Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގެ ހައްޤުގައި (20)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
December 3, 2017 6 Mins Read
39 Comments

“އައްޗި. ކަލޭ ހީކުރީ އަހަރެން މިއުޅެނީ ކަލޭދެކެ ލޯބިން ކަމަށްތަ؟ ޗީ. އަހަރެން ބޭނުމީ ހަމައެކަނި ކަލޭގެ ތިރީތި ހަށިގަނޑު. ކަލޭ ކޮންމެ މީހެއްދެކެ ލޯބިވިއަސް އަހަރެންނަށް ހެޔޮ. އެކަމަކު އެމީހަކަށްވެސް ތިހަށިގަނޑު ލިބޭނީ އަހަރެން ބޭނުންކޮށް ބާވީމަ.” ނުލަފާ ހިނިގަނޑަކާއެކު މިއުޝީންގެ ކަރުގައިއޮތް ދޯޕައްޓާ ނަގައި އެއްލައިލަމުން ޝަޔާން ބުނެލިއެވެ. ދެލޯބޮޑުކޮށްލަމުން ޝަޔާންގެ މޭގައި އަޅައި ދުރަށް ކޮށްޕައިލެވޭތޯ މިއުޝީންކުރި ހުރިހައި މަސައްކަތެއްވީ ބޭކާރެވެ. އޭރު އެދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ނަމަވެސް އެހަށިގަނޑަށް ދަހިވެތިވެފައިހުރި ޝަޔާންގެ ހިތަށް ރަހުމުގެކަންފުޅެއް ވަތްހެނެއްވެސް ހިއެއްނުވިއެވެ. ނުލަފާ ފާޑަކަށް ހިނިތުންވެލަމުން ޝަޔާން މިއުޝީނާ ގާތްވެލިއެވެ.

ދެލޯމަރައިލަމުން ބަލާކަށް ނުހުރެ މިއުޝީން ޝަޔާންގެ މޫނަށް ކުޅުޖެހިއެވެ. އައިޗީޑިއޭ ބުނަމުން ޝަޔާން މިއުޝީންގެ ކަރުން ދޫކޮށްލުމަށްފަހު މޫނުމަތީގައި އަތްއެޅިވަގުތު ބަލައިފައި މިއުޝީން އަތުގައިހުރި ބާރެއްލައި ޝަޔާންގެ މޭމަތީގައި އަޅައި ފަހަތަށް ކޮށްޕައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި ޝަޔާން ވަގުތުން އަރިއަޅައިލައި ފަހަތަށް ގޮސް އެތާނގައިހުރި މޭޒު ދޮށުގައި ހުރި ގޮނޑީގައި ޖެހި އަނގަވަތަށް ވެއްޓުނެވެ.

ޖެހުނު ގޮތުން ތަދުވިނަމަވެސް މިއުޝީނާ ދިމާއަށް ލޯއަޅައިލަމުން ޝަޔާން ތެދުވީ އެހައި ފަސޭހައިން ބަލިގަބޫލުކުރަން ބޭނުންނުވާތީއެވެ.

ތެދުވިގޮތަށް ލައިގެންހުރި ކޯޓް ބައިލައި ގަމީހުގެ ގޮށްތައް ނަށްޓަމުން ނުލަފާ ފާޑަކަށް ޝަޔާން ހޭންފެށިއެވެ. “ކަލޭ ހީކުރީ ތިހައި ފަސޭހައިން އަހަރެންގެ ކިބައިން ސަލާމަތް ވެވޭނެކަމަށްތަ؟ ބަލަ ކަލޭ ތީ އަހަރެން ބެހެން މަސައްކަތްކުރި ފުރަތަމަ ކުއްޖާއެއްނޫނޭ. ކަލޭގެ ކުރިންވެސް އެތައްކުއްޖަކާ އަހަރެން މިހެން ބެހެފިން. ދެން ތީ ކާކުތަ އަހަރެންގެ ކުރިމަތީގަ އަދި ގަދަހަދަން. ބަލަ ބަލިކަށި އަންހެނެކޭ ތީ. ހުއް.” އެއައިގޮތަށްއައިސް މިއުޝީންގެ އިސްތަށިގަނޑުގައި ހިފަހައްޓަމުން ޝަޔާން ބުނެލިއެވެ. ދެލޯމަރައިލުމަށްފަހު މިއުޝީން ތެޅިގަތީ ވީތްދެއްގެ ބޮޑުކަމުންނެވެ. މަލާމާތުގެ ހިނިތުންވުމަކާއެކު މިއުޝީންގެ ހެދުމުގެ ކަރުވަޅުގައި ހިފަށް ޝަޔާން އަތްނެގި ވަގުތު ބާރުގަދަ އަތަކުން އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ. ދެލޯބޮޑުކޮށްލަމުން ޝަޔާން އެދިމާ ބަލައިލިއިރު ފެނުނު މަންޒަރުން މުޅި މީހާ ބިރުގަނެ ރޫރޫ އަޅައިގަތެވެ.

