ނުމެދާށޭ ދޫނި މަގޭ (3)
“އޭ އަޔާޒު! އެީ ދޯ އަހަރުން އުޅޭނެ އެޕާރޓްމެންޓަކީ؟”
ލަވައިގެ މާނަވީ ބަސްތަށް މަޑުމަޑުން ކިޔަމުން ދިޔަ އަޔާޒަށް ސިހުންވެރިކަމެއް ލިބި ކާރު ހުއްޓާލީ މައިސަން އަޔާޒުގެ ކޮނޑުގައި ކޮޮއްޓާލައިފައި ގޮވާލުމުންނެވެ. އޭރު މައިސިން ހުރީ ބޮޑު އިމާރާތަކަށް އިޝާރާތް ކޮށްގެންނެވެ. ހަތަރު ބުރިއަށް ހަދާ، މަޑު ނޫކުލައިން ފަޅުފިލުވާލައިފައިވާ އެ އިމާރާތް ފެންނަނީ ނުހަނު ފުރިހަމަ ކޮށެވެ. އެޢީ އެ އިމާރާތްކަމަށް ބުނެ އަޔާޒު އަވަހަށް ކާރުން ފޭބީ ވެފައިވާ ވަރުބައްޔަށް ކުޑަ ލުޔެއް ދިނުމަށްޓަކައި އަވަސް ކޮށްލައިގެން ނިދާލުމަށެެވެ. ނަސީބު ރަނގަޅުކަމުން އަޔާޒުމެން އުޅެން ހަމަޖެހިފައިވާ އިމާރާތަކީ އެއާރޕޯޓާއި ފިހާރަތަކާއި މާދުރު ނޫން ހިސާބެއްގައި ހުރި ތަނެކެެވެ.
ހަމަޖެހިފައިވާ ބަޔަށް ދެވުމުން އަޔާޒު އަވަސްވެގަތީ ފެންވަރާލާ ތާޒާ ވެލުމަށެވެ. މީރުވަހުގެ ހުވަނދުން ހުވަނދު ލެވޭތޯއެވެ. އެއީ އަޔާޒުގެ އަބަދުވެސް އާދައެކެެވެ. އަބަދުވެސްް ވީ އެންމެ ފުރިހަމައަކަށް ރީތިވެގެން ހުރުމަށެވެ. ތާޒާވެލައި ނިމުމަށްފަހު އަޔާޒު ބެލްކަންޏަށް ނިކުތީ ބޮލުަގައި އެނބުރެމުން ދިޔަ އެތަށް ހިޔާލުތަކަކާއި ނިދަން އޮށޯތުމުގެ ކުރިން ދުރަށް ދެވޭތޯއެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އަޔާޒު ލީކުރި ގޮތާއި މުޅިން ހިލާފަށެވެ. ރޭގަނޑުގެ ފިނިކަމާއި އަރާމުކަން އިހުސާސްވުމުން އަޔާޒުގެ ހިތަށް އަންނަމުން ދިޔައީ ކުރީގެ އުފާވެރި ދުވަސްތަކުގެ މަތިންނެވެ.
