Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު ސިއްރުން ހިތޭ… (8)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
November 11, 2017 5 Mins Read
27 Comments

ބާރުހިނގުމުގައި ހޮސްޕިޓަލަށް ވަދެގެން އައި މަލީހްއާއި ޖުމާގެ އިތުރުން ނިމާލްގެ ހިތްވެސް ވަނީ އަވަސްވެފައެވެ. އަވަސްފަރުވާދޭ ރޫމްއާއި ހަމަޔަށް ދެވުންއިރު ޑޮކްޓަރު ޝިވަންއާއި ވާހަކަ ދެއްކުމަށްފަހު އެތެރެއަށް ވަންނަނީއެވެ. ” ކޮބާ އަހަރެންގެ ދަރިފުޅު.. ” ހާސްވެފައިވާހާލު ނިމާލްއައިސް ޝިވަންކައިރީގައި އަހާލިއެވެ. ނިމާލްއަށް ދެތިންފަހަރަކު އޮފީސްކަންކަމުގައި ޝިވަންއާ ދިމާވެފައިވާތީ ވަނީ ކޮންމެވެސް ވަރަކަށް ދެކެފަރިތަވެފައެވެ. ” ބޭބޭ.. ހަމަޖެހިލާ.. ދެންމެ ޑޮކްޓަރުއެދިޔައީ.. ޖުމް އިންޝާﷲ ހަމަ ބަރާބަރު.. އެމީހުން ހޭނައްތާލަން ބޭނުންކުރި ކެމިކަލެއްގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް އިންޖެކްޝަނެއް ޖަހާފަ މިހާރު އެއޮތީ .. ހޭއެރުމާއެކު ދޫކޮށްލާނެ.. ” ޝިވަން ޑޮކްޓަރު ދިން މައުލޫމާތު ނިމާލްއާ ހިއްސާކުރިއެވެ. “އަޅުގަނޑު މިވަގުތު ގޮސްލަނީ.. ޖުމް ހޭއެރީމަ އަންގާލަ ދެއްވައްޗޭ.. އަދި އެބަޖެހޭ ޕޮލިސް ސްޓޭޝަނަށްވެސް ވަދެލަން.. ” ނިމާލްކައިރީ އެހެން ބުނެފައި ހިނގައިގަތް ޝިވަން ދަމުން މަލީހްމެންނަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އަވަހަށްދިޔައީ ކޮންމެހެންވެސް ސްޓޭޝަނަށް ދާންވެގެންނެވެ. ހަމަޔަގީނުންވެސް މިފަހަރު އޭނަ ލާމިއު ސަލާމަތްވިޔަކަ ނުދޭނެއެވެ.

ޝަބީން ފޫހިގޮތަކަށްގޮސް ގެއަށް ވަންއިރު މުޅިގޭތެރޭގައިވެސް ރަސްކަންކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. ގޭގައި ގެންގުޅޭ ހާދިމުންވެސް ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު އެމީހުން އުޅޭ އިމާރާތަށް ދިޔައީއެވެ. “ކީއްވެތަ.. ކީއްވެތަ ޖުމާ އަހަންނާ ވާހަކަ ނުދައްކަނީ.. ކީއްވެތަ އެއްވެސް ވަރަކަށް އަހަންނަށް ބަލާވެސް ނުލަނީ.. ” ޝަބީންގެ ސިކުނޑީގައި އެނބުރެމުންދިޔަ ޖުމާގެ ހިޔާލުތަކުގެ ސަބަބުން ބޮލަށް ބަރުވާންފެށިއެވެ. އަވަހަށް ކޮޓަރިއަށްވަދެ ޖައްސާލީ އެހުރިހާ ވިސްނުމައި ހިޔާލުތަކާއެކު ކޮޅަށް ހުރެވޭވަރު ނުވުމުންނެވެ

