އަފްރީން އާދައިގެ ވަރަކަށް ވުރެ ބާރަށް ސައިކަލު ދުއްވާލީ މީހަކު މާ ސީރިއަސްވެގެން ގުޅުމުން ލަސް ކުރަން ބޭނުން ނުވާތީއެވެ.

*******************

އަފްރީން އަވަހަށް ހޮސްޕިޓަލަށް ވަދެފަ ސްއިން-އިން ވާން ވެސް ނޫޅުނީ އަދި އަފްރީން ޑިއުޓީ ފެށޭ ގަޑި ކައިރި ނުވާތީއެވެ.

 

އަފްރީން ބާރު ހިނގުމެއްގައި ގޮސް އެމަޖެންސީ ރޫމާއި އަރާ ހަމަވި އިރު ޔުއާން އެމަޖެންސީ ރޫމް ދޮރުމަތީގައި ދެކޮޅަށް ދެކޮލަށް ހިނގާލަ ހިނގާލަ ހުރުމުން އަފްރީންއަށް ހީކުރެވުނީ އަލީއަށް ކަމެއް ވީކަމުގައެވެ.

އެހެންކަމުން ޔުއާން ގާތު އަހަންވެސް ނުހަދާ އަވަސް އަވަހަށް ގޮސް އެމަޖެންސީ ރޫމް ތެރެއަށް ދެމިގަތެވެ.

ނަމަވެސް އަފްރީން ހީކުރި ގޮތާ ހިލާފަށް އެނދުގައި އޮތީ އަލީއެއް ނޫނެވެ. އަފްރީންގެ އެންމެ ގާތް އެކުވެރިޔާ އީޝާއެވެ.

ކޮނަމެ މީހެއް ވިޔަސް އަފްރީން އަވަސް ވެގަތީ އަފްރީންގެ ޒިންމާ އަދާކުރާށެވެ.

އެހެން ނަމަވެސް އަފްރީންގެ ހިތުގެ ހައިޖާނުގަނޑުވަނީ ބޮޑުވެފައެވެ. އީޝާ މިތާ އެތެރޭގައި އޮތް އިރު ޔުއާންއެހާ ހާސްވެފައި ބޭރުގައި ހުންނަން ޖެހޭ ސަބަބެއް އެއް ގޮތަކަށްވެސް އަފްރީނައަކަށް ނުވިސްނުނެވެ.

އީޝާ ވެއްޓި ބޯ ފެޅިފައި ވުމުން ބޮލުގައި ބޭސް އަޅާފައި ވަރުދެރަވެފައި ވުމުން  އައި.ވީ. ފުޅިއެއް ގުޅާފައި ވާރޑަށް ނެރުނެވެ.

ހުރިހާ ކަމެއް ނިމުމުން އަފްރީން ދިޔައީ ގަޑި ނުޖެހެނީސް ސައިން-އިން ވެލާށެވެ.

އީޝާގެ ހުރިހާ ކަމެއް އަފްރީންއާއި ހާވާލުކޮށްފައި ވާތީ އަފްރީން ހުރީ އުފަލުންނެވެ. އެހެނީ ރަހްމަތްތެރިޔާގެ ހާލު ހުރިގޮތް ފަސޭހައިން އެނގޭނެތީއެވެ. އެހެނަސް އަފްރީންގެ ހިތަ ދިޔައީ ނުތަނަވަސް ވަމުންނެވެ. ހިތުގެ ކަނަކުން ދިޔައީ ކަމެއް ގޯސް ވާން އުޅޭ ކަމުގެ ސިގްނަލް އަޅަމުންނެވެ.

އަދިވެސް އަފްރީންއަށް ނުވިސްނިގެން އުޅެނީ އީޝާއާއި އެކު މިތާގަ ޔުއާން ހުރި ސަބަބެވެ.

