Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (ސޯޅަވަނަބައި)

Pinkish Level 5100 Comments10 Stories100 Login500 Comments
November 9, 2017 4 Mins Read
113 Comments

މިކްޔަން ދިޔަގޮތަށްގޮސް ހިފީ ޔާނާގެ އުނަގަނޑުގައެވެ. އެއަށްފަހު ކައިރިއަށް ދަމާލިއެވެ. “ޔަން” ލަދުގަންވަރުން ޔާނާ މަޑުމަޑުން އެކިކޮޅުކޮޅަށް ބަލާލަމުން ބުނެލިއެވެ. “ކީއްވީ؟” ނޫން ކަމަށް ހަދާލާފަ މިކްޔަން ބުނެލިއެވެ. “ކަމެއްނުވެ” ޔާނާ މިހެންބުނެ ހިތްހަމަ ނުޖެހި ހުރެ މިކްޔަންގެ އަތް ނައްޓުވާލިއެވެ. އެންމެންގެ ތެރޭ އެހެން އުޅެން ޖެހޭ ހެއްޔެވެ. މިކްޔަން ގޮތްދޫނުކުރުމަށްޓަކައި ޔާނާގެ އަތުގައި ހިފައިގެން ހުއްޓެވެ. ޔާނާވެސް ދެން އެކަމާ މާބޮޑަށް އަޅައެއްނުލައެވެ. “ވާހަކައެއް ބުނަންތަ؟” މިކްޔަން ޔާނާގެ ކަންފަތްބުޑުގައި ބުނެލިއެވެ. ޔާނާ ބޯ ޖަހާލިއެވެ. “އަހަރެން”

“ދޮންތަބެ އަށް ވާ ސާބަސް އަހަރެން ކޯކްތައްޓެއް ބަލާ ދިޔައިރަށް އައީއޭ ދޯ. ދޭ ދޭ” ޔާނާގެ އަތުގައި ހިފައިފަ އޮތް މިކްޔަންގެ އަތް ނައްޓުވަމުން ލާރާ ބުނެލިއެވެ. މިކްޔަންގެ އަތް ނުނެއްޓުވެނިސް ޒާއިން އައިސް ލާރާގެ އަތުގައި ހިފާލިއެވެ. “ބަހައްޓަބަލަ. ދޮންބެދައްތަ ދޮންބެ ކައިރި ނުހުންނާތީ ޖޭ ވެގެން އެއުޅެނީ” ލާނެތް ގޮތަކަށް ޒާއިން ބުނެލިއެވެ.

މިކްޔަން ޒާއިންއަށް ބަލާލީ ރުޅިވެރިކަމާއެކީއެވެ. “ކޭކް ފަޅާ ގަޑި ޖެހުނީ. ހިނގާ ހިނގާ” ޒާއިން އަވަސް އަވަހަށް ބުނެލިއެވެ. ޒާއިންއަށް ކަޅިއަޅާލައިފަ މިކްޔަން ޔާނާ ގޮވައިގެން ކޭކް ބަހައްޓާފައި ހުރި މޭޒު ކައިރިއަށް ދިޔައެވެ.

ލާރާ އެމީހުންގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް ނުދެވުނީ ޒާއިން އަދިވެސް އެއަތުގައި ހިފަހައްޓައިގެން ހުރުމުންނެވެ. “އޭ ބުޅަލާ ދޫކުރޭ” ލާރާ ބުނެލިއެވެ. ޒާއިން އޯ އޭ ކިޔާ ލާރާގެ އަތުން ދޫކޮށްލިއެވެ.

ލާރާ ގޮސް ޔާނާގެ ވާއަތް ފަޅީ ހުއްޓުނެވެ. ޒާއިންވެސް ގޮސް ލާރާ ކައިރި ހުއްޓުނެވެ. ޔާނާގެ ކަނާތްފަރާތުގައި ހުރީ މިކްޔަންއެވެ. ޔާނާ ކޭކް ފަޅާލުމާއެކު އިވިގެންދިޔައީ އެއްމެންގެ އަތްތިލަބަޑީގެ އަޑެވެ. ޔާނާ ފުރަތަމަ ކޭކްކޮޅު ނަގާ އުޅުނީ ލާރާއަށް ކާންދޭށެވެ. ނަމަވެސް ލާރާ ޔާނާގެ އަތް މިކްޔަން ހުރިކޮޅަށް ގެންދިޔައެވެ. “މި ޕާޓީ ރޭވީވެސް ދޮންތަބެ. އެހެން ފަސްޓް ދޮންތަބެ”

“އެހެންނުވާނެ. ފަސްޓް އޯލްވޭސް ސިސްޓާ” މިކްޔަން ވެސް ޔާނާގެ އަތް ލާރާ ގެ ކޮޅަށް ގެންދިޔައެވެ. ލާރާ އަނެއްކާވެސް ޔާނާގެ އަތް މިކްޔަން އާކޮޅަށް ގެންދިޔައެވެ. މިކްޔަންވެސް ދޫނުދޭންވެގެން ލާރާގެ ކޮޅަށް އަތްގެންދިޔައެވެ. ޔާނާ ހުރީ ބޯފަޅައިގެން ދާވަރު ވެފައެވެ. “ހޫން. އަހަރެން ކާނީ” ލާރާގެ ކައިރި ހުރި ޒާއިން އައިސް ޔާނާގެ އަތުގައި އޮތް ކޭކް ކާލިއެވެ. އެއާއެކު އިވިގެން އެއްމެންގެ ހުނުމުގެ އަޑެވެ.

