Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސައުވިސްވަނަބައި)

Awa Level 4100 Comments10 Stories100 Login
December 3, 2017 8 Mins Read
64 Comments

“އޭޝް ކީއްވެ ތިހެން ތި އުޅެނީ. ރުޅިއަންނަ ކަމު ހެދުނަސް އަހަރެންނަށް އިނގޭ އަދިވެސް ލޯބިވާކަން. އެހެންނޫންނަމަ ތިވަރަކަށް އޭޝްގެ ކުޑަކުޑަ ހިތެއް ބީޓްއެއް ނުކުރާނެ. އޭޝްގެ މާފު ހޯދަން އަހަރެން ކިހިނެއްތަ ހަދަންވީ” ޝަހާދަތް އިނގިލިން އައިޝާގެ ދަތްދޮޅި އުފުލާލަމުން ރެހާން ބުނެލިއެވެ. އޭރު ދެހިތުގެ ތެޅުން ވަނީ އެކަކުއަނެކަކަށް އިވޭ ވަރަށް ބާރުވެފައެވެ.
” ރެހާން ދޫކޮއްލާ. މޮޔަވެގެންތަ ތިއުޅެނީ. މީހަކަށް ފެނިދާނެ” މަސައްކަތުގެ މާހައުލު ކަމުން އައިޝާއާ ރެހާންއާ ދޭތެރޭގައި ވާ ކަންކަން މީހަކަށް ފެންނާކަށް އައިޝާއެއް ނެދެއެވެ.
” މޮޔަވެދާނެ އޭޝްގެ ލޯބީގަ. އެންޑް މީހަކަށް ފެނިއްޖެއްޔާ ބުނެވިދާނެ ވައިފްއާ އެކުގަ ހުރުން އެއީ މައްސަލައެއް ނޫނޭ. އަހަރެންގެ ލޯބިލޯބި އަނބިމީހާ ވިއްޔަ. އަދި ހުންނާނެއެއްނު އަހަރުމެންގެ ކިޑެއްވެސް” އައިޝާގެ ވާހަކައިން ރެހާންއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.
“އަހަރެންގެ އަތުން ދޫކޮއްލާ. ރެހާން ކިތަންމެ މަސައްކަތެއް ކުރިޔަސް މިހިތް ބަދަލެއް ނުވާނެ. ހޫދުއެއީ ހަމައެކަނި އަހަރެންގެ ދަރިޔެއް. މިއޮއްހުރިހަ ދުވަހުވެސް އަހަރެންނަށް ހޫދުއާއެކުގަ އުޅެވުނު އިތުރު މީހެއްގެ އެހީތެރިކަމާނުލައި. ދުވަހަކުވެސް ބައްޕަ ނެތިގެން އޭނަ ޝަކުވާއެއް ނުކުރޭ. އިންޝާﷲ ކުރިޔަށް އޮތްތާގަވެސް ބައްޕައެއް ނެތްކަމުގެ އިހުސާސް ވިޔަކަ ނުދޭނަން” އައިޝާއަށް ރޮވެން އުޅުނުނަމަވެސް ތުންފަތުގައި ދަތް އަޅާލީ އައިސްފައިވާ ކަރުނަތަށް ހިންދާލުމަށް މަސައްކަތް ކުރަމުންނެވެ. އައިޝާއަކީ ރެހާންގެ އަނބިމީހާކަން ހަނދާން ނައްތާލައިލީ ރެހާންއެވެ.
ރެހާންއިތުރަށް ވާހަކަ ދައްކަން ބޭނުންވިނަމަވެސް މެދުކަނޑާލަން ޖެހުނީ ފޯނު ރިންގުވުމުންނެވެ. ސްކްރީންއަށް ބަލާލިއިރު ނާޒް ޖަހާފައި އޮތުމުން ކުޑަކޮށް ހައިރާންވިއެވެ. ރެހާން އޮފީހުގަ އުޅޭ ގަޑީގައި މުހިންމު ކަމަކު ނޫނީ ރީނާޒް އެއް ނުގުޅާނެކަން އޭނަޔަށް އިނގެއެވެ. ފޯނުނެގުމަށްފަހު ބަހެއް ނުބުނި ނަމަވެސް ރެހާންގެ މޫނުމަތިންފެނިގެން ދިޔަ ހާސްކަން އައިޝާއަށް ދެނެގަނެވުނެވެ. ރެހާން އެތަނުން ދާން ހިނގައިގަތްއިރު އައިޝާ އެތާގައި ހުރިކަމެއްވެސް މިހާރަކު ހަނދާނެއްނެތެވެ. އައިޝާއަށް ކީއްވީހޭ އަހާލެވުނީ ބޭ އިޚްތިޔާރުގައެވެ. މިއޮއްހުރިހާއިރު ވަންދެން އައިޝާ ދިޔަނުދީ ހިފަހައްޓާފައި މިހާރު ކުއްލިޔަކަށް ދަނީ ބޮޑުކަމެއްވީމަޔޭ އައިޝާ ހިތަށްއެރިއެވެ. ރީނާޒްއޭ ބުނުމަށްފަހު މަޑުކޮއްލުމެއްނެތި ރެހާން ހިނގައި ގަތުމުން އައިޝާވެސް ފަހަތުންކަހަލަގޮތަކަށް ދިޔައެވެ.
” ހޫދު ސުކޫލް ނިމޭ ގަޑިއަށް ޒާމިން އަހަންނަސް ގުޅާފަ ބަލާ ދާށޭ ބުނީމަ އަހަރެން ދިޔައީ. ހޫދު މަންމަޔާ ހަވާލުކޮށްފަ އަންނަން ނުކުތްތަނުން ރީނާޒް ފެނުނީ. އަހަރެންނަށް ހީވަނީ އޭނަވެސް އުޅުނީ ހޮސްޕިޓަލަށް އަންނަންހެން. އަތުގަ އައިޑީ އޮތްވިއްޔަ. މީހާ ހުންއަިއިސްގެން ވާނުވާ ނޭނގިގެން ވެއްޓުނީ. ނަސީބެއް އަހަރެން ކާރުގަ ދިޔަކަން. ނޫންނަމަ ރީނާޒް އެތަނަށް ވެއްޓުނަސް މީހަކަށް ނުވެސް އިނގޭނެދޯ” އިމާޖެންސީ ރޫމަށް ވަތް ރެހާންއާ އައިޝާ ފެނުމުން ރާއިން އެއްފައްޗަކަށް އަމުނާލިއެވެ. ރާއިން ހާސްވެފައި ހުރިވަރު އައިޝާއަށް އެ އަޑުންވެސް ފާހަގަ ވިއެވެ. ލަހެއްްފަހެއް ނެތި ރީނާޒްއަށް ފަރުވާދިނުމައިގެންެ އައިޝާ އަވަސްވެގަތެވެ. ރެހާންއާ ރާއިން ބޭރުގަ މަޑުކޮއްލީ އައިޝާ އެގޮތަށް އެދުމުންނެވެ. އެވަގުތު މަންހާމެންނަށްވެސް އެތަނަށް އާދެވުމުން ވީނުވީ އޮޅުން ފިލުވާލިއެވެ.