އޭނާގެ އަތުގައި ހިފަހައްޓައިގެންހުރީ ޕޮލިހެކެވެ. ފަހަތުގައިވެސް ޕޮލިހުންގެ ދެމީހަކު ތިބިއިރު ބޮނޑުބަޑާއި އެކުގައި ރޮވިފައި ހުރި ރަޝާ ފެނުމުން ޝަޔާން ގަނޑުވިކަހަލައެވެ. ގަބޫލުނުކުރެވިފައި މިއުޝީންގެ މޫނަށް ބަލައިލިއިރު އެމޫނުގައިވި މަލާމާތުގެ ހިނިތުންވުމުން މިއީ އެމީހުންގެ ޕްލޭނެއްކަން ޝަޔާނަށް އެނގުނެވެ.

ފަހަތުގައި ތިބި ދެޕޮލިހުން އައިސް ޝަޔާންގެ ދެއަތުގައި ހިފައި މިއުޝީނާ ދުރުކޮށްލުމަށްފަހު އޭނާގެ އަތުގައި ބިޑި އަޅުވައި ހައްޔަރުކުރިއިރުވެސް ޝަޔާންހުރި ބުނާނެ އެއްޗެއްނޭނގިފައެވެ. މިއަދު ހަމަ ރަނގަޅަށްވެސް އޭނާ ބޭޒާރު ވެއްޖެއެވެ. އެހެން ހިތަށް އެރުމާއެކު ރުޅިވެރިނަޒަރަކުން ރަޝާގެ މޫނަށް ބަލައިލީ މިއީ އޭނާގެ ކަމެއްކަން ޝަޔާނަށް ވިސްނުމުންނެވެ. ރޮވިފައިހުރި ރަޝާ އެއައިގޮތަށް އައިސް ޝަޔާންގެ ކޯތާފަތްމަތީގައި ބާރަށް ޖެހިއެވެ. “އަހަރެން ދުވަހަކުވެސް ކަލެއަކަށް މައާފެއް ނުކުރާނަން. ކަލޭ ހަލާކުކޮށްލީ އަހަރެންކަހަލަ ކިތަށްކުދިންގެ ދިރިއުޅުންކަމެއްވެސް ނޭނގެ.” ރަޝާގެ އަޑުގައި ރުޅިއާއި ނަފުރަތު އެކުލެވިގެން ދިޔައެވެ.

“ސަރ. އަހަރެންނަށް ޔަގީން އޭނަ އަހަރެން ގޮތަށް އެހެން ކުދިންގެ ފޮޓޯވެސް ނެގިކަން. އެއުޅެނީ ހުރިހައި ފޮޓޮއެއް ފޮރުވައިގެން. މީނަ ދޫކޮށްނުލާތި. ތިއީ އެއަށްވުރެ މާނުބައި މީހެއް.” އަލިފާންކަނި ބުރަމުންދިޔަ ދެލޮލުން ޝަޔާންގެ މޫނަށް ބަލައިލުމަށްފަހު ރަޝާ އަނެއްކާވެސް ބުނެލިއެވެ.

ބިންމަތީގައި އޮތް ދޯޕައްޓާ ނަގައި ކަރުގައި އަޅައިލަމުން މިއުޝީން އައިސް ޝަޔާންގެ ކުރިމައްޗަަށް ހުއްޓިލިއެވެ. “ކަލޭ ހީކުރި އަހަރެން އުޅުނީ ކަލޭދެކެ ލޯބިން ކަމަށްތަ؟ އެއީ ހުސް އެކްޓް. ހެހެ. މިފަހަރު އަހަރެމެންގެ މަޅީގަ ޖެހުނީ ޝަޔާން. މިހުރިހައިއިރު މިތާނގަ ހިނގި ހުރިހައި ކަމެއްވެސް ބަލަން ޕޮލިހުން ފިލައިތިބީ ކަލޭގެ އަނގައިން އަމިއްލަ ކުށަށް އިއުތިރާފުވޭތޯ ބަލަން. ކަލޭ ދެއްކިހުރިހައި ވާހަކައެއް އެމީހުނަށް އަޑުއިވުނު. ސޯ ދެންދޭ ކަލޭގެ އަސްލު ގެއަށް. ތިކަހަލަ މީހުންގެ އަސްލު ޖާގައަކީ ޖަލު. ގޮސް އެތަނުގައި އޮވޭ. ބެސްޓް އޮފްލަކް ޝަޔާން. އެންޖޯއި ދެއަރ. ގުޑް ބާއި.” މަލާމާތުގެ ހިނިތުންވުމަކާއެކު ބުނަންބޭނުންވި ހުރިހައި ވާހަކައެއް ބުނެ ނިންމައިލުމަށްފަހު މިއުޝީން ހިނގައިގަތްއިރު ޝަޔާންހުރީ އޭނާގެ މޮޔަކަމާމެދު އަމިއްލަ ނަފުސްދެކެ ރުޅި އައިސް ރަތްވެފައެވެ. އަންހެންކުއްޖަކު ޖެހި މަޅިއެއްގައި އެހައި ފަސޭހައިން އޭނާއަށް ޖެހެވުނީތީ މޮޔަ ހީވެ ދަތްކުނޑި ވިކައިލެވުނެވެ.

