ތިޔަ ލޯބީގެ ހައްޤުގައި (21)
އިރުކޮޅަކު އެހެން އިނުމަށްފަހު ނިކްޔަލް މިއުޝީންގެ ކޮނޑުގައިހިފައި އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އަދި އެދޮން ލޯބި މޫނުކޮޅުގައި ދެއަތުން ހިފަހައްޓައިލުމަށްފަހު ލޯތްބާއެކުގައި މިއުޝީންގެ ނިތްކުރީގައި ބޮސްދިނެވެ. ލިބުނު ހިތްހަމަޖެހުމާއެކު މިއުޝީނަށް ދެލޯމަރައިލެވުނެވެ.
ނިކްޔަލް ދުރުވެލުމުން ލަދުގެންފައިއިން މިއުޝީންވެސް އިސްޖަހައިލައިގެން އިނެވެ. ވާރެއާއިކޮންމެވެސް ވަރަކަށް ތެމުމުގެ ސަބަބުން އޭނާގެ މޫނުމަތީގައިވާ މޭކަޕްވަނީ ހަޑިވެފައެވެ.
“މިއު ވަރަށް ލޯބި މިރޭ.” މިއުޝީންގެ ޗާލު މޫނުން ނަޒަރު ވަކިކޮށްނުލާާއިނދެ ނިކްޔަލް ތައުރީފު ކޮށްލިއެވެ. “ނުވާނެ އެހެންނެއް. އަހަރެންގެ މޭކަޕްވެސް މިހުރީ ހަޑިވެފަ. ދެން ކިހިނެއް ރީތިވާނީ؟” މައުސޫމް ރީތި ހިނިތުންވުމެއްދެމުން މިއިޝީން ބުނެލިއެވެ.
“ހެހެ. ބަލަ މީހުން ރީތިވަނީ މޭކަޕްގެ ސަބަބަކުންނެއްނޫނޭ. އެއީ ގުދުރަތީ ރީތިކަމެއްނޫނެއްނު. އަހަރެންނަށް މާރީތި މިއު ކުރިން ހުންނަގޮތް. އަހަރެން ލޯބިވީ މިއުގެ ހަގީގީ ސިފަދެކެ. ކޮންމެ ސިފައެއްގަ ދޫނި ހުރި ނަމަވެސް މިހިތުން ލޯބިވެވޭނެ ހަމައެކަނި ކުއްޖަކީތީ. އަހަރެންނަކަށް ސިފަ މުހިންމެއްނޫން. އެމީހެއްގެ ރިވެތި އަޚުލާގެއް ހުރެއްޖެނަމަ އެއީ އަހަރެން ކުރިމަތީގަ ހުރިހައިގޮތަކުންވެސް ރީތި މީހެއް. ހެހެ. ޔާ. އިޓްސް ޓްރޫ. އަހަރެންނަށް މިއުދެކެ ލޯބިވެވުނީ ފުރަތަމަ ނަޒަރުން. އެކަމަކު އެދުވަހުވެސް މިއު ފެނުނީމަ އެނގުނު ތީ ވަރަށް ސާދާ މައުސޫމް ކުއްޖެއްކަން.” މިއުޝީންގެ އިސްއުފުލައިލަމުން ނިކްޔަލް ލޯތްބާއެކުގައި ބުނެލިއެވެ. ނިކްޔަލްގެ ވާހަކަތަކުން މިއުޝީންގެ ހިތަށް އަސަރުކުރިއެވެ. ހުރިހައި މީހުން އޭރު އޭނާދެކެ ފޫހިވީ އޭނާ ހުންނަ ގޮތުންނެވެ. ނަމަވެސް ނިކްޔަލް ނިކަން ދެކިބަލާށެވެ. ނިކްޔަލްގެ ހިތުގައި އޭނާއަށްޓަކައި ފުރަތަމަ ވިންދެއް ޖަހައިލީވެސް އޭނާ އެސިފައިގައި ހުއްޓައެވެ. އެފަދަ އިންސާނުން ހާދަ މަދުވާނެއެވެ. ތެދެކެވެ. ތިމާގެ ބޭރުފުށުގެ ރީތިކަންދެކެ ލޯބިވާނީ ހަގީގީ ލޯބިވެރިންނެއް ނޫނެވެ. އެހެނެއްކަމަކު ހަގީގީ ލޯބިވެރިންނަކީ ތިމާގެ އެތެރެފުށުގެ ރީތިކަންދެކެ ލޯބިވާ މީހުންނެވެ. ތިމާ ކޮންމެ ސިފައެއްގައިހުރި ނަމަވެސް ތިމާދެކެ ލޯބިވާ މީހުންނެވެ.
އިރުކޮޅަކު މިއުޝީންގެ މޫނަށްބަލަން އިނުމަށްފަހު ނިކްޔަލް މިއުޝީންގެ ކަރުގައި އޮތް ދޯޕައްޓާ ނެގިއެވެ. ސިހިފައި މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލިގަޑީ ނިކްޔަލް އެދޯޕައްޓާ ރޫޅައިލަމުން ގެންގޮސް މިއުޝީންގެ އިސްތަށިގަނޑުގައި އޮޅައިލައި އެއިސްތަށިގަނޑާއި ކަރުދޮށް ފޮރުވައިލަމުން މިއުޝީނަށް ފުންނަޒަރަކުން ބަލައިލިއެވެ. “މިހާރު އަދި މާ ލޯބި.” ހިތްކަތިލައިލާފަދަ ހިނިތުންވުމަކާއެކު ނިކްޔަލް ބުނެލި ޖުމުލައިގެ ފޮރުވިފައިވާ މާނަ ކިތަންމެ ރަނގަޅަކަށްވެސް މިއުޝީނަށް އެނގުނެވެ. ވީއުފަލެއްގެ ބޮޑުކަމުން ހިނިިތުންވެލަމުން ނިކްޔަލްގެ ނޭފަތުގައި ލޯތްބާއެކުގައި ހިފައިލިއެވެ.
