Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (ތިންވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
December 10, 2017 6 Mins Read
27 Comments

ނިހާ ރޮއެ ގަތެވެ. އެމީހާގެ އަތުގައި ދަތް އަޅައި، އަތްދަށުން ވީއްލިގަތެވެ. ނިހާ ދުވެފައި ގޮސް ހޮޅުއަށި ދަށަށްވަދެ ފިލިއެވެ. އެމީހާ ހޮޅުއަށި ކައިރިއަށް އަޔެވެ. ނިހާގެ ހިތްހީވީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ކުއްލިއަކަށް ޖެހި ބާރު ގުގުރީގެ އަޑާއެކު މުޅި ކައުނު އެކީގައި ދިއްލިގެންދިޔައެވެ. އެމީހާގެ ފައިކޮޅު ވަރަށް ރީއްޗަށް ނިހާއަށް ފެނުނެވެ. އެ ފައިތިލައިގައިވާ 06 އިނގިއްޔެވެ.

މީހަކު ނިހާގެ ކޮނޑުގައި އަތް ޖައްސާލަމުން ގޮވާލުމާއެކު ނިހާއަށް ސިހިފައި ހޭލެވުނެވެ. އޭރު މުޅިމީހާވަނީ ދަލުން ފޯވެފައެވެ. ކުރިމަތީގައި ހުރީ ދީޕިކާއެވެ.

“..ދައްތަ ގޮވަނީ.. ކޮޓަރި ބުނަނީ އަންނަނީ..” ކޮށި ދިވެހި ބަހުން ދީޕިކާ ބުންޏެވެ. ނިހާ ހަމަޔަކަށް އެޅިލުމަށްފަހު ބޯޖަހައިލިއެވެ. ދީޕިކާ ނުކުމެގެން ދިޔައެވެ.

ފެނުނު ހުވަފެނާމެދު ނިހާ ވިސްނާލިއެވެ. ނުބައި ގަޑިއެއްގައި ނިދުނީތީ ފެނުނު ނުބައި ހުވަފެނެއް ހެއްޔެވެ؟ ނޫނެކެވެ. އެ ހުވަފެން ހަޤީޤަތަކާ ވަރަށް އެއްގޮތެވެ. އެއީ އެތަކެއް އަހަރުތަކެއްކުރިން ހިނގާފައިވާ ހާދިޘާއެކެވެ. މިހާރު އެފަދަ ހުވަފެންތައް ނިހާއަށް ފެނުން ވަނީ އާންމު ކަމަކަށްވެފައެވެ. ސަބަބަކީ ކޮބާހެއްޔެވެ؟ ހަނދާންކުރަން ބޭނުންނުވާ މާޒީ ހަނދާންކޮށްދިނުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މަންމަގެ މަރަށް އިންސާފު ނުލިބި އޮތުން ސަބަބަކަށް ވެދާނެބާއެވެ؟ މަންމަގެ މަރަށް އިންސާފު ހޯދައިދެވޭތޯ ނިހާ ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ފައިސާވެރިންނަށް ޤާނޫނުގެ ބާރު ހިނގަނީ ކޮން ޤައުމަކު ހެއްޔެވެ؟ އެމީހުން ތިބޭނީ ޤާނޫނަށްވުރެ މަތީގައެވެ. ޤާނޫނު ތަންފީޛުކުރުމަށް ތިބޭ މީހުންނަކީ އެމީހުން ޖަހާބެރަށް ނަށަންތިބޭ ބަޔެކެވެ. ނިކަމެތިންނަށް ނިކަމެތިގޮތެވެ. މޮޅު މީހުންނަށް މޮޅު ގޮތެވެ. އެއީ މަންމައަށް އިންސާފު ހޯދުމަށް އެޅި ފުރަތަމަ ފިޔަވަޅުން ނިހާއަށް ލިބުނު ފިލާވަޅެވެ.

ޞަފިއްޔާ ނިހާއަށް ގޮވާލަމުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނިހާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. އެމޫނު މަތިން ހިތާމަވެރިކަމުގެ ކުލަވަރެއް ޞަފިއްޔާއަށް ފެނުނެވެ.

“..ބަލީތަ؟..” ޞަފިއްޔާ އެހިއެވެ.

“..ނޫން.. ދެންމެ މިހޭލެވުނީ..” ނިހާ ގަދަކަމުން ހިނިތުންވެލިއެވެ. “..ދައްތަ ކަމަކުތަ؟..”