ހިޔާލު ތަކުން އެއްކިބާވެގެން އަފްރީން އީޝާގެ ފައިލް ނަގައިގެން ދިޔައީ އީޝާ ކާން ޖެހޭ ބޭން ދިނުމަށާއި ބޮލަށް ތަދުވޭތޯ ބެލުމަށެވެ. ކުރު ގޮތަކަށް ބުނަންޏާ އަފްރީންގެ ޒިންމާ އަދާކުރާށެވެ.

 

“އީޝާ މިހާރު ކިހިނެއް؟ ބޮލަށް އެނބުރުން އަރާތަ؟ ނޫނީ ތަދުވޭތަ؟” އަފްރީން ހިނިތުންވެލަމުން އަހާލީ ކައިރީގައި އިން ޔުއާންއަށް އަވަސް ނަޒަރެއް ދެމުންނެވެ.

“މިހާރު ހަމަ އޯކޭ. ކޮން އިރަކުން އަހަރެން ދޫކޮށްލާނީ.؟ މިހާރު ފޫހި ވެއްޖެ މިތާ އޮވެ އޮވެ.” އެހާލުގައި އޮވެގެންވެސް އީޝާ ޝަކުވާ ކުރާތީ އަފްރީން ގާތަށް ހިނި އަންނަ ގޮތްވިއެވެ. ނަމަވެސް ހިނިގަނޑު ހިންދާލީ ވަޒީފާ ގަޑި ކަމުގައި ވާތީއެވެ.

“މި އައި.ވީ. ފުޅި ހުސްވީމަ ދޫކޮށްލެވޭނެ. ރެސްޓް ކޮށްލާ. ފުޅި ހުސްވީމަ ގޮވާލާ އިތުރު ކަމެއް ބޭނުންވާ ކަމުގައި ވަންޏާވެސް ގޮވާލާ.” އަފްރީން ބުނަން ބޭނުންވާ ވާހަކަތައް ބުނެފައި ދާން ހިނގައިގަތީ ޔުއާން ކުރިމަތީގައި ހުންނަން އުނދަގު ވުމުންނެވެ.

 

އަފްރީން ގޮސް މޭޒު ކައިރީގައި އިށީނދެފައި އީޝާ އޮތް އެނދާ ދިމާލަށް ބަލާލީ ޔުއާންއަށް ބަލާލަންށެވެ. އެވަގުތު ފެނުން މަންޒަރުން އަފްރީންގެ ލޮލުން ކަރުނަ އައެވެ.

އެފެނުނޫ ދުވަހަކުވެސް އަފްރީން ބަލަން ބޭނުންވި މަންޒަރެއް ނޫނެވެ. ނަމަވެސް ތަގުދީރުގެ ކުޅިގަނޑު ނިކަން ދެކިލަބަލާށެވެ. އަފްރީންއަށް މިއަދު ޔުއާން އޭނައާއި ދުރުވި ސަބަބު އެނގި ހާމަވެއްޖެއެވެ. އަދި މިއަދު އީޝާގެ އާއިލާ މީގެއްގެ ބަދަލުގައި މިތާގައި އީޝާގެ އެހީތެރިއެއްގެ ގޮތުން ޔުއާން އިނީ ކީއްވެކަންވެސް އެނގިއްޖެއެވެ.

 

އަފްރީން އެންމެ ހިދުކޮޅަކަށްވެސް ހޮސްޕިޓަލުގައި މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ބޮލުގައި ރިހެނީ ކަމަށް ބުނެފައި ހާފްޑޭ ނަގައިގެން ގެއަށް ދިޔައީއެވެ.

 

އަފްރީން ގޮސް ގެއަށް ވައިން އިރު އަރްމާން އަދި އައިރީން ތިބީ ކޮންމެވެސް ކަމަކާ ޒުވާބު ކުރާށެވެ. އާސިމާ އަދި އައިރީންގެ މަންމަވެސް ކައިރީގައި ހިނި އައިސްފައި ތިއްބެވެ.

ކުރިން އަފްރީންއަށް އައިރީންގެ މަންމަ ފެނިފައި ނުވިއަސް އައިރީންއާއި ވައްތަރު ގޮތެއް ހުރުމުން އެއީ އައިރީންގެ މަންމަކަން އަފްރީންއަށް އެނގުނެވެ.