ފިނިފިނި ވައި ޖެހެމުން އަންނަ ރެއެކެވެ، ސާދަވިލޭރޭގެ ހަނދުފަދައިން މިރޭގެ ހަނދުވެސް ނުހަނު ފުރިހަމައެވެ. ކައިރީގައިވާ ތަރިތައް އުފަލެއް ލިބިގެންވާ ފަދައިން ވިދާ ބަބުޅަމުން ދިޔައީ މުޅި އުޑުމަތި ފަޅުފިލުވާލަމުންނެވެ. މާޒީގެ ހަނދާންތަކަށް އަޔާޒު ގެއްލި ހުސްވެއްޖެއެވެ. އެއީވެސް ހަމަ މިފަދަ ރެއެކެވެ. ހަނދުގެ އަލިކަމުގެ ދަށުގައި އަޔާޒާއި ލީޒާ ތިބީ ތަރިތައް ގުނާށެވެ. އަތިރިމަތީގެ ހިތްގައިމުކަންވެސް ފެނިލުމަށް ދިޔަ ދިޔުމުގައެވެ. ކައިރީގައިވާ ގަސްތައް ރީތި ނަލަ ނަލަ ވައި ފޮނުވަދޭއިރު ރާޅުތައް ގޮނޑުދޮށުގައި ނަލަަނަލަ ފުރިހަމަ މިޔުޒިކެއް ކުޅެމުން ދިޔައެވެ. މީހެއްގެ ހިލަމެއްނެތް މި މަންޒިލުގައި ރަސްކަން ކުރަމުން ދިޔައީ އަޔާޒާއި ލީޒާހެން ހީވާ ކަހަލައެވެ. އެކުގައި ވަގުތު ހޭދަކުރާއިރު ވަގުތު ދާގޮތްވެސް ނޭނގޭ ކަހަލައެވެ.
“އޯނޯ!”
އަޔާޒް ސިއްސައިގެން ގޮސް ހިޔާލުތަކާއި ދުރަށް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ދުރަށް ޖެހިލެވުނެވެ. އޭނާގެ އަތަށް ވާރޭގެ ފިނިފިނި ތިކިތަށް ޖެހުމުންނެވެ.
“ތިމީހުން ދޯ ދެން އަހަރެން ކައިރީ ނުބުނަމެއްނު ވާރޭ ވެހެން ފެށި އިރުވެސް!”
ބަޔަކު ހޭހެން ހީވެގެން އަޔާޒް ފަހަތް ބަލާލިއިރު އޮފީހުގެ ދެ ބައިވެރިން ބަލަހައްޓައިގެން ތިބުުމުން އަޔާޒު ބުންޏެވެ.
“އޭ ކީއްކުރަން އަހަރުން ބުނަންވީ! އަޔާޒު ތިހިރީވިއްޔަ ބެލްކަނީގައި ބޭރު ބަލަން. އަޔާޒަށެއްނު ފުރަމަތަ އެނގޭނީވެސް ވާރޭ ވެހެނީކަން. އަހަރަމެން ހީކުރީ ތެމޭ ހިތުން ކަމަށް އަތް ބޭރަށް ތިލީ.”
ހިނިގަނޑު ފަޅައިގެން ގޮސް މައިސަން މަލާމަތުގެ ރާގަކަށް އަޔާޒާއި ދިމާލަށް ބުންޏެވެ. އަވަސް އަވަހަށް އަތް ފޮހެލުމަށްފަހު އަޔާޒް ނިދަނީ ކަމަަށް ބުނެ އެނދުގައި އޮށޯތެވެ. ރޭގަނޑުގެ ފިނިކަމާއި ޖެހެމުން ދިޔަ އަރާމު، ފިނިފިނި ވައިރޯޅި ތަކުގެ ސަބަބުން ލަހެއް ނުވެ ނިދީގެ ފޮނި ފޮޮނި މަންޒިލަށް އަޔާޒަށް ދެވުނެވެ.
