މަގުގެ އެއްފަރާތުގައި ކުޑަ ކުޑަ ޒޭންގެ އަތުގައި ހިފާލައިގެން ހުރި ނާޒްގެ ނަޒަރު ހުއްޓިފައިވަނީ ތޮއްޖެހިފައިވާ އަމީނީމަގަށެވެ. ޒޭންއަކީ ނާޒްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން 4 އަހަރުވީ އިރު ޒޭން ވަނީ ވަރަށް ވިސްނުންތޫނު ކަންކަން ވަރަށް ފަސޭހައިން ނަގައިގަންނަ ކުއްޖަކަށްވެފައެވެ.

ލޯބިވާ ދަރިފުޅު ސްކޫލަށް ގެންދިއުމަށް ދަރިފުޅުގެ ބައްޕައަށް ނާދެވުމުން ނާޒް ދިޔައީ ޒޭން ގޮވައިގެން ސްކޫލަށް ދިއުމަށްޓަކައެވެ. ނަމަވެސް މާލޭގެ މަގުތަކުގެ ބާރު ބޮޑުކަމުންނާއި ދަރިފުޅަށް ކަމެއް ވެދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުން މަގު ހުރަސްކުރަން ޖެހިލުންވެފައި ހުރެވުނީއެވެ.

ކާރުތަކާއި ސައިކަލުތައް ތަންކޮޅެއް މަދުވި ވަގުތު ބަލާ ދަރިފުޅު އުރާލައިންގެން މަގު ހުރަސްކުރަން އުޅުނު ނާޒް ހުއްޓުން އެރީ މީހެއްގެ ގައިގާ ޖެހުމުންނެވެ. އަވަސް ނަޒަރެއް ކުރިމަތީ ހުރި މީހާއަށް ދިނީ ދާން ލަސްވެފައި ހުރުމުންނެވެ. އެހެން ނަމަވެސް ނާޒްގެ ހަރަކާތްތައް ހިނދުކޮޅަކަށް ހުއްޓުނީ ކުރިމަތީ ހުރި މީހާގެ މޫނު ފެނުމުންނެވެ.

“ޝާދް” ބޭއިޚްތިޔާރުގައި ނާޒްއަށް ކުރިމަތީ ހުރި ޝާދްގެ ނަން ކިޔާލެވުނެވެ.

ހަމަ އެމޫނެވެ. ހަމަ އެމީހަކަށްޓަކައި ނާޒްގެ މުޅިޖާން ޤުރުބާންކުރަން ތައްޔާރުވި މީހާއެވެ. ދިރިއުޅުމުގެ ހުވަފެންތައް އެމީހަކާއި އެކު ހިއްސާކުރަން ހުވަފެންތައް ދެކުނު މީހާއެވެ.

ޝާދްއަށްވެސްވީ ނާޒްއަށްވީ ފަދަ ގޮތެކެވެ. އަދި ލޮލުގެ އިޝާރާތުން ނާޒްގެ ކޮނޑުގައި އަތްއަޅުވާލައިގެން މައުސޫމްގޮތަކަށް ބަލަންއިން ލޯބި ލޯބި ޒޭން އަކީ ކޮން ކުއްޖެއްތޯ އަހާލިއެވެ.

“ދަރިފުޅު.. ޒޭން” ނާޒް ކުރުޖަވާބެއް ދިނުމަށްފަހު ޒޭން ގަޔާލާ ކައިރިކޮށްލަމުން ދިއުމަށް އެނބުރިލިއެވެ. އަދި ޝަކުވާގެ ނަޒަރަކުން ޝާދްގެ މޫނަށް ބަލައިލަމުން މަގު ހުރަސްކޮށްލީ ޒޭންގެ ގަޑި ޖެހޭތީ އަވަހަށް ސްކޫލަށް ދިއުމަށެވެ. ޝާދްއަށް ނާޒް ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ.

އެމައުސޫމް ލޯބި ލޯބި އަންހެން ކުއްޖާ އަދިވެސް އެހުރީ މީގެ 6 އަހަރު ކުރިން ޝާދްއާއި ވަކި ވި އިރުވެސް ހުރި މައުސޫމް ކަންމަތީއެވެ. ތަފާތަކީ ހިޖާބްވެ ނިވާވެގެން ހުރިކަމެވެ. ހަމަ އެރީތި ވިދުން ގަދަ މުށި ކުލައިގެ ދެލޮލެވެ. ދޮންދޮން މޫނެވެ. އެހުރިގޮތަށްހުރެ މޭގައި އަތްއަޅާލެވުނީ ހިތަށްވީ އުނދަގުލަކުންނެވެ. އެހެން މީހެއްގެ ހައްޤަކަށްވެ ލޯބި ލޯބި ކުޑަކުޑަ ކުއްޖެއްގެ މަންމައަކަށްވާން ނާޒްއަށް މަޖުބޫރުވީ ޝާދްގެ އަމިއްލަ ކުށުންކަން ހިތަށް އެރުމުން ލޯ މަރާބާރު ކޮށްލެވުނީ އެމައުސޫމް އަންހެން ކުއްޖާގެ ކުށެއްނެތި އޭނައަށް ދެވުނު ހިތްދަތިކަން ހަނދާންވުމުންނެވެ. އެހެން ނަމަވެސް މިވީ ދުވަސްތަކުގައި ނުކުރި އަސަރެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފެނުނު މަންޒަރަކުން ކުރުމުން ޝާދްވެސް ހައިރާންވިއެވެ.

އަހުމަދިއްޔާ ސްކޫލުގެ ގޭޓުން އެތެރެއަށް ވަދެވުމާއި އެކު، ޒޭން ނާޒްގެ އުރުން ފައިބައިގެން ކްލާހަށް ދިއުމަށް އަވަސްވީ ކުޑަ ކުޑަ ޒޭންގެ އެންމެ ގާތް އެކުވެރިޔާ ފެނުމުން ސަލާމްކޮށްލުމަށެވެ. ނާޒްވެސް ޒޭން އާއި އެއްވަރަކަށް ގޮސް ޒޭންގެ އެކުވެރި އުޝާގެ ކޮލުގައި ފިރުމާލީ ހިނިތުންވެލަމުންނެވެ. އަދި ދެކުދިން އެކީ ގޮސް ޒޭންގެ ތުއްތު އަޑުން ނާޒްއަށް ގޮވާލާ ހަނާ އަޅާލުމަށްފަހު  ކުލާހަށް ވަންނަންދެން މަޑުކޮށްލުމަށްފަހު އެނބުރި ގެއަށް ދިއުމަށް ނިކުތެވެ.

ނާޒްގެ ބޮލުތެރޭގައި ހައިޖާނު ގަނޑެއް ހެދިފައިވާ ފަދައެވެ. ދުވަސްތަކަކަށްފަހު ޝާދްގެ ކުރިމައްޗަށް އެރުމުން ބުނަން ނޭނގޭ ގޮތްތަކެއް ހިތަށްވަމުން ދިޔައީ ގުޅިފައިވާ މާޒީ ހަނދާންވުމުންނެވެ. ހަނދާން ކުރަން ބޭނުން ނުވިޔަސް އެހަނދާންތައް އަނެއްކާވެސް އާލާ ވާންފެށީ ނާޒްގެ ޙަޔާތަށް އައި ފުރަތަމަ ފިރިހެނަކީ ޝާދް ކަމުގައި ވާތީއެވެ. ނަމަވެސް ނާޒްގެ ހިތުގައި މިހާރު އުތުރިއަރަނީ ނާޒްގެ އޯގާތެރި ފިރިމީހާގެ ލޯތްބެވެ.

އެހެންނަމަވެސް ޒަމާންތަކަށްފަހު އެސޫރަ ފެނުމުން ނާޒްގެ ހިތަށް އުދަގޫ ވަމުންދިޔައެވެ. ގެއަށްގޮސް ވަދެވުމާއި އެކު ފޯނު ނަގާ އައިހަމްގެ ނަންބަރަށް ގުޅާލީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އައިހަމް އަކީ ނާޒްގެ ފިރިމީހާ އަދި ދަރިފުޅު ޒޭން ގެ ބައްޕައެވެ.

