ނުމެދާށޭ ދޫނި މަގޭ (7)
ލީޒާގެ ޖަވާބުން އަޔާޒަށް ލިބުނީ ކުއްލި ސިހުމެކެވެ. މީހާ ފިނިވެ އާޝޯހުވިއެވެ. މުޅި ދުނިޔެ އޭނާ ވަށާލި ފަދަ އިހުސާސެއް ވިއެވެ. ބުނާނެ އެއްޗެއް ނޭނގި މުޅި މީހާ ބަސް ހުއްޓިފައި އިނދެވުނީ ލީޒާއާއި ދިމާލަށް ކަޅި ޖަހާނުލާ ބަލާށެވެ.
ވަގުތު ހިނގަމުން ދާ ގޮތް ނޭނގި އަޔާޒަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އިނީ އަދިވެސް އޭނާގެ ކަންފަތުގައި ގުގުމާލި ޖަވާބު ގަބޫލުކުރަން ދަތިވެފައެވެ. ބައްޕާއޭ ކިޔާލާފައި ގޮވާލެ ދަރިއެއް ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް މިއަދު ލީޒާއާއި ސުވާލު ކުރީ އެ ޖަވާބުގެ އުއްމީދުގައެއް ނޫނެވެ. ގަބޫލުކުރަންވެސް ދަތިއެވެ،
“ލީ އަހަންނާ ސަމާސާ ކުރަނީ ދޯ؟” އަދިވެސް އޭނާގެ ހިތް ޖަވާބު ގަބޫލުކުރުމަށް އިންކާރު ކުރަމުން ދިއުމުން އަޔާޒު ސުވާލު ކޮށްލިއެވެ. ލީޒާ އެހެން ބުނީ މަޖަލަށް ކަމަށް ވެދާނެ ކަމުގެ ކުޑަވެސް އުއްމީދުގައެވެ.
“ނޫނޭ އަޔާ.. މީ ސަމާސާއަށް ބުނި ވާހަކައެއް ނޫން. އެއީ އަޔާގެ ހަލާލު ދަރިއެއް. ހަނދާންވޭތަ އެއްކަލަ ރޭ؟ އަހަރެން ގެއިން ނިކުމެގެން ދިޔަ ދުވަސް؟ އަހަރެން އެ ދުވަހު އަޔާ އަށް ގުޅީ އަހަރެން އަޔާގެ ދަރިއަކަށް ބަލިވެ އިންކަމުގެ އުފާވެރި ހަބަރު ދޭން. އެކަމަކު އަހަރެންގެ ވާހަކަ އަޑުއެހުމެއް ނެތި އަޔާ އަމިއްލަ ވާހަކަ ފެށީ، އަހަރެން ވާހަަކަ ދައްކާލުމަށް ފުރުސަތެއްވެސް ނުދީ. އަހަރެންނާ ހެދި އަޔާއަށް ހީވީ އުދަގޫވާހެން. އެހެންވެ އުދަގޫ ނުކުރުމަށް އަހަރެން މިކޮޅަށް ބަދަލުވީ އަހަރެންގެ ބެސްޓް ފުރެންޑް ކައިރިއަށް. އަހަރެން…” ލީޒާއަށް އިތުރަށް އޭނާގެ ވާހަކަ ކިޔާދެވޭގޮތެއް ނުވިއެވެ.
