Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މީޝާ (9)

Muroo.... Level 210 Stories100 Comments
November 9, 2017 5 Mins Read
41 Comments

ޔަނާލް އެފޮށީގެ އެެތެރެބަލާލިއެވެ. އޭނާގެ ދެލޯބޮޑުވެގެން ދިޔައެވެ. އަނގަ މަތީ އަތް އަޅާފައިވީއިރު ދެލޮލުން އެއްވެސް ހިފެއްޓުމެއް ނެތި ކަރުނަ ފައިބާގަތެވެ.
——————————

އެފޮށީގައި އެވަނީ މީރާގައިގައި އަލިފަން ހިފާފައި ހުއްޓާ ނަގާފައިވާ ފޮޓޯގަނޑެކެވެ. އަނގަމަތީ ފޮތިގަނޑެއެއް އައްސާފައިވާ އިރު މީރާގެ ދެލޯވަނީ ބޮޑުވެފައެވެ. އެމޫނުގައި ވަނީ ބިރުވެރިކަމެވެ. ސުބުހާނައްލާހް.. ފޮޓޯނަގަން ހުރި މީހަކާދިމާލަށް މީރާގެ ކަޅިހުރި އިރު އެމޫނުމަތިން ބައެއް އޭރުވެން ވަނީ ފިހިފައެވެ. ޔަނާލް ހުރިދިމާލަށް ތިރިވެވުނީފެނުން މަންޒަރުން އޭނާއަށް ކެތް ނުވުމުންނެވެ. ކެތްވާނީވެސް ކިހިނެއް ހެއްޔެވެ؟ މީހަކު ގަސްތުގައި އެފަދަ ކަމެއް ކޮށްފާނެކަމަށް ހީކޮށްފައި ވެސް ނެތެވެ.

