ލޯތްބެއްނެތް ގުޅުން (5 ވަނަ ބައި)
5 ވަނަ ބައި
(ހަތަރުވަނަ ބައިގެ ތެރެއިން…)
“ހިންހަމަޖައްސާދޭން ބޭނުންވާ މީހާކަށް މައިޝާހިންހަމަ ޖައްސައިދެއްވިޖެއެންނު. ދެން ކޮންމެހެން އަހަންނަށް ހިންހަމަޖައްސައިދޭ ވާހަކަ ދައްކާނެކަމެއްނެތް!” ހިތަށް އެއްވެސް އެއްޗެއްނާރުވައި އެފަދަ އެއްޗެއް މައިޝާއާއި ދިމާލަށް ކިޔާން ބުނީ ރުޅިވެރިކަމުގެ ނަޒަރަކުން ބަލަންހުރެއެވެ. ކިޔާންގެ މި ޖުމްލަ ދުލުން ބޭރުކޮށްލުމާއިއެކު މައިޝާގެ އަނގަމަތީ އަތްއަޅާ ޝަހާދަތްކިޔާލެވުނީ ދެލޯބޮޑުވެ ދެރަވެ ހައިރާންވާ ހާލުއެވެ.
“ޔޫ ނޯ ވަޓް! އައި މޭޑް ދަ ބިގަސްޓް މިސްޓޭކް ދެޓް އައި ގޮޓް މެރީޑް ޓު ޔޫ! އައި ޝުޑްހޭވް ވެއިޓަޑް ފޮރ ހިމް!” ރުޅިވެރިކަން މައިތިރިވެ ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އޮހޮރަމުން މައިޝާ ކިޔާންއާއިދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައި އޭނާ ފުރަތަމަދުވަހުވެސް ކުރެވުނު ނަމައޭ ހިތަށްއެރި ކަންތައް ފާޅުގައި ހާމަކޮށްލިއެވެ.
……………………………………………………..
ކޮޓަރިތެރޭހުރި ކިޔާންއަށް ދުލުން ބޭރުކުރެވުނީ ކޮންފަދަ ބަސްތަކެއްކަން އިހުސާސްވީ މައިޝާގެ ކުލަވަރު ބަދަލުވެ ދެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހޯސްލާފައި ފައިބަންފެށުމުންނެވެ. ދުވަހަކުވެސް ދެރައެއްނުކުރާނަމެ ބުނި ވައުދު ކިޔާން ހަނދާންނައްތާލި ކަމުގެ އިހުސާސް މައިޝާއަށް ކުރުވީއެވެ. އޭނާ ވީދެރައިން އަބަދުވެސް ބުނަންބޭނުންވެފައި ހުރި ވާހަކަ ހިތަށް ތަދުވިވަރުންު ބުނެލުމަށްފަހު، ރޮމުން ފާހާނައަށް އެދިޔައީ ކިޔާންއާއި ހެދިއެވެ. ތިމަންނާމީ ކޮންފަދަ ގޯސްމީހެއްބާއޭ އެހިނދު ކިޔާންގެ ހިތަށް އެރިއެވެ. މައިޝާގެ ހިތާމަތަކުން މިންޖުކުރުމަށްޓަކާ އޭނާއަށް ސަހާރާއެއްދިނުމަށް އެއްބަސްވެ މައިޝާދެކެ ލޯބި ވީ މައިޝާގެ ކިބައިން ލޯބި އަނބުރާ ގަދަކަމަށް ހޯދުމުގެ ނިޔަތަކުނޫނެވެ. ވީއިރު މިއަދު ކިޔާންއަށް މިކުރެވެނީ ކީއްބާއެވެ. ކިޔާންގެ އުއްމީދަކަށްވީ މައިޝާއާއި ކައިވެނި ކޮށްގެން އޭނާގެ ލޯބި ހިތުން ރުުހުމުން ހާސިލްކުރުމެވެ. އެކަމަކު ކިޔާންއަށް އަބަދު މައިޝާ ދެރަކުރެވެނީއެވެ. މައިޝާ ކުރާއެއްވެސް ކަމެއްގައި މައިޝާއަށް ތަރުހީބެއްނުދެވެއެވެ. ކިޔާން ބޭނުންވާކަމެއް ނުވުމުން ހިންހަމަނުޖެހި މައިޝާ ބާކިކުރެވެނީއެވެ.
އެނދުކައިރި ކޮޅަށްހުރި ކިޔާންއަށް ދެންމެ އެވީ ކިހިނެތްކަން ރޭކާލުމާއިއެކު އަވަސް އަވަހަށްގޮސް ފާހާނާ ދޮރުތަޅަންފެށިއެވެ. މައިޝާގާތު މާފަށްއެދި ސޮރީ ކިޔުނު އަދަދެއްވެސް ކިޔާންއަކަށްނޭނގެއެވެ. މައިޝާ ވަރިއަށް ކިޔަންޖެހުނީވެސް ހަޤީޤަތުގައި ކިޔާން ކަންތައްކުރާގޮތުންކަން އޭނާއަށް ވިސްނުނެވެ. ދޮރު ތަޅާ ތަޅާވެސް މައިޝާ ދޮރު ނުހުޅުވުމުން މާޔޫސްވެ ހުއްޓި ހުއްޓިފައި މައިޝާއާއި ވާހަކަދައްކަންފެށީ ދެރަވެ ނިކަމެތި ހާލުއެވެ.
“މައި އަހަރެން މައިދެކެ އިންތިހާއަށް ލޯބިވޭ.. މައި ދެރަ ކުރާކަށް ހިތަކުނެތް.. އަހަންނަށް މާފުކުރޭ.. މައި ދާންބޭނުންވަނީނަމަ އަަހަރެން މައި ދޫކޮށްދޭނަން.. އަހަންނަށް މައިއަށް ފޯސްކުރެވޭތީ ސޮރީ… މައި އަހަރެންގެ މީހަކަށްހެދީ މައިއަށް އުފާވެރިކަމެއްދިނުމަށް.. އެކަމަކު …. މައި ބުނީ ރަނގަޅަށް… އަހަރެން ގާތަށްނައިނަމަ މައި މިހާރު އުޅޭނީ މާއުފަލުގަ….. އަހަންނަށް މައިއަށް އެއްވެސް އުފަލެއްނުދެވުނު… އަހަންނަށް މާފްކުރޭ.. މައި ނަގާފަ އޮތް ފޯމް ފުރާފަ ކޯޓަށް ލާ.. އިރާދަކުރެއްވިއްޔާ ދެން މައި ދެރަވިޔަކަ ނުދޭނަން…”
ފާހާނާގެ ދޮރުމަތީހުރެ ދެލޮލުން ކަރުނަ އޮހޮރަމުން ކިޔާން ވާހަކަ ދައްކަމުންދިޔައެވެ. އޭނާގެ މި ނިންމުން މައިޝާއަށް ހާމަކުރީ ހިތާދެކޮޅަށެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ލޯތްބަކީ ވެވޭއެއްޗެކެވެ. ގަދަކަމަށް ހޯދާއެއްޗެއްނޫންކަން ކިޔާންއަށް ވިސްނިގެންދިޔައެވެ. މައިޝާގެ ހަބަރެއްނުވުމުން ދޮރުކައިރިން ދުރަށްގޮސް ކިޔާން އޭނާގެ ތުވާލިނަގާ މޫނުފޮހެލައި ތުވާއްޔާދިމާލަށް ބަލަން އިނދެ، ހަނދާންކުރަންފެށީ ގިސްލަ ގިސްލާފައި މައިޝާ ރުއި ދުވަސްތަކެއްގެ ހަނދާނެވެ.
