ޒެފަން އާއި ދިމާލަށް މިސްރާބުހުރި ޒޯރާ ސިހުނީ، އާޒިފް ޒޯރާގެ އަތުގައި އަނގޮޓި އެޅުވުމުންނެވެ. ޒޯރާއެކޭ ބުދެކޭ ތަފާތެއް ނެތެވެ. ހުއްޓިފައި ހުރެވުނީއެވެ. ނޭވާ ހިނގާހެންވެސް ހީނުވެއެވެ. އަތްތިލަ އަށް ބާރުކޮށްލެވުނީ އެއްވެސް އިޙްސާސެއްނުވާ ހާލުއެވެ. އުފާވެރި މުސްތަޤުބަލެއްގެ ފޮނި ހުވަފެން ތަކެއް ދެކެމުން އާދެވުނީ އެއް ވެސް ކުލައެއް ޖެއްސުމުގެ އިޙްތިޔާރެއް ނެތިއެވެ. އެރީތި ކުލަ ހުވަފެންތަކުން ކުލަ ވެއްޓުނީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ޒެފަން އާއިއެކު ހޭދަކުރެވުނު އުފާވެރި ލޯބިވެތި ހަނދާންތައް ލޯކުރިމަތިން ސިފަވަމުން ދިޔައެވެ. […]
ނައީމްގެ ހިތްހީވީ ފިތޭހެނެވެ. އޭނަ މިހާއުފަލުގަ ދިރިއުޅޭއިރު ހަމައެކަނި ހުރި ކޮއްކޮ އުޅޭހިތާމަވެރި ދިރިއުޅުން އަދިކިރިޔާ މިއެނގުނީއެވެ. މިއޮތްހުރިހާ ދުވަހަކު ނައީމް ހީކޮށްގެން އެހުންނަނީ މެހެރު ރަޝިޔާގައި މީހަކާއިނދެގެން ދިރިއުޅެނީ ވަރަށް އުފަލުންކަމަށެވެ. އަބަދުވެސް ނައީމް ކުރާ އެއްސުވާލަކީ ކުއްޖަކު ނުލިބުނަސް ކުއްޖަކު އެޑޮޕްޓް ނުކުރާ ސަބަބެވެ. އެހެންނަމަވެސް މި ސުވާލުގެ ޖަވާބެއް މެހެރު އަކަށް ނުދެވެއެވެ. މިހުރިހާ ކަމެއްވެސް މިދިމާވީ ހަމަ އޭނަގެ ސަބަބުން ކަމަށް ނިންމުނެވެ. ކޮއްކޮގެ ދިރިއުޅުން ހަލާކުކޮށްލީ ހަމަ އޭނަގެ އަމިއްލަ […]
” ޒެފް ” ޒޯރާ ގޮވާލުމުން ޖީބަށް އެއްއަތް ޖަހާލައިގެން އަނެއްއަތުން ފޯނުހިފަހައްޓައިގެން ހުރި ޒެފަން ބަލާލިއެވެ. އޭރު ޒެފަން ނިތްކުރިމަތިން ކުދި ރޫތަކެއް ދުވެލަދުވެލަ ހުއްޓެވެ. ޒެފަން ޒޯރާއާއި ދިމާލަށް ފަރުވާކުޑަގޮތަކަށް ބަލާލުމަށްފަހު ފޯނަށް ނަޒަރެއްދިނެވެ. ” ސާބަސް ޒެފް އަށް ދޮންބެއޭ އެގުޅަނީ….ދޮންބެ އަމިއްލަޔަށް އެއްދުވަހަކު ޖެހިނަމެއް އެއީ ދޮންބެ ފޯނުގަ މަގޭ ވަރަށް މަޖާ ނަމެއް ޖެހީމަ ލަނޑެއް ދޭންވެގެނޭ ކިޔާފަ. އަޅެ މިހާރު އަހަރެން ބިރުގަންނަ ހިސާބަށް ޒެފް އަހަރެންދެކެ ލޯބިވާން […]
