Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވޭންތަކުން ދިން ހިތި މާޒީ (24) ފަހުބައި

Mau Level 2100 Comments10 Stories
December 3, 2017 7 Mins Read
26 Comments

ޒިމްޔާ ހެނދުނު ފިހާރައަކަށް ދަނިކޮއް މީކާއީލް ފެނުނެވެ. ނަމަވެސް އަޅާވެސް ނުލާ ސައިކަލަށް އަރައިގެން ދިޔުމުން ޒިމްޔާގެ ހިތް ހަލާކުވާވަރުވިއެވެ. ނަމަވެސް އެކަމާ ވިސްނާ ހިތާމަ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ފިހާރައިން ނިކުމެވެސް އެކަމާ ވިސްނަމުން ދަނިކޮއް އޭނަ ކޮލުގައި އަޅައިގަތީ ދުރުގައި ބޮޑު ކަޅު ހެދުމެއް ލައިގެން ހުރި ކުއްޖެކެވެ. ކިތަންމެ ދޫ ހެދުމެއް ލައިފައި ހުއްޓަސް ބޮޑު ބަނޑެއް ހުރުމުން މާބަނޑޫ ކުއްޖެއްކަން އިނގުނެވެ. މީހާ ހުރީ ހިވެގެންގޮސް ސިފަގެއްލޭވަރުވެފައެވެ. ހަމަ އެކަނި ބަނޑެއް އިންކަމެވެ. މޫނުމަތިވެސް ވަނީ މިލާފައެވެ. ދެލޯ ވަޅުވަދެފައެވެ. ޒިމްޔާއަށް އެއީ ކާކުކަން އެނގުމުން ދެލޯ ބޮޑު ކޮއްލެވުނެވެ. ބޭއިހްތިޔާރުގައި އޭނާއާއި ދިމާއަށް ހިނގައިގަނެ ބާރަކަށް ގޮވައިލެވުނެވެ.

……………………………….

“އެލީޝާ؟” ޒިމްޔާ ހައިރާންވެހުރެ ގޮވައިލެވުނެވެ. އެންމެ ހައިރާންވީ އެލީޝާއަށް އައިއްސަ ހުރި ބަދަލުންނެވެ. އެހެންޏާ ނަލަހެދިފައިގެން ހުންނަ ކުއްޖާ މޫނުމަތިވަނީ މިލާފައެވެ. އެންމެ ފެޝަން ހެދުންލައި އުޅުން ކުއްޖާ މިއަދު އެހުރީ ގަޔައް ދޫ ހެދުން ލައިގެންނެވެ. އެލީޝާއަށް ވެސްވީ އެވަރެވެ. އަހަރުތަކަކަށް ފަހު ޒިމްޔާ ފެނުމުންނެވެ. ނަމަވެސް ކުރެވުނު ކަންތަކާ ލަދުގަނެ އިސްޖަހައިގެން ދާން ހިނގައިގަތެވެ. ނަމަވެސް ޒިމްޔާ އެލީޝާގެ އަތުގައި ހިފެހެއްޓުމުން މަޑުކުރަން މަޖުބޫރުވިއެވެ.

“އެލީޝާދޯ؟ އެކަނިތަ؟ ކޮބާ ފިރިމީހާ؟ ބަނޑުގަ ރިއްސާތީތަ ތި ހުރީ ފާޑަކަށް؟” ހަގީގަތުގަ ޒިމްޔާ އެވަރަކުން އެލީޝާ ހުއްޓުވީ އެލީޝާއަށް ކަމެއް ވަނީ ކަމައް ހީކޮށެވެ.

“އަހަރެންގެ ފިރިމީހާއެއް ނުހުރޭ” ހިތްވަރު ކޮއްލާފައި އެލީޝާ ބުނެލިއެވެ. އެލީޝާ ގަސްތުކުރީ ކުރިން ކުރެވުން ހުރިހާ ކަމަކަށް މާފައް އެދި ކިޔައިދިނުމަށެވެ.

“ކީކޭ؟ ދެންތިބުނީ….؟”

“އާނ. އަހަރެން ބަލިވެ އިނީ ނަހަލާލަށް. އެކަމަކު މިހާރު އަހަންނައް ކުރެވުން ފާފަތަކަށް ތައުބާ ވެއްޖިން. ކުރިން ކުރެވުނު ކަންތަކާ އަހަރެން ހިތާމަ ކުރަން، އެކަމުގެ އަދަބު އަހަންނައް މި ލިބެނީ މިއަދު” އެލީޝާއަށް އެހެން ބުނެވުނު ހަމަ ރަނގަޅައް ވެސް ރޮވިއްޖެއެވެ.

