Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ތޭވިސްވަނަބައި)

Awa Level 4100 Comments10 Stories100 Login
December 2, 2017 7 Mins Read
66 Comments

“ނޫން އޭޝް ތިހެން ނުބުނޭ. ﷲ ދެނެވޮޑިގެންވާނީ އަހަރެންގެ ހިތުގައި އޭޝްއަށްޓަކާ ވީ ތެދުވެރި ލޯބި. ބައެއްގެ މަކަކުވެރި ރޭވުމެއްގެ ދަލުގައިޖެހި އޭޝްއާމެދު އެގޮތަށް ކަންތަށް ކުރެވުނީމަ މިއަދު އަހަރެން އިންތިހާއަށް ލަދުގަނޭ. އަހަރެން މިދުނިޔެއިންވެސް ހަމައެކަނި ބޭނުންވަނީ އޭޝް އަހަންނަށް މާފުކޮށްފަ މިހަޔާތަށް އަނބުރާ އައުން. ޕްލީޒް އަހަންނަށް މާފުކުރޭ” ރެހާން އިސްދަށަށް ޖަހާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައީ ކުއްވެރިއެއް ފަދައިންނެވެ. ރެހާންއަށް އައިޝާއާމެދު ކަންތައް ކުރެވުނު ގޮތުން ހަގީގަތުގައިވެސް އެކަމާލަދުގަނެ ދެރަވިއެވެ..
“ރެހާން. މިޔޮއް ހުރިހާ ދުވަހު ދުރުގަ އުޅެފަ ކީއްކުރަން މިހާރު ތިއައީ. އަހަރެންގެ އަތުން ދޫކޮއްލާ” އައިޝާ ރެހާންގެ އަތް ފޮޅުވާލިއެވެ. އެވަގުތު ދޮރުމަތީގައި ހުއްޓިލައިގެން ހުރި ޒާމިންއާ ރާއިން އައިޝާއަށް ފެނުނެވެ. މިތާގަ ދެއްކި ވާހަކަތަށް އެދެމީހުންނަށްވެސް އިވިއްޖެކަން މޫނުމަތިން ފާޅުވާން ހުއްޓެވެ. ރާއިންއަށް އާކަމަކަށް ނުވިނަމަވެސް ޒާމިންއަށް ފެނުނު މަންޒަރުތަކުގެ ސަބަބުން ހައިރާންވިއެވެ. ރެހާންއަކީ އައިޝާގެ ރެއިންއަށް ވެދާނެކަމާމެދުގައި ޒާމިންއަށް ހިޔާލުވެސް ކުރެވިފައެއް ނެތެވެ. އަދި ރެހާންއަށް އެކުއްޖެއްގެ މާފުލިބެނެކަމަށް މިއޮއްހުރިހާދުވަހު ކިޔަމުންއައި ކުއްޖަކީ އައިޝާއަށްވާނެޔެކޭ ހުވަފެނުންވެސް އޭނަ ހިޔެއް ނުކުރެއެވެ. މިވީ ކިހިނެއްބާއެވެ. ކޮއްކޮއެއްފަދަ އައިޝާގެ ކޮންމެ ނިންމުމަކަށް އިޙްތިރާމްކުރަންވެސް ޒާމިން ބޭނުމެވެ. އެންމެ ގާތް އެކުވެރިޔާ ރެހާންގެ ލޯބި އޭނަޔަށް ލިބުންވެސް ޒާމިން އެދެއެވެ. އައިޝާ ގަބޫލު ނުކުރިނަމަވެސް އައިޝާއާއި ރެހާންގެ އުފާވެރިކަން ވަނީ އެކަކު އަނެކަކާ ގުޅިލާމެހިފަކަން ޒާމިންއަށް އިނގެއެވެ.
“ޒާމިން. އަހަންނަށް ވިސްނައިދޭން މަސައްކަތް ނުކުރިއްޔާމުން ރަނގަޅީ. އަހަރެން އެނބުރި ރެހާންގެ ހަޔާތަށް ދާކަށް ގަސްދެއް ނުކުރަން. މިއޮއްހުރިހާ ދުވަހުވެސް އުޅުނު ގޮތަކަށް ދެންވެސް އުޅޭނަން. ރެހާން އެންމެ ރަނގަޅު މިގެއިން ދިޔަސް. ރެހާންގެ އެއްޗެއްވެސް ރެހާންއަށް ދޭނެ އެއްޗެއްވެސް އަހަރެންގެ އަތަކު ނެތް” އައިޝާއަށް ގޮވާލަން އުޅުނު ޒާމިންއަށް އިތުރު ވާހަކައެއްް ނުދެއްކުނީ އައިޝާގެ ރޮވިފައިވާއަޑު އިވުމުންނެވެ. އެޖުމްލައިން އެކަނިވެސް އައިޝާއަށް ކޮށްފައިވާ އަސަރު އެތިންމީހުންނަށް ފާހަގަވިއެވެ.
“އަހަރެންގެ އެއްޗެއް އޭޝް އަތުގައެބައޮތް. ހޫދު އެއީ އަހަރެންގެ ދަރިޔެއް ނޫންތަ. ހައަހަރު ފާއިތުވެގެން ދިޔައިރު އޭޝް ތިހުރީ އަހަރެންގެ ދަރިޔެއް ހުރިކަން އަހަންނަށް އަންގާވެސް ނުލާ. އަހަރެންގެ ކުށުގެ ބަދަލުގަތަ ދަރިފުޅާ އަހަރެން ވަކިކުރީ. އަހަރެންނަށް ކުށް ކުރެވިފައިވާނަމަ އޭޝްއަށްވެސް ކުށެއް ކުރެވިއްޖެ” ހޫދު އެއީ ރެހާންގެ ދަރިއެއްކަން އިނގުނު ދުވަހުން ފެށިގެން ހިތުތެރޭގައި ކުރަމުން ދިޔަ ޝަކުވާ ރެހާންގެ ދުލާ ހިސާބަށް އަޔެވެ. ބައްޕަޔަކާ ދަރިޔަކު ދުރުކުރުމަކީވެސް ކުށެކެވެ. އައިޝާވަނީ އެކުއްކޮށްފައެވެ.