…………………………………………………………………………………………………
އެއްދުވަހެއްގެ ހެނދުނެވެ. މައިޝާ ކޮލެޖަށް ދިއުމަށްޓަކާ ކިޔާންއަށް ގުޅި ދުވަހެކެވެ. ނިދިއައިސްގެން ހަލާކުވެފައި ހުއްޓެކަމަކު މައިޝާގެ ކޯލެއްއައުމުން އަވަހަށްފޯނަށް ޖަވާބުދިނެވެ. މައިޝާ ގުޅީ ސައިކަލުގައި އޭނާ ކޮލެޖަށް ގެންގޮސްދެވޭތޯ ބަލާށެވެ. އެހެންކަމުން އަވަސް އަވަހަށް އެނދުންތެދުވެ ހުރިގޮތަށްހުރެ ކިޔާން ގޮސް މައިޝާ ކޮލެއްޖަށް ގެންގޮސްދިނެވެ. ނިދިމޫނަކައިގެން ކިޔާން މައިޝާ ގާތަށްދިއުމުން މައިޝާ ވަރަށް މަލާމާތްކުރިއެވެ. އެހެންވެ މައިޝާއާއި ވާހަކަވެސް ނުދައްކާ އަވަހަށް ގެއަށްއައީ ގައިންތާހިރުވެގަތުމަށެވެ. ފެންވަރާ އަވަދިވެގެން ފާހާނައިން ނުކުމެ ކިޔާންގެ ވަރުގަދަ ރީތި ހަށިގަނޑު ތުވާލިން ހިއްކާލުމަށްފަހު ލޯގަނޑުކުރީމަތީ ހުއްޓުނު ދަނޑިވަޅަށް ޑްރެސިންގް ޓޭބަލް މަތީ އޮތް ފޯނުރިންގުވިއެވެ. އެއީ މައިޝާކަން އެނގުމުން ރީތިވާންވެގެން ހުރި ކިޔާން، އަވަސް އަވަހަށް ފޯނަށްޖަވާބުދިނެވެ.
“ހަލޯ… ކިޔާން… މައި ބަލާއާދެވިދާނެތަ؟” މައިޝާގެ އަޑުގައި ތުރުތުރުކަމެއް ހުރުމުން ކިޔާންއަށް ކަމެއް ގޯސްވެއްޖެކަން އިހުސާސްވިއެވެ.
“މައި؟ ކިހިނެއްވީ؟ ކަމެއްވީތަ؟ ކްލާސްތައް ކެންސަލްވީތަ؟” މައިޝާ ކޮލެޖުން އެނބުރި އަންނަން ބޭނުންވެގެން އުޅޭ ސަބަބެއް ނުވިސްނުމުން ކިޔާންއަށް މައިޝާއާއި ސުވާލު ފައްޗެއް ކުރެވުނެވެ.
” ނޫން.. އާދެބާ ޕްލީސް…” ކިޔާން އަށް ދެން އިވިގެންދިޔައީ މައިޝާގެ ރުއިމުގެ އަޑެވެ. އިތުރަށް ސުވާލުނުކޮށް ކިޔާންއަށް މިހާރު ކަމެއްގޯސްވެގެން އުޅޭކަން ޔަގީންވުމުން އަވަސް އަވަހަށް މައިޝާއަށް ޖަވާބުދިނުމަށް ފަހު އަލަމާރިން ޓީ ޝާރޓަކާއި ސޯޓެއްނަގާ ގަޔަށްހެޔޮވަރު ކުރަމުން ގެއިން ނުކުތެވެ.
ކޮލެޖް ދޮރުމައްޗަށް ކިޔާންއަށް ދެވުނު އިރު މައިޝާއާއި އޭނަގެ އެކުވެރިންވެސް ކްލާހަށްނުވަދެ ބޭރުގައި މައިޝާގާތު ތިބިތަންފެނުނެވެ. އެންމެންވެސް މައިޝާ ރޯތީ، އޭނާ ހަމައަކަށް އަޅުވަން އުޅޭތަން ފެނެއެވެ. ސައިކަލު ޕާރކުކޮށްލުމަށްފަހު ކިޔާން ހަލުވި ހިނގުމެއްގައި މައިޝާގާތަށް ދިޔައެވެ. މައިޝާއަށް ކިޔާންފެނުމާއިއެކު ލޮލުންފައިބަމުން ދިޔަ ކަރުނަތައްފޮހެލުމަށްފަހު އެކުވެރިންގާތު ދަނީއޭބުނެ ކިޔާން އާއިއެކު ސައިކަލުން ގެއަށް އައެވެ.
ގޭ ދޮރާށިމައްޗަށް އައިސް މަޑުޖެހުމުން، ކިޔާންއަށް ސައިކަލު ރަނގަޅަށް ޕާކު ނުކުރެވެނީސް ސައިކަލުންފޭބުމަށްފަހު ރޮމުން ދުވެ ގޮސް މައިޝާ އޭނާގެ ކޮޓަރިތެރެއަށްވަދެ އެނދުމައްޗަށް ބަނޑުންވެއްޓިގަތެވެ. އަދި އެއަށްފަހު ބާލީހުގައި މޫނުފޮރުވަމުން އަޑުން އަޑުނަގައި ރޯންފެށިއެވެ. ރުއިމުގެ އަޑު ކޮޓަރިންބޭރަށް ނުނިކުތެއްކަމަކު ލޮލުންވެއްޓެމުން ދިޔަ ކަރުނަތަކުން ބާލީސްފޯވަމުންދިޔައެވެ.