“ކޮބާ ހިނގާ ދާން. 2 ޖަހަނީ” މިކްޔަން ޒާއިން، ލާރާ އަދި ޔާނާއަށް އިޝާރަތްކޮށް ބުނެލިއެވެ. “ޒާއިން ގެއަށް އާދޭ ލާރާ ލައިދީފަ އިނގޭ” މިކްޔަން އަނެއްކާ ބުނެލިއެވެ. “އަމިއްލެއަށް ދޭބަލަ ފިނޑި އަންހެނާ” ޒާއިން ލާރާއާ ދިމާލަށް ބުނެލިއެވެ. ލާރާ ކަޅިއަޅާލިއެވެ. “ގޮސްދާނަމޭ” ލާރާ މިހެން ބުނެ އެތަނުން ނިކުތެވެ. ފަހަތުން ޒާއިން ވެސް ނިކުންނަން ދިޔައީ މިކްޔަން މެންނަށް އެއްލޯ މަރާލާފައެވެ.

“އަރާ” ޒާއިން ސައިކަލުގައި އައިސް ލާރާއާ އެއްވަރު ކޮށްލަމުން ބުނެލިއެެވެ. “އެކަނި ދާނީ” ލާރާ މިހެން ހަމަ ބުނެލިތަނާ ފައިން އޭ ކިޔާ ޒާއިން ސައިކަލު ދުއްވާލިއެވެ. ޒާއިން ގޯޅިއަޅަންދެން ލާރާ އަށް ބަލަހައްޓައިގެން ހުރެވުނެވެ. ހަމަ އަހަރެން އެކަނި ބަހައްޓަފައި ޒާއިން ދިޔައީ ހެއްޔެވެ. އިރުކޮޅަކު މިހެން ހުރެފައި ގެވެސް އެތަނާ ކައިރިވުމާއެކު ލާރާ ހިނގައިގަތެވެ. ބިރުންހުރެއެވެ. ވާނީވެސް އެހެންތާއެވެ. އެމަގުގައި އޭނަނޫން އެހެން މީހެއްވެސް ހުރީކީ ނޫނެވެ. ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔަމުންދިޔަ ލާރާ ސިއްސައިގެން ދިޔައީ ޒާއިން އެޅިގޯޅިން މީހަކު ވާހަކަ ދައްކަމުން ނިކުތީމައެވެ.

“ފިނޑި އަންހެނާ” ޒާއިން ބުނެލީ އަޑު ބަރުކޮށްގެންނެވެ. ލާރާ އަށް ލިބުނު ސިހުމުގައި ބާރަށް ހަޅޭލަވާލާފައި ފައިގައި ހުރިބާރެއްލައި ދުއްވާގަނެވުނެވެ. ނަަމަވެސް ކުރީފަހަރުހެން ފުރަތަމަ ފިޔަވަޅާއެކީ އަނގަ ވަތަށް ވެއްޓުނެވެ.

“ޕިސް ޕިސް ދަރިޔާ. ދުވަން ނޭނގެނީތަ؟” ޒާއިން އައިސް ލާރާ ނަގަމުން ބުންޏެވެ. “ޒާއިން އާ ހެދިންނޭ. ކޮބާ ސައިކަލު؟” ގައި ފޮޅަމުން ލާރާ ބުނެލިއެވެ. “އެކޮޅުގައި ހުންނާނެ. މަޑުކުރޭ” ޒާއިން މިހެން ބުނެ ސައިކަލު ހިފައިގެން އައެވެ. “އަރާ ދެންވެސް ބިރުބޮޑު އަންހެނާ” ހެމުން ހެމުން ޒާއިން ބުނެލިއެވެ.

“ބައިދަވޭ. ރުޅިއައީމަ ހީވަނީ ހަމަ ކިއުޓީ ޕައި އެއްހެން” ސައިކަލު ދުއްވާލަމުން ޒާއިން ބުނެލިއެވެ. ލާރާ ހުރީ ފާޑަކަށް އަނގަ ހުޅުވިފައެވެ. ޒާއިން އެކަހަލަ އެއްޗެއް އެބުނީ ފުރަތަމަ ފަހަރު ވިއްޔާއެވެ.