ތާޒާވެލައިގެން ނިކުތް ނަވާރުއަށް ނިކުމެވުނީ އޭނާގެ މަންމަ ހަފީޒާއައިސް ދޮރުގައި ޓަަކިޖަހާލަން އުޅެނިކޮށެވެ. ” ދަރިފުޅު ތިނިކުތީދޯ.. މާވަރުބަލި ދުވަހަކީތަ އެހާއަވަހަށް ކޮޓަރިއަށްވަނީ.. ހިނގާ ކާންދާން ބައްޕަވެސް އެބައިންނެވި ދަރިފުޅިގެ އިންތިޒާރުގަ… ” ނަވާރު ނިކުތުމާއެކު ހަފީޒާއެއްފައްޗަކަށް އަމުނާލިއެވެ. “ލައްބަ މަންމާ.. މިއަދު ތަންކޮޅެއްހަމަ ވަރުބަލީ.. އަވަހަށް ހިނގާ ވަރަށް ބަނޑުހައި.. ” ކިތަންމެ ކާހިތް ނެތް ނަމަވެސް ބައްޕަ އިންތިޒާރުގަ އިން ވާހަކަބުނުމުން އެއްވެސްކަމެއް ވީކަން އަންގަން ބޭނުން ނުވުމުން ނަވާރުއަވަހަށް ހަފީޒާއާއެކުގައި ދިޔައެވެ. “އަހަ.. ދަރިފުޅު މިއަދު ހާދަ ފްރެޝްވެލައިގެން.. ” ޒިޔާދުއަށް ނަވާރުފެނުމާއެކު އިށީނުމަށް އިޝާރާތް ކޮށްލަމުން ވާހަކަ ދެއްކިއެވެ. ” ބައްޕަގެ އެބައޮތޭ ދަރިފުޅާދައްކަން ޖެހޭ ވާހަކައެއްވެސް… ” ސުވާލުގެ ނަޒަރަކުން ނަވާރު ޒިޔާދުއާއި ދިމާލަށް ބަލާލީ ކޮންވާހަކައެއްހޭ އަހާފަދައަކުންނެވެ. ” އެވާހަކަ ދައްކަން މިރޭ ބައްޕަގެ ރައްޓެހި ރަޝީދުގެ ދެމަފިރިން އަންނާނެ.. ދަރިފުޅުވާނެ ކޮންމެހެންވެސް އެގަޑީގަ ހުންނަން އިނގޭ.. ދެން އަވަހަށް ކާންފަށާ.. ” ” ބައްޕާ ޝިވަންގެ މަންމަމެން ދެއްތޯ ތިވިދާޅުވީ.. ޝިވަން ނާދޭތޯ.. ” ނަވާރުބޭނުންވީ ވަގުތުގެ ބޭނުންހިފާ ޖުމްނާގެ ވާހަކަތަށް ޝިވަންއާއި ހިއްސާކުރާށެވެ. ” ނޫނޭދަރިފުޅާ ޝިވަންވެސް އަންނާނެ.. އެޔެއްނު މިހާރު އެގޭ މީހަކީ ދޯ ހަފީ.. ” ހަފީޒާ އަށް ދޯދިނުމުން ވިސްނުމެއްގައި ހުރެފައި ހަފީޒާ ހިނިތުންވެލީ ޒިޔާދު ދައްކާވާހަކައިގެ މައްފޫމަކީ ކޮބައިކަން ނޭންގޭތީ ކަންބޮޑުވެފައިވާ ހާލުގައެވެ.

