ސިއްރު ސިއްރުން ހިތޭ… (7)
“އައްސަލާމް އަލައިކުމް.. އޭ ޝަބީން ދެން އެކަމަކުދޯ.. އަޅެ ހިތްކިޔާކަހަލަ ގޮތެއް މަގައިގަ ހުރީތަ.. އަނެއްކާ ތި އައިނު އެޅީމަ މަފެންނާނީ އަންހެނެއްގެ ސިފައިގަތަ… ތިވަރަށް ތިބަލަނީ.. ” ” ތީ.. ތީ.. ” “ސާބަހޭ.. މީ މަލީހް.. ” އެންމެފަހުން ޝަބީންއަށް ފުރިހަމަނުކުރެވިގެން އުޅެނިކޮށް މަލީހް ބުނެލިއެވެ. ވީ އުފަލާއެކު މަލީހްގައި ބައްދާލަމުން “ބްރޯ.. މިހާރު ހަމަރަންގަޅަށްވެސް ޑޮކްޓަރަކާ ތަފާތެއްނެތް.. އެކަމަކު ހާދަބޮޑަކަށޭ ތިހުރީ ޗޭންޖްވެލާފަ މީ އަނެއްކާ އަންހެނުންތަ.. ” އެހެން އަހާލުމާއެކު މަލީހްއަށް ހެވުނީ ކެތްނުވުމުންނެވެ. ” އެކަމަކުވާ ދޯދެން.. މީ ޖުމާ އެއްނު.. ” އެހެން ބުނުމާއެކު ޝަބީންގެ މެއަށް ހީވީ މީހަކު ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. ހީކުރިގޮތާ ހިލާފަށް އެހާ ދުވަސްވީއިރު ޖުމާހުރީ މަލީހްކައިރީގަ ހެއްޔެވެ. އަދި އެހާބޮޑު ބަދަލެއް އެއައީ ހަމަ މަލީހްގެ ސަބަބުން ބާއެވެ. މިހުރިހާ އެއްޗެއް ހިތަށް އައިނަމަވެސް ދުލުން ބޭރުކުރާނެހާ ހިތްވަރެއް ޝަބީން އަކަށް ނުލިބުނެވެ. ” ރެޕަންޒަލް ކޮންއިރަކުތަ ބުރުގާ އެޅީ.. ” ވާހަކަ އޮޅުވާލަންވެގެން އެންމެފަހުން ޝަބީން އެހެން އަހާލުމާއެކު ޖުމާގެ ދޮންމޫނު ރަތްވެގެންދިޔައެވެ. ސާދިޔާ އެންމެފަހުން ޝަބީން ދުރުކޮށްލާފައި އައިސް މަލީހް އާއި ޖުމާ އަށް ވަކިވަކިން ސަލާމް ކޮށްލުމަށްފަހު ހާލުއޮޅުން ފިލުވިއެވެ. އެހުރިހާއިރު ނަގާޖެހިބުދެއްހެން ޖާވިދުއަށް އިނދެވުނީ މަލީހްގެ މޫނަށްބަލާށެވެ. ކީއްވެކަމެއް ހުދުއޭނައަށްވެސް ނޭންގެއެވެ. ހިތްބުނަމުން ދިޔައީ އެއީ ވަރަށް ގާތް ފަރާތެއްކަމުގައެވެ.ނަމަވެސް ކިހިނެއް ކޮންގޮތަކުން ކަމެއް ޖާވިދުގެ ވިސްނުމަކަށް ނައެވެ. ހުރިހާމިހުން ވާހަކައިގައި ތިއްބާ ފްލައިޓްއަށް އަރަން ގޮވާލުމާއެކު ސާދިޔާމެން އެތެރެއަށް ދާން ހިގައިގަތެވެ. ވެފައިވާ ދަތުރު ވަރުބައްޔާއެކުގައި ނަމަވެސް ސާދިޔާމެން ފުރުވާފައި މަލީހުމެންވެސް މާލެއައީ ޝަބީން އާއި ނަވާރުއާއެކުގައެވެ.