” ޔަނާ.. ކެއްކުރޭ.. އެކަމަކު މީޝް އަށް މިކަން އިނގެގެން ނުވާނެ..” ފިޒާން ބުންޏެވެ. ކައިޝް ވަނީ ފިޒާންމެނަށް މީރާގެ މަރުގެ ވާހަކަ ކިޔާދީފައި އެވެ. ޔަނާލް އަށް ބާރަށް ރޮވުނީ މީޝް އަށް އިނގެއްޖިނަމަ ވާނެގޮތް ހިތައް އެރުމުންނެވެ. މީރާ މަރުވުމުން މީޝް އުޅުން ހާލު އެންމެ ކައިރިން ދުއް މީހަކީ އޭނާއެވެ. ދެވަނަ ފަހަރަށް މީޝް އެހާލުގައި ގައި އުޅެން ޔަނާލް ނޭދޭނެއެވެ.
” މީ..މީ ..ކާކު..ކިހިނެއް..މިގެއަށް އައީ.. ” ޔަނާލް އަޑުކުރެހިގެން ދިޔައެވެ. ކައިޝް އެނާއަށް އެލިބުންގޮތް ކިޔާދިނެވެ. އޭރު ކައިޝް ވެސް ހުރީ އިންިހާއަށް ދެރަވެފައެވެ. އަދި އޭނާގެ އަތުގައި އޮތް ނޯޓް ކޮޅު ޔަނާލް އަތަށް ދިނެވެ. ” މީޝާ އާއި ގާތްވާން ނޫޅޭތި.. މީރާ ނިމި ދިޔަ ގޮތައް ކަލޭވެސް ނިންމާާލާނަން..!އަހަރެންގެ މަގަށް ހުރަސްއަޅާ ކޮންމެ މީހަކު ދުއްވާލަންވެސް އަހަރެން ފަހަކު ނުޖެހޭނަން….” އެގަނޑު ކޮޅުގައި ލިޔެފައިވާ ލިޔުން ކޮޅު ޔަނާލް ކިޔާލިއެވެ. އަދި ކައިޝް ގެ މޫނަށް ބަލާލީ ބިރުގަންފައިވާ ހާލުގައެވެ. ” ތީ ތިފޮށީގައި އޮތް އެއްޗެއް..” ކައިޝް ބުންޏެވެ. ޔަނާލް އަށް ހައިރާން ކަމެއް ލިބުނެވެ. އެއީ ކާކުބާއެވެ. އެެހެންވީމާ މީރާ މަރާލީ މީީޝް ކާމިޔާބު ކުރަންތާއެވެ. މީޝް ބޭނުމުގައި އެވަރުކަމެއް ކުރީ ކާކުބާއެވެ. މީޝް އަށް މިކަން އިގިގެން ނުވާނެއެވެ.
މީރާ އެވަގުތު އުޅޭނެގޮތް ހިތައް އެރުމުން ޔަނާލް އަށް ބާރަށް ރޮވުނެވެ. އާނާ ޔަނާލް ގައިގައި ބައްދާލީ އެވަގުތު ޔަނާލް ބޭނުން ވާނީ އެގޮތް ކަމަށް ވީތީއެވެ. ނުރޮއި ހިތްވަރު ކުރުމަށް ޔަނާލް އަށް އެތައްފަހަރަކު ނަސޭހަތް ދިނެވެ. ނަމަވެސް ޔަނާލް އަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އޭނާ އެހެން އިނދެ އެތަށް އިރަކު ރުޔެވެ. ފިޒާން އާއި ކައިޝް ވެސް ތިބީ އެހާ ދެރަވެފައެވެ. ކައިޝް ކަންބޮޑުވީ މީޝާ އަށް މިކަން އިގުމުން ވެދާނެގޮތަކާ ދޭތެރޭގައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިވީގޮތުން ކައިޝްގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. ހާސްވި ވަރުން ބޮލުގައި ހިފަޓާލެވުނެވެ.
” ކައިޝް .. ޑޫޔޫ ލަވް މީޝް..” ޔަނާލް ކޮށްލި ސުވާލުން އެންމެންނަށް ކައިޝް އަށް ބަލާލެވުނެވެ. ކައިޝް ބޮލުގެ އިޝާރާތުން އާއެކޭ ބުނުމުން ފިޒާން އަށް އާނާ އަށް ބަލާލެވުނެވެ. އެމީހުންނަށް އެކަން ނޭގޭތީ ކުޑަކޮށް ހައިރާން ވިއެވެ.އެހާ އެކީ އުޅުން އިރު އެމީހުންނަށް ޝައްކުވެފައިނެތުމުންނެވެ.
” އައި ލަވް ހާރ.. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް.. މިއަދު މީޝް އާއި މީޓް ކުރަން ބުނީ ވެސް ލޯބިވާ ވާހަކަ ބުނަން؟”.. ކައިޝް އޭނާގެ ހިތުގެ ހާލު އެންމެން ކުރިމަތީ ހާމަ ކުރިއެވެ.
” މީރާގެ ގާތިލް އެބައުޅޭ މިތާ.. ” ޔަނާލް ބުންޏެވެ. ޔަނާލް އެހާ ޔަގީން ކަމާއެކު އެހެން ބުނުމުން އެކަކު އަނެކަކު މޫނަށް ބަލާލިއެވެ. ” ކީއްވެ ތިހެން ތިބުނީ؟..” ޔަނާލް ބުނި އެއްޗެއް ނޭގުމުން އާނާ ސުވާލުކުރިއެވެ. ” އެއީ އެނޯޓް ގަ އެއޮތީ ނު މީޝް އާ ދުރުގަ ހުންނަން؟ އެމީހަކު ބޭނުން ވަނީ މީޝާ.. އޭނަ އަށް ކައިޝް މީޝް ދެކެ ލޯބިވާކަން އެނގުމުން އިންޒާރު އެ ދިނީ.. އެހެން ނޫން ނަމަ ކީއްވެ ކައިޝް އަށް އެޑްރެސް ކޮށް މިފޮނުވީ.. ” ޔަނާލް ގެ ވާހަކައަށް އެންމެން ވެސް އެއްބަސް ވިއެވެ. ” ސޯ އެމީހާ މިތާ އެބައުޅޭ..މީޝް އުޅޭ ގޮތް ބަލަން..” އާނާ ބުންޏެވެ. ކައިޝް ވެސް ވިސްނާލިއެވެ. އާނާ ބުނާހެން މީޝާ އަށް އެމީހާ ފާރަލާކަން ޔަގީނެވެ. ކައިޝް ޖެހެނީ މީޝާ މިކަމުން ސަލާމަތް ކުރާށެވެ.