“ފައިބަށޭ ނުބުނަނިސް ނުފައިބަންތަ ތިއުޅެނީ” ޒާއިން ބުނެލީ ލާރާގެ ގެއަށް އައިސް ހުއްޓުންފަހުން އެއްމިނެޓް ވީއިރުވެސް ލާރާ ނުފޭބުމުންނެވެ. ޒާއިން މިހެން ބުނުމުން ލާރާ ހީވީ ފޫކޮޅަށް ކައްޓެއް ހެރިހެންނެވެ.އަވަސް އަވަހަށް ސައިކަލުން ފޭބިއެވެ. ޒާއިން ހީލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. ލާރާ ޒާއިންއަށް ބަލަން ހުރުމަށްފަހު ޒާއިންގެ އިސްތަށިގަނޑާ ކުޅިލުމަށް ފަހު ޒާއިން އެއްޗެކޭ ނުބުނަނިސް ގެއަށް ވަނުމަށް ހިނގައިގަތެވެ. ޒާއިން އަމިއްލަ ބޮލުގައި އަތްހިންގާލީ ފަނޑު ހިނިތުންވުމަކާ އެކީއެވެ.

“މަންޖޭ. ގުޑް ނައިޓް” ޒާއިން ގޮވާލިއެވެ. ލާރާ އެނބުރި ހިނިތުންވުމެއް ދިނެވެ.

*****

ކޮޓަރިއަށް ވަންގޮތަށް ޔާނާ ބެލީ އަޅާފައި ހުރި ޝޯލް ބޭލޭތޯއެވެ. ޝޯލް ބާލާފައި ލޯގަނޑަށް ބަލާލި ޔާނާ ހައިރާންވީ ފަހަތުގައި މިކްޔަން ފާޑަކަށް ބަލަން ހުރުމުންނެވެ. “ޔަން، މީހަކު އެއްޗެއް ޔަން އަށް މިރޭ ބޯންދިނީތަ؟” ފާޑަކަށް އަތަށް ގޮތެއް ހަދަމުން ޔާނާ އަހާލިއެވެ.

ފަހަތުގައި ހުރި މިކްޔަން އައިސް ޔާނާގެ ފަހަތުން ބައްދާލިއެވެ. މިކަމުންވެސް ޔާނާ ހައިރާންވިއެވެ. “ޔަގީން ބޯން ދިނީކަން. އާ ޔޫ އޯކޭ؟” ޔާނާ މިހެން ބުނިތަނާ މިކްޔަން ޔާނާގެ ހުޅި ނައްޓާލިއެވެ. ޔާނާ ގަތީ ބިރެވެ. “ޔަން ޔަން. އޯކޭތަ؟” ޔާނާ އެނބުރި ދެއަތުން މިކްޔަންގެ ދެކޮލުގައި މަޑުމަޑުން ޖަހާލަމުން ޔާނާ އަހާލީ ހާސްވެހުރެއެވެ. “ޑޭމް ޔާނާ” މިކްޔަން ދެންކޮށްލީ ޔާނާ ހީވެސް ނުކުރާ ކަމެކެވެ. އެހެން އިރުކޮޅަކު ހުރެލުމަށްފަހު މިކްޔަން ޔާނާގެ މޫނާ މޫނު ދުރުކޮށްލިއެވެ. “އައި ލަވް ޔޫ” ވައި އަޑުން މިކްޔަން ބުނެލިއެވެ. “އޭނ. ކުއްލިއަކަށް ލޯބިވެވުނީ؟” އެ ލަފްޒު އަޑުއަހަން ކެތްމަދުވެފައި ހުއްޓަސް ކުއްލިއަކަށް މިކްޔަން ބުނުމުން ޔާނާއަށް ގަބޫލެއް ނުކުރެވުނެވެ. “ނޭނގެ. މިރޭ ޔާނާ ވަރަށް ރީތި. އެހެން މީހަކަށް ޔާނާ ފެންނަން ވެސް އަހަރެން ނޭދުނު” މިކްޔަން އަނެއްކާވެސް ޔާނާގެ ތުންފަތުގައި ލޯބިކޮށްލިއެވެ. ޔާނާ އަމިއްލަ ހިތަށް ބާރުފޯރުވުމަށްފަހު މިކްޔަން އަނެއްކާވެސް ދުރުކޮށްލިއެވެ. “އެހެންވިއްޔަ އަހަރެން ރީއްޗޭނުން ތިވީ” މައުސޫމް ގޮތަކަށް ޔާނާ ބުނެލިއެވެ. “އެހެންވިއްޔާ ހިނގާ ލޯބިވާވަރު އިނގިދާނެއްނު” މިކްޔަން ޔާނާ އޭނާގެ އަތްދަނޑި މައްޗަށް ނަގަމުން ބުނެލިއެވެ. އެބުނިއެތީގެ މާނަ ޔާނާއަށް ވިސްނުމުން އޭނާގެ ދޮންމޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. ނަމަވެސް އުފާވެސް ވިއެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައުމުންނެވެ. އޭނާއަށް ހުރިހާ އުފަލެއް ލިބުނީ ކަމަށް ޔާނާ ހީކުރިއެވެ. ނަމަވެސް އަންނަން އޮތީ ކިހާވަރެއްގެ މުސީބާތެއްކަން ޔާނާއަށް އިނގޭނީ ކިހިނަކުން ހެއްޔެވެ. މިކްޔަން ޔާނާގެންގޮސް އެނދުމަތީ ބާއްވަމުން ނިދާބޮކި ދިއްލާލިއެވެ. އޭރު އެދޮލޮލުގައި ވަނީ މަސްތުކަމެވެ.

