ހިތް މިއެދޭ ސޫރައޭ ތީމަގޭ (ފުރަތަމަ ބައި)
“ދަރިފުޅާ.. އަވަހަށް ތެދުވެބަލަ. މިހާރު އެއޮށް ގަދި ޖެހެނީއޭ..” ނިދާފައި އޮތް އަޔާން ފުންމައިގެން ތެދުވީ އޭނާގެ މަންމަ ގޮވާ އަޑަށެވެ. ގަޑި ބަލާލި އިރު ކަމަކު ދާކަށްނެތެވެ. ގަޑިޖެހެން ބާކީ އިނީ 15 މިނެޓެވެ. ރޭގައި މާ ލަހުން ނިދުމުގެ ސަބަބުން ބޮލުގައި ރިހުމެއްވެސް ހުއްޓެވެ. އެކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ފެންވަރައިލައިގެން ނަމާދު ކުރަން އަވަސްވެ ގަތެވެ. މަޑު ނޫކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލުމަށްފަހު ފަޔަށް ހިނި އަރައިގެން އުޅޭ މީހެއް ފަދައިން ޓައި އަޅަމުން ސިޑިން ފައިބަމުން އައި އަޔާން ފެނި ސާދިޔާގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅު ދެކެ ލޯބިވާވަރު އެކަކަށްވެސް އިހްސާސެއް ނުކުރެވޭނެއެވެ. “މަންމާ.. ދެން މިއަދު އޮފީހުން ސައި ބޮއިލާނަން އިނގޭ… މިހާރު ގަޑި ޖެހޭތީ މިދަނީ…ދެން ދަނީ އިނގޭ.. ވަރަށް ލޯބިވޭ..” އަޔާން އޭނާގެ މަންމަ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ކާރު ނަގަން ހިނގައިގަތެވެ.
އަޔާން އަކީ މާލޭގެ މުއްސަނދި އަދި ޤަދަރުވެރި އާއިލާއަކަށް އުފަންވި ހަރުދަނާ ޒުވާނެކެވެ. އެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރިވެސްމެއެވެ. އަޔާން އަށް ލިބިފައިވާ ރީތިކަމުން އެތަށް އަންހެން ކުއްޖެއްގެ ހިތް ކަތިލެވިފައިވެއެވެ، ރީތި ވަރަކަށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި ލިބިފައިވާ ނޫ ކުލައައްދާ ކަޅީގެ ސަބަބުން އެތަށް ބައެއްގެ ލޯތަށް އޭނާއަށް އާމާޒުވެއެވެ. އެއްބައެއްގެ ލޮލުގައިވަނީ ހަސަދަވެރިކަމެވެ. ނަމަވެސް މި ކަންކަމަށް އަޔާން މާބޮޑު ސަމާލުކަމެއް ނުދެއެވެ.
ކާރު ޕާކުކޮށްލުމަށްފަހު އޮފީހަށް ވަންނަން ހިނގައިގަތްތަނުން ކުއްލިއަކަށް މީހަކު ކަރުގައި އަތްއަޅުވާލައިފައި އެލިގަތުމުން އަޔާން ނުވެއްޓުނީ ކިރިޔާއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވީ ޝާނިމްގެ ހުނުމުގެ އަޑު ޖެހުމުންނެވެ. ޝާނިމް އަކީ އަޔާންގެ އެންމެ ގާތް އެކުވެރިޔާއެވެ. ސްކޫލު ދައުރުން ފެށިގެންވެސް އެއްކޮށް އުޅެމުން، އެންމެ ފަހުން ވަޒީފާގެ މާހައުލުގައިވެސް ދިމާވީއެވެ. ޝާނިމްގެ ހުންނަ ސަކަ މިޒާޖުންނާއި ހިތްހެޔޮކަމާއި ހަރުދަނާކަމުގެ ސަބަބުން އަޔާން އޭނާގެ އެކުވެރިޔާއާމެދު ފަހުރުވެރިވެއެވެ.