“ރެހާން” ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު އައިޝާ ގޮވާލުން ރެހާން އެތެރަށް ވަނެވެ. އޭރު ރީނާޒް އައިވީ ފުޅިއެއް ގުޅާފައި އޮތެވެ. އަމިއްލަ ކޮށްކޮ އެހާ ބަލިވި އިރުވެސް ރެހާންއަށް އަމިއްލަ ހަޔާތައިވެގެން އުޅެވުމުން ނަފްސު ކުއްވެރި ކުރެވުނެވެ. ވޭތުވެދިޔަ ދެތިންދުވަހުގެ ތެރޭގައި އެމީހުންގެ ހަޔާތަށް އައި ބޮޑު އޮޅުންގަނޑުން ނުކުތުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ރެހާން ވަނީ ރީނާޒްމަތިން ހަނދާންވެސް ނެތިފައި ކަހަލައެވެ. އެހުރިހާ ހަގީގަތްތަކެއް އެނގުމުން ހުދު ރީނާޒްއަށްވެސް ބޮޑެތި އަސަރުތަކެއް ކުރާނެކަން ޚުދު ރެހާންއަށްވެސް އެނގެއެވެ.
” ލޭގެ ޕްރެޝާރ ވަރަށް ދައްކޮށް އުޅެނީ. އަސްލު ހުންއައިމައެއް ނޫންކަންނޭގެ ވެއްޓުނީ. ލޭމަދުވެފަ ހުރީ. އެހެންވެ މާބޮޑަށް ވަރުބަލިކަން އިހުސާސްވީ. ޓްރާންސްފިއުޝަން ހަދާލީމަ ރަނގަޅުވާނެ.” ރެހާން ދެރަވެފައި ހުރިކަން އެނގުމުން އައިޝާ ވެސް ވާހަކަ ދެއްކީ އޯގާތެރިކަމާ އެކުގައެވެ. އައިޝާއެހެން ބުނުމުން ރެހާން އާސިމާއަށް ގުޅަންއުޅިފަވެސް އެކަން ރާއިންއާ ހަވާލުކުރިއެވެ.
” ދޮންބޭ. ނާޒްގެ މަންމަ ބުނީ ދޮންބެއާ އެއް ބްލަޑް ގްރޫޕްއެކެ ނާޒްގެ ހުންނަނީ. އޭނަ އޭ ޕޮސިޓިވް އޭ ބުނީ” ރާއިން އެހެން ބުނެލުމަށްފަހު މަޑުކޮއްލުމެއް ނެތި ދިޔައީ އައިޝާ ބޭސްސިޓީ ދިނުމުން އެޔަށް ބޭސް ނަގާށެވެ. ރެހާންއާ އައިޝާ އެކަކު އަނެކަކަށް ބަލާލީ ވީނުވީއެއް ނޭނގިފަ ތިބެއެވެ. ރީނާޒްގެ ލޭގެ ގްރޫޕް ބީ ޕޮސިޓިވްއަށް ވީ ކިހިނެއްވެގެން ބާއެެވެ. ގައިމު ރެހާންއާ އިމްރާންއާ ލޭގެ ގްރޫޕް އެއްގޮތްކަން އައިޝާއަށްވެސް އެނގެއެވެ. އެންމެ ސިކުންތު ކޮޅެއްވެސް ނަގާނުލައި ރެހާން އޭނަގެ ކެބިންއަށް ދާން ނުކުތެވެ. ވީގޮތް ވިސްނާލެވުމުން އައިޝާވެސް ރެހާންގެ ފަހަތުން ހިނގައިގަތެވެ.
“ރީނާޒް ރަނގަޅުތަ މިހާރު؟” ރެހާންގެ ފަހަތުން އައިޝާ ނުކުތުމުން މަންހާ އަހާލިއެވެ. ރެހާންއަށް މީހަކު އެއްޗެކޭ އެހިކަންވެސް ނޭނގުންވެ. އައިޝާވެސް މިތާގަ މަޑުކޮއްލާށޭ ބުނުމަށްފަހު ރެހާންއާ އެކުގައި ދިޔައެވެ.
އައިޝާއަށް ރެހާންގެ ކެބިންއަށް ވަދެވުނީ ރެހާންއަށް ވުރެ ފަހުންނެވެ. އޭރު ރެހާން އުޅުނީ ފައިލުތަށް ބަހައްޓާފައި ހުރި ހަރުގަނޑުން ފައިލެއް ހޯދައެވެ. ފެހިކުލައިގެ ޕޮކެޓް ފައިލެއް ނެގުމުން އައިޝާއަށް އެއީ ކޮން ފައިލެއްކަން އެނގުނެވެ. އެއީ އިމަރާން ނިޔާވިދުވަހު ރެހާންއާ ދޭށޭބުން އައިޝާއާ ހަވާލުކުރި ފައިލެކެވެ. އެދުވަހު ކަންތަށް ދިމާވިގޮތުން އައިޝާއަށް ފައިލް ހަވާލުކުރަން ވަގުތު ނުލިބުނު ނަމަވެސް ރެހާންއަށް އެފައިލު ފެނުނުކަން އެނގުނެވެ. އެތެރެ ނުފެންނަ ފައިލެއްކަމުން ރެހާން އެ ފައިލް ހުޅުވާލިއެވެ. އެ ފައިލަކީ ރެހާންއަށް އޭނަގެ ކޮޓަރިން ފެނިފައިވާ ފައިލެކެވެ. ފައިލު ކިޔާލުމަށްފަހު ރީނާޒްގެ އެެއްޗެއްކަމުން ފޮރުވާބައި ބޭއްވީއެވެ. އޭރުގަ މިފައިލުން އިނގުނު މައުލޫމާތުތަކަށް ރެހާން މާބޮޑު ސަމާލުކަމެއް ނުދެއެވެ. އައިޝާވެސް އައިސް ރެހާންގެ އަތުގައި އޮތް ފައިލަށް ބަލާލިއެވެ. އެހެންވީއިރު އެދުވަހު އިމްރާން ރުޅިއައިއީ މިފައިލުގަވާ އެއްޗެއް ފެނިފަތާއޭ އައިޝާ ހިތަށް އެރިއެވެ. އައިޝާއަށް ބަލާލުމެއްނެތި ރެހާން ބާރަކަށް ނުކުމެގެން ދިޔުމުން ދެންވާނެ ގޮތަކާމެދު އައިޝާ ވިސްނާލިއެވެ. އެ ރުޅިގަނޑުމަތީގަ ހުރެގެން ރެހާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އޭނަޔަށް އެެނގެއެވެ. މިވަގުތަކީ އައިޝާގެ އިހްސާސްތަށް އެއްްފަރާތް ކޮއްލުމަށްފަހު ރެހާން ހަމަޔަކަށް އަޅުވަންވީ ވަގުތުކަން އައިޝާގެ ހަވަނަ ހިއްސު އޭނާޔަށް ވިސްނައިދިންކަހަލައެވެ.