” ރެހާންގެ ދަރިޔެއް އަހަރެންގެ ގާތުގަ ހުރިކަމެއް ނުދެނަހުރިން. ހޫދު ރެހާންއާ ވައްތަރުވީމަތަ ތިހެން ތިބުނީ. ކިހިނެއް އެހާ ޔަގީންކަމާއެކުގަ ހޫދު އެއީ ރެހާންގެ ދަރިޔެއްކަން ބުނާންއެނގެނީ. ހަނދާނެއްނުވޭތަ. އަހަރެންމީ ތަނަކުން ފެންނަ ފިރިހެނަކާ ހިތާވާ މީހެއްނު. އެއިން ކޮންމެ މީހަކުވެސް އޭނާގެ ބައްޕައަށް ވެދާނެއެނެއްނު ރެހާން. ރެހާންއެއްނޫންތަ ބުނީ އަހަރެންމީ ޕްރޮސް..” އައިޝާގެ ޖުމްލަ މެދުކަނޑާލީ ޒާމިންއެވެ.
“އާޝި މޮޔަވީތަ؟ ތިކިޔޭ ނުކިޔޭއެއް އެބަ އިނގޭތަ” އައިޝާ ބުނަންއުޅުނު ބަހުން ޒާމިންއަށް ވަރަށް އަސަރުކުރިއެވެ. އަމިއްލަ ކޮއްކޮައަކު އެހެން ބުނާ އަޑު އަހަން އެއްވެސް ބޭބެޔަކަށް ކެތެއް ނުވާނެނޫންހެއްޔެވެ
“އޭޝް ހެޔޮނުވާނެ ތިހެން ބުނަން. ޕްލީޒް… ހޫދުއަށްޓަކާވެސް އަހަރެން ބޭނުން އަލުން މިދިރިއުޅުން އާބާދުކުރަން. ކުރެވުނު ކުށަށް މާފުކޮއްދީ.. އައިލަވްޔޫ އަ ލޮޓް. އޭޝްއަށް ހަމަ ރަނގަޅަށް އެކަން އިނގޭނެ. އަހަންނަށް ޔަގީން އޭޝްވެސް އަހަރެންދެކެ އެހާލޯބިވާކަން. ޕްލީޒް އަހަރެން ގާތަށް އަނބުރާ އާދެބަލަ” އައިޝާގެ ކޮންމެ ޖުމްލައެއް ދިޔައީ ތޫނު ކަށިތަކެއް ފަދައިން ރެހާންގެ ހިތަށް ހެރެމުންނެވެ. ކިތަންމެ ވަރަކަށް އާދޭސް ކުރަންވިޔަސް ރެހާން މިހުރީ ތައްޔާރަށެވެ.
“އަހަރެން ލޯތްބެއް ނުވޭ އެކެއްދެކެވެސް. މީހަކު އަހަރެން ގާތުގަ މާފަށް އެދޭކަށްވެސް ނުޖެހޭނެ. އަހަންނަށް ވަރަށް ރަނގަޅު މިވަގުތު އެންމެން ދިޔައްޔާ. މާ އަޑުގަދަ ވެއްޖެނަމަ އަހަރެންގެ ދަރިފުޅު ހޭލަފާނެ. ޕްލީޒް ލީވް” އައިޝާ އެނާގެ އެންމެ ފަހުގެ ނިންމުން އިއްވާލިއެވެ. އެންމެންނަށް ފުރަގަސްދިނީ އެކަރުނަތަށް އެއިން އެކަކަށްވެސް ނުދައްކާށެވެ. މާޔޫސްކަމާ އެކީގައި ރެހާން ނުކުންނަން ހިނގައިގަތުމުން އޭނާގެ ފަހަތުން ރާއިންމެންވެސް ހިނގައިގަތެވެ.
“ދޮންބޭ. ދޮންބެ ދައްތަ އަދި މައާފު ކުރާނެ. ހިތްވަރު އެލުވާނުލާ. ދޮންބެދައްތަ އަދިވެސް ދޮންބެދެކެ ލޯބިވެޔޭ” ގޯތިތެރޭގަހުރި ކުޑަދަށުން ގޮނޑިއެއްގައި ޖެހި ބުދެއްހެން ރެހާން އިންތަން ފެނުމުން ރާއިންބެލީ ހިތްވަރު ދެވޭތޯއެވެ. ރެހާން ފެނިފައި މާގިނަ ދުވަސްތަކެއް ނުވިނަމަވެސް ރާއިން ރެހާންދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނާގެ ދޮންބެއަށް ދެރައެއް ލިބޭކަށް ރާއިން ބޭނުމެއް ނުވެއެވެ.
“އަހަރެން ހިޔެއް ނުކުރަން ރެހާން އާޝިއަށް އެހެން ހަދާފާނެ ކަމަކަށް. އޯކޭ ރެހާން ފުރަތަމަ ދެއްކި ވާހަކަތައް ގަބޫލުކުރެވިދާނެ. އަހަރެންނަމަވެސް ކަންތައް ކުރެވުނީހީ އެގޮތަށް. އެކަމު ފަހުން އާޝި ބަނޑު ބޮޑުކަން އެނގުމުން ކީއްވެ އޭނަޔަށް ފުރަގަސްދިނީ” ޒާމިން މޫނުމަތީގައިވާ ހިންހަމަނުޖެހުމުގެ ކުލަވަރު ރެހާންއަށްވެސް ފާހަގަވިއެވެ.
“ޒާމިން. ހުވާކޮއްފަ އަހަރެން މިބުނަނީ. އަހަންނަކަށް ނޭނގޭ އޭޝް ބަނޑުބޮޑުވިކަމެއް. އިނގުނުނަމަ އަހަރެން އެހެނެއް ނަހަދާނަން. އަހަރެންމީ އެހާ ހަރުހިތެއްގެ ވެރިޔެއްކަމަށްތަ ޒާމިން ހީކުރީ؟ އަމިއްލަ ދަރިޔަށް ފުރަގަސްދެން؟” ޒާމިންވެސް ރެހާން ދެކެ ރުޅިއައުމުން ރެހާން ހިތުގަ ޖެހުނެވެ. ބަނޑުބޮޑުވިކަން ނުބުނީ އައިޝާ ނޫންހެއްޔެވެ. އެކަމުގެ ޒިންމާވެސް އަޅުވަންވީ ރެހާންގެ ބޮލުގަހެއްޔެވެ. ރެހާން އެގޮތަށް ވާހަކަ ދެއްްކުމުން އެހަދަނީ ދޮގުނޫންކަން ޒާމިންއަށް ޔަގީންވިއެވެ. ރެހާންވެސް އެބުނީ ތެދެކެވެ. ރެހާންއަކި އަމިއްލަ ދަރިޔަކަށް ފުރަގަސްދޭހާ ހިލަހިތެއްގެ ވެރިއެއްނޫނެވެ. ރެހާންއަކީ އެޔަށްވުރެ ހިތްހެޔޮ މީހެކެވެ. އަދިވެސް މިކަމުގެ ތެރޭގައި ނުބަޔެއް އުޅެޔޭ ޒާމިންގެ ހަވަނަ ހިއްސު ބުނެލިކަހަލައެވެ.
