Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްއެކީ ދެވިއްޖޭ (11)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 9, 2017 5 Mins Read
136 Comments

ރޮވިފައި އިން ޝިވަން ސިހިފައި ބަލައިލީ އޭނާގެ ކޮނޑުގައި މީހަކު ޖަހައިލުމުންނެވެ. އިސްއުފުލައިލައި ކުރިމަތީގައިހުރި މީހާއާދިމާއަށް ބަލައިލި ޝިވަންގެ ދެލޯބޮޑުވެގެންދިޔައެވެ. ހިނިތުންވެފައި އޭނާގެ މޫނަށް ބަލަންހުރި ޒުވާނާއާ ދިމާއަށް ބަލަންއިން ޝިވަންގެ ތުންފަތްމައްޗަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

“ޒާލިމް” ޝިވަންއަށް މަޑުމަޑުން ކިޔައިލެވުނެވެ. “އޭ ޝިވަން ދޯ. އަހަރެންނަށް އެހެން ހީވެގެންނޭ މިއައީ. ކޮބާ ކިހިނެއް ކަންތައްތައް؟” ޝިވަންއާ ޖެހިގެންހުރި ޖޯލީގައި އިނށީދެލަމުން ޒާލިމް އަހައިލިއެވެ. ޒާލިމްއަކީ ޝިވަންގެ ސްކޫލް ދައުރުގެ އެންމެ ގާތް އެކުވެރިޔާއެވެ. ޝިވަންގެ އުޅުން ބަދަލުކުރުމަށް އެންމެ ބޮޑަށް ބާރުއެޅި އެއްފަރާތެވެ. ނަމަވެސް އޭރު ޝިވަން އެގޮތަށް އުޅުމަށް އާދަވެފައިވުމުން ޒާލިމްގެ ނަސޭހަތްތައް އެއްވެސް އެއްޗަކަށްނުވިއެވެ. އޭގެ އަހަރެއްފަހުން ޒާލިމް ބޭރުގައުމަށް ކިޔަވަން ބަދަލުވުމުން އެދެމީހުންގެ މެދުގައި އޮތް ގުޅުންވެސް ހީނަރުވެގެން ދިޔައެވެ.

އެތައްދުވަހެއްފަހުން ދިމާވުމުން ދެމީހުންގެ މޫނުމަތިންވެސް ހިތްހަމަޖެހުން ފާޅުވަމުންދިޔައެވެ.

ޒާލިމްގެ ސުވާލުން އިސްޖެހުނު ޝިވަން ފެނިފައި އޭނާގެ ނިތްކުރިމައްޗަށް ރޫއަރައިގެން ދިޔައެވެ. “ހުރިހައި ކަމެއް ރަނގަޅުތަ؟” ޝިވަންގެ ކޮނޑުގައި އަތުން ޖަހައިލަމުން ޒާލިމް އަހައިލިއެވެ. އެއާއެކު ޝިވަން ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ކިހިނެއްވީ؟ އަހަރެންނަށް ކިޔައިދީބަލަ. ކުރިންވެސް ޝިވަންގެ މައްސަލަތަކަށް އަހަރެން ހައްލުހޯދައިދޭން ފަދައިން މިހާރުވެސް އަހަރެން ހައްލު ހޯދައިދޭނަން.” އޯގާތެރިކަމާއެކު ޒާލިމް ބުނެލިއެވެ. ފުންނޭވާއެއްލުމަށްފަހު އޭނާގެ ހިތުގައިވާ ހުރިހައި އެއްޗެއް ޒާލިމަށް ކިޔައިދިނެވެ.

“ހޫމް. އޭރުވެސް އަހަރެންނަށް ހީވިއޭ އަންހެންކުއްޖެއްގެ ކަމެއްހެން. އެކަމަކު ދެން ރަނގަޅުތާ. އަހަރެން ވަރަށް އުފާވެއްޖެ އެއަންހެންކުއްޖާގެ ސަބަބުން ޝިވަން ތިފަދަ ރަނގަޅު އިންސާނަކަށްވީމަ. ތިއީ އަބަދުވެސް އަހަރެން އެންމެ ދެކެން ބޭނުންވި ޝިވަން.” ޝިވަންގެ ވާހަކަތައް ނިމުމުން ހިނިތުންވެލަމުން ޒާލިމް ބުނެލިއެވެ.

“އަދިވެސް މަންމަ ގާތުގަތަ އުޅެނީ؟” އިރުކޮޅަކު ވިސްނަަން އިނުމަށްފަހު ޒާލިމް އަހައިލިއެވެ. އެއާއެކު ޝިވަން ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

“ހިނގާ އަހަންނާއެކު. ދެން އިތުރަށް ތިގޭގަ އުޅޭނެކަމެއްނެތް. އަހަރެން ބިރުގަނޭ އަނެއްކާވެސް އަހަރެންގެ އެކުވެރިޔާ ނުބައި މަގަށް އެޅިދާނެތީ. އަދި ބުނަން. ވަޒީފާ ނުލިބިގެން ޝިވަން ކަންބޮޑުވާކަށް ނުޖެހޭ. އެކަކު ޝިވަންއަށް ވަޒީފާ ނުދިނަސް އަހަރެން ދޭނަން. ސޯ ކަމް ވިތްމީ. އަހަރެންގެ އޮފީހުން ރަނގަޅު ވަޒީފާއެއް ޝިވަން އަށް ލިބޭނެ. އެހެންވީމަަ ދެން ދެރަނުވޭ.” ޝިވަންގެ ކޮނޑުގައި ޖަހައިލަމުން ޒާލިމް ހިތްވަރު ދިނެވެ.

