ހިތްއެކީ ދެވިއްޖޭ (13)
ހިތްވަރުކޮށްފައި ކައިވެނި ކުރެވުނީއްސުރެ މިޒްރާ އޭނާއާާ ދޭތެރޭ އަމަލުކުރަމުން އައި އިހާނެތިގޮތް ޔައިޝް ކިޔައިދިނެވެ. އަދި މެލޭޝިޔާއަށް ބަދަލުވީ އެކަމުގެ ސަބަބުންކަމަށްވެސް ބުންޏެވެ. އަދި މިޒްރާގެ ދަރިއަކީ އޭނާގެ ދަރިއެއްނޫންކަމާއި ޒާންއާއި މިޒްރާއާާ ދެމެދު ދެކެވުނު ހުރިހައި ވާހަކަތަކެއްވެސް ކިޔައިދިނެވެ. އިވުނު ވާހަކަތަޖެއްގެ ސަބަބުން ސާޖިދާގެ ބޮލަށް ހީވީ އެނބުރުން އަރައިގެން ދިޔަހެނެވެ. އޭނާގެ ފަހަތުގައިހުރި މުފީދުގެ ދެބުމަގޮށްޖެހިގެން ދިޔައިރު ސާޖިދާ މިޒްރާއާ ދިމާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ.
“މިޒްރާ. އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން މިޒްރާ ޔައިޝްއާ ދޭތެރޭ ތިގޮތަށް ކަންތައްކޮށްފާނެ ކަމަކަށް.” ހިތްހަމަނުޖެހިފައިހުރި މުފީދު ބުނީ ހަރުކަށި ގޮތަކަށެވެ.
“އަހަރެންނަށް އޭރުވެސް ހީވިޔޭ މިއަންހެނާ އަހަރެންގެ ދަރިއަށް ޖެއްސުން ކުރާހެން. އެހެންޏަ. ޔައިޝް އެކަނި އިސްތިރިކުރަނިކޮށް ފެނުނުދުވަހުވެސް އަހަރެންނަށް ޝައްކުވިއޭ. ހުރި ގޮތްކުޑަކަން ބަލައިލަބަލަ.” ރުޅިއައިސްފައި ސާޖިދާ މިޒްރާއާ ދިމާއަށް ހަޅޭލަވައިގަތެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރައިފައި މިޒްރާއަށް ހުރެވުނީއެވެ. އެހައި އަވަހަށް އޭނާގެ ޕްލޭންތައް ފެއިލް ވެދާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ.
އެތަނުގައި އިރުކޮޅަކު ހުރުމަށްފަހު ޔައިޝް ގޮސް ކޮޓަރިއަށް ވަނެވެ. އަދި ދަބަހެއް ނަގައި އޭގެއަށް މިޒްރާގެ ހުރިހައި ސާމާނެއް އަޅައި ފުރައިލިއެވެ. ދަބަސް ހިފައިގެން ކޮޓަރިން ނުކުތުމަށްފަހު އެދަބަސް މިޒްރާގެ ފައިބުޑަށް ހޫރައިލިއެވެ.
“ތިހުރީ ކަލޭގެ ހުރިހައި ސާމާނެއް. ތީގެން ހެދުމެއް ނަގައިގެން ލައިގެން ހަމަ މިހާރު މިގެއިން ނުކުމޭ. އަހަރެން ބޭނުމެއްނޫން ދެން އެންމެ ހިނދުކޮޅަކުވެސް ކަލޭ މިގޭގައި ހުންނާކަށް. ތިހުރީ ވަރި ކޮށްފަ. ހަމަ މިހާރު މިގެއިން ނުކުމޭ.” އަޑުގެ ނެތްތަނަށް ޔައިޝް ހަޅޭލަވައިގަތެވެ. ދެލޯބޮޑުކޮށްލަމުން މިޒްރާ ޔައިޝްގެ މޫނަށް ބަލައިލިއެވެ.
“ކިހިނެއްވެފަތަ ތިހުންނަނީ؟ އަދިވެސް ޔައިޝް ބުނި އެއްޗެއް އަޑުނީވެނީތަ؟ މިގެއިން ނުކުންނާށޭ. މިހާރު މިވަގުތު.” ހުއްޓުން އަރައިފައިހުރި މިޒްރާ ސިހިގެންދިޔައީ މުފީދުގެ ހަރުކަށި ހަޅޭކުގެ ސަބަބުންނެވެ. އަވަސް އަވަހަށް ދަބަހުން ހެދުމެއް ނަގައިގެން އެތަނުން ކޮޓަރިއަކަށް ގޮސްވަނެވެ.