“ބްރޯ.. އަސްލުކީއްވެތަ އަންގާނުލާތިއައީ.. ” ޖުމާ އަށް އަވަސްނަޒަރެއްދެމުން ޝަބީން އަހާލިއެވެ. “ޖުމާ ބޭނުންވަނީ ބައްޕައަށް ސަޕްރައިޒްއެއްދޭން ދޯ ޖުމާ.. ” ޖުމާއަށް ދޯދެމުން މަލީހްވެސް ބަލާލީ ޝަބީންކައިރީގައި އިން ނަވާރުއަށެވެ. ހާދަބޮޑަކަށް ނަވާރު ބަދަލްވެއްޖެއެވެ. ހަމަރަނގަޅަށްވެސް މިހާރު ބިޒްނަސް ވުމަންއެއް ވައްތަރުޖަހައެވެ. އެކަމަކު މިހާރު އަދި އެހެން ހުރުމުން މާލީހްއަށް މާކަމުދެއެވެ. މަލީހް ގެއްލިފައި އިންދާ ސިހުނީ ޝަބީން ގޮވާލުމުންނެވެ. ނަސީބަކުން އައިނު އަޅައިގެން ހުރުމުން ނަވާރަށް ބަލަން ހުރިކަމެއް ޝަބީންއަކަށްވެސް ނޭންގެއެވެ. ނަވާރުގެ ހާލަކީތޯއެވެ. މަލީހްފެނުނީއްސުރެ ކަރުބުޑުގައި އަޑުވެސް ތާށިވެފައި ވާކަހަލައެވެ. ސިއްރު ސިއްރުން މަލީހްއަށް ބަލަމުންދިޔައީ ކައިރީގައި ހުރި ޖުމާއަށް ހިތުގައި ހަސަދައިގެ ހުޅުއަންދަމުންނެވެ. ހަގީގަތުގައި އެއްވެސް ކުއްޖަކަށް އަނެއްކުއްޖެގެ ހިތުގެ ހާލަތެއްނޭންގެއެވެ. ކިތަންމެ އެކީގައި އުޅުންނަމަވެސް ހިތުގައި ފޮރުވައިގެންއުޅޭ “ރާޖާ.. ނުވަތަ ރާނީ” ވަނީ ކޮންމެކުއްޖަކުވެސް ހަމައެކަނި ހިތުގައި ރައްކައުކޮށްފައެވެ.
އޮފީހުގައި އަވަދިނެތި އުޅުމަށްފަހު ފައިލްތަކެއްހިފައިގެން ނިކުތް ޖުމްނާ އަތުން ފައިލްތަށް ދޫވީ ކުރިމަތީގައި ތިބިމީހުން ފެނުމުން ސިހުމާއެކުގައެވެ. މޫނުފޮރުވައިގެން ތިބިދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލާލުމަށްފަހު ޖުމްނާއާ ދިމާއަށް އަންނަންފެށުމުން އޭނައަށް ފަހަތަށްޖެހެވެން ފެށުނެވެ. އޮފީހުގެ ސެކިއުރިޓީއަށް ހުރިމީހާ ކޮބާތޯ ބަލާލިއިރު ކަމަކު ދާކަށްނެތެވެ. އެފަކީރު އޮތީ އަތާފަޔާބަނދެލާފައި އަނގަމަތިވެސް ބަންދުކޮށްފައި ގޮނޑީ ބިއްދޮށުގައެވެ. އެންމެފަހުން އެމީހުން އައިސް ޖުމްނާގެ އަތުގައި ހިފުމާއެކު ހަޅެލަވައިގަތީ އެހީއަކަށް އެދިއެވެ. ނަމަވެސް ވަގުތުން އެތާހުރި އެކަކު ޖުމްނާގެ އަނގަމަތީގައި ރުމާލެއްޖައްސާ ލިއެވެ. އެއާއެކު ޖުމްނާގެ ގައިން ވަރުދޫވެގެން ދިޔުމުން ދެމީހުން ޖުމްނާގޮވައިގެން އެތާއޮތް ކާރާ ދިމާއަށް ހިނގައިގަތެވެ.