އައިޝާ ފަހަތުން ގޮވަމުން އައިނަމަވެސް ރެހާންއަށް އެއަޑުގެ ކަންފުޅެއްވެސް ވީހެނެއް ހިޔެއް ނުވެއެވެ. ހޯލުގައިތިބި ޒާމިންމެންނަށްވެސް ބަލާލުމެއްނެތި އެދިޔަމީހާ ކާރަށް އަރައިގެން ދުއްވާލިއެވެ. ރެހާންގެ އަތުން މީހަކު މަރުވާނެނަމަ އެއަންހެނާ ވެގެންދާނީ މަރުވާނެ ފުރަތަމަ އަދި ފަހު މީހާއަށޭ ރެހާން ހިތަށް އަރަމުން ދިޔައެެވެ.
” ރެހާން. ރެހާން. މަޑުކޮށްބަލަ. ހަމަޖެހިލާފަ އަހަރެން ކިޔާ އެއްޗެއް އަޑުއަހާބަލަ” ރެހާންގެ ފަހަތުން ނުކުތް އައިޝާ އެހެންގޮވާލި އަޑު ޒާމިންމެންނަށް އިވުނެވެ. އޭރުގަ ރާއިންވެސް އައިސް އެތަނަށް މަޑުކޮއްލުމަށްފަހު ވެގެންެ އުޅެނީ ކީއްތޯ ޒާމިންކުރެން އަހާލިއެވެ. ޒާމިންވެސް ވެގެން އުޅޭގޮތެއް ނޭނގުމުން އަހާލީ އައިޝާ ކުރެންނެވެ.
“ރާއިން ހިނގާބަލަ އަހަރެން ގޮވައިގެން އާސިމާމެން ގެޔަށް. ޒާމިން ސައިކަލު ތަޅުދަނޑި ދީބަލަ ރާއިންއަށް. މިގަޑީގަ ރެހާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ” އައިޝާ ހުރީ ހިތް އަވަސްވެފައިކަމުން ރާއިންގެ އަތުގައި ހިފައިގެން ކުރިޔަށް ހިނގައިގަތެވެ. ރާއިންވެސް އިތުރު ސުވާލެއްނުކޮށް ޒާމިންއަތުން ތަޅުދަނޑި ނެގުމަށްފަހު އައިޝާއާ އެކުގައި ދިޔައެވެ.
“ދަރިފުޅާ ހާދަ ބާރަކަށް ދުއްވާފަ ތިއައީ. ދެންމެ ދަރިފުޅުގެ ދޮންބެވެސް އަވަސް އަރުވާލައިގެން އެވަނީ ތިގެޔަށް.” ދޮރުމަށްޗަށް ނުކުތް ނަސްރީނާއަށް އޭނަގެ ދެދަރިން މާއަވަސް އަރުވާލައިފައި އުޅޭކަމެއް އެނގެން ބޭނުންވިއެވެ. ސައިކަލުން ފައިބައިގެން އެތެރެއަށް ދުއްވައިގަތް އައިޝާ ފެނިފައި ރާއިންވެސް އޭނަފަހަތުން ދިޔައީ އެބައަންނަމޭ ބުނަމުންނެވެ. މިގަޑީގައި ނަސްރީނާއަށް ޖަވާބު ދިނުމަށްވުރެ ރާއިންއަށް މުހިންމުވީ ރެހާންއަށް ވީކީއްތޯ ބެލުމެވެ. އައިޝާއަށް އެތެރަށް ވަދެވުނު އިރު ރެހާން އާސިމާއަށް ގޮވަމުން ދިޔައެވެ.. ރެހާންގެ ލޮލުން ކަރުނަ އައިސްފައި ހުރިނަމަވެސް އެ މޫނުމަތީގާއިވާ ރުޅިވެރިކަން ފަނޑެއް ނުވެއެވެ..
” ކިހިނެއްތަވީ؟ މިއުޅެނީ ތައްޔާރު ވެލައިގެން ހޮސްޕިޓަލަށް ދާންވެގެން. ނާޒް ނުބުނޭ ވިއްޔަ ބަލިވި ވާހަކައެއް. އެހެންވީމަ ނޭގޭނެއެއްނު” ރެހާންގެ އަޑު މާބާރަށް އިވުމުން އާސިމާވެސް ދުވަމުން ކަހަލަ ގޮތަކަށް ނުކުމެގެން އައިއިރު ފަހަތުން ޖަނާންވެސް ނުކުތެވެ. ރީނާޒްއަށް ކަމެއްވީކަން މީންމީހަކަށް ނޭގެނީބާއޭ އައިޝާ ހިތަށް އެރިއެވެ.
“އަދި އެބަ އަހައެއްނު ކިހިނެއްހެ ވީ.. ތިހާ ގޮތެއްފޮތެއް ނެތް މީހަކު އަހަރެން މިދުނިޔެމަތިން ދުވަހަކުވެސް ނުދެކެން. އުފަލާ މަޖަލުގަ ހޭބަލިވެގެން އުޅޭއިރު ތިމާމީ ކިހާ ނުބައި މީހެއްކަން ހަނދާނެއްވެސް ނެތެއްނު” ރެހާންގެ ރުޅިވީ އޭގެ އިންތިހާގައެވެ.
“ރެއިން. ކިހިނެއްވީތަ؟ ހަމަ ޖެހިބަލަ” އެންމެ ފަހުން ރެހާން އެހާ ރުޅިއައިސްފައި ހުރިތަން ޖަނާންއަަށް ފެނުނީ އައިޝާ ގެއިން ނެރެލި ދުވަހުގައެެވެ. އެޔަށްފަހު ރެހާން އާސިމާދެކެ އެހާ ރުޅި އައިސްގެން އުޅެންވީ ސަބަބެއް ޖަނާންއަކަށް ނުވިސްނުނެވެ. ރެހާންގެ ކޮލުގައި އަތް ޖައްސާލީ ރެހާންގެ ރުޅި މައިތިރި ކުރެވޭތޯއެވެ. މިވެސް ފާޑެއްގެ ރުޅިގަނޑެއް ގެންގުޅޭ ފިރިހެނެކޭ ޖަނާން ހިތާހިތުން ކިޔާލިއެވެ.
“އަހަރެން ކުރިންވެސް ބުނިންދޯ އަހަރެންގެ ގަޔަށް ބޮލަށް ނާރާ ހުންނާށޭ” ރުޅިވެރިކަމާއެކުގައި ރެހާން ޖަނާންގެ އަތް ފޮޅުވާލަމުން ބުނެލިއެވެ. އެންމެންގެ ތެރޭގައި ރެހާން އެގޮތަށް ކަންތަށް ކުރުމުން ޖަނާން ލަދުގަތް ނަމަވެސް އެކަން ފާޅެއްނުކުރެއެވެ. ދެވަނަ ފަހަރަށްވެސް ރެހާންއާ ދިމާއަށް ހިއްލާލި އަތުގައި މިފަހަރު ހިފީ އައިޝާއެވެ.
“ރެއިންގެ ގައިގަ އަތްނުލާށޭ ބުނީމަ އަޑެއްނީވޭތަ” ޖަނާން އުޅުނުގޮތުން އައިޝާގާތަށްވެސް އައީ ރުޅިއެވެ. ޖަނާންއެއީ ކޮންކަލަ އަންހެނެއް ބާއޭ ޖަނާން ހިތަށް އެރިއެވެ. ރެހާން އޭނަޔާ ގަޔާނުވާކަން އެނގުމުންވެސް އެއުޅެނީ ހޭބަލިވެގެންނެވެ. ޖަނާން ރުޅިވެރިކަމާއެކުގަ އައިޝާގެ އަތް ފޮޅުވާލިއެވެ.