“ކަލޭ ތިހުންނަނީ ކިހިނެއްވެފަ؟ ކަލޭވެސް އޭނައާއެކު މިގެއިން ނުކުމޭ.” އެއްފަރާތުގައި މަންޒަރުބަލަން ހުއްޓިހުރި ޒާންގެ ކަރުގައި ހިފަމުން ޔައިޝް ބާރަށް ބުނެލިއެވެ.
“ހަމަޖެހިބަލަ. އަހަރެން ނޫޅެން މިތާގަ ހުންނާކަށް.” ޔައިޝްގެ އަތް ނައްޓުވަމުން އަތުގައިއޮތް ޓީޝާރޓްލަމުން ޒާން ގެއިން ނުކުތުމަށް ހިނގައިގަތެވެ. އެވަގުތު ކޮޓަރި ތެރެއިން މިޒްރާވެސް ނުކުމެ އޭނާގެ ދަބަސް ހިފައިގެން ގެއިން ނުކުތުމަށް ހިނގައިގަތެވެ.
“ޒާން މަޑުކޮށްބަލަ. ތިދާތަނަކަށް އަހަރެންވެސް ގޮވައިގެން ދޭ.” ޒާންގެ އަތުގައިހިފައި ހުއްޓުވަމުން މިޒްރާ ބުނެލިއެވެ.
“އަހަރެން ކޮންތަނަކު މިޒްރާ ގެންގޮސް ބަހައްޓަނީ؟ މިހާރު އަހަރެންގެ އާއިލާވެސް އެބައުޅޭ މިކޮޅަށް އައިސް. ގޭގަ ނެތް ޖާގައެއް.” ފަރުވާކުޑަ ރާގަކަށް ޒާން ބުނެލިއެވެ.
“އަހަރެންނަށް ހެޔޮ ކޮންމެތަނަކު ބެހެއްޓިއަސް. ޒާން ޖެހޭނީ އަހަރެން ގޮވައިގެން ދާން. ނޭނގޭތަ އަހަރެން ބަލިވެ މިއިނީ ޒާންގެ ދަރިއަކަށްކަމެއް؟” ހިތްހަމަނުޖެހިފައި މިޒްރާ ބުނެލިއެވެ. މިއޮތްބޮޑު ގައުމުގައި އޭނާ ދެން ދާނީވެސް އިތުރުކޮންތަނަކަށް ހެއްޔެވެ؟
“އަހަރެންގެ ދަރިއެކޭ؟ ކަލެއަށް ތިހެންބުނަންވެސް ކެރުނުކަން. އަހަރެންނަށް ކިހިނެއް އެނގެނީ ތީ އަހަރެންގެ ދަރިއެއްކަމެއް؟ އެހެންނޫނަސް އަހަރެން މިއުޅެނީ އުފުލަންޖެހިފައި ހުރި ޒިންމާތައް މަދުކަމުންތަ، ކަލޭގެ ދަރިއެއްގެ ޒިންމާ އުފުލަން؟” ޒާން ބުނެލީ މަލާމާތުގެ ރާގަކަށެވެ.
“ޒާން.” މިޒްރާ ބާރަށް ހަޅޭލަވައި ގަތެވެ. “އަހަރެންނަށްވެސް އަދި ޒާންއަށްވެސް އެނގޭނެ މިއީ ހަގީގަތްކަން. މިއީ ހަމަ ޒާންގެ ދަރިއެއް.” ޒާންގެ ވާހަކަތައްހުރި ގޮތުން މިޒްރާ ނުތަނަވަސްވަމުން ދިޔައެވެ.