“އެކަމަކު ކޮންތާކަށް؟” ޒާލިމް އޭނާ ގޮވައިގެން ދާން އެއުޅޭ ތަނެއް ނޭނގުމުން ޝިވަން އަހައިލިއެވެ. “ތިއެއް ނުބަލާ ހިނގާބަލަ. ދިޔައިމަ އެނގޭނު.” ޝިވަންގެ އަތުގައި ހިފައި ޖޯލިން ނަގަމުން ޒާލިމް ހިނިތުންވެލިއެވެ.

ޒާލިމްގެ ކާރުގައި ގެއަށް ގޮސް ދަބަހަށް ބޭނުންވާނެ ހުރިހައި ސާމާނެއް އަޅައިގެން ޝިވަން ނުކުތެވެ. ކާރަށް އެރުމާއެކު ދާ ވަކިމަންޒިލެއް ނުބުނެ ޒާލިމް ކާރު ދުއްވައިލިއެވެ.

ކާރު އައިސް ބޮޑު ބިލްޑިންގްއެއްގެ ކުރިމައްޗަށް މަޑުކޮށްލުމަށްފަހު ޒާލިމް ކާރުން ފައިބައި އެބިލްޑިންގްއާ ދިމާއަށް ހިނގައިގަތެވެ. ޝިވަންވެސް ޒާލިމްގެ ފަހަތުން ހިނގަމުންގޮސް އެބިލްޑިންގް ތެރެއަށް ވަނެވެ.

ލިފްޓުގައި ހަތަރުވަނަ ފްލޯއަށް ގޮސްފައި އެތަނުން ދޮރެއް ހުޅުވައިލައި އެތެރެއަށް ޒާލިމް ވަނެވެ. “އާދޭ އެތެރެއަށް.” ހިނިތުންވެލަމުން ޒާލިމް ބުނެލިއެވެ.

“މީ ކޮންތަނެއް؟” ހައިރާންކަމާއެކު އެބޮޑު އެޕާރޓްމަންޓަށް ބަލައިލަމުން ޝިވަން އަހައިލިއެވެ. “މީ އަހަރެން އުޅެންވެގެން ހިފާފަހުރި ތަނެއް. އޮފީހާ ކައިރިވީމަ. އެކަމަކު މެރީކުރިފަހުން މިތަނަކަށް ނާދެވޭ. ގޭގަ ގިނައިން އުޅެވެނީ. ދެން މިތަން މިގޮތަށް ހުހަށް ހުރުމަށްވުރެ ރަނގަޅުވާނު މީހަކު އުޅެލަން ދިނިއްޔާ ދޯ. އެހެންވެ ހިތަށްއެރީ ޝިވަން މިތަނަށް ގެންނަން. އަން މިއޮތީ މިތަނުގެ ތަޅުދަނޑި. މިއަދަށްފަހު މިއީ ޝިވަންގެ ތަނެއް. އެކަމަކު މިތާގެ ކުލި ދައްކާާނީ އަހަރެން.” އެތަނަށް ނަޒަރު ހިންގައިލަމުން ޒާލިމް ބުނެލީ އުފާވެރި ރާގަކަށެވެ.

“ނޫން ތީކީ ރަނގަޅުގޮތެއް ނޫން. އަހަރެން.. އަހަރެން މިތަނުގެ ކުލި.” ޒާލިމް އަތުގެ އިޝާރާތުން މަނާކުރުމުން ޝިވަން ބުނަންއުޅުނު ވާހަކަ މެދުކަނޑައިލިއެވެ.

“ނޯ ނޯ. މިކަމަށް އިތުރު ބަހުޘެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން.އަދި ޝިވަން އަށް ފައިސާވެސް ލިބެނީކީ ނޫން. ސޯ އެހަށް އަލިމަގެއް ފެންނަންދެން އަހަރެން ޝިވަންއަށް އެހީވިޔަދީބަލަ. އެކުވެރިން ތިބެނީ ކޮންމެވެސް ކަމަކުއޭ. އެންޑް ޔެސް. ހީކޮށްލާ މިއީ ޝިވަން ހެޔޮމަގަށް އެޅުނަތީ އަހަރެންގެ ފަރާތުންދޭ ކުޑަ ހަދިޔާއެއްކަމަށް. ސޯ ޕްލީޒް. އަހަރެންގެ ފަރާތުން މިހަދިޔާ ގަބޫލުކުރޭ. އާން އަދި އެއްވާހަކަ. މާދަމާއިން ފެށިގެން އަހަރެން ފޮނުވާނަން ގޭތެރެ ބަލަހައްޓާ ކައްކައި ހަދާނެ މީހެއްވެސް. ދެން މާދަން ހެނދުނު 8 ޖަހާއިރަށް ތައްޔާާރުވެގެން ހުރޭ އޮފީހަށްދާން. އަހަރެން އަންނާނަން ބަލާ. އޯކޭ. ޓޭކް ކެއަރ. ދެން ދޭ ނިދާލަން. މާދަން އަވަހަށް ހޭލަންވެސް ޖެހޭނު.” ޒާލިމްގެ ހިތްހެޔޮކަންފެނި ފެންކަޅިވެފައި ހުރި ޝިވަންގެ ކޮނޑުގައި ޖަހައިލަމުން ޒާލިމް ބުނެލިއެވެ. އަދި ދަނީކަމަށްބުނެ އެތަނުން ނުކުތެވެ.

** ** **

އަލްކާ މިހާރު ވަނީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. މަދުމަދުން ނަމަވެސް ޔައިޝްއާ ވާހަކަދައްކާ ހަދައެވެ. ކުރިން އޮތްފަދަ ގާތް ގުޅުމެއް އެދެމެދުގައި ނެތަސް އަލްކާ ވާހަކަދައްކާތީ ޔައިޝް ހިތްހަމަޖެހެއެވެ.