“..މިހާރު މާގިނައިން ކޮޓަރީގަ އޮންނާތީ..” ޞަފިއްޔާ އައިސް ނިހާ ގާތުގައި އިށީނެވެ. “..ދައްތައަށް ހީވަނީ ނިހާ ކޮންމެވެސްކަމަކާ ފިކުރުކުރާހެން.. ނިހާގެ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެ.. ކިހިނެއްވެގެން ތިއުޅެނީ.. ދައްތަމެންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟..”

ނިހާއަށް ފެންނަންފެށި ހުވަފެންތަކުގެ ސަބަބުން ނިހާގެ އުޅުމަށް ބަދަލުތަކެއް އަޔެވެ. ނިހާއަކީ މަޑުމައިތިރިކަމަށް ލޯބިކުރާ، ބަސްމަދު، އެކުވެރި ކުއްޖެކެވެ. އޭނާއަކީ އެއްވެސް އިރެއްގައި އެކަނިވެރިކަމަށް ލޯބިކުރި ކުއްޖެއް ނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ނިހާއަށް އަބަދުވެސް ހުރެވެނީ ފާޑަކަށް ނެގި މަޑުވެފައެވެ. އަބަދުވެސް ވިސްނެނީ ސަފީނާގެ މަރާ މެދުއެވެ. ސަފީނާ މަތިން ނިހާ ވަރަށް ހަނދާންވާ ދުވަސްކޮޅެކެވެ. ނަތީޖާއަކަށްވީ ނިހާ ގިނަ ވަގުތު ކޮޓަރި ތެރޭގައި ހޭދަކުރާ ހިތްވުމެވެ.

“..އެއްވެސް ކަމެއް ނުވޭ..” ނިހާ ދޮގެއް ހަދާލިއެވެ. “..މިދުވަސްކޮޅު ހޮސްޕިޓަލުގަ މާ ބުރައީ..”

ނިހާއަކީ ރަށު ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަމުންދާ ޒިންމާދާރު ނަރުހެކެވެ. ޞަފިއްޔާ ހިނިތުންވެލިއެވެ. އަދި ނިހާ ބޮލުގައި ފިރުމާލިއެވެ.

“..އެންމެ ރަނގަޅު..” ޞަފިއްޔާ ބުންޏެވެ. “..ދައްތަ ދައްކާލަންޖެހޭ އިތުރު ވާހަކައެއްވެސް އެބައޮތް.. ނިހާ މީހަކާ އިންނާކަށް ނުވޭތަ؟.. އެއްވެސް ވަރަކަށް އެކަމާ ވިސްނަންތަ؟..”

ނިހާގެ ހިޔާލަށް އައީ ނިކާލްއެވެ. އެ ދެމީހުންވެސް އުޅެ ބޮޑުވީ އެކީގައުޅެއެވެ. ކިޔެވީ އެއް ސުކޫލަކުންނެވެ. އުޅުނީ އެއް ކުލާހުގައެވެ. ދެންވެސް ނިހާ އުޅެން ބޭނުންވަނީ ނިކާލްއާ އެކުއެވެ. އޭނާ ފެންނަ ހިސާބުގައެވެ. އެބާރު ގަދަ އަތުގެ ހިމާޔަތުގައެވެ. އެފުރުޞަތު ނިހާއަށް ލިބިދާނެ ހެއްޔެވެ؟ ނިކާލްގެ ލޯބި ލިބޭނެނަމައެވެ. ނިކާލްއާއެކު ލޯބިން އުފާވެރި ހަޔާތެއް އުޅެމުންދާ މަންޒަރު ނިހާ ސިފަކޮށްލިއެވެ. ބޭއިޚްތިޔާރުގައި ނިހާއަށް ހިނިތުންވެވުނެވެ.

ކާވެނީގެ ވާހަކަ ދެއްކުމާއެކު، ނިހާގެ މޫނު މައްޗަށް އަރައިގެންދިޔަ ހުރިހާ ކުލައެއް ޞަފިއްޔާ ތަރުޖަމާކުރިއެވެ.

“..އެ ނަސީބު ވެރިޔަކީ ކާކު؟..” ޞަފިއްޔާ ސުވާލުކުރިއެވެ. ނިހާ ދެބުމަ ގޮށް ޖަހާލިއެވެ. ޞަފިއްޔާ ބުނި އެއްޗެއް ނިހާއަށް ނޭގުނޭ ބުނިކަހަލައެވެ.

“..ނިހާ ލޯބިވަނީ ކާކުދެކެހޭ؟..” ޞަފިއްޔާ ހީގަތެވެ. “..ނިހާ ކުއްޖެއްދެކެ ލޯބިވާކަން ޔަޤީން..ތި ހިނިތުންވުން އެކަމަށް ހެކިދޭ..”

