ޢެދެމޭ އުފާ….(42)
“އަޅެ ހާދަ ރީތި ރަށެކޭ މިއީ..!” ވެލިދޫ ބަނދަރަށް ލާންޗު ކައިރި ކުރުމާއެކު އަނގަ ގަދަ ލީޒާ ބުނެލިއެވެ. އިޖާޒު ވެސް ދަތުރުގައި ބައިވެރި ވުމުން ލީޒާ އިނީ އުފަލުން އަނގަ ވެސް ލައްޕާލަން ނޭގިފައެވެ. “ކޮބާ..! މަންމަ ބުނީމެއް ނޫން މިރަށް ވަރަށް ސަޅިވާނެޔޭ…” ލީޒާޔާ އެއްބައި ވަމުން ހައްވަ ބުނެލިއެވެ. “މި ރަށްހައި ރީތި ކުދިން ވެސް އުޅެޔޭ މިރަށުގަ ދޯ މަންމާ..؟!” އެއްމެން ހައްވަޔަށް މަންމަ ކިޔައިތީ އިޖާޒު ވެސް ހައްވައަށް މަންމަގެ ނަމުން މުޚާތަބު ކުރަމުން ބުނެލިއެވެ. އޭރު އެއްމެން ރަށަށް ފައިބާން އުޅޭތީ ވަކި އެއްޗެއް ނުބުނެ ހިނި ގަނޑެއް ޖަހާލައިފަ ހައްވަ ވެސް އުޅެގަތީ އަވަހަށް ފޭބޭތޯއެވެ.
”މަންމަ ކޮބައިތަ ބަރޯ ހިފައިގެން އަންނަން ބުނި މީހާ؟ ހާދަ ލަހޭ..!” ލާންޗުން ފައިބައިގެން އިރުގަޑެއްވި އިރުވެސް ބަރޯ ހިފައިގެން އަންނަ މީހާ ނައިސް ލަސް ވާތީ ޝަރާ އަހައި ލިއެވެ. ”ދަރިފުޅު ފަޔަށް ހިނި އެރީތަ؟ އަދި އެހާ ލަހެއް ނުވެއެއް ނޫން..؟ ކެތް ކޮށްބަލަ!” ޝަރާ ދެފައި ހަލުވަމުން އެހެން އެހުމުން ހައްވަ ބުނެލިއެވެ. ހައްވަ އެހެން ބުނުމާއެކު މާކިންމެން ފެށީ ހޭންށެވެ. ޝަރާ އިނީ ރުޅި އައިސްގެން ތުން އޫ ކޮއްގެން ދުރު ބަލަންށެވެ.
“ބޭބް ހާދަ ރުޅިއެއް ތިއައީ.. ހަމަ ޖެހިބަލަ، މަންމަ މަޖަލަކަށޭ އެހެން އެބުނީ…” ޝަރާ އިނީ ރުޅިއައިސް ކަން އެނގުމުން ޝަރާ ކައިރިއަށް ގޮސް މާކިން ބުނެލިއެވެ. “ނުއުޅެން! މަންމަ އެހެން ކިޔަސް މާކް ޖެހޭތަ ކޮންމެހެން ބިނދޭ ވަރަށް ހޭކަށް..؟!” ކުރިއަށް ފިޔަވެޅެއް އަޅަމުން ޝަރާ ބުނެލިއެވެ. އޭރު ބަރޯ ގެންނަ މީހާ ބަރޯ ގެނައުމުން އެއްމެން އުޅެގަތީ ސާމާނުތަށް އަރުވާށެވެ. ފުނިފުނިން ސާމާނުތައް އަރުވައިގެން އެއްމެން ހިނގައިގަތީ ގެއާ ދިމާލަށެވެ.