** ** **

ދުވެފައި އެގެއިން މިއުޝީން ނުކުތްއިރު އުޑުމަތިވަނީ ބޯވިލާތަކުން ބައްދައިލައިފައެވެ. ޖަހައިލާ ގުގުރިއާއެކު ދެންމެ ދެންމެ ވާރޭ އޮއްސައިގެންފާނެހެން ހީވާފަހަރު މަދެއްނޫނެވެ. މަގުގެ ދެފަރާތަށް ބަލައިލަމުން މިއުޝީން ދުއްވައިގަތީ ނިކްޔަލް ގާތަށް ދާހިތްވެފައިހުރިލެއް ބޮޑުކަމުންނެވެ. ދެން އެންމެ ހިނދުކޮޅަކުވެސް ނިކްޔަލްއާ ދުރުގައެއް އޭނާ އަކަށް ކެތެއް ނުވާނެއެވެ. އެލޯތްބަށް އޭނާ ފެންބޮވައިގަނެފައި ވާމިންވަރު މޮޅަށް ދެނެވޮޑިގެންވާނީ އޭނާ ހެއްދެވި ފަރާތެވެ.

ވަކިހިސާބަކަށް ދެވުނުތަނާ ބޯކޮށް ވާރޭ އޮއްސައިގަތެވެ. އެކަޅު އަނދިރި ރޭގަނޑު ވެހެމުންދިޔަ ބޯވާރޭ ތެރޭގައި ހިތްވަރުކޮށްފައި އަނެއްކާވެސް މިއުޝީން ދުއްވައިގަތެވެ. ދަބަސް މޭގައި ޖައްސައިބާރުކޮށްލީ އޭގައިވާ ނިކްޔަލްގެ ފޮތް ތެމިދާނެތީ ބިރުންނެވެ. ގަހެއްގެ ދަށުގައި މަޑުކޮށްލައިގެން ހުރުމަށްފަހު ދުއްވައިގަންނަން އުޅުނު މިއުޝީން ސިހުނީ އޭނާގެ ކައިރިއަށް އައިސް ކާރެއް މަޑުކޮށްލުމުންނެވެ. އެވަގުތު ކާރުގެ ދޮރު ހުޅުވައިލުމުން އެތެރޭގައި އިން ރަޝާފެނި މިއުޝީނަށް ހިނިތުންވެލެވުނެވެ.

“އާދޭ އެތެރެއަށް. މިބޯވާރޭ ތެރޭގައި ތިހެން ދާން ހަދައިގެން ގެއްލުމެއް ވެދާނެ.” ހިތްހެޔޮރާގަކަށް ރަޝާ ބުނެލިއެވެ. “އެކަމަކު އަހަރެން މިހުރީ ތެމިފަ.” މޫނުމައްޗަށް ވެއްޓިފައިއޮތް އިސްތަށިކޮޅު އަތުން ރީތިކޮށްލަމުން ކުޑަކޮށް ގުދުވެލައިފައި މިއުޝީން އެހެން ބުނުމުން އެއީ މައްސަލައެއްނޫނޭ ރަޝާ ބުނެލިއެވެ. ހިނިތުންވެލަމުން ކުޑަކޮށް ހެދުން ފޮޅައިލުމަށްފަހު މިއުޝީން ކާރަށް އެރިއެވެ. ވަގުތުން ރަޝާ ކާރު ދުއްވައިލީ ނިކްޔަލްގެ ގެއާ ދިމާއަށެވެ.

“ތޭންކްސް.” ޓިޝޫކޮޅަކުން މޫނުމަތި ފުހެލަމުން މިއުޝީން ޝުކުރު އަދާކުރިއެވެ. “އިޓްސް އޯކޭ. އަސްލު މިއު އަހަރެންނަށްޓަކާ ކޮށްދިން ކަމަށް ބަލާފަ މިއީ އަދި ކުޑަކަމެއް.” މިއުޝީންގެ މޫނަށް ބަލައިލަމުން ރަޝާ ބުނެލީ ގާތްގޮތަކަށެވެ.

“ކޮބާ ޝަޔާން؟” މަގުމައްޗަށް ނަޒަރު ހުއްޓައިލަމުން މިއުޝީން އަހައިލިއެވެ. “ޕޮލިހުން ގެންގޮސްފި. އަދި އަހަރެން ޖެހޭނެ އެތަނަށްވެސް ދާން. އެކަމަކު މިއު އެކަނި ދާތަން ފެނުނީމަ އެމީހުން ގާތު ބުނެލައިފައި އެހަށް މިއައީ މިއު ބަލާ.” ގޯޅިއަޅައިލަމުން ރަޝާ އެހެން ބުނުމުން ބޯޖަހައިލައިފައި މަގުމައްޗަށް މިއުޝީން ނަޒަރު ހުއްޓައިލިއެވެ.