ކްލާހުގައި ހޭދަވާ ވަގުތުތަކު އަލްކާގެ ހަމަހިމޭންކަމުން ޔައިޝްގެ ހިތް ރޮއްވައެވެ. އެހެނަސް ކެތްތެރިވަމުން ދިޔައީ އަދި ހުރިހައި ކަމެއްވެސް ރަނގަޅުވާނެކަމުގެ އުއްމީދު ްެހިތުގައި އޮތްލެއް ބޮޑުކަމުންނެވެ. ރޭގަނޑު ހޭދަވެގެންދާ ހަމަހިމޭން ވަގުތުތަކު އަލްކާމަތިން ހަނދާންކޮށްފައި ޔައިޝް ކަރުނަ އަޅައެވެ.

ޔައިޝްއެކޭ އެއްފަދައިން އަލްކާގެ ހާލަކީވެސް އެއީއެވެ. ފޯނުގައިހުރި އެދެމީހުން ކޮށްފައިވާ މެސެޖުތައް ދުވާލަކު އެތައްފަހަރަކު ކިޔައި ހަދައެވެ. ދެލޮލުން ކަރުނަ އޮހޮރާހާލު އުފާވެރި ދުވަސްތަކަކަށް އިންތިޒާރުކުރަމުން ދިޔައެވެ. ޔައިޝް ފެންނަންހުންނަ ވަގުތުތަކު އެރީތި ސޫރައަށް ބަލަން އަލްކާ ޖެހިލުންވަނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެއީ އެހެންމީހެއްގެ ހައްގެކޭ އަބަދު ހިތަށް އަރަނީއެވެ. އެލޯބި އަލުން އަނބުރައި ލިބޭނެބާއޭ އޭނާގެ ހިތަށްއަރާ ފަހަރުވެސް ވަކި މަދެއްނޫނެވެ.

ކުޑަދޮރު ކައިރީގައި ހުއްޓިހުރި ނައިރާގެ ދެލޯވަނީ ފެންކަޅިވެފައެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅާ ނަޒަރު ހިންގައިލައެވެ. ޝިވަންގެ ކޯލަކަށް އިންތިޒާރު ކުރާތާ މިހާރު ކޮންދުވަހެއް ހެއްޔެވެ؟ ނަމަވެސް އެއްވެސް ޝަކުވާއެއްނެތި އަދިވެސް އޭނާ އިންތިޒާރު ކުރަމުން އެދަނީ ޝިވަން ގުޅާނެ ދުވަހަކަށެވެ. ކޮންމެ ދުވަހެއް ނިމިގެންދަނީ އެއިންތިޒާރަށް ފޮނި ނިމުމެއް ނައިހެވެ.

** ** **

މިޒްރާގެ ބަނޑަށް ދެމަސްފުރިއްޖެއެވެ. ގިނައިން ހޮޑުލެވުން ފިޔަވައި އިތުރު އެއްވެސް ދަތިކަމެއް އޭނާއަކަށް ކުރިމައްޗެއް ނުވެއެވެ.

އޭނާ ބަނޑުބޮޑުވުމުން އެހުރިހައި ކަމެއްގެ ޒިންމާއެއްވެސް އޭނާ އެޅުވީ ޔައިޝްގެ ބޮލުގައެވެ. އޭނާއަށް ޖެހިފައި އެހުރި ހާލު ޖެހުނީ ޔައިޝްގެ ސަބަބުންކަމަށް އަބަދުވެސް މިޒްރާ ގެންދަނީ ބުނަމުންނެވެ.

ޔައިޝް ގެއަށް އައުމަށްފަހު އެޝަކުވާ ނުކުރާ ހަމަ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އެކަމާއަޅައި ޔައިޝް ހުންނަނީ ބޯގޮވާވަރު ވެފައެވެ.

** ** **

ޗުއްޓީ ހަމަވުމާއެކު އަނބުރައި މާލެ ދިއުމަށް ނައިރާ ފުރިއެވެ. އޭނާ ބަލައި އެއަރޕޯޓަށް ހާމިދާއާ އަޖުވަދުވެސް އައިސް ތިއްބެވެ. ބޯޓުން ފޭބުމަށްފަހު އެމީހުންގެ ފަހަތުން ނައިރާ ހިނގައިގަތެވެ.

ހާމިދާ އައިސް ލޯބިން ބައްދައިލުމުން ނައިރާ ހިނިތުންވެލިއެވެ. އަޖުވަދާއި ހާމިދާ އެތައް ވާހަކައެއް ދެއްކިއިރުވެސް ނައިރާގެ ފަރާތުން މާކަބޮޑު ޖަވާބެއް ނުލިބުމުން އެންމެފަހުން އެދެމީހުންވެސް ވާހަކަދެއްކުން ހުއްޓައިލީއެވެ.

އެއްވެސް އުފާވެރިކަމެއްނުވާ އެމޫނުމައްޗަށް ހާމިދާ ބަލައިލީ ހިތާމަވެރި ގޮތަކަށެވެ. އެއީ އޭނާގެ ކުރީގެ ދަރިފުޅެއް ނޫނެވެ. އެދުވަހަށްފަހު ނައިރާއަށް އައިސްފައިވާ ބަދަލުތަކާމެދު ވިސްނަމުން ހާމިދާ ނައިރާގެ އަތުގައި ހިފައިގެންހުރެ ހިނގަމުންދިޔައެވެ.

ކޮޓަރިއަށް ވަނުމަށްފަހު ދަބަހުގައި އޮތް ފޯނު ނަގައި ނައިރާ އޮންކޮށްލިއެވެ. އެއާއެކު ނުދަންނަ ނަމްބަރަކުން ގުޅައިފައި އޮތްކަމުގެ މެސެޖެއް ނައިރާއަށް އައެވެ.