“ހެލޯ ދޫންޏާ.. ވަރަށް ބޮޑަށް ސޮރީ. އޮފީސް މާބިޒީވެގެން ޒޭން ލާން ނުދެވުނީއޭ އިނގޭ. އެކަމް ދާނަން ނިމޭ ގަޑިއަށް ބަލައި. މިހާރު މީޓިންވެސް ނިމިއްޖެ. އެންޑް.. އެންޑް.. އައި ވިލް ބީ ބެކް ވިތް ޒޭން އިނގޭ” އައިހަމް ފޯނު ނެގިގޮތަށް ނާޒްއަށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ ހުރިހާ ވާހަކައެއް އެއް ނޭވާއިން ބުނެލިއެވެ. އަދި ހިނި ގަނޑެއްޖަހާލީ ނާޒް ބުނާ އެއްޗެއް އަޑުއަހާލުމަށެވެ.

ނާޒްގެ މޫނު އުޖާލާވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. އަދި ފިރިމީހާގެ ވާހަކައިގައި ބައިވެރިވެލިއެވެ.

“އެއީ އެއްވެސް ކަމެއް ނޫނޭ އެހެމް. ނާ ވެސް ވާނެންނު ބައެއްފަހަރު ޒޭން އެކީ ސްކޫލަށް ދާން. މިހާރުވެސް ޒޭން ބުނާނެ މަންމި ނުދެޔޭ ޒޭން އެކީ” ނާޒް ވާހަކަ އެދެކިއެވެ.

ވާހަކަ ދައްކަމުން ދިޔަ އިރު މިއަދު މަގުމަތީ ހިނގާދިޔަ ކަންތަކުގެ ވާހަކަ އައިހަމް ކައިރީ ބުނަން ނާޒްގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ގެއަށް އައުމުން އެވާހަކަތައް ދައްކަން ނިންމާ އައިހަމްގެ ވާހަކަތަކުގައި ބައިވެރިވެލީ ނާޒްގެ މިހާރުގެ ހުރިހާވެސް އުފަލެއް ވަނީ އައިހަމް އާއި ޒޭން އާއި އެކު ކަމުގައި ވާތީއެވެ. އަދި ފޯން ބޭއްވީ ދެމީހުން އެކީ ކުދި ކުދި ސަކަރާތުގެ ވާހަކަތަކެއް ދެއްކުމަށްފަހުއެވެ.

ގޭގައި އެކަނިވުމުން އަބަދުވެސް ނާޒްގެ ކަމަކީ ކޮންމެވެސް އެއްޗެއް ކައްކާލުން ނޫނީ އޭނާގެ މަސައްކަތުގެ ތެރެއިން ތުއްތު ކުދިންނަށް ނޭމް ބެނާރޒް ހެދުން ނޫނީ ބޭބީ މޯބައިލް ހެދުމެވެ. އެހެން ނަމަވެސް މިއަދު ނާޒްގެ ހިތާ ސިކުނޑިވަނީ މުޅިން އެހެން ދިމާލަކަށް ދަތުރުކޮށްފައެވެ. ޝާދްގެ މޫނު ފެނުނީއްސުރެ މީގެ ކުރިން އައިހަމް އާއި އެކީ ހޭދަވީ ދުވަސްތަކުގައި ހިތަށްނާރާ ސުވާލުތަކެއް އުނދަގޫ ކުރަންފެށިއެވެ.

މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށްވަނީ ބޯހާސްކުރަމުންދާ ކަންތަކުން ލުޔެއް ހޯދުމަށް އެނދުގައި އޮށޯވެލުމަށެވެ. އަޅައިގެން ހުރި ޝޯލް ބޮލުން ވަކި ކޮށްލުމަށްފަހު އެނދުގައި އޮށޯވެލީ އައިހަމް އަންނަންވާއިރަށް ބޯހަމަ ޖައްސާލުމަށެވެ.