ދެމީހުން އިރުކޮޅަކު ސަކަރާތް ޖަހަން ތިބުމަށްފަހު ވެހެމުންދިޔަ ވާރެއަށް މިއުޝީން ނަޒަރު ހުއްޓައިލިއެވެ. އެވަގުތު އައި ޚިޔާލަކުން ލޮލަށް ލައްވައިފައިވާ ލެންސް ނެގުމަށްފަހު ގާތުގައި އިން ނިކްޔަލްއަށް ބަލައިލަމުން ދުވެފައިގޮސް ވާރޭގަނޑު ތެރެއަށް ނުކުތެވެ. އެތަންބަލަންއިން ނިކްޔަލްއަށްވެސް ކެތްވީ ވަކިއިރެއްވަންދެންނެވެ. ތެދުވެ މިއުޝީންގެ ފަހަތުން ވާރޭ ތެރެއަށް ނުކުމެ ތެމެންފެށިއެވެ.
ފެހިވިނަގަނޑު މަތީގައި ވާރެއާއި ތެމެމުން އެކަކު އަނެކަކާ ސަކަރާތް ޖަހަމުން ކުޑަކުދިންތަކެއްފަދައިން ދެމީހުން ދުވަމުންދިޔައިރު މިއިން ޒަމާނަކުވެސް ހިތަމައިގެ ހިޔަންޏެއް އެދެމީހުންގެ ދިރިއުޅުމަށް ނޭޅޭފަދައެވެ. 4 އަހަރު ދުވަހު އެކަކު އަނެކެއްގެ ލޯތްބަށްއެދި ދެމީހުންކުރި ހިތާމަވެސް މިހާރު އެދެހިތުން ފިލައިގެން ދިޔަކަހަލައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ޒަޚަމްވެފައިވާ ދެހިތުގެ ޝިފާއަކީވެސް އެކަކު އަނެއްގެ ލޯތްބިވިއްޔާއެވެ.
ސަކަރާތް ޖަހަމުން ދުވަމުންދިޔަ މިއުޝީން އެގޭގައި އޮންނަ މަސްފެންގަނޑު ކައިރިއަށް ގުދުވެލުމަށްފަހު ނިކްޔަލްގެ ގަޔަށް އޭގެން ފެންފޮދެއް ޖަހައިލިއެވެ. ހިނިގަނޑެއް ޖަހައިލަމުން ނިކްޔަލް މިއުޝީން ފަހަތުން ދުއްވައިގަތެވެ. އެގޮތަށް ދުވަމުންދިޔައިރު ދެމީހުންގެ ހަނދާނުގައިވެސްވީ ސިންގަޕޫރުގައި އެމީހުން އެއްކޮށްއުޅުނު އުފާވެރި ދުވަސްތަކެވެ.
ވާރޭ ހުއްޓި ނަމަވެސް މާހައުލުގައި ހިފައިފައިހުރީ ތެތްފިނިކަމެވެ. ގަސްގަހުގެ ފަތްތަކުގައި ހަރުލައިފައިހުރި ފެންތިކިތައް ފަނޑު އަލިކަމުގެ ތެރޭގައި ވިދަމުންދިޔައިރު ހީވަނީ ކުދި ކުދި ޖަވާހިރުތަކެއް ހެންނެވެ.
ގައިގައި ފޮތިގަނޑެއް އޮޅައިލައިގެން މިއުޝީން ހުރީ ގެއަށް ވަންނަތާނގައި ހަދައިފައިހުރި ކުޑަ ސިޑިބަރިިން ސިޑިއެއްމަތީގައި އިނށީދެލައިގެންނެވެ. އަތުގައި އާވި އަރައަރައިހުރި ކޮފީމަގެއް ހުރިއިރު އިރުއިރުކޮޅުން އޭގެން އެތިފޮދު ބޮމުން ދިޔައެވެ. ގާތުގައި ނިކްޔަލްވެސް ކޮފީ މަގެއް ހިފައިގެންއިނދެ ބޮމުންދިޔައިރު ދެމެދަށްވެރިވެފައިވީ ހަމަހިމޭންކަމެވެ. އެހެންނާ އެހަމަހިމޭންކަމުން ދެމީހުންނަށް އުނދަގޫވި ނަމަވެސް މިފަހަރު އެހަމަހިމޭންކަމުން ދެހިތަށްވެސް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބެމުންދިޔައެވެ.
** ** **
މިއުޝީންމެން ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ނިކްޔަލްއަށް ހިނިތުންވުމެއްދެމުން މިއުޝީން ކާރުން ފައިބަން އުޅުނެވެ. އެވަގުތު ނިކްޔަލް މިއުޝީންގެ އަތުގައި ހިފުމުން ލަދުރަކި ހިނިތުންވުމަކާއެކު ފަސްއެނބުރި ބަލައިލިއެވެ. އެމަޑު ނޫކުލައިގެ ދެލޮލުން ބަލަމުންދިޔަގޮތުން މިއުޝީންގެ ހިތުގެ ހިނގުން އަވަސްވަމުންދިޔައެވެ. މިއުޝީންގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރަށް ބަލަންއިނދެ ނިކްޔަލް އެދޮންއަތްތިލައިގައި ލޯބިން ބޮސްދިނުމާއެކު މިއުޝީނަށް އިސްޖަހައިލެވުނެވެ. “އައި ލަވް ޔޫ ބޭބް. ފެންވަރައިލައިގެން ނިދުމުގެ ކުރިން ގުޅާނަން އެނގޭ. ބަލައިގެން އުޅެއްޗޭ.” އެއަތްތިލައަށް ފިތައިލަމުން ނިކްޔަލް އެހެން ބުނުމާއެކު ބޯޖަހައިލަމުން މިއުޝީން ކާރުން ފައިބައިގެންގޮސް ގެއަށްވަނެވެ. އެމަންޒަރުބަލަންއިން ނިކްޔަލް ހިނިތުންވެފައި ކާރު ދުއްވައިލިއެވެ.