 

އަފްރީން ފެނުމުން އަރްމާންވެސް ދިޔައީ ހުއްޓުން އަރައިގެންނެއެވެ. އެހެން އެކަކަށް ނޭނގުނަސް އަރްމާންއަށް އަފްރީންގެ މޫނުމަތިން ފެންނަ ކުލަވަރުން ކަމެއް ގޯސްވެއްގެ ކަން ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ.

އާސިމާއަށްވެސް އަފްރީން އެގަޑިގައި ފެނުމުން ހައިރާންކަމެއް ލިބުނެވެ. އެހެނީ އަދި އަފްރީންގެ ޝިފްޓް ނިމޭ ގަޑިއެއްވެސް ނުޖެހެއެވެ. އަދި ހަމަ އެހެންމެ ބްރޭކަށް އަންނަ ގަޑިވެސް ގާތް ނުވެއެވެ.

އަފްރީންއާއި ސުވާލު ކުރުމުން ހަމަ އެކަނި ބޮލުގައި ރިއްސަނީ ކަމަށް ބުނެފައި ކޮޓަރިއަށް ދާން ހިނގައިގަތެވެ. އާސިމާވެސް އެއްޗެއް ނުބުނީ ކަމެއް ވިނަމަ ބުނާނެ ކަމަށް އުންމީދު ކޮށްފައެވެ.

އަރްމާންވެސް އިހަށް އަފްރީން ކައިރިއަށް ދާ ހިޔާލު ނުކުރީ އަފްރީންއަށް އެކަނި ވަގުތު ކޮޅެއް ދިނުމަށެވެ. ނަމަވެސް މާ ލަސް ވަންޏާ އަރްމާން އަފްރީން ގާތަށް ދާނެއެވެ.

އަރްމާން އެހެން ހިޔާލުތައް ބޮލުން ނެރެލާފައި މަޝްވަރާ ކުރަން ތިބި ކަންތައް ކުރިއަށް ގެންދިޔައެވެ.

މިއަދު އައިރީން އާއި އަރްމާންގެ ކައިވެނި ކުރެވޭ ދުވަސް ކަނޑައެޅިއެވެ.

ކައިވެނި ކުރަން ނިންމީ ދެން ފެށެން އޮތް މަހުގެ 1 ގައެވެ. އެހެނީ އައިރީންގެ ބޭބެއަށްވެސް އާދެވޭނީ އެހާ ތަނަށް ކަމަށް ވާތީއެވެ.

އައިރީންގެ ބައްޕަ ދުނިޔޭގައި ނެތީމައި އައިރީންއަށް ވަލީދޭން ހުރީ އައިރީންގެ އެއްބަނޑު އެއްބަފާ ބޭބެ އަސްލަމް ކަމުގައި ވާތީ އަރްމާންވެސް ބޭނުންވީ ގާޒީއާއި ވަލީ ހަވާލު ނުކޮށް އަސްލަމްއަށް އާދެވެންދެން މަޑު ކުރާށެވެ.

 

އަފްރީންއަށް ކޮޓަރިއަށް ވަދެވަމާއި އެކު ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔަ އަފްރީން ފެންނަ މީހަކުވެސް ހިތްފަޅައިގެން ދޭނެއެވެ. އަފްރީން ރޮމުން ދިޔައީ އެހާވެސް އަސަރު ގަދަކޮށެވެ.

އިރުގަނޑަކު ރުއިމަށް ފަހު އަފްރީން މޫނު ފޮހެލަމުން ފާހާނައަށް ވަނީ ފެންވަރާލާށެވެ.

މާގަނޑު ދަށުގައި ހުރި އިރުވެސް އަފްރީންގެ ލޯ ކުރިމަރިން ސިފަވަމުން ދިޔައީ އެ މަންޒަރެވެ. ޔުއާން މަޑު މަޑުން އީޝާގެ ތުންފަތުގައި ބޮސްދޭ މަންޒަރެއެވެ.