” އާސިމާއަށް އަހަރެންގެ ބައްޕަގެ ފަރާތުން ކޮން އެއްޗެއްތަ މަދުވީ އެ ބައްޕަޔަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ. މަންމަމެންނާމެދުގައި ކަންތަށް ކުރިގޮތް އެނގުމުންވެސް އަހަރެން މަޑުންހުރީ ބައްޕަ ތި އަންހެނާދެކެ ލޯބިވާކަމަށް ހީކޮށް. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާ އަހަރެން އެންމެ ލޯބިވާފަރާތާ ވަކިކޮއްލުމަށް ރޭވި ޕްލޭންތަށް އެނގުމުންވެސް ބަހެއް ނުބުނީ ތީ ބައްޕަގެ ހުވަފަތް އިނބިމީހާއަށް ވާތީ.. ނާޒްގެ މަންމައަށް ވާތީ. ބައްޕަ ދިންލޯބާއި އަޅާލުމުގެ ބަދަލު ދޭން އިނގުނީ މިހެންތަ. ބައްޕަގެ ފުރާނައިން އަތްދޮވެލައިގެންތަ. 23 އަހަރުވަންދެން ބައްޕަ ރީނާޒް ބަލަމުން ދިޔައީ އަމިއްްލަ ދަރިއެއްގެ ގޮތުގައި. އަމިއްލަ ލޭކަމަށް ހީކޮށް. އެކަމަކު އެއީ ތި ގޮތްކުޑަ އަންހެނާ ބައްޕައަށް ވިސްނާދިންގޮތް. ހަގީގަތަކީ ބައްޕަޔާ ކައިވެނި ކުރީވެސް މީނަގެ މީހުންގެ މަލާމާތުން ސަލާމަތްވުމަށް. ބައްޕައަށް އެފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލިއިރު މިވެވެނީ ކިހާ ބޮޑު ހިޔާނާތެއްކަމެއް ނޭނގޭތަ. އެފަދަ މާތް ފިރިޔަކަށް ބޭވަފާތެރިވާކަށް ލަދެއްވެސް ނުގަތްތަ؟ ބައްޕަ ރުޅިއައިސް ގެއިން ނުކުމެގެން ދިޔައީ އައިޝާގެ ސަބަބުންނޭ އެދުވަހު ބުނެލިއިރު ލަދުގެ ކަންފުޅެއްވެސް މިއަންހެނާގެ ނެތް… ހަމަ ރަނގަޅަށް މިބުނީ އާސިމާ އަހަރެންގެ އަތުން މަރުވާނެ މީހެއްތީ” ރެހާން އާސިމާއާ ދިމާއަށް ހިނގައިގަތުމުން އާސިމާވެސް ބިރުގަތެވެ. ރެހާން އާސިމާއާ ކިތަންމެ ނުރުހުނަސް މިވީހާތަނަށްވެސް ނަމުން އޭނަޔާ މުހާތަބު ކޮއްފައެއް ނުވެއެެވެ. އެކަމުން އެކަނިވެސް ރެހާންގެ ރުޅިގަނޑު ފާޅުވޭވޭ ހުއްޓެވެ. ކައްވަޅަށް ދާންދެވެސް ފޮރުވަން މަސައްކަތްކުރި ސިއްރު މިއަދު މިއޮތީ އެނެމެންނަށް ފަޅާއަރާފައިކަން އާސިމާއަށް ޔަގީންވިއެވެ.
” ރެއިން. ޕްލީޒް އަތުންފައިން ގޯހެއް ނެހެދެނިސް ތި ރުޅިގަނޑު ކޮނޓްރޯލް ކޮއްބަލަ” ރެހާންގެ އެރުޅިގަނޑުގެ ޝިކާރައަކަށް އައިޝާ ވީ ދުވަހު އާސިމާ ދުރުގަ ހޭން ހުރިނަމަވެސް އައިޝާ އެގޮތް ހަދަން ބޭނުމެއް ނުވިއެވެ. އެރުޅީގައި ހުރެ ރެހާން އާސިމާއަށް ކޮންމެ ފަދަ ގޮތެއް ހަދަންވެސް ފަހަށްނުދާނެހެން އައިޝާއަށް ހީވިއެވެ. އައިޝާގެ އަޑަށްވެސް ރެހާން މައިތިރިނުވިއެވެ. އެވަގުތު އައިޝާ ރެހާންގެ ގައިގައި ބައްދާލީ އެތާގައި ތިބި އިތުރުބަޔަކަށް ބަލާލުމެއް ނެތިއެވެ. އައިޝާއަށް އެނާގެ ފިރިމީހާގެ ހިތުގައި އަޅާވޭން އިހުސާސްވިކަހަލައެވެ. ބައްޕަގެ މަރުގެ ޒިންމާ ނަގަންޖެހޭ ފަރާތް އުފަލާ މަޖަލުގައި އުޅޭކަށް އެއްވެސް ދަރިއެއް ބޭނުމެއް ނުވާނެކަން އައިޝާއަށް އެނގެއެވެ. އައިޝާވެސް މިއޮއް ހުރިހާދުވަސް ވަންދެން އެ ހުންނަނީ އެދުވަހު އިމްރާން އެހާ ރުޅިއައިސްފައި ގެއިން ނުކުމެގެން ދިޔަ ސަބަބު އޮޅުންފިލުވަން ބޭނުންވެފައެވެ. މަންޒަރު ބަލަން ރާއިން ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. ނަސްރީނާވެސް ހޫދު ޒަމްރާއާ ހަވާލުކުރުމަށްފަހު އެތަނަށް އައީ ކޮންމެވެސް ކަމެއްވީކަމުގެ އިހުސާސް ކުރެވިގެންނެވެ. އެމީހުންނާ ދާދި ގާތުގައި ޒާމިން މަޑުކޮއްލައިގެން ހުއްޓެވެ. އެންމެންގެ ލޮލުން ކަރުނަޔާއެއްވަރަށް ރުޅިވެރިކަންވެސް ފާޅުވަން ހުއްޓެވެ.
އައިޝާގެ އެބީހިލުމުން ރެހާންއަށް އޭނަ އައިސްފައި ހުރި ރުޅި ފިނިވިކަމުގެ އިހުސާސް ކުރެވުނެވެ. އެހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބިގެން ދިޔަހެން ހީވިއެވެ.