” އަނހަ… ކިޔާންވެސް އައީތަ؟ މައިޝާއަށް ކިހިނެތްވީ.. ދުވެ ގޮސް ކޮޓަރިއަށް ވަދެއްޖެ. ގޮވީމަ އަޅާވެސްނުލި. ކޮލެޖް ބަނދީތަ ….މިއަދު ގެއަށް އައީ ؟” ބަދިގެތެރޭ ހުރެ ރަޝީދާ ވާހަކަދެއްކީ ގޭތެރަށް ވަދެގެންއައި ކިޔާންއާއެވެ.
“ނޭނގެ މައި މަންމާ.. ތިޔެއް ނޭނގިގެން މިއުޅެނީ.. އަންނާނަން އަހާލާފަ.. ވަރަށް ސަކަރާތް މޫޑެއްގަ މައި ހުރީ..” ރަޝީދާއަށް ޖަވާބުދިން އިރު ކިޔާންގެ މިސްރާބުހުރީ މައިޝާގެ ކޮޓަރިއަށެވެ. މައިޝާގެ ކޮޓަރިދޮރުމައްޗަށް އެރުމަށްފަހު ކިޔާން އަށް އިރުކޮޅަކަށް ހުއްޓުންއެރިއެވެ. މައިޝާ އެ ރޯ ރުއިމުގެ އަޑަކީ ކިޔާންއަށް އަޑުއަހަން ކެތްވާވަރު އަޑެއްނޫނެވެ. އެންމެފަހުން މައިޝާއާއި ދިމާވި ރޭވެސް މައިޝާގެ ލޮލުން ކަރުނަ ފެނުމުން އޭނާއަކަށް ކެތެއްނުވިއެވެ. މައިޝާ މުސްތަފާދެކެ ލޯބިވާ މިންވަރު އެރޭ ކިޔާންއަށް ވިސްނުނެވެ. އެހެނަސް ހިތާމަޔައަކީ މުސްތަފާގެ އަމަލާ ހަރަކާތުން އޭނާގެ މަކަރުވެރިކަން މައިޝާއަށް ނުވިސްނޭތީއެވެ. މުސްތަފާ އޭނާއާއިމެދު ކަންތައްކުރާގޮތް ކިޔައިދިން ވަގުތު އެއީ މައިޝާދެކެ ލޯބިވެގެން އުޅޭ މީހެއް ނޫންކަން ކިޔާންއަށް އެނގުނެވެ. މައިޝާ މުސްތަފާދެކެ ލޯބިވާމިންވަރު ކިޔައިދެމުން ދިޔައިރު ކިޔާންގެ ހިތް ރޮމުންދިޔަވަރު މައިޝާއަށް އެނގޭނެނަމައޭ އެރޭ ކިޔާންގެ ހިތަށް އެރިއެވެ.
“މައި… ޕްލީސް ހުއްޓާލަބަ…..” މައިޝާ ބޯއަޅައިގެން އޮތް ބާލީސްކައިރީގައި އިޝީންނަމުން ކިޔާން މައިޝާގެ ބޮލުގައި ފިރުމާލިއެވެ. އެއިރު ކިޔާންވެސް ދެރަވެގެން ހަލާކުވަނީއެވެ. ” ތެދުވެބަ… ދައްކަބަލަ މޫނު…. ” ކިޔާން މައިޝާ ގެ ބޯހިއްލަންމަސައްކަތްކުރިއެވެ.
އެހާ ގަދަ ނުދައްކާ މައިޝާގެ ރުއިން ހުއްޓާލިއެވެ. ،އިރުކޮޅަކުން ކިޔާންގެ ބަސްއަހައި ބޯހިއްލާލުމަށްފަހު އޮތްތަނުން ތެދުވެ މައިޝާ ދެއަތުން މޫނުފޮހެންފެށިއެވެ. އަތް އެއްލައި ޑްރެސިންޓޭބަލުގައި ހުރި ޓިޝޫބޮނޑިން ޓިޝޫއެއްނަގައި ކިޔާން މައިޝާއަށް ދިއްކޮށްލިއެވެ. މައިޝާ ދެއަތުން މޫނާއި ނޭފަތް ފޮޅުން ހުއްޓާލާ ޓިޝޫނަގައި އޭނގެން މޫނުމަތި ސާފުކޮށްލިއެވެ. އަދި އެނދުން ފޭބުމަށްފަހު ކިޔާންގެ މަގަތުގައި ހަމަޖެހިލައިގެން އިޝީނެވެ.
“ދެން ބުނެބަ… ކިހިނެއްވީ މައި…. ” ކިޔާންމަ އިޝާއާއި ވަގުތުން ސުވާލުކުރިއެވެ.
“ކިޔާން… މައި ހީކުރި ކަހަލަ މީހެއްނޫން މުސްތޮއަކީ… މުސްތޮ މައިއަށް ޗީޓްކުރޭ އަބަ… ” މޫނު ދުޅަވެ ނޭފަތް ދަމަމުން މައިޝާވާހަކަދެއްކޭތޯ މަސައްކަތްކުރަންފެށިއެވެ. ” މިއަދު ހެނދުނު މައި ކޮލެޖަށް އައިސް ވަދެ ވަދެ ހުއްޓަ މައިއަށް ފެނުނީ، މުސްތޮ އަންހެންކުއްޖެއް ގޮވައިގެން ސައިކަލުގަ ދަނިކޮށް…..” މައިޝާއަށް މިހެން ބުނުމާއެކު ލޮލުން ކަރުނަތައް އޮހޮރެންފެށިއެވެ.
“މައި… ކިހިނެއް އެނގެނީ އެއީ ބިޓެއްކަމެއް . ކޮއްކޮ އެއް ނޫނީ ދައްތައެއް ނޫނީ ފޮރެންޑަކަށްވެސް ވެދާނެއެއްނު..” ކިޔާން މަސައްކަތްކުރީ މައިޝާއަށް ފެނުނު މަންޒަރުގައި ހަޤީޤަތެއްވޭތޯ ބަލާށެވެ.