“ހޭ އެލީ ހުއްޓާލާ.. އިންސާނުންނައް ކުއްވެސް ކުރެވޭނެ، ނުވާނެ ހިތާމަ ކުރާކަށް ބޭބީއަށް ގެއްލުމެއް ވެދާނެ” ޒިމްޔާ އޯގާތެރި ކަމާއިއެކު ބުނެލިއެވެ. އެލީޝާ އަށް އިތުރައް ރޮވުނީ ޒިމްޔާގެ ހިތް ހެޔޮ ކަން ފެނިފައެވެ. ހަގީގަތް އެނގޭނަމަ ޒިމްޔާ އެހެންނެއް އޭނައަކާ ވާހަކަ ނުދައްކާނެކަން ކަށަވަރެވެ.

“ޒިމް ތިހެންނެއް ނުބުނާނެ ހަގީގަތް އިނގޭނަމައެއް” އެލީޝާ ލޯފުހެލަމުން ބުނެލިއެވެ.

“ކޮން ހަގީގަތެއް؟”

“އާދޭ އަހަރެންނާ އެކީ އަހަރެން އުޅޭ ކޮޓެރިއަށް. އެތަނައްގޮސް ހަމަ ޖެހިލައިގެން ކިޔައިދޭނައް” އެލީޝާ ބުނެލިއެވެ.

“އޯކޭ ހިނގާދާން” ޒިމްޔާ މިހެން ބުނުމުން އެލީޝާ ގޮސް އެތާ ކައިރި ހުރި ގެއަކަށް ވަދެ ކުޑަ ކޮޓެރިއަކަށް ވަނެވެ.

“މީ އެލީގެ ގެ ތަ؟” ޒިމްޔާ ހައިރާންވީ ކޮޓެރިތެރޭ ކައްކައި ކެވޭ ގޮތައް ހުރުމުންނެވެ.

“ހުރިހާ އެއްޗެއް އިނގޭނެ މި ކިޔައިދޭ އެއްޗިހިން” އެލީޝާ ހިތި ގޮތަކައް ބުނެލިއެވެ.

“ކިޔައިދީބަލަދެން”

“ޒިމް އަހަންނައް މާފް ކުރާނަންތަ؟” އެލީޝާ ދެރަވެލާފައި އަހާލިއެވެ.

“ހޫމް.” ޒިމްޔާ ކުޑަކޮއް ހިތް ނުތަނަވަސް ވާން ފެށިއެވެ. އަނެއްކާ އެލީޝާ އެއުޅެނީ އޭނަ ކައިރި ކޮން ވާހަކައެއް ދައްކަންބާއޭ ހިތައް އެރިއެވެ.

“ޒިމް ހަނދާންވެއެއްނު ފަޔާޒް ކޮޓެރިން އަހަރެން ނެރުންރޭ. އެރޭ އަސްލު އެގެއައް ވަދެވުނީ ފައިހާގެ އެހީއާއި އެކީ އޭނަ އެކަންތައް ކޮއްދީފަ ގެއައް ދިޔައީ، ފަހުން ބަސްޓުވީމަ އޭނަ ބޮލުން ބޭލީ ހުރިހާ ކަމެއް. އޭގެ އެތައް ދުވަހެއް ފަހުން އަނެއްކާ މީނަ ވާހަކަ ދައްކަންފެށީ ދެން ޓާގެޓަކަށް ހެދީ ޒިމްއާއި މީކް. ފައިހާ ބޭނުންވީ ކޮންމެ ގޮތެއް ހަދާފަވެސް ދުރު ކުރުވަން. އަހަރެން ދިން ހިޔާލަކަށް އޭނަ ހުރިހާ ކަމެއް ކުރީ. މީކް ފުރަން އޮތްދުވަހު މީހަކަށް ގުޅާށޭ ކިޔާފަ މީކް ފޯނު ހޯދައިގެން ފައިޙާ އަމިއްލައަށް ފާޑު ފާޑުގެ މެސެޖް ކުރީ މީކް ފޯނައް. ދެން އޭއްޗިހި ސްކްރީންޝޮޓް ނަގާފަ ޒިމްއަށް ފޮނުވީ. މީކް ފުރިތާ ދުވަސް ކޮޅެއް ފަހުން ފޮނުވީވެސް. ހީވެސް ނުކުރަން އެހާ ފަސޭހައިން ތިދެމީހުން ދުރުވާނެކަމެއް.”

“ވަޓް. ދެން ތިބުނީ އޭ ހުސް ދޮގޭ؟ އޯނޯ އަހަރެން މީކް ދެއްކި އެއްވެސް ވާހަކައެއް އަޑެއް ނާހަން ގަބޫލެއްވެސް ނުކުރަން” ޒިމްޔާއަށް ރަގަޅައް އެއްކޮ ވާހަކަ ނުނިމެނީސް ކޮޅައް ތެދުވެވުނެވެ.

“ޒިމް އަހަންނައްޓަކާ ޕްލީޒް ތިދެމީހުން ގުޅެބަލަ” އެލީޝާ ޒިމްޔާގެ އަތުގައި ހިފާލަމުން ބުންޏެވެ. އޭރު ޒިމްޔާއަށް ހުރީ ރޮވިފައެވެ. ބަޔަކު ރޭވި ރޭވުމަކަށް އޭނާ މީކާއީލް ދޫކޮއްލީއެވެ. މީކާއީލް ހާދަދެރަވާނެއެވެ.