“އޭޝްއަށް އެނގޭތަ. އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން އެންމެންނަށް އޮޅުވާލިޔަސް އާސިމާ އޭނާގެ އަމިއްލަ ދަރިޔަށް އޮޅުވާލާނެކަމަކަށް. އާސިމާގެ ސަބަބުން ހުރިހާ ވޭނެއް މިލިބެނީ އެއްވެސް ކުށެއް ނެތް ބަޔަކަށް. ފުރަތަމަ އޭޝް. ދެން އެޔަށްފަހު ބައްޕަ. މިހާރި އަހަރެންގެ އެންމެ ލޯބިވާ ދެ ކޮއްކޮ. އެދެމީހުން އެތިބެނީ ހިތުގަވާ އިހުސާސްތަކަކީ ފާފައެއްކަމުގައި ދެކިގެން އަމިއްލަ ނަފްސަށް އެއްޗެހި ގޮވާލަ ގޮވާލާ. އެކަކު އަނެކަކަށްޓަކާ ވީ ޖަޒްބާތުތަށް ފޮރުވަން މަސައްކަތް ކުރަމުން ދިޔައީ މިއީ ދެބެންކަމަށް ހީވެފަ އޮތީމަ. އާސިމާއަށް އިނގޭތަ އަމިއްލަ ދަރިފުޅަށް ތި ދެވެނީ ކިހާ ބޮޑު އަނިޔާއެއްކަން… ރާއިންއާ ކިތަންމެ ގަޔާވިނަމަވެސް އެހިތުގެ އުދާސްތަށް ފޮރުވައިގެން އެހުންނަނީ ރާއިންއަކީ އަމިއްލަ ބޭބެ ކަމަށް ހީކޮއްގެންނޭ. އެންމެ ފަހުން ރީނާޒްވެސް މިވީ އަހަރެމެންނާ އެއްވެސް ގުޅުމެއް ނެތް ކުއްޖަކަށް. އެހާދުވަސް ވަންދެން އަހަރެން އޭނަދެކެ އަމިއްލަ ކޮއްކޮއެއްފަދައިނ ލޯބިވީ. ބައްޕަވެސް ނާޒް ދެކުނީ ހަށިގަނޑުގެ އެއްބައި ކަމުގަ. އެކަމަކު މިހިރި ފެންނަ އަންހެނާ އެންމެންނަށް އޮޅުވާލީ. ކޮން ހައްގެއްތަ އޮތީ ކުށެއްނެތް މައުސޫމް ބަޔެއްގެ ދިރިއުޅުން ތިގޮތަށް ހަލާކުކޮއްލަން” ރެހާންގެ އަޑު ބެދޭގޮތް ވުމުން ކުޑައިރުކޮޅަކަށް މަޑުކޮއްލިއެވެ. ރެހާންގެ ވާހަކަތަކުން އެންމެބޮޑަށް އަސަރުކުރީ ރާއިންއަށެވެ. މަޑުމަޑުން އިސްޖަހާލީ އެންމެންގެ ނަޒަރު އޭނަޔަށް ހުއްޓުނުހެން ހީވެގެންނެވެ. ރާއިންގެ ހިތުގައިވި ޖަޒްބާތުތަށް އުތުރި އަރަން ފެށިއެވެ. ހިތުގަވީ ލޯތްބަކީ ފާފައެއްކަމުގަ ދެކިގެން އުޅުނިކޮށް މިވީ ކިހިނެއްހެއްޔެވެ. ރީނާޒްއަކީ ކޮއްކޮކަމުގައި އެހިތަށް އެތައްގޮތަކަށް ވިސްނައިދިނެވެ. އެސޫރަ ފެންނަކޮންމެ ފަހަރަކު ނަފްސު އަތުން ބީވެގެންދާން އުޅުނުކަމުގައިވިޔަސް ހިތްވަރު ކޮއްލަނީ ކޮއްކޮއަކާ ބޭބެއެއްގެ މެދުގައި އެފަދަ ގުޅުމެއް އޮތުމަކީ ފާފައެކޭ ހިތަށް އަރާފައެވެ. ނަމަވެސް މިއަދު ހަގީގަތް ހާމަވެގެން ދިޔައިރު ރާއިންއަށް އެހިތުގެ ރަނިކަން ކުރަމުންދާ ކަމަނާ ނުލިބެންވީ އެއްވެސް ސަބަބެއްނެތެވެ. ހުރިހާމެއް ސާފުވުމަން އެހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ. ނަމަވެސް ލިބިގެންދިޔަ ކުޑަކުޑަ އުފާވެސް ދެވަނަ ސިކުންތުގައި ފަނޑުވެގެން ދިޔައީ ހަގީގަތް އެނގުމުން ރީނާޒްއަށް ވެގެންދާނެ ގޮތަކާމެދު ވިސްނާލުމުންނެވެ. ނޫނެކެވެ. ރީނާޒްއަށް އެ ހަގީގަތް އެނގިގެނަ ދާކަށް ރާއިން ބޭނުމެއްނޫނެވެ. ރީނާޒްއަކީ ބައްޕަނެތް ކުއްޖެއްކަން އެނގިއްޖެނަމަ އެހިތްތަށް ކެތެއް ނުވާނެއެވެ.
“އައިޝާ ކީއްކުރަން މިގަޑީގަ އަހަރެންނަށް ތިހާ ހަމްދަރުދީ ތި ފާޅުކުރަނީ. އައިޝާ އެންމެ ބޭނުންވާ ގޮތެއް ނޫންތަ މީ؟. އައިޝާ އެދުވަހު ކުރި ހިތާމައިގެ ބަދަލުގަ މިއަދު އަހަރެން ހިތާމަ ކުރާތަން ފެނުނީމަ ތިހިތަށް ކިހާ ތަސައްލީއެއް ލިބޭނެ. އަހަރެން ކުރި ކުށުގެ އަދަބު ލިބޭކަށްނު އައިޝާ ބޭނުންވީ. މިއަދު މިއޮތީ އެކަން ވެފަ. މިހިރަ އަންހެނާާ ބައްޕަޔަށް އޮޅުވާލީ. އައިޝާވެސްް ހައަހަރު ވަންދެން އަހަރެންގެ ދަރިއެއްވެސްް ހުރިކަން އަންގާނުލާ. އަހަރެންނަށް އެހައްގުވެސް ނުލިބުނު. އައިޝާ އުފާކުރޭ” މި ނާޒުކު ވަގުތުގައި ރެހާންއަށް އައިޝާދެކެވެސް ރުޅި އާދެވުނެވެ.ރެހާންގެ ދަރިއެއް ހުރިކަން މިއޮއް ހުރިހާ ދުވަސްވަންދެން ނާންގާ ހުރުމަކީ އިންސާފެއްބާއެވެ. ރެހާންއަށް ހީވީ ހަތަރު ފަރާތުން އައިސް އޭނާ ފިއްތާލިހެންނެވެ.