ވެފައިހުރި ވަރުބައްޔާއެކުވެސް ހިތުގެ ހަމަޖެހުންހޯދާލުމަށް ކާރުގައި އައި ޝިވަންއަށް ފެނުނީ ބަޔަކުގޮސް އަންހެންކުއްޖަކު ކާރަކަށް ލީތަނެވެ. އެމީހުންތިބިގޮތުން އެއީ ރަނގަޅުބައެއްނޫންކަން ޝިވަންއަށް ޔަގީން ކުރެވުނެވެ. އަވަހަށް އެމީހުނަށް ފްލޯކުރަންފެށީ ޕޮލިހަށް ގުޅާލުމާއެކުގައެވެ. އޭރު އެމީހުން ގެންދިޔައީ ޝިވަންގެ ލޯހޯދަމުންދާ ހިތުގެ މަލިކާކަމެއް ހުދު ޝިވަންއަކަށްވެސް ނޭންގެއެވެ. ނަމަވެސް އާންމުފަރުދެއްގެ ހައިސިއްޔަތުން ކޮންމެމީހަކަށް އެހީތެރިވުމުގައިވެސް ޝިވަންއުޅެމުންދާތީ މިފަހަރުވެސް އެކަމަށް ކުރިމަތިލީއެވެ. އެކާރުމާލޭގެ ހަނިގޯޅިތަކަށް ވަންނަމުންގޮސް އެންމެފަހުން މަޑުކޮށްލީ ހަދަންފަށާމަފައިވާ އިމާރާތެއްގެ ކައިރީގައެވެ. މަޑުމަޑުން އެމީހުން ފަހަތުން އައިސް މަޑުކޮށްލި ޝިވަންގެ ދެލޯބޮޑުވެގެންދިޔައީ އެއީ އެންމެފަހުން ވެވުނު އެއްބަސްވުމުގައި ޖުވެއިލް ޖޭ.ޖޭ ކުންފުންޔާ ހިއްސާވެގެން ހަދަންފެށި ސިޓީހޮޓެލްގެ އިމާރާތަށް އެމީހުން އެކުއްޖަކު ގޮވައިގެން ވަންނަން ފެށުމުންނެވެ. ވަގުތުން ޕޮލިހަށް ލޮކޭޝަން ބުނެދިނުމަށްފަހު ޝިވަން އެއިމާރާތަށް ވަނީ ކޮންމެ ބަޔަކަށްވިޔަސް އޭނަގެ ކުންފުނީގެ ހިއްސާ އޮތްތާކަށް ވަނުމުން އެކަން މަނާކުރާށެވެ. ނަމަވެސް އެދިޔަބާރުމިނުގައި ގޮސްފައި ޝިވަންހުއްޓުނީ ފެނުން މަންޒަރު ގަބޫލުކުރަން ދަތިވުމުންނެވެ.
މާލެއާދެވުމާއެކު ނަވާރުއާއި ޝަބީން އަވަސްވެގަތީ އޮފީހަށްވަދެލަން ދިއުމަށެވެ. އެދެމީހުން އެކީގައި ސައިކަލްގައި ދިއުމުން ޖުމާއާއި މަލީހްވެސް ޓެކްސީއެއްނަގައިގެން ގެއާދިމާއަށް މިސްރާބްޖެހިއެވެ. ދަމުން ޖުމާ، ޖުމްނާއަށް ގުޅަލީގޭގައި ހުރިތޯބަލާލުމަށެވެ. ނަމަވެސް ފޯނުގެ ރިންގްހުސްވިއިރުވެސް އެއަކަށް ޖަވާބެއްނުލިބުނެވެ. އެހެންވެ އަވަހަށް ބައްޕައަށް ގުޅާލީ ކޮންމެހެންވެސް ގެއަށްވަދެވޭނީ އެއިންމީގަކު ގޭގައި ހުރެގެންކަން ހަނދާންވުމުންނެވެ. “ހަލޯ.. ބައްޕާ ކޮންތާކުތޯ.. ” ” ދަރިފުޅު ކޮން ނަންބަރަކުން ތިގުޅީ.. ބައްޕަ މިއުޅެނީގޭގަ އެކަމަކު ދައްތަފޯނު ނުނަގައިގެން އޮފީހާދިމާއަށް ދާން މިތައްޔާރުވަނީ.. ” ނިމާލްގެ އަޑުގައި ހާސްކަމެއް އެކުލެވިފައި ވާހަކަން އެވަގުތު ޖުމާއަށް އިހުސާސްވުމާއެކު ” ބައްޕަ ހަމަޖެހިލާ.. ” ށޭ ބުނުމަށްފަހު ފޯނުބޭއްވީ ގެއާ ހަމަޔަށް އާދެވުމުންނެވެ.
