Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން….(އަށްވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
December 8, 2017 4 Mins Read
32 Comments

ޔާނީއަށް ކޭކު ލަވަން އުޅުން މުލައިލް ގެ ގައިން ވަރުދޫވާހެން ހީވިއެވެ. ނަމަވެސް ކެތްކުރަމުން ގެންދިޔައީ އޭނާއަށް ގޮތެއްވެއްޖެނަމަ އެންމެން ހާސްވާނެ ކަން އިނގޭތީއެވެ. ނަމަވެސް މުލައިލްއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. އެންމެފަހުން އަތުގައި އޮތް ކޭކު ކޮޅާއެކު ހޭނެތިގެން ބިންމައްޗަށް ވެއްޓުނީއެވެ. އެންމެންގެ ސަމާލުކަން ދަމައިގަންނަމުންނެވެ. “މުލައިލްލްލްލްލް…………” އިވިގެން ދިޔައީ ޔުސްރާގެ އަޑެވެ.

ހޮސްޕިޓަލް ކުރިމައްޗަށް މަޑުކޮށްލި އެމްބިއުލާންސުން ބޭޅުމަށްފަހު މުލައިލް ވަގުތުން އަވަސް ފަރުވާ ދޭތަނަށް ވެއްދުނެވެ. ކޯޓެއް ލަމުން ޔުސްރާ އަދި ޝިފާންވެސް އަވސްފަރުވާދޭ ކޮޓަރިއަށް ވަނީ ޔާނީ ގާތު ކެތްތެރި ވުމަށް ބުނެފައެވެ. ނަމަވެސް ހަމްނާގެ ގައިގައި ބައްދައި ގަނެގެން ހުރެ ރޮމުން ދިޔަ ޔާނީއަށް އެއަޑު ނީވޭ ފަދައެވެ. އޭރު ޝާމީލް، ލީނާ، އަދި ލީނާވެސް ހުއްޓެވެ.

އަވަސްފަރުވާދޭ ކޮޓަރީގެ ތެރެ ހަލަބޮލި ވަމުން ދިޔައެވެ. މުލައިލްގެ އަނގައިން ހުދު ފޮނަ ތަކެއް ނިކުންނަމުން ދިޔައިރު މީހާ ދިޔައީ ފިޓު ޖެހެމުންނެވެ. ހާސްވެފައި ތިބެ ޔުސްރާމެން އެމީހުންނަށް މަސައްކަތް ކުރެވޭނެ އެންމެ މަތީދަރަޖައަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ކުއްލިއަކަށް މުލައިލްގެ ހަރަކާތް ހުއްޓުނެވެ. އަދި ހިތުގެ ހިނގުން މަޑުވާކަމަށް ކާޑިއެކް މޮނިޓާއިން ދައްކާލިއެވެ. އެވަގުތު އޮކްސިޖަން ގުޅާލުމަށްފަހު ޑެފިބްރިލޭޓާރ ޖައްސާލުމަށްފަހު މުލައިލްގެ ތަނަވަސް މޭމަތީގައި ޖައްސާލިއެވެ. ލޯ މަރާލަމުން ޔުސްރާ ﷲ އަށް ވަކީލުކޮށްލިއެވެ.

ގިނަ އިރު ރުއިމުގެ ސަބަބުން ޔާނީގެ މޫނު ވަނީ ރަތްވެފައެވެ. އޭރުވެސް ހުއްޓުމެއްނެތި އެބޮޑު ދެލޮލޮުން ކަރުނަ ފައިބަމުން ދިޔައިރު ޔާނީއަށް ގިސްލެވެމުން ދިޔައެވެ. އޭރުވެސް ޔާނީ އިނީ ހަމްނާގެ ކޮނޑުގައި ބޯ އަޅާލައިގެނެވެ.