ނިހާ ލަދުން އިސްޖަހާލިއެވެ. ނިކާލްގެ ނަން ޞަފިއްޔާ ގާތުގައި ބުނާނެ ހިތްވަރެއް ނިހާއަކަށް ނުލިބުނެވެ. އެކަމާމެދު ޞަފިއްޔާ ދެކޭނެ ގޮތެއް ނުވިސްނޭތީއެވެ. ސަފީނާގެ މަރަށްފަހު، ނިހާއަށް އުނިވި މައިވަންތަކަމުގެ ލޯބި ޞަފިއްޔާގެ ފަރާތުން ލިބުނު ނަމަވެސް އަދިވެސް އިތުބާރުކުރަން އުނދަގުލެވެ. ލޯބިން ފިރުމާފައިވެސް ކަރަށް ވަޅި ޖަހާކަށް ޞަފިއްޔާ ފަހަކަށް ނުޖެހޭނެއެވެ. ނިހާ ޤަބޫލުކުރާ ގޮތުގައި ޞަފިއްޔާ ސަފީނާއާމެދު ކަންތައްކުރީވެސް އެބީދައިންނެވެ.

“..ދައްތަ ހީކުރީ ނިހާގެ ލޯބިވެރިޔަކު ނުހުންނަކަމަށް..” ޞަފިއްޔާ ނިހާގެ އަތުގައި ހިފާލިއެވެ. އަދި ބުންޏެވެ. “.. އެހެންވެ ބޭބެ ރައްޓެހި ސައްތާރުގެ ދަރި ފައިރޫޒްއާ ނިހާ ދެވުމަށް ބޭބެ ނިންމާފަވާތީ އެވާހަކަ ނިހާއާ ދައްކާލަން މިއައީ.. އެކަމަކު މީދެން ނުދައްކާ ވާހަކައެއް.. ނިހާ ކާވެނިކުރުވާނީ ނިހާ ބޭނުންވާ މީހާއާ.. ނިހާ އުފަލުގަ އުޅުނީމަ ދައްތަވެސް އުފާވާނެ..”

ޞަފިއްޔާ ނުކުމެގެން ދިޔައެވެ. ނިހާ އިނީ ކަންބޮޑުވެފައެވެ. ނިހާގެ ކާވެނި ކުރުވުމަށް އިލްހާމް ނިންމާފައިވާނަމަ އެއީ ކަންބޮޑުވާންޖެހޭ ވަރުގެކަމެވެ. ވިސްނަންޖެހޭ ވަރުގެކަމެކެވެ. ނިހާ ވިސްނަން އިނދެފައި، ކުއްލިއަކަށް ކޮޓަރިން ނުކުތެވެ. ދެކޮޅު ބަލާލުމަށްފަހު ހަލުވި ހިނގުމުގައި ގޮސް ތިން ވަނައަށް ހުރި ކޮޓަރި ދޮރުގައި ޓަކިޖަހާލިއެވެ. އިންޝާ ދޮރު ހުޅުވާލިއެވެ. އިންޝާއަކީ ނަޒީލްގެ އަނބިމީހާއެވެ. އަދި ނިހާގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަޒީލް އުޅޭތޯ ނިހާ ސުވާލުކޮށްލިއެވެ. ނޫޅޭކަމަށް ބުނެ އިންޝާ ޖަވާބުދިނުމާއެކު ނިހާ ކޮޓަރި ތެރެއަށް ދެމިގަތެވެ.

“..ކިހިނެއްވީ؟..” އިންޝާ ދޮރު ލައްޕާލިއެވެ.

“..އެމީހުން އަހަރެންގެ ކާވެނި ހަމަޖައްސާފި..” ނިހާ ކޮޓަރި ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަން ފެށިއެވެ.

“..ކާކާ؟..” އިންޝާ އެހިއެވެ.

“..ފައިރުއާ..” ނިހާ ފުންނޭވާއެއް ދޫކޮށްލިއެވެ. ނިހާ ގާތުގައި ހަމަޖެހުމަށް ބުނަމުން އިންޝާ އެނދުގައި އިށީނެވެ. އަދި ނިހާ ގާތު އިށީނުމަށް ބުންޏެވެ. ނިހާ އިށީނެވެ.

“..ތިވީ ރަނގަޅަށް..” އިންޝާ ބުންޏެވެ. “..މަ ތިކާވެންޏާ ޤަބޫލު..”