އެހެންނަމަވެސް ނާޒްގެ ޚިޔާލުތައް ދަތުރުކޮށް ދިޔައީ މީގެ އެތަކެއް އަހަރުތަކެއް ކުރިއަށެވެ.

************************************************************************

ނާޒްގެ އުމުރުން 16 އަހަރު ފުރުނީ އެއުމުރު ފުރާގެ ކުދިންނާއި ޚިލާފަށް ލޯބީގެ ގޮތުން އެއްވެސް ކުއްޖަކާއި ގުޅުމެއް ނެތިއެވެ. މަންމައާއި ބައްޕަގެ ފުރިހަމަ ތަރުބިއްޔަތު ލިބިގެން ބަސްއަހާ ކިޔެވުމަށް ހިތްވަރުކުރާ ކުއްޖެއްގެ ގޮތުގައި ހުރެވެސްމެއެވެ. އެހެން ނަމަވެސް ރައްޓެހިންނާ އެއުމުރުގެ ފިރިހެން ކުދިންގެ ކުދި ކުދި ގޯނާތައް ލިބެމުން ދިޔައީ އެކަހަލަ ގޮތަކަށް ނާޒްގެ ވިސްނުން ނުހުންނާތީއެވެ.

ސްކޫލް ނިންމާލީ ވަރަށްވެސް ފަޚުރުވެރި ނަތީޖާއަކާއިއެކު އޭލެވެލް އަށް ކިޔެވުމަށް ޖާގަ ހޯދަމުންނެވެ. އެކީ އުޅުނު ހުރިހާ ރައްޓެހިންވެސް ރަނގަޅަށް ފާސްވެފައިވާތީ، އެންމެން އެކީ އެކަމާ އުފާ ފާޅުކޮށް ހެދުމަށްފަހު ގެއަށް އައީ މަންމަ އާއި ބައްޕައަށް އެއުފަލުގެ ޚަބަރު ދިނުމަށެވެ.

“މަންމާ، ނަތީޖާ ލިބިއްޖެ..” ގޭތެރެއަށް ވަންނަމުން ނާޒް އޭނާގެ މަންމައަށް ގޮވާލީ އުފަލުން ހުރެއެވެ. އެހެން ނަމަވެސް އޭނާގެ އަޑުން އެކަމެއް ނާންގައެވެ. މަންމައަށް ސަޕްރައިޒްއެއް ދޭން ހިތުގައި ރާވާލީ މަންމައަށް ވާގޮތެއް ބަލައިލުމަށެވެ.

ނަސީމާ ކުރަންހުރި މަސައްކަތް އެއްފަރާތް ކޮށްލުމަށްފަހު ނާޒްގެ އަޑަށް ސަމާލުވީ، އޭނާގެ އެންމެ ކުޑަ ދަރިފުޅުގެ ނަތީޖާ އެނގެން ބޭނުންވެފައި ހުރި ހާލުގައެވެ.

“ދަރިފުޅާ.. ނަތީޖާ ކިހިނެތްތަވީ. ފާސްވިތަ؟؟” ދަރިފުޅާއި މެދު ކުރި ފޮނި އުންމީދުތައް އާކޮށްލަމުން ހިނިތުންވެލަމުން ވާހަކާ ދެއްކި ނަސީމާގެ ހިތްތެޅެމުން ދިޔައީ ދަރިފުޅު ދޭނެ ޖަވާބަކަށް ކެތްމަދުވެފައި ހުރެއެވެ.

“ބައްޕަ ކޮބާތަ؟ ބައްޕަވެސް ހުއްޓާ ބުނާނީ..” މޫނަށް ވައްތަރެއް ޖައްސާލަމުން ނާޒް ޖަވާބުދިނީ ނަސީމާގެ މޫނުގައިވާ ކުލަވަރުތައް ދެނެގަންނަމުންނެވެ. އަދި އައިސް ނަސީމާގެ ފުރަގަހުން ކޮނޑުގައި އެލިގަންނަމުން ބައްޕަ ނަޝީދުއަށް ގޮވާލުމަށް އެދުނެވެ.