އަފްރީން މާގަނޑު ބަންދު ކޮށްލި ގަދަ އަޒުމަކާއި އެކީގައެވެ. އެ ބޭވަފާތެރިޔާއަށްޓަކައި އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

އަފްރީން ދެން އެ ޔުއާން ބޭނުމެއް ނޫނެވެ. އަފްރީންއަށް އަދި ޔުއާންއަށް ވުރެ ރަނގަޅު ކުދިން ވާނެއެވެ. އެކަމާ މެދު އަފްރީންގެ ހިތުގައި ކުޑަވެސް ޝައްކެއް ނެތެވެ.

ނަމަވެސް އަފްރީންގެ ހިތުން ޔުއާންއަށް ދެވުން މަތިވެރި މަގާމް އެހެން މީހަކަށް ދެވިދާނެ ހެއްޔެވެ؟

އެ މަގާމު ނުދެވުނަސް އެ ހިތުން ކުޑަ ޖާގައެއް ދެވިދާނެ ނޫން ހެއްޔެވެ؟

ފުން ހިޔާލަކަށް ގެއްލިފައި ހުރެ ފާހަނަ އިން ނިކުއިތް އަފްރީންއަށް ހޭވެރިކަން ވީ ފާހާނަ ދޮރުމަތީގައި ހުރި ފެނަށް އެރިފައި ކައްސާލުމުންނެވެ. އަފްރީންގެ ހުޝިޔާރު ކަމުން ނުވެއްޓި ސަލާމަތް ވިއެވެ. ނަމަވެސް ކުޑަކޮށް ފަޔަށް ތަދުވިއެވެ.

މާބޮނޑު ކަމަކަށް ނުހަދާ އަފްރީން ކުޑަކޮށް ކޮރު ޖަހާލަމުން ގޮސް އެނދުގައި އިށީނދެ އެއްޗެހި ލިއެވެ.

އަފްރީންއަށް ބަނޑުހައި ހޫނުކަން އިހުސާސް ކުރެވެން ފެށުމުން ކޮންމެވެސް އެއްޗެއް ކާލަންވެގެން ކާގެއަށް މިސްރާބު ޖެހިއެވެ.

އަދިވެސް ފައިގައި ރިހުމެއް ހުރުމުގެ ސަބަބުން އަފްރީން ބަލައިގެން ދިޔައީ އިތުރު މީހަކަށް އެކަން އެނގި އެމީހުން ހާސް ކުރަން ބޭނުން ނުވާތީއެވެ.

އަފްރީން ގޮސް ކާގެއަށް ވައިން އިރު ކާނ ހަދާފައި ހުއްޓެވެ. އަފްރީންއަށް އެންމެ މީރު ކެއުމެވެ.

އަފްރީން ބަނޑުފުރޭންދެން ކައިގެން ކޮޓަރިއަށް ވަނީ ނިދާލުމުގެ ބޭނުމުގައެވެ. އޭރުން ބޮލަށް ލުޔެއް ލިބޭނެކަން އެނގޭތީއެވެ.

އަފްރީން ގޮސް އެނދުގައި އޮށޮތުމާއި އެކީގައި ނިދީގެ ފޮނި މީރު ކަމުގެ ތެރެއަށް ފީނައި ގަންނާކަށް އުދަނގުލެއް ނުވިއެވެ. އެހެނީ ގިނަ އިރު ރުއިމުގެ ސަބަބުން އަފްރީން ވަނީ ވަރަށް ބޮޑަށް ލޮޑުވެފައެވެ. ހަމަ އެހެންމެ ގިނައިން ކެއުމުގެ ސަބަބުންވެސް އަފްރީންއަށް ލޮޑުކަން އިހްސާސް ކުރެވެމުން ދިޔައެވެ.

 

އިރުއޮއްސެން ދިޔަ އިރުވެސް އަފްރީންގެ ހަބަރެއް ނުވުމުން އަރްމާން ކަން ވޮޑުވާން ފެށިއެވެ.