ގިސްލަ ގިސްލާފައި ރޯން ފެށުނީ އެ ހިތި ހަނދާންތައް އާވާން ފެށުމުންނެވެ. އަޔާޒަށް އިނދެވުނީ ދެއަތް ތެރެއަށް މޫނުލާ ފޮރުވައިގެންނެވެ. އޭނާގެ ހިތުގައި ވަނީ ވޭނެވެ. ލޮލުން ފައިބަމުން ދިޔައީ ލޯބީގެ ކަރުނައެވެ. ހިތާމައާއި މޮޅިވެރިކަމާވެސް އެކުވެގެންނެވެ. އެ ދުވަހު އަޔާޒަށް ވާހަކަ ދައްކަން ފުރުސަތު ނުލިބި ލީޒާ ފޯނު ކަނޑާލުން އަޔާޒަކަށް މާބޮޑު ކަމަކަށް ނުވިއެވެ. މުހިއްމުވީ މަސައްކަތެވެ. އަޔާޒު ޖަހާހާ ބެރަކަށް، ހަދާނެހާ އެއްޗެއް ހަދަންދެން، ލީޒާ އަބަދު ކެތްކޮށްގެން ނުހުންނާނެކަން އަޔާޒަށް ރެއަކާލީ ދެނެވެ. ލީޒާގެ ހިތުގައި އަޔާޒަށް ލޯބި އިންތިހާއަށް އުފެދިފައިވީނަމަވެސް، އެހިތަށްވެސް ކެތް ކުރެވޭނީ ވަކި ވަރަކަށެވެ.
މާޒީގެ ދުވަސް ތަަކަށް އަޔާޒަށް ވިސްނެން ފެށުނެވެ. އެ ހަނދާންތައް ސިކުނޑީގައި އެބުރެން ފެށި ކަހަލައެވެ. ކުޑައިރުގެ ދުވަސްތަކެވެ. އެއިރުގެ ހިތި ތަޖުރިބާއިން އަޔާޒު ހުންނަނީ “ލޯބި” ދެކެ ފޫހިވެފައެެވެ. އޭނާ ގަބޫލުކުރި ގޮތުގައި ހަގީގީ ލޯތްބަކީ ވާއެއްޗެއް ނޫނެވެ. އޭނާގެ ލޯ ކުރިމަތީ ލޯބިން އެކުވެ އުޅުން މަންމައާއި ބައްޕަ މައްސަލަޖެހި ޒުވާބު ކުރުންވީ އަޔާޒަށް ލިބުނު ނަފްސާނީ އަނިޔާއަކަށެވެ. މިކަމުގެ ސަބަބުން ލޯތްބަކީ ހަގީގަތެއް ނެތް ފުލޯކު ވާހަކައެއް ކަމަށް އޭނާ ދިޔައީ ގަބޫލު ކުރަމުންނެވެ. ހިނގައިދިޔަ އެކްސިޑެންޓެއްގައި ބައްޕަ ނިޔާވުމުގެ ސަބަބުން އަޔާޒުވަނީ އެންމެ ބޭނުންވި އުމުރުގައި ބައްޕަގެ ލޯބިން މަހްރޫމްވެފައެވެ. ބޮޑުވެގެން އައި ދުވަސްވަރު، އަޔާޒުގެ ހިތް ވަނީ މީހަކަށް ނުދީ ރައްކާކުރެވިފައެވެ. އެއްވެސް މީހަކާއެކު އުފާވެރި ހަޔާތެއް ލިބޭނެ ކަމަކަށް އަޔާޒުގެ ހިތް ގަބޫލެއްނުކުރެއެވެ.
ދުވަސްތައް މިފަދައިން ހިނގަމުން ދިޔައީ އެއްވެސް ހުރަހެއް ނެތިއެވެ. ހަމަ އެފަދައިން އަޔާޒު ބޮޑުވަމުން ދިޔައީ ރީތި ޒުވާން ފިރިހެން ކުއްޖަކަށެވެ. އަންހެން ކުދިންގެ ހިތް ކަތިލާނެ ފަދަ ހުރިހާ ސިފައެއް އޭނާގެ ކިބައިގައި އުފެދިފައިވިއެވެ. ނަމަވެސް އޭނާ އެކަހަލަ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. ލޯބީގެ ފޮނި މީރުކަން ދެކިލުމަށް އެންމެން އެދުނު ނަމަވެސް އަޔާޒު އެކަމަކަށް ބޭނުމެއް ނުވެއެވެ. ނަތީޖާއަކަށްވީ އުމުރުން 20 އަހަރުވީ އިރުވެސް ޒަވާޖީ ހަޔާތެއް ފެށުމަށް ހިޔާލުވެސް ނުކޮށް އަޔާޒު ހުރުމެވެ. މަންމަ މުސްކުޅި ވުމުގެ ސަބަބުން އަޔާޒުގެ ހަޔާތަށް ކުއްޖަކު ގެނައުމަށް މަޖުބޫރުވެގެން ދިޔައީ އަޔާޒު އެކަމަށް ތައްޔާރު ނުވެ ހުއްޓައެވެ. ލޯބީގެ ގޮތުން ގުޅުމަށް ކިތަންމެ ވަރަކަށް އަޔާޒު ދެކޮޅު ހެދިކަމުގައިވީނަމަވެސް މަންމަގެ ނިންމުމަށް ދެކޮޅު ހެދުމަށް އަޔާޒަކަށް ނުކެރުނެެވެ.