” ކޮބާ ބަޑީ!! ކިހިނެއްތަ؟ މިއަދު ހާދަ ހީވޭ ތަންކޮޅެއް އަވަސް އަރުވާލައިގެން އުޅޭހެން..” އަޔާންގެ ކޮނޑުގައި ޖަހާލަމުން ޝާނިމް ވާހަކަ ދެއްކިއެވެ. ” އޭ ދެން މިވަގުތު ތިވާހަކަ ނުދައްކާ ހިނގާ ސޮއި ކުރަން.. ގަޑި ޖެހިއްޖިއްޔާ ކަމަކު ނުދާނެ..” އަޔާން ޝާނިމްގެ އަތް ނަގަމުން ހިނގައިގަތެވެ. “ގުޑް މޯނިންގް” އޮފީހުގެ މުއައްޒަފުންނާއި ހެންދުނުގެ ސަލާމް ކޮއްލުމަށްފަހު ކެބިންއާއި ދިމާލަށް މިސްރާބުޖެހީ ދުވަހުގެ މަސައްކަތާއިގެން ކުރިއަށް ދިއުމަށެވެ..
އޮފީސް ނިންމާލުމަށްފަހު ޝާނިމް އާއެކު އަޔާން މިސްރާބުޖެހީ އާޓިފިޝިއަލް ބީޗްއާއި ދިމާލަށެވެ. ވެފައިވާ ވަރުބަލިކަމާއެކު ހިންދެމިލުމަށްފަހު އެތަނުން ގޮނޑިއެއްގައި ދެމީހުންވެސް އިށީނދެލިއެވެ. ” ކޮން އިރަކުންތަ އެއްކަލަ ޖޮބްގެ އިންޓަރވިއު ބާއްވަނީ..؟” އަޔާން އާއި ދިމާލަށް ނަޒަރު ހުއްޓަލަމުން ޝާނިމް ސުވާލުކޮށްލިއެވެ. ” މާދަން..” އަޔާން ކުރު ޖަވާބެއް ދީފައި ވާށައިގެން ނަޒަރު ހިންގާލިއެވެ. އެއްބަޔަކު އުޅެނީ ކުޅިވަރާއި މަޖަލުގައެވެ. ލޯބިވެރިން އެކަކު އަނެކެއްގެ އަތުތެރޭ އިރުއޮށްސޭ މަންޒަރުބަލަން ތިއްބެވެ. ލޯތްބަކީ އަޔާން އެންމެ ބީރަށްޓެހި އެކައްޗެވެ. ލޯތްބާއި ދޭތެރޭ ވިސްނާކަށް އަދި އޭނާ ބޭނުމެއްނުވެއެވެ، ދެމީހުންވެސް ވާހަކައިގައި ތިބެފައި ގެއަށްދާން ހިނގައިގަތެވެ. އެވަގުތު އަޔާންގެ މަންމަގެ ފޯނެއް އައުމުން، ފޯން ނެގި ވަގުތު ބާރުބާރަށް ކުއްޖަކު އައިސް ޖެހިގަތެވެ. ގަޔަށް ފިނިވާހެން ހީވެގެން ބަލާލިއިރު މުޅި ގަމީސް އޮތީ ކޯކުން ތެމިފޯވެފައެވެ. ފޯނު ޖީބަށްލުމަށްފަހު ކުރިމަތީހުރި އަންހެން ކުއްޖާއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ފަހަތުގައި ދެތިން އަހަރަށްދާ ކުޑަ އަންހެން ކުއްޖެއްވެސް ހުއްޓެވެ. ” ތަންކޮޅެއް ބަލާލައިގެން އުަޅެބަލަ.. މުޅި ގަމީސް ހަރާބެންނު މިވީ..” އަޔާން ރުޅިވެރިކަމާއެކު ބުނެލިއެވެ. “ބަލަ ތީނަ އާއޭ މި ވާހަކަ ދައްކަނީ!!..” އެ ކުއްޖާ މޫނުކުރިމަތީ އަތް ހޫރާލަމުން އަޔާން ދެވަނަ ފަހަރަށްވެސް ބުނެލިއެވެ. ” އަމްމް.. ސޮރީ.. އަަޅުގަނޑު