ސިއްރު ސިއްރުން ހިތޭ… (17)
ހިތްހަމަޖެހޭވަރަށް ހީފައި މަލިކް އައިސް މަޑުކޮށްލީ މުސްތޮފާގެ ކުރިމަތީގައެވެ. “ކަލޭހީކޮށްގެން ތިހުރީ ވަރަށް މީރުކެއުމެއް ލިބޭނެކަމަށްތަ އޭން.. ” މުސްތޮފާގެ ގިރުވާނުގައި ހިފާފައި މަލިކް އެހެންބުނި އިރު ހީވަނީ ދެންމެ ދެންމެ މުސްތޮފާ ކާލާފާނެހެންނެވެ. ” ހީނުކުރަށްޗޭ ކަލެއަށް ހެޔޮއެދިގެންނޭ މަކަލޭގެނައީ.. މަގޭ ކޮއްކޮއޭކިޔައިގެން މިހުރިހާ ދުވަހު ކަލޭކައިރީގަ މަސައްކަތްކުރީ މަގޭ އަންހެނުން.. ކަލެއެކޭ އެއްފަދައިން މުޅިދުނިޔެއަށްވެސް އެއީ މަގޭކޮއްކޮ.. ހަހަހަ ” އިވުނު އާހަބަރާއެކު މުސްތޮފާއެކޭ އެއްފަދައިން މަލީހްވެސް އިނީ ބުނާނެއެއްޗެއް ނޭންގިފައެވެ.
އެވަގުތު ޝާމްލާ މަލިކްއަތަށް ފައިލެއްގެނެސްދިނެވެ. އަދިމަލާމާތުގެ ހިނިތުންވުމެއް މުސްތޮފާއަށް ތައްދުކޮއްލާފައި ދުރުގައި ކުޅިބަލަން މަޑުކޮށްލިއެވެ. ” ހައް.. މިހަރު ކަލޭދެކޭ އެންމެ ބޮޑު ހުވަފެންވެސް ފުރިހަމަވީ.. އެހެންވީމަ މިފައިލްގަ ހުރި ލިޔުންތަކުގަ ސޮއިކޮށްލާ.. މީގަ ވާނެ ކަލޭގެ ކުންފުނިން އެންމެފަހުން ހެދި ޕްރޮޕޯސަލްއިން ލިބޭ ހުރިހާ ފައިދާ އަހަންނަށް ލިބޭގޮތަށް… އަދި ކުންފުނީގެ ސަތޭކަ ޕަސެންޓް ހިއްސާ ޝާމްލާއަށް ދޭން އެއްބަސްވާކަމުގެ ލިޔުން.. ” މަލިކް ފައިލް ހުޅުވާލާފައި ދެއްކިވާހަކައިން މުސްތޮފާއަށް ވީގޮތްފެނި މަލިކް ހޭންފެށީ މިއަދު މިނޫން ގޮތެއްނިކަން ހޯދަބަލާށޭބުނެލާފައެވެ. ނަމަވެސް މުސްތޮފާ ހަމަ އެއްގޮތަކަށްވެސް ގުޑާނުލިއެވެ.