“އަހަރެންނަށް ކިހިނެއް އެނގެނީ؟ މީހަކާ އިނދެގެންހުރެ އަހަރެންގެ ގާތަށް އައި މީހަކު އެހެން މީހެއް ގާތަށްވެސް ނުދާކަމެއް؟ އެހެންނޫނަސް އަމިއްލަ ފިރިމީހާއަށް ތެދުވެރި ނުވެވުނު މީހަކަށް އަހަރެންނަށް ކޮން ތެދުވެރިއެއް ވެވޭނީ؟ އަހަރެންމީ ޔައިޝްއެއްނޫން. މިޒްރާ ހެދިހައި ގޮތެއް ހެދިގެން ހުންނާކަށް. ސޯ ޖަސްޓް ލީވް. އަހަރެން ތިގޮތްނޭނގޭ ދަރިއަކާ ހަވާލެއް ނުވާނަން.” މިޒްރާއަށް ވާހަކަދައްކާނެ ފުރުސަތެއްވެސްނުދީ ޒާން އޭނާގެ ކާރަށް އަރައި ދުއްވައިލިއެވެ. ދެލޯބޮޑުކޮށްގެން ޒާންދިޔަ ދިމާއަށް ބަލަންހުރި މިޒްރާގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަން ފެށިއެވެ. މީހަކަށް ދެރައެއްދީފައި އޭނާއަށް އުފަލުގައި އުޅެވިއްޖެ ހެއްޔެވެ؟
އިސްޖަހައިލަމުން ޔައިޝްގެ ގެއާ ދިމާއަށް މިޒްރާ ބަލައިލިއިރު މަލާމާތުގެ ހިނިތުންވުމަކާއެކު ދޮރުކުރިމަތީގައި ޔައިޝް ހުއްޓެވެ. އެއްޗެކޭ ބުނަން މިޒްރާ އަނގަހުޅުވައިލި ވަގުތު ބަންލައިފައި ޔައިޝް ދޮރު ޖެހިއެވެ. މިޒްރާއަށް ހިންދިރުވައިލެވުނެވެ. މިއަދު އޭނާއަށް ލިބުނީ ކޮން އުފަލެއްހެއްޔެވެ؟ އަމިއްލައަށް ފޭހުނު އިލޮށި މިއަދު މިވަނީ އަމިއްލަ ލޮލަށް ހެރިފައެވެ.
ގިސްލައިރޮމުންދިޔަ ހާލު މިޒްރާ ފޯންނަގައި ނަމްބަރަކާ ގުޅައިލިއެވެ. އެކޮޅުން ފޯންނެގުމާއެކު މިޒްރާގެ ބަޑި ފަޅައިގެން ދިޔައެވެ.
“މާރީ. އަހަރެން ކުޑަ ދުވަސްކޮޅަކަށް ތިގޭގައި ބެހެއްޓިދާނެތަ؟ ޕްލީޒް. އެނބުރި ރާއްޖެއަށް ދެވެންދެން. އެހައި ގިނަ ދުވަހެއް ނުވާނެ.” ރޮވިފައި މިޒްރާ އެމީހަކު ގާތު އާދޭސް ކުރަމުންދިޔައެވެ. މާރީ އަކީ އެއްރެއަކު ކްލަބަށް ގޮސްއުޅެނިކޮށް ދިމާވި މެލޭޝިޔާ ރައްޔިތެކެވެ. އެދެމެދުގައި އެކުވެރިކަން އުފެދިގެން އައީ އެކިފަހަރުމަތިން ކްލަބުން ދިމާވާންފެށުމުންނެވެ. މާރީ އޯކޭއޭ ބުނުމުން އެމަގުންދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހު މިޒްރާ އޭގެއަށް އެރިއެވެ. ދާންވީ މަންޒިލްގެ ނަން ބުނުމުން ޑްރައިވަރ ޓެކްސީ ދުއްވައިލިއެވެ.
** ** **
“ޔައިޝް. ދަރިފުޅާ މަޑުކޮށްބަލަ.” ގޭގެ ދޮރު ޖެހުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތް ޔައިޝް ފެނުމުން މުފީދު ބުނެލިއެވެ. ހުރި ފިޔަވަޅުމަތީގައި ޔައިޝް ހުއްޓުނެވެ.
“ބައްޕައަށް މައާފުކުރޭ. ބައްޕަ އެއްއިރެއްގައިވެސް ހިއެއްނުކުރަން މިޒްރާއަކީ އެފަދަ ވިޔާނުދާ ކުއްޖެއްކަމަކަށް. އެކަން އެނގުނުނަމަ ދަރިފުޅަށް މިކައިވެނިކުރަން ބައްޕަ މަޖުބޫރު ނުކުރީސް.” މިޒްރާގެ އަމަލުތަކުން ޔައިޝްގެ ހިތަށް ކުރާނެ އަސަރު އެވަގުތު މުފީދަށް އިހުސާސުވަމުން ދިޔައެވެ.
“އަޅުގަނޑަށް ތިކަން އެނގޭ. ބައްޕަ އެއްވެސް ހާލެއްގައި އަޅުގަނޑުގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭނެ. މިއީކީ ބައްޕަވެސް ގަސްދުގައި ކުރިކަމެއްނޫނެއްނު. ދެން އަޅާނުލާ. ވީކަމެއް ވީ. އަޅުގަނޑު ބޭނުމީ މިހުރިހައި ކަމެއްމަތިން ހަނދާންނައްތައިލުމަށްފަހު ދިރިއުޅުމައިގެން ކުރިއަށްދާން.” މުފީދުގެ އަތުގައި ހިފައިލަމުން ހިނިތުންވެލައިފައި ޔައިޝް ބުނެލިއެވެ. މުފީދުވެސް އެކަމަށް އެއްބަސްވެ ބޯޖަހައިލިއެވެ.