މީޝާ ފޯނުނަގާ ޔަނާލް އަށް ގުޅާލީ އަންނަނީ ކޮންއިރަކުންތޯ ބަލާށެވެ. ދެފަހަރަކު ގުޅުމުން ވެސް ފޯނު ނުނެގުމުން މީޝާ ކަންބޮޑުވާ ގޮތް ވިއެވެ. އަވަހަށް އާނާގެ ފޯނަށް ގުޅާލިއެވެ. އާނާ ފޯނުނެގުމުން ޔަނާލް ކޮބާތޯ އެހިއެވެ. ޔަނާލް ވީ ފާހާނާގައި ކަމަށް ބުނުމުން ނިކުތުމުން ގުާލުމަށް ބުނެ ފޯނު ބޭއްވުމަށް ފަހު ކޮޓަރިންނިކުތެވެ. ޔުނާން ބޭރު ސޯފާގައި ޓީވީ ބަލަން އިނުމުން މީޝާ ބަދިގެއަށް ވަނީ ރޭގަނޑު ކެއުމަށް އެއްޗެއް ހަދާލުމަށް ޓަކައެވެ. ކައިޝްގެ ހަބަރެއް ނުވުމުން މޫޑު ސަކަރާތް ވެފައި ވީނަމަވެސް ޔުނާން ނުކައި އިންނާނެތީ އޭނާ ކާން ނޫޑުލުސް ޕެކެޓެއް ކެއްކުމަށްޓަކައި އަވަސް ވެގަތެވެ.
” މީޝް ކޮފީއެއް ހަދާދީފާނަންތަ؟…” ޔުނާން ބަދިގެ ދޮރުމަތީ ހުރެ އެދުނެވެ. ” ނުކަންތަ؟ މިއުޅެނީ ނޫޑުލުސް ހަދަން.. ޓޫ މިނިޓު ތެރޭ ނިންމާލާނަން..” ފަނޑު ހިނިތުން ވުމެއް ދެމެން މީޝާ ބުންޏެވެ.
” ކައްކާނެ ކަމެއް ނެތް؟މިރޭ ދާނީ ބޭރަށް ކާން.. އައި ފަހުން ނުދެވެ އެއްނު ބޭރަކަށް ވެސް..” ޔުނާން މޭޒް ކައިރީ އިށީންނަމުން ބުންޏެވެ. މީޝާ ބޭނުންނުވިއަސް އިންކާރު ކުރަން ނުކެރުމުން އޯކޭ އޭ ބުނެ ކޮފީއެއް ހަދާލިއެވެ. ” ކޮބާ ޔަނާ އޭނާ ނުވެސްފެން މިރޭ.. ޔުނާން މީޝާ ދިއްކުރި ކޮފީގައި ހިފަމުން ބުންޏެވެ. ބޭރަށް ދިޔައީ އާނާ އެކު ..” މީޝާ ވެސް އިށީނެވެ. ޔުނާން އެކަނި ބައިންދާފަ ކޮޓަރިއަށް ދާން އޭނާއަށް ނުކެރުނެވެ. އެހެންހޭ ކިޔާ ޔަނާލް އަށް ޔުނާން ގުޅާލިއެވެ.
” އޭނާ އަށް އާދެވޭނީ ތަންކޮޅެއް ފަހުންނޯ .. ކިހިނެއް ހަދާނީ.. ” ފޯނު ބާއްވަމުން ޔުނާން ބުންޏެވެ. މީޝާ ދޭނެ ޖަވާބެއް ނޭގިފައި އިނެވެ. ދާން ބޭނުން ނޫން ވާހަކަ ކިތެއްމެ ބުނަން ބޭނުންވިއަސް ޔަނާލް ގެ ބޭބެވީތީ ޖެހިލުން ވިއެވެ. ” ނުދާނަންތަ؟..މީޝް ބޭނުންގޮތެއް..” މީޝާ ޖަވާބެއް ނުދިނުމުން އަނެއްކާވެސް ޔުނާން ސުވާލު ކުރިއެވެ.މީޝާ ދާން އެއްބަސްވިއެވެ. ޔުނާން ޝުކުރު އަދާކުރުމަސް ފަހު ނިކުމެގެން ދިޔައި ނުވައަކަށް ރެޑީވުމަސް ބުނެފައެވެ. މީޝާ މޭޒް މަތީ ބޯއަޅާލިއެވެ. މިއަދު ކައިޝް ނައުމުން މުޅިމީހާ ވަނީ މިލާފައެވެ. ކައިޝް އަށްޓަކައި ފޮނިއިންތިޒާރެއް ކުރުމުން ކައިޝް ގެ ހަބަރެއް ވީކީނޫން ވިއްޔާއެވެ.