 

އަރްމާންއަށް އެންމެ ފަހުން ނީންދެވިގެން އަފްރީން ކޮޓަރިއަށް ދާން ހިނގައިގަތެވެ. އަރްމާން ގޮސް އަފްރީން ކޮޓަރި ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމުންވެސް ނުހުޅުވުމުން އަރްމާން ތަޅުގައި ހިފާލީ ކޮންމެހެން ހުޅުވާފަ ހުންނާނެ ކަމުގެ އުންމީދުގައެއް ނޫނެވެ.

ފުރަތަމަ ތަޅު ހުޅުވުމުން އަރްމާން ހައިރާންވެސް ވިއެވެ. އެހެނީ އަފްރީންއަކީ ކޮޓަރީގައި އުޅޭ އިރު ވަރަށް ކުރު އެއްޗެހި ލާ ކުއްޗެއް ކަމުން އަރްމާންގެވެސް އެދުމުގެ މަތިން އަފްރީން އަބަދުވެސް ބަހައްޓަނީ ދޮރު ތަޅުލާފައެވެ.

ދޮރު ހުޅުވުމުން އަރްމާން ކޮޓަރި ތެރެ ބަލާލިއިރު އަރާމުކޮށް ނިދާލާފައި އޮތް އަފްރީން ފެނުމުން އަރްމާންގެ ހިތަށް ކުޑަހަމަޖެހުމެއް ލިބުނެވެ.

ނަމަވެސް އެ ހަމަޖެހުން ނުތަނަވަސް ކަމަށް ބަދަލުވެގެން ދިޔައީ އަފްރީން ނިދީގައި އޮވެގެން ރޯކަން އެނގުމުންނެވެ.

އެއްވެސް ހުއްޓުމެއްނެތި އަފްރީންގެ ލޮލުން އަންނަ ކަރުނަތަށް އަފްރީން ބޯ އަޅައިގެން އަތް ބާލީހަށް ފޭދެމުން ދިޔައެވެ.

 އަރްމާންގެ ހިތަށް އަސަރު ކުރުވީ ދުވަހަކުވެސް މިފަދަ މަންޒަރެއް ފެނިފައި ނުވާތީއެވެ.

އަރްމާން ބަލާކަށް ނުހުރެ އަފްރީންއަށް ގޮވަން ފެށީ އިތުރަށް އެހެން އަފްރީން ރޯތަން ބަލަން ކެއް ނުވުމުންނެވެ.

އަފްރީން ސިއްސައިގެން ގޮސް ހޭލެވުމުން ފުރުތަމަ ބިރުގަނެގެން އަރްމާން ގައިގަ ބައްދައިގަތެވެ.

އަރްމާން މަޑުކޮށްގެން އިނީ އަފްރީން އަމިއްލައަށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަންދެންނެވެ. އެއީ އަފްރީންއަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނާފައެވެ.

އެގޮތުގައި ބައި ގަޑިއެއްހާއިރު ހޭދަވެގެން ދިޔައިރު އަފްރީން ހަމައަކަށް އެޅިއްޖެކަން އަރްމާންއަށް އެނގުނީ އަފްރީންގެ ހާރޓްބީޓް ނޯމަލް ވަމުން އައީމައެވެ، ނަމަވެސް އަފްރީން ދުރުވާން ނޫޅުނީމަ އަރްމާންވެސް އިނީ އޭނަގެ ލޯބިވާ ކޮއްކޮއަށް ބޭނުންވާ ވަގުތު ދީގެންނެވެ.

އަފްރީން މަޑުމަޑުން އަރްމާންއާއި ދުރަށް ޖެހުމުން އަރްމާންވެސް އަފްރީން ގައިން ދޫކޮށްލިއެވެ. އަފްރީން އަދިވެސް ވާހަކަ ދްއްކާކަށް ނޫޅެއެވެ. އިސް ޖަހާލައިގެން އިނީ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައި އިން މީހެއް ހެންނެވެ.