ދެފަހަރަކަށް ބެލްޖަހާލުމާއެކު ގޭގެދޮރުހުޅުވާލި ނާލް އަށް އޭނަގެ ދޮންތިގެ މޫނުމަތިން ކަމަކާ ދެރަވެފަ ހުރިކަން އެންމެފުރަތަމަ ބަލާލުމުންވެސް އެނގުނެވެ. އެހެންވެ އެހެން ދުވަސްތަކާއި ހިލާފަށް ދޮންތިއަށް ބަލާލާފައި ހީލުމަށްފަހު އަވަހަށް ހަދަންއިން ފިލާވަޅަށް ސަމާލުކަން ދިނެވެ. ނަވާރުވެސް މިއަދު ސިޓިންގްރޫމްގައި މަޑުކޮށްލުމެއްވެސްނެތި އަވަހަށް ގޮސް ކޮޓަރިއަށްވަނީ ބޮލުތެރޭގައިވާ ހިޔާލުތަކުން އެއްފަރާތްވެ އަވަހަށް ފެންވަރާލާ ތާޒާވެލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
ޝިވަން ފޯނުނަގާ ވަގުތުން މަންޒަރު ރެކޯޑްކުރަންފެށިއެވެ. ކުރިމަތީގައި ހުރިމީހާ ޖުމްނާގެނައި ދެމީހުނަށް ދަބަހެއް ދިއްކޮށްލުމަށްފަހު ” އިތުރަށް ކޮންމެ މީހަކަށް ޓިޕްސްގެ ގޮތުގައި ފަސްހާސް އޮންނާނެ..” ކަމުގައި ބުނެލިއެވެ. އެދެމީހުން އިމާރާތުން ނިކުންނަން އަންނަންފެށުމުން ޝިވަން އަވަހަށް އެއްފަރާތްވެލީ އެއިން މީހަކަށް ފެނިގެން މިވަގުތު ސަލާމަތްނުވާނެކަން އެނގޭތީއެވެ. ހަލުވިކޮށް ސިޑިން ފައިބައިގެން ދިޔަމީހުން ގޮސް ޖެހުނީ ޕޮލިހުންގެ ކުރިމައްޗަށްކަމުން އެމީހުނަށް ޕޮލިހުން ކައިރިން މިންޖުވާނެވަގުތުވެސް ނުލިބުނެވެ.
” ހަހަހަ.. ކަލޭ ހީކުރީދޯ.. ޝިވަންފެނުނީމަ އެކަންކުރެވިދާނޭ.. އަހަރެން ހަމަހޭގަހުއްޓަ ޝިވަންކީއްކުރަން އެކަކަށްވެސް ތިމަލުގެ ފޮނިކަމެއް ލިބިޔަކަނުދޭނަން.. ޖުމްނާ ނިމާލް..” ލާމިއު މޮޔައަކުފަދައިން ހޭވެރިކަންނެތް ޖުމްނާއާއި ދިމާއަށް ގުދުވެލާފައި ވާހަކަދައްކަމުން ގެންދިޔައެވެ. އަދި ހަމައެހެންމެ ލައިގެން ހުރި ގަމީހުގެ ގޮއްތައް ނައްޓަމުންދިޔައީ ޖުމްނާ އެހާލުގައި ވަނިކޮށްވެސް ޝައިޠާނާގެ އެދުމަށް ޓަކައެވެ. ވީޑިއޯކުރަން ހުރި ޝިވަންއަށް އެއަންހެންކުއްޖަކީ ކާކުކަން އެނގުމާއެކު ހީވީ ފައިދަށުން ބިންގަނޑުދެމިގަތް ހެންނެވެ. ވަގުތުން އެދިމާއަށް ދާން ތެޅިގަތް ނަމަވެސް އެވަގުތު އެތަނަށް ވަދެގެން އައި ފުލުހުންގެ އޮފިސަރުން ފެނުމާއެކު އަވަހަށް ލާމިއު ދައްކާލިއެވެ. އޭރު ލާމިއު ޖުމްނާގެ ގަމީހުގެ ގޮއްތައްނެއްޓުމުގައި އުޅެނީއެވެ. ” ހަމަމިހާރު ތިހުރިގޮތަށް އިށީންދޭ.. ” އިސްކޮށްހުރި ފުލުސްމީހާ އެހެންބުނުމާއެކު ލާމިއު ދިޔައީ ސިއްސައިގެންނެވެ. އޭރު އެތަނަށް ޖުމްނާ ގެނެސްދިން ދެމީހުންވެސް ބިޑިއަޅުވައިގެން ގެނެސްފައި ތިއްބެވެ. “ޝިޓް.. ” ޝިޓްމަތީގައި ބާރަށް އަތުން ޖަހަމުން ލާމިއު އެހެންބުނެލީ ދެން