” ކިޔާން ބުނެބަލަ.. ރައްޓެއްސެއް.. ދައްތައެއް.. ކޮއްކޮއެއް… ބައްދައިގެން އިންނާނެތަ؟ ކިޔާން ފަހަތްއެނބުރި ރައްޓެއްސަކަށް .. ދައްތައަކަށް.. ކޮއްކޮއަކަށް ދޮނެއްދޭނަންތަ؟” މައިޝާގެ އަޑުގައި ވާ ތުރުރުތުކަން އިހުނަށްވުރެގަދަވިއެވެ އަދި ހުއްޓުމެއްނެތި ލޮލުން ފައިބަމުން ދިޔަ ކަރުނައިން މުޅި މޫނު ތެއްމަމުންދިައެވެ. ” ކިޔާން.. އައި ވޯސް ރައިޓް އަބައުޓް މައި އިންސްޓިނކްޓް ޓްވާރޑްސް ހިސް ބިހޭވިއާރ… ކިޔާން!.. އައި އެމް ސަޗް އަ ފޫލް…. އައި ފެލް އިން ލަވް ވިތް ސަމް ވަން ހޫ ޑަޒަންޓް އީވަން ޓްރައި ޓު ކޮމިއުނިކޭޓްމީ އޮން އެނީތިންގް…. ގޯޑް! އެންޑް އައި ތޯޓް ހީ ލަވްސްމީ…” ބޮލުގައި ދެއަތްއަޅަމުން، ދެލޯބޮޑުކުރަމުން، މައިޝާ ކިޔައިދެމުންދިޔައެވެ.” އެނޑް ޔޫ ނޯ.. އަސްލު މައިވެސް ތިހެންވިސްނިން…ލޮލަށްފެނުނު އެއްޗެއް ދޫކޮށްލާފަ، ވަގުތުން މުސްތޮއަށްގުޅިން.. އޭނަ ހަމަ ޖަވާބެއްނުދިނޭ.. މައި ބައިވަރު ފަހަރު ރިންގް ކުރީމަ، ޓެކްސްޓެއްކުރަނީ… އައި އެމް ބިޒީއޯ، ސެންސަސް މީޓިންގްއެއްގަޔޯ…. ދެން ކިހިނެއް މައި ވިސަންވީ ކިޔާން؟ އެންމެފަހުން ޝައްކު އަސްލަކަށްވީއެއްނު… ކިހިނެއް ހަދާނީ ކިޔާޏް؟ މައި ބޭނުން މުސްތޮއާ ފޭސް ޓު ފޭސް ވާހަކަ ދައްކަން.. ޕްލީސް… ގޮތެއް ހަދައިދީބަލަ…” ހިތުގެ އުދާސްތައް ބަނޑުންކުރަމުން މައިޝާ ކިޔާންގާތު އާދޭސްކުރަންފެށީ މުސްތަފާއާއި ވާހަކަދެއްކޭނެ މަގެއް ހޯދަން ކިޔާންގާތު އެދިއެވެ. އިސްދަށަށް ޖަހައިގެން އިން ކިޔާންއަށް ބުނާނެއެއްޗެއް ނޭނގޭހާލު މައިޝާއަށް ހަޤީޤަތް ވިސްނައިދޭން މަސައްކަތްކުރިއެވެ.
“މައި… ދެން ކީއްކުރަން އެވަރަކުން ތިއުޅެނީ.. ޕްލީސް އޭނަކައިރިއަށް ދެން ދާން ނޫޅޭ… މިއަދު މައިގެ ހިތުގަ ޖައްސާފަ، މާދަމާ، އެ ގާރލްގެ ހިތުގަ ޖައްސާފަ.. އެކަހަލަ ފިރިހެނުން އުޅޭނީ އެހެން.. މައި ވާހަކަދެއްކިއްޔާ ހީވޭތަ އޭނަ މައި ދައްކާވާހަކައެއް އަޑުއަހާނެހެން.. ގުޅީމަ ފޯނެއްނުނަގައޭ ތިބުނީ.. ކިހިނެތްތިވަރު މީހަކާ ފޭސް ޓު ފޭސް ވާހަކަ ދައްކާނީ؟ ކިޔާން ކެއާރ ކުރާތީ މިބުނަނީ.. މައި.. ތިކަންތައް ހުއްޓާލާފަ ފިލާވަޅުތަކަށް ކޮންސަންޓޮރޭޓް ކުރޭ، ޕްލީސް..” ކިޔާންގެ މިވާހަކަތަކުން މައިޝާއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. އެކަމަކު ކިޔާން އެ ދެއްކީ މުޅިއަކުން ގޯސް ވާހަކައެއްވެސް ނޫނޭ މައިޝާގެ ހިތަށްއެރިއެވެ. މައިޝާއަކީ އެއަށްވުރެ ހިތްވަރުގަދަ މީހެއްކަން ކިޔާންއަށް އެނގެއެވެ. މައިޝާއަކީ މީހަކަށްޓަކައި މުޅި އުމުރު ހިތާމައިގެތެރެއަށް ފޮނުވާލާނެ މީހެއް ނޫންކަން ކިޔާން ޤަބޫލުކުރިއެވެ. ހިނދުކޮޅެއްތެރޭ މައިޝާގެ ލޮލުން ކަރުނަތައް ހިނދި، ވިސްނުމެއްގެ ތެރެއަށް ގޮސް ހުސްވެފައި އިނުމުން ކިޔާން މައިޝާ ސިއްސުވާލިއެވެ. އަދި ދެން ނުވިސްނާށޭ ބުނެ، ނަސޭހަތްތެރިވަމުން ކިޔާން މައިޝާގެ ކޮޓަރިން ނުކުމެގެން ހިނގައިގަތެވެ. ކިޔާން ގެއަށް ދިއުމުން. އެނދުގައި އިނދެ މުސްތަފާގެ ހިޔާލުގައި އަނެއްކާވެސް މައިޝާ ރޯންފެށިއެވެ. މުސްތަފާ ވޭތުވެދިޔަ ދުވަސްތަކު އޭނާގާތު ހަދަމުން އައި ދޮގުތައް ހިތަށްއެރުމުންނެވެ. މުސްތަފާގެ ފަހަތުގައި އިން އަންހެން ކުއްޖާއަށް ދޮނެއްދިން މަންޒަރު ސިކުނޑީގައި އެނބުރޭ ވަރުންނެވެ. އެދުވަހަށްފަފު މައިޝާ މުސްތަފާއަށް ގުޅުން ހުއްޓާލިއެވެ. މުސްތަފާއަށް އޮތް ލޯބި ހިތުތެރޭ ފޮރުވުމަށްފަހު މައިޝާ އުއްމީދުކުރީ މުސްތަފާ އަމިއްލަޔަށް އޭނާ ގާތު އެހެންކުއްޖަކު ދެކެ ލޯބިވާ ވާހަކަ ބުނާނެކަމަށެވެ. ނަމަވެސް މުސްތަފާވެގެން ދިޔައީ މައިޝާގެ ދިރިއުޅުމަށް އައި ބަނަ ވިލާގަނޑަކަށެވެ. މުސްތަފާ ގެއްލިދިޔައީ
ހީތާމައިގެ ކޮޅިގަނޑެއް އޭނާގެ ހަޔާތައްގެނުވުމަށްފަހު ގެއްލިދިޔަ ބޯ ވިއްސާރަ ގަނޑެއްފަދައިންނެވެ.