މިހިމޭން ކަމުން މަލިކް ރުޅިގަނޑު އިތުރުވެގެން ދިޔައެވެ. “އޭ މީނދަ ބުއްޑާގަނޑާ.. މީގަ ސޮއިކުރޭ.. އެހެންނޫނީ.. ” މަލިކް އޭނާގެ ކަރުގައި އަތްހުރަހަށް ހިންގާލަމުން މުސްތިފާއަށް ދިނީ މަރުގެ އިންޒާރުކަން މަލީހްއަށް ދެނެގަނެވުނެވެ. އެއާއެކު މަލީހް އަށް ހީވީ މީހަކު އޭނަގެ ބޮލުގައި ބަރުއެއްޗަކުން ޖެހިހެންނެވެ. އަދި އޭނަގެ ބައްޕައަަށް ބުއްޑާ ގަނޑާއޭ ކިޔާ މުހާތަބުކުރުމުން އައީ އަމަށަކު ރުޅިއެއް ނޫނެވެ. “އޭ .. ކަލޭ ކިހިނެއްވެގެންތަ ތިއުޅެނީ އޭން… އަހަރެންގެ ބައްޕަގެ މުދާ ގަނޑާހެދި ހާދަ ވަރެކޭދޯތިވަނީ.. ބައްޕާ ނަމަ ނަމަ އޭގަ ސޮއިނުކުރާތި..” މަލީހް ރުޅިއައިސް ގެން ހަޅޭލަވާގަތް އިރު ހީވީ ދެންމެ ދެންމެ އެމީހުގެ އަތުން ވީއްލިގެން އައިސްދާނެ ހެންނެވެ. އެވަގުތު އައިރުޅީގައި މަލިކް އަތުން ހޫނިއެތިފަހަރެއް މަލީހްގެ މޫނަށް އެރިއެވެ. ނަގައިގަތް ދިލަހޫނާއެކު ލޮލުން ކަރުނަ ހިލިގެން ދިޔަނަމަވެސް އަދިވެސް މަލީހް ދަނީ އެމީހުން ކިބައިން މިންޖްވެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޖެހިބުދެންހެން އިން މުސްތޮފާގެ އެއްވެސް ހަރަކާތެއްނެތެވެ. ލޮލުން ކަރުނަ އައިސްފައިވީނަމަވެސް އެއިން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓެއެވެ. އެހެންނަމަވެސް ސިކުނޑީގައި ވަރުގަދަ ހައިޖާނުގަނޑެއްވަނީ އުފެދިފައެވެ. މިހުރިހާ ދުވަހު ހެޔޮއެދޭ ކަމަށް ހީކޮށްގެން މިއުޅެވުނީ ފުރާނަ ދޮވެލަން ތައްޔާރަށްތިބި ހަތުރުން ތަކަކާކަން އެހިތަށް ވިސްނުމުން ބުނާނެ އެއްޗެއް ނޭންގި މުސްތޮފާ އިނީ ޝޮކެއްގައެވެ.
މުސްތޮފާގެ ފަރާތުން އެއްވެސް ކުރިއެރުމެއް ނުލިބޭނެކަން ޔަގީން ވުމުން މަލިކް އަތުގެ އިޝާރާތުން ކޮންމެވެސް އެއްޗެެކޭ ޝާމްލާއަށް އަންގާލިއެވެ. އެއާއެކު ފަތްޖަހާފައިވާ ރުމާލެއް ޝާމްލާ ދިއްކޮށްލިއެވެ. “ކަލެއަށް މަބުނިގޮތަށް ކަންތަށް ނުކުރެވުނެއްނުދޯ.. އެހެންވީމަ މަގޭ އަތްދަށުގަ އޮންނަން ޖެހޭނީ އުމުރަށް.. ” އެހެންބުނެފައި މަލިކް މުސްތޮފާގެ އަނގަޔާއި ނޭފަތްމަތީގައި އެރުމާ އަޅާބާރުކޮށްލިއެވެ. އެއާއެކު “ބައްޕާ” އޭކިޔާ މަލީހް ބާރަށް ހަޅޭ ލަވާގަތް ނަމަވެސް މުސްތޮފާ އެތަނަށް ވެއްޓުނީ އެވެ. މީހާ ގައިގަ އެއްވެސް ހަކަތައެއް ދިރުމެއް ނެތްފަދައަކުންނެވެ. މަލީހް ޖެހިލުތްކާއެކު ދެމިގަނެގެން އައިސް އޭނަގެ ބައްޕަ ކައިރީގައި އށީން އިރު، ޖެހުންގޮތަށް ބޯފަޅައިގެން ދިއުމުގެ ސަބަބުން މުސްތޮފާގެ ބޮލުން ލޭއަންނަމުން ދިޔައެވެ. އަތުގައި ބައްޕަގެ ތާޒާ ލޭ ޖެހުމާއެކު މަލީހް އަށް ވެެެގެންދިޔަގޮތްވެސް ނޭންގުނެވެ. މުއްކެވި މުޅިމީހާ މަޑު ތުރުތުރެއް ލެވިގެން ދިޔައެވެ. ކުއްލިއަކަށް ތެދުވަމުން.. ” ޔޫ. ބާސް**ޑް..” އޭ ކިޔާ މުއްކަވާފައި މަލިކްގެ އަނގަމަތީޖެހުމާއެކު ކައިރީގައި ހުރި ޝާމްލާ ގެ މޭގައަޅާ ގައިހުރިބާރެއްލާފައި ކޮއްޕާލީ ދާދި އެކުއެކީގައެވެ. ކުއްލިއަކަށް ނުވިސްނަ ހުއްޓަ މިއައި ހަމަލާއިން މަލިކްގެ އަނގަމަތި ފަޅައިގެންގޮސް ލޭއައެވެ. އަދި ޝާމްލާވެސް އެދިޔަ ބާރުމިނުގައި ގުޅަޔަކަށް ގޮސްޖެހުނީ ޓެރަހުގެ ފާރުބުޑަށެވެ.
އެތާންގައި ތިބިމީހުން މަލީހް ނުހުއްޓުވުމުން މަލިކް އައީ އަމަށަކު ރުޅިއެއްނޫނެވެ. އަނގަމަތި ފޮހެލާފައި ރުޅިއައިސް ރަތްވެފައިވާ ސިންގާއެއްފަދައިން ހަޅޭ ލަވާގަތް ނަމަވެސް ވީއެއްކަމެއްނެތެވެ. މޫނުނިވައި ކޮށްގެން އެތާންގައި ތިބި އެކަކުވެސް ހަމަ ގުޑާނުލިއެވެ. މަލީހް އާދިމާލަށް ރުޅިއައިސްގެން މަޅާލި އަތްވެސް ގޮސްޖެހުނީ ފާރުގައެވެ. ވަގުތުބަލާފައި މަލީހް ފާރާދިމާއަށް ބާރަށް މަލިކް ކޮއްޕާލުމުން ފާރުގައި މަލިކްގެ މޫނުޖެހި ނިއްކުރިފަޅައިގެންގޮސް.. ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ނަމަވެސް ހަމައެވަގުތު ބޯތަޅުވާލާފައި ހަމަޔަކަށް އެޅިލަމުން އެނބުރިލި މަލިކް ދިޔައީ ސިއްސައިގެންނެވެ. އެތާންގަ ތިބި އޭނަގެ އައުވާނުންނާއި މަލީހް ގެ އިތުރުން މުސްތޮފާގެ ވަސްވެސް މިހާރުއެތާންގަ ނެތެވެ. އައިރުޅީގައި މުއްކަވާލާފައި ލިފްޓާދިމާއަށް ދިޔައިރު ލިފްގްރައުންޑްއަށް ދިޔައީއެވެ. އޭރު މަލީހް އެތާ ލިފްޓްކައިރީގައި ހުރިތަން ފެނުމުން މަލިކް ” ކަލޭ.. ކުޑަ ކުޑަ ކުއްޖާގަނޑު.. މިއަދު ކަލޭ މަރާލާނަން.. ” ކިޔާ ހަޅޭ ލަވާގަތުމާއެކު ޖީބަށް އަތްކޮއްޕާލާފައި ނެގި ވިހަވަޅި އަތަށް ހެޔޮވަރު ކޮށްލަމުން މަލީހް އާދިމާއަށް އައެވެ.