ދެމައިންގެ ވާހަކަތައް އަޑުއިވިގެން ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. ނަޝީދު އައި ނައި ދިމާލެއް ނޭނގި އައިސް ނާޒްއަށް ގޮވާލީ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ބޭނުންވެފައި ހުރެއެވެ.

“ބައްޕާ.. މީ.. މި އޯލެވެލް ނަތީޖާ ލިބިއްޖެ މިއަދު. އެހެންވެ..ނާޒް” އަޅައިގަންނަމުން ނަޝީދުގެ ސުވާލަށް ނާޒް ޖަވާބު ދިނީ މަންމައާއި ބައްޕަ އިތުރަށް ތަޅުވާލަން ބޭނުންވެފައި ހުރިވަރުންނެވެ.

“ހޫމް ދަރިފުޅަށް ކޮންކަހަލަ ނަތީޖާއެއްތަ ލިބުނީ..؟ މާ ބިރުން އުޅޭހެން ބައްޕައަށް ހީވަނީ. އަނެއްކާ ނަތީޖާ ރަނގަޅު ނޫނީތަ؟” ސިޓީންގ ރޫމްގައި ހުރި ބޮޑު ސޯފާގައި އިށީންނަމުން ނަޝީދު އޮޅުން ފިލުވުމަށް ނާޒް އާއި ސުވާލު ކޮށްލީ ނަސީމާ އަށް އަވަސް ނަޒަރެއް ދެމުންނެވެ. ނަސީމާވެސް ނާޒް އޭނާގެ ކުރިމައްޗަށް ދަމާލަމުން ކުރިއަށް ޖެހިލީ ސޯފާގައި އިށީނުމަށެވެ. އަދި ލޮލުގެ އިޝާރާތުން ވާހަކަ ދެއްކުމަށް ނާޒްއަށް އަންގާލިއެވެ.

މަންމައާއި ބައްޕަގެ ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގައި އިށީންނަމުން ނާޒް ވާހަކަ ދައްކަންފެށިއެވެ.

“މަންމާ.. ބައްޕާ.. ނާޒް އަށް ލިބުނީ އެހާ ރީތި ރިޒަލްޓެއް ނޫން..”

ނަސީމާގެ މޫނުގެ ކުލަވަރު ބަދަލުވާކަށް ސިކުންތެއްވެސް ނުނެގިއެވެ. އަދި އަވަސް އަވަހަށް ނަޝީދުގެ މޫނަށް ބަލައިލީ ކުރި އުންމީދު ފެނަށްވީ ކަމަށް ގަބޫލުނުކުރެވޭ ޙާލުއެވެ. ނަޝީދުއަށްވެސް ވީ ނަސީމާއަށްވީ ފަދަ ގޮތެކެވެ.

“އެކަމަކު ދަރިފުޅާ.. ދަރިފުޅު ބުނީމެންނު ޓެސްޓުތައް ވަރަށް ފަސޭހައޭ. އަދި ދޮންބެ ގެނައި ނަތީޖާއަށްވުރެ މާރަނގަޅު ނަތީޖާއެއް ގެންނާނަމޭވެސް ބުނީމެންނު” ނަޝީދު ދަރިފުޅުގެ މޫނުގައިވާ ކުލަތައް ދެނެގަންނަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

އެވަގުތަކީ ނަސީމާ އާއި ނަޝީދުގެ ދޮށީ ދަރިފުޅު ޒިޔާން ގެއަށް ވަދެގެން އައި ވަގުތެވެ. އަދި މަންމަ އާއި ބައްޕަ އަދި ނާޒްގެ މޫނުމަތިން ސީރިއަސްކަން ފެންނަން ހުރުމުން ޒިޔާން ސިޓިންރޫމް ސޯފާ އާއި ދިމާއަށް މިސްރަބު ޖެހިއެވެ. އަދި ނާޒް އާއި އަރާހަމަކޮށް ނާޒްގެ އިސްތަށިގަނޑަށް ދަމާލަމުން ކޮން ސައްލާއެއްތޯ ކުރަނީ ސުވާލު ކޮށްލީ ސިއްރުންނެވެ.