ގަޑިން ނުވައެއް ޖެހުމުން ޔަނާލް ގެއަށް ދާން ނިކުތެވެ.އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައުމުން ފޯނުނަގާ ބަލާލިއިރު ޔަނާލް ދޮންބެގެ މެސެޖެއްވުމުއް ކިޔާލުމަށްފަހު ފޯނު ޖީބައްލިއެވެ. އަދި އަވަހަށް ޓެކްސީ އަކަށް އަރާ ގެއަށް ދިޔައެވެ. ޔަނާލް ކޮޓަރިއަށް ވަދެ އެނގުގައި އޮށޯވެލިއެވެ. ރުއިމުގެ ސަބަބުން މީހާ ވަރުދެރަވެފައި ހުރުމުންނެވެ. އޭނާ ގެއަށް އައި އިރު މީޝާ ނެތުމުން ހިންހަމަ ޖެހުނެވެ. މިވަގުތު މީޝާގެ ކުރިމައްޗަށް އަރަން ޔަނާލް ޖެހިލުން ވިއެވެ. މީޝާ އަށް އެއްވެސް ކަމެއް އެގެން ޔަނާލް ބޭނުން ނުވެއެވެ. މީޝާ އަށް ޔަނާލް ފެންނައިރަށް ރޮއިފައި ހުރިކަން އެނގޭނެވެ.
ޔަނާލް އެހެން އޮތްއިރު ވިސްނުނީ ފޮޓޯއާމެދުގައެވެ. މީރާ އަށް އެެހެން ހެދީ ކާކުބާއެވެ؟ މީޝާ ބޭނުން ވީޔަސް މީރާ އަށް އެހެން ހަދަން ޖެހޭ ހެއްޔެވެ؟ ހައްތަހާވެސް ޖަވާބު ބޭނުންވާ ސުވާލު ތަކެވެ. ޔަނާލް ގެ ލޯކަރުނައިން ފުރިގެން ދިޔައެވެ. މިފަދަ ކަމެއް ދިމާވުމުން ހިތާމަ ނުކުރާނީ ވެސް ކާކު ހެއްޔެވެ.؟ ޔަނާލް ހިންހަމަ ޖެހުނީ ކައިޝް ދެއްކި ވާހަކަ ހަނދާން ވުމުން ނެވެ. އެމީހުކު ހޯދަން ކައިޝް މެން އެންމެން އެކީ މަސައްކަތް ކުރަން ނިންމިކަން ހަނދާވެ މާދަމާގެ ޕުލޭން އާއި އެއްގޮތައް އަމަލު ކުރަން ޖެހޭތީ ލޯމަރާލީ އެމީހުންގެ ޕުލޭން ކާމިޔާބު ވުން އެދި ދުއާކުރާ ހާލުގައެވެ.
ކައިޝް ބުނިގޮތަށް މީޝާ އާއި ބޮޑަށް ކައިޝް ގާތްވާން ޖެހެއެވެ.އޭރުން އެމީހަކު ރުޅި ގަދަވެ ކައިޝް އަށް ބޮނޑިދޭން އަވަސްވެ ގަންނާނެއެވެ. ކައިޝް މީޝާއާ ގުޅެން އެމީހަކު ނޭދޭކަން އެނޯޓް ކޮޅުންވެސް ހާމަވެއެވެ.