“އިޝީންދޭ އަދި ބައިވަރު އެއްޗިހި އިނގޭނެ”

“ދެން އެދުވަހުގެ ފަހުން ފައިހާއަށް ހީވަނީ އީދެއް އައިސްގެން އުޅޭހެން. މީކް ފަހުން ޒިމް ހޯދަން އައި އެފަހަރު ކޮންމެސް ގޮތަކުން މީކްއަށް ފައިހާގެ ކަމެއްކަން އިނގުނީ. އަލުން ތި ދެމީހުން ގުޅެއްޖިއްޔާ ޔަގީން ފައިހާ މޮޔަވާނެ ދުނިޔެއިން. އޭގެ ފަހުން ޒިމް ނުފެނޭ އެތައް ދުވަހެއް ފަހުން އަހަރެންނާ ފައިހާ އާ ފިހާރައަކުން ނިކުތްތަނުން ފެނުނީ ޒިމް ފިރިހެން ކުއްޖަކާއެކީ ދެން ފައިޙާ ހީކުރީ އެއީ ޒިމްގެ ބީއެފް ކަމައް ދެން އުޅުނީ ކޮންމެސް ގޮތަކުން އެކުއްޖާ ހައްލާލެވޭތޯ. އަހަރެންނާ ހަވާލް ކުރީ. އެކަމް އޭނަ ހުންނަނީ ފާޑަކަށް އަޅައިގަނެފަ އޭނައާވެސް. ފައިހާ ބުނެގެން އެއްދުވަހު އަހަރެންގޮސް ޖެހިގަނެފަ ވެއްޓުނީ. އެދުވަހު ފަހުން ފްރެންޑްވީ އެގޮތައް ބައެއްފަހަރު ކާންގޮސްވެސް ހަދަން. ޒައިދާން އެއީ. އޭނަ ބުނީ ރައްޓެއްސެއް ނުވަމޭ ކުއްޖަކާ އެކަމް ލޯބިވާ ކުއްޖެއް ހުރެއޭ. އަހަރެން ހީކުރީ ޒިމް ކަމައް އެހެންވެ ފައިހާ ދިން ހިޔާލަކަށް އަހަރެން އެއްރޭ ހުރިހާ ކަމެއް ކުރީ އަހަރެން ބުނިން ކުރިން އަހަރެންމީ އަޅާލާނެ މީހެއް ހުންނަ މީހެއް ނޫނޭ. އެހެން ކިޔައިގެން ދޮގުހެދީ. އަތުގައި ބައިވަރު ރުފިޔާހުރި ހަށިވިއްކައިގެން ކޮޓެރިއެއް ކުއްޔައް ހިފީ ދެން ވަރަށް ވިއްސާރަ ރެއަކު އަހަރެން ބައްޔޭ ކިޔައިގެން އޭނަ ގެނައީ. ފައިހާ ދިން ގުޅައެއް އަހަރެން ޒައިދާންގެ ސޫޕް ތައްޓައް ލީ. ދެން އަހަރެން ތަށި ދޮވެފަ އައި އިރު ޒައިދާން އޮތީ ދެމިފަ. ހޭ ހުރި އެކަމް ހަމަ ރަގަޅައް މަސްތުވެފަ. އެރޭ ހުރިހާ ކަމެއް ކުރީ އިސްވެ ޒައިދާން ހަމަ. އެކަމް އޭނަ ހުރީ މަސްތުވެފަ ހެދޭ ނުހެދޭ ނޭނގޭވަރުވެފަ. އަހަރެންވެސް ހުރިހާ ކަމަކު ބައިވެރިވިން. ދެން ހޭލެވުނީ ޒައިދާން އަހަރެން ކޮޅައް ނަގައި ހަޅޭއްލަވައިގަތީމަ. ޒައިދާންއަށް އެ ގުޅަތައް ފެނިގެން ބަސްޓްވީ ވަރަށް އެއްޗިހި ކިޔާފަ ދިޔައީ. ފައިހާ އެދުވަހު އައިއްސަ އެއްޗިހިކީ އޭނަ ބޭނުން ކޮއްލަން ނުދީ ޒައިދާންއަށް ހުރިހާ ކަމެއް އެނގުނީމަ. ފައިހާވެސް ފަހުން އައީ ހަމަ އަހަރެންނެކޭ އެއްފަދައިން އެންމެންގެ ތަންމަތި ފަޅުފިލުވަދެމުން. ދެން އެމައްސަލައިގަ ގުޅުން ކެނޑުނީ. އޭގެ ފަހުންވެސް ދެމީހަކާ އެކީ ގުޅުން ހިންގިން. އެކަމް ހުރިހާ ކަމެއް ނުވީ އަހަރެން މާ ބޮޑައް ބަލިވާން ފެށުނީމަ. އެއްދުވަހު ގޭގަ ކާން އިންދަ އަހަރެން އަނބުރައިގަތީ ދެން ހޭ އެރި އިރު ހޮސްޕިޓަލްގަ. ހޭ އެރުމުން ގެއަށް ފޮނުވާލި އެކަމް އަހަރެން ގެއައް ވަތް ތަނުން މަންމަ އަހަރެންގެ ހުރިހާ އެއްޗެއް ފޮއްޓައް އަޅާ ނެރެލީ. އަހަރެން ބަނޑު ބޮޑުކަން އިނގުނީމަ. އަހަރެން އެދުވަހު ވަންނާނެ ތަނެއް ނެތިގެން މިތަން ހިފީ. ފައިހާ ކައިރި އެވާހަކަ ބުނީމަ އޭނަވެސް ދިނީ ބީރު ކަންފަތެއް. އަހަރެންނަކަށް ނޭނގެ އަހަރެން މި ދަރިފުޅު ވައްޓާލަން ބިރުގަތީ. ފަހުން ދަރުހެއް އަޑު އަހައިގެން އުޅުން އިސްލާހު ކުރީ އެއްކޮއް. އެކަމް އަތުގަ ފައިސާ ނެތިގެން އަހަރެން މަންމަ ގާތައް ދިޔުމުން އދުވަހު މަންމަ ބުނީ ނުހުންނާނެއޭ އެލީޝާ ކިޔާ ދަރިއެއް. ރުފިޔާ ހޯދާނެ ގޮތެއް ނެތިގެން އަހަރެން އެފާފައަށް އަރައި ނުގަންނަން މިހެން މިއުޅެނީ މީހުން އަތުން ސަލާން ޖަހައިގެން. މާދަމާ ޖެހޭ ހޮސްޕިޓަލްއަށް ދާން އެޑްމިޓްވާން. އެކަމް އަހަރެން އަތަކު ނެތް މި ދަރިފުޅައް ކުޑަމިނުން ނެޕީ އެއްވެސް ގަންނާނެހާ ފެންވަރެއް” އެލީޝާ ވާހަކަ ކިޔައިދީ ނިމުން އިރު އޭނާ އިނީ ރޮވިފައެވެ.