** ** **
ގެއަށްވަދެ ދޮރުޖެހުމަށްފަހު މިއުޝީނަށް މަޑުމަޑުން ނިކްޔަލް ބޮސްދިންއަތުގައި ފިރުމައިލެވުނެވެ. އެއާއެކު އެދޮންމޫނު ވަގުތުން ރަތްވެގެންދިޔައެވެ. ހެވިފައި ނަށަމުންގޮސް ކޮޓަރިއަށް ވަތްއިރު އޭނާގެ އެނދުގައި އިޒާނާ އިނެވެ. މިއުޝީން ފެނުމާއެކު ތެދުވެގެން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓި ހަރުކަށި ރާގަކަށް ހުރިހައި ވާހަކައެއް ކިޔައިދޭން ބުންޏެވެ.
ފެންވަރައިގެންނޭ ކިޔައި ވަގުތުން ތުވާއްޔާއި ނިދަންލާ ހެދުން ހިފައިގެން މިއުޝީން ފާޚާނާއަށް ވަނުމުން އަނެއްކާވެސް އިޒާނާ ގޮސް އެނދުގައި އިނށީނެވެ.
ފެންވަރައިގެން އިސްތަށިގަނޑު ހިއްކަމުން ނުކުތް މިއުޝީން ތުވާލި ހަރުގައި އަޅުވައިލުމަށްފަހު އައިސް އިޒާނާ ގާތުގައި އިނށީނެވެ. އަދި ހުރިހައި ވާހަކައެއް އަލިފުން ޔާޔަށް ކިޔައިދިނެވެ. ވާހަކަތައް އަޑުއަހަންއިން އިޒާނާގެ މޫނުމައްޗަށްވަނީ ފަނޑުހިނިތުންވުމެއް ވެރިވެފައެވެ. އޭނާގެ އެކުވެރިއާއަށްޓަކައި އުފާކުރާހާލު މިއުޝީން ގައިގައި ބައްދައިލަމުން ކުރިން އޭނާއަށް އެވާހަކަތައް ކިޔައިނުދިނުމުން ޝަކުވާކޮށްލިއެވެ. އޭރު އެވާހަކަތައް މިއުޝީން އެކަކު ގާތުގައިވެސް ނުބުނީ ނިކްޔަލް ލޯބިވަނީ އެހެންކުއްޖެއްދެކެކަމަށް ހީކޮށެވެ.
“އަޅޭ. ކުރިން މިއުގެ ހުރިހައި އުފަލެއްވެސް އޮތީ މާލޭގައިކަން އިނގުނުނަމަ އަހަރެން މިއު ގޮވައިގެން މާލެއަންނާނެތާ ކޮންދުވަހެއް. ހެހެ.” މިއުޝީންގެ އަތުގައި ހިފައިލަމުން އުފާވެފައި އިޒާނާ ބުނެލިއެވެ. “ހެހެ.ނޫނޭ. ކުރިން މިފަދަ ބޮޑު އުފަލެއް ލިބެންއުޅޭކަން އިނގޭނަމަ ހިތާމަކުރުމުގެ އެއްވެސް ބޭނުމެއް ނޯންނާނެއްނު. އެޖަޒުބާތުވެސް ﷲ ލައްވައިފައިވަނީ އަދި ކުރިއަށްވާންއޮތް ކަންކަންވެސް ﷲ ސިއްރުކުރައްވަނީ ކޮންމެވެސް ސަބަބަކަށްޓަކައޭ. އެހެންނޫންނަމަ އެއްވެސް ބަޔަކު އެޖަޒުބާތަކަށް ގަދަރެއް ނުކުރީހެއްނު. ދިރިއުޅުމުގެ ހަގީގީ ފޮނިމީރުކަން އަސްލު ލިބެނީ ހިތާމަޔާ އުފަލާ އެދެޖަޒުބާތުވެސް އެއްވީމަ. ހިތާމަ ނުވާނަމަ އެއްވެސް ބަޔަކު އުފަލަކަަށް ގަދަރެއް ނުކުރާނެ. ހަމަ އެގޮތަށް އުފާނުވާނަމަ އެއްވެސް ބަޔަކު ހިތާމައަކަށް ގަދަރެއް ނުކުރާނެ.” އެއްދިމާއަކަށް ގެއްލިއިނދެ މިއުޝީން ބުނެލިކޮންމެ ޖުމުލައަކަށް އިޒާާނާ ބޯޖަހައިލަމުން އެއްބަސްވީ ތިއީ ތެދެކޭ ކިޔައިފައެވެ.