ގަސްތުގައެއްނޫން..” ސިއްސައިގެންގޮސް އޭނާ ބުނެލިއެވެ. އަޔާން އައި ރުޅިމަތީ ބަލައިވެސްނުލާ ހިނގައިގަތެވެ. ފަހަތުގައި ކުޅިބަލަން ޝާނިމް ހެވިފައިހުއްޓެވެ. ” އެވާނީ މާ ބޮޑަށް ވަރުބަލި ވެފަހުރީމަ ރުޅި އައީކަމަށް.. އޭނާގެ ފަރާތުން އަހަރެން މައާފުކޮށްފިން..” މިހެންބުނެ ޝާނިމް ދުވަމުންކަހަލަ ގޮތަކަށް ގޮސް ކާރަށް އެރިއެވެ. ” އެ މަންޖެ އެހުރީ ބިރުން ފިއްކަނޑައިގެން ގޮއްސަ.. އެހެންނު ވާނީ އަޔާވެސް ވެއްޖެ މާގަދަޔަށް ރުޅި އަންނަން..” އަޔާން ވަކި އެއްޗެކޭ ނުބުނެ ކާރު ދުއްވާލިއެވެ. އަޔާން ދިޔަ ދިމާލަށް ބަލަން އެ އަންހެން ކުއްޖާއަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ޔަގިނުންވެސް މި ގޮތްނޭނގޭ ސޫރަ އޭނާގެ ހިތުން ޖާގައެއް ހޯދައިފިއެވެ. އިޚްތިޔާރަކާނުލައެވެ. މަޑުމަޑުން އަތް ގެންގޮސް މޭގައި ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވިދާނެކަން މިހާރު އޭނާއަށް ގަބޫލުކުރެވިއްޖެއެވެ. ނަމަވެސް އޭނައާއި ދޭތެރޭ އެ ގޮތްނޭނގޭ ޒުވާނާގެ ހިތުގައި ވާނީ ނަފުރަތެއްނޫންހެއްޔެވެ؟ ފުރަތަމަ ދިމާވުމުންވެސް ވީގޮތް ބަލާބަލާށެވެ.
“މާމާ.. މިއަދު ދޮންތި އަތުން ބޭބެއެއް ގަޔަށް ކޯލާ ތަސި ބަންދުންވީ..” އަންޖަލް އޭނާގެ ބޭބީ ބަހުން ގެޔަށް ވަތްގޮތަށް ވާހަކަ ދައްކަން ފެށިއެވެ. ” އެ ތެދެއް ދަރިފުޅާ؟؟؟” ޔާލްގެ މަންމަ ނަސީމާ އައިސް ސޯފާގައި އިށީންނަމުން ބުންޏެވެ. ” އަންޖަލްވެސް މިހާރު ހާދަ އަނގަ ގަދައޭދޯ.. ދެން މާ ބޮޑު ކަމެއްނުވޭ މަންމާ.. ެެހަމަ އެކަނި ކޯކުތަށި ބަންޑުންވިކަން..” އެ ޒުވާނާގެ ސުރަ ހިތަށް ގެންނަމުން ޔާލް ސޯފާގައި ލެގިލިއެވެ. “މަންމީ..” އަންޖަލް ދުވެފައިގޮސް ބައްދައިގަތީ ގެޔަށް ވަދެހެން އައި ޔަނާލް އާއި އޭނާގެ ފިރިމީހާ ޝާމިލް ފެނުމުންނެވެ. ޔަނާލް އަކީ ނަސީމާ އާއި ޝާހިދުގެ ތިން ދަރިންގެ ތެރޭން އެންމެ ދޮށީ ދަރިއެވެ، 19 އަހަރުގެ ޔާލް އަކީ އެންމެ ކުޑައެވެ، ދެން ހުންނަނީ އޭނާގެ ދޮންބެ ފައިޒާންއެވެ. މި ކުޑަކުޑަ އާއިލާ އުޅެނީ ނުލާހިކު އުފަލުގައެވެ،