*****

ހެނދުނު ލޯހުޅުވާލީ މިކްޔަން ޔާނާއަށް ބަލާލިއެވެ. ރޭގެ ހަނދާންވުމުން އެމޫނަށް ހިނިތުންވުމެއްވެރިވިއެވެ. ނަމަވެސް އެ ހިނިތުންވުން ފަނޑުވީ ނަޝްވާ މަތިން ހަނދާންވުމުންނެވެ. މިކްޔަން ފޯނު ނަގާ ބަލާލިއެވެ. ނަޝްވާގެ ކިތަންމެ މިސްވެފައި ހުރި ކޯލްތަށް ހުއްޓެވެ. އޭނާއަށް ހެވެވެ. އޭނާއަކީ ޔާނާގެ ފިރިމީހާއެވެ. އެހެން އަންހެނަކާމެދު އޭނަ ވިސްނާކަށް ނުޖެހޭނެއެވެ. މިކްޔަން ނަޝްވާގެ ނަންބަރު ބްލޮކް ކޮށްލީ އިތުރު ވިސްނުމަކަށް ނުގޮހެވެ. އެއަށްފަހު ޔާނާއަށް އަނެއްކާ ބަލާލިއެވެ. އެވަގުތަކީ ޔާނާ ލޯހުޅުވާލި ގަޑިއެވެ. ދެލޯހުޅުވާލި ޔާނާ އަށް އޭނާއަށް ދިމާލަށް ބަލަން ހުރި މިކްޔަން ފެނުމުން ލަދުން މިކްޔަންގެ މޭގައި ބޯއަޅާލިއެވެ. “މޯނިންގް ބޭބް” ޔާނާގެ ނިއްކުރިއަށް ބޮސްދެމުން މިކްޔަން ބުނެލިއެވެ. “ބައިދަވޭ ޔޫއާ ސެކްސީ” ވައި އަޑުން މިކްޔަން ބުނެލިއެވެ. ޔާނާ ގަންލަދުން ގައިގައި ބެޑްޝީޓް އޮޅާލައިގެން ދުވެފައި ގޮސް ފާހާނައަށް ވަނެވެ. މިކްޔަން ހިނިގަނޑެއް ޖަހާލާފައި މަޑު ހިނގުމެއްގައި ގޮސް ފާހާނައަށް ވަދެ ދޮރުލައްޕާލިއެވެ.

****

ހެދުނު ހެދުނާ މައިލޯ ޕެކެޓެއް ގަތުމަށް ފިހާރައަށް ދިޔަ ލާރާ ހުއްޓުން އެރީ އެތާކައިރި ހުރި ކެފޭއެއްގައި ޒާއިން އިންހެން ހީވުމުންނެވެ. ކައިރީގައި އަންހެން ކުއްޖެއްވެސް އިނެވެ. ލާރާ އެދިމާލަށް ހިނގައިގަތީ ކާކުތޯ ބަލާލުމުގެ ނިޔަތުގައެވެ. “ޒާއިން” ލާރާ ގޮވާލިއެވެ. ލާރާއާ ފުރަގަސް ދީގެން އިން އަންހެން ކުއްޖާ ވެސް އެއަޑަށް ބަލާލިއެވެ. “މިކާކު” ލާރާއަށް ބޭއިހްތިޔާރުގައި ނުރުހުންވެ ހުރެ އަހާލިއެވެ.