އެނދުމަތީގައިއޮތް ފޯން ރިންގްވާން ފެށުމުން ނަގައި ބަލައިލިއިރު ގުޅަނީ ނިކްޔަލްއެވެ. އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖައްސައިލަމުން ނިކްޔަލްއާ ވާހަކަދައްކަން ފެށުމުން ހެވިފައި ދަނީއޭ ކިޔައި އިޒާނާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ހެނދުނު އަރައިގެން އައި އިރާއެކު މިއުޝީން ތެދުވެ ފާތުންނާއެކުގައި ސައި ހަދައި ނިންމައިލުމަށްފަހު އޮފީހަށްދާން ތައްޔާރުވިއެވެ. އެވަގުތު އިޒާނާ ބޮޑު މާބޮނޑިއެއް ހިފައިގެން އައުމުން މިއުޝީން އޭގެއަށް ބަލައިލީ ލޯތްބާއެކުގައެވެ. މާބޮނޑި އަތުލުމަށްފަހު އޭގައިއޮތް ކާޑުނަގައި ކިޔައިލި މިއުޝީންގެ ކޯތާފަތަށް ޖަންބުކުލައަރައިގެން ދިޔައީ ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ލޯތްބާއެކު އެކާޑުގައި ތުންފަތް ޖައްސައިލަމުން އަލަމާރީގައިހުރި ކުޑަ ފޮށިގަނޑަށް ކާޑު ލުމަށްފަހު މޭޒުމަތީގައިހުރި ވާސްއަށް މާތައް ޖަހައިލިއެވެ. އަދި ގަޔަށް ސެންޓްކޮޅެއް ޖަހައިލަމުން ގެއިން ނުކުތްއިރު ނިކްޔަލްގެ ކާރު އައިސް ގޭގެ ދޮރުމަށްޗަށް މަޑުކޮށްލަނީއެވެ. ފަހަތު ޝީޓްގައިއިން ނިކްޔަލް ދޮރު ހުޅުވައިލުމާއެކު ލޯބި ހިނިތުންވުމަކާއެކު މިއުޝީން ކާރަށް އެރިއެވެ.
** ** **
މިއަދުގެ އެންމެ ހޫނު ޚަބަރަކަށްވެފައިވަނީ މަޝްހޫރު ބިޒްނަސް މޭން، ޝަޔާން ޕޮލިހުންގެ ހައްޔަރުގައިވީ ޚަބަރެވެ. އޭނާ އަތުލައި ގަނެވުނު ގޮތަކާއި އޭނާގެ ލެޕްޓޮޕުންނާއި ފޯނުން އެކި އަންހެންކުދިންގެ ތަސްވީރުތަކާއި ބްލެކްމެއިލް ކޮށްފައިވާ މެސެޖުތައް ފެނުނު ވާހަކަވެސް ހޫނުކަމާއެކު މުޅި މާލެތެރޭގައި ފެތުރެމުންދިޔައެވެ.
ކޮޓަރިން ނުކުތް ރަޝާއާދިމާއަށް އޭނާގެ މަންމަ ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ. ހަގީގަތުގައިވެސް ރަޝާގެ ވާހަކަތައް ގަބޫލުނުކުރެވުނީތީ އޭނާ ދެރަވިއެވެ. ދަރިފުޅުގެ ކިބައިން މައާފަށް އެދުނު ވަގުތު ހިތްހެޔޮހިނިތުންވުމަކާއެކު ރަޝާ މަންމައަށް މައާފުކޮށްދިނެވެ. އާއިލާގެ ހުރިހައި މީހުނަށްވެސް އޭނާގެ ހިތް ހެވެވެ. އެމީހުންނަށް އެހެން ހެދުނީ ހަގީގަތް ނޭނގުމުންކަމުގައި ރަޝާ ގަބޫލުކުރިއެވެ. އޭނާ އާއި އޭނާގެ ބަނޑުގައިވި ތުއްތު ފުރާނަ އެއާއިލާއިން ބަލައިގަތީ ލޯތްބާއެކުގައެވެ. އެކަމާ ރަޝާ ހުންނަނީ ވަރަށް އުފާވެފައެވެ. ދިރިއުޅުމުގައި އެތައްފާފަތަކެއް ކުރެވިފައިވީ ނަމަވެސް އޭނާވަނީ އެއިން ކޮންމެ ކަމަކަށް ތައުބާވެ އޭނާގެ ފަރާތުން ހިތާމައެއްދެވުނު ކޮންމެ މީހެއްގެ ކިބައިން މައާފަށް އެދިފައެވެ. އެތައްވޭނަކާއި ހިތާމައެއް އުފުލުމަށްފަހު މިހާރު އޭނާގެ ހަޔާތް އަލުން އުފާވެރިވެއްޖެކަމަށް ރަޝާ ގަބޫލުކުރީ އޭނާގެ އާއިލާގެ ލޯތްބާއި އެއްބާރުލުން އޭނާއަށް ލިބެންފެށުމުންނެވެ.
** ** **
އޭގެ އެއްހަފުތާ ފަހެވެ. އޮފީހަށް ދިއުމަށްޓަކައި ނިކްޔަލް މިއުޝީން ބަލައި އައިސް އިންއިރު އިރުއިރުކޮޅާ ގަޑިއަށް ބަލަމުންދިޔައެވެ. މިއަދު އެހެންދުވަސްތަކާ ޚިލާފަށް މިއުޝީން ލަސްވާހެން ނިކްޔަލްއަށް ހީވުމުން ފޯންނަގައި ގުޅައިލިއެވެ. ނަމަވެސް ރިންގް ހުސްވެގެން ދިޔައިރުވެސް މިއުޝީން ފޯން ނުނެގުމުން ކަންބޮޑުވެފައި ނިކްޔަކް ކާރުން ފޭބިވަގުތު ގޭގެ ދޮރު ހުޅުވައިލަމުން ނުކުތް މިއުޝީން ފެނިފައި އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ކްރީމްކުލައިގެ ގަޔަށް ދޫ ފައިކޮޅާ ހަމައަށްއަރާ ހެދުމާއި އެކުގައި ކަޅު ޝޯލްއެއް އަޅައިގެންހުރި މިއުޝީން ފެނުމުން ނިކްޔަލް ގަނޑުވިކަހަލައެވެ. ހުއްޓުންއަރައިފައި އެރީތި ޕަރީއެއްފަދަ އަންހެންކުއްޖާގެ މޫނަށް ބަލަން ނިކްޔަލްއަށް ހުރެވުނީއެވެ. އެގޮތަށްހުރުމުން މިއުޝީންގެ ރީތިކަން އެތައްހާސްބައެއް އިތުރުވެފައިވާހެން ނިކްޔަލްއަށް ހީވިއެވެ. އޭނާ އެރޭގައިދިން މެސެޖު ނިކަން ރަނގަޅަށްވެސް މިއުޝީނަށް ވިސްނުނުކަން އެނގުމުން ނިކްޔަލް ވަރަށް އުފާވިއެވެ.