“ދަރިފުޅާ. މިއަދުން ފެށިގެން ދަރިފުޅު ބޭނުންވާ ކުއްޖެއް ހަޔާތުގެ ބައިވެރިއެއް ގޮތުގައި އިޚުތިޔާރުކުރުމުގެ ފުރުސަތު ބައްޕަ ދީފިން. ދަރިފުޅު ލޯބިވާ ކޮންމެ ކުއްޖެއްދެކެ މަންމައާ ބައްޕަވެސް ލޯބިވާނަން. އެހެންނު ސާޖިދާ.” ހިނިތުންވެފައި ޔައިޝްގެ ކޮނޑުގައި ފިރުމައިލަމުން މުފީދު ބުނެލިއެވެ. ލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލަމުން ސާޖިދާވެސް ބޯޖަހައިލީ ހިނިތުންވެފައި ހުރެއެވެ.
ގޭގައި ހުރި ކޮޓަރިތަކުން ކޮޓަރިއަކަށް ޔައިޝް ބަދަލުވީ އޭނާގެ ކޮޓަރީގައި އައު ދޮރެއް ހަރުކުރެވެންދެނެވެެ. އެނދުގައި ޖައްސައިލުމަށްފަހު ފޯން ނަގައި އަލްކާގެ ނަމްބަރަށް ގުޅައިލިއެވެ. ރިންގް ހުސްވެގެން ދިޔައިރުވެސް އަލްކާ ފޯން ނުނެގުމުން މާޔޫސްވެފައި ޔައިޝް ފޯނަށް ބަލައިލިއެވެ.
** ** **
“އަވަސްކޮށްބަލަ. މިހާރު ތައްޔާރުވާތާ ކޮންއިރެއް؟” ނައިރާގެ ކޮޓަރީގައި ހުރި މަޑު ސަޕްންޖް ގޮޑީގައި އިނށީދެލައިގެން އިން މައުރީން ޝަކުވާކޮށްލިއެވެ.
“ހޫން. ސާބަހޭ. މިނިމެނީއޭ. ހާދަ ކެތްތެރިކަންވެސް ކުޑައޭ ދޯ ކަމަނާފާނުގެ.” ގަޔަށް ސެންޓްކޮޅެއް ޖަހައިލަމުން ނައިރާ މައުރީނާ ދިމާއަށް ލޯއަޅައިލިއެވެ.
“ހޫން. ދެން އަނގަ ގަދަނުކޮށް އަވަސްކުރަންވީ. މިހާރު ޝިވަން ހުންނާނެ އިންތިޒާރުގަ.” ގަޑިއަށް ބަލައިލަމުން މައުރީން އަނެއްކާވެސް ބުނެލިއެވެ. ހިނިގަނޑެއް ޖަހައިލުމަށްފަހު ނައިރާ އަވަސް އަރުވައިލިއެވެ.
“މަންމާ. އަހަރެން މައުއާ އެއްކޮށް ހިނގާލަން ދިޔަސް އޯކޭތަ؟” ޖެހިލުންވެފައިހުރެ ނައިރާ އަހައިލިއެވެ. ހިނިތުންވެލަމުން ހާމިދާ ބޯޖަހައިލުމާއެކު މައުރީނާ އެއްކޮށް ނައިރާ ހިނގައިގަތެވެ.
“ޕޮއް.” އޭނާއަށް ފުރަގަސްދީގެންހުރި ޝިވަންގެ ކަންފަތްބުޑުގައި ނައިރާ ބާރަށް ހަޅޭލަވައިގަތެވެ. ސިހިފައި ނައިރާއާ ދިމާއަށް ޝިވަން ބަލައިލިއެވެ. “ސިއްސުވައި ލެވިއްޖެދޯ. ހަހަ.” ޝިވަންއަށް ވީގޮތް ފެނިފައި ނައިރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނައިރާގެ ލާނެތްކަންފެނި ހިނިގަނޑެއް ޖަހައިލަމުން ޝިވަން ނައިރާގެ ފަހަތުން ދުއްވައިގަތެވެ. އޭނާގެ އަތުގައި ނުޖެހެންވެގެން ނައިރާވެސް ދުވަމުންދިޔައެވެ.
