ހިތްއެކީ ދެވިއްޖޭ (14)
“ކީކޭ.؟” އަޑުގެ ނެތްތަނަށް ޝިވަންއަށް ހަޅޭލަވައިގަނެވުނެވެ. ޝިވަންއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. “އެކަމަކު ނައި.. ކީއްވެ؟ އަހަރެން ބަދަލުވެފީމެއްނު. ނައިގެ ބައްޕަ ކީއްވެ އަހަރެންނަށް ފުރުސަތެއްދޭން ބޭނުންނުވަނީ؟” ޝިވަންގެ އަޑުގައި ހިތާމައާއި މާޔޫސީ އެކުލެވިގެން ދިޔައެވެ. އެއާއެކު ނައިރާގެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމައިލިއެވެ.
ފޯން ބޭވުމަށްފަހުވެސް ނައިރާގެ ގިސްލުމަކަށް ހުއްޓުމެއް ނައެވެ. ނައިރާގެ ހަމަޖެހުމަށްޓަކައި މާދަމާ ހަވީރު ނައިރާއާ ބައްދަލުކުރަން ޝިވަން ނިންމިއެވެ. ނަމަވެސް އެކަމުންވެސް ނައިރާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަދިވެސް އެދެލޮލުން ހުއްޓުމެއްނެތި ކަރުނަފައިބަމުން ދިޔައެވެ. އަޖުވަދާމެދު އެހިތުގައި ޝަކުވާ އުފެދެމުން ދިޔައެވެ. ބައްޕަ އޭނާއާމެދު އެގޮތަށް ކަންތައްކުރަންވީ ސަބަބެއް ނައިރާއަކަށް ނުވިސްނުނެވެ. ރޮއިރޮއި ވަރުބަލިވުމުން އެގޮތަށްއޮވެ ނައިރާއަށް ނިދުނީއެވެ. ނިދީތެރޭގައިވެސް އެނިކަމެތި އަންހެންކުއްޖާއަށް ގިސްލެވެމުން ދިޔައެވެ.
** ** **
އެނދުގައި އިނށީދެލައިގެން އިން އަލްކާއިނީ ފުސްމޫނުޖަހައިގެންނެވެ. ޔައިޝްއަށް ގުޅައި ގުޅައިވެސް އޭނާ ފޯނެއް ނުނެގިއެވެ. އިރުކޮޅަކު ފޯނަށް ބަލަން އިނުމަށްފަހު އަލްކާ ފޯނު އެނދުމަށްޗަށް އެއްލައިލިއެވެ. ޔައިޝް އޭނާއާ ދުރުވާކަމުގެ އިހުސާސު އޭނާއަށް ކުރެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.
ފުންނޭވާއެއްލުމަށްފަހު ގަޑިއަށް ބަލައިލަމުން އަލްކާ ތުވާލިހިފައިގެން ފާޚާނާއަށްވަނީ ކޮލެޖަށްދާ ގަޑި ކައިރިވަމުން ދާތީއެވެ.
މަޑު ހިނގުމެއްގައި ޝަޔާނީއާއެކު ގޮސް އަލްކާ ކޮލެޖަށްވަނެވެ. “އަލް ކިހިނެއްވެފަ؟” ކްލާހަށްގޮސް ގޮނޑީގައި އިނށީދެވުނުއިރުވެސް އެއްވެސް އެއްޗެކޭނުބުނެ ހަމަހިމޭނުންއިން އަލްކާއަށް ބަލައިލަމުން ޝަޔާނީ އަހައިލިއެވެ.
“ކަމެއް ނުވޭ.” މަޑުމައިތިރިގޮތަކަށް އަލްކާ ބުނެލިއެވެ.”އެެހެންނުވާނެ. ކޮންމެވެސް ކަމެއްވެފަ ތިހުރީދޯ. ބުނެލަބަލަ.” އަލްކާގެ އަތުގައި ޖަހައިލަމުން ޝަޔާނީ ބުނެލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއްނުދީ އަލްކާ ހިނިތުންވެލުމަކުން ފުއްދައިލީއެވެ.