ޖުމްނާ ހޭ އެރުމާއެކު ކައިރީގައި ހުރި ޖުމާފެނުމުން ފުންމާފަ ތެދުވީ ގަޔަށް ކައްޓެއްޖެހުމުން މީހަކު ތެޅިގަންނަ ފަދަގޮތަކަށެވެ. މަންޒަރުބަލަން ދުރުގައި ތިބި މަލީހް އާއި ނިމާލް ހޭންފެށުމުން ޖުމްނާ ތުން އޫކޮށްލާފައި ލޯއަޅާލުމާއެކު ޖުމާގެ ގައިގައި ބައްދާލި އެހާދުވަސްކޮށްފައު ކޮއްކޮފެނުމުން އައިސްފައިވާ ބަދަލާއެކުވެސް އެކޮއްކޮގެ މައުސޫމްކަން ފެނި ހިތަށް އަސަރުކުރުމުންނެވެ. އަދިވެސް މަންމަ ނިޔާވިދުވަހު ޖުމްނާކައިރީ ޖުމާ ގެނެސްދިނުމަށް އެދިކުރި އާދޭސަތައް އޭނާގެ ހަނދާނުގައި ހަރުލާފައިވެއެވެ. އެހެންވެ އެދުވަހަށްފަހު ޖުމާގެ އެހިތުގަޖެހުންގޮތަށް ދުވަހަކުވެސް އެކަންވިޔަނުދޭން ޖުމްނާ ވަނީ ހިތުގައި އަޒުމް ކަނޑައަޅާފައެވެ. “މާހްވެސް އެބަހުރިންދޯ.. ކޮންއިރަކުތަ އައީ ކީއްވެތަ ކުރިން ނުބުނީ.. ” މަލީހުއަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ޖުމާކައިރީގައި ޖުމްނާ އަހާލިއެވެ. އެވަގުތު ޖުމާ އޭނަ ސަޕްރައިޒެއް ދޭންބުނީމެއްނޫންހޭބުނެ ހަނދާން ކޮށްދިނެވެ. އަދި މިއަދު ގެއަށްވަންނަން އުޅުންހާލު ކިޔައިދިނެވެ. ކުޑަކުޑަ އާއިލާއަށް ޖުމާމެން އައުމުން އާދިރުމެއްލިބިގެން ދިޔައެވެ. ހަތަރުމީހުންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. އެވަގުތު އެތަނަށް އައި ޑޮކްޓަރު ޗެކްކުރުމަށްފަހު ޖުމްނާ ދޫކޮށްލުމުން ހަތަރުމީހުން އެކީގައި ގެއަށްދިޔައީ ނިމާލްގެ ކާރުގައެވެ.

ބޮލުގަރިއްސާތީ ޖައްސާލި ޝަބީން އަށް ނިދިފައިހޭލެވުނީ އިރުއޮއްސި އިޝާއަށް ގޮވަނިކޮށެވެ. އަވަހަށް ތެދުވެ ފެންވަރާލައިގެން ނަމާދުކޮށްލުމަށްފަހު ނިކުތީ މާބޮޑަށް ބަޑުހައިވާކަމުގެ އިހްސާސް ކުރެވޭތީއެވެ. އޭރު އެގޭގައި ގެންގުޅޭ ކައްކާމީހާ ބަދިގޭގައި އުޅޭތަންފެނެވެ. ” ސާންތީ.. ކޯއްޗެއްތަހުރީ ވަރަށް ބަނޑުހައި.. ” ކާގެއަށް އައިސް ވަންނަމުން ޝަބީން އެހެން ބުނުމާއެކު ސާންތީ އަވަސްއަވަހަށް ތަށިތަކުގެ މަތިނަގަން ފެށިއެވެ. ސާންތީ ވަނީ ޝަބީން ނިކުތުމުގެ ކުރިން ކާންހަދާ ތައްޔާރުކޮށްފައިކަމުން މާގިނައިރަކު ޝަބީން އިންތިޒާރުކުރާކަށް ނުޖެހުނެވެ. ކެއުމާގެން ކުރިޔަށް ދިޔަ ޝަބީންއަށް ފޯނެއްއައުމުން ބަލާލިއިރު ގުޅަނީ މަލީހްއެވެ. ” އޭ ބީން.. އާދޭ ކާން.. މިހާރުދެން އެކަންޏެއްނު ގޭގަވެސްހުންނާނީ.. ” ފޯނުނެގިއިރަށް މަލީހް އަވަހަށް އޭނަގުޅިބޭނުން ހާމަކޮށްލިއެވެ. ” މާހް .. އަޅެ ތަންކޮޅެއްލަސްވީ .. މާބޮޑަށް ހައިވެފަ ހުރީމަ މިހާރުމީނީ ކާން.. ދެން އެހެން ރެއަކުން ދޯ.. އެކަމަކު ކައިގެން އެބަޖައްސާލަން.. ” ބުނެފައި ޝަބީން އަވަހަށް ފޯނުބޭއްވީ ޖުމާދެކެލާހިތުން ކެތްމަދުވެފައިވާ ހާލުގައެވެ. އަދި ހަމައެހެންމެ އެގެއަށް ގޮސްހެދުމުން މަލީހްއާއި ޖުމާގެ އެއޮންނަގުޅުންވެސް އެނގޭނެތީއެވެ.