“ތިހާމް. ދެން ނޭންގެ. ރިޕޯޓުތައް ބުނާ ގޮތުން އެ ކޭކު ކޭމަ އެހެން ވީ. އެޔަށް ހުރީ ރައިސިން އަޅާފަ. ގައިމު ތިހާމް މެންނަކަށް ނޯޅޭނެ އެއީ ކިހާ ބާރުގަދަ ވިހައެއް ކަމެއް. އޭގެ އެންމެ ގުޅަ އަކުންވެސް މީހަކު މަރާލާނެ. އަހަރެމެންނަށް ފަރުވާ ދެވުނުލެއް އަވަސް ކަމުން ސަލާމަތް ވީ. އަދިވެސްއެފަކީރު ހޭ ނާރާ. އަހަރެން ކީކޭތަ ޔާނީ ގާތު ބުނާނީ؟ ރުއާ އެމީހުން މަރަން ފެންބޮވައި ގަނެގެން އުޅޭ ވާހަކަތަ؟ ލާނީމެންގެ މާޒީ ކިޔާދޭންވީތަ؟؟!! ޑެމްއިޓް ތިހާމް. އޭނަ ހޯދަބަލަ. ހެޔޮނުވާނެ. ޔުސް މެން ތެޅުނު ގޮތަށް ދެން ތިބި ދެކުދިން ތެޅޭތަން ދެކޭކަށް ކެތެއް ނުވާނެ. ” ޝިފާންއަށް ރޮވުނެވެ. މީ ކޮންފަދަ ތަގުދީރެއް ހެއްޔެވެ؟ ގައިމު އެމީހުން ހީކުރީ ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. އެމީހުންގެ އުފާވެރި ހަޔާތް ފެށުނީކަމަށެވެ. ބަހާރު މޫސުމަށް ހަރީފު މޫސުން ވެރިވެގަތްލެއް ހާދަހާވާ އަވަހެވެ.

އަވަސް ފަރުވާދޭ ކޮޓަރިން ނިކުމެގެން އައި ޔުސްރާފެނުމާއެކު ޔާނީ މަޑުމަޑުން ތެދުވެލިއެވެ. ހީވާގޮތުން ވަރެއް ނެތީއެވެ. “ޔާނީ. މަންމަ ގެ ކެތްތެރި ޕްރިންސަސް. އިއްލު އިޒް އައުޓް އޮފް ޑޭންޖަރ. އެކަމް އަދި ހޭ ނާރާ. ވަރަށް އަވަހަށް ހޭ އަރާނެ އިނގޭ އިންޝާ ﷲ..” ކިތަންމެ ދޮގު ހަދަން ބޭނުން ނުވިޔަސް މަސްލަހަތަށްޓަކައި ޔުސްރާ ދޮގު ހެދީއެވެ. ހަގީގަތަކީ މުލައިލްގެ ހަށިގަނޑު އަދިވެސް ވަނީ ނުރައްކަލުގެ ތެރޭގައި ކަމެވެ. ހޭއަރާނެ ކަމެއް ނުވަތަ ނޫންކަމެއްވެސް ޔަގީން ނުވާކެމެވެ. ނަމަވެސް އެވާހަކަ ތަކުގެ ސަބަބުން ޔާނީގެ މިލާފައިވާ މޫނު ކޮންމެސް ވަރަކަށް އުޖާލާވެގެން ދިޔަތަން އެންމެނަށްވެސް ފެނުނެވެ. އެމީހުންގެ އެކުވެރިންވެސް ގެޔަށް ދިޔައީ އޭރު ދިހަގަޑި ބައިވެ ބޮޑުވެފައި ވާތީއެވެ.

ގަޑިން ބާރަގަޑި ބައި ވީއެވެ. މުލައިލް ކޮޓަރިއަކަށް ބަދަލު ކުރެވިފައި ވާއިރު އެތަނުގައި މަޑުކޮށްގެން އިން ޔާނީއަށް ވަނީ ނިދިފައެވެ. ތުންފަތް ހިކިވެ މޫނު ދުޅަވެފައި ވީއިރު ޔާނީއަށް ނިދުނީވެސް ރޯން އޮއްވާކަން ހާމަވާން ހުއްޓެވެ.

އާދުވަހަކަށް އިރު އަރައިގެން އައީ އެކި މީހުންގެ ހަޔާތަށް އެކި ކުލަ ގެންނަމުންނެވެ. ސްކޫލުވެސް ހުޅުވުމާއެކު ކިތަންމެ ވަރުބަލިވެ، ދާހިތް ނުވި ކަމުގައި ވީނަމަވެސް ޔާނީ ސްކޫލަށް ހާޒިރުވިއެވެ. ތަފާތަކީ އެހެން ދުވަސްތަކުގައި އަބަދު އަނގަގަދަކޮށް އުޅޭ ޔާނީ ގެ ބަދަލުގައި މަޑުމޮޅި ބަސްމަދު ޔާނީއެއް އިންކަމެވެ. ގިނަ ވަގުތު ބޯޖަހައިގެން އޮންނައިރު މާ ބޮޑަށް ފިލާވަޅަށް ސަމާލުކަމެއްވެސް ދޭހެނެއް ހިޔއް ނުވެއެވެ. ޔާނީގެ އެ މިޒާޖުން އެންމެންގެ ހިތްތައް ފިސްފިސް ވަމުން ދިޔައިރުވެސް އަޅާނުލީ ހާލަތާ ވަގުތުގެ ގޮތުންނެވެ.