“ދެންތީ ޒައިދާންބެގެ ދަރިއެއްތަ؟” ޒިމްޔާ މިއޮއް ހުރިހާ އިރު ހިތުގައި އުފެދުނު ސުވާލު ކުރިއެވެ.

“ނޭނގެ.” އެލީޝާ އެއިން ގޮތައް ބުނެލިއެވެ.

“ޒިމްދޭ މީކް ކައިރިއައް ޕްލީޒް ތި ދެމީހުން ގުޅޭ”

“ހޫމް. އަހަރެން އެލީއަށް މާފް ކޮއްފިން. ޒައިދާންބެ ވެސް އޯކޭ ކޮއްދޭނަން.” ޒިމްޔާ މިހެން ބުނުމުން އެލީޝާ ދެލޯ ބޮޑުކޮއްލިއެވެ.

“ނޫން. ނުބުނާތި”

“ޕްލީޒް ތި ދަރިފުޅައް ބައްޕަގެ ލޯބި ބޭނުން ވާނެއޭ”

“ޒައިދާންގެ ދަރިއެއް ކަމެއް ނޭނގެއޭ”

“އޯކޭ ވިހެއީމަ ވާނެ ޑީއެންއޭ ހަދަން. އަން މި ރުފިޔާއަށް ބޭބީއަށް އެއްޗިހި ގަނޭ” ތިންހާސް ރުފިޔާ ދެމުން ޒިމްޔާ ބުނެލިއެވެ.

“އަޅެ އެކަމް”

“އެކަމް އެއް ނޫން. އެލީ އަހަރެން މިހާ ފަސޭހައިން މާފް މިކުރީ އެލީ އުޅުން އިސްލާހު ކުރީމަ ދެން ނޫޅޭތި އެގޮތައް” އަންނާނަން މީކް ކައިރިއަށް ގޮއްސަ.” ޒިމްޔާ މިހެން ބުނުމުން އެލީޝާ ބޯ ޖަހާލިއެވެ.

…………………………………

މީކާއީލް އިނީ ބަގީޗާ ތެރޭ ހުރި ގޮނޑީއަކު ވިސްނުމަކަށް ގެއްލިފައެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނަ އާދެއެވެ. ފަހަތުގައި މީހެއް ހުރިހެން ހީވެގެން ފަހަތް ބަލައިލި އިރު ޒިމްޔާ ހުރުމުން ބޭއިހްތިޔާރުގައި ކޮޅައް ތެދުވެވުނެވެ. މެއައް ނުބައި ގޮތެއް ވެގެން ދިޔައީ ޒިމްޔާ ރޮވިފައި ހުރުމުންނެވެ. ޒިމްޔާ އައިސް މީކާއީލް ގައިގައި ބައްދައިގަނެގެން ރޯން ފެށިއެވެ. މީކާއީލް އިތުރައް ބިރުގަންނަ ގޮތްވީ މީގެ އަހަރު ތަކެއް ކުރިންވެސް ޒިމްޔާވަނީ އޭނަ އަތުތެރޭ އެހެން ހުރެ ރޮއެފައެވެ.