ދުވަސްތަކަކަށްފަހު ރަނގަޅު ނިންޖަކުން ނިދާލުމަށްފަހު އަޔާޒަށް ނިދީގެ މަންޒިލުން ބޭރަށް ނިކުމެވުނީ ކޮޓަރި ތެރެއަށް އެޅިގެން ދިޔަ އިރުގެ އަލިގަދަ ދޯދިތަކުގެ ސަބަަބުންނެވެ. އެއާއެކު ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިން މިއަދަކީ ފުރިހަމަ ދުވަހަކޭ ބުނާ ކަހަލައެވެ. އަޔާޒު އަވަސް އަވަހަށް ތެދުވެ ކޮޓާރި ތެރެއަށް ބަލާލިއިރު އެއްވެސް މީހަކު ކޮޓާރީގައި ފެންނާކަށް ނެތެވެ. އެމީހުން ތައްޔާރުވެގެން ސައި ތައްޔާރުކުރަން ދިޔައީ ކަމަށް ލަފާ ކޮށްލާފައި އަވަހަށް ތައްޔާރުވެލުމަށް އަޔާޒު ފާހަނައަށް ވަނެވެ. ރަނގަޅަށް ފެންވަރާލައިގެން ނިކުތުމަށްފަހު ދުވަހައިގެން ކުރިއަށް ދިއުމަށް އިސްތިރި ކކޮށްފައިވާ މަޑު ފެހި ގަމީސް ލައިގެން ރީތިވެލައި ބެގީ ޖަހާލިއެވެ. ރީތިކޮށް އެ ފަން އިސްތަށިގަނޑުގައި ފުނާ އަޅައި ނިންމާލިއިރު އަޔާޒުގެ ހަށިގަނޑުގެ ފުރިހަމަކަން ފެނިގެންދިޔައެވެ. ރީތިކަމުގެ ލާމަސީލު މިސާލެކެވެ.
މަސައްކަތަށް ނަވާފު ހަވާލުކޮށްފައިވާ ފައިލު ހިފައިގެން އަޔާޒު މަޑު ހިނގުމެއްގައި ހިނގައިގަތީ އޭނާގެ ރަހުމަތްތެރިން ހޯދުމަށެވެ.
“އޭ އަޔާއްޓޭ! ގުޑް މޯރނިންގް. ލުކިންގް ސްމާރޓް އިނގޭ!”
ބަދިގެއަށް އަރާ ހަމަވުމާއެކު އޮފީހުގެ ދެވަނަ ބައިވެރިޔާ، ޝިފާން ގޮވާލިއެވެ. ޝިފާނަކީ މީހުންނަށް ތައުރީފު ކުރުމުގައި އެއްވަނައިގެ މީހެކެވެ. ދޮން ހަށިގަނޑެއްގެ ވެރިއެކެވެ.
“ހޫން. ޝިފާން އޯކޭއޭ! އަހަންނަށް ގޮވާވެސް ނުލާ ތިމީހުން ދިޔައީ އެއްނު ކޮޓަރިން. ފޭކު ބައެއް!”
ފޫހިވެފައިހުރި ފާޑަކަށް އަޔާޒު އެމީހުންނާއި ދިމާލަށް ބުންޏެވެ.
“ބަލަ އަޔާޒު އޮތީ ކުޑަ ބޭބީއެއްހެން ނިދާފައޭ. ޕްލަސް ޓައިމް އެބައޮތޭ. އެހެންވެ އެހާ އަރާމުކޮށް ނިދާފައި އޮއްވާ އުނދަގޫ ނުކުރަންވެގެން އަހަރުން ނުގޮވާ ސައި ހަދާލަން މިއައީ އަޔާޒު ހޭލަން ވާއިރަށް. އެވަރުންވެސް އަހަރުން ފޭކު ވީތަ އަޅެ؟”
ހިނިތުނުްވެފައި މަލާމާތް ކޮށްލަމުން މައިސަން ބުންޏެވެ. މި މީހުންގެ ސަކަރާތް ނުނިމޭނެކަން އެނގުމުން ދެން މައްސަލައެއް ނެތެ ކަމަށް ބުނެ އަޔާޒުވެސް އެހީވެލަދީ ތިން މީހުން އެކު އެކީ ސައި ބޮއި ނިންމާލިއެވެ.
ކުރިއަށް ދެން އަންނަން އޮތް ދުވަހަކީ މަސައްކަތް ރަސްމީކޮށް ފަށަން ޖެހޭ ދުވަސް ކަމަށްވުމުން އެމީހުންގެ ރޭވުމާއި އެއްގޮތަށް ތަންތަަން ބަލައިލައި މަލަމަތި ދަސްކޮށްލުމަށް އަޔާޒާއި އޭނާގެ ދެ އެކުވެރިން ހިނގައިގަތީ ބޭރަށެވެ. ފައިލުގައިވާ މަސައްކަތުގެ މަންޒިލުތަށް ހޯދަމުން އެކި ތަންތަން ބަލާލައި އެކި ތަންތަނާއި ބެހޭ މައުލޫމާތު ހޯދުމަށް އަޔާޒުމެން ދިޔައީ މަސައްކަތް ފެށުމުން އެކަމަށް ކުޑަކޮށް ލުޔެއްވެސް ލިބިގެންދާނެތީއެވެ.