ސްކޫލު ނިންމާލުމަށްފަހު ޔުނީފޯމުވެސް ބަދަލުކޮށްނުލާ ޔާނީ ހޮސްޕިޓަލަށް ދާން ހިނގައިގަތެވެ. ފަހަތުން ޔާނިލާވެސް އައެވެ. “އޯކޭތަ އަހަރެން ދިޔަސް؟” ޔާނީ ހަމައެކަނި ބޯޖަހާލީއެވެ. މަންޒިލާ ހިސާބަށް އާދެވުނުއިރުވެސް ދެމީހުން ކުރެ އެކަކުވެސް އިތުރުބަހެއް ނުބުނެއެވެ. “ނިލް ވަދެ. އަހަރެން އަންނާނަން ފެން ފުޅިއެއް ހިފައިގެން.” މުލައިލް އޮތް ކޮޓަރީގެ ދޮރާހިސާބަށް އާދެވުމާއެކު ޔާނީ ބުނެލިއެވެ. ބޯޖަހާލަމުން ޔާނިލާ އެތެރެއަށް ވަނެވެ.

ޔާނިލާގޮސް މަޑުކޮށްލީ މުލައިލްގެ ބޯ އޮތް ކޮޅުގައެވެ. އޭރު މުލައިލްގެ މޫނުން ދާތިކި ވިދަމުން ދިޔައެވެ. ޔާނިލާ މަޑުމަޑުން މުލައިލްގެ އަތުގައި ހިފާލުމާއެކު މުލައިލް ތެޅެން ފެށިއެވެ. ދެލޯ މަރާ ތަގުޅިކޮށްގެން އޮތް އިރު ހީވީ މަރަށް ތެޅެމުން ދިޔަ މީހެއް ހެނެވެ. އޭގެ ސަބަބުން ގުޅާފައިވާ އައިވީ ފުޅީގެ ތެރެއަށް ލޭއެޅެން ފެށިއެވެ. ޔާނިލާއަށް ހުރެވުނު ތަންވެސް ނޭންގުނެވެ. ހަޅޭއްލަވަމުން ބޭރަށް ނިކުތްއިރު އެއަޑަށް ނަރުހުންގެ އިތުތުން ޔާނީވެސް ދުވެފައި އާދެވެ. ބާރަކަށް ދުވެފައި އައި ގޮތަށްއައިސް ޔާނީ އެކޮޓަރިއަށް ވަނެވެ. އެމަންޒަރަކީ ޔާނީއަށް އާ މަންޒަރަކަށް ނުވިޔަސް މިއަދު މުލައިލްއަށް އެހެންވަމުން ދިޔައީ އާދަޔާ ހިލާފަށް ބޮޑަށެވެ.

ރޮވިފައިހުރެ މުލައިލްއަށް ގޮވަމުން ގޮސް ޔާނީ މުލައިލްގެ އަތުގައި ހިާލިއެވެ. އަދި ނިތްކުރީގައި ފިރުމާލިއެވެ. ކުރިއެކޭވެސް އެއްފަދައިން މިފަހަރުވެސް މުލައިލްގެ ހާލަތު ރަނގަޅު ވިއެވެ. ނަމަވެސް މުޅިހަށިގަނޑުގައި ތުރުތުރެއް އޭރުވެސް ވިއެވެ. ފުންމައިގަންނަމުން މުލައިލް ލޯ ހުޅުވާލި ވަގުތަކީ ނަރުހުންތައްވެސް އައިސް ވަތް ވަގުތެވެ.