“ދަރިފުޅާ ޒިޔާން. ނާޒްގެ ނަތީޖާ ލިބިއްޖެޔޯ. އެކަމަކު އަދިވެސް ބުނެވޭ ވަރެއް ނުވެގެން އެއުޅެނީ. ނަތީޖާ އެހާ ރީއްޗެއް ނޫނޯ ބުނެފި” ނަސީމާ ވާހަކަ ދެއްކީ ކަންބޮޑުވެފައި އިނދެއެވެ.

“އެއީ ތެދެއްތަ ހަންޑިޔާ؟..” ކުޑަކޮށް ލޯހަނިކޮށްލަމުން ޒިޔާން ނާޒް އާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

ނާޒް އަށް އޭނަގެ ހިނިގަނޑު ހިފަހައްޓަލެވުނީ އެހިސާބަށެވެ. އަދި ޒިޔާންގެ ގައިގާ ބޮނޑިއެއް އަޅަމުން ވާހަކަ ދައްކަންފެށިއެވެ.

“މީ ހަންޑިއެއް ނޫނޭ ނުބުނަންތަ ދޮންބެ ކައިރީ. ދެން އެހެން ނުކިޔާތި. ދޮންބެއަށްވުރެ މާރީތި ވާނެ ނާޒްގެ ރެޒަލްޓް” ޒިޔާން އާއި ދިމާލަށް ދޫ ނެރެލިއެވެ. އަދި ނަސީމާއާއި ނަޝީދުގެ ކައިރީ ކުޑަ ކަކޫ މައްޗަށް އިށީނެވެ.

“މަންމާ.. ބައްޕާ.. ނާޒްގެ ރެޒަލްޓް ރީއްޗެއް ނޫނޭ. އެކަމަކު… ވަރަށް ވަރަށް ރީތި. އެހެންވެ އެގޮތަށް ބުނީ.”

“އޭނ… ނުވާނެ އެހެނެއް. ދޮންބެއަށްވުރެ ގަމާރު ވާނެ ނާޒް.” ޒިޔާން އަދިވެސް ނާޒް ރުޅިއަރުވާލެވޭތޯ އުޅުނެވެ.

“ދެން ބައްޕަމެން ނުތަޅުވާ ބުނެބަލަ ދަރިފުޅާ. ޒިޔާންވެސް ދެން މަޑުން ހުރެބަލަ..” ނަޝީދު ހިނިތުންވަމުން ނާޒްގެ ބޮލުގައި ފިރުމާލީ އޭނާގެ ކުޑަ ދަރިފުޅުވެސް އެދެމަފިރިންގެ ހުވަފެންތަކުގައި ކުލަޖައްސައިދީފިކަމަށް ދެކެމުންނެވެ.

“އުމްމްމް.. 1ބީ އެންޑް ދެން ހުރިހާ ސަބްޖެކްޓަކުން އޭ ލިބުނީ. މެތްސް އެންޑް އެކައުންޓްއިން އޭ ސްޓަރ ލިބުން. މިވަރު އޯކޭތަ ދޮންބޭ..” ޒިޔާންއަށް ނިތްއަރުވާލަމުން ނާޒް ވާހަކަ ދެއްކިއެވެ. އޭނާގެ މޫނުމަތިން އުފާވެފައި ހުރިކަން ވަރަށް ބޮޑަށް ހާމަވާން ހުއްޓެވެ.