…………………………………………………………………..
ދުވަސްތައް ފާއިތުވެ ކިޔާން އެނބުރި އެމެރިކާއަށް ފުރާ ދުވަސްވެސް ގާތްވެއްޖެއެވެ. މާލެ އައި ފުރަތަމަ ދުވަހު ވީ ދެރައިން އަނބުރާ ދާން ބޭނުންވެފައި ހުރި ކިޔާން މިހާރު ހުންނަނީ ޗުއްޓީ ދިގުކުރެވޭނެ ގޮތެއް ނުވެފައެވެ. މައިޝާ މުސްތަފާއާއި ގުޅުން ކަނޑައިލިދުވަހުން ފެށިގެން އަބަދު އުޅެނީ މައިޝާ އާއިއެކުއެވެ. ގިނަފަހަރު މައިޝާގެ އަންހެން ރައްޓެހިންނާއިވެސް އެކުއެވެ. އެންމެން އެއްކޮށް އުނޯ ކުޅެ، މަޖަލާ ސަކަރާތުގައެވެ. ކިޔާން އަށް އަނބުރާ އޭނާގެ މައިޝާ ލިބިގެންއުޅޭކަހަލައެވެ. އެހެންކަމުން ކިޔާންގެ ހިތުގައި މައިޝާއާއި ދޭތެރޭ އޮތް ލޯބި ބަޔާންކުރާނެ ވަގުތަކަށް އަނެއްވާވެސް ވިސްނަމުންދިޔައެވެ.
އެއް ރެއެއްގެ އިރާކޮޅެވެ. ލެމަންގްރާސްގައި މައިޝާމެން ކެއުމަކަށް އައިސްތިބި ވަގުތެކެވެ. މައިޝާއާއި ކިޔާންގެ އިތުރުން، އެންމެ އެކުވެރި ޝިފްނާއާއި ޝިޕްނާގެ ލޯބިވެރިޔާވެސް އިންރެއެކެވެ. ރެސްޓޯރެންޓަށް ކާން އައިސް މައިޝާމެން އެތިބީ ހަޤީޤަތުގައި ޝިފްނާއަށް ސަޕްރައިޒެއް ދޭންވެގެންނެވެ. އޭނާގެ ލޯބިވެރިޔާގެ އެދުމުގެ މަތިންނެވެ. އެކަން ޝިފްނާއަށް ސިއްރުކޮށްގެނެވެ.
” މައި، މިރޭ ހާދަ މީރޭ ކާ އެއްޗެހި މިތާގެ ދޯ؟” ކިޔާން މައިޝާއަށް ދޯ ދިނީ، މާހައުލުން ހަމަހިމޭންކަން ކަނޑުވައިލާ މައުލޫއެއްނަގައި އެންމެން އެންމެނަށް ވާހަކައެއް ދެއްކުމުގެ ނިޔަތުގައެވެ.
“ހމމމމ… މާ ބޮޑަށްވެސް ދޯ ޝިފޫ….ޝިފޫއަށް މިތާ ކާއެއްޗެހި މީރުވާނެތީއޭ އައީ…” ހިނިތުންވެލަމުން މައިޝާ ދޯ ދިނީ ޝިފްނާއަށެވެ.
“އޯކޭ.. ސީރިއަސްލީ ގާއިޒް.. ހާދަ ވިއަޑްއޭ.. މިތަނަށް އައި އިރުވެސް .. ކާއެއްޗެހި އަންނަންދެންވެސް އެންމެން މާ އޯކްވާރޑްވެގެން ތިއުޅޭނީޔޯ؟.. ބުނޭ، ބުނޭ! އައި ރިއަލީ ސްމެލް ސަމްތިންގް ފިޝީ ހިއަރ..” ޝައްކެއްގައި އިން ޝިފްނާއަށް ކަމެއް ވެގެންއުޅޭކަން އެނގޭކަހަލައެވެ.
” ތިވާނީ ބަދިގެއިން މަސްކައްކާތީ ދޮވި ވަހެއްކަމަށް!.. ” ޝިފްނާގެ ލޯބިވެރިޔާ އާރިޔަން ޖޯކެއްޖަހައިލުމުން އެންމެންނަށް ހެވުނެވެ.
އެންމެން ކައި އަވަދި ވުމުން، މައިޝާއާއި ކިޔާންއަށް ގޮނޑީގައި އިނދެވޭވަރައެއްނުވިއެވެ. އެމީހުން އެތިބެނީ އާރިޔަންގެ ސަޕްރައިޒް ޝިފްނާއަށް ހާމަ ކުރާވަގުތުގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ޝިފްނާ ސިހިގެންދިޔައީ އޭނާގެ ކައިރިއަށް ހުއްޓުނު ވެއިޓަރުގެ އަތުން ބޮޑު ރަތް ފިނިފެންމަލުގެ މާބޮނޑިއެއް ފެނުމުންނެވެ. ޝިފްނާއަށް އައިއެއްޗެކޭ މީ ވެއިޓަރު ބުނުމުން ހައިރާންވެހުރެ ޝިފްނާ އާރިޔަންއަށް ބަލާލީ ސުވާލުތަކެއް ސިކުނޑީގައި އުފެދެމުންނެވެ. ހަމަ ބަލާލުމައި އެކު، ތިމަންނާގެ ކަމެއް ނޫނޭތީ.. ކާކު ފޮނުވި އެއްޗެއްތޯ ބަލާބަލާށޭ ބުންޏެވެ. ޖެހިލުންވެފައިހުރެ،މާބޮނޑި ނަގަމުން ދެން ޝިފްނާ ބަލާލީ މައިޝާމެންނާ ދިމާލަށެވެ.
“ކާކު ފޮނު ވިއެއްޗެއްބާ؟”
” ޔަގީން ބިޓެއް! ދޯ؟” މައިޝާ އެހެން ބުނުމާއިއެކު ޝިފްނާއަށް އަނެއްކާވެސް ވާނުވާ ނޭނގޭހާލު އާރިޔަންއާ ދިމާލަށްބަލާލެވުނެވެ.
“ތެދެއް؟ ކާކު ތިވަރު އެއްޗެއް ޝިފޫއަށް ފޮނުވާނީ” އާރިޔަން ހިންހަމަނުޖެހޭ ރާގަކަށް ބުނެލީ ޝިފްނާއަށް ޝައްކެއްވިޔަ ނުދިނުމުގެ ނިޔަތުގައެވެ.