އެނދުގައި އިށީންދެގެން އިން މުލައިލް ފެނުމާއެކު ވަދެގެން އައި ދެނަރުހުންނަށްވެސް ހައިރާންކަން ލިބިގެން ދިޔައެވެ. ނަމަވެސް އެމީހުން އަވަސްވެގަތީ ލެއިން ކަޅިވެފައިވާ އައިވީ ފުޅި ނައްޓާލުމަށްފަހު އާ ފުޅިއެއް ގުޅާށެވެ. އެޔަށްފަހު މުލައިލް ހޭއެރި ހަބަރު ޔުސްރާއަށް ދިނެވެ. އެންމެން އުފާވެފައި ތިބުމާއެކު މުލައިލްއަށްވެސް ހީލެވުނެވެ. އެވަގުތު ދުރުގައި ހުރި ޔާނިލާ ފެނުމާއެކު އެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އެމަންޒަރު ޔާނީއަށް ވަރަށް ރަނގަޅަށްވެސް ފެނިގެން ދިޔައެވެ.

ޔުސްރާ ޑިއުޓީގައި ނެތުމާއެކު މުލައިލްގެ ޗެކަޕް ހެދުމަށް އައީ ޝިފާންއެވެ. އިތުރު ނުރައްކަލެއްގެ އެއްވެސް އަލާމާތެއް ނުފެނުމާއެކު ﷲ އަށް ހަމްދުކޮށްލަމުން މުލައިލްގެ ގައިގައި ބައްދާލިއެވެ. “ޔެސް!!!” ނިކުތް ގޮތަށް ޝިފާން އެހެން ބުނެލުމާއެކު ޔާނީ އަށް އުފަލުން އަތްޖަހާލެވުނެވެ. ހިތާމަޔަކީ އެއުފާވެރި ކަމަކީ ވަގުތީ އުފާވެރިކަމެއްކަން އިނގޭތީއެވެ.

އިތުރު އެއްވެސް ކަމެއް ނެތުމާއެކު މުލައިލް ދޫކޮށްލެވުނެވެ. ހަތަރު މީހުންގެ އެ އާއިލާ އެކުގައި ހިނގާލާފައި ދިޔައިރު ޔުސްރާ އަދި ޝިފާންހުރީ ކުރީގައެވެ. މުލައިލް އަދި ޔާނީ ފަހަތުން ދިޔައެވެ. “އިއްލު. ކޮންކަހަލަ ހުވަފެނެއްތަ އެގަޑީ ފެނުނީ؟؟!! ނިލް ފަކީރު ހުރީ ކިރިޔާ ނުރޮވި” ހިނިގަނޑަކާއެކު ޔާނީ ބުެލިއެވެ. ނަމަވެސް އުޅެ އުޅެވެސް ފެނުނު އެކައްޗެއްވެސް މުލައިލްގެ ހަނދާނަކަށް ނައެވެ. އެހެންކަމުން ދެމީހުންވެސް ނިންމީ އިތުރަށް އެވާހަކަ ނުދެއްކުމަށެވެ.

ޖެހިގެން އައި ދުވަހު ޔާނީ ސްކޫލަށްދިޔައީ ވަރަށް ރަނގަޅު މޫޑެއްގައި ހުރެއެވެ. މުލައިލް ގޭގައި މަޑުކޮށްލީ ޝީފާންމެންގެ އެދުމުގެ މަތިންނެވެ. އެކަނި އޮވެއޮވެ ފޫހިވެގެން އެންމެ ފަހުން މުލައިލް ގަސްތު ކުރީ ސިނާ އަތުން ގެނައި ފައިލު ކިޔާލުމަށެވެ.

“ދެހާސް ނަވާރަވަނަ އަހަރު. މަގުމަތީގެ އެކްސިޑެންޓު. މަރުވި މީހުން. ލައިތް..އަލާނިޔާ.. ނޯ..މަންމަ މަރުވީ އެހެނއް ނޫނެއްނު؟ ގައިމު ޔުސްމަމް ބުނީ އަހަރެން ވިހާފަ.. އޯ ނޯ. އެއީ ހުސްދޮގޮ. ޒަހަމްވި މީހުން ގެ ތެރޭގަ އެބައިން މުލައިލް ބުން ލައިތް، އުމުރުން ތިން އަހަރު. އެއީ އަހަރެން… ދެން ޔާނީ..އެހެން ވީމަ އެދުވަހު އެކަމެއް ހިނގީ ހަމަ އަހަރެމެން މަރާލުމުގެ ނިޔަތުގަ. އެކަމު ލާނީ މަމް އަހަރެމެން ސަލާމަތް ކުރީ. އަހަރެން ކާރަށް އަރަން ބިރުގަންނަނީ އެހެންވެ. ޔާނީ އަށް ޕޯސްޓް ޓްރައުމަޓިކް ސްޓްރެސް ޑިސްއޯޑާ ޖެހުނީ އެހެންވެ. އޯ މައި ގޯޑް. މީ ކޮން ކަންތައް ގަނޑެއްތަ؟!!! ކީއްވެތަ އަހަރެމެން. އަހަރެން ބޭނުމެއް ނޫން ޔާނީއަށް ކިޔާދޭކަށް. އެކަމަކުވެސް ހެޔޮ. އަހަރެމެން ވައުދުވީން ދެމީހުން އެކުގައި މިކަން ކުރަން. އެކަމް ވެސް…..”

މުލައިލްގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. އެ ހާދިޘާގެ ފަހަތުގައިވެސް ވަނީ ރުއާކަމާ މުލައިލްގެ މަންމަ މެންގެ މަރުގެ ހަގީގަތް އެނގުމާއެކު މުޅިމީހާ ހޫއްޓިފައި ވާކަހަލައެވެ. ރުއާގެ ހަގީގީ މަގްސަދެއް ނޭންގޭއިރު މިހާރު އޭނާ ރާވަމުންދާ އެއްވެސް ކަމެއްވެސް އަންދާޒާވެސް ކޮށްލަން އިނގެނީކީ ނޫނެވެ. ނަމަވެސް ޕާޓީ އޮތް ރޭގައި ރުއާ ގެޔަށް ވަދެފައި ނުވާނެކަން މުލައިލްއަށް ޔަގީނެވެ. އެހެނީ އެގެޔަކީ ހުރިހާގޮތަކުންވެސް ސެކިއުރިޓީ ވަރަށް ވަރުގަދަ ގެއެކެވެ. އެހެން ކަމަށް ވާނަމަ އެއީ ރުއާއަށް ހެޔޮ އެދޭ މުލައިލްމެންގެ އެކުވެރިއެކެވެ. އަނެއްކާ ރުއާގެ ދަރިއެއް ނޫންބާވެއެވެ؟ އެހެންވެއްޖެނަމަ ސްކޫލުގެ ހާދިޘާއިން ފެނުނު ޑީއެންއޭވެސް ދިމާވާނެތާއެވެ. އެހެންކަމަށް ވާނަމަ ރުއާގެ ދަރި އުޅެނީ އެމީހުންގެ ސްކޫލުގައެވެ. އެއީ ކާކު ބާވައެވެ؟

“މިވަރުން އަހަރެން މޮޔަވާނެ. އެކަމަކު ކާކުތަ އެއީ؟؟ އަހަރެންގެ މިހީވުމަކީ ތެދެއްތަ؟ މި ސުވާލުތަކުގެ ޖަވާބު އަހަންނަށް ވަގުތު ފާއިތު ވުމުގެ ކުރިން ލިބޭނެތަ؟” މުލައިލްގެ ލޮލުން ކަރުނަ ހިލުނެވެ.

****************************************************************

“މަންމާ. މިހާރު އަހަރެންގެ ކުޅިބައިވެސް އަތުރައިފިން. މިފަހަރު އެއިން އެކަކުވެސް ސަލާމަތް ވިޔަކަ ނުދޭނަން. މަންމަގެ ހައްގުގައިވެސް އަހަރެން އެ އެންމެނަށް ކުޅި ދައްކާލާނަން. ޔާނީ އެންޑް މުލައިލް.. ތި މީހުން ހީވެސް ނުކުރާނެ އަހަރެން މީ ކާކު ކަމެއް..ހަހަހަހަހަ”

***************************************************************

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ނޫރު (ހަތްވަނަ ބައި)

Next

ލޯބިވަން….(ނުވަވަނަބައި)

Next
December 9, 2017

ލޯބިވަން….(ނުވަވަނަބައި)

Previews
December 7, 2017

ނޫރު (ހަތްވަނަ ބައި)

32 Comments!

  1. imagination ?? says:
    December 8, 2017 at 3:21 am

    hey guyss.. miothy my late night work ingey. hope u all will like it. gonna get some sleep now. good nyt all. <3 <3

  2. nikki says:
    December 8, 2017 at 4:10 am

    Finally got another part to read…. I really like to read ur stories… Actually really curious to knw who’s ruaa’s kid… Waiting for nxt part…. Ly…??

