ފަހު އެއްމެން މިސްރާބު ޖެހީ މާލެ ދިއުމަށެވެ.
”ލީ އިޖާޒު އެބަހުރި އައިސް! ގޮވައިބަލާށޯ ބުނީ…” ލީޒާގެ ކޮޓަރި ދޮރުމައްޗަށް އަރާ ޒިއާދާ ބުނެލިއެވެ. “އެހެންތަ؟ މަ ވަރަށް ގުޅައިވެސް ފީމޭ އޭނަޔަށް.. ފޯނު ނުނަގާތީ ވަރަށް ކަންތައް ވެސް ބޮޑުވެފައޭ މިއޮތީ ނަސީބެއް ނޫން އައިކަން ވެސް..؟!” އެނދުން ތެދުވަމުން ލީޒާ ބުނެލިއެވެ. “ހެހެ… ހޭނުނެތެނީސް އައިކަން އެއީ ހަމަ ނަސީބު އެހެން ނޫން ނަމަ މަ ވިއްޔާ ޖެހޭނެ ހަސްފަތާލަށް ދާން” ހެމުން ހެމުން ޒިއާދާ ބުނެލިއެވެ. އާނދޯ ހަމަ ނަސީބު އެއީ..” އެހެން ކިޔާފަ ލީޒާ ނިކުތީ ބޭރަށެވެ. ޒިއާދާ އިތުރަށް މަޑު ނުކޮށް ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ.
“އަޅޭ ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ؟ ހާދަ ވަރަކަށް ގުޅައިފީމޭ..!” އިޖާޒު ކައިރި އިށީން ގޮތަށް ލީޒާ ޝަކުވާ ކޮއްލިއެވެ. ޝަކުވާ ނުކޮއްވެސް ނުހުރެވޭނެތާއެވެ. އެވަރަށް ގުޅިއްޖެ ވިއްޔާއެވެ. “ސޮރީ ދޫންޏާ! ވަރަށް ބެލިން އެއާރޕޯޓަށް ދެވޭތޯ އަދި ދޫނި މެންނާ އެކު މަޖާ ކޮއްލެވޭތޯ ވެސް އެކަމަކު ހަމަ ބިޒީކަމުން ނުދެވުނީ.. ކީއްކުރާނީ ޤައުމުގަ ވެސް ހުރި އެންމެ ބިޒީ އޮފީހަކީ ބައްޕަގެ އޮފީސް ވިއްޔާ! ދެން ވާނީ މިހެނެއް ނޫން… އެއްމެ ކުޑަމިނުން ފޯނުގަނޑު ޗާރޖަށް ޖަހާލައިކަށް ވެސް ވަގުތެއް ނުވި.. ސޮރީ އިނގޭ!” އިޖާޒު ދެރަވެ މާފަތް އެދެމުން ފޯނު ނުނެގުނު ސަބަބާއި އަދި އެމީހުންނާ އެއްކޮށް އެއާރޕޯޓަށް ދާން ބޭނުން ވިކަން ވެސް ބުނެލިއެވެ. “ހެހެ… އޯކޭޔޭ! އިނގެޔޭ ބިޒީވީމަކަން ނުދެވުނީ!” އިޖާޒުގެ ކޮނޑުގައި ބޯއަޅައިލަމުން ލީޒާ ބުނެލިއެވެ. ލީޒާ އެހެން ބުނުމުން އިޖާޒު އިންތިހާޔަށް އުފާވިއެވެ. އަދި އެކަހަލަ ހެޔޮ ވިސްނޭ ކުއްޖެއް ލިބުނީތީ ފަތް ފަށުން ޝުކުރުވެރި ވިއެވެ. “ހިނގައިބަލަ ބޭރަށް ގޮސްލަން މިހާރު… ވަރަށް ނުދެވެއެއް ނޫން ބުރެއް ޖަހާލާކަށް ވެސް!” ލީޒާގެ ހިމަ ހޯލި އިނގިލިތަކާ ކުޅެމުން އިޖާޒު ބުނެލިއެވެ. “މިރޭ މާ ލަސް ވެއްޖެއެއް ނޫން!؟ ދޮންބެ ފަހަރެއްގަ ހިތްހަމަ ނުޖެހިދާނެކަން ނޭނގެ މިހާ ލަސްވެފަ ހުއްޓާ ދިޔައިމަ..؟!” މާކިން ހިތްހަމަ ނުޖެހިދާނެތީ ދާން ނުކެރޭނެ ކަމަށް ލީޒާ ބުނެލިއެވެ. “މާކް އޯކޭވާނެ! ލީ ބޭނުން ނެތިއްޔާ އޯކޭ ނުދިޔަޔަސް.. އަސްލު މިރޭ ދާން ބުނީ ހީވަނީ ދެތިން ދުވަސް ތެރޭ ފުރަން ޖެހިދާނެތީ އެހެންވެ..!” އިޖާޒު ދެރަވެފަ ބުނެލިއެވެ. ހަގީގަތުގަ މިރޭ ބޭރަށް ދާން ބޭނުންވި ސަބަބަކީ އެއީއެވެ. ކުރިއަށް ދެތިން ދުވަސް ތެރޭ ބޭރަށް ދާންޖެހޭކަން އިނގެއެވެ. އަނެއް ކޮޅުން މި ދެތިން ދުވަހު އެހާ ބިޒީވެސް ވާނެތީއެވެ. “އަނެއްކާ ފުރަންވީތަ؟ ގޮސްފަ އައިފަހުން އަދި ވީކެއް މިވީ.. އަނެއްކާ ދާން.. ދެން އަޅެ ނޫން..!” ލީޒާ ޅަވެލައިފަ ޝަކުވާ ކޮއްލިއެވެ.
”ކީއްކުރާނީ ދޫންޏާ؟ ނުގޮސް ވާނަމަ އިޖާވެސް ނުދާނެއްނޫން ބޭރުން ގެންނަން ޖެހޭ ހުރިހާ މުދަލެއް ބަލައިދާން ޖެހެނީ މަ ވިއްޔާ! ތިއްތިބެ ކަންނެތް ކަމުން އޭނަޔަށް ކަމެއް ވޭތަ؟ އެކަން އިނގެންނޫން ލީއަށް ވެސް..؟! އަޅެ ދެން ހިނގައިބަލަ.. ޕުލީޒް!” އިޖާޒް އާދޭސް ކުރަމުން ބުނެލިއެވެ. އޭރު އިޖާޒުގެ މޫނުމަތިން ވެސް ދާން ބޭނުން ވެފަ ހުރިވަރު އިނގެއެވެ. “އޯކޭ ވެއިޓް.. ދޮންބެއަށް މެސެޖެއް ކޮއްލާނަން އޭނަ އޯކޭ ވެއްޖެއްޔާ ދާނަން ހެޕީއެއް ނުން..؟!” ލީޒާ ފޯނު ނަގަމުން ބުނެލިއެވެ. “އުހު.. ތިހެން ވެއްޖެއްޔާ މަ ގުޅާނީ! ލީ މަޑުކުރޭ..” އެހެން ބުނުމަށް ފަހު އިޖާޒުގެ ފޯނު ނަގައި މާކިންއަށް ގުޅައިލިއެވެ. “ކީކޭ ޅިިޔަނާ؟ ހާދަ ނުވަގުތެއްގަ ކިހިނެއްވީބާ؟” ފޯނު ރިންގު ވުމާއެކު ނަގައިފަ މާކިން އަހައިލިއެވެ. “މިގުޅީ ހުއްދައެއް ހޯދަން ވެގެން، މިގޭ މަންޖެ ގޮވައިގެން ބޭރަށް ގޮސްލިއަސް ހެޔޮތޯ އަހަން؟! އެމަންޖެ ބުނީ ދޮންބެ ކާލާނެޔޯ.. އެހެންވެ” އިޖާޒު މަޖާވެފަ އަހައިލިއެވެ. “ހައްހައް… އެހެންތަ؟ ހާދަ ވަރުގަދަ މަންޖެއެކޭ ދޯ ތިއީ؟! އަވަހަށް ގެންދަވާ އެކަމަކު ވަލީ ނުލިބޭނެ އިނގޭ ތިހާ ފަސޭހަޔަކުން!!” ހިނިގަނޑަކާއެކު ހުއްދަ ދިނުމަށް ފަހު އިޖާޒުއާ ދިމާ ކޮއްލަމުން މާކިން ބުނެލިއެވެ. “އޭ.. ތި ގޯސްވީ ދެން ކިހިނެއް މަމިކަން ކުރާނީ؟ ތިވަރަށް ސަކަރާތްވީ އިނގޭ!” އިޖާޒުވެސް ސަމާސާ ކޮއްލަމުން ބުނެލިއެވެ. “ހެހެ… އެއީ މަޖާ! މަ އަސްލު ވަރަށް ބިޒީއޭ މިގަޑީގަ ކުޑަ ކަމެއްގައޭ މިއުޅެނީ އޯކޭ.. ދޯ؟” މާކިން ބުނެލިއެވެ. “ޔަޕު.. އޯކޭ!” އޯކޭ ކަމަށް ބުނެ އިޖާޒު ފޯނު ބޭއްވިއެވެ. “ކޮބައި އެއޮތީ އެކަން ވެސް ވެފަ ދެންވެސް ހިނގައިބަލަ ދެވޭތޯ ބަލަން..!” ތެދުވަމުން އިޖާޒު ބުނެލިއެވެ. “މަޑުކުރޭ.. މިހެން ހުރެ ދެވޭތަ؟ އެބައަންނަން ޗޭންޖު ކޮއްލައިގެން..” އެހެން ކިޔާފަ ލީޒާ ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. އަދި މާކިންގެ ފޯނަށް ތޭންކޮސް ދޮންބެ ޖަހައިފަ މެސެޖެއް ކޮއްލުމަށް ފަހު ހެދުން ބަދަލު ކުރަން ފެށިއެވެ. އަތްމަތިން ނިކަން އަވަސް ކޮއްލައިގެން ލީޒާ ނިކުތީ ބޭރަށެވެ. އޭރު އިޖާޒު ހަމަޖެހިލައިގެން ސޯފާގައި އިންތިޒާރުގާ ހުއްޓެވެ. “ހިނގާ ދާން، ކިހާ އަވަސް.. އެކަމަކު އިޖާ ބުނާނެ ތަނަކަށް ދަންޏާ ފަސް ގަޑިއިރޭ..!” އިޖާޒުގެ މުލަށް ދަނޑީގަ ހިފައިގެން ހިނގައިގަންނަމުން ލީޒާ ބުނެލިއެވެ. އިޖާޒު އިތުރު އެއްޗެއް ނުބުނެ ހިނި ގަނޑެއް ޖަހާލައިފަ ލީޒާގެ އަތުގައި ހިފައިގެން ނިކުތީ ބޭރަށެވެ.
”މަ ބުނީމެއްނޫން ސެވަން ޑޭސް ތެރޭގަ ޖަވާބެއް ދޭނަމޭ އެހެންވެ މިއޮތީ ދީފައެއް ނޫން..!؟” އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގަ ވާހަކަ ދައްކަން ތިބެ ޝަރާ ބުނެލިއެވެ. “ހޫމް… ބުނި ޑޭޓުތެރޭ ޖަވާބު ލިބިއްޖެ، ސުވާލަކީ މި ގުޅުން ވަރުގަދަޔަށް ސާފު ތާހިރުކޮށް ކުރިއަށް ގެންދެވޭނެތޯ؟” މޫދާ ދިމާލަށް ބަލަމުން މާކިން އަހައިލިއެވެ. “ކީކޭ މާކް ތިބުނީ؟ ޝަރާއަށް އަދި ނުވިސްނުނު ތިބުނި އެއްޗެއް..” މާކިން ބުނި އެއްޗެއް ސާފު ނުވުމުން ޝަރާ އަހައިލިއެވެ. ހަގީގަތުގަވެސް ޝަރާއަށް އެބުނާ އެއްޗެއް ދޭހައެއް ނުވިއެވެ. “މިބުނީ މާކް ބޭނުމެއް ނޫނޭ މިގުޅުން މާގިނަ ދުވަހަކަށް ކުރިއަށް ގެންދާކަށް! ބޭނުން ވަނީ އަވަހަށް ކައިވެނި ކުރަންށޭ މާކް ވަރަށް ބިރުގަނޭ ކައިވެނީގެ ބޭރުން އެއްވެސް ގޯސް ކަމެއް ކުރެވިދާނެތީ..!” ތަފުސީލުކޮށް ކުރިން ބުނި އެތި މާކިން ބުނެލަދިނެވެ. “އޯ.. އެވާހަކަދޯ؟ ޝާވެސް ބެެނުމެއް ނޫން އެފަދަ ފާފަޔަކަށް އަރައިގަންނާކަށް… ދެން ޝާ ޖެހޭނެދޯ އަދި މަންމަމެން ކުރެން ވެސް އަހަން.. މާކްއަށް އިނގޭދޯ މިބުނާ އެއްޗެއް؟” ޝަރާ ބުނެލިއެވެ. އޭރު އޭނަގެ މޫނުމަތިން ފެންނަން ހުރީ އިންތިހާ ހާސްކަމެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އޭނައަށް މާލެ ދެވުނީ އެތައް ނަސޭހަތަކާ ހުވައެއް ކޮއްފައެވެ. އަމުދުން މާލޭ މީހެއްގެ އަވައިގަ ނުޖެހެން ވައުދު