ގޭގެ ބެލްޖެހުމާއެކު ޒިޔާދު އަވަހަށް ގޮސް ދޮރުހުޅުވާލިއިރު ރަޝީދު އާއި އާލިމާގެ އިތުރުން ޝިވަންވެސް ހިނިތުންވެފައި ތިއްބެވެ. “އަވަހަށް އާދޭ އެތެރެއަށް ..” ދޮރުބޮޑަށް ހުޅުވާލާ އެމީހުނަށް ވަންނަން ތަން ދައްކަމުން ޒިޔާދުބުނެލިއެވެ. އޭރު ހަފީޒާވެސް މޭޒުމަތި ތައްޔާރުކުރުމަށް އެގޭގައި ކައްކަން ގެންގުޅޭ ބޭރުމީއަށް އެހީތެރިވެދީފައި ނިކުންނަނީއެވެ. “ކޮބާ ނަވާ.. ” އެތެރެއަށް ވަދެ ހަމަޖެހިނުލެވެނީސް ޝިވަން އެހެން އަހާލުމުން ޒިޔާދުގެމޫނުމަތި އުޖާލާވެގެން ދިޔައެވެ. އެމަންޒަރު ކިތަންމެހާވެސް ރަނގަޅަށް ހަފީޒާއަށް ފެނުނެވެ. އަދި ކަންތައްވެގެން ދާންމިއުޅެނީ ކިހިނެއްކަން އެސިކުނޑިއަށް ނަގައިގަނެވުނެވެ. “ވެއްޖެ ކޮޓަރީގަ.. ހަފީޒާ އެމަންޖެއަށް ގޮވާލަބަލަ.. ” ޒިޔާދު އެހެންބުނުމާއެކު ކޮޓަރިން ނިކުތް ނަވާރު ޝިވަންގެ ލޮލުގައި އަޅައިގަތެވެ. ” ބައްޕާ.. ބައްޕަމެން ތިދައްކަވަން ބޭނުންވާ ވާހަކަ ފެށުމުގެ ކުރިން ކުޑަވަގުތުކޮޅެއް އަޅުގަނޑުމެންނަށް ދެވިދާނެތޯ.. ” ޒިޔާދުކައިރީގައި ހުއްޓިލަމުން ނަވާރު ހުއްދައަކަށް އެދުނީ އާންމުކޮށް ވިޔަފާރީގެ ވާހަކަފެށުމަށްފަހު މިދެއާއިލާއަކީވެސް އެކަމަށް ވަރަށް ފޯރިހުންނަބަޔަކަށް ވުމުންނެވެ. “އެންމެ ރަނގަޅު.. ” ޒިޔާދު އުފަލާއެކު އެހުށައެޅުން ގަބޫލްކުރީ އެދެކުދިންވެސް އެގޮތްބޭނުންވެފައި ހުރިހެން ހީވުމާއިއެކުގައި ހަފީޒާއަށްވެސް މިދެކެވެން އުޅޭ ވާހަކައިގެ ހުލާސާއެއް ދޭން ބޭނުންވާތީއެވެ. އުފަލުން ހުރެ ނަވާރު ޝިވަން އަށް ގޮވާލުމަށްފަހު ދެކުދިން އެކީގައި ޓެރަހަަށް ދިޔައީ ބޯމަތިވަމުން އަންނަ ކޮޅިގަނޑުގެ އެއްވެސް ހިލަމެއްނުވާހާލުގައެވެ.