ނިކްޔަލްހުރިގޮތުން ހެވިފައިހުރެ ފަރިހިނގުމެއްގައި އައިސް މިއުޝީން ނިކްޔަލްގެ ކުރިމައްޗަަށް މަޑުކޮށްލިއެވެ. އަދި އިސްޖަހައިލަމުން އޭނާ ބުރުގާއެޅީމައި ރީތިތޯ އަހައިލިއެވެ.
“އޯ ގޯޑް. މިއު ހާދަ ލޯތްބޭ. ހަގީގަތުގަ އަންހެންކުދިންގެ އަސްލު ރީތިކަން ހާމަވަނީ ބުރުގާ އެޅީމަ. ޔޫ ލުކް ގޯޖަސް މައި ޕްރިންސަސް.” އެމޫނުގައި ދެއަތުން ހިފަހައްޓައިލަމުން ނިތުގައި ބޮސްދިނުމަށްފަހު ނިކްޔަލް ތައުރީފުކޮށްލިއެވެ.
އޮފީހަށް ވަދެގެންދިޔަ މިއުޝީން ފެންނަ ކޮންމެ މީހަކުވެސް އޭނާގެ ރީތިކަމަށް ތައުރީފުކުރަމުން ދިޔައެވެ. ލަދުގަނެފައިހުރެ ކޮންމެ މީހަކަށް ޝުކުރިއަދާކުރަމުން ގޮސް މިއުޝީން އޭނާގެ ކެބިންއަށް ވަނެވެ.
އޭނާއަށް ނިކްޔަލްގެ ލޯތްބާއި އަޅައިލުން ލިބެންފެށިފަހުން އޭނާގެ ދިރިއުޅުން ހާދަހައި އުފާވެރިއެވެ. އެކަމަކަށްޓަކައި އޭނާ އާކިލްއަށް ޝުކުރުވެރިވީ އެފޮތް އާކިލް އޭނާއަތަަށް ގެނެސްދިނީ ގަސްތުގައިކަން އެނގުމުންނެވެ. އެދެމީހުންގެ ގުޅުމާއިމެދުގައި އާކިލްވެސް ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. ނިކްޔަލްގެ މޫނުމަތިން އެދުވަހަށްފަހު ފާޅުވާންހުންނަ އުފާވެރިކަމުން އާކިލްގެ ހިތަަށްވެސް ހަމަޖެހުން ގެނުވަމުންދިޔައެވެ.
ުދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. އަވަދިނެތި މިއުޝީން އުޅެމުންދިޔައީ ނިކްޔަލްގެ އެދުމަށް ބިޒްނަސް ކަމެއްގައި ރާއްޖެތެރޭގެ ރަށަކަށްދާން ތައްޔާރުވެއެވެ. ފޮށި ތައްޔާރުކޮށް ނިންމައިލުމަށްފަހު ގަޑިއަށް ބަލައިލަމުން ނުކުންނަން އުޅެނިކޮށް ނިކްޔަލްގެ ޑްރިއިވަރ އައިސް އޭނާގެ ކޮޓަރީގައި ޓަކި ޖެހިއެވެ. ދޮރުހުޅުވައިލުމުން ފޮށި ބަލައިކަމަށް ބުނުމުން އަވަސް އަވަހަށް އޭނާ ވަންނަން މިއުޝީން ތަންދެއްކިއެވެ. އޭނާގެ ފަހަތުން ކޮޓަރިން ނުކުމެ އިޒާނާ އާއި ފާތުންނާ ސަލާމް ކޮށްލުމަށްފަހު މިއުޝީން ގެއިން ނުކުމެ ނިކްޔަލްގެ ކާރަށް އެރިއެވެ.
“ކޮން ރަށަކަށްތަ މިދަނީ؟” ނިކްޔަލް ގާތުގައި ފަހަތުގައި ޝީޓްގައި ހަމަޖެހިލަމުން މިއުޝީން އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. ރާއްޖެތެރޭ ރަށެކޭ ބުނިނަމަވެސް ކޮން ރަށެއްކަން ނިކްޔަލް އޭނާގާތުގައި ބުނަންބޭނުންނުވަނީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ.
“އަނެއްކާވެސް. ދެން ކެތްކޮށްބަލަ. ދިޔައީމަ އެނގޭނެ. ވަރަށް ރީތި ރަށެކޭ އެއީ.” ހެވިފައި ނިކްޔަލް ބުނެލިއެވެ. ކާރުގޮސް އޭނާގެ ލާންޗް ކައިރިއަށް މަޑުކޮށްލަމުން ކާރުން ފައިބައި ލާންޗަށް ލަގެޖްތައް އެރުވުމުގައި ޑްރައިވަރ ހަރަކާތްތެރިވަމުން ދިޔައެވެ.
ފުންނޭވާއެއްލަމުން ލޮލުގައި އަވިއައިނު އަޅައިލުމަށްފަހު މިއުޝީން ކާރުން ފޭބިއެވެ. ނިކްޔަލްގެ އެހީއާއި އެކުގައި ލާންޗަށް އަރައި ދެމީހުން ހަމަޖެހިލުމާއެކު ލާންޗް ދުއްވައިލިއެވެ. މިދެވެނީ ކޮންރަށަކަށްކަން ނޭނގޭ ހާލުގައި މިއުޝީން ހިނިތުންވެފައި އިނެވެ.