“އަދިވެސް ދޮންބެއަށް ވީގޮތް ކިޔާދޭކަށް ނުވޭތަ؟ ދޮންބެއަށް އެނގިއްޖެ އަފޫ އޭރު އައި އިރުވެސް ކޮންމެވެސް ކަމެއް ވެއްޖެކަން. އެކަމް އައިރީންގެ މަންމަ އިނީމަ އެގަޑީގަ އެއްޗެއް ނުބުނީ.” އަރްމާންގެ އަޑުގައިވި އޯގާތެރިކަން އަޑުއިވުމުން އަފްރީންއަށް އިތުރަށް ހިތުގެ އުދާސްތައް ބޭރުކޮށްލެވުނެވެ.

ޔުއާން މަންމަ ނިޔާވީންސުރެ ވީ ހުރިހާ ކަމެއް އަފްރީން ކިޔާދިނެވެ. ނަމަވެސް މިއަދު ވީ ކަންތައް ކިޔާދޭން ފަސް ޖެހެވުނެވެ.

ނަމަވެސް ހިތްވަރު ކޮށްފައި އެކަންތައް ކިޔާދެވުން އިރު އަފްރީންއަށް ހަމަ ރަނގަޅަށްވެސް ގިސްލެއެވެ.

 

އަފްރީންގެ ވާހަކަ ނިމުން އިރު އަރްމާން އިނީ ރުޅި އައިސްގެން ފަޅައިގެން ދާވަރު ވެފައެވެ. ނަމަވެސް އެ ވަގުތު އަފްރީންގެ ހާލު ހިތަށް އެރުމުން އަރްމާން ރުޅިގަނޑު އެއްފަރާތް ކޮށްފައި އަފްރީންއަށް ފުރިހަމަ ހިމާޔަތް ދިނެއެވެ.

އެތައް އިރެއް ވަންދެން އަފްރީން ގައިގައި ބައްދާލައިގެން ރޯން އަފްރީން އިނެވެ.

އެންމެ ފަހުން ރޮއެރޮއެ ވަރުބަލިވެގެން އަފްރީންއަށް އަނެއްކާވެސް ނިދުނީއެވެ.

 

އަފްރީންއަށް ނިދުމުން އަރްމާން މަޑުމަޑުން އަފްރީން އެނދުގައި ބާއްވާލިއެވެ. އަދި އެކޮޓަރިން ނިކުމެގެން ދިޔައިރުމުއްކެވިފައިވާ ދެއަތް ފެނުމުންވެސް އަރްމާން ރުޅިއައިސްފައިވާ މިންވަރު އެނގިގެން ދިޔައެވެ.

އާސިމާ ގޮވާލުމުންވެސް އަރްމާން ދިޔަގޮތުން އޭނަ ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފަކަން އާސިމާއަށް އެނގުނެވެ.

އާސިމާވެސް އަރްމާން ހުއްޓުވަން ނޫޅުނީ އަރްމާން ރުޅި ގަދަވާފަދަ އެއްޝެއް އާސިމާއަށް ބުނެވިދާނެތީއެވެ.

 

އަރްމާން ގެއިން ނިކުމެފައި އެންމެ ފުރަތަމަވެސް ގުޅީ ޔުއާންއަށެވެ.

ރިންގް ކެނޑެން ކައިރި ވެފައި ވަނިކޮށް ޔުއާން ފޯން ނެގިއެވެ. އެންމެ ފުރަތަމަ މަޑު މައިތިރިކޮށް ކޮފީއަކަށް ދާން ޔުއާން ގާތުގައި ބުނުމުން ވަރަށް އަވަހަށް ޔުއާން އެއްބަސް ވިއެވެ. އެހެނީ ޔުއާންވެސް ވަނީ މިހާރަކަށް އައިސް ކޮފީއަށް ދެވިހިފާފައެވެ.