“ފްރީޒް..” ބާރު އަޑަކުން އެހެންބުނުމާއެކު މަލިކްގެ ދެފައިގައި ކަސްތޮޅު އެޅުން ފަދައެވެ. ފަހަތް ބަލާލިއިރު ޝާމްލާ އަތުގައި ބިޑިއަޅުވައިގެން ދެފުލުހުން ތިބިއިރު ކުރިމަތީގައި މަޝްހޫރު އެންކައުންޓަރ އަރީޝް ހުއްޓެވެ. އަރީޝް ފެނުމުން މަލިކް އަށް އިތުރަށް ގުޑާލަންވެސް ނުކެރުނެވެ. ޕޮލިހުގައި އަރީޝްގެ ރޭންކަކީ ކޮބައިކަމާއި އޭނާގެ ހުނަރު މަލިކަށްވަނީ ފެނިފައެވެ. ވީއިރު ފިލަން އެންމެ ފިވަޅެއް އަޅާލިނަަވެސް އަރީޝްގެ އަތުގައިވާ ބަޑީގެ ވަޒަންއަރާ މިދުނެއާއި އަލްވަދާއު ކިޔަން ޖެހިދާނެކަން އެއީ މަލިކަށް އޮޅިފައިވާ ކަމެއްނޫނެވެ.
“ވަރަށް ދުވަސްވެއްޖެ ކަލޭ އަތުލަން މަސައްކަތްކުރާތާ.. އަދިކިރިޔާ ތިނުބައި ނުލަފާ ޝައިތާނު ހެއްކާއެކު މި އަތުވީ.. ކަލޭހީކުރީ މިރޭ މިތާންގަ ހަރަކާތްތެރިވަމުން އެދަނީ ކަލޭގެ އައުވާނުނޭ.. އެއީ ކަލޭއަށް ހީވި ކުއްހީއެއް.. މިއަދުގެ އިރު އޮއްސުމުގެ ކުރިން ކަލޭގެ ހުރިހާ ގޭންގް އެއް އޮތީ އަހަރެންގެ އަތްދަށުގަ.. ކަލޭގެ ބަރ ވެސް އޮފީސްވެސް އަދި ހަތަރު ސިޓީހޮޓާވެސް އެހެރީ މިހާރު މިއަރީޝް ގެ ބެލުމުހެ ދަށުގަ.. އެއިން ކޮންމެތަނަކުން އެތަކެއް މަސްތުވާ ތަކެއްޗެއްގެ އިތުރުން ހަށިވިއްކުމުގެ މައްސަލަތަށް މިހާރުވާނީ ހެއްކާއެކު ތަހްގީގަށް ފޮނުވިފަ.. ހުރިހާއިރު މިތާންގަ ހަރަކާތްތެރިވީ ސީކެރެޓްޕޮލިސް.. އޮފިސަރ އެރެސްޓްހިމް.. ” ހުރިހާ ވާހަކައެއް ގޮވާލުމާއެކު ކާމިޔާބީގެ ހިނިތުންވުމެއް މަލީހްއަށް ދެމުން އަރީޝް އެތާންގަ ތިބި ފުލުހުންނަން އެންގިއެވެ.