ކުދި ކަފަކޮޅުތަކެއްފަދަ ވިލާތަށް އުޑުމަތީގައި ދަތުރުކުރަމުންދިޔައިރު، އިރުގެ ރަންދޯދިން ކަނޑުގެ ލޮނުގަނޑު ޖަވާހިރުތަކެއްފަދައިން ވިދަމުންދިޔައެވެ. ބާރު ސްޕީޑްގައި ލޮނުގަނޑު ކަފަމުން ލާންޗް ކުރިއަށް ދިޔައިރު މިއުޝީންގެ މޫނަށް ނަޒަރު ސީދާކޮށްލައިގެން ނިކްޔަލްވެސް އިނެވެ.
ކުރިމަތިން ރަށެއްގެ މަލަމަތި ފެންނަން ފެށުމުން ނިތަށް ރޫއަރުވައިލަމުން މިއުޝީން ހެވިފައި ނިކްޔަލްގެ މޫނަށް ބަލައިލީ އާދެވުނީތޯ އަހައިލާފަދަ ގޮތަކަށެވެ. ބޯޖަހައިލަމުން ނިކްޔަލްވެސް ހިނިތުންވެލީ ދެންވެދާނެ ގޮތަކަށް ރަނގަޅަށް ތައްޔާރުވެލަމުންނެވެ.
ރަށެއްގެ ކައިރިއަށް ލާންޗް މަޑުކޮށްލުމާއެކުގެ ނިކްޔަލްއާ އެކުގައި ބޭރަށް ނުކުމެ މިއުޝީން އެރަށަށް ނަޒަރު ހިންގައިލިއެވެ. ވަގުތުން ދެލޯބޮޑުވެ އަނގަހުޅުވިގެން ދިޔައެވެ. އާނއެކެވެ. އެއީހަމަ އޭނާ ދޫކޮށްެދިޔަ އޭނާގެ ރަށެވެ. ފަހަރެއްގައިވެސް ނިކްޔަލް އޭނާ ގޮވައިގެން އެރަށަށް އައިސްފާނެކަމަކަށް މިއުޝީން ހިއެއްނުކުރެއެވެ.
ހިތްހަމަނުޖެހިފައި ފަހަތަށް އެނބުރި ނިކްޔަލްގެ މޫނަށް މިއުޝީން ބަލައިލިއެވެ. އޭރު ޖީބަށް އަތްޖަހައިލައިގެން އޭނާގެ މޫނަށް ބަލަން ނިކްޔަލްވެސް ހުއްޓެވެ.
“ނިކް. ކީއްވެ؟” މިއުޝީނަށް ބުނެވުނީ އެހިސާބަށެވެ. ވަގުތުން ދެލޯފެންކަޅިވިއެވެ. “މިއު. އަޑުއަހާބަލަ. މިއުއަށް އެނގެންޖެހޭ ވަރަށް މުހިންމު ހަގީގަތެއް މިރަށުގައި އޮތީމަ މިތަނަށް މިއައީ. ޕްލީޒް. މިއު ބުނީމެއްނު ކޮންމެކަމެއްގަވެސް އަހަރެންނަށް އިތުބާރުކުރާނަމޭ. މިއުއަށް ދެރައެއްލިބޭނެ އެއްވެސްކަމެއް އަހަރެން ނުކުރާނެކަން މިއުއަށް އެނގެއެއްނު. ޕްލީޒް ޓްރަސްޓް މީ. އަހަރެން ހުއްޓަ އެކަކަށްވެސް މިއުއާ ދިމާއަށް ބަދުބަހެއް ބުނާކަށް ނުކެރޭނެ.” ލާންޗް ތެރެއަށް ވަންނަންއުޅުނު މިއުޝީންގެ އަތުގައި ހިފައި ހުއްޓުވަމުން ވިސްނައިދޭފަދަ ގޮތަކަށް ނިކްޔަލް ބުނެލިއެވެ.
ނިކްޔަލްގެ ވާހަކަތަކުން މިއުޝީން ކިތަންމެ ބޭނުންުވިނަމަވެސް އެރަށަށް ފައިބަން އެއްބަސްވިއެވެ. އެތަނުގައި އޭނާއަށް ހެޔޮއެދޭ ހަމަ އެކަކުވެސް ނެތްކަން އޭނާއަށް ޔަގީނެވެ. އެހެނަސް ނިކްޔަލްއަށް އިތުބާރުކޮށް ނިކްޔަލްގެ ބަސްގަބޫލުކުރަން އޭނާގެ ހިތްއެދުމުން އެކަމަކަށް ދެކޮޅުހަދަން މިއުޝީން ބޭނުންނުވީއެވެ.
އޭރު އެދެމީހުންނަށް ބަލަން ހައިރާންވެފައި ބަނދަރުމަތީގައި ބައެއްމީހުން ތިއްބެވެ. ބުރުގާއެޅި ނަމަވެސް އެެއީ މިއުޝީންކަން އެތަނުން ގިނަ ބަޔަކަށް އެނގުނެވެ. ނަމަވެސް އޭނާގެ ގާތުގައި އިން ފިރިހެންކުއްޖާގެ ގޮތެއް ނޭނގޭތީ އެމަންޒަރުބަލަން ތިބީއެވެ.