އަވަސްވެފައިވާ ހިތަކާއެކު ތުރުތުރުލަމުންދިޔަ އަތުން ނައިރާ އެނަމްބަރަށް ގުޅައިލިއެވެ. ރިންގް ހުސްވެގެން ދިޔައިރުވެސް އެކޮޅުން ފޯނެއް ނުނެގިއެވެ. މާޔޫސްކަމާއެކު ފޯނަށް ބަލައިލަމުން ނައިރާ ފެންވަރަން ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. ފޫހިވެފައި ނައިރާ އެނދުގައި އޮށޯވެލައިގެން އޮތެވެ. ކުއްލިއަކަށް ފޯން ރިންގްވާން ފެށުމުން އަވަސް އަވަހަށް ފޯނުނަގައި ދިއްލެމުންދިތަ ސްކްރީނަށް ބަލައިލިއެވެ. އެއްކަލަ ނުދަންނަ ނަމްބަރެވެ.

ޖެހުލުންވެހުރެ ފޯންނަގައި ކަންފަތުގައި ޖައްސައިލަމުން ހަލޯއޭ ބުނެލިއެވެ. އެއާއެކު އެކޮޅުން އިވިގެންދިޔައީ ހިތްގައިމު ފިރިހެންވަންތަ އަޑެކެވެ.

“ޝި.. ޝި.. ޝިވަން.” ރޮވިފައި ނައިރާއަށް އެނަން ކިޔައިލެވުނެވެ. އާނއެކެވެ. އެއަޑުންވެސް އެއީ ޝިވަންކަން ވަގުތުން ނައިރާއަށް އެނގުނެވެ. އެއަޑަކީ ދުވަހަކުވެސް ނައިރާއަށް އޮޅޭނެ އަޑެއް ނޫނެވެ.

“ނައި. އަހަރެންގެ ލޯބި ނައި. ކިހިނެއްތަ؟” ރޮވިފައިހުރެ ޝިވަން ވާހަކަދައްކަން ފެއްޓިއެވެ. އެތައް ދުވަހަކަށްފަހު އެޖާދުވީ އަޑު ޖެހެމުން ޝިވަންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.

ދެހިތުގެ ހާލު އެކަކު އަނެކަކަށް ލޯތްބާއެކު ބަޔާންކޮށްދެމުން ދިޔައިރު ދެމީހުންވެސް ތިބީ ނުހަނު އުފާވެފައެވެ. އުފާވެރިކަމުގެ ކަރުނަތައް ކޮންމެ މީހެއްގެ ލޮލުންވެސް އޮހޮރެމުން ދިޔައެވެ. މިއަދު އެކަރުނައިންވެސް ދެމީހުންނަށްލީ ފޮނި ރަހައެވެ. އާނއެކެވެ. ކުރިދިގު އިންތިޒާރުގެ ފޮނިކަން ދެހިތަށްވެސް އިހުސާސުވަމުން ދިޔައެވެ. ކުރިއަށް ދެންއޮތީ ނައިރާގެ މައިންބަފައިންގެ ރުހުން ހޯދުމެވެ. އެކަންވެސް ޝިވަން ކުރާނެއެވެ.

ޝިވަންއަށް ވަޒީފާ ލިބުމުން އެންމެ އުފާކުރީ ނައިރާއެވެ. ޝިވަން އޭނާ ގާތު ބުނިފަދައިން މުސާރަލިބުމާއެކު އެންމެ ފުރަތަމަވެސް ޝިވަންގަތީ ފޯނެކެވެ. އެލޯބި އަޑު ބޭނުން ކޮންމެ ހިނދެއްގައިވެސް އިވެން ޝިވަން ބޭނުމެވެ. ރޭގަނޑު އެއްދަން ވާހަކަދެއްކުމުގައި ދެމީހުން ހޭދަކުރީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ލޯތްބާ އުފަލާއެކު އެވަގުތުތައް ފާއިތުވެދިޔަ ގޮތްވެސް ދެހިތަށް ނޭނގުނެވެ.

** ** **

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ބްރޭކް ގަޑިކަމުން ޝިވަން ނުކުތީ ގެއަށް ގޮސް ކައިލައިގެން ނަމާދުކޮށް ހަދައިގެން އަވަހަށް އޮފީހަށް އައުމުގެ ބޭނުމުގައެވެ. ހިނގައިފައި މަގުގެ އެއްކޮޅުން ދިޔަ ޝިވަންގެ ނިތްކުރިމައްޗަށް ރޫއަރައިގެން ދިޔައީ މަގުމެދުގައި މާގިނަ މީހުންތަޖެއް ބޮނޑިވެފައިތިބި މަންޒަރުފެނުމުންނެވެ.

ބާރު ހިނގުމެއްގައިގޮސް އެހިސާބަށް ހުއްޓި ވެގެން އުޅޭގޮތެއް ޝިވަން އެތަނުން މީހަކު ގާތު އަހައިލިއެވެ. އެމީހާ ބުނިގޮތުގައި ދެމީހަކު އެކްސިޑެންޓްވެ އެތަނުން އެކަކަށް ވަނީ ވަރަށް އަނިޔާވެފައެވެ.

މީހުންތައް ދުރުކުރަމުން ޝިވަން އެތެރެއަށްވަނީ އެކްސިޑެންޓްވި ދެމީހުންނަކީ ކޮންބައެއްތޯ ބަލައިލުމުގެ ނިޔަތުގައެވެ. އެވަގުތު އެތަނުގައި ވެއްޓިފައިއޮތް އަޖުވަދު ފެނުމުން ޝިވަންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އަވަސް އަވަހަށްގޮސް އަޖުވަދު ނެގިއެވެ. އޭރު އޭނާގެ ބޯފަޅައިގެންގޮސް ލޭ އޮހޮރެމުންދިޔައެވެ. ތުންފަތާއި ނޭފަތުންވެސް ހުއްޓުމެއްނެތި ލޭ ފައިބަމުން ދިޔައެވެ.