“ހޭ. ޒިމް ކީއްވީ؟ މީހަކު ކަމެއް ކުރީތަ؟” މީކާއީލް ޒިމްޔާ ކީ އެއްޗިހި ހަނދާންވެސް ނެތް ކަހަލައެވެ.

“މީކް އައިމް ސޮރީ. ޒިމްއަށް ހުރިހާ ކަމެއް އިނގެއްޖެ” ޒިމްޔާ ރޮމުން ބުނެލިއެވެ. މީކާއީލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ  ޒިމްޔާ އޭނާ ކައިރިއައް އަންނާނެ ކަމައް ހީވެސް ނުކުރެއެވެ. އަދި ކުރީރޭ ކީ އެއްޗިއްސާ އެކީވެސްމެއެވެ.

“މީކް ސޮރީ. ޕްލީޒް މީކްއާއި ނުލާ ނޫލޭވޭނެ.” މީކާއީލް މޭގައި ބޯ އަޅާލަމުން ޒިމްޔާ ބުނެލިއެވެ. މީކާއީލްއަށްވެސް ކެއް ނުވެގެން ޒިމްޔާ ގައިގައި ބާރަކައް ބައްދައިގަތެވެ އެގޮތުގައި ދެމީހުން ދެމީހުންނައް އެތައް ޝަކުވާއެއް ކުރަމުން ދިޔައެވެ.

“ޒިމް ކާކު ބުނީމަ ތިއައީ މީކް ކައިރިއަށް” މީކާއީލް ޒިމްޔާ ދުރައް ޖައްސާލަމުން އަހާލިއެވެ. ޒިމްޔާ އެލީޝާ ކީ ހުރިހާ އެއްޗެއް ކިޔައި ދިނެވެ. މީކާއީލްވެސް ޒައިދާން ކިޔައިދިން ވާހަކަތައް ކިޔައި ދިނެވެ.

“ދެން ކިހިނެއް ހަދާނީ؟” ޒިމްޔާ މީކާއީލް ކައިރި އަހާލިއެވެ.

“ނޭނގޭދޯ. ޒައިދާންއަށް ކިޔައިދެންވީ. ޒައިދާންގެ ދަރިއެއް ވިއްޔާ އޭނަ ޔަގީން އެދަރިފުޅައް ލޯބި ދޭނެ. އެލީޝާ ދެކެ ނުލާހިކު ލޯބިވޭ ޒައިދާން. އިނދެވެސްފާނެ ހަމަ” މީކާއީލް ވަރަށް ޔަގީން ކަމާއި އެކީ ބުނެލިއެވެ. ޒައިދާންގެ ދިރިއުޅުން އުފާވެރިވާނީ އެލީޝާއާއި އެކީއެވެ.

“އޯކޭ. މީކް ދެރަވިދޯ ކުރިން ޒިމްއަށް ކިޔުން އެއްޗިހިން”

“ވަރަށް ދެރަވި. އެކަމް އޯކޭ. މިހާރު ހަނދާންވެސް ނެތް. ޒިމް ތިހުރީނު ދެން ނުދާނަމެއްނު” މީކާއީލް ރީތި ހިނިތުން ވުމެއް ދެމުން ބުނެލިއެވެ. ޒިމްޔާ އިސްޖަހައިލީ ލަދުންނެވެ.

“އެހެމް” މީހެއްގެ އަޑައް ދެމީހުން ސިހިފައި ބަލާލި އިރު މިޒްނާމެންނެވެ. އެމީހުން މޫނުމަތިންވެސް އެމީހުން ތިބީ އުފާވެފަކަން އިނގުނެވެ. އެގޭގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮއްލާފައި ޒިމްޔާ ދިޔައީ ގެއަށެވެ. އޭރު ޒައިދާން ސޯފާގައި އިނެވެ. ޒިމްޔާ ވަރަށް ރަގަޅައް ޒައިދާންއަށް ބަލާލިއެވެ. އެ މޫނު މަތިން ވެސް ހިތާމައެއް ކުރާކަން އިނގެއެވެ. ޒިމްޔާ ޒައިދާންބެއޭ ކިޔާ ސޯފާގައި އިށީންދެލިއެވެ. އިރުކޮޅަކުން މީކާއީލްވެސް ފަހަތުން އައިސް ވަނެވެ. އައިސް ޒިމްޔާ އަތުގައި ހިފުމުން ޒައިދާން ހައިރާންވެފައި ބަލާލިއެވެ. މީކާއީލް ހުރިހާ އެއްޗެއް ކިޔައިދިނުމުން ކުއްލިއަކަށް ޒައިދާން ތެދުވިއެވެ.

“ކޮންތާކު އެޅި އުޅެނީ؟” ޒައިދާން ހާސްވެފަ އަހާލިއެވެ.

“އޭތް. ހަމަޖެހިބަލަ.”

“ނޫން. އޭއީ މަގޭ ދަރިއެއް. އަހަރެން އެންމެ ހާސްވެސްވީ އެކަމާ” ޒައިދާން އެހުރިގޮތައް ބުނެލިއެވެ.