“އިށީއިނެބަލަ” ޒާއިން ބުނެލިއެވެ. ލާރާ ނުއިށީންނަން ހިތުއަޅައިގެން ހުރި ނަމަވެސް އިށީއިނެލިއެވެ. “މި ޒާޔާ. އަހަރެމެން ލަންކާގައި އުޅުންއިރު އަހަރެމެން ގޭގައި އުޅޭނީ ކިޔަވަން. ދެންމެ މާލެ އެއައީ. ގޭމީހުންނަށް ސަޕްރައިޒްއެއްދޭންވެގެން ނުބުނީ. އަހަރެމެންގޭގައި އުޅޭނީ ޒާޔާ ދޯ” ޒާޔާ ބޯޖަހާލިއެވެ. ލާރާ ހިނިތުންވެލި ނަމަވެސް އެ ހިތުގައި ހަސަދައިގެ ރާޅު ބާންޏެއް ހިނގާލިއެވެ. “އަހަރެމެން ހާދާ މަޖަލެއް ކުރީމޭ ދޯ” ޒާޔާގެ ކޮލުގައި ޖަހާލަމުން ޒާއިން ބުނެލިއެވެ. “ޒާއިން އަންނާނަން ދޯ އަހަރެން ހޮސްޕިޓަލްއަށް ލައިދޭން ދާން؟” ލާރާ އަވަސް އަވަހަށް ބުނެލިއެވެ. “އަޅޭ. މިއަދު ނުދެވޭނެ. ޒާޔާ ޝިފްޓް ވުމަށް ހެލްޕްވެދެން ވާނެއްނު” ޒާޔާއަށް ބަލާލަމުން ޒާއިން ބުނެލިއެވެ. ލާރާ ތުންފިއްތާލިއެވެ. ތި ޒާޔާއެއްވެސް ކަޅަކަސް ރީއްޗެވެ. ޒާއިންއާއި ގުޅުމެއްވެސް އޮވެދާނެއެވެ. ލާރާ ދަނީކަމަށް ބުނެ އެތަނުން ދިޔައީ ފާޑަކަށް ރުޅިއައިއްސަ ހުރެއެވެ. މި ޒާއިންއަށް ވެސް އަހަރެންނަށްވުރެ އެ މުހިއްމުވީ މި ޒާޔާއެކޭ ނޫންހެއްޔެވެ.

ލާރާ ދިޔަ ދިމާލަށް ޒާއިން ބަލާލިއެވެ. އަނެއްކާ ނުދެވޭނޭ ބުނީމަ ހިތްހަމަ ނުޖެހުނީ ބާވައެވެ.

=ނުނިމޭ=

Share Article

Follow Me Written By

Pinkish

Level 5100 Comments10 Stories100 Login500 Comments

...

Other Articles

Previous

ޢެދެމޭ އުފާ….(37)

Next

ހިތްއެކީ ދެވިއްޖޭ (12)

Next
November 9, 2017

ހިތްއެކީ ދެވިއްޖޭ (12)

Previews
November 9, 2017

ޢެދެމޭ އުފާ….(37)

113 Comments!

  1. SJK...KOREAN says:
    November 9, 2017 at 9:41 pm

    yeyyyyy me first tha????

    1. SJK...KOREAN says:
      November 9, 2017 at 9:51 pm

      hiii Ramko.. mi vaahaka up veythi refresh koh koh mi innany 😉 😉 mi part varah majaa. n haaaaadha salhiey. you are best inge. obinesssss. zaain eulheny laaraa jelous kuran kanneynge. anyways, aneh part mihaaru maa bodah kiyaa hiyy vehje. waiting waiting as usual. luv u… 🙂 🙂

    2. SJK...KOREAN says:
      November 9, 2017 at 9:52 pm

      hahaaaaaa first dhw. so happy!!! 😀

    3. Ram says:
      November 9, 2017 at 11:51 pm

      Yess sjk ?❤

    4. Ram says:
      November 9, 2017 at 11:53 pm

      Hei sjk.. lets see.. thankyou so much ?❤

    5. Ram says:
      November 10, 2017 at 12:11 am

      Yeeeeessssssss… you are ????❤

  2. Yainu says:
    November 9, 2017 at 9:41 pm

    ❤❤❤❤❤❤

    1. Ram says:
      November 9, 2017 at 11:54 pm

      ????

  3. sum says:
    November 9, 2017 at 9:43 pm

    Ram!!! hama hulhuvaali thanun thi up kury!! Thankuuuuu ?
    AND STORY ……..
    WOW WOW WOW
    I love zaain laara they r cute
    Btw I’m first dho

    1. sum says:
      November 9, 2017 at 9:44 pm

      no m not first ??????

    2. Ram says:
      November 9, 2017 at 11:55 pm

      Thankyou dear ?❤ dhn faharakun dww first hoadhaany ?❤

    3. Ram says:
      November 10, 2017 at 12:10 am

      Awwwn its ok dear ?❤

  4. yal v says:
    November 9, 2017 at 9:46 pm

    Heee haadha kureyy

    1. Ram says:
      November 9, 2017 at 11:55 pm

      Kuru dwww ?

    2. yal v says:
      November 10, 2017 at 4:11 pm

      Alhey yal hama kiyaa hiyy vani miadhu kn irakun up vaani storyy??

    3. Ram says:
      November 10, 2017 at 4:37 pm

      mirey dear ❤

  5. Paree says:
    November 9, 2017 at 9:49 pm

    Ram haadha kururey kuruveema foohi

    1. Ram says:
      November 10, 2017 at 9:02 am

      Oww paree.. sorryy ?❤❤

  6. Limsha says:
    November 9, 2017 at 9:49 pm

    Haadha kurey
    Bt varah nice

    1. Ram says:
      November 9, 2017 at 11:56 pm

      Thankyou limsha ?❤

  7. Shuza says:
    November 9, 2017 at 9:50 pm

    Varah varah varah varah varah varah varah reethi hama best ????akam haadha kurey????