ބަލާކަށް ނުހުރެ އަވަސް އަވަހަށް އެތަނުންދިޔަ ކާރެއް މަޑުކުރުވައި އަޖުވަދު ކާރުގެ ފަހަތު ޝީޓްގައި ބޭވުމަށްފަހު ޝިވަން ކުރިއަށް އެރިއެވެ. ދެންއެކްސިޑެންޓްވި މީހާއަށް މާބޮޑު ގެއްލުމެއް ނުލިބުމުން އެތަނުން މީހެއްގެ ސައިކަލުގައި އެމީހާ ހޮސްޕިޓަލަށް ދިޔަ ވާހަކަ މަންޒަރުބަލަންތިބި މީހުންތަކުގެ ތެރެއިން މީހަކު ބުންޏެވެ.

ހޮސްޕިޓަލަށް އަޖުވަދު ގެންދެވުމާއެކު އަވަސްފަރުވާދޭ ބަޔަށް އޭނާ ވެއްދުނެވެ. ދެކޮޅަށް ހިނގައިލަ ހިނގައިލާހުރި ޝިވަންގެ ގަމީސްވަނީ ލެއިން ތަތްތެޅިފައެވެ. ކަންބޮޑުވެފައި އެތަނުން ގޮނޑިއެއްގައި އިނށީދެލައިގެން ޝިވަން އިނެވެ. ޒާލިމްއަށް ގުޅައިލުމަށްފަހު ދިމާވެގެން އުޅޭ ހާާދިސާ ކުޑަގޮތަށް ކިޔައިދިނެވެ. އަދި ބްރޭކް ފަހުން އޭނާއަށް ނުދެވޭނެ ވާހަކަވެސް ބުނެލިއެވެ.

“ޑޮކްޓަރ އޭނަ ކިހިނެއްތޯ މިހާރު؟” އަވަސްފަރުވާދޭބައިން ނުކުތް ޑޮކްޓަރ ފެނުމާއެކު ހާސްވެފައިހުރި ޝިވަން އަހައިލިއެވެ. “އަލްޙަމްދުލިއްލާޙް. ހީ އިޒް އައުޓް އޮފް ޑޭންޖާރ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހޭއަރާނެ. ނަސީބެއް އެހައި އަވަހަށް އޭނަ މިތަނަށް ގެނައިކަން. އެހެންނޫންނަމަ އޭނަގެ ފުރާނައަށް ވަރަށް ނުރައްކާވީސް.” ޝިވަންގެ ކޮނޑުގައި ފިރުމައިލަމުން ހިތްހެޔޮކަމާއެކު ޑޮކްޓަރ ބުނެލިއެވެ. ހާސްވެފައިވާ ޝިވަންގެ ހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިގެންދިޔައެވެ.

“ސަރ. މިބޭސްސިޓީއަށް ބޭސް ނަންގަވައިގެން ގެންނަވާ. އެންޑް ޔެސް ސަރ. ޕޭޝަންޓް ހޭއަރައިފި. ހީ އިޒް ކޯލިންގް ޔޫ.” އަވަސްފަރުވާދޭ ބައިން ނުކުތް ނަރުހެއް ޝިވަން އަތަށް ބޭސްސިޓީ ދެމުން ބުނެލިއެވެ. އަޖުވަދުގެ ކުރިމައްޗަށް ދާން ޝިވަން ޖެހިލުންވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އެތަނަށް ދިއުމުގެ ކުރިން ޝިވަން ދިޔައީ ބޭސް ނަގާށެވެ. އަދި އަޖުވަދު ބަދަލުކުރުމަށްޓަކައި ޕްރައިވެޓް ރޫމެއް ހިފިއެވެ. ފޯނުނަގައި ނައިރާއަށް ގުޅައިލުމަށްފަހު އަޖުވަދު އެކްސިޑެންޓްވި ޚަބަރު ދިނުމަށްފަހު އަވަހަށް ހޮސްޕިޓަލަށް އައުމަށް އެދުނެވެ.

ޝިވަން ބޭސް ނަގައިގެން އަންނަންވާއިރަށް އަޖުވަދު ރޫމަށް ބަދަލުކުރެވުނެވެ. މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު ޝިވަން އެތެރެއަށް ވަނެވެ.

އެނދުގައިއޮތް އަޖުވަދު ދެލޯ ހުޅުވައިލައި ބަލައިލީ އޭނާގެ ފުރާނަ ސަލާމަތްކުރި މީހަކީ ކާކުކަން އެނގެންބޭނުންވެފައި އޮތްލެތް ބޮޑުކަމުންނެވެ. އެތެރެއަށް ވަދެގެން އައި ޝިވަން ފެނުމާއެކު އަޖުވަދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ހިނިތުންވުމުން 11 ވަނަ ބައި

Next

ސިއްރު ސިއްރުން ހިތޭ… (6)

Next
November 9, 2017

ސިއްރު ސިއްރުން ހިތޭ… (6)

Previews
November 9, 2017

ހިނިތުންވުމުން 11 ވަނަ ބައި

136 Comments!

  1. Nau says:
    November 9, 2017 at 11:03 am

    Salaam all.. Here is the 11th part of the story.. Enjoy reading and let me knw if there is a mistake.. Hv a nice day.. Ly all.. ❤

  2. shalu says:
    November 9, 2017 at 11:12 am

    mi first vara reethi hama bala balaa hutaa.

    1. Nau says:
      November 9, 2017 at 11:13 am

      Thanks shalu

  3. Kul says:
    November 9, 2017 at 11:12 am

    Warah reethi story

    1. Nau says:
      November 9, 2017 at 11:33 am

      Thanks dear..