“އޭގެ ފަހުންވެސް އެބުނީނު އޭނަ އެހެން އުޅުނޭ” މީކާއީލް ބުންޏެވެ.

“ހެވޭ. އަހަރެން ބޭނުން ހަމަ މިވަގުތު ދާން.”

“ތިހާ ފަސޭހައިން އޭނައަށް ޒައިދާން މާފް ކުރާނަންތަ؟” މީކާއީލް ހީކުރީ ޒައިދާން ފުރަތަމަ އަންނާނީ ރުޅި ކަމަށެވެ.

“މާފް ކުރަން އުނދަގޫ. އެކަމް ރުޅި އަންނަން އުޅުނަސް ރުޅިއެއް ނާދެވޭ އެލީ ދެކެއެއް”

“ހިނގާ. އެލީއާއި ވާހަކަ ދައްކަން” މިހެން ބުނުމުން ޒައިދާން ޒިމްޔާއާއި އެކު އެގެއަށް ދިޔައެވެ.

ބެލް ޖަހާތީ ޒިމްޔާ ކަމަށް ހީކޮއް އެލީޝާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީހުރި ޒައިދާން ފެނުމުން އެލީޝާ ދޮރުޖަހަން އުޅުނެވެ. ނަމަވެސް ޒައިދާން ހުށިޔާރުކަމާއި އެކީ ދޮރުގައި ހިފެހެއްޓިއެވެ. ދެވަނަ ސިކުންތު އެތެރައް ވަދެ ތަޅުލިއެވެ.

“ޒައިދާން..” އެލީޝާ ޖެހިލުންވެ ހުރެ ގޮވާލިއެވެ.

“ޔެސް. ތިވަރު ކަމެއްވީ އިރު ކީއްވެ އަހަންނައް ނޭންގީ؟” ޒައިދާން އެހުރިގޮތައް ހުރެ ބުނެލިއެވެ.

“އަހަރެން ކީއްކުރަން ޒައިދާންއަށް ގުޅަންވީ؟ މީ އަހަރެން އަމިއްލައަށް ކުރި ކަމެއް. ކުޑަމިނުން ކާކަށް ކަމެއްވެސް ނޭނގޭ”

“އެހެންތަ؟ ހަމަ އަހަރެންގެ ދަރިއަކަށްވެސް ވެދާނެދޯ؟” އެލީޝާ ފަހަތައް އެނބުރުނީ ޒައިދާންއަށް ނުބަލަންށެވެ. ޒައިދާން ފެނުމުން ހިތައް ގޮތެއްވެގެން ދިޔަކަން އޭނާއަށް އިނގުނެވެ.

“ނޫން. މިދަރިފުޅު ނުހުންނާނެ ބައްޕައެއް. ވިޔާނުދާ މަންމައެއް ހުންނާނީ. ޒައިދާން އަހަންނައް މާފް ކުރޭ. އަހަރެންގެ ގޯސް އުޅުމުން އަހަރެންގެ އާއިލާވެސް ގެއްލިއެއްޖެ” އެލީޝާ ފެންކަޅިވެފައި ހުރެ ޒައިދާންއާއި ދިމާއަށް އެނބުރުނެވެ.

“މާފް ކޮއްފިން” ޒައިދާން އެލީޝާއާއި ކައިވެލަމުން ބުނެލިއެވެ.

“އެކަމް. ކީއްވެ؟ އަރެންމީ ވަރަށް ގޯސް މީހެއް” އެލީޝާ މިހެން ބުނުމުން އިތުރައް ޒައިދާން ދިޔައީ ކައިރިވަމުންނެވެ. އެލީޝާ ފާރުގައި ޖެހުމުން ޒައިދާން އެލީޝާގެ އަތުގައި ހިފިއެވެ.

“އަޑުއަހާ. އެއީ އަހަރެން ލޯބިވާތީ. ތީ އަހަރެންގެ ފުރަތަމަ ލޯތްބައްވާތީ” ޒައިދާން ގެ އަޑުންވެސް އެކަން ޔަގީންވިއެވެ.

“ދެން ތިބުނީ…؟”

“އާން. އޭރު ބުނި ކުއްޖަކީ އެލީ ހަމަ. ޕްލީޒް އަހަރެން އެލީ ބޭނުން” އެލީޝާގެ މޫނުގައި ހިފަހައްޓާލަމުން ޒައިދާން ބުނެލިއެވެ.

“އެކަމް އަހަރެން ބޭނުމެއް ނޫން. މިއީ އަހަންނައް ހައްގު އަދަބެއް”

“ޕްލީޒް އެލީ ދެން އުފަލުގަ އުޅޭނީއޭ އަހަރެމެންގެ ދަރިފުޅާއެކީ މެރީ ކޮއްފަ” ޒައިދާން އާދޭސް ކުރަން ފެށިއެވެ.