ޖެހިލުންވެ ހުރެ ޝިފްނާ އެ މާބޮނޑީގައި އެއްވެސް ނޯޓެއް އޮތްތޯ ހޯދަންފެށީ ނޭނގެއޭ ބުނަމުންނެވެ. ނޯޓު ހޯދަމުން ދިޔައިރު އާރިޔަން ހިންހަމަނުޖެހިފައި އިންކަން އެެނގުމުން ޝިފްނާއިނީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. ކޮންމެއަކަސް، ޝިފްނާ މާބޮޑީގައި ވާ ނޯޓް ބާރަށް ކިޔަންފެށިއެވެ.
” ބޭނުމޭ އިޝްޤާ، އޭގެ މޭވާ،
ފޮނިކަމާ އެކީ، ދޮންވެފާ ވީމާ،
މަސްތު ވެވުނޭ ބެލީމާ ލޯބީގާ،
ހޯދެނީއޭ ކަން މިހެންވީމާ،
ހާމަ ކޮށްލީ މީ، ލިބޭތޯއޭ..
WILL YOU MARRY ME?”
ނޯޓުކޮޅު ކިޔައިނިމުނު އިރު ހައިރާންވެ ޝިފްނާގެ އަނގަމަތީއަތް އަޅައި، ފެންކަޅިވެއްޖެއެވެ. އެއީ އާރިޔަން އޭނާއަށް ދިން މާބޮނޑިއެއްކަން އެނގުމުންނެވެ. އޭނާ އުއްމީދުކުރަމުން އައި ދުވަސް އައީތީއެވެ. އަވަހަށް މޭޒުމަތީ މާބޮނޑިބާއްވައިލައި އާރިޔަން އަށް ޝިފްނާ ބަލާލިއެވެ. އޭރު އާރިޔަން ގޮނޑިން ތެދުވެ ބިއްމަތީ އެއްކަކޫ މައްޗައްތިރިވެ އެއްއަތްތިލަ މަތީ އަނގޮޓިއެއް ބާއްވައިގެން ޝިފްނާއަށް ބަލަން ހެވިދިލިފައި ހުއްޓެވެ. ކިޔާންއާއި މައިޝާވެސް އިންތަނުން ތެދުވެ އަތުގައި އޮތް 2 މުށުގެ” ވިލް ޔޫ މެރީ މީ” ޖަހާފައިވާ ފޮތިގަނޑު ރޫޅާލައި ޝިފްނާއަށް ދައްކާލިއެވެ. އުފާވެރިކަމުން ޝިފްނާގެ ހިތްފުރިގެން ބަނޑުންވާކަހަލައެވެ. ކޯމަތި ކަރުނައިން ތެތްމަމުން، ހިނިތުންވެހުރެ ބުނާނެއެއްޗެއްނޭނގޭހާލު އާރިޔަންއާއިދިމާލަށް ފުންނަޒަރަކުން ޝިފްނާއަށް ބަލަންހުރެވުނީ ހުޅުވިފައިވާ އަނގަމަތީ ދެއަތްއަޅއިގެން ހުރެއެވެ. އެވަގުތު ރެސްޓޯރެންޓްގައި ތިބި އެއްމެންގެ ލޯތަށް ޝިފްނާއަށް ހުއްޓިގެންދިޔައެވެ. އެންމެންވެސް ބާރަކަށް ހަޅޭއްލަވަމުން އާއެކޭ އަވަހަށް ބުނާށޭ ކިޔަމުންދިޔައެވެ. މައިޝާ އާއި ކިޔާންވެސް ޝިފްނާއަށް ހިތްވަރުދިނުމުން، ހިނިތުންވެ ހުރެ ރޯން ހުރި ޝިފްނާ ‘ޔެސް’ ބުނެލީ ތުރުތުރު އަޅާ ހާލު ބާރު ބާރަށެވެ. ހަމަ ބުނުމާއިއެކު އާރިޔަން އިންތަނުންތެދުވެ ޝިފްނާގެ އިނގިލީގައި އަނގޮޓިއަޅުވާލިއެވެ. ހަމަ އަޅުވާޅުމާއިއެކު އަތްތިލަބަޑީގެ އަޑުން މުޅި ރެސްޓޯރެންޓް ގުގުމާއިގެންދިޔައެވެ.
ޝިފްނާމެންގެ މި އުފާވެރި ވަގުތުކޮޅަށްފަހު ގެއަށް ދިއުމަށް އެންމެން ހިނގައިގެތެވެ. އެންމެންގެ ކުރީގައި މައިޝާހުރުމުން،ނިކުތުމަށްޓަކައި ރެސްޓޯރެންޓްގެ ދޮރުހުޅުވީ މައިޝާއެވެ. ސިހިގެންގޮސް މައިޝާއަށް ދޮރުން ދޫކޮށްލެވުނީ ދޮރުގެ އެފަރާތުގައި ހުރި އިންސާނާފެނި ހައިރާންވުމުންނެވެ. މައިޝާގެ ކުރިމަތީ ފެންނަން އެހެރީ މައިޝާ ދުނިޔެމަތިން އެންމެ ބޭނުންވާ އިންސާނާއެވެ. އަލަތު ލޯބިވެވުނު މީހާއެވެ. މުސްތަފާގެ ހިނިތުންވުން ފެނި މައިޝާގެ ހިނިތުންވުން މިލާމޯޅިވިއެވެ. އަދި މުސްތަފާގެ ފަހަތުގައި އަތާއި އަތްގުޅުވައިގެން ހުރި އަންހެން ކުއްޖާފެނި މައިޝާގެ މޭގަނޑުއަތަށްނައީ ކިރިޔާއެވެ. މިފެންނަނީ ކޮންފަދަ ކަމެއްބާއޭ މައިޝާގެ ހިތަށްއަރަމުންދިޔައެވެ. މުސްތަފާގެ ލޮލަށް ކަޅިހިންގާލުމުން މުސްތަފާއަށްވެސް މައިޝާގެ އެ މައުސޫމު ލޮލަށް ބަލަހައްޓައިގެން ހިނދުކޮޅަކަށް ހުރެވުނެވެ. ހަތަރު ކަޅިހަމަވުމުން، މައިޝާގެ ލޮލުން ކަރުނަހިލިގެންދިޔައެވެ. އަދި މަންޒަރު ހުތުރުވެދާނެހެން ހީވެގެން، މައިޝާގެ ފަހަތުގައި ހުރި ކިޔާން އަވަސް އަވަހަށް މައިޝާގެ ކުރިއަށްއަރާ މުސްތަފާއާއި ހަތަރުކަޅިހަމަކޮށްލީ ރުޅިވެރިކަން ދައްކަމުންނެވެ. މުސްތަފާ ހީވަނީ އެވަގުތު ކުއްވެރިއެއް ސިފައިންގެއަށް ހާޒިރުކޮށްފައި ހުރިހެނެވެ. ބުނާނެއެއްޗެއްނޭނގި އަވަހަށް ކިޔާންއަށް ތަންދެމުން، މުސްތަފާ ފަހަތަށް ޖެހުނެވެ. އެއިރު ގާތުގައި ހުރި އޭނާގެ ލޯބިވެރިޔާ އޭނާއާއި ކިހިނެތްވީތޯ ސުވާލުކުރަމުންދިޔައީ އެއްފަހަރު މައިޝާމެންނަށް ބަލައިލާ، އަނެއްފަހަރު މުސްތަފާއަށް ކަޅިހިންގަމުން ވާނުވާނޭނގޭ ހާލުއެވެ.