ކްލާހަށް ވަދެގެންއައި ޔައިޝް ފެނުމުން އަލްކާ ލައިލައިހުރި ނޭވައިވެސް ތާށިވިކަހަލައެވެ. ދެލޯބޮޑުކޮށްގެން ޔައިޝްގެ މޫނަށް ބަލަން އަލްކާއަށް އިނދެވުނީއެވެ. ފޮތްތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު ޔައިޝް ކްލާސްރޫމް ތެރެއަށް ބަލައިލީ ހެނދުނުގެ ސަލާމް ގޮވައިލަމުންނެވެ.
ޔައިޝްގެ މޫނަށް ބަލަންއިން އަލްކާ މާޔޫސްކަމާއެކު އިސްޖަހައިލީ ކްލާހަށް ވަތް ޔައިޝް އެންމެފަހަރަކުވެސް އޭނާއާާ ދިމާއަަށް ބަލައިނުލުމުންނެވެ. މުޅި ކްލާާސްވެސް ނިމިގެން ދިޔައީ އެފަދަ ގޮތަކަށެވެެ.
ކޮލެޖު ނިންމައިފައި ގެއަށްދާން ނުކުތްއިރުވެސް އެލޮލުގައިވަނީ މާޔޫސްކަމެވެ. ކިތަންމެ ކެތްތެރިވާން މަސައްކަތްކުރި ނަމަވެސް އެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ޝަޔާނީ އަލްކާއަށް ހިތްވަރުދޭން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ހިފެހެއްޓުމެއްނެތި އެލޮލުން ކަރުނަ ފައިބަމުންދިޔައީ އެހިތުގައި އަަޅަމުންދިޔަ ގަދަ ވޭނެއްގެ ސަބަބުންނެވެ.
މަގުމަތިންދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހު އަލްކާ ގޮވައިގެން ޝަޔާނީ އޭގެއަށް އެރިއެވެ. ޓެކްސީ ދުއްވައިލި އިރުވެސް މަގުމައްޗަށް ނަޒަރު ހުއްޓައިލައިގެންއިނދެ އަލްކާ ގިސްލައި ރޮމުންދިޔައެވެ. ކަންބޮޑުވެފައި ޝަޔާނީ އިނީ ހަނދާނެ ގޮތެއް ނޭނގިފައެވެ. ޔައިޝްއާމެދު ހިތުގައި ޝަކުވާ އުފެދުނެވެ. ދުވަހަކުވެސް އަލްކާ މިހައިވަރަށް ރޮއިތަނެއް އޭނާ ނުދެކެއެވެ.
** ** **
އަލްކާއާއި ޝަޔާނީ އެރި ޓެކްސީ ދިޔަދިމާއަށް ގެއްލިފައި ކާރުތެރޭގައި ޔައިޝް އިނެވެ. އަލްކާއާމެދު އެގޮތަށް އަމަލުކުރެވޭތީ އޭނާ ދެރަވިއެވެ. އެހެނަސް މިވަގުތަށް އެއީ އެންމެ ރަނގަޅުގޮތްކަމަށް ޔައިޝްއަށް ވިސްނުނެވެ. އޭނާގެ ޕްލޭން ކާމިޔާބުވާނީ އެއިރުންނެވެ. ފަނޑު ހިނިތުންވުމެއް އެތުންފަތް މައްޗަށް ވެރިވީ އޭނާގެ ޕްލޭންމަތިން ހަނދާންވުމުންނެވެ.
މަޑުދުވެއްޔެއްގައި އެކި މަގުތަކުގައި ޔައިޝް ކާރު ދުއްވަމުން ދިޔައީ އަދި ގެއަށްދާން ބޭނުންނުވުމުންނެވެ. ސިކުނޑިތެރޭގައި އެކިކަންކަން ރާވަމުންދިޔަ ޔައިޝް އައިސް ކާރު މަޑުކޮށްލީ އޭނާއާ އަލްކާ ބައްދަލުކުރަން އަންނަ ޕާރކް ކައިރިއަށެވެ. ކާރުން ފެއިބުމަށްފަހު ޕާރކަށްވަދެ އެތަނުން ގޮނޑިއެއްގައި ޔައިޝް އިނށީދެލިއެވެ.