ސަލާމަތް ނުވާނެކަން އެނގުމުންނެވެ. ހަމަ އެވަގުތު ޝިވަން ވެސް އައިސް ލާމިއުގެ ކުރިމައްޗަށް އެރީ ރުޅިއައިސް ރަތްވެފައިވާ ސިންގާއެއްފަދައިންނެވެ. ފުލުހުން ލާމިއު އަތުގައި ބިޑިއަޅުވަން އައުމުން އެކަން މަޑުޖައްސާލުމަށް އެދުމަށް ފަހު ޝިވަން ލާމިއު އާއި ކުރިމަތިލިއެވެ. ” އަހަރެން ހީވެސްނުކުރަން މިވީ އެއްއަހަރުތެރޭގަ ކުންފުނީގެ އިސްމަގާމެއްގަ ތިކަހަލަ ގޭންގްސްޓަރ އެއްހުރިކަމަށް… މީގެކުރިންވެސް ލާމިއުއާ ގުޅޭ ކިތަންމެ ކޮންޕަލައިންއެއް އައި ކިތަންމެ ހެއްކެއް ވެސް ގެނައި އެކަމަކުވެސް އަހަރެން ކަލެއަށް އިތުބާރުކުރިން އެއިން އެއްވެސް ހެއްކެއް އަހަރެން ނުބަލަން.. ބައްޕަ ނަގާފަ ހުރި މުއައްޒަފެއްވީތީ ގަދަރު ކުރިން.. އެކަމަކު މިއަދު ކަލޭގެ ފަތިފުއް ވަރަށް ރަނގަޅަށް ހާމަވެއްޖެ .. އެކަމުގެ ހެކި އަހަރެންގެ ފޯނުގަ ރެކޯޑްވެސް ކުރެވިއްޖެ..އަދި ދެންހުރި ކަންކަމުގެ ހެކިތަށްވެސް އަހަރންގެ އަތުގައި ހުންނާނެ.. ހަނދާން ކުރާތި މީގެފަހުން ތީކީ އަހަރެންގެ މުއައްޒަފެއްނޫން.. ޔޫރ ފަޔާޑް ލާމިއު… ” ޝިވަން އެއްޗެހިގޮވާލިމާއެކު ލާމިއުގެ މޫނަށް ހޫނުއެތިފަހަރެއް ރައްދުކުރިއެވެ. އަދި ފުލުހުންނަށް އޭނާ ހައްޔާރުކޮށް ހައްޤުއަދަބުދިނުމަށް ބުނުމަށްފަހު ޝިވަން އަވަސްވެގަތީ އަންހެން ދެފުލުހާއެކު ޖުމްނާ ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށެވެ.
ޖުމާމެން ކާރުން ފައިބައިގެން ގޮސް ގޭޓްކައިރީގައި މަޑުކޮށްލުމުން ސެކިއުރިޓީއަކަށް ހުރިމީހާގެ ސުވާލުތަށް ކުރިމަތިވިއެވެ. އެތަށް ފަހަރަކު ބުނިނަމަވެސް އެމީހާ ޖުމާގެ ވާހަކަ ގަބޫލެއްނުކުރިއެވެ އެހެންވެ ބައްޕައަށް ގުޅަން ފޯނުނެގިތަނާހެން ނިމާލް ކާރުގައި ނިކުންނަން އައިސް ގޭޓްނުހުޅުވައިގެން ބަރުގޮނޑު އަޅާލިއެވެ. އެއާއެކު ކުރިމަތީގައި ތިބިމީހުން ފެނިފައި ކުއްލިއަކަށް ކާރުން ނިކުމެގެން އައިސް ޖުމާ އާއި ނިމާލްގައި ބައްދާލީ އެތައްދުވަހަކަށްފަހު ދެކުދިން ފެނުމުން ލިބުނު ހިތްހަމަޖެއްގެ ބޮޑުކަމުންނެވެ. ” ދަރިފުޅުމެން ނުވަދެ ތިތިބީ ކީއްވެ..؟ ” އެވަގުތު ކަންތައް ވީގޮތް ޖުމާ ކިޔާދިނުމުން ނިމާލް ހީލާފައި ގަރޑަށް ނޭންގުނީކަމަށްބުނެ އެތެރެއަށް އެއްޗެހިތައް ވައްދަދޭން ގޭގެ ހާދިމަކަށް ގޮވާލިއެވެ. ކުއްލިއަކަށް ނިމާލްގެ ފޯން ރިންގްވާފެށުމުން ބަލާލިއިރު ގުޅަނީޅ ނުދަންނަ ނަންބަރަކުންނެވެ. ފޯނުނެގިގޮތަށް ލިބުން ހަބަރާއެކު ނިމާލްގެ ލޯމައްޗަށްދިޔައީ އަނދިރިވެގެންނެވެ.