“ދަރިފުޅާ ތިހުރީ ކިހިނެއްވެފަ؟؟ ވާރޭ ވެހުނުތަ ދެންމެ؟؟” ސާދިޔާ ވާހަކަ ދެއްކީ ގެއަށް ވަދެގެން އައި އަޔާންއާއެވެ. ” މީ ކުއްޖަކު ކޯކުތަށި ބަންޑުން ޖަހާލާފައެއްނު… މިހާރު އުޅޭ އަންހެނުންވެސް ފޮނީ ވިއްޔާ..” ހިތްހަމަ ނުޖެހިހުރެ އަޔާން މިހެންބުނެ ކޮޓަރިއަށް ދިޔައީ ފެންވަރާށެވެ. ފެންވަރައިގެން ނިކުތް އަޔާން އަށް ސިހުމެއްލިބުނީ ގޮނޑީގައި އިން އޭނާގެ ލޯބިވާ ބައްޕަ ފެނުމުންނެވެ. ” ބައްޕަ ކޮންއިރަކުތޯ ދުރުވީ؟؟އަންގައިވެސް ނުލާ ތިއައީ. މަލްހާ ބަހައްޓާފަ ތިއައީ؟؟.. ” އަޔާން ހެވިފައިހުރެ އަހާލީ އޭނާގެ ކޮއްކޮ މަލްހާގެ ވާހަކައެވެ. ” އާން.. ދެން ސަޕްރައިޒް އެއްދޭންވެގެން ނުބުނީ.. މަލްހާ ކިޔަވާނިމުނީމަ އަންނާނެ ދެން އަންނަ މަހުގަ.. ” އެރޭ ތިންބަފައިން އެކި ވާހަކަ ދެއްކުމުގައި ހޭދަކުރިއެވެ.
އަނެއްދުވަހު އަޔާން އޮފީހުގައި ވަރަށް ބިޒީކޮށް އުޅުނީ މިއަދަކީ އޭނާގެ ޕާސަނަލް ސެކަޓްރީއަކަށް ހޮވާ ދުވަހަކަށްވީތީއެވެ. އަދި މިނޫންވެސް އޮފީހުގެ އިތުރު ވަޒީފާތަކަށްލީ ކުދިންގެ އިންޓަރވިއު އޮތް ދުވަހަށްވީމައެވެ.
” އޭ ބަލަ ބްރޯ ހާދަ ބިޒީކޮށްލައިގެން.. ތަންކޮޅެއް ރީތި ކުއްޖަކު ހޮވައްޗޭ..” އާދައިގެ މަތިން ޝާނިމް އަޔާން އާއި ދިމާކޮށްލިއެވެ. ” ހޫނ.. ފިރިހެނެއް ހޮވާނީ،.. ރަނގަޅުވަާނެދޯ.. ހެހެ ” ޝާނިމް އާ ދިމާލަށް ލޯ އަޅާލަމުން ހިނިގަނޑެއް ޖަހާލުމަށްފަހު އިންޓަރވިއު ހޯލް ތެރެއަށްދާން އަޔާން ހިނގައިގަތެވެ. ޝާނިމްވެސް ދެޖީބަށް އަތްޖަހާލަމުން އަޔާންގެ ފަހަތުން ދިޔައެވެ…. އަވަސް އަރުވާލައިގެން ބާރު ހިނގުމެއްގައި ޔާލް ދިޔައީ އޭނާގެ ޖޮބްގެ އިންޓަރވިއުއަށް ދިއުމަށެވެ. މަޑު މޭކަޕެއް ކޮށްފައިވާއިރު އިސްތަށިގަނޑުވަނީ މިނިވަންކަމާއެކު ދޫކޮށްލެވިފައެވެ. އެ ރީތި ކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ހީލުމުން ކޮލަށް އެޅިގެންދާ އަޑިކޮޅުގެ ސަބަބުންނެވެ. ދިގު ގަމީސް ކޮޅަކާއި ސްކްނީއެއް ލާފައިވާއިރު ޔާލް ހީވަނީ ފަތްމިންޏެއްހެނެވެ. އެ ރީތި ކަމަށް ފިދާވާނެ އެތާށް ބަޔަކުވެއެވެ. ނަމަވެސް ޔާލްގެ ހިތް އެދެނީ އެންމެ ސޫރައެކެވެ.