“ދެން ނިމުނީ. ތިވަރަށް ދުވާކަށް ނުވާނެ. ނައި ވެއްޓިދާނެ.” ވަރުބަލިކަމާއެކު ނައިރާގެ އަތުގައި ހިފައި ހުއްޓުވަމުން ޝިވަން ބުނެލިއެވެ.
ދުވުން ހުއްޓައިލުމަށްފަހު ދެމީހުން ގޮސް ޖޯލިފައްޗެއްގައި ޖައްސައިލިއެވެ. “ބައްޕަގެ ހާލު މިހާރު ކިހިނެއް؟” ނައިރާގެ މަޑު އަތްތިލާގައި ހިފައިލަމުން ޝިވަން ލޯތްބާއެކު އަހައިލިއެވެ. “މިހާރު މުޅިން ރަނގަޅު. ތޭންކްސް ޝިވަން. އެދުވަހު ޝިވަން ނެތްނަމަ ނޭނގެ ބައްޕައަށް ވާނެ ގޮތެއްވެސް.” ޝިވަންގެ ކޯތާފަތުގައި އަތުން ފިރުމައިލަމުން ނައިރާ ބުނެލިއެވެ.
“ހެހެ. އެވަރު ކަމަކަށް ނައި ނުޖެހޭނެ އަހަރެންނަށް ޝުކުރުވެރި ވާކަށް. ނައިގެ އާއިލާއަކީ ހަމަ އަހަރެންގެވެސް އާއިލާކަމަށް އަހަރެން ދެކެނީ. ސޯ އެމީހުން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ހަމަ އަހަރެންގެވެސް ޒިންމާއެއްނު. ދޯ.” ޝިވަން މަޑުމަޑުން ނައިރާގެ އަތްތިލައަށް ފިތައިލިއެވެ. ހިނިތުންެވެފައި ނައިރާ ބޯޖަހައިލިއެވެ.
އިރުކޮޅަކު އެކި އެކި ވާހަކަދައްކަން ތިބެފައި ދެމީހުން ވަކިވީ ޖެހިގެންއޮތް ރޭގައިވެސް ބައްދަލުކުރަން ނިންމައިފައެވެ. ބައްދަލު ނުވެވިދިޔަ ދުވަސްތަކުގައި ހިނގި އެކިއެކި ކަންކަމުގެ ވާހަކަތައް ދެމީހުން ދެމީހުނަށް ހިއްސާކުރެވެމުން ދެހިތަށްވެސް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިގެންދިޔައެވެ.
ފުޅާ ހިނިތުންވުމަކާއެކު ގެއަށްއައިސް ވަތް ނައިރާ ސިހުނީ ސޯފާގައި އިން އަޖުވަދު ފެނިފައެވެ. ހާމިދާއާ ވާހަކަ ދައްކަންއިން އަޖުވަދު ނައިރާ ފެނުމުން ބަލައިލިއެވެ.
“ދަރިފުޅާ. އާދެބަލަ މިތަނުގައި އިނށީދެލަން. ބައްޕަ ވަރަށް މުހިއްމު ވާހަކައެއް އެބައޮތް ދަރިފުޅު ގާތު ދައްކަންވެފަ.” ސީރިއަސް ރާގަކަށް އަޖުވަދު އެހެން ބުނުމުން ނައިރާ އައިސް އޭނާއާއި ޖެހިގެންހުރި ގޮނޑީގައި އިނށީނެވެ.
“ދެން އަޖުވަދު ތިދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ. އެމަންޖެވެސް އެއައީނު.” އަޖުވަދުގެ މޫނަށް ބަލައިލަމުން ހާމިދާ އަވަސް އަވަހަށް ބުނެލިއެވެ. އޭނާވެސް އިނީ އަޖުވަދު ބުނަން އެއުޅޭ ވާހަކައެއް އަޑުއަހަން ބޭނުންވެފައެވެ.
“ދަރިފުޅާ. ބައްޕަ މިއައީ ދަރިފުޅުގެ ކައިވެނި ހަމަޖައްސާފަ.” ނައިރާގެ މޫނަށް ބަލައިލަމުން އަޖުވަދު ބުނެލިއެވެ. އެއާއެކު ނައިރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގާތުގައި އިން ހާމިދާއަށްވެސްވީ ނައިރާއަށް ވީފަދަ ގޮތެކެވެ.