މީޝާއަށް ގެއަށް އާދެވުން އިރު ބާރަ ޖަހަނީއެވެ. ކޮޓަރިއަށް ވަންއިރު ޔަނާލް ނިދާފައި އޮތުމުން ފާހާނާއަށް ވަދެ ފެންވަރާލައިގެން އައިސް އެނގުގައި އޮށޯތެވެ. އޭނާ ފޯނު ނަގާ އޮންލައިން ވިތަނާ ފޯނަށް ކައިޝް ގެ ނަންބަރުން ގުޅިއެވެ. މީޝާ ގެ ހިތް އުފަލުން ފޮޅުނެވެ. އަވަހަށް ފޯނުނެގިއެވެ. ” ސޮރީ މީޝް…” ކައިޝް ފުރަތަމަވެސް މާފަށް އެދުނެވެ. ” އިޓްސް އޯކޭ..” މީޝާ ހިނިތުން ވެލިއެވެ. އެއަޑު އިވުމުން މީޝާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ” ކަމެއް ދިމާވީ؟ އެހެންވެ ނުދެވުނީ .. މީޝް އިންތިޒާރު ކުރިންތަ؟” ކައިޝް އަހާލިއެވެ. ” އަންނާނަމޭ ބުނީމަ އިންތިޒާރު ކުރާނެ ދޯ…”
” …. ނުނިދަންތަ؟” ކައިޝް ސުވާލު ކޮއްލިއެވެ. މީޝާ ނިދަން އޮށޯތީއޭ ބުނުމުން މާދަމާ ދިމާވާނެ ކަމަށް ބުނެ ކައިޝް ފޯނު ބޭއްވީއެވެ. މީޝާ އުފަލުން ބާލީހުގައި ބަންދާލިއެވެ. ކައިޝް ގެ އަޑު އިވުމުން ވެސް އެހިތަށް އެލިބޭ ހިންހަމަ ޖެހުން ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ އެހާވެސް އޭނާ ކައިޝް ދެކެ ލޯބި ވެއެވެ.