އަލްކާގެ ޚިޔާލުތަކަށް ގެއްލިފައިއިން ޔައިޝް ކުއްލިއަކަށް ސިހުނީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާވައިލުމުންނެވެ. ފަހަތަށް އެނބުރި ބަލައިލި ޔައިޝްގެ ދެބުމަ ގޮށްޖެހިގެން ދިޔައީ އޭނާގެ ފަހަތުގައި އިސްޖަހައިލައިގެން އިން މިޒްރާާ ފެނިފައެވެ.
“ޔައިޝް.” މިޒްރާގެ މޫނަށް ބަލައިލަމުން އިންތަނުން ތެދުވެ ހިނގައިގަތް ޔައިޝްއަށް މިޒްރާ ގޮވައިލީ ހިތާމަވެރި އަޑަކުންނެވެ. ހުއްޓެމުން މިޒްރާގެ މޫނަށް ޔައިޝް ބަލައިލިއެވެ.
“އަހަރެންނަށް އެނގޭ އަހަރެންނަށް ޔައިޝްއާ ދޭތެރޭ ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން. އަހަރެންގެ ސަބަބުން ޔައިޝްއަށް ވަރަށް ބޮޑު ހިތާމައެއް އުފުލަން ޖެހުނުކަން. އޭރު އަހަރެންނަށް ނުވިސްނުނީ ފިރިއެއްގެ މާތްކަމާއި އެމީހަކަށް ގަދަރުކޮށް އިހުތިރާމުކުރަންޖެހޭ މިންވަރު. އަހަރެންގެ އަމިއްލަ އެދުމައިގެން ފޯވެފައިހުރިވަރުން އެހެން މީހެއްގެ ހިތާމަތައް މިލޮލަށް ނުފެނުނީ. މިއަދު އަހަރެން ލަދުގަނޭ ޔައިޝްއާ މެދު އެފަދަ އިހާނެތިގޮތަކަށް އަހަރެންނަށް ކަންތައްކުރެވުނީމަ. އަހަރެންކަހަލަ ނުބައި އަންހެނެއް ތިފަދަ މާތް ކެތްތެރި ފިރިހެނަކަށް ހައްގެއްނޫން. އަހަރެންނަށް މިއަދު ވިސްނިއްޖެ. ޔައިޝްއަށް ދެރަދޭން ހަދައިގެން މިއަދު ހުރިހައި ހިތާމައެއް އުފުލަން މިޖެހުނީ ޚުދު އަހަރެންނަށް. ބާކީ ވީވެސް ޚުދު އަހަރެން. އަހަރެން މިއައީ ޔައިޝްގެ ކިބައިން މައާފަށް އެދެން. އެނގޭ މިހެން ބުނަން އަހަރެން ލަދުގަންނަން ޖެހޭކަންް. އަހަރެން ކޮށްފައިހުރީ މައާފު ހައްގުވާވަރުގެ ކުށެއް ނޫންކަންވެސް. އެކަމަކު. ޔައިޝްއަށް ވެގެން ވަންޏާ އަހަރެންނަށް މައާފު ކުރާނެކަމަށް އަހަރެން ހީކުރަން.” ރޮވިފައިހުރި މިޒްރާ އޭނާގެ ހިތުގައިވީ ހުރިހައި ވާހަކައެެއް ޔައިޝްގެ ކުރިމައްޗަށް ބަންޑުންކޮށްލުމަށްފަހު ދާން ހިނގައިގަތެވެ. އެވަގުތު ޔައިޝް މިޒްރާއަށް ގޮވައިލުމުން އެނބުރި ޔައިޝްގެ މޫނަށް ފެންކަޅިވެފައިވާ ދެލޮލުން ބަލައިލިއެވެ.