މަންމަގެ އެދުމުގެ މަތިން އަޔާޒަށް މަޖުބޫރުވީ ކައިވެނި ކުރާށެވެ. އެރޭންޖް މެރިއެޖް އެއްގައެވެ. ގެވެހި، ހީވާގި، އަންހެންވަންތަ ލީޒާ އާއި ކައިވެނި ކުރެވިގެން ދިޔުމަކީ ނަސީބެއް ކަމުގައި އޭރަކު އަޔާޒެއް ނުދެކެއެވެ. ލީޒާގެ ހިތުގައި އަޔާޒަށް ފަނޑުވުމެއް ނެތް ލޯބި އުފަދިފައި އޮތަސް އަޔާޒަށް އެކަން މާބޮޑު ކަމަކަށް ވާހެނެއް ހީއެއް ނުވެއެވެ. ނަސީބު އަތުގައި ހިފައިފައި ދާއިރުވެސް އަޔާޒަށް ނޭނގުނު ފަދައެވެ.
ދުވަސްތައް އެކުގައި ހޭދަކުރަމުން ދިޔަ އިރު، އަޔާޒުގެ ހިތުގައި ލީޒާއާއި ދޭތެރޭ ތަފާތު އިހްސާސް ތަކެއް ކުރެވެން ފެށިއެވެ. ނަމަވެސް އެއީ ލޯބިކަމެއް އަޔާޒަށް ވަނީ ވިސްނާނުލެވިފައެވެ. އުފަންދުވަސްތަކާއި ތަފާތު ހާއްސަ ދުވަސްތައް މަޖަލާއެކު ފާހަގަ ކުރަމުން ދިޔަ އިރު އަޔާޒަކީ ލޯބި މަތިން ފޫހިވާ މީހެއްކަން ފައަޅެއްނުވެއެވެ. އެކުގައި ހޭދަކުރަމުން ދިޔަ ސިކުންތުތައް މިނަޓަށް ބަދަލުވެ، މިނަޓްތައް ގަޑިއިރަށް، ގަޑިއިރު ދުވަސްތަކަށް، ދުވަސް ހަފްތާއިން، މަހުން ގޮސް އަހަރު ތަކަށް ބަދަލުވެގެން ދިޔައެވެ. މިގޮތުގެ މަތިން ކައިވެންޏަށް އެއް އަހަރު ފުރިގެން ދިޔުންވީ ދެ މީހުންނަށްވެސް ލިބުނު ބޮޑު އުފަލަކަށެވެ. އެއާއެކު ކުޑަ އާއިލާއެއް ބިނާ ކުރުމަށް ދެމީހުންވެސް ބޭނުންވިއެވެ. ލޮތްބަކީ ބާރުގަދަ އެއްޗެއްކަން އަޔާޒަށް ވިސްނުނީ ދެނެވެ.