    1. Ram says:
      November 10, 2017 at 9:03 am

      Kuru dww ? thankyou so much ❤❤

  8. Rinx says:
    November 9, 2017 at 9:51 pm

    V reethi

    1. Ram says:
      November 9, 2017 at 11:56 pm

      Thankyou dear ?❤

  9. xim says:
    November 9, 2017 at 9:54 pm

    Wow wow haadha cute ey specially laaraa end zaain …….vvvv reethi…. When next part?????? Kiyaahithun kei madhuvefa mi inny wowww….

    Loveeeee

    1. Ram says:
      November 9, 2017 at 11:57 pm

      Thankyku so much dear.. maadhen ??❤

  10. Rsh says:
    November 9, 2017 at 9:57 pm

    WOW I Lovev it when next part…. Waiting…..

    1. Ram says:
      November 9, 2017 at 11:58 pm

      Thankyou dear.. maadhen igeyy ??❤

  11. click a shot ? says:
    November 9, 2017 at 10:03 pm

    hey ram…hows you…?M ?..Mi part ves hama obiness to the max…???OMG dhen annan miulheni koh bodu museebaathe baa…??varah biru ganehje ingey ehen bunima..konmex yaana ashaa mik ah dhera gotheh nahadhaathi…haha..??laara aa zaain baeh faharu kiyaa ehchin heehee halaaku vaavaru vey..those names fidi anhenaa ,birubodu anhenaa..haha..??next part when ???waitting…mihen bunias ingey ehaa varah wait kuran nujeheyne kan..ram up kohdhey viyaa daily koh…but hama kiyaahithun..love ya..❤️❤️????

    1. Ram says:
      November 10, 2017 at 9:07 am

      Heyy click.. i m great.. click oa??thankyou so much.. miadhu noony mireyy… keep waiting.. loves more ?❤

    2. click a shot ? says:
      November 10, 2017 at 12:34 pm

      I’m fine…inaane comment ga m ? Jahaafa..??waitting ❤️

    3. Ram says:
      November 10, 2017 at 10:34 pm

      Thedhekeyy dww.. hehee

  12. Haw shiaa shabaa shiaar says:
    November 9, 2017 at 10:05 pm

    Balabalaa indhaa up thikuree, mashaa Allah v v reethi mi part ves, haw ge heart ?❤️ ves beating too fast,heevee hax a ekee romantic vaguthu kolheh dhiyaheh, aslu ranko v molhu, ehen ve e feeling e aee, may Allah bless you, up kureethee thanks so much, goodnight ??swty dream

    1. Ram says:
      November 10, 2017 at 9:39 am

      Thankyou so much dear.. may allah bless you too.. lovess ?❤

  13. chipoo says:
    November 9, 2017 at 10:08 pm

    vv reethi .

    1. Ram says:
      November 9, 2017 at 11:59 pm

      Thankyou chipoo ?❤

  14. Shy❤? says:
    November 9, 2017 at 10:08 pm

    Haha! Someone is jealous! Laara huree varah rulhi aissa dhw Zaara fenunyma. N finally Mikyan n Yaanaa r together. Varah varah nice mi bai ves. Love this story❤?

    1. Ram says:
      November 9, 2017 at 11:59 pm

      Yeah dww.. hehe.. thankyou so much shyy ?❤

  15. Mai says:
    November 9, 2017 at 10:11 pm

    Varah varah loabi nd cute.. Next part ven tha

    1. Ram says:
      November 10, 2017 at 9:40 am

      Thankyou so much dear… miadhu ?❤

  16. Hashaa says:
    November 9, 2017 at 10:23 pm

    Oh…finally up…mi story varan super,,,,varan funny….ekam haadha kurey…

    1. Ram says:
      November 10, 2017 at 12:00 am

      Yess ram ah vx igeyy kuru kn.. try kuran but hama nuvanyy.. thankyou igey dear ?❤

  17. Sinaa says:
    November 9, 2017 at 10:39 pm

    Nice

    1. Ram says:
      November 10, 2017 at 12:01 am

      Thankyou sinaa ?❤

  18. Riii says:
    November 9, 2017 at 10:39 pm

    Vvv salhi…. Dhen oii part… Dhw….waiting… Waiting….