  4. click a shot ? says:
    November 9, 2017 at 11:13 am

    Click ah eyruves hyviey school ga ulhuniru dhimaavi rahtesekey shivan kairiah a aee…ehen dhw mivi..?.omg dhen ajwadh kihineh baa hadhaani..?he would be surprised dhw shivan change vefa hurithan fenunima…by the way varah reethi part eh mi…next part kiyaa hithun mihaaru miny..waitting ?❤️❤️❤️

    1. Nau says:
      November 9, 2017 at 11:33 am

      Oww.. Click haadha molhey dhw.. Hehe.. Thanks dear..❤

    2. click a shot ? says:
      November 9, 2017 at 11:52 am

      Hehe…wc ??

  5. xim says:
    November 9, 2017 at 11:14 am

    Wow hama bala balaa indha up thikohly vvvvv reethi……..waiting for next part

    1. Nau says:
      November 9, 2017 at 11:15 am

      Thanks xim

  6. Airaa says:
    November 9, 2017 at 11:14 am

    Just wooooow. I love this story.

    1. Nau says:
      November 9, 2017 at 11:15 am

      Thanks dear..

  7. xim says:
    November 9, 2017 at 11:15 am

    Wow hama bala balaa indha up thikohly vvvvv reethi……..waiting f
    or next part

    I thought me first kamah but second dhw

    1. Nau says:
      November 9, 2017 at 11:16 am

      Hehe.. Ya dhw.. Thanks xim..

  8. shu says:
    November 9, 2017 at 11:20 am

    Wowwwe . Varah reeeeethi . Nau you have improved alot . Eoh kiyaa hithun indha e ninuny . Next part kon irakun? Waiting waiting . Alheyy dhn vaany kihineh baa . Eagerly waiting for next part . Love you… ♡♡♡

    1. Nau says:
      November 9, 2017 at 11:37 am

      Hehe.. Lets see dhw.. Thanks dear..

  9. yobro says:
    November 9, 2017 at 11:20 am

    mmmmmm salhi ingey. habeyxxxxxxxxx.

    1. Nau says:
      November 9, 2017 at 11:23 am

      Thanks yobro..

  10. Limsha says:
    November 9, 2017 at 11:23 am

    Varah rythi ingey mi part ves

    1. Nau says:
      November 9, 2017 at 11:24 am

      Thanks limsha

  11. Aree says:
    November 9, 2017 at 11:26 am

    I really like this story.. Yaish ah thihn nahadhaba Nau.. avahah Mizra bust khlaba.. vhk vrh vrh reethi.. keep up the good work

    1. Nau says:
      November 9, 2017 at 11:26 am

      Thanks aree..

  12. Ram says:
    November 9, 2017 at 11:27 am

    V salhi

    1. Nau says:
      November 9, 2017 at 11:28 am

      Thanks ram

  13. Aal says:
    November 9, 2017 at 11:30 am

    Varah reethi mi partves. Kn irakun next part?

    1. Nau says:
      November 9, 2017 at 11:37 am

      As soon as possible.. Thanks aal

  14. Paree says:
    November 9, 2017 at 11:35 am

    Hii nau haadha kurey adhi miyadhu 1part genes Dheeb plx plx

    1. Nau says:
      November 9, 2017 at 11:39 am

      Will try ingey dear.. Thanks paree

  15. Mary says:
    November 9, 2017 at 11:43 am

    Next part konirakutha….vvvvv kiyaalaahithu indhaa. …nice???

    1. Nau says:
      November 9, 2017 at 11:50 am

      As soon as possible dear.. Thanks mary

  16. Inaa says:
    November 9, 2017 at 11:46 am

    Nau Ah Wure Regular Writer Eh Adhi Nudheken..? Love The Story BTW..?? Good Luck..?

    1. Nau says:
      November 9, 2017 at 11:51 am

      Thanks inaa..?

  17. aki says:
    November 9, 2017 at 11:46 am

    vvv reethi vaahaka.. adhi miadhu one part up kohla dheebaa pls

    1. Nau says:
      November 9, 2017 at 11:52 am

      Thanks aki.. Will try ingey..

  18. Awa says:
    November 9, 2017 at 11:46 am

    Hes kiyaafa reethi ingey nau.. next part kiyaahithun hurevenyehvx noon?

    1. Nau says:
      November 9, 2017 at 11:52 am

      Thanks awa

  19. Mai says:
    November 9, 2017 at 11:51 am

    Varah varah reethi. Next part ves avahah up kohlahchey?

    1. Nau says:
      November 9, 2017 at 12:03 pm

      Yes mai.. Thanks

  20. Rsh says:
    November 9, 2017 at 11:55 am

    WOW V Salhi Waiting for next engey…….

    1. Nau says:
      November 9, 2017 at 11:59 am

      Thanks dear..

  21. Ainth says:
    November 9, 2017 at 12:04 pm

    Masha Allah.. Nau haadha haadha rychey mibaives.. Aslu nau ge mind haadha baraabarey.. V v hiyaal thanavas igey nau.. Luv u nau

    1. Nau says:
      November 9, 2017 at 12:07 pm

      Awwn.. Thank u sooo sooo much ainth.. Luv u too dear..

  22. xim says:
    November 9, 2017 at 12:09 pm

    Wooow….ehme fahunn Ajuvadhu ge loabi vx shivann hoadhee dhww…?..nd mi story kiyaa hero varah molhu..hehehe….keep it??

    1. Nau says:
      November 9, 2017 at 12:12 pm

      Hehe.. Thanks xim?

  23. liakail says:
    November 9, 2017 at 12:12 pm

    nau kail comment nukurias nauge mi vaahaka baraabarah kiyan nd varah reethi

    1. Nau says:
      November 9, 2017 at 12:13 pm

      Thanks kail.. Happy to see ur comment dear.. ?

  24. Xee says:
    November 9, 2017 at 12:22 pm

    Wow woooo wooo?? mi part ves vv reathi????❤❤????????? xee buxy vee ma comment nukuranyy bt hurihaa part eh ves kiyan and den koniraku tha yaish ah ingeynyy eiy ehen meehege kujeh kan and mihaaru ajuvadu okey vaane kanneyge dw shivam aa nairaa.I think ?? and plx plx story ehaa avahah ninmaa nulathcey nd plx miadhu adhi one more part up ☝ koladeveythw balaathi love u???? u are the best waiting………….