އޭގެ ދުވަސް ކޮޅެއް ފަހުން ލީޒާ ގެއިން ނިކުމެގެން ދިއުންވީ އަޔާޒަށް ލިބުނު ބޮޑު ހިތާމައަކަށެވެ. އެކަށީގެންވާ ވަގުތު ނުދެވުމާއި، މަސައްކަތުގެ ވަރުބަލި ކަމުން ރުޅި ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުންނެެވެ. ލީޒާ އެނބުރި އަންނާނެ ކަމަށް އަޔާޒު އުއްމީދުކޮށް، ނުގުޅާ މަޑުކުރުންވީ އަޔާޒަށް އެޅުނު ނުބައި ފިޔަވަޅަކަށެވެ. މެންދަންވުމާއި ގާތް ވުމުން ގުޅާލިއިރު ލީޒާގެ ފޯނު ވަނީ ނިއްވާލެވިފައެވެ. އޭގެ ފަހުން ލީޒާގެ ހަބަރެއް އަޔާޒަކަށް ނުވެއެވެ. ނަމަވެސް ލީޒާ ނެތުމުގެ ފަޅުކަން އަޔާޒަށް ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ. އެ ލޯބި އަލުން ހޯދުމަށް މަސައްކަތް ކުރެވެން ފެށިއެވެ.
“އަޔާޒް ކޮން ހިޔާލެއްގަ؟” ރުއިން ކުޑަކޮށް ހުއްޓާލުމަށްފަހު އަޔާޒާ ވާހަކަ ދެއްކުމަށް ލީޒާ މަސައްކަތް ކުރިއެވެ. ބަހެއް ނުބުނެ ހިޔާލީ ދުނިޔެއަށް އަޔާޒު ގެއްލިފައި އިނުމުގެ ސަބަަބުންނެވެ.
“ހިޔާލެއްގަ ނޫން. އެ ދުވަސްތައް ހަނދާންވީ.. ލީ.. އަހަންނަށް މައަފުކޮށްދީ. އަހަރެން ބެލިން ލީ އަށް ވަރަށް ގުޅޭތޯ. މަންމަ ގާތުވެސް އެހިން. މަންމަ ބުނި ލީ ދިޔައީ ފޮށި ހިފައިގެންނޭ. އަހަރެން ހީކުރީ އެއީ މަންމަ މަޖަލަކަށް ބުނި އެއްޗެއް ކަމަށް. އެހެންވެ ލަސް ކޮށްލާފައި ގުޅަން މަޑުކޮށްލީ ލީ އަހަންނަށް ސަމާސާ ކުރަނީ ކަމަށް ހީކޮށް. މާދަންވުމުން ގުޅި އިރު ލީގެ ފޯނު އޮތީ ނިއްވާލާފައި. އަހަރެން ވަރަށް އިންތިޒާރުގައި ހުރިން. ލީގެ ހަނދާންތައް ކޮންމެ ދުވަހަކު އާވެގެން ދިޔަ. ލީ ބަނޑުބޮޑުކަން އެނގުނު ނަމަ އަހަރެން މަސައްކަތް ހުއްޓާލައިފައިވެސް ލީ ގާތަށް އައިމުސް. އަހަރެންނަށް ނުވިސްނުނީ.. އެދުވަހުން ފެށިގެން މިހާރު 3 އަހަރު ވެފައިވާއިރު، ލީ ވަރިނުކޮށް އަހަރެން ހުރީ ހަމަ ލީގެ އިންތިޒާރުގައި ހުންނަން ވެގެން. ލީގެ ލޯބި އަަހަރެންގެ ހަޔާތުގައި ބޭނުންވާތީ.. ތީ އަހަރެންގެ ދިރުމުގެ ބަޔަކަށްވާތީ.. ލީ.. އައިމް ސޮރީ..” އަޔާޒަށް ވާހަަކަ ދެއްކުނީ ވަރަށް ހާލުންނެވެ. އެ އަޑުގައިވަނީ ރުއިމާއި ގިސްލެވުން އެކުވެފައެވެ. ހިތަށް ވަރަށް އަސަަރު ކޮށްފައެވެ. ލޮލުގައި ޖަމާވެފައިވާ ކަރުނަތަށް ހިފެހެއްޓުމެއް ނެތި ފައިބިގެން ދިޔައީ އޭނާގެ ކޯތާފަތް ތެތްމާލަމުންނެވެ.