“އަހަރެން މިޒްރާއަށް މައާފު ކޮށްފިން.” ފުންނޭވާއެއްލަމުން ޔައިޝް އެހެން ބުނެލުމުން މިޒްރާއަށް ހިނިތުންވެލެވުނެވެ. ބަދަލުގައި ޔައިޝްވެސް ފަނޑު ހިނިތުންވުމެއް ދިނެވެ.
ގޭގައި އިންނަން ފޫހިވުމުން އަލްކާ ބޭރަށް ނުކުތީ ހިނގައިލަން ދިއުމުގެ ނިޔަތުގައެވެ. މަޑު ހިނގުމެއްގައިދިޔަ އަލްކާގެ މިސްރާބު ހުރީ އޭނާއާ ޔައިޝް އަބަދުވެސް ބައްދަލުކުރަންދާ ޕާރކާ ދިމާއަށެވެ.
އެތަނަށް ވަތް އަލްކާ ސިހުނީ ތަންކޮޅެއްދުރުގައި މިޒްރާއާާ ވާހަކަދައްކަންހުރި ޔައިޝް ފެނިފައެވެ. ވަގުތުން ދެލޮލަށް ކަރުނަ ޖަމާވެގެންދިޔައެވެ. ޔައިޝް އޭނާގެ ހިތަށް އެހައި ތަދުކުރަނީ ކީއްވެހެއްޔެވެ؟
ްެއެމަންޒަރުބަލަން ކެތްނުވުމުން އެނބުރި އައި ދިމާއަަށް ދާން ްައަލްކާ ހިނގައިގަތެވެ. މިމަންޒަރު ފެނުމުން މިޒްރާ ޔައިޝްގެ މޫނަށް ބަލައިލިއެވެ. “އޭނަ ހުއްޓުވާ ޔައިޝް. އޭނަ ކިހައި ލޯބިވޭ ޔައިޝް ދެކެ.” ރޮމުން އެތަނުން ނުކުމެގެންދިޔަ އަލްކާ ފެނުމުން މިޒްރާ ދެރަވިއެވެ. “މިޒްރާ އަށް ކިހިނެއް އެނގުނީ އަލް އަހަރެންދެކެ ލޯބިވާކަން؟” ހައިރާންކަމާއެކު ޔައިޝް މިޒްރާގެ މޫނަށް ބަލައިލިއެވެ.
“ޒާންއާ އެއްކޮށް ހިނގައިލަން އައި ރެއެއްގަ އަހަރެން ދެކުނިން ތިދެމީހުން މިތާގަ ތިއްބަ.” އިސްޖަހައިލަމުން މިޒްރާ ބުނެލިއެވެ. ޔައިޝް ހަމައެކަނި ބޯޖަހައިލީއެވެ.
“ކީއްވެ އޭނަ ނުހުއްޓުވީ؟” ސުވާލުގެ ނަޒަރަކުން ބަލައިލަމުން މިޒްރާ އަހައިލިއެވެ. “ވަގުތު ޖެހުނީމަ ތިކަންވެސް ކުރާނަން.” އެއްދިމާއަކަށް ބަލަންއިނދެ ހިނިތުންވެލަމުން ޔައިޝް ބުނެލިއެވެ.
** ** **
“އަހަރެން ވަރަށް ބިރުގަނޭއެބަ. ނޭނގެ ބައްޕަ އަހަރެންގެ ކައިވެނި ހަމަޖެއްސީ ކާކާ ކަމެއްވެސް.” ދެއަތް ދެއަތާ މޮޑެމުން ނައިރާ ޝިވަން ގާތުގަ ބުނެލީ ފުދޭވަރަކަށް ކަންބޮޑުވެފައި އިނދެއެވެ. އާރޓިފިޝަލް ބީޗްގެ ގޮނޑިއެއްގައި ތިބެ ދެމީހުންވެސް އެކަމާ ބެހޭގޮތުން މަޝްވަރާކުރަމުން ދިޔައެވެ.