ނިކްޔަލްގެ ގޭގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމުން މިއުޝީންގެ ހިތުގެ ތެޅުން އަވަސްވިއެވެ. “ތޭންކްސް އަގެއިން.” ހެވިފައި މިއުޝީން ބުނެލިއެވެ.” ނޯ. ތެންކް ޔޫ. އެންޑް ސޮރީ. ކުރިން ކަންތައްކުރެވުނު ގޮތަށް. ދެންވެސް ބަލަން ނުއިނދެ އަވަހަށްދޭ. އޯލް ދި ބެސްޓް.” މިއުޝީންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ހެވިފައި ރަޝާ ބުނެލިއެވެ. ބަދަލުގައި ހިނިތުންވެލަމުން އަވަސް އަވަހަށް މިއުޝީން ކާރުން ފޭބިއެވެ. އެވަގުތު ގޭޓް ކައިރީގައި އިން ވޮޗަރު ގޭޓް ހުޅުވައިލުމާއެކު ދުވެފައި މިއުޝީން އެތެރެއަށް ވަނެވެ. އެތަންބަލަންއިން ރަޝާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ.

ގޭގެ ބެލް އަވަސް އަވަހަށް ޖަހަމުންދިޔަ މިއުޝީންގެ ހިތް އުފަލުންގޮސް ނަށަނީއެވެ. އޭނާ ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭ މީހެއް ހެންނެވެ. ނިކްޔަލް ދޮރުހުޅުވާނެ އިރެއްގެ އިންތިޒާރުގައި ހުރި މިއުޝީންގެ ދެލޯފުރިގެންއައީ އުފާވެރިކަމުގެ ކަރުނުންނެވެ.

** ** **

ސޯފާ ކައިރީގައި އިނށީދެ އަތުން މޫނު ފޮރުވައިލައިގެން އިން ނިކްޔަލް ސިހިފައި ދޮރާ ދިމާއަށް ބަލައިލީ ކޮންމެވެސް މީހަކު މާ އަވަސް އަވަހަށް ބެލް ޖަހަމުން ދިއުމުންނެވެ. މިފަދަ ރެއެއްގެ މިކަހަލަ ވަގުތެއްގައި އެގެއަށް އަންނާނީ އަނެއްކާ ކާކުބާވައޭ ހިތަށް އަރުވަމުން ނިކްޔަލް އިންތަނުން ތެދުވިއެވެ. އޭރުވެސް ހުއްޓުމެއްނެތި އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ސޯފާ ކައިރީގައިހުރި ބިއްލޫރި ކުޑަ މޭޒުމަތީގައި ބަހައްޓައިފައިހުރި ޓިޝޫ ފޮށިން ދެތިން ޓިޝޫ ނެގުމަށްފަހު ރީތިކޮށް މޫނު ފުހެލިއެވެ. އަދި ހަމަޖެހެން މަސައްކަތްކުރަމުން ލަސްހިނގުމެއްގައިގޮސް ގޭގޭ ދޮރު ހުޅުވައިލިއެވެ.

ތެމިފޯވެގެން ގޭގެ ދޮރުމަތީގައި ހެވިފައިހުރި މިއުޝީން ފެނުމުން ނިކްޔަލް ވަރަށް ހައިރާންވިއެވެ. ދެފަރާތް ހޯދައިލީ ޝަޔާން ހުރިތޯއެވެ. ނަމަވެސް ޝަޔާން ފެންނަން ނެތުމުން މިއުޝީން އައީ އެކަނިކަން ނިކްޔަލް އަށް އެނގުނެވެ. ހުއްޓުން އަރައިފައި މިއުޝީންގެ ލޯބިމޫނަށް ބަލަން އިރުކޮޅަކު ނިކްޔަލްއަށް ހުރެވުނެވެ.

“ނިކް.” ލޯބިވެތި އަޑަކުން މިއުޝީން ގޮވައިލިއެވެ. އެއަޑުގައިވި ލޯބި މިފަހަރު ނިކްޔަލްއަށްވެސް އިހުސާސުވިކަހަލައެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ. ހިތް އަވަސްވަމުން ދިޔައީ ކީއްވެކަމެއް ޚުދު ނިކްޔަލްއަކަށްވެސް ނޭނގުނެވެ.

“މިއު. މިތާނގަ އެކަނި ކީކުރަނީ؟ ކީއްވެ ތެމިގެން ތިއައީ؟” ކިތަންމެ ވަރަކަށް ފޮރުވަން އުޅުނު ނަމަވެސް އެއަޑުގައިވި ހިތްދަތިކަން މިއުޝީނަކަށް ސިއްރެއްނުވިއެވެ. ވަގުތުން ދެލޯފުރި ހޫނު ކަރުނަތައް ކޯތާފަތްމަތިން ބޮސްދެމުން ތިރިއަށް ފައިބަން ފެށިއެވެ. ލައްކަ ގިނަދުވަހު އޭނާ ނިކްޔަލްއާއި ދުރުގައި ކެތްކޮށްފިއެވެ. ދެން އެންމެ ހިނދުކޮޅަކަށްވެސް ކެތެއް ނުވާނެއެވެ. ބޭއިޚްތިޔާރުގައި މިއުޝީނަށް ނިކްޔަލްގެ ގައިގައި ބާރަށް އޮޅުލައިގަނެވުނެވެ. އުމުރަށް އެއަތުގެ ހިމާޔަތް ބޭނުންވެއޭ ބުނާފަދައިންނެވެ. މިއުޝީންގެ މިއަމަލުން ހައިރާންވި ނަމަވެސް ނިކްޔަލްގެ ހިތްވެސް އޭގެ މަގާމްދޫކޮށް އުދުއްސައިގަތެވެ. މަޑުމަޑުން އެހިމަ އުނަގަނޑުގައި ދެއަތްވަށައިލައި އިތުރަށް މިއުޝީން އޭނާއާއި ގާތްކޮށްލެވުނެވެ. ތެމިފައިވާ އެފަންއިސްތަށިކޮޅުގައި ނިކްޔަލްއަށް ބޮސްދެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. އެހައި ގާތުގައި މިއުޝީން ވުމުން އެހިތަށް ކެތްކުރަން އުނދަގޫވަމުން ދިޔަނަމަވެސް ލިބުނު ހިތްހަމްޖެހުމާ އުފަލެއްގެ ބޮޑުކަމުން ނިކްޔަލްއަށް ދެލޯ މަރައިލެވުނެވެ.

އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ދެމީނުން ތިބިއިރު ވެހެންދިޔަ ވާރޭ އެމީހުންނަށްޓަކައި އުފާފާޅުކުރާ ފަދައެވެ. ރީތި މިއުޒިކެއްފަދައިން ވެހެމުން މާހައުލު އިތުރަށް ހިތްގައިމު ކުރަމުން ދިޔައީ އެދެލޯބިވެރިންނަށްޓަކައި ކަހަލައެވެ.

“ނިކް. އައި ލަވް ޔޫ. އައި ލަވް ޔޫ ސޯ މަޗް.” ނިކްޔަލްގެ އަތުތެރޭގައި އިތުރަށް ބޮނޑިވެލަމުން މިއުޝީން ދެލޯމަރައިލައިފައި ލޯބިވެތި ގޮތަށް ބުނެލިއެވެ. އަމިއްލަ ދުނިޔެއެއްގައި އުދުހެމުންދިޔަ ނިކްޔަލްއަށް މިއުޝީންގެ އަޑުން ހަމަބިމަށް އާދެވުނި ކަހަލައެވެ. ދެލޯބޮޑުކޮށްލަމުން ވަގުތުން މިއުޝީނާ ދުރުވެލީ ދެންމެ އިވުނު ޖުމުލަތަކެއްގެ ސަބަބުންނެވެ.

ނިކްޔަލްގެ މިއަމަލުން މިއުޝީން ވަރަށް ހައިރާންވިއެވެ. މައުސޫމު ގޮތަކަށް އޭނާގެ މޫނަށް ބަލަމުންދިޔަ މިއުޝީންގެ މޫނަށް ގަބޫލުނުކުރެވިފައި ބަލަހައްޓައިގެން އިރުކޮޅަކު ނިކްޔަލްއަށް ހުރެވުނެވެ.

“މިއު ހަމަތަ؟ ކީކޭ ތިކިޔަނީ؟ ކޮބާ ޝަޔާން؟ މިއު ލޯބިވަނީ ޝަޔާން ދެކެއޭ.” މިއުޝީންގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ނިކްޔަލް ބުނެލިއެވެ. “ނޫން. އަހަރެން ލޯބިވަނީ ޝަޔާން ދެކެ އެއްނޫން. ނިކް ދެކެ.” ނިކްޔަގެ އަތުގައި ހިފައިލަމުން މިއުޝީން އެހެން ބުނުމުން ހިތްހަމަނުޖެހިފައި ނިކްޔަލް އަތް ދަމައިގަތެވެ. އަދިވެސް އެވާހަކަތައް ގަބޫލުކުރަން ނިކްޔަލްއަށް އުނދަގޫވަނީއެވެ.

“ހެހެ. ޕްލީޒް މިއު. މިދެން ކޮންގަޑިއެއް ސަމާސަ ކުރަން. މިއުއަށް އެނގޭދޯ އަހަރެން ލޯބިވާ ކުއްޖެއް ހުންނަންކަން.” ދުރަށް ނަޒަރު ހިންގައިލަމުން ހިތްވަރުކޮށްފައި ނިކްޔަލް ބުނެލިއެވެ. “އާން އެނގޭ ނިކް ވަރަށް ބޮޑަށް ލޯބިވާ ކުއްޖެއް ހުންނަކަން. އަދި އެކުއްޖަކީ އަހަރެންކަންވެސް އެނގޭ. ޕްލީޒް ނިކް. މީ ސަމާސައެއް ނޫނޭ. ތިހެން ނުހަދާ. ނިކް އަހަރެންދެކެ ލޯބިވާއިރު ކީއްވެ އޮޅުވައިލަން ތިއުޅެނީ؟” ހިތުގައިޖެހިފައި މިއުޝީން ބުނެލިއެވެ. މިއުޝީންގެ ވާހަކަތަކުން ނިކްޔަލްގެ ހިތް ތެޅިލިއެވެ. އަނެއްކާ މިއުޝީނަށް ހުރިހައި ކަމެއް އެނގުނީބާވައެވެ؟

“އަހަރެން ނޫޅެން އޮޅުވައިލާކަށް. މިއުއަށް އޮޅިފަ ތިހުރީ. އަހަރެން ލޯބިވަ” އެހިސާބަށް ބުނިތަނާ ހުއްޓައިލާށޭކިޔައި މިއުޝީން ހަޅޭލަވައިގަތެވެ. އެއަޑުގައި އެއްފަހަރާ އެތައްހާސް އިހުސާސެއް އެކުލެވިގެން ދިޔައެވެ.