އަޔާޒުގެ ހިތަށް ކޮށްފައިވާ އަސަރު ލީޒާއަށް ފެނި އިތުރަށް ހިތުގައި ޖެހިގެން ދިޔައެވެ. ލީޒާގެ ހިތުގައި ނަށަމުން ދަނީ އަޔާޒުގެ ނަމެެވެ. އަޔާޒުގެ ލޯބިން އެ ހަޔާތް އަލިވެގެން ދިޔުމަކީ ލީޒާގެ ހުވަފެނެކެވެ. އެއްވެސް ހާލެއްގައި ގެއިން ނިކުމެގެން ލީޒާ ދިޔައީ އަޔާޒުދެކެ ލޯބި ނުވާތީއެއް ނޫނެވެ. އަޔާޒު އޭނާ ދެކެ ރުޅި އަންނަހެން ހީވާތާ ދުވަސްތަކެއް ވުމުންނެވެ. ލީޒާ ދެކެ އަޔާޒު ލޯބިވާނަމަ ހޯދަން އަންނާނެއޭ ހީކޮށެވެ. ނަމަވެސް ކަންތައްވީ އެހެނެއްނޫނެވެ. ކިތަންމެ ވަރަކަށް ލޯބިވި ކަމުގައި ވީނަމަވެސް އެކަން ބޭނުންވާ ގޮތަށް ދެއްކިފައި ނުވެދާނެއެވެ. އަޔާޒަށްވީ އެހެންނެވެ. ލީޒާ ނެތުމުން އެހިތަށް ކުރި އަސަރުން ލޯބި ވަނީ ކަން އަޔާޒަށް ޔަގީންވިއެވެ. ނަމަވެސް ލީޒާ ހޯދަން އަޔާޒު ދާނެ ވަކި ތަނެއް ނެތުމުން ގޮތް ހުސްވެފައިވާ މީހެއް ފަދައިން ކެތްކޮށްގެން އަޔާޒު ހުރީއެވެ. އެ ލޮތްބަށްޓަކައި، އަދިވެސް ގުޅުން ދެމެހެއްޓުމަށް ކައިވެނި ރޫޅާނުލާ މަޑުކޮށްގެން ހުރީއެވެ.
“އަޔާ… ދަރިފުޅު ހޭލަން އުޅޭނެ. އަހަރެން ފަހުން އަންނާން. އަހަރެން ދޫކޮށްނުލާތި އިނގޭ.. އައި ލަވް ޔޫ.. އައިލް ކޯލް ޔޫ ގެއަށް ގޮއްސަ.” އެތަކެއް ގަޑިއިރު ތަކެއް ވާހަކަ ދައްކަން ތިބެވިއްޖެކަން ރެއަކާލުމުން، އަޔާޒާ ގާތް ވެލުމަށްފަހު ލީޒާ ބުނެލިއެވެ. ލަސްތަކެއް ނުކޮށް އަނެއްކާވެސް ދިމާވެލުމުގެ އުއްމީދުގައެވެ. ލޯބީގެ އައު ޞަފްހާތަކެއް އެކުގައި ލިޔެލުމަށް ހުޅުވާލަމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.

Vv foohi mihaaru vv kurukohh up kuranee up kuraa faharehh vx so boring
Ok im sorry for the late update. Somethings just came up and it just got late sorry but thanks for the feedback.
Lovely…varah salhi ingey.masha allah.???
Juma buni gothah maa kurukoh and lahun up kuraathy kiyaa hiy kendey…
Thankyou ?
Sorry readers. Story las vanee since im still a student who studies and am facing Alevels in january. Also this part got late since i didnt have data, and as i was not in Male’ due to loss of a family member. Sorry. But i appreciate all the feedbacks. And i promise the next story i write will be updated everyday, and will be much longer. Thankx.?
Nice
Thankyou ?
Maadhan vumun
Oh okay. Thankyou. ?
Vvvvvvvv salhi
thankyou <3 🙂
This story finish ………
.pls talk dhivehi!???
yes now the last part have been updated. thankyou 🙂
Wowww. .. very nice … whn nxt prt? ????
thankyou <3 it have now been updated. its the final part of this story. next story will be having more chapters. thanks for the support and sorry for the late update got some issues thats why 🙁 🙂