“ދެން އަހަރެން ގޮސްލީ..” ހާރޫން އެހެން ބުނީ މިވަގުތު އެތަނުގައި ހުރުމަކީ އެހާ ބުއްދިވެރި ކަމެއްނޫން ކަމަށް ވިސްނުނީތީއެވެ. ހޮސްޕިޓަލުން ނިކުމެގެން އޭނާ އައިއިރު އެ ދެލޯ ހަމަ ރީއްޗަށްވެސް ފެންކަޅި ވެއްޖެއެވެ. އާބިދާ މިދުނިޔެ ދޫކޮށް އެދިޔައީ ކޮންފަދަ ނުބައި ފިރިއެއްގެ އަނިޔާތަކާ އެކުގައި ހެއްޔެވެ؟ އާބިދާގެ އުމުރުގެ ބޮޑުބައި ހޭދަކުރަންޖެހުނީ ރާމިޒުގެ ވަކިތަކުގެ ދަށުގައެވެ. އެ ފަކީރު އެންމެފަހުން ހީލީ ކޮން ދުވަހަކު ބާވައޭ ހާރޫންގެ ހިތަށް އެރިއެވެ. އަޝްފާން އާއެކު ހާރޫން އުނގޫފާރުން […]
“އޯ މައި ގޯޑް! ޑޫޑް.. އައި ޖަސްޓް ސޯ ދެޓް ކިއުޓް ބޯއި” ރައްޔަ އޭނާގެ ކައިރީގައި ހުރި ކިއާރާ އަށް ބުނެލިއެވެ. ” މިންމި.. ތި ނޫން ވާހަކައެއް މިއަދު ކޮލެޖުން އައިއްސުރެ ދެއްކިންތަ؟ އަބަދު ކޮންމެސް ކިއުޓު ބޯއި އެއްގެ ވާހަކަ.. ޕިސް ޕިސް.. އިޓްސް ޓޫ ޓޫ މަޗް..” ކިއާރާ އަބަދުހެން ދައްކާ ވާހަކަ ފެށީއެވެ. “އޯކޭ އޯކޭ! ހިނގާ އަވަހަށް ގެއަށް ދާން.. މިހާރު ޝޮޕިންކުރާ ހިތެއްވެސް ނެތް.! އޯލް ތޭންކްސް […]
އޭނާގެ ޕްލޭނާ އެއްގޮތަށް އަމަލު ކުރަން ފެށޭނީ ޔައިޝް ގެއަށް އައި އިރަކުންނެވެ. ހިނިތުންވެލަމުން ފޯން ނަގައި ޒާންގެ ނަމްބަރަށް ގުޅާލިއެވެ. އަދި އޭނާ ހޯދަންބޭނުންވާ އެއްޗެއްގެ ނަންބުނެ މިރޭވުމުގެ ކުރިން އެއެތި ގަނެގެން ގެނެސްދިނުމަށް އެދުނެވެ. ހެވިފައި ޒާންވެސް އެކަމަށް އެއްބަސްވިއެވެ. ރޭގަނޑަށް އިންތިޒާރު ކުރާ ހާލު މިޒްރާ ފެންވަރަން ދިޔައެވެ. ** ** ** ކޮލެޖުގައިއޮތް އިތުރު ހަރަކާތެއްގައި ބައިވެރިވެފައި އެހަރަކާތް ނިމުމުން ޔައިޝަށް ގެއަށްއާދެވުނުއިރު ހުރީ ރޭގަނޑު 10 ޖަހަންކައިރިވެފައެވެ. ކޮޓަރިއަށް ވަތްއިރު […]
“ކޮންގްރޭޓްސް ބްރޯ.” މީކާއީލް ފަޔާޒް ކޮނޑަށް އަތް ލަމުން ބުންޏެވެ. މީކާއީލްވެސް މިފަދަ ދުވަހެއް ޒިމްޔާއާއި އެކީ ހޭދަކުރަން ބޭނުމެވެ. ނަމަވެސް ޒިމްޔާ ޖަވާބެއް ދޭނެ އިރަކަށް މީކާއީލް ޖެހޭނީ ކެއްތެރިވެގެން ހުންނާށެވެ. ………………………………………….. އެންމެން މެންދުރު ކައިގެން ދިޔައީ މޫދަށް އެރޭށެވެ. ފަޔާޒް ދިޔައީ އެކި ކަހަލަ ގޯނާ އާލާއަށް ކުރަމުންނެވެ. މިޒްނާ އިނީ އާޒްއާއި ކިޔާން އާއި ޖަހާ ސަކަރާތް ބަލަން ވެލިގަނޑުގައެވެ. ނޭނގުމެއްގެ ތެރޭވިޔަސް މިޒްނާއަށް ވަނީ އާޒްއަށް ހިތް ދެވިފައެވެ. ނަމަވެސް […]
” ޒެފް ” ޒޯރާ ގޮވާލުމުން ޖީބަށް އެއްއަތް ޖަހާލައިގެން އަނެއްއަތުން ފޯނުހިފަހައްޓައިގެން ހުރި ޒެފަން ބަލާލިއެވެ. އޭރު ޒެފަން ނިތްކުރިމަތިން ކުދި ރޫތަކެއް ދުވެލަދުވެލަ ހުއްޓެވެ. ޒެފަން ޒޯރާއާއި ދިމާލަށް ފަރުވާކުޑަގޮތަކަށް ބަލާލުމަށްފަހު ފޯނަށް ނަޒަރެއްދިނެވެ. ” ސާބަސް ޒެފް އަށް ދޮންބެއޭ އެގުޅަނީ….ދޮންބެ އަމިއްލަޔަށް އެއްދުވަހަކު ޖެހިނަމެއް އެއީ ދޮންބެ ފޯނުގަ މަގޭ ވަރަށް މަޖާ ނަމެއް ޖެހީމަ ލަނޑެއް ދޭންވެގެނޭ ކިޔާފަ. އަޅެ މިހާރު އަހަރެން ބިރުގަންނަ ހިސާބަށް ޒެފް އަހަރެންދެކެ ލޯބިވާން […]