 

15 ވަރަކަށް މިނެޓް ތެރޭގައި ޔުއާންއާއި އަރްމާން ތިބީ ރެސްޓޯރެންޓެއްގެ މޭޒެއް ކައިރީގައިއެވެ. އޭރު ދެމީހުންގެ ކުރިމަތީގައިވެސް އާވި އަރަ އަރާ ހުރި ދެކޮފީ ޖޯޑު ހުއްޓެވެ.

“އާން ކީއްވެ އަފޫއަށް އެހެން ތިހެދީ؟” ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު އަރްމާން އަސްލު މައުޟޫއަށް ޖެހުނެވެ.

“އަހަރެން އަފޫއަށް ކިހިނެއް ހެދީ؟” އަރްމާންގެ ސުވާލުގެ ޖަވާބުގެ ބަދަލުގައި ޔުއާންވެސް ސުވާލެއް ކުރުމުން އަރްމާން ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ނަމަވެސް ރުޅި މަޑުކޮށްފައި ހަމަޖެހިގެން މިކަން ނިމޭތޯ އަރްމާން އުޅުނެވެ.

“ޔުއާން އަފޫއަށް ބޭވަފާތެރި ވީ އޭނުން. މިއަދު އަފްރީން އައިސް އަހަންނަށް ކިޔަދިން މިއަދު ޔުއާން އާއި އީޝާ ހޮސްޕިޓަލުގައި ގައިގޯޅިކޮށް އުޅުން ވާހަކަ. އެއްކޮޅުން މިހުރީ އަފޫއާ އެންމެ ކުޑައިރުން ސުރެ އެކީ އުޅެ ބޮޑުވި އީޝާ. އަނެއް ކޮޅުން މިހުރީ އަފޫއަށް އެންމެ ފުރަތަމަ ލޯބިވެވުން ޔުއާން. އަހަންނަކަށް ނޭނގެ ކާކު ކަމެއް ކުށްެރި ކުރަންވީއެއް. ޔުއާންވެސް ރީއްޗައް އަފްރީންއާއި ރުޅިވެފަ އީޝާއެކުގައި އެހެން އުޅުން ނަމަ މިރޭ ޔުއާން ގާތު މިހެން މަށަކަށް އިންނާކަށް ނުޖެހުނީސް. އެކަމަކު ޔުއާން ކަންތައް ތިކުރީ އެންމެ ރަނގަޅަކަށް ނޫން.” އަރްމާންގެ ވާހަކަ ނިމުން އިރު ޔުއާން އިނީ އިސް ޖެހިފައެވެ. ޔުއާންއަށްވެސް ކުށެއް ކުރެވުންކަން އިހްސާސް ކުރެވުނީ ކަންނޭނގެއެވެ.

“އަހަރެން އަފްރީން މަތިން ފޫހި ވީ. އީޝާ އައިސް އަހަރެންނަށް ދެއްކި ފޮޓޯއެއް އަފްރީން އަދި އެހެން ސޮރަކު ގައިގޯޅިކޮށް ނަގާފަހުރި ފޮޓޯތަކެއް. އެހެންވެ އަފްރީނއާއި ގުޅުމެއް ބާއްވަން ބޭނުން ނުވީ” ޔުއާން އިސް ޖަހައިގެން އިނދެ ދައްކަމުން ދިޔަ ވާހަކައިން އަރްމާންގެ ރުޅިގަނޑު ކެކި އަރަމުން ދިޔައެވެ.

“އަހަރެންނަށް ދައްކަބަލަ ތިބުނާ ފޮޓޯއެއް.” އަރްމާން އެހެން ބުނުމުން ޔުއާން ފޯނު ނަގާފައި ފޮޓޯއެއް ހޯދާލާފައި ދެއްކިއެވެ.

“ޔުއާން ތީ ހަމަ ރަނގަޅަށްވެސް ކިޔަވައިގެން ހުރި ގަމާރެއް.” އަރްމާން އިނދެފައި ބުނި އެތިން ޔުއާން އިސް އުފުލާ  އަރްމާންގެ މޫނަށް ބަލާލިއެވެ.