    1. Nau says:
      November 9, 2017 at 12:37 pm

      Its ok xee.. Comment nukuriyas stry kiyaathy v happy vehje.. Ya dear will try ingey.. Thanks xee..

  25. Pinky shifoo says:
    November 9, 2017 at 12:24 pm

    Wowwww Nau… It’s awesome…. V v v reethi… V v kiyaalaahithun mi kiyaalee… Dhn kihineh baa vaanee… Alhey Nai ge dad shivan dheke rulhinaanahchey plxxxxx… Curiously waiting for next part…

    1. Nau says:
      November 9, 2017 at 12:37 pm

      Thanks pinky shifoo..

  26. rose says:
    November 9, 2017 at 12:27 pm

    Vrh reethi…avah up kohdheythyve vrh ufaave…thanx

    1. Nau says:
      November 9, 2017 at 12:38 pm

      Thanks n wlcm rose..

  27. Àxu says:
    November 9, 2017 at 12:32 pm

    Wow… v nice… dhn mizra bust kohla awahah… i cnt wait to see her struggle..??????

    1. Nau says:
      November 9, 2017 at 12:38 pm

      Hahaha.. Saabahey.. Wait wait.. Adhi thikanvx vaane dhw.. Hehe.. Thanks axu..

  28. Sidhu says:
    November 9, 2017 at 12:34 pm

    Alhe nau v kiyaa huthun hutta thi ninmaali…..waiting 4 next part…when next part …..

    1. Nau says:
      November 9, 2017 at 12:39 pm

      Thanks sidhu.. Write koh ninunuhaa avahah upkoh dheynan..

  29. samahaa says:
    November 9, 2017 at 12:40 pm

    Very nice ??????? adhi miadhu one part up kohla dheebala plx plx plx nau can’t wait ???? plx I hope you will up one part today ?

    1. Nau says:
      November 9, 2017 at 12:41 pm

      Thanks dear.. Will try my best ingey.. ?

  30. mal-sha says:
    November 9, 2017 at 12:43 pm

    Adhi one part up kohla dheebala nau plx plx can’t wait ?????

    1. Nau says:
      November 9, 2017 at 12:52 pm

      Thanks dear.. Will try

  31. sana says:
    November 9, 2017 at 12:45 pm

    Wowwww! Nice????????????????

    1. Nau says:
      November 9, 2017 at 12:52 pm

      Thanks sana

  32. Ino says:
    November 9, 2017 at 12:46 pm

    Nau hyvey varah reethivaanehen adhi kiyaalaafa komment kohlaanan,

    1. Nau says:
      November 9, 2017 at 12:53 pm

      Hehe.. Yes dear.. Thanks

  33. Alisha says:
    November 9, 2017 at 12:47 pm

    Wow!

    1. Nau says:
      November 9, 2017 at 12:53 pm

      Thanks alisha

  34. Aishath says:
    November 9, 2017 at 12:49 pm

    Just wowwww!I love this story plx today adhi one part up kohla dheebala plx nau

    1. Nau says:
      November 9, 2017 at 12:53 pm

      Thanks aishath.. Will try ingey

  35. ham says:
    November 9, 2017 at 12:51 pm

    Wow! I love you’re story’s you number one ????????

    1. Nau says:
      November 9, 2017 at 12:54 pm

      Awwn.. Thanks alot ham..

  36. SJK...KOREAN says:
    November 9, 2017 at 12:53 pm

    wow. masha allah varah reethi mi partvx. nau ge haadha rangalhey. mihaa dhigukoh genes dheythee 😉 waiting waiting.. loves

    1. Nau says:
      November 9, 2017 at 12:55 pm

      Thanks sjk.. ?

  37. Axka says:
    November 9, 2017 at 12:53 pm

    Wow! When next part???

    1. Nau says:
      November 9, 2017 at 12:55 pm

      Thanks axka.. As soon as possible..

  38. Fathimath says:
    November 9, 2017 at 12:57 pm

    Nau haadha rangalhey mashaa Allah varah reethi mi partvx ????????????????

    1. Nau says:
      November 9, 2017 at 12:59 pm

      Thanks dear..

  39. Agree says:
    November 9, 2017 at 12:59 pm

    Nau haadha rangalhey mashaa Allah varah reethi mi part when next part nau????

    1. Nau says:
      November 9, 2017 at 1:01 pm

      Thanks dear.. Next part in sha allah soon..

  40. ❤️santhi❤️ says:
    November 9, 2017 at 1:01 pm

    Wow!! Hama bunaane ehceh neygifa mi hunnanee.. story vvv reethi. When next part? Avahah up kohdhehcey.. plx plx nau. Luv u ❤️

    1. Nau says:
      November 9, 2017 at 1:03 pm

      Thanks dear.. Ya will try.. Luv u too..❤

  41. Ram says:
    November 9, 2017 at 1:02 pm

    Yeah nau is best she replay all the comments ??? you are number one???

    1. Nau says:
      November 9, 2017 at 1:04 pm

      Hehe.. Thanks ram..?

  42. Ramsha says:
    November 9, 2017 at 1:05 pm

    Nau pls pls today adhi one part up kohla dheebala plx nau plx

    1. Nau says:
      November 9, 2017 at 1:07 pm

      Will try dear.. Thanks

  43. lol? says:
    November 9, 2017 at 1:06 pm

    Wowww! ????

    1. Nau says:
      November 9, 2017 at 1:09 pm

      Thanks lol.. Hehe..

  44. liaa says:
    November 9, 2017 at 1:08 pm

    Very very very very nice mashaa Allah??????

    1. Nau says:
      November 9, 2017 at 1:09 pm

      Thanks liaa..?