“ރެހާން ސޮރީ އެހެން ބުނެވުނީމަ. އަހަރެންވެސް ބޭނުން ތިދެމީހުން ގުޅެން. ހޫދުގެ ބައްޕަގެ މަގާމަށް ރެހާންއަށްވުރެ އެކަށޭނެ މީހެއް ނުހުންނާނެ. ފުރަތަމަ ދުވަހުން ފެށިގެން ހޫދުއާ ރެހާންއާ ދެމެދުގަ އުފެދިގެން ދިޔަ ގުޅުމަކީ އެކަމުގެ ހެއްކެއް. އިންޝާﷲ އަހަރެން ބަލާނަން އައިޝާާއަށް ވިސްނާދެވޭތޯ. ރެހާންއަށް ކުރެވުނު ކަމެއް ކުރެވުނީ ބަޔަކު އޮޅުވާލީމަ. އައިޝާ އެކަން ގަބޫލު ކުރާނެ ކޮންމެވެސް ދުވަހަކުން. އަދި ރެހާން ގާތަށް އަންނާނެ. ރެހާން ފެންނަ ހިސާބުގައި ދުރުގަ އުޅެން އޭނަޔަކަށްވެސް މާގިނަދުވަހަކު ކެތެއް ނުވާނެ. އުންމީދު ކަނޑާނުލާ” ޒާމިންގެ ވާހަކަތަކުންެ ރެހާންގެ ހިތަށް ކުޑަ ތަސައްލީއެއް ލިބިގެން ދިޔައެވެ. ދެމީހުން އެތަށް ގޮތަކަށް ވިސްނައިދިނުމުން ރެހާން ގެޔަށް ދާން ތެދުވިއެވެ. އުންމީދުގެ ހުޅުކޮޅުގެ ކަނި ކިޔަންމެ ކުޑަވިނަމަވެސް އެ ނިވުނަނޫދީވޭތޯ ރެހާން މަސައްކަތް ކުރާނެއެވެ.
ކުރުއަތްމައްޗަށް އޮށޯވެލައިގެން އޮވެ ޒާމިން ވިސްނަމުން ދިޔައީ އައިޝާއާ ރެހާން ދެއްކި ވާހަކަ ތަކާމެދުގައެވެ. އެދެމީހުންވެސް ދޮގެއް ހަދާފާނެކަމަކަށް ޒާމިންއަކަށް ގަބޫލެއް ނުކުރެވެއެވެ. އައިޝާގެ ވާހަކަތަކުން ބަނޑުބޮޑު ހަބަރު ރެހާންއަށް އެންގި ކަމަށް ވެއެވެ. ނަމަވެސް ރެހާން ބުނެފައިވާގޮތުން ހޫދުއަކީ ރެހާންގެ ދަރިއެއްކަން އޭނާޔަށް އިނގުނީ ދާދި މިދާކަށްދުވަހުގައެވެ. މިދެމީހުންގެ ދެމެދުގައި ނުބައި ރޯލެއް ކުޅެމުން އަންނަ އިތުރު ފަރާތެއް ވާކަމާމެދު ޒާމިންއަށް ގާތް ގަނޑަކަށް ޔަގީން ކުރެވެއެވެ. ފުންހިޔާލުތަކަށް ގެއްލިފަ އޮތް ޒާމިންއަށް މަންހާއައިސް އޭނަކައިރީގައި އޮށޯތުމުންވެސް ނޭނގުނެވެ،.
“ހެއި ޒާން ކޮން ހިޔާލަކަށް ގެއްލިފަ” ޒާމިންގެ އިޝާރާތެއް ނުވުމުން މަންހާ އަހާލިއެވެ. އައިޝާއާ ރެހާންއާ މެދުގައި ވިސްނާލިއްޔޭ ބުނެވުނު އިރުވެސް ޒާމިންއިތުރު ހަރަކާތެއް ނުކުރެއެވެ.
” އެދެމީހުން ވަރަށް ގުޅޭ ޖޯޑެއްދޯ. އަހަރެންނަށް ކުރިންވެސް ހީވެޔޭ ރެހާން އާޝިއަށް ލައިކްވާހެން. އެކަމު މިއަދު ދަތުރުން ޔަގީންވީ” މަންހާއަށް ދަތުރުގައި ހިނގާދިޔަ ކަންކަން ހަނދާންވިއެވެ.
“މިންނު. ރެހާންއާ ރެއިން އަކީއެކެއް. އާޝި އެންޑް ރެހާން. ދޭ އާރ މެރީޑް” ޒާމިން އެހެން ބުނެލިއިރު އައިޑުގައި އެކުލެވިގެންވަނީ ހިތާމަވެރިކަމެވެ.
” ޒާން ތިކިޔަނީ ކީކޭތަ؟ ތީ ކާކުު ދެއްކިވާހަކަތަކެއް؟ ” ޒާމިންގެ ޖުމްލައިން މަންހާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އައިޝާއާ ރެހާން އިނދެގެން އުޅޭނަމަ އެކަން އެއްވެސް މީހަކަށް ނޭނގުނީ ކީއްވެބާއެވެ. ޒާމިން މަންހާއަށް ފެށިގެން ވީގޮތް ކިޔާދިނެވެ. ރެހާންއާ އައިޝާ ވަކިވާން މެދުވެރިވި ސަބަބުތަކެވެ. އައިޝާއަށް އައި ބަދަލު ތަކުގެ ސަބަބުން ރެހާންއަށް ފުރަތަމަ އޭނާ ނޭނގުނުކަމެވެ. ނަމަވެސް މިހާރު ހުރިހާކަމެއް އިނގި ރެހާން އައިޝާއާ ގުޅެން ބޭނުންވާ ކަމެވެ. ވާހަކަތަށް އަޑުއަހާ ނިންމާލިއިރު މަންހާގެ ލޯ ކަރުނުން ތެންމާލިއެވެ. އައިޝާއާ ރެހާންއަށް ދިމާވީ ކިހާ ދެރަގޮތެއްހޭ މަންހާ ހިތަށް އެރިއެވެ. އެރޭ އެތައް ދަމެއް ވަންދެން މަންހައާ ޒާމިންދިޔައީ އައިޝާއަށް ވިސްނަދޭނެ ގޮތަކާމެދުގައި ވިސްނަމުންނެވެ. އެއީ ފަސޭހަކަމަކަށް ނުވިނަމަވެސް ކުރަން މުހިންމުކަމެއް ކަމުގައި ޒާމިންމެންނަށް ވިސްނުނެވެ.
އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ ރާއިން އޮތީ ނުނިދިފައެވެ. އެހިޔާލުތަކުން ރާއިންގެ ހިތަށް އުނދަގޫ ކުރުވަނީއެވެ. ރީނާޒްއާ ދޭތެރޭ ކޮއްކޮއެއްގެ ހައިސިއްޔަތުން ދެކެން ބޭނުންވި ނަމަވެސް އެކަން ކުރުމަކީ ރާއިންއަށް ވަރަށް އުނދަގޫކަމެކެވެ. ރާއިންގެ އާއިލާ ލޯބީގައި އެހާ ނާކާމިޔާބުވަނީ ކީއްވެބާއޭ އޭނާ ހިތަށްއެރިއެވެ.
” ދޮންބޭ.. ނިދީތަ” އެންމެ ފަހުން ނޯވެވިގެން ރާއިން މަގަތުގައި އޮތް ރެހާންއަށް މަޑުމަޑުން ގޮވާލިއެވެ. ރެހާން ސިހިފައި ބަލާލީ ރާއިން އެއްޗެކެ ބުނިހެން ހީވެގެންނެވެ. މިރޭގައި ނިދިވަނީ ރެހާންއާ މާދުރުގައެވެ. އައިޝާގެ ހިޔާލުތަކުން ސިކުނޑި ފުނިޖެހިފައި ވާއިރު ކުރިޔަށް ކަންތަށް ވެގެންދާނެގޮތަކާމެދުގައި ރެހާން އަށް ވިސްނެއެވެ. އައިޝާ ރެހާންއަށް މައާފު ނުކޮށްފިނަމަ ދެން ހަދާނީ ކިހިނެއްބާއެވެ. ކޮންމެގޮތަކަސް ހޫދުއަށް އުނިވެފައިވާ ބައްޕައެއްގެ ލޯބި ދޭން ރެހާން ބޭނުންވެއެވެ.
” ދޮންބެ އަދިވެސް އެކަމާ ދޯ ތިވިސްނަނީ. އުއްމީދު ކަނޑާ ނުލާ. ދޮންބެދައްތައަށް ވިސްނޭނެ. ދެން އެވަރަށް ނުވިސްނާ ނިދާލާ.” ރާއިން ލޯބީގައި ނާކާމިޔާބު ވިޔަސް ރެހާންއަސް އެގޮތް ވާކަށް ރާއިންއެއް ނޭދެއެވެ.
“އަހަރެންގެ ވާހަކަ ތިދައްކަނީ. ރާއިން ތިއޮތީ މަންމަ މަތިން ހަނދާންކޮށް ނުނިދިފަތަ؟ ” ހަމަޖެހޭ ގޮތް ދައްކާލަމުން ރެހާން ބުނެލިއެވެ. ހިތުގައި ބޮޑު ހައިޖާނުގަނޑެއް އުފެދިފަ ވީނަމަވެސް ރާއިން އެކަން ފޮރުވަމުން ކަމެއް ނުވާކަމަށް ނުންޏެވެ.
“ދޮންބެގެ ވާހަކަ ތި ދައްކަނީ. ރާއިންއަށް މހާރު 29 ވަނީ. އަދިވެސް ތިހުންނަނީ ހުހަށް. އަންހެން ކުއްޖެއްގެ ހިޔާލުގަ ދޯ ތިއޮންނަނީ. ދޮންބެ މަންމަ ގާތުގަ ބުނެފާނަމޭ ރާއިން މީހަކާ އިންނަން ބޭނުންވާ ވާހަކަ” ރާއިންވެސް ހިތާމަތަކެއް ކުރަމުން ދާކަން ރެހާންއަށް ދެނެގަނެވުނެވެ. އެހާދުވަސް ވާއިރު ރާއިންގެ ހިތުގައި ކޮންމެސް އަންހެެން ކުއްޖެއްވާނެޔޭ ރެހާން ހިތަށް އެރިއެވެ.
” ދޮންބެ ތިވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ. އަހަރެން ތި ކަމުގަ ވަރަށް ނަސީބުދެރަ. ފުރަތަމަ ކަމުގޮސްގެން އުޅުނު ކުއްޖާވީ ފަހަރިއަށް. ދެން ކަމުދިޔަ ކުއްޖާ ވީ..” އެހާހިސާބަށް ބުނެފައި ރާއިން ހުއްޓާލީ އެހެން ބުނުމަކީވެސް ފާފައެކޭ ހިތަށް އަރާފައެވެ. އަމިއްލަ ކޮއްކޮދެކެ ގަޔާާވާނީ ކިހާ ގޮތެއްނެތަ މީހެއް ބާއޭ ރާއިންގެ ހިތަށް އެރިއެވެ. ރާއިންގެ ޖުމަލައިން މާނަކުރީ ކޮން ބަޔަކަށްކަން ރެހާންއަށް އިގުނެވެ. އޭނަގެ ކޮއްކޮވެސް ވެފައި މިވަނީ ރެހާން ކަހަލަ ނަސީބެއް ނެތް މީހަކަށްތާއެވެ. ރާއިންއަށް ރީނާޒް ފެނުނު ފުރަތަމަ ދުވަހުވެސް އެދެހިތުގައި ވިންދެއް ޖަހާލިކަން ރެހާންއަށްވަނީ ފާހަގަ ވެފައެވެ. ނަމަވެސް އެ ގުޅުން ކުރިޔަށްގޮސް ފާފައަކަށް އަރައިގަނެވުމުގެ ކުރިން