“މައްސަލައެއް ނެތް. އަހަރެންނަށް އޮޅުނީ. އެހެންވީއިރު ދެން ތިބުނަނީ މިފޮތަކީވެސް ދޮގެކޭތަ؟ މިފޮތުގައި ހުރި ކޮންމެ އިބާރާތަކާ މިއަތުލިޔުމާ ކޮންމެ ދުވަހަކު އަހަރެންނަށް ލިބޭ މާބޮނޑީގައި އޮންނަ ކާޑުގައި ހުންނަ އިބާރާތްތަކާ އަތުލިޔުމާ އެއްގޮތްވުމަކީ ހަމަ އިއްތިފާގެކޭތަ ތިބުނަނީ؟ ވާހް. މިހައިބޮޑު އިއްތިފާގެއް އަހަރެން ދުވަހަކުވެސް ނުދެކެން.” ހިތްހަމަނުޖެހިފައި ދަބަހުގައި އޮތް ފޮތް ދައްކައިލަމުން މިއުޝީން ބުނެލި ކޮންމެ ޖުމުލައަކާއެކު ނިކްޔަލް ހައިރާންވެ އަންތަރީސްވަމުން ދިޔައެވެ. ގަނޑުވެފައި ބުނާނެ އެއްޗެއް ނޭނގިފައި ނިކްޔަލްއަށް ހުރެވުނީއެވެ. އޭނާ އެފޮތް ގެއްލިގެން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އެފޮތް މިއުޝީންގެ އަތުގައި އޮވެދާނެކަމަކަށް ނިކްޔަލް އެންމެފަހަރަކުވެސް ހިއެއް ނުކުރެއެވެ.

“ނިކް ކިތަންމެ ވަރަކަށް ސިއްރުކުރިއަސް އަހަރެންނަށް އެނގޭ ނިކް ލޯބިވަނީ އަހަރެންދެކެކަން. ނިކް އެއްބަސް ނުވަންތިއުޅެނީ އަހަރެން ޝަޔާންދެކެ ލޯބިވާކަމަށް ހީކޮށްދޯ. އަހަރެން އެއްއިރެއްގައި ޝަޔާންދެކެ ލޯބިވިއަސް މިހާރު ނުވޭ. ނިކްދެކެ އަހަރެން ލޯބިވީ އިއްޔައަކު މިއަދަކު ނޫނޭ. މީގެ 4 އަހަރުކުރިން ފެށިގެން މިހިތުގައި ނިކްއަށްޓަކައި ވިންދުޖަހަން ފަށައިފި. އޭރު ނޭނގޭ ނިކް ލޯބިވަނީ އަހަރެންދެކެ ކަމެއް. އެހެންވެ ބުނަން ނުކެރުނީ.” ރޮމުން ގިސްލަމުންދިޔަ މިއުޝީން އޭނާގެ ހިތުގައިވާ ހުރިހައި ވާހަކައެއް ކިޔައިދެމުން ދިޔައެވެ. އެދުވަހުން ފެށިގެން އޭނާ އުޅުނު ހިތްދަތި ދިރިއުޅުމެވެ. އެފޮތް އޭނާގެ އަތަށް ލިބުނު ގޮތެވެ. ޝަޔާނާއި ގުޅުނު ސަބަބެވެ. އަދި މިރޭގައި ހިނގި ހުރިހައިކަމެއްވެސް ކިޔައިދީ ނިންމައިލިއިރު މިއުޝީން ހުރިތަނަށް ތިރިވިއެވެ. ރޮމުން ގިސްލަމުން ނިކްޔަލްއާ ޝަކުވާކުރަމުން މިއުޝީން ދިޔައެވެ.

“ހެޔޮނުވާނެ ނިކް. އަހަރެންނަށް ތިހެން ނުހަދާ. އަހަރެންގެ ފުރާނަޔަށްވުރެވެސް ބޮޑަށް އަހަރެން ނިކްދެކެ ލޯބިވޭ.” މޭގައި އަތްއަޅައިލަމުން މިއުޝީން ބުނެލިއެވެ. ހުރިހައި ވާހަކަތަކެއް އަޑުއަހަންހުރި ނިކްޔަލްއަށް ކެތްވީ އެހިސާބަށެވެ. ވީއުފަލެއްގެ ބޮޑުކަމުން އޭނާއަށް ހެވުނެވެ. އޭނާގެ ލޯބި އޭނާއަށް ކާމިޔާބުވީއެވެ. މިއުޝީންގެ ގާތުގައި އިނށީދެލަމުން އެއަތުގައިހިފައި އޭނާއާއި ދިމާއަށް ނިކްޔަލް ދަމައިގަތެވެ. ނުވިސްނައިހުރި މިއުޝީންގޮސް ޖެހުނީ ނިކްޔަލްގެ ތަނަވަސް މޭމަތީގައެވެ. ވަގުތުން ނިކްޔަލް މިއުޝީންގެ ހަށިގަނޑު އެވަރުގަދަ ދެއަތުން ވަށައިލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާފަދައިންނެވެެ. މިއުޝީނަށްވެސް ނިކްޔަލްގެ ހަށިގަނޑުގައި ދެއަތްވަށައިލައި ބާރުކޮށްލެވުނެވެ.