    1. Ram says:
      November 10, 2017 at 12:02 am

      Thankyouuu… next part maadhen igeyy.. keep waiting.. ?❤

  19. Malsha says:
    November 9, 2017 at 10:41 pm

    Alhey v v rythi..mihaaruves next part kiyaahiyy vejje. .knirakun tha up kohlaany? ?Avas kohlahchey. .plx plx. .btw ram ur the best. .mal emme furathama liyaa hithun ky eem ge story. .now u ge story. .I just love it. .goodnight..ly

    1. Ram says:
      November 10, 2017 at 12:04 am

      Awww thankyou mal.. maadhen igeyy.. keep waiting.. heyy eeem ge story was mine fav too that time.. ? thankyou so much ?❤

  20. Eyra says:
    November 9, 2017 at 10:44 pm

    Nice❤

    1. Ram says:
      November 10, 2017 at 12:04 am

      Thankyou eyra darl ?❤

  21. Pinky shifoo says:
    November 9, 2017 at 10:55 pm

    Alhey Ram mi part vx varah varah reethi… Next part kiyaalaahithun kehmadhuvefa.. Avahah up kohladhehchey… Waiting waiting waiting…

    1. Ram says:
      November 10, 2017 at 9:41 am

      Thankyou dear.. keep waiting.
      Loves ?❤

  22. Ainth says:
    November 9, 2017 at 10:59 pm

    Masha Allah… Alhey ram, mibaives haadha furihamaey.. V v rythi.. Ram ge thi hiyaalaa visnumah hama ahsaribahaa saabas dheyhaavey.. Ehaaves furihama.. Masha Allah.. Anehbai avahah up kohla dhehchey igey.. Luv u ram

    1. Ram says:
      November 10, 2017 at 12:05 am

      Thankyou so so so much ainth.. loves much more ainth ?❤

  23. Lam says:
    November 9, 2017 at 11:01 pm

    Vvvv nice…waiting…????????

    1. Ram says:
      November 10, 2017 at 12:06 am

      Thankyou lam ?❤

  24. Ramxaa says:
    November 9, 2017 at 11:24 pm

    V reethii

    1. Ram says:
      November 10, 2017 at 12:06 am

      Heii ramxaa.. ? thankyou ?❤

  25. ??? says:
    November 9, 2017 at 11:25 pm

    ?vvvv rythi mibaii ramdooni zaara dhera nukurahchey ?anehka dhenn yaana ah dhera gotheh nahadhashey bunaathi mikuyann kairiii☺???

    1. Ram says:
      November 10, 2017 at 9:43 am

      Bunelaanan igeyy micky kairi ?? thankyou so much ?❤

  26. Nahu says:
    November 9, 2017 at 11:33 pm

    Wooooowww so nice story
    Ram dhn kn irakun …
    ❤❤❤❤

    1. Ram says:
      November 10, 2017 at 12:07 am

      Aww nahu.. thankyou so much.. maadhen igeyy ?❤

  27. shif says:
    November 9, 2017 at 11:51 pm

    Wowww

    1. Ram says:
      November 10, 2017 at 9:43 am

      Thankyou shif ?❤

  28. shif says:
    November 9, 2017 at 11:54 pm

    Nice when nxt part?

    1. Ram says:
      November 10, 2017 at 12:08 am

      Thankyou dear.. maadhen igeyy ?❤❤

  29. Chawder says:
    November 10, 2017 at 12:01 am

    Wow. Mee i ge hithah ai hama ekani word mi part kiyaafa.speechless

    1. Ram says:
      November 10, 2017 at 12:08 am

      Awww chawder.. thankyou so much ?❤❤

  30. Thuhthi says:
    November 10, 2017 at 12:16 am

    Mirey part haadha kureyyyy ????

    1. Ram says:
      November 10, 2017 at 12:22 am

      Oww thuhthi so sorry ????

  31. nerz says:
    November 10, 2017 at 1:05 am

    Vrh vrh reeethi… alhe ehkon kiaalan libeyne nama ehfaharaa… hehe … ekam kieh dhw kuraanee inthizaaru kurun fiyavaa…❤

    1. Ram says:
      November 10, 2017 at 1:07 am

      Aww nerz.. hehe.. thankyou ?❤

  32. Hassan says:
    November 10, 2017 at 1:56 am

    Zaaya kalhakas reehcheve!!!!!! ? haada naatahuzeebu and racist visnumeh?!
    This is so insulting and inappropriate.
    U should change that line, not everyone is fair and that’s how Almighty has made us.

    1. Ram says:
      November 10, 2017 at 9:47 am

      Hassan.. i didn’t meant that dear.. it means zaaya akee kalhu koh hunna kuhjekeyy.. vaahaka akee not fair.. but reehcheyy.
      Like black beauty.. hope you will understand.. i m not insulting btw.. you have taken wrong meaning.. and yess i know everyone is not fair kn.. thankyou hassan..

  33. Awa says:
    November 10, 2017 at 7:25 am

    When is the next?
    Btw vvvvv reethi ingey

    1. Ram says:
      November 10, 2017 at 9:48 am

      Thankyou awa.. next part miadhu.. ?❤

  34. Mal. says:
    November 10, 2017 at 8:26 am

    Wowwwww… ram.. hadha ryhchey.. masha allah.. keep it up dear….??

    1. thaaaai ? says:
      November 10, 2017 at 9:03 am

      Ram tha teether noony vhk tha???