“..ވަޓް..” ނިހާގެ ދެލޯ ބޮޑުވިއެވެ. ނިހާގެ ހިތުގައި ލިޔެވިފައިވާ ނަމަކީ ނިކާލްކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އިންޝާއެވެ. ވީއިރު އެކާވެންޏަށް އިންޝާ ޤަބޫލުވީ ކީއްވެގެން ހެއްޔެވެ؟

“..ލުކް ނިހާ..” އިންޝާ އޮޅުންފިލުވައި ދިނެވެ. “..އަހަންނަށް ފެންނަ އެއްޗެއް އަހަރެން މިބުނަނީ.. ފައިރުއާ ނިކްއާ ދެމީހުން ތެރެއިން މީހަކު ޗޫޒް ކުރަންޔާ އަހަރެން ނަގާނީ ފައިރު.. ފައިރުއަކީ އަޙްލާޤް ރަނގަޅު ހަރުދަނާ މީހެއް.. ނިހާއަށް އެނގޭނެ އެކަން.. އެޔާޚިލާފަށް ނިކާލްގެ ނެތް އެއްވެސް ހަރުދަނާކަމެއް..”

“..ވަޓްސް ރޯންގް ވިތު ޔޫ..” ނިހާއަށް ބުނެވުނެވެ. “..އަހަރެން ލޯބިވަނީ ނިކް ދެކެއޭ.. ނޮޓް ފައިރު..”

“..އައި ނޯ.. ހަމައެކަނި ލޯބިވިޔަކަސް ދިރިއުޅުމެއް ނުލިބޭނެ ނިހާ.. ނިކް އެހާ..” އިންޝާއަށް ބުނެވުނީ އެހިސާބަށެވެ.

“..އޯކޭ ފައިން..” ނިހާ ހިތްހަމަ ނުޖެހޭގޮތްވިއެވެ. “..އިންޝާގެ ހިޔާލުވެސް އެނގިއްޖެ.. އެކަމަކު އަހަރެން ނިކް ނޫން މީހަކާ ނީންނާނަން..”

ނިހާ ހިތްހަމަ ނުޖެހިފައިހުރެ ކޮޓަރިން ނުކުތެވެ. އިންޝާގެ ހިޔާލު ހުރިގޮތުން ނިހާ އަޖައިބުވިއެވެ. ލޯބިނުވާ މީހަކާ އެކީގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަޙްލާޤު ރަނގަޅުވެ، ހަރުދަނާވުމުން ހުރިހާ ކަމެއް ފުރިހަމަވީ ހެއްޔެވެ؟ އުފާވެރި ހަޔާތެއް ލިބޭނީ ތިމާ ލޯބިވާ މީހާއާ އިނީމަނޫން ހެއްޔެވެ؟ ނިހާ ލޯބިވާ މީހަކު ވަރަށް ގާތުގައި އެބަހުއްޓެވެ. އެކަންވެސް އެންމެ ރަނގަޅަށް އެނގޭނީ އިންޝާއަށެވެ. ވީއިރު ފައިރޫޒްއާ އިނުމަށް އިންޝާ ބުނީ ކީއްވެގެން ހެއްޔެވެ؟

އެރޭ ނިހާގެ ލޮލަށް ނިންޖެއް ނައެވެ. އެނދުމަތީގައި ދެއަތަށް ފުރޮޅި ފުރޮޅި އެތައްއިރަކު އޮތެވެ. ވަގުތުފާއިތު ނުވަނީސް ލޯބިވާ ވާހަކަ ނިކާލް ގާތުގައި ބުނަން ނިހާގެ ހިތަށް އެރިއެވެ. ބޮއްކުރާދޮށަށް އޮޑި ކެނބުމަކީ ނިހާއަށް މައްސަލައެއް ނޫނެވެ. މައްސަލައަކީ ނިކާލް އެފަދަ ނަޒަރަކުން ނިހާއާމެދު ދެކޭކަމެއް އެނގިފައިނުވުމެވެ. އެފަދަ އިޝާރާތެއްވެސް ކޮށްފައި ނުވުމެވެ. އަދި އެހެންމެ އެގުޅުމާމެދު ޞަފިއްޔާގެ ވިސްނުން ހުންނާނެ ގޮތެއް ނޭގުމެވެ. ނަމަވެސް އެގުޅުމަށް އިލްހާމް ދެކޮޅު ހަދާނެކަން ނިހާއަށް ކަށަވަރެވެ. އިލްހާމް ނިހާގެ ކާވެނި ހަމަޖެއްސުމުގެ ފަހަތުގައިވެސް ކޮންމެވެސް ސިއްރެއް ފޮރުވިފައިވާނެއެވެ. އެގެއިން ނިހާ ފޮނުވާލުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ. އިލްހާމްގެ ރޭވުމުގައި އަމަލީ ސިފައެއް ޖެހުމުގެ ކުރިން ނިކާލްއަށް ހިތުގެ ހާލަތު ބަޔާންކޮށްދިނުމަށް ނިހާ ނިންމިއެވެ.