“އަޔާޒޫ! ހިނގާބަލަ އެހެރަ ޕާކަށް. ހާދަ އަވިގަދައޭ! މަ ބޭނުން ރެސްޓެއް. އަޔާޒު ހިނގާހިތުން ނުކެރުނު ވިއްޔާ ކާރުގައި އަންނާކަށް ދޯ؟ ރެސްޓު ކޮށްފައި މަށަށް ދެވޭނީ. މަގޭ ގައިން ހަކަތަ ހުސްވެދާނެ!”
ކައިރިން ފެންނަން އޮތް ޕާކަށް ހިނގައިގަންނަމުން ޝިފާން ބުންޏެވެ. މިލާ މޯޅިވެފައިވާ ފަތެއް ފަދައިންނެވެ. ޝިފާނާއި އެއްބަސްވެ ޝިފާންގެ ފަހަތުން މައިސަންވެސް އެދިމާލަށް ހިނގައިގަތުމުން ޗުސް ތަޅާލައިފައި އަޔާޒުވެސް އެމީހުންނާއި ބައިވެރިވެލިއެވެ.
ކުޑަކުދިންތައް އެހާ ހެނދުނު ވެސް ޕާކުގައި ކުޅެމުން ދިޔައެވެ. އެކުދިން ކުޅޭ މަންޒަރުތަށް ފެނިލުމުން އަޔާޒުގެ ހިތަށް އުފާވެރިކަން ގެނެސްދިން ކަހަލައެވެ. އެ ހަޔާތުގައިވެސް އެފަދަ ކުއްޖެއް ހުންނަނަމަ ކިހާ ފަޅުފިލާނެބާއޭ އޭނާގެ ހިތަށްވެސް އަރަމުން ދިޔައެވެ. އެފަދަ ހިތްގައިމު މަންޒިލެއްގައި އުފަލާއެކު ހިނިތުންވެ ކުޅެލާ ދުވެލައި ހަދާއިރު ކިހާ ފުރިހަމަ ހެއްޔެވެ.
“އޯކޭ ލެޓްސް ގޯ ދޯ އަހަރުންގެ ހިނގުމައިގެން ކުރިއަށް. އަހަރެން މިހާރު ވަރުބަލިކަން ކެނޑީއްޖެ.”
އަޔާޒުގެ ކޮނޑުގައި ޖަހާލަމުން ޝިފާނާއި މައިސަން ތެދުވެ ހިނގައިގަތެވެ. އަޔާޒުވެސް ތެދުވެ ހިނގައިގަތީ ފަހަރެއްގައިވެސް އޭނާއަށް މި މަންޒިލަށް އައިސް އުޅޭއިރު ކުރިމަތިވެދާނެ ކަންތައްތަކަކީ ކޮބައިކަން ނޭނގޭ ހާލުގައެވެ. އަޔާޒުވެސް ހިނގަމުން ދިޔައީ އޭނާގެ ހަޔާތްވެސް ފަޅުފިލާފާނެ ނަމައޭ ހިތަށް އަރުވަމުންނެވެ. އެއީ ކޮންމެ މީހެއްވެސް ހަޔާތުގައި ބޭނުންވާނެ ކަމެއްކަން ޔަގީނެވެ. ނަމަވެސް މޫނުމަތިން އެއްވެސް ދެރަކެމެއްގެ އަސަރެއް ފައުޅުނުކޮށް އަޔާޒު އޭނާގެ ބައިވެރިންނާއެކު ހިނގަމުން ދިޔައީ ކުޑަކޮށް ހަމަހިމޭން މާހައުލަކަށް ދިޔުމަށެވެ. ވާހަކަ ދައްކާލަން ތަނެއްގައި މަޑުކުރަން ހިނގާށޭ ބުނެއެވެ.