“ހުއްޓާލާ ރެހާން. އަހަރެން ރެހާންއަށް ނޭންގީއެއްނޫން. ރެހާން ގަބޫލުކުރަން ބޭނުންނުވީ އަހަރެންގެ ބަނޑުގަވީ ރެހާންގެ ދަރިއެއްކަމަށް..ކީއްވެ އެގޮތަށް ކަންތަށް ކުރީ؟ ކީއްވެ އަހަރެންނާ ހޫދު އަމިއްލަ މީހުންގެ ގޮތުގަ ބަލަނުގަތީ؟ އަހަރުމެން ދެމައިންގެ ކުށަކީ ކޮބާތަ ރެއިން؟” ރެހާންގެ ގިރުވާނުގަ ހިފާ ތަޅުވާލަމުން އައިޝާ ޝަކުވާކުރަން ފެށިއެވެ. އެދެލޮލުގައިވީ ތާޒާ ކަރުނައެވެ. އަޑުގައިވި ނިމުމެއްނުވާފަދަ ރިހުމެއްކަން އެތަނުގަ ތިބި ކޮންމެ މީހަކަށްވެސް ފާހަގަ ވާނެއެވެ. އެންމެންގެ ހިތުގައިވެސް އެވަގުތު އެނބުރެމުން ދިޔަ ސުވާލަކީ ރެހާން އައިޝާއަށް އެގޮތަށް ކަންތަށް ކުރީ ކީއްވެބާއެވެ؟ ޖަވާބުގައި ރެހާންއަށް ބުނެވުނުހާވެސް އެއްޗަކީ އައިޝާ ބަނޑުބޮޑުކަން އޭނަޔަށް ނޭނގޭކަމެވެ. ޒާމިންމެންނަށް އައިޝާގެ ވާހަކަތަށް ގަބޫލު ކުރެވޭފަދައިން ރެހާން ދައްކާ ވާހަކައިގައިވެސް ދޮގެއް ވާނެކަމަށް ގަބޫލެއް ނުކުރެއެވެ
” ރެއިންއަށް އެނގޭތަ އެދުވަހު ގޭގެ ދޮރުމަތީ ހުރެގެން އަހަރެން ރުއިވަރު. އަހަރެން އާސިމާ ކުރެން އެދުނީ އެއްފަހަރު ނަމަވެސް ރެއިން ދޮރާހަމައަށްވެސް ގެނެވޭތޯ މަސައްކަތް ކުރުމަށް. އެކަމަކު އޭނަބުނީ ރެއިން ބޭނުމެއް ނުވެޔޯ އަހަރެންގެ މުޑުދާރު މޫނު ދެކޭކަށްވެސް. އަހަރެެންގެ ބަނޑުގަ ރެއިންގެ ދަރިއެއް ނޯންނާނެޔޭ ބުނިއިރު ތިހިތުގަ އަހަރެންނަށްޓަކާ ކުޑަވެސް ހަމްދަރުދީއެއްް ނެތީތަ؟ އަހަރެން މީ ނަޖިހެއްތަ ރެއިން؟ އޭން؟ ބުނެބަލަ؟. ކީވެ އަހަރެންނަށް ދުވަހަކުވެސް ހާރޓް ނުކުރާނަމޭ ކިޔާފަ އެހެން ހެދީ. ރެއިންއަށް އެނގޭނެ ތިނުން މީހަކު އަހަރެންގެ ނުހުންނާނެކަން . އެކަން އިނގިހުރެ ކީއްވެ ރެއިންއާ އަހަރެން ދުރުކޮއްލީ. އަތުގަ ހުސްނުވާވަރަށް ފައިސާ ހުއްޓެއްކަމަކު އެޔަށްފަހު އަހަރެން އުޅުނީ ހާދަ ހާލެއްގައޭ. ބަޑުބޮޑު ހާލު އެކަނިމާއެކަނި ދުވަސްތަށް ވޭތުކުރީ. ގޭގަ މަސައްކަތް ކުރަން އުޅުނު ބޭރުމީހާ ނެތްނަމަ އަހަރެން ދުނިޔެ އަޅާ ދިޔަނަމަވެސް އެއްވެސް މީހަކަށް ނޭނގުނިސް. އެކަމު ރެއިން އެދުވަހު އެންމެ ފަހަރަކުވެސް އަހަންނާ ބައްދަލްކުރަން އެއްބަސްވިނަމަ..” މާބޮޑަށް ގިސްލެވެން ފެށުމުން އައިޝާގެ އަޑު ބެދުނެވެ. މި ބޭރު ކޮއްލެވުނު ހަގީގަތްތަކަކީ ޚުދު ރެހާންވެސް ނުދަންނަ ވާހަކަ ތަކެއްކަމެއް އައިޝާއަކަށް ނޭނގެއެވެ. ދެފައިން ވާގި ދޫވާހެން ހީވުމުން އައިޝާ އިށީނީ އިތުރަށް އެހިތްވަރުވެސް ނެތީމައެވެ. އައިޝާގެ ކޮންމެ ޖުމްލައެއް އަޑުއިވުނުއިރުވެސް ރެހާންއަށް ހީވި އޭނާގެ ކަންފަތަށް މީހަކު ހޫނު އެއްޗެއް ވިރުވާ އެޅިހެނެވެ. ރެހާން އަމިއްލަ އަތުން އައިޝާ ގެއިން ނެރެލިފަހުން އެގެޔަށް އައިޝާ އައިކަމެއް އޭނަޔަކަށް ނޭނގެއެވެ. ދެވަނަ ވިސްނުމެއް އައުމު ކުރިން މިހުރިހާ ކަމަކީ އާސިމާއާ ޖަނާންގެ ކަންތަށްގަޑެއްކަން ރެހާންއަށް ރޭކާލިއެވެ.
” މިހިރަ ފެންނަ އަންހެނާހާ ޑިގްރޭޑް މީހެއް މިދުނިމަތީގަ ވެސް އުޅޭނެހެން އަހަންނަކަށް ހިޔެއް ނުވޭ. ހެއްދެވި ފަރާތަށްވެސް ބިރެއް ނުހުރޭ. އަހަރެން ކޮންއިރަކު ކަލޭ ކައިރީގަ ބުނީ އައިޝާގެ ބަނޑުގަ އަހަރެންގެ ދަރިއެއް ނޯންނާނެއޭ. އިނގޭތަ ކިތަށް މީހުންގެ ދިރިއުޅުންކަން ތިހަލާކުކޮއްލީ. އެއްވެސް ކުށެއްނެތް ކުޑަކުޑަ ފުރާނަޔެކޭ ބައްޕައެއްގެ ލޯބިން މަހުރޫމް ކުރުވީ. ހިތެއްގެ ބަދަލުގަ ހިލަގަނޑެއްތަ އޮންނަނީ” ރެހާންގެ އިހުސާސްތަށް ބޭރުވަމުން ދިޔައީ އެކުއެކީގައެވެ. ރުޅިއާ ހިތާމައެވެ. ލޯތްބާއި ނަފްރަތެވެ.
އާސިމާ ޖެހި ބުދެއްހެން ބަހެއްވެސް ބުނަން ނޭނގިފަހުރީ މިއޮއްހުރިހާދުވަހު އޭނަ ފޮރުވަމުން އައި ކަންތައްތައް އެއްފަހަރާ ފަޅާއެރުމުންނެވެ. ޖަނާންވެސް ބަސްހުއްޓިފައި ހުރިއިރު ލަދުން އިސްނަގަންވެސް ނުކެރުނެވެ. ރެހާން އާ ޖަނާން ގުޅުވުމަށްޓަކައި ރާވަމުން ދިޔަ ހުރިހާ ޕްލޭންތަށް ފެނައްވެގެން ވެގެން ދިޔައިރު އެންމެންނަށް މިވަނީ ހަގީގަތްތަސްވެސް އެނގި ސާފުވެފައެވެ. އެންމެންގެ މެދުގައި ބޭޒާރުވިއިރު އެއިން ކަމަކާ ދެކޮޅު ހެދޭނެ ޖާގައެއްވެސް ނެތެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ (24) ފަހުބައި