************

ނިހާއަށް ހޭލެވުނުއިރު 10 ޖަހާ ބޮޑުވެއްޖެއެވެ. ފެންވަރާ، ތައްޔާރުވެލައިގެން ތިރިއަށް ދިޔައިރު ޞަފިއްޔާ އުޅުނީ ތަށިތައް ނެގުމުގައި އަވަދިނެތިއެވެ. ނިހާ ފެނުމާއެކު ޞަފިއްޔާގެ ސުވާލުތައް އަމާޒުވާނެއެވެ. ނިހާގެ ލޯބިވެރިޔަކީ ކާކުތޯ ބަލަން ބޭނުންވާނެއެވެ. ނިހާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ނިހާ ހެނދުނުގެ ނާސްތާނެގިއެވެ. އެޔަށްފަހު މެންދުރަށް ކެއްކުމުގައި ޞަފިއްޔާއަށް އެހީތެރިވެދިނެވެ. ޞަފިއްޔާ އެއްވެސް ސުވާލެއް ނުކުރިއެވެ. އިލްހާމް އެއްޗެއް ބުނީ ހެއްޔެވެ؟ މެންދުރު ކެއުމަށް ސުފުރާމަތި ތައްޔާރުކޮށްލުމަށްފަހު، ނިހާ ކޮޓަރިއަށް ދިޔުމަށް ހިނގައި ގަތެވެ. ޞަފިއްޔާ ގޮވާލިއެވެ. ނިހާ ހުއްޓުނެވެ. ހިތް ތެޅިލިއެވެ.

“..މަޑުކޮށްބަލަ..” ޞަފިއްޔާ އައިސް ނިހާގެ ފަހަތުން ހުއްޓުނެވެ. “..ރޭގަ އެއް ސުވާލަށް ނިހާ ޖަވާބެއް ނުދެމެއްނު..”

ނިހާގެ ހިތް ބާރަށް ތެޅިގަތެވެ. ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ލޯބިވެރިޔަކު ނެތޭ ބުނެވޭކަށްނެތެވެ. ބޮޑު އިބިލީސް ހުރީ ނިހާ ނީލަމުގައި ވިއްކާލަން ތައްޔާރުވެގެން ނޫންކަމެއް ނޭގެއެވެ. ނިހާ މަޑުމަޑުން އެނބުރިފައި، ޖަވާބެއް ނުދީ ހުރީއެވެ.

“..ނިހާ.. ދައްތަ އެނގެން ބޭނުންވޭ އެއީ ކާކުކަން..” ޞަފިއްޔާ ބުންޏެވެ. “..ނިހާގެ ކާވެނި އެމީހަކާ ކުރުމުގެ ކުރިން އެމީހަކީ ރަނގަޅު މީހެއްތޯ.. ނިހާ އުފަލުގަ ގެންގުޅެވިދާނެ މީހެއްތޯ ބަލަން ބޭނުންވޭ.. އެހެންވެގެން ދައްތަ މިއަހަނީ ނިހާ ލޯބިވާ މީހަކީ ކާކުތޯ؟ އެއީ ކޮން ގެޔެއްގެ ކިހާ ފެންވަރެއްގެ މީހެއްތޯ؟.. ލަދު ގަންނާނެކަމެއް ނެތް ދަރިފުޅާ..”

“..އެމީހަކީ އަހަރެން..” އިވިގެން ދިޔަ ނިކާލްގެ އަޑާއެކު ނިހާ ތެޅިގަތެވެ. ފަހަތަށް އެނބުރި އަވަހަށް ބަލާލެވުނެވެ. ނިކާލް ހިނގާލާފައި އައިސް ނިހާގެ އަތުގައި ހިފިއެވެ. ނިހާ އިހުނަށްވުރެ ބޮޑަށް ލޯ ބޮޑުކޮށްލިއެވެ.

“..ނިކާލް.. ސަމާސަކުރަން ނޫޅޭ.. މިތަނުންދޭ..” ޞަފިއްޔާ ކުޑަކޮށް ނުރުންވިއެވެ. ނިކާލް ސަމާސާއަކަށް ހަދާފައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ނިހާއަށްވެސް ޤަބޫލުކުރެވުނީ އެގޮތަށެވެ.