ނައިރާގެ ވާހަކަތަކުން ނުތަނަވަސްވެފައި ޝިވަން އިނެވެ. އެމޫނުމަތިން އަނެއްކާވެސް ހިތާމަވެރިކަން ފާޅުވާންފެށިއެވެ. އޭނާގެ ނައިރާ އެހެން މީހެއްގެ ހައްގަކަށް ވާތަންބަލަން ކެތްވާނީ ކިހިނެއްހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު އެދެލޮލަށް ކަރުނަ ޖަމާވެގަތެވެ. އިސްޖަހައިލަމުން ތުންފަތުގައި ދަތްއަޅައިލީ ކެތްތެރިވުމުގެ ގޮތުންނެވެ. ނަމަވެސް ނައިރާއަކަށް ޝިވަންގެ އެކަރުނަތަކެއް ނުފޮރުވުނެވެ. ޝިވަން ރޮމުންދިޔަތަން ފެނުމުން ނައިރާއަށްވެސް ބޭއިޚުތިޔާރުގައި ރޮއިގަނެވުނެވެ.
އެކަކު އަނެކަކަށް ހިތްވަރުދޭހާލު ދެލޯބިވެރިން ވަކިވީ ކަރުނައަޅައި ރޮމުންނެވެ. ނައިރާގެ ހިތް ފިސްފިސްވަމުން ދިޔައީ އޭނާ އެންމެ ލޯބިވާ ފަރާތުގެ ލޮލުން އޮހޮރެމުންދިޔަ ވޭނީ ކަރުނަ ފެނިފައެވެ. އެހެނަސް ކެތްތެރިވަމުން މައުރީނާއެކު ގެއާ ދިމާއަށް ހިނގައިގަތެވެ.
އަޖުވަދު ބުނެފައިވާ ވަގުތު ކައިރިވަމުންދިޔަ ވަރަކަށް ނައިރާގެ ހިތް އަވަސްވަމުން ދިޔައެވެ. އަޖުވަދު އޭނާގެ ކައިވެނި ހަމަޖެއްސީ އަނެއްކާ ކާކާބާއެވެ؟ ނައިރާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.
ކޮޓަރިއަށް ވަތް މައުރީނަށް ނައިރާއިން ގޮތްފެނި އިސްޖަހައިލެވުނެވެ. ލޯބިވާ މީހާ ނޫން މީހަކާ އިންނަންޖެހުމުން އެހިތަށް ކުރާނެ އަސަރު މައުރީނަށް އިހުސާސުވަމުން ދިޔަ ކަހަލައެވެ. ފުންނޭވައެއް ލުމަށްފަހު އައިސް ނައިރާގެ ކޮނޑުގައި ފިރުމައިލަމުން ތައްޔާރުވާން ބުނެލިއެވެ. ޗާބީ ދީފައިވާ ބުދެއްފަދައިން ރޮވިފައިހުރެ މައުރީން ބުނާ ކޮންމެ ކަމެއް ނައިރާ ކުރަމުން ދިޔައެވެ.
ނައިރާ ހިތްހަމަ ޖެއްސުމަށްޓަކައި މައުރީން ދިޔައީ އެތައް ވާހަކައެއް ދައްކަމުންނެވެ. ނަމަވެސް އެކަމަކުން ރޮވިފައި އިން ނައިރާއަށް މާކަބޮޑު އަސަރެއް ކުރާހެނެއް ހިއެއްނުވެއެވެ.
ނައިރާގެ އަލަމާރިން އޭނާ ލާނެ ހެދުމެއް ނެގުމަށްފަހު މައުރީން ނައިރާ ތައްޔާރުކުރަމުން ދިޔައެވެ. ނައިރާގެ ރަތްވެފައިވާ މޫނުމަތި ޓިޝޫއަކުން ފުހެލަމުން ލުއި މޭކަޕަކުން އެމޫނުމަތި ރީތިކޮށްލިއެވެ. ނައިރާގެ އެދުމަށް އިސްތަށިގަނޑަށްވެސް ހެދީ ތަންކޮޅެއް އާދައިގެ ގޮތެކެވެ. އެހައި ރީތިވާ ހިތެއް ނައިރާ ނެތެވެ. މައުރީންވެސް އެކަން ގަބޫލުކޮށް އޭނާ އެދޭފަދައިން އާދައިގެ ގޮތަކަށް އޭނާ ތައްޔާރުކޮށްދީ ނިންމައިލިއެވެ.