“އަރީޝްބެ އަޅުގަނޑުގެ ބައްޕަ.. ” މަލީހްއަށްބުނެވުނީ އެހާހިސާބަށެވެ. ” އެކަމާ ހާސްނުވޭ މަލީހް .. މިހާރު ބައްޕައަށް ފަރުވާދެމުން ދާނެ ހޮސްޕިޓަލުގަ، އިރުކޮޅަކުން އަރަޝް އާ ޔާމިން އައީމަ ދޭ އެމީހުނަާއެކުގަ އިނގޭ، ބޭބެދާނަން ހޮސްޕިޓަލަށް މިތަނުގެ ހިރިހަ ކަމެއް ނިންމާލާފަ.. ” ލޯތްބާއެކު މަލީހްގެ ބުރަކަށީގައި ފިރުމާލަމުން އަރީޝް އެހެން ބުނެލިވަގުތު ލިފްޓް ހުޅުވުމުން އެދިމާ ބަލާލިއެވެ. އޭރު ޔާމިން އާއި އަރަޝް ލިފްޓއިން ނިކުންނަނީއެވެ. މަލީހް ފެނުމާއެކު ދެކުދިން އައިސް ބައްދާލިއިރު ހީވީ އެއްބަނޑުއެއްބަފާ ބައެއްހެންނެވެ. އެންމެދުވަހެއްގެ ތެރޭގައި މިހާ ހެޔޮ ބަޔަކު ލިބުމުން މަލީހްއަށް ނޭނެގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. އަރީޝްގެ އެދުމާއެކު ތިންކުދިން އަވަހަށް ހޮސްޕިޓަލަށް ދިޔައިރު މުސްތޮފާ ވަނީ އަވަސްފަރުވާ ދޭ ބައިގައެވެ. އެވަގުތު ނިކުތް ޑޮކްޓަރުފެނުމާއެކު މަލޯހް އަވަހަށްގޮސް އޭނަގެ ބައްޕަގެ ހާލު އަހާލިއެވެ. ” އެބޭފުޅާއަށް ވަނީ ވަރަށް ބާރުގަދަ މަސްތުވާއެއްޗެއްގެ އަސަރުކޮށްފަ.. އޭގެ ސަބަބުން ލިބިނު ޝޮކްގަ ހޭނެތުނީ.. އަދި ބޮލުގަ ފަޅައިގެން ދިޔަތަން މިހާރުއެވަނީ ބެންޑޭޖްކުރެވިފަ.. ކުރިއަށް މިއޮތް ދެގަޑިއިރުތެރޭގައި ހޭނާރައިފިނަމަ އަޅުގަނޑުމެންޖެހޭނި އެބޭފުޅާ އައި. ސީ. ޔޫއަށް ބަދަލްކޮށް އެތަނުގައި ފަރުވާދޭން.. ” މޮޅިވެރިވެފައިވާ އަޑަކުން ޑޮކްޓަރުއެހެން ބުނި އިރު އޭނަގެ ލޮލުންވެސްވަނީ ކަރުނަ ހިލިފައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އެހޮސްޕިޓަލަކީ މުސްތޮފާގެ ތަނަކަށް ވުމުގެ އިތުރުން އެޑޮކްޓަރަށް ކިޔެވުމުގެ މަގުތަނަވަސްކޮށްދީ ވަޒީފާ ދިނީ ވެސް ހުދު މުސްތޮފާ އެވެ. ހޮސްޕިޓަލުގެ ހަތްދިހަފަސް ޕަސެންޓް މުއައްޒަފުންނަކީ މުސްތޮފާގެ ދީލަތިއެހީގައި ކިޔަވައި އެތަނަށް ހިދުމަތްކޮށްދޭ އިހްލާސްތެރި މީހުންނެވެ.
ޑޮކްޓަރުގެ ވާހަކަ އަޑުއިވުމާއެކު މަލީހް އަށް ގޮތްހުސްވިފަދައެވެ. ނަމަވެސް ކައިރީގައި ތިބި ދެއެކުވެރިންގެ އެހީޔާއެކުގައި ހަމަޔަކަށް އެޅުނީ އެތަށް ވާހަކައެއްދައްކައިގެންނެވެ.