ހެނދުނު މީޝާ އަށް ހޭލެވުނީ ޔަނާލް ގޮވުމުން ނެވެ. އޭރު ނުވައެއް ޖެހައިފިއެވެ. މީޝާ ފުންމައިގެން ތެދުވީ އޭނާ އެއީ ދުވަހަކު ވެސް އެހާ ލަހުން ނިދާ ހޭލާ ކުންޖަކަށް ނުވީމައެވެ. އެވަހަށް ފާހާނާ އަށް ވަދެ ފެންވަރާގެން ނިކުން އިރު އާނާ އެނދުގައި އޮތްތަން ފެނި މީޝާ ސިހުނެވެ.
“ހާދަ ހެނދުނަކާ… އަނެއްކާ ކޮންކަމެއް.. ” މީޝާ ތުވާލި ހަރުގައި އަޅަމުން ބުންޏެވެ. ” ޔަނާ ނުބުނެ ދޯ.. މިއުޅެނީ ބޭރަށް ދާން މިއަދު..” އާނާ ތެދުވެ އެނދުގައި އިށީނެވެ. ” ކޮންތާކަށް …” މީޝާ ސުވާލު ކުރިއެވެ. ” ދާތަނެއް ނުބަލާ އަވަސް ކޮށް ބަލަ.. ކައިޝް މެން ވެސް އެބަތިބި ބޭރުގައި.. ” ކައިޝް ގެ ވާހަކަ ބުނުމުން މީޝް ހިތް އަވަސް ވެގެން ދިޔައެވެ. އަވަސް ކޮށްލާގެން ނިކުން އިރު އެންމެން އޭނާގެ އިންތިޒާރުގައި ސޯފާގައި ތިއްބެވެ. މީޝާ ކައިޝް ގެ މޫނަށް ބަލާލިއިރު ކައިޝް ވެސް އިނީ ސީދާ މީޝާގެ މޫނަށް ބަލާށެވެ . މީޝާ ލަދުން ހުރެ އެހެން ދިމާލަކަށް ބަލާކަމަށް ހެދުނެވެ. އެހެން ނަމަވެސް ކައިޝް ގެ މޫނު ފެނުމުން މީޝާ ހިންހަމަ ޖެހިގެން ދިޔަކަން ގައިމެވެ. ސޮރީ މީޝް ރޭގަ މީީޝް ކައިރީ ނުބުނެވުނީމަ.. ޔަނާލް އައިސް ކޮފީއެއް މީޝާ އަތަށް ދިނެވެ. ” ހެހެހެ؟ އޯކޭ؟” މިގޮތްވެސް ރަނގަޅެއްނު..މީޝާ ހީލިއެވެ. ހަގީގތުގައި ވެސް ކައިޝް ފެނުމުން މީޝާ ހުރީ ހިން ހަމަޖެހިފައެވެ.
އަވަސް ކޮށްގެން އެންމެން އެކީ ދާން ބޭނުންވާ މަންޒިލަށް ދިޔުމަށްޓަކައި ކުއްޔަށް ހިފާފައިވާ ބަހުގައި ނައްޓާލިއެވެ.ޔުނާން ވެސް އެންމެން ބުނުމުން އެމީހުންނާއެކު ދާން ނުކުތެވެ. މީޝާ އެންމެ ހިން ހަމަ ޖެހުނީ ކައިޝް އޭނާކައިރީ އިށީނުމުންނެވެ. ޔަނާލް އަށް މިތަން ފެނުމުން އުފާވިއެވެ. ނަމަވެސް އިއްޔެގެ ހާދިސާ ހަނދާން ވުމުން ފެން ކަޅިވިއެވެ. އޭނާ ކެއްކުރަން މަސައްކަތް ކުރިއަސް އެހަނދާން ވުމުން ލޯފުރިގެން ދެއެވެ. އާނާ އަށް ޔަނާލް ގެ މޫނު ފެނުމުން އަތްމަތީ އަތް ބާއްވާލިއެވެ. އަދި އިޝާރާތުން ހިތްވަރު ކުރުމަށް ބުންޏެވެ. ޔަނާލް ވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
ގަޑިއެއްހާ އިރު ފަހުން ދާން ބޭނުންވި ހިސާބަށް އެމީހުންނަށް ދެވުނެވެ. އެއީ ފެހި ވިނަގަނޑެއް އޮންނަ ބޮޑު ހުސް ބިމެކެވެ. ގުުދުރަތީ ރީތިކަމުން މުޅި ހިސާބުގައި ވަނީ ހިތްގައިމު ކަމެވެ. ދުރުން ފެންނަ ބޮޑެތި ފަރުބަދަތަކުން މަންޒަރު އިތުރަށް ހިތްގައިމު ކުރުވައެވެ. އެންމެން ގެނައި އެއްޗެހި ބޭލުމަށް ފަހު ގަހެއްގެ ދަށުގައި ޖައްސާލިއެވެ. މީޝާ ފޯނު ހިފާގެން ފޮޓޯ ނަގަން ތަންކޮޅެއް ދުރަށް ހިގާގަތެވެ.
” ކައިޝްގެ ފޮޓޯއެއް ނަގާދީބަަ؟…” ފަހަތުން ކައިޝް މީޝާ ކައިރީ ހުއްޓެމުން ބުންޏެވެ. މީޝާ ސިހިފައި ބަލާލިއެވެ.އޭރު ކައިޝް މީޝާ އާއި ފޫޓެއްހާ ކައިރީގައި ހުއްޓެވެ. އެހާ ކައިރިން މީޝާގެ މޫނު ފެނުމުން ކައިޝް އަށް އެރީތި ދެލޮލަށް ބަލާލެވުނެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ؟ ކައިޝް ބޭނުންވީ މީޝާ ގެނެސް އޭނާގެ މޭތެރޭ ފޮރުވާށެވެ. އެހެން މީހަކު މީޝާ އާ ގާތް ވާންވެސް އެހިތް ނޭދެނެއެވެ.
މީޝާގެ ހާލަކީތޯއެވެ. ކައިޝް ގެ މޫނު ފެނުމުން އެ މޫނަށް ބަލަން ހުރެވުނީ އެވެ . އެންމެ ހިތްއެދޭ ސޫރަ އެހާކައިރިން ފެނުމުން އެމޫނުގައި ބީހިލަން ހިތް އެދި ގޮވަމުން ދިޔައެވެ.
މީޝް.. އައި ލަވް ޔޫ.. ކައިޝް މީޝާގެ މޫނުގައި އޭނާގެ ދެއަތުން ހިފަހައްޓާފަމުން ބުންޏެވެ. ވީ އުފަލުން މީޝާ އަށް ލޯމަރާލެވުނެވެ.