“ކީކޭ؟ އަޖުވަދު ހަމަތަ؟ އެމަންޖެއަށް އަދި އެންމެ 18 އަހަރޭވީ.” ހިތްހަމަނުޖެހުނު ވަރުން ހާމިދާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“ދެން ކީތްތަވީ؟ އަހަރެން ނުބުނަންދޯ މިހާރުން މިހާރަށް ކައިވެނި ކުރާށެކޭ. އެކަމަކު ނައިރާ ވެސް އަދި އަލްކާވެސް އިންނަން ޖެހޭނީ އަހަރެން ދައްކާ މީހަކާ.” ހާމިދާގެ ރާގު ހުރިގޮތުން އަޖުވަދުވެސް ހިތްހަމަނުޖެހުނެވެ.
“އެކަމަކު ބައްޕާ. އަޅުގަނޑު.. އަޅުގަނޑު ލޯބިނުވާ މީހަކާ އިނދެގެން ކިހިނެއް އުޅޭނީ؟” ވީދެރައިން ނައިރާއަށް ރޮވުނެވެ. އަޖުވަދު އޭނާއާާ ދޭތެރޭ ކަންތައްމިކުރަނީ ކިހިނެއް ހެއްޔެވެ؟
“އިނދެގެން އުޅެން ފެށީމަ ލޯބިވެސް ވެވޭނެ. އަހަރެންނަށް ހަމަ ޔަގީން އޭނައަށްވުރެ ރަނގަޅު ހަޔާތުގެ ބައިވެރިއެއް ނައިރާއަށް ނުލިބޭނެކަން. އަހަރެން މިހޮވީ ނައިރާއަށް އެންމެ އެކަށޭނަ މީހާ. ދެން ކޮބާ މައްސަލައަކީ؟ އަހަރެންވެސް އަހަރެންގެ ދަރިއަކަށް ދެރަވާނެ ގޮތަކަށް ނިންމުމެއް ނުނިންމާނެދޯ. ދެން އެކުން މިވާހަކަ ދައްކާކަށްވެސް އަހަރެން ބޭނުމެއް ނޫން. ނައިރާއަށް ޖެހޭނީ މިކައިވެނި ކުރަން. މާދަމާ ރޭ 8 ޖަހާއިރަށް އޭނަ އަންނާނެ މިގެއަށް. އޭރަށް ތައްޔާރުވެގެން ހުންނާތި. ހާމިދާވެސް ވާނެ މާދަމާރޭގެ ކެއުމަށް ތަންކޮޅެއް ރަނގަޅު އެއްޗެއް ހަދައިލަން. އަހަރެން މިދަނީ އަރާމުކޮށްލަން. ނައިރާވެސް ދެންދޭ ކޮޓަރިއަށް.” އަޖުވަދު ބޭނުންވި ހުރިހައި ވާހަކައެއް ބުނެލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ރޮވިފައިއިން ނައިރާއާ ދިމާއަށް ހާމިދާ ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އަޖުވަދު ކަންތައްކުރި ގޮތުން އޭނާވެސް އިނީ ހިތްހަމަނުޖެހިފައެވެ. ނައިރާގެ ބޮލުގައި ހާމިދާާ ފިރުމައިލުމާއެކު ހާމިދާގެ އަތް ފޮޅުވައިލުމަށްފަހު ރޮމުން ރޮމުން ގޮސް ނައިރާ ކޮޓަރިއަށް ވަނެވެ. އެތަންބަލަންއިން ހާމިދާާ ދެފަރާތަށް ބޯހޫރުވައިލީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ.
އެނދުމަތީގައި އޮށޯވެލުމަށްފަހު ގިސްލަގިސްލާފައި ނައިރާ ރޮމުންދިޔައެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ފޯން ނަގައި ޝިވަންއަށް ގުޅައިލިއެވެ.
“ޝިވަން.” އެކޮޅުން ފޯންނެގުމާއެކު ރޮވިފައި ނައިރާ ޝިވަންއަށް ގޮވައިލިއެވެ. “މަގޭ ދޫނި ރޮނީތަ؟ ކިހިނެއްވީ.؟” ނައިރާގެ ގިސްލުމުގެ އަޑުއިވުމުން ހާސްވެފައި ޝިވަން އަހައިލިއެވެ.
“ޝިވަން. ބައް.. ބައްޕަ.. އަހަ.. އަހަރެންގެ ކައިވެނި.. ކައިވެނި ހަމަޖައްސައިފި..” ރޮއިގަންނަމުން ނައިރާ ވީގޮތް ޝިވަންއަށް ކިޔައިދިނެވެ.