“..މަންމާ.. މީ ސަމާސާއެއް ނޫނޭ..” ނިކާލް ބުންޏެވެ. “..އަހަރެން ދެކެ ނިހާ ލޯބިވަނީ.. އެވާހަކަ އަހަރެންގާތު ނުބުނެ އެހުންނަނީ.. އެހެންވެ މަންމަ ގާތުގައިވެސް ބުނަން ނުކެރިގެން އެއުޅެނީ..”

ޞަފިއްޔާ ފަރުވާތެރިކަމާއެކު ނިކާލްއަށް ބަލާލިއެވެ. ނިހާއަށް ބަލާލެވުނީ ނިކާލްގެ ދެލޮލަށެވެ. އެދެލޮލުން މިއަދު ފެންނަނީ ސީރިއަސްކަމެވެ. ސަމާސާގެ އެއްވެސް ކުލަވަރެއް ނެތެވެ. ނިހާ ލޯބިވާކަން ނިކާލްއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އިންޝާ ހުރިހާ ވާހަކައެއް ކިޔާދިނީ ހެއްޔެވެ؟ އިންޝާމަތިން ހަނދާންވުމާއެކު ނިހާގެ މެޔަށް ފިނިކަމެއް އިޙްސާސްކުރެވުނެވެ. ފެންކަޅިވާން އުޅުމުން އަވަސްއަވަހަށް ނިހާ އެސްފިޔަ ޖަހާލިއެވެ.

“..އަހަރެން ބޭނުން ނިހާއާ އިންނަން..” ނިކާލް ބުނެލި ޖުމްލައާއެކު ނިހާ ރަނގަޅަށްވެސް ފެންކަޅި ވެއްޖެއެވެ. ގޭގެ މައިދޮރުން ވަދެގެން އައި އިލްހާމްއަށް ހުރިހާ ވާހަކައެއް އަޑު އިވުނެވެ.

“..ވަޓް ދަ ހެލް..” އިލްހާމް ބާރަށް ބުންޏެވެ. “..ތިކަމެއް ދުވަހަކުވެސް ނުވާނެ..”

ރުޅިވެރި ނަޒަރަކުން އެންމެންނަށް ވަކިވަކިން އިލްހާމް ބަލާލިއެވެ. ނިހާއާ ދިމާއަށް ބަލާލިވަގުތު ވަކިން ރުޅި ގަދަވިހެން ހީވިއެވެ. ދަތްކޮޅު ފައިބާވަރަށް ދަތްކުނޑި ވިކައިގަތެވެ. މޫނުމަތީ އެތިފަހަރެއް ވިހެލަންވެސް އޭނާ ބޭނުންވިއެވެ. އިލްހާމްގެ ރުޅިވެރި މޫނު ފެނިފައި ނިހާ ވަކިން ބޮޑަށް ހިތްހަމަޖެހުނެވެ. އެތެރެ އެތެރެއިން ހީގަނެވުނެވެ.

“..ހަނދާން ނައްތާލާ..” އިލްހާމް އިނގިލި ދިއްކޮށްލަމުން ނިހާއާ ދިމާއަށް ބުނެލިއެވެ. އަދި ބާރު ހިނގުމުގައި ސިޑިން އަރައިގެން ދިޔައެވެ.

ޞަފިއްޔާ ހުރީ ކުރަންވީ ކީއްކަމެއްވެސް ނޭގިފައެވެ. ނިކާލް ކުރަނީ ސަމާސާއެކޭ ހީކުރުވުނު ވަގުތުކޮޅެއްވެސް ދިޔައެވެ. ނަމަވެސް އަދިވެސް ނިކާލްގެ މޫނުމަތިން ފެންނަނީ ކުރިންވެސް ފެނުނު ކުލައެވެ. އިލްހާމް ރުޅި އައިސްގެން ދިޔުމުންވެސް އެހުރީ އަދިވެސް އެގޮތުގައެވެ. ވީއިރު ނިކާލްކުރީ ސަމާސާއެއް ނޫނެވެ. ޞަފިއްޔާ އުފަލުން ގޮސް ފެންކަޅިވިއެވެ.

“..ތިކަމާ މަންމަ ވަރަށް ޤަބޫލު..” ޞަފިއްޔާ ދެކުދިންގެ ގައިގާ ބައްދައިގަތެވެ. އަދި އުފަލުން ރޮމުން ފަހަރަކު ކުއްޖެއްގެ ނިތްކުރިއަށް ބޮސް ދިނެވެ. ނިހާއަށްވެސް ރޮވުނެވެ. ޞަފިއްޔާ އެއީ ހަމަ ދެވަނަ މަންމައެވެ.