Share Article

Follow Me Written By

Muroo....

Level 210 Stories100 Comments

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީމަގޭ

Next

ލޯބިވަން…..

Next
November 9, 2017

ލޯބިވަން…..

Previews
November 9, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ

41 Comments!

  1. Muroo.... says:
    November 9, 2017 at 6:13 pm

    Hey guys.. AssalamAlaikum.. here’s the another part.. v v bodah sorry .. story up nukurevuny ma.. hopw kuran mi part reethi vaane kamah..,☺☺☺????

  2. Thuhthi says:
    November 9, 2017 at 6:21 pm

    Am i first??
    Eiii yanaal ge dhonbe.. I guess.. Ulheyy gothun vess vahtharu eyna meesh beynun vaa kan.. ????

    1. Muroo.... says:
      November 9, 2017 at 6:28 pm

      Yes ur.. hehe..vedhaane dhw.. let’s c dhw?

    2. Mal. says:
      November 9, 2017 at 6:34 pm

      Mal hithuga oi ethi thibuby.. hehe??

    3. Thuhthi says:
      November 9, 2017 at 6:38 pm

      Hehe sorry dear ?

    4. Shaai says:
      November 9, 2017 at 6:52 pm

      Varah heevey ehen hen dhw…

  3. Aain says:
    November 9, 2017 at 6:29 pm

    Wow.. varah sali.. heevani yunan hen

    1. Muroo.... says:
      November 10, 2017 at 7:50 am

      Thanks Aain?

  4. nerz says:
    November 9, 2017 at 6:41 pm

    Woww❤❤

    1. Muroo.... says:
      November 9, 2017 at 7:35 pm

      Thanks nerz?

  5. reen says:
    November 9, 2017 at 6:43 pm

    Wow story is awsom ingey and reen hithah eri gothah ingey thuhthi thi bunee

    1. Muroo.... says:
      November 10, 2017 at 7:52 am

      Hehe… Thanks reen?

  6. click a shot ? says:
    November 9, 2017 at 6:43 pm

    varah salhi mi part ves..omg ai kaakubaa..???waitting..?

    1. Muroo.... says:
      November 10, 2017 at 7:51 am

      Thanks click ?