ގޭގެ ސިޓިންރޫމްގައި ހުރި ސޯފާތަކުގައި އިނށީދެލައިގެން މައުރީނާ ނައިރާއާއި ހާމިދާ އިނީ އަޖުވަދުގެ އިންތިޒާރުގައެވެ. ބިރުގެންފައިއިން ނައިރާ އިރުއިރުކޮޅާ ގަޑިއާ ދިމާއަށް ނަޒަރުހިންގައިލައެވެ. ވަގުތުދާލެއް އަވަސްހެން ނައިރާއަށް ހީވަމުންދިޔައެވެ. އޭނާއަށް ވެގެންވާނަމަ ގަޑީގެ ކަށީގައި ހިފައި ހުއްޓުވީހެވެ.
ގަޑިން ބަރާބަރު 8 ޖެހިތަނާ ގޭގެ ދޮރާށި ހުޅުވުނުއަޑު އިވުނެވެ. އެއަޑާއެކު ނައިރާއަށް ހީވީ އޭނާގެ މޭގަނޑު އަނގައަށް އައި ހެންނެވެ. އަވަސްވެފައިވާ ހިތަކާއިއެކު ސިޓިން ރޫމް ދޮރުމަތީގައި ހުއްޓުނު އަޖުވަދާއި އޭނާގެ ގާތުގައިހުރި ޒުވާނާއަށް ނައިރާ ބަލައިލިއެވެ. އެމޫނުމައްޗަށް ނުތަނަވަސްކަން ވެރިވީ އަޖުވަދު ގާތުގައިހުރި ނުދަންނަ ޒުވާނާ ފެނުމުންނެވެ.
ތިންމީހުންގެ މޫނަށް ބަލައިލި އަޖުވަދު ހިނިތުންވެލިއެވެ. “މިއީ ޒާލިމް. އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރިއެއް. އަހަރެމެންގެ ނައިރާއަށްޓަކައި އަހަރެން ހޮވި ފަރާތަކީ މިއީ. ކަމުދޭތަ؟” ހިނިތުންވެލަމުން ޒާލިމްގެ މޫނަށް ބަލައިލުމަށްފަހު އަޖުވަދު ނައިރާއާ ދިމާއަށް ބަލައިލިއެވެ. އޭރު ކޮޅަށްހުރި ނައިރާގެ ދެލޯ ފެންކަޅިވެ އެދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ. ހަމްދަރުދީގެ ނަޒަރަކުން ނައިރާގެ މޫނަށް ބަލަން މައުރީނަށް ހުރެވުނީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
62 Comments!
Comments are closed.







Me first dhw…..
Yes dear.. Hehe
Me first tha
Ey I’m not
Hehe.. Dhn next tym ga first hoadhaany dhw dear..?
Salaam all.. N sry guys lasvyma.. N mi part kuruvyma.. Actually kokko ehge project eh hadhaadhy ulhuny.. Ehnve ingey guys.. Sry once again.. Hope u all will like this part too.. Next part in sha allah tmrw.. Ly all..❤
It’s ok nau but very short so sad ???????
Ohh.. Sry dear.. ?
Its ok dear….
Stry hama vvv reethi…
Wating 4 next part….
Have a nice day Nau..
But today adhi one part dhw hehehe….
Plx upload soon ingey..???
Hehe.. Will try.. Thanks dear❤
Vvv salhi
Thanks lam
Nau…one more part today please… varah kiyaa hithun huhta e nimuny…v reethi mi bai ves..?❤ when is the next part?
Thanks axu❤?
It’s ok…. mi part vas varah reethi……❤❤❤❤❤❤
Thanks zuam❤
Ekamaku kurin part eh ga zaalim married jahaafa in
Yea dear.. Firihenunnah 4 wives huhdha ehnu.. Hehe.. Lets see dhw dhn vaan e ulhey gothehvx..
Yaa that’s right . !!!