ލާންޗްއިން ފޭބުމަށްފަހު މިއުޝީން އިސްޖަހައިލީ އެތަނުގައިތިބި މީހުންގެ ނަޒަރު އޭނާއަށް ހުއްޓިފައިހުރިތަން ފެނުމުންނެވެ. އެއްވެސް އައިބުކަމެއްނެތި ނިކްޔަލްއާ އެކުގައި ތަންކޮޅެއްދުރުގައި އޮތް ކާރާއި ދިމާއަށް ހިނގައިގަތް މިއުޝީން ފެނުމުން އެންމެންގެ އަނގަތައް ހުޅުވިގެން ދިޔައެވެ. އެތަންފެނި ނިކްޔަލްގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
** ** **
ހަޑިވެފައިހުރި ހުރިހައި ތެލިތަކެއް ދޮންނަން ގޯތިތެރޭގައި ހަރީރާ އިނެވެ. ގައިގެ އެކި ތަންތަނުގައި ދެލި އުނގުޅިފައިހުރި ނަމަވެސް އެއިން ކަމަކަށް ފަރުވާލެއް ނުބަހައްޓައި ހަރީރާ އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ކުއްލިއަކަށް ގޭގެ ދޮރުކުރިމައްޗަށް ކާރެއް މަޑުކޮށްލި އަޑުއިވުމުން އިސްއުފުލައިލައި ހަރީރާ ބަލައިލި ނަމަވެސް ދެވަނަ ސިކުންތުގައި އިސްޖަހައިލީ ލީޒް ހޯދަން މީހަކުއައީ ކަމަށްހީކޮށް ވީފޫއްސެއްގެ ބޮޑުކަމުންނެވެ. ތެލިތައް ރީތިކޮށް ދޮވެނިންމައިލުމަށްފަހު ހިންދެމިލި ވަގުތު ދޮރުކުރިމަތިން ފިރިހެންކުއްޖަކު ސަލާމް ގޮވައިލި އަޑުއިވުނެވެ.
** ** **
ކާރު އައިސް މަޑުކޮށްލީ ސީދާ މިއުޝީންމެންގޭ ކުރިމައްޗަށެވެ. ކިތަންމެ ޒަމާނީކޮށް ހަދައިފައިހުރި ނަމަވެސް މިއުޝީނަކަށް އޭނާގެ ގެއެއް ނޯޅޭނެއެވެ. ނިކްޔަލްއަށް އެހައި ޔަގީންކަމާއެކު އޭނާގެ ގެ ހުންނަތަން އެނގުނީ ކިހިނެއްބާވައެވެ؟ ސުވާލުގެ ނަޒަރަކުން މިއުޝީން ބަލައިލުމުން ހިނިތުންވެފައި ނިކްޔަލް ކާރުން ފޭބިއެވެ. ނުފައިބަން އިންނަމަވެސް ނިކްޔަލް އާދޭސްކުރަން ފެށުމުން ހިތާއި ދެކޮޅަށް މިއުޝީން ކާރުންފޭބީ ހިސާބަކަށް ޖެހިލުންވެފައި ހުރެއެވެ. ޔަގީނެވެ. ހަރީރާއަށް އޭނާ ފެނިއްޖެނަމަ އޭނާގެ ދުވަސްދުއްވައިލާނެއެވެ. އޭނާގެ ހިތުގައި ޖެހޭވަރަށް ހަޅޭލަވައި ތަންގަނޑު މީހުން އެއްކުރާނެއެވެ.
ނިކްޔަލްގެ ފަހަތުން ޖެހިލުންވެފައިހުރެ މިއުޝީން އެގެއަށް ވަނެވެ. މިއުޝީންގެ އަތަށް ފިތައިލަމުން ނިކްޔަލް ސަލާމް ގޮވައިލިއިރު މިއުޝީން ވިސްނަމުންދިޔައީީ ނިކްޔަލް ކުރަން އެއުޅޭ ކަމަކާމެދުގައެވެ.
އެތެރެއިން ހަރީރާ ސަލާމް ބަލައިގަތްއަޑު އިވުމާއެކު މިއުޝީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެތައްދުވަހަކަށްފަހު ލޯބިވާ މަންމަގެ އަޑު އިވުމުން ހަރީރާ ދެކިލާހިތުން އެހިތް ތެޅިގަތެވެ. އަދިވެސް އެހިތުގައި އޭނާގެ މަންމައަށްޓަކައިވާ ލޯބި ފަނޑުނުވެ ދެމިއޮތްކަން އެކަމުން އެނގި ހާމަވެގެން ދިޔައެވެ.
ފުންނޭވާއެއްލަމުން ނިކްޔަލްގެ ފަހަތުން ގޭތެރެއަށްވަތް މިއުޝީންގެ ދެލޯބޮޑުވީ ހަރީރާހުރި ގޮތް ފެނިފައެވެ. 5 ވަރަކަށް ތެލި އަތުން ހިފައިލައިގެންހުރި ގޮތުންނާއި ގައިގައި އުނގުޅިފައިހުރި ދެލިން ހަރީރާ ތެލިދޮވުނީ ދެންމެކަން އެނގެއެވެ. މަންމަގެ ހާލު ހަމަލޮލަށް ފެނުމާއެކު މިއުޝީންގެ ހިތަށްހީވީ ތޫނު ހަންޖަރެއް ހެރުނުހެންނެވެ. ބައު ހެދުމާއެކު ހޭވިފައިވާ އިސްތަށިގަނޑުން ކިތަންމެ ރަނގަޅަކަށްވެސް އެގޭގައި އެނިކަމެތި މަންމަގެ މަގާމް އެނގި ސާފުވެގެންދިޔައެވެ. މިއުޝީން ފެނުމާއެކު ހަރީރާއަށްވެސްވީ އެފަދަ ގޮތެކެވެ. ކިތަންމެ ބަދަލުވެފައި ހުރިނަމަވެސް އޭނާއަށް އޭނާގެ ދަރި ވަކިކުރަން އެނގޭނެއެވެ. ދެލޯބޮޑުވެގެން ދިއުމާއެކު އަތުގައިހުރި ތެލިތައް ވަގުތުން އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ރޮވިފައި އޭނާއާއި ދިމާއަށް ބަލަންހުރި މިއުޝީން ފެނުމާއެކު ހަރީރާގެ ހިތަކަށް ކެތެއްނުވިއެވެ. ބާރަށް ރޮއިގަންނަމުންހުރި ތަނަށް ތިރިވީ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
82 Comments!
Comments are closed.