މައިޝާގެ ލޮލުން ކަރުނަ ހިލިގެންދާކަން އެނގުމުން ކިޔާންގެ ތެޅެމުންދިޔަ ހިތަށް ކެތްވާވަރެއްނުވިއެވެ. އަދިވެސް މައިޝާއަށް މުސްތަފާމަތިން ހަނދާންނައްތާ ނުލެވޭކަން އެހާހިސާބުން އޭނާއަށް ޔަގީންވިއެވެ. ވީދެރައިންނާއި އައިސްފައިހުރި ރުޅިން، ކިޔާން މައިޝާގެ އަތުގައިހިފައި މުސްތަފާގެ ކުރިމަތިން އޭނާ ގޮވައިގެން އެތަނުން އަވަހަށް ނުކުމެ ސައިކަލަށް އަރައިގެން މައިޝާގެ ގެއަށް އައެވެ. ގެއަށް އައި މަގުމަތީގައި މައިޝާ ހަމަހިމޭންވެފައި އިނުމުން ކިޔާންއަކަށް އޭނާއާއި ސުވާލެއްކުރާކަށްނުކެރުނެވެ. ސޯފާމަތީ ހަމަޖެހިލަމުން މައިޝާ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. އަދި ކިޔާންއާއި ހަމަޖެހިލައިގެން ވާހަކަދެއްކުމަށް ކިޔާންއަށް ބަލާލީ ކިޔާން ކޮންމެވެސް ވާހަކައެއް މައިޝާގާތު ބުނަންބޭނުންވެގެން އުޅޭކަން އެނގޭތީއެވެ. ރެސްޓޯރެންޓުން ދިމާވި ކަންތަކާ ވާހަކަދައްކަން މައިޝާވެސް ބޭނުން ނުވާނެކަން އެނގޭތީ ކިޔާން އެވާހަކަ އިތުރަށް ނަގާކަށް ގަސްތެއްނުކުރިއެވެ. އެހެނަސް ވަރަށްހިތްވަރުކޮށްފައި މައިޝާގާތު އޭނާގެ ހިތުގެ ހާލު ބަޔާންކުރަން ވަގުތުން އަޒުމު ކަނޑައެޅީ ދެން އިތުރަށް މައިޝާ ރޯންޖެހޭނެ ފަދަ ކަމެއް އޭނާއާއި ކުރިމަތި ނުކުރުމުގެ އުއްމީދުގައެވެ.
“މައި…އަހަރެން މައިގާތު ވާހަކައެއް ބުނަން ވަރަށްބޮޑަށް ބޭނުން…..” ކިޔާންއަށް މައިޝާގާތު މިހެންބުނެވުނީ ހަމަ ކިރިޔާއެވެ. މައިޝާ ގަޔާވެލާ، ކިޔާން ދައްކަންއުޅޭ ވާހަކައެއް ރަނގަޅަށް އަޑުއެހުމަށް ސޯފާއިން ކުޝަންއެއް ނަގައި އުނގަށްލުމަށްފަހު ދެފައި މައްޗަށްއަރުވާލިއެވެ.
“ކޮން ވާހަކައެއްބާ… ބާރތްޑޭގަވެސް ކިޔާން ބުނިންދޯ ވާހަަކައެއް ބުނަން ބޭނުންވެގެން އުޅުނު ވާހަކަ.. ޓެލްމީ ޓެލްމީ.. އައިމް އޯލް އިއާރސް” މައިޝާ ހިނތުންވެލައި ކިޔާންގެ ވާހަކައަޑުއަހަން ކެތްމަދުވިއެވެ. ކިޔާން ބަލަންނުހުރެ ހިތްވަރުކޮށްފައި ހަށިފުރާ ނޭވާއެއް އެތެރަށް ދަމާލުމަށްފަހު ލޯމަރަމުން ވާހަކަދައްކަންފެށިއެވެ.