Next

އައިކާ (21)

Next
December 4, 2017

އައިކާ (21)

Previews
December 3, 2017

ވޭންތަކުން ދިން ހިތި މާޒީ (24) ފަހުބައި

64 Comments!

  1. Awa says:
    December 3, 2017 at 10:56 pm

    Salaam all. I’m really sorry las v ma. Bt hope all of you will like it. Nd maadhamaa hiyeh nuvey upkureveyne heneh. Judakoh liyelaa mistakes thah balaalan jeheynee. Bt I’ll try my best to upload asap. Hope you guys will understand..love you all?? good night

  2. Anonymous says:
    December 3, 2017 at 11:05 pm

    Me first dho

    1. Awa says:
      December 4, 2017 at 6:02 am

      Yes dear you first?

  3. Reader says:
    December 3, 2017 at 11:15 pm

    Heyy. Mi part habeys. Ekam mistakes ebahuri… Like Reenaaz nd Aisha olhuvaalaaf kanneynge.blood grp A positive aa b positive.

    1. Awa says:
      December 4, 2017 at 6:03 am

      Hii.. thanks ingey.. vedhaane nidhi aisfa invarun kamahvx?

  4. Mai says:
    December 3, 2017 at 11:17 pm

    Varah reethi ekam haadha kurey mi part

    1. Awa says:
      December 4, 2017 at 6:03 am

      Alhey kurutha..
      Anyways thankyou??

  5. Mai says:
    December 3, 2017 at 11:18 pm

    Varah reethi ekam haadha kurey mi part. When next part???

    1. Awa says:
      December 4, 2017 at 6:04 am

      Rangalhukoh nimmaalevunuhaa avahakah..

  6. Inaa says:
    December 3, 2017 at 11:20 pm

    SpeechLess..??

    1. Awa says:
      December 4, 2017 at 6:04 am

      Thanks inaa darling??

  7. Aimsithu says:
    December 3, 2017 at 11:20 pm

    Wow.. Varah salhi vaahaka.. Thankolheh avahah anehbaii up kohdhechey

    1. Awa says:
      December 4, 2017 at 6:05 am

      Thankyou darling.. i’ll upload asap

  8. Thuhthi says:
    December 3, 2017 at 11:21 pm

    2nd????

    1. Thuhthi says:
      December 3, 2017 at 11:24 pm

      6th ???….
      Wen nxt??? Dhn othy last part dhwwww ??

    2. Awa says:
      December 4, 2017 at 6:06 am

      Next epi vedhaane last ah vx.. maybe?