ނިކާލް ވަރަށް ބާރަށް ހީގަތެވެ. އެއަޑު އިވިފައި ނިހާގެ މޫނު މަތީގައި ހީވީ ބާރު އެތިފަހަރެއް ވިހެލިހެންނެވެ. އޭނާގެ ވަށައިގެން ދުނިޔެ އެނބުރިގަތްކަހަލައެވެ. ނިކާލް ކުރީ ސަމާސާއެއް ހެއްޔެވެ؟ ނިހާ ވީ ދެރަޔާ އެއްވަރަށް ރުޅިވެސް އަތުވެއްޖެއެވެ. ޞަފިއްޔާ ގާތަށް އައި ރުޅީގައި ނިކާލްގެ ކަންކަށިމަތީގައި ޖެހިއެވެ.

“..އެއީ އަހަރެން ކޮއްކޮއެއްފަދަ ކުއްޖެއް..” ނިކާލް މަޑުމަޑުން ބުނެލިއެވެ. ނިހާގެ ހިތް ފޮތިފޮތިވެގެން ދިޔަކަހަލައެވެ.

“..ކޮއްކޮއެއްވީމާ ތިކަލަ ސަމާސާ ނުކުރަންވީ..” ޞަފިއްޔާ ބާރަށް ބުނެލިއެވެ. ނިކާލްގެ ސަބަބުން މިއަދު ޞަފިއްޔާ ވަރަށް ލަދު ގަނެއްޖެއެވެ. މަންމަގެ ރުޅިވެރި މޫނު ފެނުމުން ނިކާލް މާފަށް އެދުނެވެ. ޞަފިއްޔާ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ނިހާގެ ކަރުނުން ބަރާވެފައިވާ ދެލޮލުން އެހިތަށް ކޮށްފައިވާ އަސަރު ރީއްޗަށް ނިކާލްއަށް ފެނުނެވެ. ކުރެވުނީ ކުރަން ނުވާވަރުގެ ބޮޑު ކުށެކޭ ހިތްބުނި ކަހަލައެވެ. ނިކާލް ނިހާ ގާތުންވެސް މާފަށް އެދުނެވެ. އެހެނަސް އެއްޗެއް ބުނާނެ ހިތްވަރެއް ނިހާއަކަށް ނުލިބުނެވެ. ނިހާ ރޮމުން ރޮމުން ކޮޓަރިއާ ދިމާއަށް ދުއްވާގަތެވެ. ނިކާލްގެ ހިތަށް ގޮތެއް ވެލިއެވެ. ނިހާ އަސްލަށްވެސް ލޯބިވަނީ ހެއްޔެވެ؟

މިފަހަރު ނިކާލް އެކުރި ސަމާސާއެއް ނިހާއަށް ކަމަކު ނުދިޔައެވެ. ފުރަތަމަ ފަހަރަށް ނިކާލްދެކެ ރުޅި އާދެވުނެވެ. އެގޮތަށް އެހެންމީހެއްގެ އިޙްޞާސްތަކާ ކުޅުމުގެ ޙައްޤެއް ނިކާލްއަކަށްވެސް ނޯންނާނެއެވެ. ނިހާ އެންމެ ބޮޑަށް ދެރަވީ ނިކާލް ކޮއްކޮއެއް ފަދަ ކުއްޖެކޭ ބުނީމައެވެ. އެޖުމްލަ ނިހާގެ ސިކުނޑިގައި ހަރުލިއެވެ. ތަކުރާރުކޮށް އެޖުމްލަ ސިކުނޑީގައި ގުގުމަމުންދިޔައެވެ. ދެއަތުން ބޮލުގައި ހިފާލަމުން ނިހާ ހަޅޭ ލަވައިގަތެވެ. ނިހާ ހުރިހާ ރުޅިއެއް ބޭލުވީ ބާލީސްތަކަށެވެ.

ނިކާލް އެއްވެސް ވަރަކަށް ނިހާދެކެ ލޯބިނުވާކަން ޔަޤީންވެއްޖެއެވެ. އެހެންނަމަވެސް އެކަމާ ހިތާމަކުރާކަށް ނިހާ ބޭނުމެއް ނޫނެވެ. ނިހާ ކޮޅަށް ތެދުވެލަމުން ކަރުނަތައް ފޮހެލިއެވެ. ފޯނު ނަގައި ނަންބަރުތަކަކަށް ފިތާލިއެވެ.

“..ބަލާދީބަލަ..” ފޯނު ނެގުމާއެކު ނިހާ ބުނެލިއެވެ.

“..ގިވްމީ ފައިވް މިނިޓްސް..” އެކޮޅުން ފިރިހެނެއް ޖަވާބު ދިނެވެ.