އަޖުވަދުގެ ބާރު ހަޅޭކުގެ ސަބަބުން ސިހިފައި އަވަސް އަވަހަށް ނައިރާ ސިޓިންރޫމަށް އައެވެ. ރުޅިއައިސް ރަތްވެފައިހުރި އަޖުވަދުގެ ނަޒަރު ސީދާ ނައިރާގެ މޫނަށް އަމާޒުވުމާއެކު ބިރުގެންފައިހުރި ނައިރާއަށް ހިންދިރުވައިލެވުނެވެ. މިއީ މުޅިއުމުރުގައިވެސް އަޖުވަދު އަޑުއުފުލައި ނައިރާއާ މުހާތަބުކުރި ފުރަތަމަ ފަހަރުކަމުން އެހިތަށް ބަޔާންކުރަންދަތި ތަދެއް އިހުސާސުވެގެން ދިޔައެވެ. އަލިފާންކަނި ބުރަމުންދިޔަ އަޖުވަދުގެ ދެލޯފެނުމާއެކު ނައިރާގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ. “ހާމިދާ ނިކަން ބަލާބަލަ ނައިރާ ކޮށްގެންއުޅޭ ކަމެއް. ލަދުން ބޯހަލާކުވޭ.” ނިތްކުރިމަތީގައި އިނގިލިތައް ކާތައިލަމުން އަޖުވަދު ބުނެލިއެވެ. […]
ޔާނާ ޝޯލްއަޅަމުންދިޔައީ ހޮސްޕިޓަލްއަށް ދިޔުމަށްޓަކައެވެ. ނިދާފައި އޮތް މިކްޔަންއަށް ގޮވާތާ މިހާރު ކިހާއިރެއްހެއްޔެވެ. އަދިވެސްނުހޭލައެވެ. ތައްޔާރުވެލައިގެން ޔާނާ ގޮސް އެނދުކައިރި ހުއްޓިލާފައި މިކްޔަން އަށް ގޮވާލިއެވެ. “ޔަން. ޔަން. ޔަން އޭ ހޭލަބަލަ. ދެން ނޭނގެ ގަޑިއަށް ހޮސްޕިޓަލްއަށް ދެވޭނެ ކަމެއް” މިފަހަރު ޔާނާ ގޮވާލުމުން މިކްޔަން ލޯހުޅުވާލިއެވެ. “ދޭބަލަދެން. މިއަދު އަހަރެން ނުދާނަން” މިހެން ކިޔާ މިކްޔަން އަނެއްކޮޅަށް އެނބުރުނެވެ. ޔާނާ އިރުކޮޅަކު ބަލަން ހުރުމަށްފަހު ތެދުވެ ހިނގައިގަތެވެ. **** އާދައިގެ މަތިން ނަޝްވާ ހެދުނުގެ […]
ލައިގެންހުރި އަޅިކުލައިގެ ގަމީހުގެ އަތްކުރި އޮޅަމުން ދޮރާ ދިމާއަށް ޔައިޝް ހިނގައިގަތެވެ. ތަޅު ހުޅުވައިލުމަށްފަހު ދޮރު ހުޅުވައިލި ޔައިޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮރުމަތީގައި ތިބި ދެމީހުންނާ ދިމާއަށް ކަންބޮޑުވެފައިހުރިފަދަ ނަޒަރަކުން ބަލަން ޔައިޝްއަށް ހުރެވުނެވެ. ދެލޯމަރައިލަމުން ހިންދިރުވައިލެވުނީ ދެންކަންތައްވާނެ ގޮތަކާއިމެދުގައި ވިސްނައިލަމުންނެވެ. “ސަޕްރައިޒް.” އުފާވެލައިފައި ޔައިޝްގެ ގައިގައި އޮޅުލައިގަންނަމުން ޔައިޝްގެ މަންމަ ސާޖިދާ ބުނެލިއެވެ. މިމަންޒަރުބަލަން ހެވިފައި އޭނާގެ ބައްޕަ މުފީދު ހުއްޓެވެ. ޔައިޝްފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ހާސްކަމެއް ސާޖިދާއާާ […]
އައްސަލާމް ޢަލައިކުމް އަޅުގަނޑު ލިޔަމުން މިދާ ވާހަކަ އަޕުލޯޑް ނުވެ ގިނަދުވަސް ވި ކަމަށްޓަކާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ. އަޅުގަނޑު ވާހަކަ ލިޔަނީ ފޯނުން ކަމަށް ވާތީ އަޅުގަނޑުގެ ފޯނު ހަލާކުވުމެގެ ސަބަބުން ވާހަކަ އަޕުލޯޑުނުވި ވާހަކަ ކިޔުން ތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. ވާހަކައިގެ 3 ވަނަ ޕާޓް ވީ އެންމެ އަަވަހަކަށް އަޕުލޯޑް ކުރާނެ ވަހަކަވެސް ދަންނަވަމެވެ. އަދި ވާހަކަ ނުލިޔެވި ލަސްވިކަމަށްޓަކާ ކިޔުން ތެރިންގެ ކިބައިން މާފަށް އެދެމެވެ.