    3. Awa says:
      December 4, 2017 at 6:05 am

      Heheh.. balaalamaa

  9. @@@ says:
    December 3, 2017 at 11:25 pm

    Just wonderful???

    1. Awa says:
      December 4, 2017 at 6:06 am

      Thankyou????????

  10. Addu manje says:
    December 3, 2017 at 11:28 pm

    Mi part ves varah reethi.. so much of drama dhw..???

    1. Awa says:
      December 4, 2017 at 6:07 am

      Thanks manjey.. asluvx dhw??

    2. ? says:
      December 5, 2017 at 9:28 am

      Shau

  11. Shh says:
    December 3, 2017 at 11:33 pm

    Oa salhi vvvvvv reethi

    1. Awa says:
      December 4, 2017 at 6:07 am

      Thanks shh???

  12. Yaloo says:
    December 3, 2017 at 11:44 pm

    Alhey vaahaka jimenyy tha…stryyy vvvvvvvvvv reeeeeeeethi ingey n whn nxt prt??

    1. Awa says:
      December 4, 2017 at 6:08 am

      Thanks yaloo.. dhn vaahaka nimen ulheny..

  13. vaahaka says:
    December 4, 2017 at 12:34 am

    Vvvvvvvv reethi..

    1. Awa says:
      December 4, 2017 at 6:08 am

      Thanks dear

  14. sana says:
    December 4, 2017 at 2:54 am

    Alhey Awa dhooni gandaa the story is hama super why tomorrow you can’t update?
    Very sad ???????
    Keep it up dhooni gandaa??????????????

    1. Awa says:
      December 4, 2017 at 6:11 am

      Sana dhooni.. thankss??
      Miadhuga vaagothakee rashun beyruga kanneynge ulhen jeheynee. So varah undhagoovaane mistakesthah rangalhu kollaa up kollan. Awa beynunvanee next epi v furihamayah genesdhn. Hope you will understand?

  15. Riii says:
    December 4, 2017 at 5:56 am

    Stry..is amazing… Beautifull… Superb… Nice…. … Tmmrw awa ah up nukoh dhevunas… Wait kuraanan… Waiting….

    1. Awa says:
      December 4, 2017 at 6:11 am

      Heehheeh….Thankss riiii..

  16. Xuhu says:
    December 4, 2017 at 6:24 am

    Alhey mi partvesv v salhi. Next partga kihinehtha vaani.e asima haadha goahey

    1. Awa says:
      December 4, 2017 at 5:43 pm

      Thanks xuhu darling???

  17. Shann says:
    December 4, 2017 at 8:09 am

    Wow Awa, v rythi mibaives.. V rythi hisaabakah mihaaru gohssa miothy… V kiyaalaa hithun mihury

    1. Awa says:
      December 4, 2017 at 5:43 pm

      Thanks shann..next epi adhi miyahvure rythaivaane inshaAllah?

  18. Xaaan says:
    December 4, 2017 at 8:23 am

    Awa darlin haadha kury ekamakuves v reethi ingey

    1. Awa says:
      December 4, 2017 at 5:44 pm

      Thankss????
      Alhe kurutha xaan darling..

  19. ?? says:
    December 4, 2017 at 9:14 am

    Next part dhigukolla dhechey. Story varah varah reethi ?????

    1. Awa says:
      December 4, 2017 at 5:44 pm

      Yeh sure??
      Thanks dear???

  20. annoying reader says:
    December 4, 2017 at 9:20 am

    oh my god awa, im shell shocked. varah reethi awesome. cant wait for the nxt part :*

    1. Awa says:
      December 4, 2017 at 5:45 pm

      Hehehehe… thanks darling?????????

  21. Mai says:
    December 4, 2017 at 10:00 am

    Vaahaka vara reethe anne paat avskoidhee

    1. Awa says:
      December 4, 2017 at 5:45 pm

      Thanks dear..asap

  22. Zuam says:
    December 4, 2017 at 10:46 am

    Wow…

    Waiting……

    1. Awa says:
      December 4, 2017 at 5:46 pm

      Thanyou zuam dear???

  23. Xxxx says:
    December 4, 2017 at 11:24 am

    Wooooowww???????v.v reethi dear.. waiting

    1. Awa says:
      December 4, 2017 at 5:46 pm

      Thankyou so much dear?????

  24. hai says:
    December 4, 2017 at 4:17 pm

    vvvvvvvvvvvvvv reethi

  25. Aly says:
    December 4, 2017 at 7:31 pm

    Wow

    1. Awa says:
      December 5, 2017 at 4:56 am

      Thanks aly

  26. unaal says:
    December 4, 2017 at 7:35 pm

    wowww….reethi

    1. Awa says:
      December 5, 2017 at 4:56 am

      Thanks dear???

  27. Love says:
    December 4, 2017 at 8:15 pm

    Whn nxt prt dearr???

    1. Awa says:
      December 5, 2017 at 4:57 am

      Asap love

  28. Xuha says:
    December 4, 2017 at 10:37 pm

    Whn next part Awa dhooni…???

    1. Awa says:
      December 5, 2017 at 4:58 am

      Asap xuha dhoonii

  29. Rana says:
    December 4, 2017 at 11:35 pm

    When next part… waiting

    1. Awa says:
      December 5, 2017 at 5:06 am

      Asap?

  30. Ish says:
    December 5, 2017 at 1:28 am

    Darling blood group ge bai vaanuvaa egunas genes dhinumuga olhumeh eba ulhey. Dhoooni alhe balaalaba. Vedhaane faharegga ish ah get nuvy kamah ves. Heheh
    Vaahaka varah rythi. Ekam alhe nimenytha mioggen. Nuforelheykah emmme galheh ves velidukeh ves nethi midhany. Yagyn ish miss vaane kan mi story. Hehheh

    1. Awa says:
      December 5, 2017 at 5:10 am

      Olhey gotheh eba ulhey dhw asluvx. E vaagothakee rehaan heekuranee aslu aasimaa n reenaax ge same blood group kamah. Bt engeny same noonkan. Aasimaa heekuranee rehaan nd reenaaz same blood group kamah. Ehaa hisaabun rehaan ah ingeny aasimaa olhuvaalikan.hope mihaaru get vaane kamah??
      Thankyou so much darling.. will miss you too

  31. Anaa says:
    December 5, 2017 at 5:29 am

    When upload new prt

  32. Xaaan says:
    December 5, 2017 at 8:56 am

    Awa darlin kehmadhuvany plx plx avahah up kohdheeber

  33. Anonymous says:
    December 5, 2017 at 11:08 am

    wow nice

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަންސަވިސްވަނަބައި)←


All Right Reserved!