ޒިޔާން އަނގަމަތީ އަތް އަޅަމުން އިށީނދެއިން ސޯފާއިން ތެދުވީ އުފާވީވަރުން ކޮއްކޮގެ އުފަލުގައި ބައިވެރިވުމަށެވެ. ނަސީމާ އާއި ނަޝީދުއަށްވެސް ވީފަދަ ގޮތެކެވެ. އުފަލުން ލޮލުން ކަރުނަ ނީރާލީ ދަރިފުޅު ކުރި މަސައްކަތުގެ ނަތީޖާ އެހާ ފުރިހަމަ ވުމުންނެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ގޮސް ނާޒްގެ ގައިގާ އޮޅުލައިގަތީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

“މަންމަ ހާދަ އުފާވެއްޖެޔޭ ދަރިފުޅާ. އޭރުވެސް މަންމައަށް ހީވިޔޭ ދަރިފުޅު މަންމަމެން ތަޅުވާލަނީއޭ..” ނާޒްގެ މޫނުގައި ފިރުމާލަމުން ނަސީމާ ވާހަކަ ދެއްކީ ލޯތްބާއި އެކުއެވެ. އަދި ހަދިޔާއަކަށް ބޭނުމީ ކޮން އެއްޗެއްތޯ އަހާ އޮޅުން ފިލުވަންފެށީ ދަރިފުޅުގެ ކާމިޔާބީގައި ރަނގަޅު ހަދިޔާއެއް ދޭން ބޭނުން ވެގެންނެވެ.

އަދި ހަމައެގޮތަށް ނަޝީދުވެސް ޒިޔާންވެސް ނާޒް އެންމެ ބޭނުމީ ކޮން އެއްޗެއްތޯ އަހާ އޮޅުންފިލުވުންދިޔައެވެ. ނާޒް އަށް ބުނަން ނޭނގޭފަދަ އުފަލެއް ލިބުނު ފަދަ އިޙްސާސްތަކެއް ވަމުން ދިޔައީ މަންމައާއި ބައްޕަ އަދި ހުރި ހަމައެކަނި ބޭބެ އުފާވާފަދަ ނަތީޖާއެއް ހޯދުމުންނެވެ.

ދުވަސް ނިމިގެން ދިޔައީ މިފަދަ ގޮތަކަށް އުފަލާ މަޖަލުގައި ހޭދަވެގެންނެވެ. ނިދާ ގަޑި ޖެހުމުން ނާޒް ކޮޓަރިއަށް ދިޔައީ ހިންހަމަ ޖެހުމާއި އެކުއެވެ. އެއްޗިހި ބަދަލު ކޮށްލައިގެން ގޮސް އެނދުގައި އޮށޯވެލީ ލޮލަށް ނިދިބަރުވެފައި ހުރުމުންނެވެ. އެހެން ނަމަވެސް ނާޒް އަށް ސިހުމެއް ލިބުނީ ނާޒްގެ ފޯން ރިންގްވާން ފެށުމުންނެވެ. އެއީ މިއަދު އޭނާގެ ދޮންބެ ހަދިޔާއަކަށް ދިން ފޯނެކެވެ. ނަމަވެސް ނާޒްގެ އެންމެގާތް ރައްޓެހިންނަށް ފިޔަވާ އިތުރު މީހަކަށް ނާޒްގެ ނަންބަރު ނޭނގޭނެތީ ގުޅަނީ ކާކުތޯ ބަލައިލުމަށް ފޯން ނަގާ ގުޅާ ނަންބަރަށް ބަލައިލީ ހައިރާންވެ ހުރެއެވެ.

(ނުނިމޭ)

4

31 Comments

  1. click a shot ?

    November 9, 2017 at 6:24 pm

    Varah reethi vaanehen hyvany..?Feshun salhi..m first right..?
    Waitting..❤️❤️❤️

    • Zeyn

      November 10, 2017 at 8:39 am

      Yes ..
      Thank you so much dear ???

  2. Zeyn

    November 9, 2017 at 6:26 pm

    Assalaam alaikum varahmathullah everyone!
    Here is the first part of my very first story here.
    I know I promised to post on 12th November. But I just thought to give you all a surprise.
    Hope everyone will like it. Please plz share your views and comments. And if there is anything to be corrected jxt let me knw.
    Have a happy reading and awsome weekend. Lots of love from Zeyn ???❤???

  3. Limsha

    November 9, 2017 at 6:40 pm

    Varah rythi
    N all the best friend the stry

    • Zeyn

      November 9, 2017 at 7:17 pm

      Thank you Limsha ?