“ކިހިނެއް އިނގެނީ މީ ޒައިދާންގެ ދަރިއެއްކަން؟” އެލީޝާ ޒައިދާންއަށް ބަލާލަމުން ބުނެލިއެވެ.

“ނޭނގެ. ހަމަ އަހަރެންގެ ދަރިއަކަށްވެސް ވެދާނެ އެއްނު. ވިޔަސް ނުތްވަސް އަހަރެން ބޭނުމޭ އެލީ”

“އެކަމް އަހަރެން އިންނާނީ މިއީ ޒައިދާންގެ ދަރިއަކަށް ވިއްޔާ. ނުވިއްޔާ މިހާލަށް އަހަރެން ދޫކޮއްލާ” އެލީޝާ ހަދާނެ ގޮތެއް ނެތުމުން ބުނެލިއެވެ. ޒައިދާން އެހާ ގާތުގައި ހުރުމުން އޭނާއަށް ކުޑަކޮއް އުނދަގޫވެސް ވިއެވެ.

“އޯކޭ ފައިން. ގަދަ ކަމުންވެސް ޖެހޭނެ އޭރުން އިންނަން” އެލީޝާގެ ނިއްކުރިޔައް ބޮސްދެމުން ބުނެލިއެވެ.

……………….

އަށްމަސް ފަސް…………..

މިއަދަކީ އެތައް ބައެއްގެ ހުވަފެން ހަގީގަތަކަށް ވާނެ ދުވަހެކެވެ. ޒިމްޔާއާއި މީކާއީލް ކައިވެނި ކުރެވޭނެ ދުވަހެވެ. އެލީޝާވިހެއުމުން ޑީއެންއޭއިން އެއީ ޒައިދާންގެ ދަރިއެއްކަން އިނގުމުން ކައިވެންޏައް އެއްބަސްވީއެވެ. ޒައިދާން ވަރަށް ހިތްވަރު ކޮއްގެން އެލީޝާ މަންމަމެންގެ ލޯބިވެސް އަލުން އެލީޝާއަށް ލިބުނެވެ. ކޮންމެ މީހަކަށްވެސް އެލީޝާއަށް އައިއްސަހުރި ބަދަލް ފާހަގަ ވާނެއެވެ. ފަޔާޒްމެންވެސް ހެޔޮ ހިތުން އެލީޝާއަށް މާފް ކުރިއެވެ. ހަމަ އެކަނި ދެ އާއިލާއަށް ކެއުމެއްދޭ ގޮތައް ޒިމްޔާމެން ހަމަ ޖެއްސިއެވެ. މާބޮޑު ޕާޓީއެއް ބާއްވަން އެމީހުން ބޭނުންން ނުވީއެވެ.

ޒިމްޔާހުރީ މަޑު ނޫކުލައިގެ އެއްކޮއްދިގު ހެދުމެއް ލައިގެންނެވެ. މޭކަޕް ކުރުމުން އިތުރައް އެ މޫނު ރީއްޗެވެ. މީކާއީލް ހުރީ ކަޅި ޖަހައި ނުލާ ބަލާށެވެ. އެތައް ދުވަހެއް ފަހުން ޒިމްޔާ އޭނާގެ ހައްގަކަށް ވަނީއެވެ. މިއީ އޭނާ ނުހަނު ބޭނުންވި ދުވަހެކެވެ. އެލީޝާވެސް ޒިމްޔާއާއި އެއްގޮތަކަށް ފަހާފައި ހުރިހެދުމެއް ލައިގެން ހުއްޓެވެ. ދެކުދިންވެސް މިރޭ އެހާ ރީއްޗެވެ. ޒައިދާންއާއި މީކާއީލްވެސް ކޯޓް ފަޓްލޫންގައި ތިބުމުން އެހާމެ ފުރިހަމައެވެ. ޒައިދާން އަތުގައި އިން ޒައިދާންއާއި އެލީޝާގެ ދަރިފުޅު ނިކްމަލް މިޒްނާ އުރާލިއެވެ. ދެން ފެއްޓިގެން ދިޔައީ ހަތަރު ކުދިންގެ ކައިވެންޏެވެ. ކައިވެނި ނިމުމުން އާއިލާތައް އުފަލާއި މަޖަލުގައި މަޖާ ކުރުމުގައި ތިއްބެވެ. އެމީހުންގެ މޫނުމަތިން މިއިން ދުވަހަކު ހިތާމަ ކުރިހެންވެސް ހީނުވެއެވެ. މީކާއީލް ދިޔައީ ޒިމްޔާއަށް އެކި ކަހަލަ ގޯނާ ކުރަމުންނެވެ. މީކާއީލް ބުނެލާ އެއްޗިހިން ޒިމްޔާ ލަދުން އިސްވެސް ޖަހައެވެ. ހިތި ދުވަސްތަކަކަށް ފަހު އެދެ ލޯބިވެރިންގެ ބާހާރު މޫސުން ފެއްޓުނެވެ.