އެރޭގެ ދަންބަޔަށް އެޅެންވެފައިވަނިކޮށް އެންމެފަހުން ހޭނޭރުމުން އައިސީޔޫއަށް މުސްތޮފާ ބަދަލްކުރިއެވެ. އޭރު އަރީޝްވެސް މުސްތޮފާއަށް ޒިޔާރަތްކޮށް މަލީހް އަށް ކެތްތެރިވުމަށް ނަސޭހަތްތެރިވަމުން ދިޔައެވެ. އަރަޝް އާއި ޔާމިން ގެއަށް ދިޔައީ މާދަމާ އޮފީހަށްވެސް ދާންކެހޭނެތީ އާއި ޝައުޝަން ހޭލާހުރުމަށް އައުމުންނެވެ. މަލީހް އާއެކުގައި ޝައުޝަން އެރޭގައި މުސްތޮފާ ކައިރީ ހޭލާތިބުމުން ޑޮކްޓަރު ސައިން އައުޓް ވެލާފަ ދިޔައީ ހެނދުނުން ޑިއުޓީއަށް އަންނަގޮތަށެވެ. ޝައުޝަން އާއި މަލީހްވެސް އެއީ ދެޑޮކްޓަރުންނަށް ވުމުން އެމީހުންވެސް ބޭނުންވީ މުސްތޮފާގެ ކަންތަށް ހަމައެކަނި އެމީހުންގެ އަތްމައްޗަށް ދޫކޮށްލުމަށެވެ. މަލީހް ގެ ބައްޕަގެ ހުރިހާ ކަމެއް އަމިއްލަޔަށް ހަވާލުވާން ބޭނުންވީމައެވެ.
އެއްވެސް ހަރަކާތެއްނެެތި މެށިނުތަކުގެ އެހީގައި މުސްތޮފާ އޮންނަތާ ދެމަސްވެގެން ދިއުމުންވެސް މަލީހް ހިތްވަރު އެލުވާނުލައެވެ. އެހެންނަމަވެސް ގެއަށް އޭނާގެ ބައްޕަ ބަދަލުކޮށް ވާނުވަ ބަލަން ޑޮކްޓަރުންނާއި ނަރުހުން ގެއަށް ބަދަލުކުރީ ވިޔަފާރި ހިންގާނެ އެހެން މީހަކު ނެތުމުންނެވެ. މުސްތޮފާއެކޭ އެއްފަދައިން މަލީހްވެސް ކުންފުނީގެ ހުރިހާ މުއައްޒަފުން ބަލައިގަތީ އުފަލާއެކުގައެވެ. ވުމާއެކު އެދާއިރާގެ ގޮތުން ކިތަންމެ އުނދަގުވީނަމަވެސް މަލީހްއަށް ކުރިޔަށް ދިއުމަށް ފަސޭހަވިއެވެ. ނަމަވެސް ކޮލެޖްގެ ހިންގުމާއި ސިޓީހޮޓެލްތަކުގެ ހިންގުމަށް ޔާމިން އާއި އަރަޝް މަލީހް ހިޔާރުކުރީ އެދެމީހުންނަކީވެސް އިތުބާރުހިފޭ އަދި އެދާއިރާން ކިޔަވަމުން ކުރިޔަށްދާ ބަޔަކަށް ވުމުންނެވެ. އެގޮތުން ކޮލެޖް ހިންގުން އަރަޝް އާއި ހަވާލު ކުރިއިރު ސިޓީހޮޓާތަކުގެ ހިންގުން ހަވާލު ކުރީ ޔާމިންއަށެވެ. ލިބުނު ކުޑަދުވަސްކޮޅުގެ ތެރޭގައި މެނޭޖްމެންޓްގެ ކުރުމުއްދަތުގެ ކޯހެއްގައި މަލީހްވެސް ބައިރިވީ ބައްޕައަށް ދޭވަގުތުކޮޅުތަކުގައިވެސް އޮންލައިކޮށް ކިޔެވޭތީއެވެ.
މާލޭގައިތިބި އާއިލާ މީހުންމަތިން އެހާދުވަސްވީއިރުވެސް މަލީހް ހަނދާން ނުނެތެއެވެ. ނަމަވެސް މިހާރުގެ ހާލަތުހުރިގޮތުން އަދި އެއިން އެއްވެސް ކަމެއް އަންގަން ބޭނުން ނުވަނީއެވެ. ބޭބެވެސް ހަބަރެއްނުވެ އެހުންނަނީ ހަމަޔަގީނުންވެސް މަލީހްއަށް ވަގުތުދޭން ކަމަށް އޭނާގެ ހިތްބުނާތީއެވެ. ނިމާލްމެން މަލީހް އަށް ގުޅޭނެގޮތެއް ނޭންގިގެން އުޅޭނޭ އެއްފަހަރު އެބިޒީދިރިއުޅުމުގަ އުޅުން މަލީހްގެ ހިޔާލަށް ނާދެއެވެ.