އެއި އެއްބަފާ ދެބެންކަން އެނގުނުކަމީ ނަސީބެކޭ ރެހާން ހިތާ ހިތުން ކިޔާލިއެވެ. ރެހާންއާ ރާއިންގެ ހިތުގައިވެސް ހިނގަމުން ދަނީ އެއް އިހުސާސްތަކެކެވެ. ލޯބިވާ މީހާ ލޮލަށް ފެންނަން ހުރިކަމުގައި ވިޔަސް އެހިތްވަނީ ދެމީހުންނާވެސް އެތަށްހާސް މޭލެއް ދުރުގައެވެ. ރާއިންއަށް ދުވަހަކުވެސް އެލޯބި ކާމިޔާބު ކުރެވެން ނެތްއިރު ރެހާންގެ ލޯބި ލިބޭނެކަމުގެ އުއްމީދު ވަނީ ފަނޑުވެފައެވެ. ފަތިސް ނަމާދަސް ބަންގި ގޮވިއިރުވެސް ދެމީހުން ކުރެ އެކެއްގެ ލޮލަކަށްވެސް ނިންޖެއްނާދެއެވެ. ބަންގީގެއް އަޑަށް ދެމީހުންވެސް ތެދުވެގެން އެކަކު އަނެކަކަށް ހިނިތުންވުމެއް ދިނީ ހިތުގައި ވާ އުދާސްތަށް ފޮރުވަމުންނެވެ.
ހޮސްޕިޓަލަސް ވަދުގެން އައި ރެހާން ދިޔައީ އައިޝާ ފެނޭތޯ ފަރާތްފަރާތަށް ބަލަމުންނެވެ. ހަމައެކަނި އެސޫރަ ފެނިލުމުންވެސް ރެހާންގެ ހިތަށް ލިބިގެންދަނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެންމެ ފެނިލުމުންވެސް ރެހާންގެ މުޅިދުވަސް އުޖާލާވެގެންދާނެއެވެ.
” ދޮންބެ ހާދަ ވަރަކަށް ތި ހޯދަނީ. ދޮންބެ ދައްތަ ހިނގައްޖެޔޭ އެތެރަށް ވަދެގެން” މޫޑު ރަނގަޅު ކޮއްލުމަށްޓަކައި ރާއިން ބޭނުންވީ ރެހާންއާ ސަމާސާއެއް ކޮއްލާށެވެ. އެކަހަލަ ކުޑަކަމަކުންވެސް ރެހާންގެ މޫނުމަތިން އުފާވެރިކަން ފެނިއްޖެނަމަ ރާއިން އުފާވާނެއެވެ.
“އޭ ރެހާން. މިއަދު މިންނު އަންނާނެ އިނގޭ ޗެކްއަޕަކަށް. އެގަޑީގަ ރެހާން ހުންނަން ވާނެ. މިހާރުއްސުރެ ތީ އަހަރެންގެ ބޭބީގެ ޑޮކްޓަރު. އާޝިއެއީ އަހަރެންގެ އަންހެނުންގެ ޑޮކްޓަރު” އެއްލޯ މަރާލަމުން ޒާމިން ބުނެލި ޖުމްލައިން ރެހާން ހުރިހާ ދަތްތަށް ފެންނަވަރަށް ހީލިއެވެ. ޒާމިން އެގޮތަށް ބުނެއްޖެނަމަ ކޮންމެގޮތެއް ވިޔަސް އައިޝާ ޖެހޭނީ ރެހާންއާ އެކުގައި މަސައްކަތް ކުރަންތާއެވެ.
” ދޮންބެ ކުއްލިޔަކަށް ކޮލްގެޓް އިސްތިހާރަކަށް ތައްޔާރުވީތަ؟ މިއޮއްހުރިހާއިރުގަ ހީވަނީ މަންމަނެއްހެން. އަނގަވެސް ހުޅުވާލަން ނޭނގިފަ ހުރީ” ރެހާންއަށް ވީގޮތް ފެނިފައި ރާއިން އަށް ހެވުނެވެ. އައިޝާގެ ނަން ބުނެލުމުންވެސް އެ މޫނުމަށްޗަށް ވެރިވެގެންދާ އުޖާލާކަން ޒާމިންއަށްވެސް ފާހަގަވިއެވެ. މާޒީގައި ކޮންމެގޮތަކަސް ކަންތައް ވެގެން ދިޔަނަމަވެސް އައިޝާގެ މުސްތަގުބަލަކީ ރެހާންކަން ޒާމިންއަށް ޔަގީނެވެ.
” އަހަ މިންނު. މިއަދު ކުއްލިޔަކަށް ޗެކްއަޕަށް އަންނަން ނިންމިއްޔޯ؟” ފައިލުތަސް ހާވަން އިން އައިޝާއަށް މަންހާ އެތެރެޔަށް ވަތްތަން ފެނުމުން ކުރާން އިން މަސައްކަތް ބެހެއްޓިއެވެ. މިއަދަކީ މަންހާގެ ޗެކްއަޕަށް އަންނަން ޖެހޭ ދުވަސްކަން އައިޝާ ހަނދާންވި ފޯނުން ތާރީހަށް ބަލާލުމުންނެވެ.
“އޯހް. އަހަރެން މިހުރީ ހަނދާންވެސް ނެތިފައޭ. މިއަދު ދޯ މީ އަންނަންޖެހެ ދުވަހަކީ. ކޮބާތަ ޒާމިން؟” މަންހާޔާ އެކުގައި ޒާމިންނެތުމުން އައިޝާ އަހާލިއެވެ. ޒާމިން ކުޑަކުދިންގެ ޑޮކްޓަރު ގޮވައިގެން އަންނާނެޔޭ ބުނުމަސްފަހު އައިޝާ ރަނގަޅުތޯ އަހާލީ ރޭގައި ވެގެންދިޔަ ހުރިހާކަމެއް އިނގޭތީއެވެ. އަހަންނަށް ވާނީ ކޮންކަމެއްހޭ ބުނުމަސްފަހު އައިޝާ އަލްޓްރާ ސައުންޑް ސްކޭން ހަދާ ބަޔަށް ގުޅާލުމަސްފަހު ތައްޔާރު ވެލުމަށް އެދުނެވެ. އަދި މަޑުކޮއްލީ ޒާމިންމެން އަންނަންދެނެވެ.