  4. Nash

    November 9, 2017 at 6:46 pm

    Hay first dhw Nash ah story mi kiyrlevunii V nice

  5. Rishaama

    November 9, 2017 at 7:07 pm

    Varah varah reathi kon irakun tha part 2 kiyaalan libeyneee

    • Zeyn

      November 9, 2017 at 7:18 pm

      Thank you Rishaama ?
      Nxt part in Sha Allah on Sunday.

  6. Lam

    November 9, 2017 at 7:24 pm

    Salhi…whn nxt part

    • Zeyn

      November 9, 2017 at 8:21 pm

      Thank you dear ?
      Wait for Sunday igey dear.

  7. Someone

    November 9, 2017 at 7:44 pm

    Intrstn n unique!!! Cx fettun iru es marriii khgen babii eh ves huriiima!!! Waiting 4 da nxt prt❤❤

    • Zeyn

      November 9, 2017 at 8:19 pm

      Thank you dear. V try kuraanan interest nugelley gothah kuriah gendheveythw. Sunday ga In sha Allah nxt part. Weekend is family day ehn. So.. ?❤?

  8. Riii

    November 9, 2017 at 8:42 pm

    Salhi… best of luck…. Ingey….

    • Zeyn

      November 9, 2017 at 9:30 pm

      Thanks Rii ??❤

  9. Rsh

    November 9, 2017 at 8:53 pm

    VVV REETHI WAITING FOR NEXT…….

    • Zeyn

      November 9, 2017 at 9:31 pm

      Awww Thank you Rsh ??❤

  10. Pinky shifoo

    November 9, 2017 at 9:00 pm

    Story varah unique.. N story ge furathama part in vx readers shaugverikan varah bodah ufedhey gothakah situation thivany genehsa.. Varah varah salhi… U have the talent.. Kiyaaleema Hiyeh nuvey miee alah kuraa kameh henehvx.. Keep it up n u can do it… Varah inthizaaru kurevey eba next part ah… Waiting….

    • Zeyn

      November 10, 2017 at 8:38 am

      Awww Thank you so much dear ???

  11. Addu manje

    November 9, 2017 at 9:01 pm

    Varah reethi mi part.. Hope this would turn out to b an interesting story with unexpected twists and turns..plx do upload nxt part soon.. wish u a happy weekend aswell..☺

    • Zeyn

      November 9, 2017 at 9:33 pm

      Thank s Addu manje ?❤
      Will try my best dear.

  12. SJK...KOREAN

    November 9, 2017 at 9:03 pm

    Varah reethi..??❤❤ Waiting for nxt part

    • Zeyn

      November 9, 2017 at 9:34 pm

      Thank you SJK ??❤❤

  13. Mooni

    November 9, 2017 at 9:42 pm

    Varah varah rythi story…… waiting waiting for next part….☺?

    • Zeyn

      November 10, 2017 at 4:40 am

      Thank you ?

  14. Student of AIS

    November 9, 2017 at 11:20 pm

    It’s ahmadhiyya international school..?

    • Zeyn

      November 10, 2017 at 4:39 am

      Yes I knw dear. But vaahaka dhakkaairu ginain use kuraany kurukoh faseyha vaahothakah I guess. ?

  15. Shauna

    November 10, 2017 at 9:01 am

    Varah reethi and unique ingey! Next part kiyaalaa hiy vany… When next part?? Um curious! Waiting and loves ♥♥

  16. Nash

    November 10, 2017 at 9:54 am

    V nice story eh… Waiting for the next part…..

  17. Kul

    November 10, 2017 at 10:11 am

    Best

  18. Zeyn

    November 13, 2017 at 11:17 am

    Sorry guys. I was trying to upload the second part yesterday. Bt there was some issue with my laptop or the site. Couldn’t upload. Bt in a while again will try to upload that part igey. Sincere apologies.

  19. Rynu??

    November 25, 2017 at 12:06 pm

    Woah.!?this is so amazing❤I just loved this?keep it up.!??

Comments are closed.