“ކީކޭ.؟” އަޑުގެ ނެތްތަނަށް ޝިވަންއަށް ހަޅޭލަވައިގަނެވުނެވެ. ޝިވަންއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. “އެކަމަކު ނައި.. ކީއްވެ؟ އަހަރެން ބަދަލުވެފީމެއްނު. ނައިގެ ބައްޕަ ކީއްވެ އަހަރެންނަށް ފުރުސަތެއްދޭން ބޭނުންނުވަނީ؟” ޝިވަންގެ އަޑުގައި ހިތާމައާއި މާޔޫސީ އެކުލެވިގެން ދިޔައެވެ. އެއާއެކު ނައިރާގެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
101 Comments!
Comments are closed.







Hey all.. Salaam.. N happy friday.. Here is the 13th part of this story.. Hope u guys will like this part too.. Let me knw the mistakes.. N enjoy reading.. Hv a nice day.. Ly all..❤
Varah reethi mi part.. Pls avahah up kohdhechey❤
Thanks ixu… Yes❤
reethi. thanks nau 🙂
Wlcm n thanks zym
Awlhey varh nice ❤
Ekam haadha kurey?
Oh sry dear.. Btw thanks..❤
Alheyyy..no so sad..??I feel something is fishy..i think nai ashaa shivan ah neygey gothah edhemyhun ge kaiveni hamajesi kaneyge…??envehjiyaamun rangalhu..yaish dhen avahah alka dheke loabivaa vaahaka parents kairi buney..waittings…love ya ❤️❤️❤️
Haha.. Hingaa dhw balamaa.. Thanks click.. Love ya too..❤
Ohhh wow masha allah stry v v speechless???? shivan gennan e ulheny dhw? Nairaa n shivan gulhuvan ajwadh e ulheny dhw alhey wow kon irakun nxt prt avaskolladhybala plx can’t wait plx mi adhu adhi one more prt up kolladhybala plx nau ly??❤❤??❤??
Hehe. Lets see dhw.. Will try ingey dear.. Thanks love.. Ly too❤❤
Varaaaaah kuru.. Sad.?????
Ohh.. Sry dear.. Dhn in part lng lohleveythw try kuraanan ingey.. ?
Woww… Awesome hama… Vaahaka varah varah varah reethi… Alhey haadha kiyaahithun indhaey e nimuny… Mihaaru vx next part kiyaalaahithun kehmadhuvehje… Nau veehaavx avahakah up kohladhehchey next part… Curiously waiting for the next part.. U are a great writer.. Love you….
Thanks alot dear.. Luv u too❤
Mihaathanah fenunu enme salhi liyuntheriyaa thee. Aslu varah madhun coment kurany ekam mi site ge v gina liyuntheringe vaahaka kiyan. Ekam ur the best hama. Kiyuntheringe inthizaaru kurukoh avahah up kohdheythee ves v ufaavey. May Allah bless u always. ?
Awwwwnn.. Thank u soooo much dear.. Loves.. May Allah bless u too..❤
Alhey… nai aa al ah thihen nuhadhaa.. ajwad ves haadha over protective ey… mizra ah ves bondi eh libijje dhw.. this one’s nice… waiting for the next part.. ❤????
Thanks shudha❤
Sidhu ah vex hyvany nai ge loabi nai ah libenyhen dad menge ruhumuga…..so happy …..story vex v salhi…yaish ah alka vex libeyne
Hehe. Lets see dhw dear.. Thanks sidhu?
Mistake akee vaahaka thankolheh kureee…. story vvv reethi??????
Ohhhh.. Heheh.. Thi mistake rangalhu kureveythw try kuraanan ingey naxy.. Thanks alot.. ?❤
Ma sha allah.. v reethi mibaivess.. ?? comment kohnulevunass feshuneehsure! Mivaahaka midhanee kiyamun ingey nau .. ??? assluvess thee v molhu kujjeh ma sha allah.. ???? abadhu vess thikuriah dhaagothah fiyavalhakah fahu fiyavalheh kuriyah alhamun gendhaane kamah unmeedhukuran .. ly .. ??
Thanks layaa.. Ly too?❤
Haadhahaa kurey.. by the way.. story hama super
Thanks thoo
Varah salhi… ei thedheh thankolheh avahah nxt part up kohdhehchey….u r grt writer… mi vahaka rau hama knme partehves kiyan
Thanks rau.. Will try ingey dear..
Waiting…..?
Thanks axu..?
Masha Allah… Nau, mivaahaka furihama kamun bunaane ehcheh hama ehgothakahves neynge.. Mivaruge furihama vaahakaeh adhieh nukiyan.. Nau thy hama ehvana n I ge enme favourite vaahaka liuntheriyaa.. Anehbai avas igey nau.. Luv u
Awwwnnn.. Thank u soooooo much ainth.. Happy to know that.. Luv u too dear..❤
❤️?. When is next part? ?