    2. Ram says:
      November 10, 2017 at 9:49 am

      Thankyou maloo ?❤

    3. Ram says:
      November 10, 2017 at 9:52 am

      Obviously vaahaka dww maloo.. ram fenifa hurinamathaa dww.. heheheh… thaai ❤

  35. Nish says:
    November 10, 2017 at 9:28 am

    Hi ram..? comment eh nukohleve dhw so sorry ram?me balivegen admit kohfa othyma story nukiyuni..bt nukiyaa huri part thah kiyaalaaifin.☺hurihaa part ehves hama perfect.?mikyan enmehfahun loabivaa vaahaka bunefi dhw dhen kihinehbaa vaani..waiting! LUV U RAM??

    1. Ram says:
      November 10, 2017 at 9:54 am

      Heyy nish… awwwnn.. hows you now dear?? Thankyou so much.. ly much more ?❤

    2. Nish says:
      November 10, 2017 at 10:36 am

      Kudakoh okii☺ram kihineh??

    3. Ram says:
      November 10, 2017 at 10:41 am

      Ram hama great ?

  36. Thoo says:
    November 10, 2017 at 10:10 am

    Most beautiful story ever.. haadha ryhchey.. when is nxt part? Btw mikyan nd yana r together.. warah happy waane dhww mihaar yaanaa.. ram plxx yaanaa ah dhera gotheh nuhadhaathi ingey.. amazing.. keep it up♥♥

    1. Ram says:
      November 10, 2017 at 10:42 am

      Awww thooo… thankyou so muchh.. lets see dww vaagotheh ? loves ?❤

  37. Hau says:
    November 10, 2017 at 10:44 am

    Mivaahaka varah reethi.
    Varahmolhu u vaahakaliyan.

    1. Ram says:
      November 10, 2017 at 10:53 am

      Thankyou hauu ??❤

  38. raudha says:
    November 10, 2017 at 12:19 pm

    miadhu upload kohdhechey plx..kiyaahithun hureveneekee noon??

    1. Ram says:
      November 10, 2017 at 10:33 pm

      Heii raudha.. upkohlaafin igeyy
      .??

  39. Roo says:
    November 10, 2017 at 4:00 pm

    Alhe rammmm! Mikyan finally yaanaa dheke loabi vy ey dhw!! ❤️❤️ Varah varah reethi ingey.. love you dear ??

    1. Ram says:
      November 10, 2017 at 4:34 pm

      Thankyou roo ?❤ loves more ❤

  40. yal v says:
    November 10, 2017 at 4:09 pm

    Alhey yal hama kiyaa hiyy vani miadhu kn irakun up vaani storyy??

    1. Ram says:
      November 10, 2017 at 4:35 pm

      Hehe yal.. mireyy igeyy ?❤

  41. Ram says:
    November 10, 2017 at 4:32 pm

    Its a really bxy day guyxx.. friday ? Mireyy igeyy upkohleveynyy.. 10 ge kurinn.. keep waiting.. ❤❤

    1. yal v says:
      November 10, 2017 at 5:48 pm

      Its ok hehe

    2. Ram says:
      November 10, 2017 at 10:32 pm

      ???

  42. SJK...KOREAN says:
    November 10, 2017 at 6:03 pm

    mirey dhwww. yessss. waiting ga hama 🙂 🙂 emme inthixaaru kureveyy storyyy 😀

    1. Ram says:
      November 10, 2017 at 10:27 pm

      Awwn sjk ?❤

  43. Min says:
    November 10, 2017 at 9:52 pm

    Vvvvvvvvvvvvvvvv Vvvvvvvvvvvvvvvv vvv
    reethi mi part ves loved it ???

  44. Shaya says:
    November 10, 2017 at 9:56 pm

    Kobaatha…now e 10 v

    1. Ram says:
      November 10, 2017 at 10:28 pm

      Shaya ???

  45. Kiyuntheriyeh says:
    November 10, 2017 at 9:59 pm

    It’s about to be 10… Please up kohlabala Ram dhoonee…

    1. Ram says:
      November 10, 2017 at 10:29 pm

      Upkohlaafin dear ???

  46. Noora says:
    November 10, 2017 at 10:00 pm

    Konirakutha up kurany ??

    1. yal v says:
      November 10, 2017 at 10:13 pm

      Ebunaahen avas kohlaba

    2. Ram says:
      November 10, 2017 at 10:29 pm

      Sorry nooraa ???

    3. Ram says:
      November 10, 2017 at 10:30 pm

      Yal ❤❤❤

  47. raudha says:
    November 10, 2017 at 10:02 pm

    kobr ram…waiting???

  48. Rsh says:
    November 10, 2017 at 10:13 pm

    Kobaa next part???

    1. Ram says:
      November 10, 2017 at 10:31 pm

      Heii rish.. upkohlaafin.. ?

  49. Shaya says:
    November 10, 2017 at 10:16 pm

    Vaahaka nukeegen nunidhifa mionnanee

    1. Ram says:
      November 10, 2017 at 10:31 pm

      Awww shayaa.. upkohlaafin igeyy ??

Comments are closed.


All Right Reserved!