އެންމެ ކައިރީގައި ހުރި ޒޯނުގައި ސައިކަލް ޕާރކް ކޮށްލުމަށްފަހު ޝަބީން ޖުމާމެންގެ ގެއާދިމާއަށް ހިނގައިގަތެވެ. އަދި މަލީހްއަށް ގުޅާލީ ގެކައިރީގައިކަން އަންގާލުމަށެވެ. ޝަބީން ފޯންބައްވާފައި އައިސް ގޭޓްކައިރީ މަޑުކޮށްލުމާއެކު ސެކިއުރިޓީން އިން ދޮރުހުޅުވާލަދިނީ އެތެރެއިން ޝަބީން އައިސްހުރިވާހަކަ ބުނުމުންނެވެ.

މަޑުހިނގުމެއްގައި ގޮސް ޓެރަހުގެ އެއްފަރާތެއްގައި ހުރި ހަޓުގައި އިށީންދެލަމުން ނަވާރު ޝިވަންއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “ހޭ.. ނަވާ އަސްލުކިހިނެއް އެނގުނީ އަހަރެން ނަވާކައިރީ ވާހަކައެއް ދައްކާލަން ބޭނުންވެފަ ހުރިކަމެއް.. އަނެއްކާ މަގޭހިތުން ވައްކަން ވެސް ކުރަންފެށީތަ.. ” ލާނެތްފާޑަކަށް ހެމުން ޝިވަން އެހެންބުނުމުން ނަވާރު ޝިވަންގައިގަ ބޮނޑިއެއް އަޅާލިއެވެ. ” ސާބަސް.. އަދިވެސް ތިސަކަ ގޮތްގަނޑު ދޫކޮށްލާކަށްނުވޭތަ.. ހޫމް ކޮންވާހަކައެއްތަ ބުނަންއޮތީ.. އަހަރެންވެސް އެބައޮތޭ ޝިވަންއާ ދައްކަންޖެހޭ ވާހަކައެއް.. ” ނަވާރު ހެމުން ހެމުން އެހެންބުމުން ޝިވަންގެ މޫނުމައްޗަށް ކުއްލިއަކަށް ސީރިއަސްކަން ގެނުވަމުން ” ނަވާ.. އަހަންނަށް ނަވާދެކެ.. އިންތިހާއަށް ލޯބިވެވިއްޖެ..” އޭ ބުނެލިއެވެ. ޝިވަން އެހެން ބުނުމާއެކު ނަވާރުއަށް “އޭން ކީކޭ.. ” އޭ ކިޔާ އިންތަނުން ތެދުވެވުނީ ބުނާނެ އެއްޗެއް ނޭގި ބަސްހުއްޓުމުންނެވެ.

“އަޅޭ.. މިބުނިއެއްޗެއް ހަމަ ނޭންގުންތަ.. މިކިޔަނީ ޖުމާއަށްވެސް ޖޮބް ހަމަޖެހުނީމައޭ ނިކުންނަން މިވިސްނަނީ.. ” އިތުރަށް އޮޅުން ފިލުވައިދެމުން މަލީހް އެހެން ބުނުމުން ޝަބީން އިނީ ސުވާލުމާކެއްގައެވެ. ” އެކަމަކު ޖުމާވެސް ކިޔެވީ އަހަރުމެންނާ އެއްްދާއިރާ އަކުންނެއްނު.. އެހެންވީމަ އޭނަގެ ބައްޕަގެ ބިޒްނަސް އަށް ހަމަ ޖޮއިންވާންވީނު.. ” ” ހެހެ.. މޮޔަޔާ.. ޖުމާ ފަހުން އޮސްޓްރޭލިއާ އަށް ބަދަލްވެފަ އައީ ނާސިންގް ޑިޕޮލޮމާ ހަދައިގެންނޭ.. ” ލިބުނު ހަބަރާއެކު ޝަބީންގެ މޫނުމަތި ބަނަވެގެންދިޔައީ ދެން ފަސޭހަގޮތަކަށް ޖުމާ އާއި ބައްދަލްކުރަންވެސް އުނދަގުވާނެތީއެވެ.