V reethi mi part ves
Thanks rsh..
Kuru bt varah rythi yaish kuraakameh mihaar balaa hiy vany
Hehe.. Yes.. Thanks limsha
Masha Allah v reethi.. Zaalim viyaa eyna masakkai kuraane dhw shivan aa naira gulhuvan. Ajwad dhn thihen nuhadhaa naira ah haadha varekey thi kurany. Yaish ves alka nuthalhuvaa thihaa varah.. story is fabulous nau. keep it up?❤???
Thanks shudha❤
hey nau adhi alah mi story ah mi comment kury ekam gavaidhun story kiyan story varah reethi today one more part plx plx
Thanks lii.. Happy to see ur comment.. ❤
Kury partehga bunihen hyvi xaalim merry kuri fahun e apartmentah naana vaahaka … mibun xaalim dhinehnu shivanah appartmenteh… anehkaa olhumehtha aee
N if he is married y is he coming to marry naira.. 11 partga ebain shivanah appartment dhemun xaalim ehen bunefa ebain.. so m little confused. Faahaga vi kamehge vahaaka mi buny nau …
Yes dear.. He is married.. Dhn eyna naira aa marry kuran ai sababuvx ingeyne dhn in bain.. So keep waiting dear..?
Oh Ok lets c dhw
Hiii Nau… Story hama varah varah varah reethi as always… Alhey Nai ah ehen haadhan heyonuvaane… Curiously waiting for the next part … Love u…. Heheheh
Hehe.. Ya dhw.. Thannks dear.. Keep waiting.. Luv u too..❤
What????.
Shivan ge best buddy???.
This is becoming too interesting nau ??✌?
Hehe.. Thanks jjey.. ❤
Best waiting
Thanks kul
omg. shivan ge bestie ehnu aee?? n he’s married.. kihinehbaa vaan miulhenyy.. varah varah salhi mi part vx. eagerly waiting for nxt!!! loves! 🙂 🙂
Thanks sjk.. Lets see dhw wats gonna hppn.. Hehe.. Loves dear❤
Mi part vx reethi…….? keep going Nau?
Thanks xim?
Alhe haadha kadaey… shivan ge best frnd e hoadhy naira ge fiance akah…. so sad… shivan ah adhi ekn egunima hih falhaigen dhaanehnu…. ehn naira ah nuhadhaa… ekmves varah rythi… huriha partehves kiyan…superb writer nau
Hehe.. Dhw.. Dhn ingidhaanu vaa gothehvx.. Lets see.. Thanks alot rau..
i think naira ge dad naira thalhuvan vegen shivan ge boss genai hen, aslu shivan and naira marry kuruvan ulheni dhw
Hehe.. Lets see.. Thanks dear..
vvvvv salhi mibaeves .??????
Thanks mamee❤
Nice
Thanks dear
Vvvv reethi
Thanks dear..
Vvvv reethi ….ekam v dheraves vey vaahak in vaagothun??
Thanks mary
Kobaa story nau ??????
Hey dear.. Maadhan next part.. In sha allah.. Havyru or nyt ga up koh dheynan ingey.. ?
Masha Allah.. Nau, mibaives v v rythi.. Ekam nai ah thihedhy kihineh?? Kurybai kiyaafa aslu hykury nai ge marry kuruvan e ulheny shivan aa kamah.. Ekam mulhin thafaathu.. Ekamves shivanah libeyny dhw.. Nau thy hama ehvana.. Luv u
Thanks dear.. Hehe.. Lets see dhw vaa gotheh.. Luv u too..
Hi.. navy adhi mi vaahaka kiyan feshy☺ mi v intrestin vaahaka eh + v inthizaaru ves kurevey next part ah..☺ so nau konirakun next part kiyaalan libeyni☺.. tc nau..
Thanks navy.. Next part in sha allah tnyt.. Or before that.. ?
Nd navy ah heevany nai marry kuran nai dad gennaani shivan hen.. ☺
Nau when next part..? Varah avas kohla dheythi plxx?
Nau when next part..? Varah avas kohla dheythi plxx?