“މިފޮޓޯ ނަގާފައި މިއިން ތާރީހުންވެސް އެބަ އިނގޭ މި އެޑިޓްއެއްކަން. މި ޔުއާން މަންމަ ބަލިވެގެން ރާއްގޭން ބޭރުގަ އުޅުނު އިރު ނަގާފަ އިން ފޮޓޯއެއް. ޔުއާންއަށް އެންމެ ރަނގަޅަށް އެނގޭނީ އަފްރީން އެއްވެސް ތާކަށް އެކަނި ނުދާކަންވެސް.” އަރްމާންގެ ވާހަކަ ނިމުނުން އަރްމާން އަތުން ފޯނު އަތުލާފައި ބަލާލިއެވެ.

ޔުއާންއަށް ވިސްނާނުލާ މިއެޅުނީ ހާދަ ބޮޑު ޅައެއްޗެކެވެ. ޔުއާން އަމިއްލަ ނަފްސު ކުއްވެރިކުރަމުން ދިޔައެވެ.

“އަހަރެން ދެން ނެތިން އަފްރީން ޔުއާންއާއި ހަވާލު ކުރާކަށް. އަފްރީންއަށް އަދި ލިބޭނެ ޔުއާންއަށް ވުރެ ރަނގަޅު މީހެއް.” ޔުއާންއަށް އެއްޗެއް ބުނެވެން ވާއިރަށް އަރްމާން ވާހަކަ ނިންމާލާފައި މޭޒުމަތީގައި ފަސްސަތޭކަ ރުފިޔާ ބާއަވާފައި ނިކުމެގެން ދިޔައެވެ.

15

17 Comments

 1. Xoo

  December 3, 2017 at 9:30 am

  V nice when next part

  • SunShine

   December 4, 2017 at 8:07 am

   thank you

 2. Zuam

  December 3, 2017 at 9:35 am

  Masha Allah… varah varah varah reethi……waiting….❤❤❤❤❤

  • SunShine

   December 4, 2017 at 8:08 am

   thank you

 3. Kiah

  December 3, 2017 at 10:09 am

  Haadha kurey

  • SunShine

   December 4, 2017 at 8:09 am

   liyevun emme dhigu liyefa up kohly
   maa las vaathi dhn dhigu kuran noolhuny

 4. unaal

  December 3, 2017 at 11:01 am

  alhe afreen kihaa dhera vaane..
  adhi e vc best friend … eshaa
  sham on you…yuaan u too buddy..
  I hate both of u …

  • SunShine

   December 4, 2017 at 8:10 am

   ahah..eh bai meehunge goeh dhw

 5. luv u.. zuam

  December 3, 2017 at 1:50 pm

  aahaka vv salhi. masha allah,..☺

  • SunShine

   December 4, 2017 at 8:12 am

   thank you

 6. Kiyaara

  December 3, 2017 at 7:37 pm

  Kon irakun next part ..vrh reethi mi part but mistakes vrh gina next part ga rangalhu kohlaanekamah hykuran ????????

  • SunShine

   December 4, 2017 at 8:13 am

   maybe today or tomorrow.
   kiyaa nulaa up kryma mistakes gina ee

 7. Avee

  December 3, 2017 at 8:06 pm

  Yuaan haadha gohey. Veegotheh balaakah neygunu. Gulhun kandaaly.

  • SunShine

   December 4, 2017 at 8:15 am

   ehbai meehun real life ga vx hadhaa goeh hama

 8. Hjj

  December 3, 2017 at 9:09 pm

  Kiyan foohi vefa hunnairu prteh up vany. V foohi mi stry aky aslu v rythi srtyeh. Bt foohi vehjje mihaaru. Sorry writer

  • Anonymous

   December 3, 2017 at 9:20 pm

   thihen adhi writer ah criticize kurumaky rangalhu kameh noon.
   aharemennah neyngunas writer ah vx kan kan dhimaa vane.
   eii vx insaanun hama

  • SunShine

   December 4, 2017 at 8:14 am

   busy v ma las vany..

Comments are closed.