“ބަލަ ކީއްވެތަ މޫނު ކުނިބޯކިބަލެއްހެން ހަދައިގެން ބަލަންތީނީ.. މަށަށް މިބުނެވުނީ ގޯސް އެއްޗެކޭތަ.. ” ހިނިގަނޑު އެތެރެއަށް ހިންދާލަމުން ޝިވަން އެހެންބުނުމުންވެސް ނަވާރު އަށް އެއްޗެއްބުނާނެހާ ހިތްވަރެއްނުލިބުނެވެ. ” ހަހަހަ.. ކިހާދެރަކަމެއް..
ސާބަހޭ މީދަ އަންހެނާ.. މަށެއްނޫޅެން އިނގޭ ގާތްއެކުވެެރިކަމެއް ނިންމާލުމުގެ ސިއްކަ ޖަހާކަށް.. ހަމަ ނަވާއަށް ވާގޮތެއްމިބަލާލީ… ” ނަވާރުގެ މޫނުމަތިން ފެންނަ ކުލަވަރުތަކުން ހިނިގަނޑު މަތަނުވެގެން އެންމެ ފަހުން ހެމުން ހެމުން ޝިވަން ތެދުހާމަކުރިއެވެ. ” އޫން.. ވަރަށް ފޫހިވޭ.. ދެންވެސް ތިކަހަލަ ސަމާސަނުކުރާތި ކިރިޔާނު ހިތް ނުހުއްޓުނީ.. ދެން ބުނެބަލަ ކީކޭތަ ބުނަން އުޅުނީ.. ” ޝިވަންގެ ހިތުގައި ނަވާރުއަށް އެކަހަލަ ކަމެއްނެތްކަން ޔަގީންވުމުން އަވަހަށް އަހާލިއެވެ. ” މީ.. މީ.. ..އުހުން ނަވާބުނޭ ކޮންވާހަކައެއްތަ ދައްކަން އޮތީ.. ލޭޑިސް ފަސްޓް.. ” ޝިވަންއަށް އެވާހަކަ ދައްކަން އުނދަގޫވުމުން އަވަހަށް ބޮލުން ނައްޓާލަން ބުނެލިއެވެ. “ހޫމް.. މައްސަލައެއްނެތޭ.. އެކަމަކު ބުނާނެ މޭފުއްޕާލަފަ ތިމަންނަމީ ބިޒްނަސްމޭން އެކޭ.. ތިއުޅެނީ ދައްކަން އައިވާހަކަވެސް ދައްކަން ނުކެރިގެން.. ތިވަރުން ކިހިނެއް ބަޔަކާއެކު މޮޅުޑީލްއެއްވެސް ހަދާނީ… ” ނަވާރު އެންމެފަހުން ޝިވަންއާއި ދިމާކޮށްލިއެވެ. އަދި ޖުމްނާގެ ވާހަކަ އޭނަ ކިޔައިދިންގޮތަށް ޝިވަންއަށް ކިޔާދިނެވެ. ވީ އުފަލެއްގެ ބޮޑުކަމުން “ޔެސް..” އޭ ޝިވަންއަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ. އެވަގުތު ޝިވަންގެ މޫނަށް އަރާފައިބަމުންދިޔަ ކުލަތަކުން މިވީގޮތް ނަވާރުއަށް ވިސްނުނެވެ. ” ހޫމް ބަލާބަލަ.. މީދޯ މީމީ އޭ މިކީ ކަމަކީ.. މަޖުނޫނުކައިރީގަ މިދެއްކުނީ ލައިލާގެ ވާހަކަ.. ދެންއަވަހަށް ނަވާ ޓްރީޓްދީ އޭރުން ޖުމްލިބޭނީ..” ލާނެތްފާޑަކަށް ހެމުން ނަވާރު މިފަހަރު މަޖާވެގެންއުޅުން ޝިވަން ރަކިކޮށްލިއެވެ. ” ދެން އޯކޭ.. މާދަމާ ބްރޭކް ގަޑީގަ ދާނަން ނަވާބަލާ ލަންޗްއަށް.. އޯކޭނު.. ދެން ބުނެބަލަ ނަވާކީއްވެތަ ބުނީ ބައްޕަމެންދައްކަން އުޅޭވާހަކައޭ.. އަހަރުމެން މިގެއަށް މިއައީ ފެމިލީ ޑިނާއަކަށް ނޫންތަ.. ” ” ސާބަސް މީދަ ރޯމިއޯ.. ނަވާ ބައްޕަ މިއަދު ބުނި ކޮންމެވެސް މުހިއްމުވާހަކައެއް ދައްކަން ޝިވަންގެ ފެމިލީން މިރޭ އަންނާނޭ.. ” “ވަޓް.. ” އެކަމަކު ބައްޕަމެން އެކަހަލަ ވާހަކައެއް ނުވެސް ދައްކާ.. ” ޝިވަން އެހެންބުނުމާއެކު ދެން އެދެމެދަށް ވެރިވެގެން ދިޔައީ ހިމޭންވަގުތުކޮޅެކެވެ. “އެހެންވީމަ އޭގެ މާނައަކީ ބިޒްނަސް ޑިސްކަޝަންއެއްނޫނޭދޯ.. ” އެންމެފަހުން ކެތްނުވުމުން ނަވާރު އެހެންބުނެލިއެވެ. އެވަގުތު ހަފީޒާ އައިސް ދެމީހުނަށް ކާން އައުމަށް ގޮވުމުން ދެމީހުންވެސް އެތެރެއަށް ދިޔައީ ދެކެވެން އުޅޭވާހަކައަކީ ކޮބާކަން ބެލުމަށް ހިތުގައި އަތް އަޅާލައިގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީމަގޭ (ފުރަތަމަ ބައި)