މުސްތޮފާ އެހެން މެޝިންތަކުގެ އެހީގައި އޮންނަތާ އަހަރެއްވާން ވެފައި ވަނިކޮށް އާދައިގެ މަތީން މަލީހް އޮފީސްނިންމާފައި އައިސް އޭނާގެ ބައްޕައަށް ޒިޔާރަތް ކުރިއެވެ. އެދުވަހުވަހު ލިބުން ހަބަރުން މަލީހްގެ އުންމީދު އިތުރަށް އާލާވެގެން ދިޔައީ އޭނާވެސް ބަލަން ހުއްޓައި މުސްތޮފާ ގެ އަތުގެ އިނގިލިތަށް ހަރަކާތް ކުރުމުންނެވެ. އަވަހަށް އެމްބިއުލޭންސް ގެނެސް ހޮސްޕިޓަލަށްމުސްތޮފާ ބަދަލް ކުރުމާއެކު މަލީހް އެހަބަރު ޔާމިން އާއި އަރަޝްގެ އިތުރުން ޝައުޝަން އަށް ދިނެވެ.
އެދުވަހުގެ އިރުއޮއްސި އަށެއްޖެހިއިރު މުސްތޮފާ ރަނގަޅަށް ހޭއެރިނަމަވެސް އަދިވެސް އެހާ ރަނގަޅުނުވުމުން ދެދުވަހެއްވަންދެން ހޮސްޕިޓަލުގައި މަޑުކިރަން ޖެހުނެވެ.
*******
މަލީހް ލޮލުގައިވި ކަރުނަތަށް ފުހެލާފައި ފޯނުނެގީ ވައިބަރ މެސެޖް އެއް އައިކުމެ އެލަރޓް ވުމުންނެވެ. ބަލާލިއިރު އިރު އަރަޝްގެ މެސެޖް އެކެވެ.**މިއަދު ވަރަށް އެހެން ކަހަލަ ކަމެއްވެއްޖެ.. ކޮލެޖްގެ ސްޓޫޑެންޓެއް އަހަންނާ ބައްދަލްކުރި.. އޭނަބޭނުވެޔޯ އަސްލު މިކޮލެޖް އޯނަރާ ބައްދަލްކޮށްލަން.. ބުނަން ސަޅިބިޓެއްއިނގޭ.. (ވިންކް އެމޯ) .** މެސެޖްކިޔާލުމާއެކު މަލީހް އަށް ހީވީ އަނެއްކާވެސް ދެއަހަރުކުރީގެ ކަންތަށް ތަކުރާރްވާން އުޅޭހެންނެވެ. އެހެންވެ މާދާމާ އެކުއްޖާޔާ ބައްދަލްކުރަން ދާނަމޭ ބުނެ ރިޕްލައިކޮށްލާފައި ފޯނުބޭއްވީ ފުންހިޔާލެއްގައި ހުރެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.






Assalaam alaikum .. miothee 17 vana episode .. unmeedhukuran mibaivess kamudhaanekamah..and ehvess mistake in nama mention kohladheythi.. rechek vess nukohq hama tinee ah up kihlanvegen mi upkure.. lysm all the readers .. ???
Me 1st dhw
Yes dear ur first ??
Masha Allah v reethi
Thank you xaaan ???
Nice…love to read the story….waiting
Thank you ximmi ????
Wow. Unblievable. Trying the best is good. Vvv reethi story. You r the best. Ly
Awwn ?thank you avee ???
Kon irakun next part