އެތަށްއިރަކު ގޮނޑީގައި އިނުމަށްފަހު ޔާލް ހޯލަށް ވަންނަން ހިނގައިގަތީ އޭނާގެ ނަން ގޮވުމުންނެވެ. ހިތާހިތުން ދުޢާ ކޮއްލީ ހުރިހާ ކަމެއްވެސް ރަނގަޅުވުމަށް އެދިއެވެ. އިސްޖަހަައިގެން ފައިލްތަށް ހިފައިގެންގޮސް ގޮނޑީގައި އިށީނދެ ހަމަ ޖެހިލުމަށްފަހު އިސްއުފުލާ ބަލާލީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. އެއާއެކު ޔާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތުގެ ތެޅުން އަވަސްވެ، އަތްފައި ފިނިވެ ތުރުތުރުލާގޮތްވާން ފެށިއެވެ. ނަމަވެސް ނަޒަރު ވަކިކޮށްލާކަށް ޔާލްއަކަށް ނޭނގުނެވެ….
( ނޯޓް: ކިޔުންތެރިން މާޔޫސްކޮށްލެވިދާނެތީ މިއޮތީ އަޅުގަނޑުގެ ވާހަކައިގެ ފުރަތަމަ ބައި ގެނެސްދީފައެވެ. މިބައި ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް ހީކުރަން، އަދި ދެވަނަ ބަޔަށް އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަން… ވާހަކައިގައި ހުރި ކުށްތަށް ފާހަގަކޮށްދިނުމަކީ އަޅުގަނޑުގެ ކުރިއެރުން… ޝުކުރިއްޔާ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
85 Comments!
Comments are closed.




Story ge feshun v rythi… Hope mi story v rythi vaane kamah….
thankyou so much Nia 🙂
thankyou so much 🙂 🙂
Woww!very nice when next part sjk???????????
thankyou so much sana 😀 insha allah soon 🙂
Wow!
thankyou so much samahaa 🙂 🙂
assalaam alaikum. hellw readers. miothy vaahakaige first part.. hope everybody would like it. this is my very first story so mistakes hunnaane and let me know the mistakes. 🙂 🙂 enjoy reading. insha allah nxt part soon. 🙂 loves all 😀 <3 <3 <3 <3 <3
wow… hama bunaane ehcheh vx neinge .. vrh vrh reethi ingey… heekuran dhn oii part that vx reethi vaane kamah.. love u…
Thank you soooo much dear??❤❤❤
Love u 2❤❤❤?
Vvv salhi…waiting..kudhakoh mistakes eba huri…dhn faharakun rangalhu kohlaathi…n dhigukohlah chay ingey …lov it
Thank you soooo much dear??❤❤❤
Dhn faharakun rangalhu khlaanan inge.. Nxt part insha allah dhigukohlaanan❤❤
Hey dear .
maasha allah stry hama??..
Wating 4 next part..
Plx plx upload soon..??????