  45. long says:
    November 9, 2017 at 1:09 pm

    mashaa Allah very nice ????????????????????

    1. Nau says:
      November 9, 2017 at 1:10 pm

      Thanks dear

  46. lai says:
    November 9, 2017 at 1:11 pm

    Mashaa Allah

    1. Nau says:
      November 9, 2017 at 3:46 pm

      Thanks lai

  47. king&Queen says:
    November 9, 2017 at 1:14 pm

    Wowww! Plx plx today one part up kohla dheebala plx nau can’t wait♥♥♥

    1. Nau says:
      November 9, 2017 at 3:46 pm

      Thanks dear.. Will try

  48. nuz says:
    November 9, 2017 at 1:14 pm

    wow v reethi rovihje ????ehaavess furihama well done dr kiyaa hithun inymaa hevany mi part v kuruhen?????dhen vaany kihinehbaa hahahhaa poor shivan ☺☺☺

    1. Nau says:
      November 9, 2017 at 3:46 pm

      Thanks nuz..

  49. plx plx plx says:
    November 9, 2017 at 1:15 pm

    today one part up kohla dheebala plx

    1. Nau says:
      November 9, 2017 at 3:47 pm

      Hehe.. M trying dear..

  50. player says:
    November 9, 2017 at 1:16 pm

    Nice!????

    1. Nau says:
      November 9, 2017 at 3:47 pm

      Thanks player

  51. old man says:
    November 9, 2017 at 1:18 pm

    Mashaa Allah very nice

    1. Nau says:
      November 9, 2017 at 3:47 pm

      Thanks dear

  52. shape says:
    November 9, 2017 at 1:20 pm

    Mashaa Allah nice story

    1. Nau says:
      November 9, 2017 at 3:48 pm

      Thanks shape

  53. shaa says:
    November 9, 2017 at 1:21 pm

    Wow!

    1. Nau says:
      November 9, 2017 at 3:48 pm

      Thanks shaa

  54. reader says:
    November 9, 2017 at 1:22 pm

    Very nice

    1. Nau says:
      November 9, 2017 at 3:48 pm

      Thanks reader

  55. Hana says:
    November 9, 2017 at 1:22 pm

    Wow nau Vvvv reethi mi story avahah aneh part up kodhyba

    1. Nau says:
      November 9, 2017 at 3:49 pm

      Thanks hana

  56. lovely girl says:
    November 9, 2017 at 1:25 pm

    Nau you are so lucky now you got 100 comments

    1. Nau says:
      November 9, 2017 at 3:49 pm

      Hehe.. Thanks lovely girl

  57. Nashth says:
    November 9, 2017 at 2:04 pm

    Omg hyvx nukuraanah gothakah mi vee

    1. Nau says:
      November 9, 2017 at 3:49 pm

      Ehntha.. Hehe.. Thanks dear

  58. Ram says:
    November 9, 2017 at 2:22 pm

    V v v furihama.v ragalhu avaha up colaathee.ekamu kiyyaa hithun indhaa nimenee. Keep it up

    1. Nau says:
      November 9, 2017 at 3:50 pm

      Thanks ram

  59. Shudha says:
    November 9, 2017 at 2:27 pm

    Oh yes v salhi… dhn ajwad ah ingeyne dhw shivan ge rangalhu vee kan… hope everything will be ok.. nice story… keep up the good work ☺?

    1. Nau says:
      November 9, 2017 at 3:50 pm

      Thanks shudha

  60. jjey ? says:
    November 9, 2017 at 2:32 pm

    Nau ls mrey aneh part up kollabala. Pls pls pls pls pls?????

    1. jjey ? says:
      November 9, 2017 at 2:32 pm

      Pls*

    2. Nau says:
      November 9, 2017 at 3:51 pm

      Hehe.. I will try my best.. Thanks jjey

  61. yunaa says:
    November 9, 2017 at 2:42 pm

    nau…..haadha salhiey……..next part kiyaahithun hama nuves hurevey…….ehaaves reethi….may god bless you nau…..

    1. Nau says:
      November 9, 2017 at 3:51 pm

      Thank u soo much yunaa

  62. Ma says:
    November 9, 2017 at 3:47 pm

    Salhi

    1. Nau says:
      November 9, 2017 at 3:54 pm

      Thanks dear

  63. ximya says:
    November 9, 2017 at 6:05 pm

    Haadha lwbi story ekey.. when is nxt part?

    1. Nau says:
      November 9, 2017 at 6:12 pm

      Thanks ximya.. In sha allah tnyt..

  64. Shai says:
    November 9, 2017 at 7:18 pm

    asluves hama Shai heekuree dhivehi teacher ehkamah . Shai hama v gina vaahakathah kiyan ekam hama mi vareh neiy .

    1. Nau says:
      November 9, 2017 at 8:27 pm

      Hehe.. Thanks shai.. ?

  65. Eyra says:
    November 9, 2017 at 7:27 pm

    V best ?

    1. Nau says:
      November 9, 2017 at 8:27 pm

      Thanks eyra?

  66. alva says:
    November 9, 2017 at 8:43 pm

    salhi. salhi

    1. Nau says:
      November 9, 2017 at 9:21 pm

      Thanks alva

  67. Airaa says:
    November 9, 2017 at 9:06 pm

    Pls nau vaahaka up kohdhyba avahah. Kiyaa hithun hama nuhurevey

    1. Nau says:
      November 9, 2017 at 9:22 pm

      Hehe.. M trying dear.. In sha allah tnyt ge vaguthehga up kuraanan.. Nw type kurany.. Nimunuhaa avahah up kohdheynan ingey.. ?

  68. mahi says:
    February 10, 2018 at 8:09 pm

    beautiful??

Comments are closed.

Next Episodeހިތްއެކީ ދެވިއްޖޭ (12)←


All Right Reserved!