“ކޮބާ މިހާރުވެސް ލަސްވެއްޖެ ދޯ. ހިނގާ އަވަހަށް ދަމާ” ޒާމިން ދޮރުހުޅުވާލުމަށްފަހު އެހެން ބުނުމުން އަައިޝާ މަންހާގޮވައިގެން ސްކޭން ހައްދަން ނުކުތެވެ.
“އަހަ މިންނު. ހާދަ ފަލަވެޔޭދޯ ތިހެން ހުރެގެން. ދެމަސްވީއިރު މީހާ މިހަރުވެސް ތިޔޮއް ދުޅަވަނީ” ސްކޭން ކުރާކޮޓަރިޔަށް ވަތް މަންހާއާ ރެހާން ދިމާކޮއްލިއެވެ. އެތާގައި ރެހާން ހުރުމުން އައިޝާ ހައިރާން ވިއެވެ. ކުޑަކުދިންގެ ޑޮކްޓަރޭ ބުންޏަސް ޒާމިން ރެހާން ގެންނާނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ރޭގަ ހިނގި ހާދިސާއަށްފަހު ޒާމިން އެފަދަ ކަމެއް ކޮއްފާނެ ކަމަކަށް އައިޝާ ހިތަށްވެސް ނާރައެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް އައިޝާ މަސައްކަތާވެގެން ކުރިޔަށް ދިޔައީ ދިޔައީ މަންހާގެ އެެދުމަށެވެ. ރެހާންއާ ދިމާއަށް ބަލާ ނުލިތާ ރެހާންއެއީ އެތާހުރި މީހެއްހެންވެސް އައިޝާއަށް ހީނުވެއެވެ. އައިޝާ ގަސްދުގައި ރެހާންއަށް ނުބަލަ މަސައްކަތް ކުރަމުންދާކަން ރެހާންއަށް އެނގުނެވެ. ރެހާންވެސް އައިޝާއަށް އެހާ ފަސޭހައިން ދުކުރާނެ ކަމަށްހެއްޔެވެ. މަޑުމަޑުން އައިޝާ ކައިރިޔަށް ޖެހިލުމަށްފަހު ސްކްރީނުން ފެންނަ މަންޒަރަށް ބަލާލިއެވެ. ކިރިޔާ ހިތުގެ ވިންދު އެނގޭވަރު ވެއެވެ. އައިޝާ ރެހާންއަށް ބަނޑުބޮޑުކަން އެންގިނަމަ ރެހާންއަށްވެސް އޭނަގެ އަމިއްލަ ދަރިފުޅު މިގޮތަށް ފެނުނީހެވެ. ނަމަވެސް ވެ ނިމިގޮސްފައިވާކަމެއް ބަދަލުކުރެވޭނެހެއްޔެވެ. ރެހާންއަށް ތަންދެއްކުމަށްފަހު އައިޝާ ދުރުވެލިއެވެ. ރެހާންވެސް މާބޮޑުކަމަކަށް ނުހަދާ ޒާމިންއަށް ސްކޭންގަވާ ކަންކަން ކިޔާދިނެވެ. އެމަންޒަރު ފެނުމުން ޒާމިންއާ މަންހާ ހާދަ އުފަލެއް ވާނެޔޭ ރެހާން ހިތަށް އެރިއެވެ. ރެހާންއަށް އެފަދަ އުފާވެރިކަމެއް ނުލިބުނީ ކީއްވެބާއެވެ.
“އަހަރެން އަންނާނަށް މިންނު ގެޔަށް ލާފަ އިނގޭ” ކުރަން އައިކަންތަށް ނިމުމުން ޒާމިން މަންހާ ގޮވައިގެން އެތަނުން ނުކުތެވެ. އައިޝާވެސް ފަހަތުން ހިނގައިގަތީ ރެހާންއާ އެކުގައި އެތާގައި އެކަނިވާން ބޭނުން ނުވާތީއެވެ.
” އަހަރެންނަސް ފިލަންތަ ތިދުވަނީ.” އައިޝާގެ އަތުގައި ހިފާ ލަތްކެއް ޖެހިގޮތުން އައިޝާ ގޮސްޖެހުނީ ރެހާންގެ ގައިގައެވެ. އެތަނަވަސް މޭމަތީގައި އައިޝާގެ ނޭފަތް ޖެހުނު ހިނދު އަބަދުވެސް ދުވާ ‘އަންލިމިޓެޑް’ގެ ހިތްގައިމު ވަސް އައިޝާގެ ހިނދުރީގައި ހަރުލިއެވެ. އައިޝާ ދެލޯ މަރާލުމަށްފަހު އެތެރެއަށް ނޭވައެއްލުމުން އެ ވަސްދެކެވެސް ލޯބިވެވުނުހެން އޭނަޔަށް ހީވިއެވެ. ދެވަނަ ސިކުންތުގައި އައިޝާގެ ހިތުގެ އެދުމުގެ މައްޗަށް ސިކުނޑީގެ އަޑު ގަދަވެގަތެވެ. ނަފްސު ހަމަޔަކަށް އަޅުވާލަމުން ރެހާންއާ ދުރުވެލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތްނުވީ ރެހާން ހިފަހައްޓައިގެން ހުރިލެއް ބާރުކަމުންނެވެ.
“އޭޝް ކީއްވެ ތިހެން ތި އުޅެނީ. ރުޅިއަންނަ ކަމު ހެދުނަސް އަހަރެންނަށް އިނގޭ އަދިވެސް ލޯބިވާކަން. އެހެންނޫނަމަ ތިވަރަކަށް އޭޝްގެ ތިކުޑަކުޑަ ހިތެއް ބީޓްއެއް ނުކުރާނެ. އޭޝްގެ މާފު ހޯދަން އަހަރެން ކިހިނެއްތަ ހަދަންވީ” ޝަހާދަތް އިނގިލިން އައިޝާގެ ދަތްދޮޅި އުފުލާލަމުން ރެހާން ބުނެލިއެވެ. އޭރު ދެހިތުގެ ތެޅުން ވަނީ އެކަކުއަނެކަކަށް އިވޭ ވަރަށް ބާރުވެފައެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 9