Hellow dear??? thankyou so much dear?❤❤❤❤
Varah kuru dhw
Ekam ves rythi
Nxt part insha allah dhigukohlaanan.. Thanks ??❤
varah reethi story ❤ kudhi kudhi kuhdhah eba huri vaahka 2 faharakah kiyhaala eyrah ok vaane ☺
Thank you so much dear❤❤ insha allah dhn rangalhu kohlaanan
hope it would be intresting
Thank you dear??❤
varah salhi vaane hen heevanee
thankyou ruhy 😀 😀
Anjal eh ge vaahka ais indhefa family kudhinge name ky iru neh anjal ge name eh… Confuse….
aslu, yaal and yanaal plus faizaan ge vaahaka hama ekani naseema and shahid ge dharinnaky. so ethankolhun anjalge name nugenaee aee yanaal ge daughter ahvefa maama dhariyakah vaathy 🙂 🙂 🙂
and ofcourse anjal is also family 😀 😀 hope u understood 🙂 btw, thanks dear
Hiii SJK… Mi part varah varah varah reethi… I really like it.. Eba huri kudhi kudhi mistakes.. Liyefa 1or 2 times kiyaaleema ekahala mistakes thah faahagavaane.. Eagerly waiting for the next part.. Varah varah kiyaalaahithun mihiree.. Love you SJK… Heheheh…
hiii pinky shifoo 😀 glad u like it. awwn thankyou so much dear. dhen faharaku rangalhukohlaanan mistakes insha allah. love u too. keep waiting 🙂 🙂 <3
Hello sjk.. Masha Allah varah reethi.. furathama faharaa alhaa balaa iru varah rangalhu… try to improve.. Overall the story is brilliant… keep it up girl! Loves❤????
hey shudha 😀 😀 thanks alott dear.. i’ll try to improve with all supports of u guys 🙂 🙂 thanks again. loves more 🙂 🙂 <3
Heevany reethi vaanehen mi story..gud luck ♡
Thankyou mishree. btw, nice name 🙂 🙂
Oh finally sjk ge story kiyaalan libijje..☺?wait kuri story eh mi.. vara salhi story feshun☺ unmeedh kuran nimendhen genes dheyne kamah..? BEST OF LUCK DEAR!LUV U??
Glad u where waiting ? thankyou soo much dear nish. ❤❤insha allah nimendhen genes dheynan.. Luv u too❤❤❤
Woooowww… Feshun v reethi…. Kn dhuvax dhuvaheiga vaahaka up kohdheyniii…. Knme dhuhaaaku vx up kuraaa got hah jadhaaadhehchey… Plx plx plx…….adhi vx ehfaharu bunelaanan… Feshun v reethi….
Thanks a lottt dear sadhin?? insha allah try kuraanan komme dhuvahaku up kohdheveytho ☺ if not, dhe dhuvahun ehdhuvahu inge? thanks again❤
Waahakaige feshun hama varah v v v furihama. . . ???Waiting for the nxt part ????
Whn is nxt part sjk ???
Best of luck??
Thankyou so much aish??? insha allah sooon❤❤❤
Yayy yayy yayy… finally up vee.. v v salhi.. sifakurun ?? lovess sjk ?❤
Hehe. hey Ramko. Yeah finally up vee. Thank you soo much dear.. ??Loves 2❤❤❤❤❤ eagerly waiting for ur storyy?
Kudhi kudhi mistakes ebahuri ekamaku eii maabodu massalaeh noon. Dhen faharakun rangalhu kohlaathi. Mi storyge feshun hama varah salhi. Next part veehaaves avahakah up kohdheythi waiting. Ly
Thank you so much hafeez?? yeah insha allah dhn rangalhu kohlaanan ?? nxt part insha allah soon. ❤❤❤ ly 2
Sjk korean.. haadha molhey.. v v nice .. hama habeys .. waiting ingey ..kon irakun next part..
Hi muroo? thanks a lot dear.. Keep waiting. Insha allah nxt part very soon ❤❤❤
v reethi Masha Allah mi part.. furathama faharaa alhaabalaa iru varah furihama… hope the rest of the story will be fabulous… we will wait patiently for the next part… tvgc and so much love <3 😀
🙂 🙂 🙂 thankyou so much
shudha ge comment post nuvanee kyve tha?????????