Next

ލޯބި އަހަރެންވާނަމޭ (9)

Next
November 11, 2017

ލޯބި އަހަރެންވާނަމޭ (9)

Previews
November 11, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ (ފުރަތަމަ ބައި)

27 Comments!

  1. Layaa says:
    November 11, 2017 at 5:55 pm

    Assalaam alaikum .. kihinehtha hurihaaa Kudhin.. ? vaahakaige 8 vanabai.. unmeedhuranee mibaivess thihurihaa kiuntherinnahvess kamudhaanekamah .. ? btw kiyaalaafa konmekujjakuvess ekujjeh ge hiyaalu faalhukohladheychey ?.. ly.. all ???❤

  2. aala says:
    November 11, 2017 at 5:59 pm

    Yet me first .. Nice stry

    1. Hawwu (Layaa) says:
      November 12, 2017 at 8:55 am

      Alhey ebunaahen.. comment athah loadvaaleh lasskamun neyngenee.. btw ur first dear? and thank you ???

  3. Pinky shifoo says:
    November 11, 2017 at 6:04 pm

    Wowwww… It’s sooooooo nice… Varah varah salhi… Mi Story ge knme partehvx kiyanee varah varah kiyaalaahithun… Keep it up Layaa… Eagerly waiting for the next part… Love you…

    1. Hawwu (Layaa) says:
      November 12, 2017 at 8:58 am

      Alhey vs happy vejje micomment fenifa ?? .. insha allah liyevunhaa avhahakah up kohladheynan .. and thank you so much my dear pinky ..?????? ly too

  4. Riii says:
    November 11, 2017 at 6:05 pm

    I first tha…. Vvv salhi…

    1. Layaa says:
      November 11, 2017 at 9:01 pm

      Yes Riii. . First .. ? AW thank you dear Riii??