“އައި ލަވް ޔޫ މިއު. އައި ރިއަލީ ލަވް ޔޫ.” މިއުޝީންގެ ކަންފަތްދޮށުގައި ވައިއަޑުން ލޯބިވެތި ގޮތަކަށް ނިކްޔަލް ބުނެލިއެވެ. އެއަޑު އިވިފައި މިއުޝީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. “އައި ލަވް ޔޫ ޓޫ ނިކް.” އެމޭގެ ތެރޭގައި މޫނު އިތުރަށް ފޮރުވައިލަމުން ލަދުގަނެފައި މިއުޝީން ބުނެލިއެވެ. ވީއުފަލެއްގެ ބޮޑުކަމުން އެކެއް އަނެކެއްގެ އަތުތެރޭގައި އެތައްއިރަކު ދެމީހުން ތިއްބެވެ. އުފާވެރިކަމުގެ ކަރުނަ ދެމީހުންގެ ލޮލުން އޮހޮރެމުންދިޔައިރު ދެހިތަށްވެސްވަނީ ބަޔާންކުރަންދަތި އުފަލެއް ލިބިފައެވެ. އެތައްދުވަހެއްގެ އިންތިޒާރައްފަހު ދެހިތުގެ ލޯބި ކާމިޔާބުވީއެވެ.

އިރުކޮޅަކު އެހެން އިނުމަށްފަހު ނިކްޔަލް މިއުޝީންގެ ކޮނޑުގައިހިފައި އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އަދި އެދޮން ލޯބި މޫނުކޮޅުގައި ދެއަތުން ހިފަހައްޓައިލުމަށްފަހު ލޯތްބާއެކުގައި މިއުޝީންގެ ނިތްކުރީގައި ބޮސްދިނެވެ. ލިބުނު ހިތްހަމަޖެހުމާއެކު މިއުޝީނަށް ދެލޯމަރައިލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ލޯބި އަހަރެންވާނަމޭ (12)

Next

ސިއްރު ސިއްރުން ހިތޭ… (17)

Next
December 3, 2017

ސިއްރު ސިއްރުން ހިތޭ… (17)

Previews
December 3, 2017

ލޯބި އަހަރެންވާނަމޭ (12)

39 Comments!

  1. Nau says:
    December 3, 2017 at 11:32 am

    Salaam all.. Here is the 20th part of the stry.. Finally enme wait kuri hisaabah miothy aadhevifa dhw.. Hehe.. Hope u guys will like this part too.. Let me knw the mistakes n enjoy reading.. Have a nice day.. Ly all..?❤

    1. Nau says:
      December 3, 2017 at 11:43 am

      Nxt part in sha allah tmrw ingey guys..?

  2. Xee says:
    December 3, 2017 at 11:35 am

    Wow meee first dww

    1. Nau says:
      December 3, 2017 at 11:39 am

      Yes deae.. Thanks

    2. Xee says:
      December 3, 2017 at 11:45 am

      Yes mi part ves vvv reathi????? whn nxt part???? Bt miu mom ge vaahaka nugenes othy?? bt vvvv reathi n next part dhigukohlaaaathi take care ?????

    3. Nau says:
      December 3, 2017 at 11:48 am

      Yes dear.. Miu mum ge bai annaane thankolheh fahun.. Ehnve nugenaee.. Hehe.. Thanks alot my dear.. Nxt part in sha allah tmrw..❤?

  3. oh mah god says:
    December 3, 2017 at 11:36 am

    ohhhhhhhh mahh goshhhhhhhhh wth. me first ?i cant believe it? im sahhh hahpppyyy aww finallllyyy nikk and miuuu ?? thanksss nauuuuu ?? wait wth.noooooooo is this the last part??? its gonna b boring without readin this story… ?? but vvv bodah.thaaanks mihaa rythi story eh genesdhinyma ur a trustworthy writer? LYSM??

    1. Nau says:
      December 3, 2017 at 11:41 am

      Awwnn. Thanks alot dear.. No its nt the last part.. Hehe.. Sry nt to mentn.. nxt part in sha allah tmrw.. ?❤

  4. naju says:
    December 3, 2017 at 11:47 am

    wow wow….

    1. Nau says:
      December 3, 2017 at 11:49 am

      Thanks dear

  5. Meesh says:
    December 3, 2017 at 11:52 am

    Nau pls adhi eh part miadhu genesdhyba Haadha kurey

  6. Lam says:
    December 3, 2017 at 11:55 am

    Alhey…hama best ….nau u are the bst…lov it…dhn vaanee kihineh baa….????