“އޭ މިތަން ސަޅިވާނެ. ނެތެއްނު މީހެއް. ޕީސްފުލް އެއްނު ދޯ؟ ތިމީހުން މަޑުކުރޭ އިނގޭ މިތާގައި. އަހަރެން އެބަ އަންނަން އެހެރަ ސުޕަރމާރކެޓަށް ގޮސް ބޯލާނެ ޑްރިންކެއް ގަނެލައިގެން. އެ ބޭނުންވާނެ އެއްނު ދޯ ވާހަކަ ދައްކަން ތިބޭއިރު. ވެއިޓް އިނގޭ މިތާގައި”
ޝިފާނާއި މައިސަން ގާތި އެމީހުން ހުއްޓިހުރި ގޮނޑިތަކެއް ލާފައި ހުރި ހުސް، ވިނަ ބިމުގައި މަޑުކުރުމަށް އަޔާޒު ބުންޏެވެ. އަވަސް އަވަހަށް އަޔާޒު މިސްރާބު ޖެހީ ކުރިމަތީ ހުރި ބޮޑު ފިހާރައާއި ދިމާލަށެވެ.
ފިހާރައަށް ވަދެވުމާއެކު މުޅި ތަނުގެ ބޮޑުކަން އަޔާޒަށް އިހްސާސް ވެގެން ދިޔައެވެ. ހަމަ އެވަގުތު ވަރަށް ދަންނަ ކުއްޖެއްހެން ހިވާ އަންހެން ކުއްޖެއް އަޔާޒުގެ ލޮލުގައި އަޅައިގަތެވެ. ފުރަގަސްދީގެން އެކުއްޖާ ހުރި ކަމުގައިވިޔަސް އެއީ ވަރަށް ދަންނަ ކުއްޖެއްހެން ހެދުން އެޅުމުގެ އުސޫލާއި އަންހެން ވަންތަ ބައްޓަމުން އަޔާޒަށް ހީވިއެވެ.
“ލީޒާބާ އެއީ އަނެއްލާ؟”
ހިތާހިތުން އަޔާޒު އަމިއްލަ ނަފުސާއި ސުވާލު ކުރިއެވެ. މަޑުމަޑުން އެކުއްޖާގެ ކައިރިއަށްގޮސް އަޔާޒު ހުއްޓިލިއެވެ.
“ތިޔަ ލޮތްބަށް ހިތް އެނދެނީއޭ، ވަކިވުމަކަށް ނޭދޭތީ، މިހިތް ރީނެވުމުން އަދު މާޔޫސް، ނުމެދާށޭ ދޫނި މަގޭ”
ޗާލުކޮށް މަޑުމަޑުން އަޔާޒް ލަވައިގެ މައެއް ކިޔާލުމަށްފަހު ތުރުތުރު އަޅަމުން މަޑުމަޑުން އެކުއްޖާގެ ކޮނޑުގައި އަޔާޒު އަތްޖައްސާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.

Salhi…..
Me dhw first….
Thankyou ?
Yes this is the 3rd part of my first series story
Hiii Sham… Hws u?? Story hama varah reethi.. Ekam haadha kiyaahithun indhaey e nimuny.. Leezaa kanneynge aee dhw… Kyve ehaa lahun mi Story ge parts up vanee… Plxx thankolheh avahah up kohladhehchey… Ehennnoonee readers ge intrest gehlidhaane.. Hope u will upload the story soon.. Waiting…
Im good alhamdhulillah ? normally update every friday but will try to upload sooner in sha allah ? thankyou. Eii kaakukan adhi sirreh ? story therein adho egeyne.
Salhi….
Thankyou ?
Wow!!!!!!!
Thankyou ?
V Reethi when next part
Thankyou ? in sha allah soon. Latest by friday ?