ނިހާ ފޯން ކަނޑާލިއެވެ. އެމީހާގެ ކޯލަކަށް ނިހާ އިންތިޒާރުކުރިއެވެ. ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގަންފެށިއެވެ. ނިހާ އިރުއިރުކޮޅަށް ފޯނަށް ބަލާލައެވެ. ބަރާބަރު 05 މިނެޓް ވުމާއެކު އެމީހާ ގުޅިއެވެ.

“..އަގަކީ 20000 ރުފިޔާ..” ފޯނު ނެގުމާއެކު އެމީހާ ބުންޏެވެ. “..ބޭނުންވާނީ ދެމީހުންގެ ފުރިހަމަ ނަމާއި، އުފަންތާރީޚާއި، ދެމީހުންގެ ބޮލުގެ އިސްތަށި ކޮޅެއް..”

“..އެންމެ ރަނގަޅު..” ނިހާ ބުނެލިއެވެ. ނިކާލްގެ ލޯބި ފަންޑިތައިގެ ބާރުން ނަމަވެސް ނިހާ ހޯދާނެއެވެ. އެއީ މާކުރިންވެސް ނިހާ ނިންމާފައިވާ ނިންމުމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ނޫރު (އަށްވަނަ ބައި)

Next

ނުމެދާށޭ ދޫނި މަގޭ (7)

Next
December 10, 2017

ނުމެދާށޭ ދޫނި މަގޭ (7)

Previews
December 9, 2017

ނޫރު (އަށްވަނަ ބައި)

27 Comments!

  1. Koko says:
    December 10, 2017 at 5:33 am

    Vara vara furihama ??

    1. nishan says:
      December 10, 2017 at 12:10 pm

      thank yo much 🙂

  2. ? says:
    December 10, 2017 at 8:34 am

    Me second

  3. ? says:
    December 10, 2017 at 8:35 am

    Varah reethi ?

    1. nishan says:
      December 10, 2017 at 12:10 pm

      thank you so much 🙂

  4. Ahoo says:
    December 10, 2017 at 8:38 am

    Waah ..?

    1. nishan says:
      December 10, 2017 at 12:10 pm

      thank you so much 🙂

  5. ? says:
    December 10, 2017 at 10:21 am

    Just wow

    1. nishan says:
      December 10, 2017 at 12:15 pm

      thank you so much 🙂

  6. Yalun says:
    December 10, 2017 at 10:59 am

    Wat? Nihaa aky vx bad character eh tha. I mean fanditha hedhun rangalheh nun dw…pls dont make her bad.

    1. nishan says:
      December 10, 2017 at 12:13 pm

      heheh nihaa ah nuvisneni kanneyge 😉

  7. inaasha says:
    December 10, 2017 at 11:50 am

    fanditha mi dheythere ah nuvadhaa

    1. nishan says:
      December 10, 2017 at 12:15 pm

      sorry inaasha! vaahaka kuriya gendheven othy fanditha vs hadhaigen!

  8. Nihaa says:
    December 10, 2017 at 12:47 pm

    Dhen nihaa bad nukohbala dhw…

    1. nishan says:
      December 10, 2017 at 1:54 pm

      niha bad eh nuvaane 😉

  9. aakko says:
    December 10, 2017 at 12:59 pm

    Mihaa hisaabah kiyaalevunu iru varah reethi hn heevanee..nikaal ge character varah enjoyable.. nihaa kuraa kameih balailan beynumee..

    1. nishan says:
      December 10, 2017 at 1:54 pm

      thank you so much aakko 🙂

  10. Lampii says:
    December 10, 2017 at 1:49 pm

    Ayyeyy…. vrh reethi vaane hn heevani avahah up khdheyne kamah ummidhu kuran ??

    1. nishan says:
      December 10, 2017 at 1:54 pm

      thank you lampii 🙂

  11. Saaa says:
    December 10, 2017 at 11:39 pm

    Nihaa aa nikaal akee eh bafaa dhemeehun dw.. So loabiviyas marry nukureveyne ehnu

  12. Annu says:
    December 11, 2017 at 12:23 am

    Vv reethi mivaahaka

    1. nishan says:
      December 11, 2017 at 8:04 am

      thanks annu

  13. Ainth says:
    December 11, 2017 at 12:25 am

    Vrh reethi

  14. F.R says:
    December 11, 2017 at 12:31 am

    nice

    1. nishan says:
      December 11, 2017 at 8:04 am

      thank you

  15. Maiee says:
    December 11, 2017 at 7:15 pm

    nice story

  16. R@! says:
    January 1, 2018 at 6:44 am

    Just wow ?

Comments are closed.

Next Episodeވަންހަނާ (ހަތަރުވަނަބައި)←


All Right Reserved!