  5. Alhe says:
    November 11, 2017 at 6:12 pm

    Kudakoh hulaasaa khla dhiiba!! Shivan e kaaak tha?? Fahun aharu thakah fahu aima neyngun vii nuvii eh!! N jumnaa n jumaaa es v olhey!!?

    1. Layaa says:
      November 11, 2017 at 9:05 pm

      Dhoonyaa shivange hulaasaa next part ga annane ehenve alhaanulaa mihunnanee. . Kaitherivelaa .. ? jum and jumaa twince eh veema ainee ehaa gulheygothah.. btw thank you dear mention kohladhineema ??

  6. ❤️santhi❤️ says:
    November 11, 2017 at 6:31 pm

    Eh nameh gina vaahaka thakuga repeat vefa hunna Khan vrh faahaga vey.. Shivan ulhey mi haaru vess 2 vaahaka ga…. btw story hama perfect ??

    1. Layaa says:
      November 11, 2017 at 9:08 pm

      Asslu dhw ehama reethiveema vaagoi santhi.. ? dharinnah nankiyaairuvess vanee ehenehnudhw .. emahsalaehnuney.. ingey.. ? AW thank you so much.. dear santhi??

  7. Friends says:
    November 11, 2017 at 6:38 pm

    Hey aslu dheravy dear maleehuge name change nukuryma ingey….Aslu varh ummeedhukurin dear name change kuraane kamah..but no…….friend wait ur new stry ah.hehe …see you next stry…Guy nyt..????

    1. Layaa says:
      November 11, 2017 at 9:15 pm

      Oohh plx.. kobaatha maleeh enamuge hadikamakee dhoonyaa.. familiar nun nametha ginain use kureemaey reethivaanee meehunah.. ingey.. anehkka story ge vakin hisaabakun main character ge name changekureema hadiehnudhw.. ? unmeedhukuran understand vaanekamah.. and comment nukuriyass mivaahakavess kiyaanekamah hope kuran ??

  8. reader says:
    November 11, 2017 at 6:45 pm

    Amf. E dhemyhun ge kaiveni hama jessy kanneynge

    1. Layaa says:
      November 11, 2017 at 9:09 pm

      Hehe .. vaagotheh balamaahingaa..??

  9. SJK...KOREAN says:
    November 11, 2017 at 8:08 pm

    Hey layaa. Mi part vx Varah reethi.. Story hama perfect ❤❤❤

    1. Layaa says:
      November 11, 2017 at 9:12 pm

      Hey SJK… assluvesstha.. thank you ? Aw SJK… ge vaahakavess innane load kohlaafa insha allah mirey kiyaalaafa habarehvaanan.. ??

  10. Minnie says:
    November 11, 2017 at 8:48 pm

    Varah reethi… Masha Allah..❤✨

    1. Layaa says:
      November 11, 2017 at 9:10 pm

      Shukuran.. shukuran.. ? dear Minnie

  11. Rsh says:
    November 11, 2017 at 10:10 pm

    V Salhi

    1. Hawwu (Layaa) says:
      November 12, 2017 at 8:58 am

      Thank you Rsh ??

  12. Fan of u says:
    November 11, 2017 at 11:15 pm

    v nice stry n maleeh ge nick name maah ah badhalukuryma v salhi, thankx

    1. Hawwu (Layaa) says:
      November 12, 2017 at 8:59 am

      Aww thank you my dear fan of u. ??

  13. Xxxx says:
    November 11, 2017 at 11:22 pm

    V.reethi dear?????

    1. Hawwu (Layaa) says:
      November 12, 2017 at 9:00 am

      Thankyou my dear Xxxx ???

  14. Malaa says:
    November 12, 2017 at 7:30 pm

    Mi part vx varah reethi ❤
    Next part konirakun tha? ?
    Varah inthizaaru eba kurevey ?

  15. Makin says:
    November 12, 2017 at 7:50 pm

    Nice one

Comments are closed.

Next Episodeސިއްރު ސިއްރުން ހިތޭ… (9)←


All Right Reserved!