މިވާހަކަ ތައް އަޑުއަހަން ކޮޓަރި ބޭރުގައި ހުރި މީހެއްގެ ހިތަށް ވަރަށް އަސަރު ކޮށްފިއެވެ. ކުރި ހުރިހާ އުއްމީދެއް ފުނޑުފުނޑު ވީއެވެ. އެކަމު އަދި ހަތިޔާރު ބެހެއްޓުމުގެ ވިސްނުމެއް ނެތްކަހަލައެވެ. އުއްމީދުތައް ކާމިޔާބު ވާނެ މޮޅު ރޭވުމެއް ހިތުގައި ރާވާލަމުން ހިނގައިގަތީ އެތައްބައެއްގެ އުފާވެރިކަން ބިމުގައި ވަޅުޖެހޭނެކަން ނޭނގިހުރެއެވެ. މިއޮތްހުރިހާ ދުވަހަކު ކުރިހާ އުންމީދުތައް ސައިބޯނި ބޮއްކެއްފަދައިން ވާން ބޭނުން ނުވަނީކަންނޭގެ އެވެ. އަވަސްވެފައިވާ ނޭވާތަކަކާއެކު އަޒީމާ ފޯނު ނަގާ ކަންފަތުގައި ޖަހާލިއިރު ގުޅަންވެސް ހަނދާންނެތްކަހަލައެވެ. ދެވަނަފަހަރަށް […]
”އާރ ޔޫ ކުރޭޒީ” އާކިން މޫނުމަތިން ފެނުނީ ލާނެއް ހިނިތުންވުމެކެވެ. އަދިވެސް އެވަގުތު ކޮޅުމަތިން އާކިން ހަނދާން ނުނެތެއެވެ. ރުޅިއަންނަން ބޭނުންވިޔަސް ކުއްލިއަކަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. ލޯ މަތިން ފެނުނު އެންމެ މަޖާ ހާއްސަ އެއްކަމެވެ. “ސްޓޮޕް އިޓް! މުސްކުޅި ބެއްޔާގަނޑު ފޮނުވާފަ ހީކުރީ ފިލޭނެކަމަށްތަ؟ ޕްލީޒް ލޯބި ގަބޫލު ނުކުރެވެންޏާ އެކުވެރިކަން ގަބޫލުކުރޭ” ރީމާގެ ވާހަކަތަކުން އާކިން ހުރީ މަޖާވެފައެވެ. ހިނިތުންވަމުން ރީމާގެ އެކުވެރިކަން ގަބޫލުކުރިއެވެ. “ރީމާ ކޯއްޗެއްތަ ކިޔަވަނީ! އާކް ކުރިއަށް ދަނީ […]
ކުރިމަތީ ހުރި އާޒިމާ ފެނުމުން ޒެފަން ބިރުން ގަނޑުވި ކަހަލައެވެ. ހީކުރި ގޮތަށްް ކަންތައް ނުވުމުން ލަދުން އިސްޖެހީ އާޒިމާ ދޭނެ އަދަބެއްގެ އިންތިޒާރުގައެވެ. ” ބިރުގަތީމަ އެހެން ވާނެ ..އެމައްސަލައެއް ނޫން…ގޭދޮށް ކުނިކަހާލާފަ ގެއަށް ދަނިކޮށް ޒޯރާ ބުނެލީ ޒެފަން އަށް ގޮވާލާށޭ….ހެނދުނު މޫދަށް ގޮސް ބޮޖިން އެއްތޯ! ގޮޖިން އަކަށް ދާވާހަކަ ބުނި އެހެންވެ ގޮވާލީ” ކަންތައް ވީގޮތުން ބިރުން ހުރިނަމަވެސް އާޒިމާ ބުނިބަހަކުން ޒެފަންގެ ހިނިގަނޑު ފަޅާގެން ދިޔައެވެ. ޖޮގިން އަށް ދާވާހަކަ […]