ް
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.






M first dhw..varah salhi mi part ves waiting…i love your story’s a lot layaa…baeh part ga comment nukuriyas kiyan…waitting..??❤️?
Ebunaahen click dhw Asslu first ??? layaa ah vurevess kurin… gadha ingey.. ? ehentha .. vs happy vejje .. click kahala kiuntherieh libuneema ? AW thank you so much click ???
Assalaam alaikum .. ? kihinehtha hurihaa kudhinn.. miothee 7 vanabai.. unmeedhukuran mibaivess thihurihaa kiuntherinnah kamudhaanekamah.. and vaahakaige enme muhiymu meehakee malyh ehenve v hithaamayaaeku bunelan othee ename change kureveykah nethey.. v bodah sry Ey.. and nawar aee layage! Favor. Grls name aee boy name ehnun .. ? commercial kiuntheriakuvess evaahaka kiyaalaafai ekiuntheriehge hiyaalu faalhukohladhinumakee layaage v bodu edhumeh.. thihurihaa kiuntherin dhekevess v loabivey.. ????
Wow Layaa… Story varah varah varah reethi… Alhey haadha kiyaa hihvaa hisaabakunney thi nimuny… Can’t wait to read the next part.. Layaa next part whn?? Avahah up kohladhehchey plxxxxx… Mee varah varah varah kiyaahithun kiyaa vaahaka eh… Waiting…
Ehentha ?? v happyvejje AW thank you my dear Pinky.. insha allah as soon as possible evaahaka up kohladheynan.. ingey??? ly
Me first dho
Yes ur first Reader.. ?’
Varah salhi akam haadha kurey❤??????
Awwn thankyou dear Shuza .. asslu kurudhw.. insha allah next part dhiguvaane. . ???
Alhey ekam layaa.. nawaar aky boy namehnu.. plxx nawaa ah wiyas change kohba confused ey ehn innaathy
By the way story warah rythi
Alhey thoo… nawar aee grl namekey .. rasoola (saw) ge sahaabiyyage namethah balaalaba .. btw thankyou thoo ???
Sorry by mistake shuzah ?fonuvuni alheh so sorry plx forgive me dear???????
Nawaar akee girl name eah
Yes
hi layaa. hws u?? story hama varah varah reethi, ABADHUVX REEHI VAANE KAN INGEY 🙂 🙂 waiting as usual. love u. <3
Awwn.. thank you dear SJK.. ??? ly 2
Stry ok.. wait next part.??
Thank you dear friends.. keehve dheravefa
Salhi.. whn next part.??? Waiting…..
Thank you santhi… ?? insha allah v avahah..
Wow sissy …… Superb…… Vvvvv reethi loveeeee
Awwn ? thank you lil ximmi … ??? ly
WOW V Reethi but V Kuru mi part ves waiting for next…….
Aww hama ehaa kurutha.. ? .. btw dhen in bai dhigukohla dheynan .. ?? thank you Rsh
Beautiful.. ekam nawaar e nan warah confusing.. hywany boy eh hen .. story hama super
Thank you thoo ??
Nawar ey girl name eh
Yes Ammuty .. aee Grl name eh.. Bt ehaa familiar nun veema kudhinnah olhenee.. ekamaku ekahala reethi namethah ginain beynunkureema dhw familiar vaaneevess ???