ކުރުވައިފައެވެ. އެހެން ވީމަ ހާސް ވެސް ވާނެތާއެވެ. އަދި މަންމަ ކައިރީގަ ވީ ވައުދާ ހިލާފުވެސް ވެވުނީއެވެ. “އޯކޭ.. ޝަރާ ފުރަތަމަ މަންމަމެންނާ ވާހަކަ ދައްކާ އެއަށް ފަހު އިތުރު ކަމަކާ ވިސްނާނީ.. މިބުނީ ކައިވެނީގެ ކަންތަކާ..!” ޝަރާ ގަޔާ ކައިރި ކުރަމުން މާކިން ބުނެލިއެވެ. “ހޫމް.. އޯކޭ ގަޑިން ކިހާ އިރެއްތަވީ؟” މާކިން ދެއްކި ވާހަކަޔަށް އެއްބަސް ވަމުން ގަޑި އަހައިލިއެވެ. “ވަން ތާރޓީ” ފޯނުން ގަޑި ބަލައިފަ މާކިން ބުނެލިއެވެ. “އޭ އަސްލުތަ؟ މާލަސް ވެއްޖެ! އަލްމެން ތިބޭނެ މިހާރު ލަސްވެފަ ހިނގާދެންދާން..!” ގަޑި ބުނުމުން ތެޅި ގަންނަމުން ޝަރާ ބުނެލިއެވެ. “ޔާ! އަސްލު ވެސް މާލަސްވެއްޖެ! މާކް ވެސް ހެނދުނު އޮފީހަށް ވެސް ދާން ޖެހޭނެ ހިނގާ އަވަހަށް ދާން…” އެހެން ބުނުމަށް ފަހު މާކިން ތެދުވިއެވެ. ޝަރާ ގެއަށް ލުމަށް ފަހު މާކިން ވެސް ގެއަށް ގޮސްފަ އަވަހަށް ފެން ވަރާލައިގެން ޝަރާއަށް ގުޅައިފަ އިރު ކޮޅަކު ވާހަކަ ދައްކާލައިފަ ނިދިއެވެ. ނަމަވެސް ޝަރާ އޮތީ ސިކުނޑީގަ ހައިޖާނުގަނޑެއް އެބުރޭތީ ނުނިދިފައެވެ. ޝަރާ ވިސްނަމުން ދިޔައީ އޭނަގެ މައިން ބަފައިން މި ކައިވެންނަށް ރުއްސާނެ ގޮތަކާ ދޭތެރޭގައެވެ. އެގޮތަށް ފުރޮޅި ފުރޮޅި އޮއްވާ އެފަކީރަށް ނިދުނު އިރުވެސް ނޭނގެއެވެ.
…..ނުނިމޭ…..
17 Comments!
Comments are closed.
Hirihaa kudhinna kamu dhaane kamah ummedhu kuran… ?
Nice ?
Thanks limsha
Varah loabi next part ves avahah up kohdhehchey
V reeti
Thanks ram
woww. varah habeyyss
Hehe thanks sjk korean
v nice. and when next part
Thanks rana
Airam and zahidha akee kon baeh tha? Handhaan neh ehenve ahaali… story is v nice…
al huhtehnu ge ehga salaamai vegen gos… e gey mehun
Oh! Ehendhw.. thanks ?
story varah salhi
Mi part vx hama varah varah reethi… Waiting for next part
I dont like this story… concept v reethi ekamaku writer akah bayaan kohdheyn neygeny…scenes thakuge flow eh nei… i hope u improve… mi negative comment akas..i hope u ll learn from ur mistakes… goodluck
Liyumuge stylega hurey bolah undhgoo gotheh. Byt concept varah salhi dho