  7. Juma says:
    December 3, 2017 at 12:03 pm

    Wowwwww…… ????????? obiness to the max. ..????? story hama vrh vrh salhi adhi dhigu kurahche?? miu ge mom kairi ah vx dhaan vaannu…. n the money that she sends in every mnth ah vx gotheh hadhan jeheynnu … Dhen leez men vx adhi rangalhu vaanee jeheynnu??????? ehnveema dhigu vaane dhw nauuu. … I luv this story … ehnve hama kiyaa hiyy vaaleh bodukamun mi kiyany dhigu kohdheyshey…. lots of love❤❤??????????

    1. Juma says:
      December 3, 2017 at 5:51 pm

      Nau thireega aee juma eh noon ingey …. konmes ehn meeheh juma ah vegen…. juma ah ingey nau busy nooniyyaa up kohdheynekan. … ehnve juma nubunan eheneh…

  8. Juma says:
    December 3, 2017 at 1:01 pm

    And please miadhu adhi 1 more part upkohdhyyba,,, if u can
    Please please please please please

  9. Xaaan says:
    December 3, 2017 at 1:08 pm

    Masha Allah v reethi ekamaku v kuru

  10. Kola says:
    December 3, 2017 at 1:22 pm

    Wow!! So cute. Desperately waiting for the next part!❤?.

  11. Mai says:
    December 3, 2017 at 1:24 pm

    Hadha reethi ey mivaaahaka. ……..i just love it…….nau u r great

  12. luv u.. zuam says:
    December 3, 2017 at 1:52 pm

    vvvv obi.?
    masha allah. story hama best.?

  13. zaam says:
    December 3, 2017 at 2:02 pm

    vvvvv rythi mi part ves nau… nau, ahcheh ahaalantha? mifaharu adhabee eidga thi rashugaa beyvvi kuru vaahaka liumuge mubaaratugaa baiverivindho? vana ves libunu dhow?

  14. PRINCESS AFU says:
    December 3, 2017 at 2:03 pm

    woww
    vv salhi story ??❤?

  15. Shai says:
    December 3, 2017 at 2:04 pm

    V v reethi?????

  16. Zuam says:
    December 3, 2017 at 2:10 pm

    Wow…….???????????

  17. Shai says:
    December 3, 2017 at 2:14 pm

    Avahah Next part up kohllabaaa pls pls love you Nau?????????

  18. Shann says:
    December 3, 2017 at 2:37 pm

    Masha Allah, nau miyoh furihama kameh dhw.. Hama mulhin kosvehje.. Asluves nau haadha haadha molhey story Liyan.. Thivaru kameh hama nethey bunelaany.. Mihaathanah shann ah fenun enme molhu vaahaka liyun theriaky hama ekani thy… Vaahaka athuraalun ganduves hama super.. Adhi nudheken nau haa molhu kuhjeh.. Luv u nau

  19. sam♥ says:
    December 3, 2017 at 3:57 pm

    ooooo wow … stry vvv lovely … nik n miu haaaadhaa lovehbey… alhey … waiting next part … love u nau… i love it .. just wow wow ..♥♥♥

  20. Xxxx says:
    December 3, 2017 at 4:01 pm

    Woooooowww ????????????

  21. Xuhu says:
    December 3, 2017 at 4:02 pm

    Wow nice. V v furihama.v kiyahithun nauge vahaka thah kiyanee….next part??

  22. Anonymous says:
    December 3, 2017 at 4:29 pm

    story nimeny?

  23. Annu says:
    December 3, 2017 at 5:10 pm

    Wow?? vrh vrh reethi mi part.. finally nik n miu dhw❤ konmevx dhn e dhe kudhin dhuru nukurahchey… story nimen tha e ulheny?? Waiting for next part… good luck nau?

  24. Mary says:
    December 3, 2017 at 6:35 pm

    Wow woooooooooow?????????

  25. Anonymous says:
    December 3, 2017 at 6:59 pm

    Please please please please next part up kohdhyba.

  26. Avee says:
    December 3, 2017 at 7:50 pm

    Story varah reethi. Haqqu adhabu libunee dhw adhabu libenjehey meehaa ah. I am fool of that shayaan. Avahah kaiveni kuran ulhey hatharu meehun

  27. Nuher says:
    December 3, 2017 at 9:33 pm

    Wow… V salhi mi babies… Dhn miu mom ge haalu miu ah angan ulhey…

  28. Yaloo says:
    December 3, 2017 at 11:04 pm

    Alhey finaly dhww they r together..n stryy hama habeys..waiting waiting..whn nxt prt??

  29. Nau says:
    December 4, 2017 at 7:01 am

    Thank u soooooooo much all❤

  30. ރަނާ says:
    December 4, 2017 at 9:20 am

    kobaa vaahaka avas kohbala…

  31. Rush says:
    December 4, 2017 at 10:34 am

    wow so nice waiting for next part, i really like this.

  32. Aww. says:
    April 11, 2018 at 5:50 pm

    Istg. I’m crying.
    They confessed emme fahun. ?♥️

Comments are closed.

Next Episodeތިޔަ ލޯބީގެ ހައްޤުގައި (21)←


All Right Reserved!