    1. imagination ?? says:
      December 8, 2017 at 12:09 pm

      hey nikki. thanks for ur support dear. lets see dhwhaha lyt <3

  3. Rsh says:
    December 8, 2017 at 4:11 am

    Nice
    Waiting for next…..

    1. imagination ?? says:
      December 8, 2017 at 12:10 pm

      thank you?

  4. unaal says:
    December 8, 2017 at 5:11 am

    I think yaanila eii kanneyge ruaa ge daughter aky
    mi part vc vrh vrh reethi

    1. Wishy says:
      December 8, 2017 at 10:09 am

      I think so too. ☺

    2. imagination ?? says:
      December 8, 2017 at 12:10 pm

      lets see dhw. thanks a lot unaal ?

  5. OuO says:
    December 8, 2017 at 5:54 am

    varah reethi…i really loved it…looking forward to read the next part <3

    1. imagination ?? says:
      December 8, 2017 at 12:13 pm

      awwn. glad u loved it. thanks ?

  6. Reader says:
    December 8, 2017 at 6:32 am

    So I think ei Alaaniyaa hen

    1. imagination ?? says:
      December 8, 2017 at 12:14 pm

      who knows dhw. lets see ?

  7. Reem says:
    December 8, 2017 at 7:59 am

    Edhemey kalaa aa gaathuga vumah..
    Evaahaka aa gulhuvaigen anna vaahaka eh tha mii..
    Same nan thakeh hunnaathii..
    Alhe buneba plsxxxx..
    .

    1. imagination ?? says:
      December 8, 2017 at 12:16 pm

      labba. e yaa gulhun huri. ekm this is a new idea. aslu e story ehaa complete heneh feel nuvaathi mi aa gulhuvaali. ?

  8. Friends says:
    December 8, 2017 at 8:07 am

    Kaakuba eii alaaniyaa or yaanila tha .thank u so much dear upload kuryma.vvvvv salhi mi part vess .
    gud morning seyma.
    Have a nice day.?????

    1. imagination ?? says:
      December 8, 2017 at 12:18 pm

      ahha. is should say good afternoon dhw. haha thanks a lot vedhaane dhw. ehen meehakah ves hama vedhaane. dhen lets see dhw ?

  9. Love says:
    December 8, 2017 at 9:50 am

    Heevany yaanilaa hen.. Story varaaah reethi..

    1. imagination ?? says:
      December 8, 2017 at 12:19 pm

      who knows dhw. thanks love ?

  10. Luhan says:
    December 8, 2017 at 10:26 am

    V salhi..?? Nxt prt whn???

    1. imagination ?? says:
      December 8, 2017 at 12:20 pm

      in sha allah miyadhu ge vaguthehga.. thanks luhan ??

  11. lyn says:
    December 8, 2017 at 11:49 am

    love it ?? i think its yaanila ?

    1. imagination ?? says:
      December 8, 2017 at 12:21 pm

      thanks lyn. lets see dhw ??. aamukoh emme unexpected meehaa ah dhw vani

  12. Lovelyy says:
    December 8, 2017 at 2:21 pm

    Awww soooooo cute. This is one of my favourite sgories❤❤❤❤❤❤❤❤❤. I love your stories??????

    1. imagination ?? says:
      December 8, 2017 at 4:39 pm

      hey lovely.. thanks a lot. ??

  13. Juvey says:
    December 8, 2017 at 3:03 pm

    Yaanilaa hen heevanee juvey ah vx. .v nice mi part ves ??

    1. imagination ?? says:
      December 9, 2017 at 5:44 am

      eheh.. lets see dhw <3 thanks

  14. Friends says:
    December 8, 2017 at 4:54 pm

    When next part dear.
    Waiting waiting.
    I think ilu & yaanilaa twins kanneyge dhw.

    1. imagination ?? says:
      December 9, 2017 at 5:46 am

      up kohlaifin ingey. who knows dhw. thanks ??

  15. Kola says:
    December 8, 2017 at 9:08 pm

    Nice!!love yoir stories. Love you❤❤❤❤?????

    1. imagination ?? says:
      December 9, 2017 at 5:47 am

      awwnn.. thanks. love you too ??

  16. Reader says:
    December 9, 2017 at 1:42 am

    When next part.?

    1. imagination ?? says:
      December 9, 2017 at 5:48 am

      up kohlaifin ingey

Comments are closed.

Next Episodeލޯބިވަން….(ނުވަވަނަބައި)←


All Right Reserved!