Next

އެވްލީން 5

Next
December 2, 2017

އެވްލީން 5

Previews
December 2, 2017

ނޭނގި ހިތޭ ތި އަތުލީ 9

66 Comments!

  1. Awa says:
    December 2, 2017 at 9:34 pm

    Salaam all.. miothy up kollevifa. V bodah sorry lasveema ingey.. unavoidable sucumstace eh dhimaavee. Bt hope you all will love this episode also.nd layaa ah v bodah thanks vaahakaige cover foto hadhaadhinyma?? LYSM ALL??????????

  2. shahdher❕ says:
    December 2, 2017 at 9:36 pm

    v reethi mi part vs❤️??

    1. Awa says:
      December 2, 2017 at 9:52 pm

      Thanks dear????

  3. Xaaaan says:
    December 2, 2017 at 9:38 pm

    Hey 1st dhw miadhuves

    1. Awa says:
      December 2, 2017 at 9:53 pm

      Xaaaan mee abadhuvx number 1 dhw??????

  4. aishuuu says:
    December 2, 2017 at 9:51 pm

    v v reethi…alhe mihaaru keehvetha dhuvaalaku part eh up kurany…v kiyaa hiyvaa story eh mee

    1. Awa says:
      December 2, 2017 at 9:53 pm

      Thanksyou so much dear???? busy koh ulheytheee eh part up kureveny

  5. Black beauty says:
    December 2, 2017 at 9:53 pm

    Next part when varah reethi mi partves

    1. Awa says:
      December 2, 2017 at 9:54 pm

      InshaAllah tmrw?? thankyou??

  6. Naxy says:
    December 2, 2017 at 9:54 pm

    Varah salhi… konirakun next part… waiting……

    1. Awa says:
      December 2, 2017 at 9:56 pm

      Thanks naxy??? inshaAllah tmrw????

  7. Xee says:
    December 2, 2017 at 9:55 pm

    Haadha kurey. Waiting so eagerly for the next part

    1. Awa says:
      December 2, 2017 at 9:59 pm

      Alhe kurutha.. aanmukh up kuraa varah page mee..bt maybe kuruhn heevedhaane dhw??inshaAllah tmrwga dhigu ep eh genesdheynan??????

    2. Xee says:
      December 2, 2017 at 11:06 pm

      Kiyaa hiy vefa in varun kurihen heevee kamaves vedhaane ?.

    3. Awa says:
      December 3, 2017 at 6:13 am

      Maybe????

  8. Limsha says:
    December 2, 2017 at 9:57 pm

    Hama varah salhi ingey

    1. Awa says:
      December 2, 2017 at 9:59 pm

      Thanks limy???????

  9. annoying reader says:
    December 2, 2017 at 10:03 pm

    love it just awesome <3 alhey then ash rain ah maafu koh dhyba. yagyne rain ge step mum huriha kameh ves kuri. cnt wait for the next part <3

    1. Awa says:
      December 3, 2017 at 5:31 am

      Lets see dhw???
      Thanks dear

  10. Xaaaan says:
    December 2, 2017 at 10:05 pm

    Masha Allah v reethi awa darlin??

    1. Awa says:
      December 3, 2017 at 5:31 am

      Hello xaaaan darling.. thankyou??

  11. Aiy says:
    December 2, 2017 at 10:08 pm

    Alhey haadha kurey mi part ..,, v reethi part vs… kiyaa hithun indhaa e nimunee… ? Ash and rain gulhuvan dhn ulheba.. raain ah vs maa dhera goi mihaaru evany…

    1. Awa says:
      December 3, 2017 at 5:32 am

      Dhw… dhn vaa goiyy balamaa dhw??
      Thankyou dear

  12. Yaloo says:
    December 2, 2017 at 10:09 pm

    Jst luv this prt…rehaan n eysh gulhuvabala avahah…waiting waiting…whn nxt prt?? Thankolheh avahah up kureveythw try kurahchey..can’t wait nxt prt..

    1. Awa says:
      December 3, 2017 at 5:33 am

      Thanks dear. I’ll try my best to upload asap?

  13. Juvey says:
    December 2, 2017 at 10:14 pm

    Mi ep vx v reethi. .?❤??

    1. Awa says:
      December 3, 2017 at 5:33 am

      Thanks juvey dhoonii??

  14. Juvey says:
    December 2, 2017 at 10:16 pm

    Cover photo v nice egey awa doonee. ??

    1. Awa says:
      December 3, 2017 at 5:33 am

      Awwwwn. Layaa helped??? thankyou???

  15. Layaa says:
    December 2, 2017 at 10:21 pm

    Yes finally kiyaalevijje .. waiting for the next epi .. dhoonyaa..? ly

    1. Awa says:
      December 3, 2017 at 6:11 am

      Thanks dhoonyaa?? next ep inshaAllah tday..LYSM????