ފަރުޒާނާ އުޅުނީ ފައިހާ މަސަލަސް ކުރެވޭތޯއެވެ. އޭރު ފައިހާ އިނީ އިސްތަށިގަނޑު ހާވާލައިގެން ތަޅުންގަނޑޫމަތީ ފެތުގަނެގެންނެވެ. އޭނާ އިނީ ހަމަ ރީއްޗައްވެސް މޮޔަވެފައެވެ. އެހެން އިނދެގެން މޮޔަވެސް ގޮވައެވެ. މިއީ ދުނިޔޭގެ ކަން ހިނގާ އާންމު އުސޫލެވެ. އެކަކަށް ދެރަ ދީފަ އަނެކަކަށް އުފަލަކު ނޫޅެވޭނެއެވެ. ޒިމްޔާއާއި މީކާއީލްގެ ދިރިއުޅުމަށް އިތުރު ހުރަހެއް ނެތި އުފަލުގައި އުޅެމުންދިޔައެވެ.

Share Article

Follow Me Written By

Mau

Level 2100 Comments10 Stories

??

Other Articles

Previous

ސިއްރު ސިއްރުން ހިތޭ… (17)

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސައުވިސްވަނަބައި)

Next
December 3, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސައުވިސްވަނަބައި)

Previews
December 3, 2017

ސިއްރު ސިއްރުން ހިތޭ… (17)

26 Comments!

  1. Layaa says:
    December 3, 2017 at 10:07 pm

    Yeh .. me 1st.. adhimiulhenee kiyaalan

    1. Mau says:
      December 3, 2017 at 10:23 pm

      Yes?

  2. Mau says:
    December 3, 2017 at 10:18 pm

    Here is the last part of this story. I hope you all will love it. And thankyou for your all endless supporting. ❤❤❤ I really appreciated? Just read and leave a comment??? insha allah new story eh up kohdheynah varah avahah?❣ Loveya??

  3. Saa says:
    December 3, 2017 at 10:21 pm

    Beautiful

    1. Mau says:
      December 3, 2017 at 10:24 pm

      Thanks❣

  4. Reader says:
    December 3, 2017 at 10:30 pm

    Reethi. Ekam nimey bmbai rom vi nama salhi vees

    1. Mau says:
      December 3, 2017 at 11:09 pm

      Thanks?

  5. xee says:
    December 3, 2017 at 10:39 pm

    Nimun foohi

  6. ?? says:
    December 3, 2017 at 10:51 pm

    Nimmun ehaa reehcheh noon vaahakaige kury part thakeh nus kiyan.. Nimmun hadivyma kiaa hiynuvy…

  7. aika says:
    December 3, 2017 at 11:28 pm

    Bad… could have done much better… faiha ge bai genai goi v odd

  8. Aisha says:
    December 3, 2017 at 11:36 pm

    will miss thiss story?☹
    This was 1 of my fav
    waiting for ur next story
    Misses????

    1. Mau says:
      December 4, 2017 at 11:27 am

      Thankyou?

    2. Mau says:
      December 4, 2017 at 11:28 am

      Thankyou???

  9. Angel says:
    December 4, 2017 at 12:21 am

    Love this..waiting for a new story❤️?

    1. Mau says:
      December 4, 2017 at 11:29 am

      Thanks?

  10. sana says:
    December 4, 2017 at 2:36 am

    Alhey will miss this story Haadha sadey finish dho…..
    When did we see you’re other story ……. Plx write other story you can write story you have that telant dhooni gandaa this story ge ending hama super..???????????????????????????

    1. Mau says:
      December 4, 2017 at 11:25 am

      Hehehe. Thanks. Will upload soon insh allah? Nd thankyou?

  11. The Alpha says:
    December 4, 2017 at 8:09 pm

    Nimun kiyaa hiyy vaagotheh neh
    mi ahvure interestinv kolleema story v salhi vaane

  12. Friends says:
    December 4, 2017 at 9:24 pm

    Masha allah mi stry vvvvvv reethi..but last part ga heevany kuru galhu vaafahen..over roll stry nice…keep it up dear.waiting 4 u r new stry..
    Gud nyt…?????

  13. Anonymous says:
    December 5, 2017 at 11:10 am

    den koirakun meege aneh part up vaanee……. mi part ves v.reethi…..

    1. saam bro says:
      December 26, 2017 at 4:03 pm

      Bro mee ending part eyy dhen kiyaabala next story eyy ??

  14. Aisha says:
    December 5, 2017 at 2:31 pm

    dhen new story eh upkuranee koniraku?

  15. Rau says:
    December 5, 2017 at 11:01 pm

    Story nimmun kuru v ma ehaa interest eh nuvi but salhi vaahakaeh mee..

  16. aishath says:
    December 6, 2017 at 1:27 pm

    Varah salhi

  17. ush says:
    December 7, 2017 at 1:22 am

    such a different story.. varah reethi.. hope mikahala ehn stiry eh anehkaa up kuraane kamahh.. ?

  18. sana says:
    December 14, 2017 at 2:01 pm

    Alhey mau where are you come back I miss this lovely story and you mau pls come back soon dhooni????????????????????????????????????????????

Comments are closed.



All Right Reserved!