ލޯބީގެ ބާރުގަ އޮޔާ ބެހިގެން މިހާ ދުރަށް ދެވޭއިރު ނޫމާވަނީ އާކިންގެ އަމަލުތައް ހުއްޓުވަން ނުކުޅެދިފައެވެ. ކުއްލިއަކަށް ދެމީހުން ސިހިގެން ދިޔައީ………… އާކިންގެ ފޯނު ރިންގު ވާން ފެށުމުންނެވެ. އޭރު އާކިންގެ މޫނުން މަސްތުކަން ކެނޑި ފެންނަމުން ދަނީ ހާސްކަމެވެ. ” އޯހް….ޝިޓް…ތޭންކް ގޯޑް” ފަހުން ހިތާމަކުރަންޖެހޭ އެއްވެސް ކަމެއް ނުވިކަމަށްޓަކާ އާކިން ހިތަށް ހަމަޖެހުން ލިބުނެވެ. ޓީޝާޓް ލުމަށްފަހު ނޫމާ އުރާލަމުން ފޯނަށް ބަލާލިއެވެ. ” ކާކު ގުޅީ؟…ޔަގީން އެއްކަލަ މަންޖެކަން!…އަދިވެސް ގުޅާތަ..! ވަރަށް ފޫހިވޭ! […]
އިތުރަށް މަޑުކުރަން ނަހަދާ ޒޯރާ ގައިގާ ބައްދާލިއިރު ނުރައްކާތެރި ދަރަޖައަށް ދެމީހުންގެ މޫނު ވަނީ ކައިރިވެފައެވެ………….. “ޒޯރާ…ޕްލީޒް ވިލް ޔޫ މެރީ މީ؟…..ޒޯރާ އައި ލަވް ޔޫ….ހިތްނަގާފަ ދެއްކޭނެނަމަ ދެއްކީމުސް” ޒެފަން ކުޑަކޮށް ކަކޫމައްޗަށް ތިރިވެލަމުން ޒޯރާގެ ކަނައަތުގައި ބޮސް ދިނެވެ. އޭރު ޒޯރާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ޒެފަން އަދި އާކިން ހުރި ނޭވާހިފަހައްޓާލައިގެނެވެ. ޒޯރާ ގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. ހަޔާތުގެ މިހާހިސާބަށް އާދެވުނުއިރު މިހާރީތި މަންޒަރެއް ލޯ މަތީ ސިފަވުމުން ހިތްފިދާވިއެވެ. […]
މުޅި މީހާ ވަނީ ހިތްއަވަސް ވެފައެވެ. މިއޮތް ފިނީގައިވެސް އެތެރެ ހަށިން އާވި ނަގާކަހަލައެވެ. ލޮލަށް ފެންނަ މަންޒަރު ގަބޫލް ކުރަން ދަތިވެފާ ހުރިކަހަލައެވެ……………… ފިރެހެނެއްގެ އަތުތެރެއަށް ވަދެ ޒޯރާ ހުރިއިރު، އެ ފިރެހެނާގެ މޫނެއްނުފެނެއެވެ. ޒެފަން ކުރިހުރިހާ އުއްމީދެއް ފެނަށް ވީއެވެ. އެދެމެދުގައިވި ގާތްކަން ފެނި ޒެފަންގެ އަތްމުއްކެވުނެވެ. ކުރިމަތިން ޒެފަން ފެނުމާއެކު ޒޯރާ ތެޅިގަންފައި އެ ނުދަންނަ ޒުވާނާގެ އަތުތެރެއިން ނުކުތެވެ. ހަމަ އެސިކުންތުގައި އެޒުވާނާ ފަހަތައް އެބުރި، ޒެފަން ފެނުމާއެކު ގޮސް ޒެފަން […]