Thanks jjey.. In sha allah soon❤
Masha allah.. haadhahaa rythi waahaka ekey my.. ajwadh ah kyhwe tha nuwisneny.. nau plxx naira ah ehn nuhadhahchey.. alka nd yaish gulhiwaba awahah.. heyo nuwaane ajwadh ah wisnadhy nauu bye loves♡♡
Thanks alot thoo..
Loves dear❤
helw nau puddin 😉 😉 alheyy eyoh kiyaa hithun indha nimunyyy.. 🙁 🙁
story hama number one 😉 😉 mistake akyyyyyyy…………….. hehe e dhogeh neih mistake eh. 😀 story hama brilliant !!! nai ge kaiveni kureveynee shivan aa. eulheny nai birugannavailan vegen.. hehe dhn neynge nau twist ehvx genesdhaaneviyya dhww 😀 waiting. love u..
Hehe.. Hello dear.. Lets see dhw.. Hama twist ehvx aisfaane.. Hehe.. Thanks my dear sjk.. Love ya too?❤
Hey sjk…Comp nukiyavan dhww
Kon iraku nimenii exam?
Mine is finished… freedom libijje at last…??
hey 😀 my exam will finish at 14 nov. faharehga comp vx kiyavaanan. hehe dhn mihaaru freedom libumuge magumathyga miulheny, very soon 😉 😉 🙂
Yepp nice
Thanks sinaa
Nau vareh nuvaane…..hama bunaa dhuvahah up eba khodheyy?……..thankx …nd story v v reethii? ..whn next part….
Thanks xim.. Write koh nimunuhaa avahah.. ?
Reethi… Kiyaahithun indhaa nimihje?
Thanks sahoo?
Masha Allah …… varah reethi…..❤❤❤❤❤
Thanks zuam❤
Masha Allah V reeti
Thanks ram
Naufa thy hama enne best writer ingey… Keep it ? dude.. Naufa kahala dhethin writers thebeynenama….
???
Awwnn.. Thank u sooo much kail??
Alhey nai ah kihineh thi hedhy
Ekam ves stry hama varah nice ingey
Lets see dhw dear.. Thanks
Varah Salhi. U r my best and favourite writer ever known…
Loves<3
Awwwnn.. Thanks alot lala.. Happy to know that.. Loves dear..❤❤
❤❤❤❤❤
Thanks awa❤❤
Nau… Vv gadha… Vv salhi…. V reethi….maashaaallah…..
Thanks alot riii
Hey nau masha allah stry hama vvv reethi….?
nai&shivan aa dhw kaiveni kuraany…
you are tha best ingey..?
Waiting 4 next part..?
Lets see dhw.. Hehe.. Thanks friends..❤
Maasha allah haadha reehcey story nauuu… but Naira and Alka ah ehn nahadhahcey plx plx haadha dheraveyey ekudhin dhera v ma…
Hehe.. Thanks santhi.. Dhn lets see dhw dear..
Mi part v reethi waited for next
Thanks rsh
Varah sali.. adi eh part up kohdheeba?
Thanks aain
Loabi vaa Meehun dhurunukuruvaathi….. nice mi part vs..
Thanks reader
wow vvvvv varah salhi nau ge mi story
Thanks alot ruhy
Plz plz mirey one part up kohdhee ba plz plz nau sis.mi ee my favourite story
Awwn.. Thanks alot dear❤
V v v v reethi next part avahah up khdybaa plx plx
Thanks muni
V salhi mi baeves .????
Thanks mamee❤?
alhy …nau…haada reechy mivaahaka v nice mi part ves next part ah inthizaarukuran avaskohlahchy……????
Thanks tom
Vv salhi…lov ur stories nau?❤❤?????
Thanks lam❤
Hey my dear all readers.. Next part in sha allah tmrw ga up koh dheynan ingey.. Keep waiting dears..
Mi part Wes warah reethi kon irakun aneh part up kuranee waiting
Thanks kul
???v.nice
Thanks dear❤
Varah reethi story…wen next part?
nice. when is next part uploading?waiting for next part
Hlw nau…alhe story adhi ves up nuvey dhw….vvv wait kure vey eba…Avas kohlahchay… so curious
Nau when is next part waiting…..
Kobaa story can’t wait nau ?????
Ahey nau adhi ves story up nuvey so sad plx avas kohlahchey nau…………. Nau plx avas can’t wait ?????
Kobaa story nau…….waiting 4 the story
Kobaa story???
Where is story???
Story????
Nau?????
Hey all.. Nw innaane up kohfa..?