Sorry dear. I’ve no idea.. ?Baeh faharu ehnvs vey. Meege kurinvx comment post nuvegen thi mahsala jehunu ?? lets see dhw thankolheh fahun vx vedhaanennu ??
oh yea.. its ok… btw the story is very nice… keep it up.. loves 😀
thankyou dear. ? ❤❤ loves
Warah reethi story hama
thankyou so much kul 😀
V salhi… i like it
thankyou dear. ❤❤ glad u like it?
vrh reethi stry… kn dhuvac thakeh ga up vaany
thankyou dear. ❤❤ insha allah komme dhuvahaku balaanan up kohleveytho. ehn nuuny dhedhuvahun ehdhuvahu. ?
thank iu SKI….KOREAN
vrh gulhey couple s thah
specially haymur ?❤????
oops ..”SJK”***
hehe dhw 🙂 🙂
Wow finally sjk ge story up v v reethi feshun ..waiting. .??
thankyou soo much juvey 🙂 🙂
Good job dear??
thankyou dear 😀
Hey dear.. Enme fahun dhw mi comment kohlevuny.. Hehe.. Btw stry vvvvv nice.. V loabi.. V v wait kohfin sjk ge mi stry ah.. Got a surprise kuhliakah fenunyma.. Hehe.. Waiting for next part.. N kyp it up dear.. Loves..❤
Its ok fahun comment kohlevunas.. 🙂 hehe glad u that u were surprised 😀 thankyou so much dear 🙂 🙂 loves <3
**glad that
yaal heevanee boy name eh hen.. varah undhagoo girl eh imagine kuran yaal kiyaa iru
ohh sorry dear. dhn mifaharu yaal kiyalaanydhw. 😀 thankyou for the opinion 🙂 🙂
Reethi feshumeh dear.❤❤
thankyou so much Awa 🙂 😀
Woww??
Feshun varah reethi
Hope kuri ah huri Bai thah ves reethi vaane kamah ..
Waiting for next part ..
Loves❤
thankyou so much Shara 🙂 🙂 loves <3 <3
Vvv reethi mivaahaka kiyaalaafa v suguverivehje
thankyou so much Inoo, hope nimendhen kiyaalane kamah 🙂 😀
I was waiting 4 this story.. Reethi feshumeh.. Kudhi mistakes Rangalhu kollanukoh hama will b superb.. N ur writing is fabulous dear… Wish u more success… ???
Thank you soo much noor??? insha allah dhn e mistake thah rangalhu kohlaanan.. ❤❤❤
Yeh … finally kiyaalevijje .. AW.. dhoonyaa ebahuri liumuga some silly mistakes .. ekamakuvess vaahaka hama habbu… obiness to the max..? unmeedhukuran next partga mistakes madhuvaanekamah.. and avahah kiyaalan libeynekamah .. ??? ly bodukoh.. keep it up.. ??
Glad to see ur sweet comment?? Yeah aslu phn in liyaathy n iyya kiyaa nulaa up khlevuny ? insha allah dhn rangalhu kohlaanan.. thanks alott ? nxt part miadhu kiyaalan libeyne insha allah❤❤❤ luv u much more❤❤❤?
So, you watch Turkey series right? And ask laftan anlamaz is one of my favorite. Eyga vaa goiyy hithah aruvaign kyma mi story vs eyaa vahtharu v. Anyway, vrh vrh vrh interesting. Waiting for the next part.??
Hehe yeah? but this story is different from tht? thankyou so much l
Lulua❤?
Oh my god ❤❤
First part is damn too too cute ❤
Good luck sjk ❤
thankyou sooo much dear.. 🙂
Seriously it’s a nice beginning.. I wonder what’s gonna happen to the girl next.. ,? waiting for the next part..
Thankyou soo much ❤❤❤?
Thivareh neii ?❤