  16. Shann says:
    December 2, 2017 at 10:26 pm

    Wow Awa, v rythi mibaives.. Dhen vaani kihinehbaa ey mihaaru hithah arany.. Story kuriah gendhaa goeh v rythi

    1. Awa says:
      December 3, 2017 at 6:12 am

      Thanks shann????

  17. unaal says:
    December 2, 2017 at 10:35 pm

    wow… vrh reethi

    1. Awa says:
      December 3, 2017 at 6:12 am

      Thankyou dear????

  18. Xuhu says:
    December 2, 2017 at 10:38 pm

    V v kiyaa hithun indha e nimunee v v salhi????

    1. Awa says:
      December 3, 2017 at 6:12 am

      Thanks darling????????

  19. Xxxx says:
    December 2, 2017 at 10:46 pm

    Story v.loabi?????

    1. Awa says:
      December 3, 2017 at 6:13 am

      Thanks. Bt no as lobi as you??????

    2. Xxxx says:
      December 3, 2017 at 10:37 am

      ???

  20. Shh says:
    December 2, 2017 at 11:36 pm

    Lasviyas vaahaka up kohdheythee thanks varah reethi???????????????

    1. Awa says:
      December 3, 2017 at 6:13 am

      Thanks darling?????????

  21. Ainth says:
    December 3, 2017 at 12:03 am

    v reethi vaahaka. inthizaaru kureveny dhen oi bayah. awa avaskuran hadhaigen baeh jumla thah hama nujehey. dhen ehenthaavaanee inthizaarukuraa meehun ginaveema dhow. ☺☺☺ hama islaaheh veema bunelee. mikamun kiyavaa kudhinge liyuntherikamahves asarukuraathy. kuriyah oi thaa ikamah samaaluvaanekamah heekuran. v kiyaa hithun kiyaa vaahakaeh veema engey.

    1. Awa says:
      December 3, 2017 at 6:15 am

      Thanks dear.. vedhaane avaskuran ulhign kamah vx.. ekm dhn ehenwh nuvaane inshaAllah?? thnankyou faahaga kolleema????

  22. Manna says:
    December 3, 2017 at 12:05 am

    Vrh salhi . Can’t wait for the next part pls thankolheh dhigu kohllahchey ??????????☺️☺️☺️☺️☺️

    1. Awa says:
      December 3, 2017 at 6:15 am

      Thankss manna. Next ep dhigukollaanan inshaAllah??????

  23. ishaa says:
    December 3, 2017 at 12:16 am

    this story is awesome ??? cant wait for tmrs ep… ??? awa u r the best ????????

    1. Awa says:
      December 3, 2017 at 6:16 am

      Thankas ishaa???so are you???

  24. sana says:
    December 3, 2017 at 1:07 am

    Very very very very nice! Keep it up dhoonnii???????

    1. Awa says:
      December 3, 2017 at 6:16 am

      Thankyou so so so much sana dhoonii????????

  25. Riii says:
    December 3, 2017 at 6:28 am

    Vvvvvvvvvvvvvvvvvvvvvvvvv LÖABÏ………. Waiting….. Thi alah vaahaka liyaa girl ehhen nuhyvey…..

    1. Awa says:
      December 3, 2017 at 8:13 am

      Thankss dear?????o’level ga kuru vaahaka liyuneema aleh noonennu????

  26. oh mah god says:
    December 3, 2017 at 7:33 am

    awww oven sisss”?? i luv dis part like idk hw to tell? btw please ash ge eoh haru hih madu kohbaa? @Riii bunihen it doesnt look like ur new? anyways bye?? dnt frgt ILYSM??

    1. Awa says:
      December 3, 2017 at 8:14 am

      Hello dear???????? dhn ash kanthah kuraagoiyy engidhaanethaa??ILYMM??????❤❤❤❤

  27. Zuam says:
    December 3, 2017 at 9:02 am

    Masha Allah varah varah salhi…..❤❤❤❤❤❤❤❤❤

  28. Awa says:
    December 3, 2017 at 12:11 pm

    Thanks zuam❤❤❤

  29. Xuha says:
    December 3, 2017 at 3:35 pm

    Wow..!!! Story vvv loabi ingey Awa dhooni… whn next part..? Avahah up kohdhehcey….Ly Awa❤️❤️

    1. Awa says:
      December 3, 2017 at 7:44 pm

      Thanks zuha darling???? inshaAllah mireyga.. LYMM?????

  30. Love says:
    December 3, 2017 at 6:43 pm

    Whn next part????

    1. Awa says:
      December 3, 2017 at 7:45 pm

      Tnight inshaAllah

  31. Addu manje says:
    December 3, 2017 at 7:07 pm

    Varah reethi mi story.. miadhu mi story feshigen mi kiyaalee.. aamukoh fenna vaahaka thakaa mi vaakaige maigadu hiyaalu thaafaathu kan faahaga kurevey..keep it up..☺

    1. Awa says:
      December 3, 2017 at 7:45 pm

      Thankyou so much manjey???

  32. Black beauty says:
    December 3, 2017 at 7:43 pm

    Awa avas kohlaa

    1. Awa says:
      December 3, 2017 at 7:48 pm

      Hey black beauty and all my readers.. mireyga vvvvvv busy koh miulheny… ekmvx kiriyaa vagutheh veliyas up kollaaanan.. migadeega up kuran ulhejjeyaa mistakes ginavaanee.. so kudakh kiyaalaafa up kolleveynee. I’ll try my best ingey dears??love you all

  33. Xo says:
    December 3, 2017 at 9:04 pm

    Alheyy Awa dhooni dhen up kohdheeba. Can’t wait anymore. Mistakes huttass ok vaaney. Plz plz☺️❤️?

  34. sad flower says:
    December 3, 2017 at 9:08 pm

    varah reethi mi vaahaka feshigen ehkko miadu ninmaalee varah reethi den oth episode ge inthixaaruga

Comments are closed.


All Right Reserved!