  7. G says:
    November 9, 2017 at 6:49 pm

    Meeraa maraalee yunaan

    1. Muroo.... says:
      November 9, 2017 at 7:42 pm

      Hama vedhaane thihn vs.. let wait n watch dhw G

  8. Shaai says:
    November 9, 2017 at 6:58 pm

    Very interesting part…. luv it…

    1. Muroo.... says:
      November 9, 2017 at 7:37 pm

      Thanks shaai.. ?

  9. Ainth says:
    November 9, 2017 at 7:36 pm

    V happy vehje anehkaaves mi vaahaka up kohlan feshyma.. V inthixaaru kuruvaafymehnu dhw muroo.. V rythi mibaives.. Anehkaa e myhaky yunaan tha, muroo?? Anehbai avahah genesdhehchey igey

    1. Muroo.... says:
      November 9, 2017 at 7:38 pm

      Thanks ainth.. lets c dhw kaaku kan.. in sha Allah dhn regular koh upkoh dheveythoa try kuraanan.. ???

    2. Ainth says:
      November 9, 2017 at 7:42 pm

      Dhen annabaiga mistake thah rangalhu kohladhehchey igey muroo.. Eyrah adhi v furihama vaane

    3. Muroo.... says:
      November 9, 2017 at 8:24 pm

      Yah.. I’ll try my best.. thanks once again ?

  10. Rsh says:
    November 9, 2017 at 8:06 pm

    V reethi

    1. Muroo.... says:
      November 9, 2017 at 8:18 pm

      Thanks Rsh ?

  11. xim says:
    November 9, 2017 at 8:10 pm

    I think meera maraalii hama yunaan hen. V heevey ehen…..aslu mi story vvvv reethi

    1. Muroo.... says:
      November 9, 2017 at 8:21 pm

      Thanks xim.. ?

  12. aki says:
    November 9, 2017 at 8:11 pm

    thihama aki ah ves heevaagoi

    1. Muroo.... says:
      November 9, 2017 at 8:21 pm

      Aki ah hyvaa goi vedhaane hama thedhah vs .. keep reading ..?

  13. SJK...KOREAN says:
    November 9, 2017 at 8:12 pm

    varah salhi.. yeyy u’re back dhw

    1. Muroo.... says:
      November 9, 2017 at 8:22 pm

      Thanks sjk korean..? yah m back..?

  14. Aain says:
    November 9, 2017 at 8:15 pm

    Meeraa maralee yunaan dhw.. varah sali mi story .

    1. Muroo.... says:
      November 10, 2017 at 8:27 am

      Thanks Aain☺

  15. Pinky shifoo says:
    November 9, 2017 at 8:22 pm

    Hiii Muroo… Story varah varah reethi… Haadha kiyaahithun indhaey e nimuny… Mi site ga liyaa vaahaka thakugetherein mi vaahaka akee varah varah reethi vaahaka… N faahagakohlevey it’s very different… Waiting for next part…

    1. Muroo.... says:
      November 10, 2017 at 8:36 am

      Hi shifoo…thanks for ur lovely comments.. ?☺?

  16. Suwa says:
    November 9, 2017 at 8:28 pm

    Wow… Mi part dhigu kuriima varah ufaaa vejje ??… Eii yunaan dhw?… Waiting for next part

    1. Muroo.... says:
      November 9, 2017 at 8:33 pm

      Thanks suwa.. ?

  17. IM2 says:
    November 10, 2017 at 12:04 pm

    nice thuthi thi buni i ves hithugaa oiehi thanks dear eiii hama yunaan hen heevanii i gues???

    1. Muroo.... says:
      November 10, 2017 at 4:25 pm

      Thanks IM2.. let’s c dhw☺

  18. Mish.... says:
    November 11, 2017 at 12:50 am

    Mi stry dhen up vanee kn dhuvahakun

  19. shx says:
    November 11, 2017 at 10:16 am

    Varah salhi hyvany yunan hen!

  20. shx says:
    November 11, 2017 at 10:17 am

    I think it’s yunan

Comments are closed.


All Right Reserved!