Salaam all.. Here is the 21st part of the stry.. Hope all will like this part too.. Mistake eh inihyaa bunelahchey.. Nxt part in sha allah tmrw.. Enjoy reading.. N have a nice day.. Ly all❤?
Awesome??? mi part ga sifakohdheefa huri goiy vrh reethi..? i can image n nau ge mom ge bai sifa kohdheefa huri gothun i had tears in my eyes.. nau you are so talented❤. Keep it up? waiting for next part?
Awwn.. Thanks alot annu❤?
I love this story sooooooooo much.enmeshed inthizaaru kurevey story mi eky…love you nau.
Thanks alot dear.. Luv u too❤
awesome. ???
Thanks dear?
Me first.. yehhhh… nice when next part coming
Thanks dear.. In sha allah tmrw
???? varah varah asaru gadha.. Avahah anehbai upkohdhechey
Thanks dear.. Yes in sha allah
masha allah mi story v v v v reethi …
Thanks naju
omg…rovihjje hama aslu
alhe vrh reethi
Awwn.. Thanks dear
Awwww…????
Alhe soo touching… Vvvv loabi….???
I love you Nick.. He is sooo awesome…???
And I m sooo happy for you Miu love…??❤
Dhn hama maadhama ah wait kuran tha jeheynee.???
ekamu ves Waiting?♥♥♥♥
All the best naukolhaa.??
Love you bodu koh..??✨
Hehe.. Thanks alot love.. Ya dhn wait kohlaany dhw..❤❤??
Luv u too dear?❤
V v salhi mi partves????
Thanks dear❤❤
lolun karuna hilijje… Masha Allah v reethi mi part… v heart touching mi part… nau keep it up dear.. loveeeeeesss 😀 <3
Thanks darl.. Loves❤
Vvvv furihama….bunaa ne ehche nei…nau u are the bst…lov it????????
Awwn.. Thanks lam❤?
Knirakun next part up vany…haadha rychey
In sha allah tmrw.. Thanks dear
Masha Allah haadha reehchey
Thanks dear
vvvv reeethii
.. thankx nau … i love miu n nik ♥♥
Thanks sam❤
Masha Allah vvv furihama
Thanks dear
Wow. Miu avahah miu ge mum male gendhey. Eyrah rangalhu vaanee dhw nau. This is my first comment ingey. Nau ge hurihaa stories ehves vvv reethi.. ly nau. Nau kithah years tha mihaaru?
Thanks dear.. Happy to knw that.. Ly too.. I m 18 yrs old
Nau dhean mirey adhi eh part. Pls ?????????
Hehe.. Sry dear.. V bxy. Bt in sha allah tmrw upkohdheynan
Wow awesome ❤❤❤❤????????????? plx plx mirey one more part ☝ kohladheeeba story nimeneetha nau plxxxxxxx and mi part ves vv reathi and no mistakes ??
Thanks alot dear.. Ya dhn almst nimumakaa gaai vy..❤??
Vaahaka varah varah reethi.
Ekam moonukolhu, faikolhu, neyfaiykolhu mihen nukiyaane dho.
Eheh. I also dunno.. Btw thanks dear
Alhey….. varah varah varah reethi mi part vas…….❤❤❤❤❤❤❤
Thanks love❤❤
Varah reethi mi Story
Thanks dear
Amazing love you soooooooo muchhhhhhhhhhh ????????
Thanks dear.. Ly too
V v reethi hama v obi i am waiting part????? all the best nau????????????
Thanks dear
V v reethi hama v obi i am waiting next part????? all the best nau????????????
❤❤?
Masha Allah… Nau alhe haadha ryhchey khonme partehves thi genesdhey goeh… Hama ehvanaey bunelaany.. Nau ah thi rogun enme furihama gothuge kuriah dhevidhaanekan hama yagyn
Awwnn.. Thanks alot my dear
varah reethi mi part ves nau <3 finally miu and nik gulhuni ma varah reethi <3 waiting for the next part
Thanks dear
Wooooowww..v.kamudhey.?????? keep it up
Thanks dear
wow wow hama rovihje?????
Thanks nuz
Wow!! V v reethi. An awesome part. I love it. Waiting for the next part.❤?
Thanks dear❤❤
You made me cry ?❤️
Alhey.. Hehe.. Thanks dear❤
How old are you?
M 18 yrs old
Vvvvvvvvvv reethi stry…whn nxt prt??waiting waiting…
Thanks dear.. In sha allah tmrw
V Reeth Masha Allah ???.
Thanks dear
Wow. .. vvv rythi. … eagerly waiting for next part ☺☺???❤
Thanks dear❤❤
so touching .. masha allah vaahaka haa habeys. mee hama ehvanaige vaahakaeh… all the best for the next part n m waiting for the next part..,..
Thanks dear..
Wowwwww??????????????
Thanks jum❤?
masha allah varah furiha neh bunaany hama ehves ehcheh very beutiful story??????????⛤⛥☾??????
Awwn.. Thanks dear?❤
miadhu varah avahah up kohla dheebaa pls pls
Nw upkohfin.. Sry lasvyma dear
Nau… Kon irakun next part up kohdheynee??? Avahah up kohdheebaa.. ??
Mihaaru kiyaa hithun hurevenykee noon…???
Hehe. Upkohlaafin dear
Nau koniraku vaahaka up kuranee v kiyaahithun mi inny
Upkohfin dear