“މައި… ވަޓް އިފް އައި ސޭ… އައި ލަވް.. ޔޫ….އެންޑް ދެޓް އައި ވޯންޓު ސްޕެންޑް ދަ ރެސްޓް އޮފް މައިލައިފް ވިތް ޔޫ…”
ކިޔާން މައިޝާއާއި ސުވާލުކުރުމަށްފަހު ދެލޯ ހުޅުވަމުން މައިޝާއަށް ބަލާލިއެވެ. މައިޝާ އިންގޮތުން ހީވަނީ އޭނާގެ ބޮލުގައި ވަރުގަދަ އެއްޗަކުން މީހަކު ޖެހުމުން މައިތިރިވެ ހޭނެތެން ތައްޔާރަށް އިން މީހެއްހެނެވެ. ބުނާނެ އެއްޗެއްނޭނގޭ ހާލު، މައިޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މައިޝާ އަށް ވާހަަކަ ނުދެއްކެނީސް އޭނާގެ ފޯނަށް މެސެޖެއްއައި އަޑު އިވުމުން ކިޔާން އެ ދެއްކިވާހަކަ ސިނކުނޑިއަށް ވައްދަމުން ފޯނައަށް އައި މެސެޖް ކިޔާލިއެވެ. އަނެއްކާވެސް މައިޝާއަށް ލިބުނީ ހައިރާންކަމެކެވެ. މަތި މައްޗަށް މިރޭ މައިޝާއާއި ކުރިމަތިކުރުވަމުން މިއަންނަނީ ކޮންފަދަ ކަންތައްތަކެއްބާއޭ މައިޝާގެ ހިތަށްއަރަމުންދިޔައެވެ. މެސެޖްކުރީ މުސްތަފާއެވެ. އޭނާ ވާހަކަދައްކަން ބޭނުންވާ ވާހަކައާއި ފެންނަންބޭނުންވާ ވާހަކައެވެ. މައިޝާގާތު ދައްކަންޖެހޭ މުހިއްމު ވާހަކައެއްގެ ވާހަކައެވެ. އަދި މައިޝާދެކެ ލޯބިވާވާހަކައެވެ. ހަފްތާއެއްހާ ދުވަސް ނިމިގެން ދިޔައިރު މުސްތަފާގެ ހަބަރެއްނުވެފައި މިރޭ ހަބަރެއްވީ ކީއްވެބާއޭ މައިޝާގެ ހިތަށްއެރިއެވެ. އޭނާ ހަމަލޮލަށްފެނުމުން ހެއްޔެވެ. ނޫނީ މާފަށް އެދެންބާއެވެ. ހަދަންވީ ގޮތަކާއިމެދު ވިސްނަން އިނދެފައި އިސްއުފުލާ ބަލާލީ ކުރިމަތީގައި ލޯތްބަށް ސަލާންޖަހަން އިން ކިޔާންއަށެވެ. އޭނާގެ ނިޔަތް ސާފެވެ. މުސްތަފާގެ ހިތުގައި ވަނީ ކޮންއެއްޗެއްކަމެއް މައިޝާއަކަށްނޭގެއެވެ. ކިޔާން އަޅާލައެވެ، މުސްތަފާ އަކަށް އަޅާލުންތެރިކަން އެއީ ކޮންއެއްޗެއްކަމެއްވެސް ނޭނގެއެވެ. އެކަމަކު، މައިޝާއަށް ހިތްދެވުނީ މުސްތަފާއަށެވެ. ކިޔާންއަކަށްނޫނެވެ. ވީއިރު ކިޔާންއަށް އާ ބަސް ބުނެވޭނީ ކިހިނެއްހެއްޔެވެ.
“ކިޔާން!… ތިހެން ނުބުނޭ.. އަހަރެން…..” ވަރަށް ވިސްނަން އިނދެފައި މައިޝާ ކިޔާންގެ ސުވާލަށް ޖަވާބުދޭންފެށުމުން ކިޔާން އޭނާ ހުއްޓުވިއެވެ.
“ސާބަސް! މައިވެސް ދޯ،، ހާދަ ބިރެއް ތިގަތީ.. މައި ކިޔާއެއްޗެއް ބަލާލަންވެގެން ކިޔާންބުނި އެއްޗެއް އެއީ.. ހަމަ ބަލާލީ މައި އަށް ވަނީ ކިހިނެއްތޯ! އެހެން ނޫނަސް.. ޑޫ ޔޫ ތިންކް އައި ވުޑް ރުއިން އަވާ ދިސް ފްރެންޑްޝިޕް؟ ނޯ ބޭބްސް. ޔޫ އާ މައި ބެސްޓްފްރެންޑް އެނޑް އައި ވުޑް ނެވާ ޑޫ އެނީތިންގް ޓު ހާރޓް ޔޫ….” ހިނިގަނޑެއް ޖަހަމުން ކިޔާން މައިޝާގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު އޭނާގެ ހިތުގެ ހާލު ފޮރުވީ މައިޝާގެ ޖަވާބު އެނގުމުންނެވެ. ކިޔާންއަށް މައިޝާގެ ފޯނުގައި ވާ މުސްތަފާގެ މެސެޖްފެނުމުންނެވެ. ކިޔާން ބަލިކަށިވެއްޖެކަން އެނގި ހަތިޔާރު ތިރިކޮށްލީއެވެ. މައިޝާގެ ކިބައިން ލޯތްބެއްނުލިބޭނެކަން އޭނާއަށް އެނގިއްޖެއެވެ. މައިޝާއަކަށް މުސްތަފާ ހަނދާން ނައްތައެއް ނުލެވޭނެކަންވެސް އެހާހިސާބުން ކިޔާން ޔަގީންކުރިއެވެ. ކިޔާންގެ ހިތުތެރޭގައިވާ އެދުން މައިޝާއަށް ހާމަކުރުމަށްފަހު އޮޅުވާލިއެއްކަމަކު މައިޝާއަށް ކިޔާންގެ ހިތުގެ ހާލު ވަރަށް ސާފުވެއްޖެއެވެ. ރަހުމަތްތެރިކަމުގެ ގުޅުމަށް ބުރައެއް އަރައިފިކަން މައިޝާއަށް ޔަގީންވެއްޖެއެވެ.
………………………………………………….
މައިޝާގެ ހަނދާނުގައި ދެރަވެ ނިކަމެތި ހާލު އެނދުގައި އިށީނދެގެން އިން ކިޔާން އަށް ސިހުމެއްވީ ފާހާނައިގެ ދޮރުހުޅުވުމާއިއެކު މައިޝާ ކޮޓަރިއަށް ވަދެގެން އައުމުންނެވެ. މައިޝާގެ ހަށިގަނޑުގައި އޮޅާފައިވާ ބޮޑު ތުވާލިން ހަށިގަނޑުން ބައެއް ފެންނަންހުއްޓެވެ. ކިޔާންގެ ކުރިމަތީހުރެ ރީތިވެ ހެދުމެއްލައިގެން ކިޔާންއާއި ދިމާލަށް އެންމެފަހަރަކުވެސް ބަލާނުލައި މައިޝާ ކޮޓަރިންނުކުތެވެ. އެހިނދު އޭނާގެ ހަޔާތުން މައިޝާ ގެއްލެން އުޅެނީއޭ ކިޔާން ހިތާ ހިތުން ކިޔާލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Hi guys I am sorry for the late update.. technical error eh eraafa ineema story nufeni inee.. hope you’ll like this part as well 🙂
Hiii Shereen.. Hws u? After a long time story kiyaalan libuny… Story varah varah reethi n intresting… Eba huri baeh mistakes… Misaalakah gondin bimahfaibumuge badhaluga bunaanee gondin thedhuvefayey.. Dhn ring elhuvithaa liyan jeheyneee aariyan shifna athuga ring elhuvivaahaka bt liyevifa iny maishaa athuga elhuvi kamah.. So these two points shifoo ah faahagakohlevunyma mi bunely.. Story hama varah varah reethi n intresting as always … Keep trying it… Waiting for next part.. N please thankolheh avahah up kohladhehchey…
Thank you so much for highlighting the mistakes.. and in Sha Allah will correct them and will keep those points in mind.. once again.. thanks a lot.. 🙂
WOW v Reethi when next part?
happy to know 🙂
Maisha vrh selfish…
dho! asluves… hehe.. thankyou.
Varah reethi