”ދެން ތެދުވެބަލަ.. ހާދަ ބަނޑުހައި ވެއްޖެޔޭ! އަދި ވެސް ހިތް ނުފުރެނީތަ؟” އަލްޔާ ފެންވަރައިގެން ނިކުތުމުން ވިނާން މަސްތީގޮތަކަށް ބަލަން ފެށުމުން އަލްޔާ ބުނެލިއެވެ. “ބޭބްއަށް ހީވޭތަ މިހިތް ފުރޭނެހެން..؟ ދުވަހަކުވެސް މިހިތެއް ނުފުރޭނެ..!“ އެނދުން ތެދުވެގެން އައިސް އަލްޔާގެ ގައިގަ ފުރަގަހުން ބައްދާލަމުން ވިނާން ބުނެލިއެވެ. “އެހެންތަ!؟ މިސާލަކަށް ދެން ފޫހި ވެއްޖެއްޔާ؟” ވިނާންގެ އަތުގައި ހުރި އިސްތަށި ތަކާ ކުޅެމުން އަލްޔާ އަހައިލިއެވެ. “ފޫއްސޭ! ތިއީ އަމުދުނު ނުވާނެ ކަމެއް” އިތުރަށް ބައްދާލަމުން ވިނާން ބުނެލިއެވެ. “ހޫމް.. އޯކޭ އޯކޭ ފޫއްސެއް ނުވާނެ! ދެން ވެސް ދޭބަލަ ފެން ވަރަން ހާދަ ބަނޑުހައޭ…” ވިނާންގެ ދެއަތުގައި ހިފާ ދުރު ކުރަމުން އަލްޔާ ބުނެލިއެވެ. އަލްޔާ އެހެން ބުނުމުން އިތުރު އެއްޗެއް ނުބުނެ އަލްޔާގެ ތުންފަތުގައި ހިފައި މަޑުމަޑުން އަބުރައިލަމުން ވިނާން ގޮސް ވަނީ ފާހާނާޔަށެވެ. އޭރު އަލްޔާ ހުރީ ހެވިދިލިފަ ވިނާން އާ ދިމާލަށް ބަލަހަށްޓައިގެންނެވެ.
”އޭ.. އައްސްލުވެސް ވަރަށް ރީތި ރަށެކޭ މިއީ! އައި އިރަކު ހިތަކަށް ނާރާ މިހާ ރީތި ވެދާނެއެކޭ” ހަވީރު ފިނި ބުރެއް ޖަހަން ނިކުމެ އުޅުމުގެ ތެރެއިން މާކިން ބުނެލިއެވެ. އޭރު ލީޒާޔާ އިޖާޒްއާ ދެމީހުން ވެސް އަތު ގުޅައިގެން ތަން ކޮޅެއް ދުރުން ދެއެވެ. “އެހެންތަ؟! މާލެއަށް ވުރެ ހަޑިވީމަދޯ ތިހެން ތިކިޔަނީ؟” މާކިންގެ މުލަށް ދަނޑީގައި ހިފައި ކައިރި ކުރަމުން ޝަރާ ބުނެލިއެވެ. އޭރު ޝަރާ ހުރީ އޭނަގެ އަމިއްލަ ރަށަށް އާދެވުނީތީ ވަރަށް އުފާވެފައެވެ. ވާނީވެސް އެހެން ތާއެވެ. ކޮންމެ މީހެއް ކަމުގައި ވިޔަސް ތިމާގެ އަމިއްލަ ފަސްގަނޑުގަ ފައި ޖައްސާލެވުނީމަ އެވާ އުފަލަކީ ބުނެދޭން ވެސް ނޭގޭހާ އުފަލެއް ވާކަހަލަ އިހުސާސެކެވެ. “ނޫނޭ އައްސްލުއޭ ހަމަ ވަރަށް ރީތި މިރަށް… މާލެއަކީ އެއީ ދެން ކޮންކުރިޓު ޖަންގައްޔެއް ނޫން…؟ ދެން އެހެން ނޫނަސް މަވެސް މިހާރު މިހުރީ މިރަށު މީހަކަށް ވެފަތާދޯ..؟” މާކިން ހިނިތުންވުމަކާއެކު ބުނެލިއެވެ.
”މަންމާ އަޅުގަނޑު އެބަ އަންނަން އައިރަމްގެ ގެއަށް ގޮސްފަ… އައިގެ މަންމަ ގުޅައިފަ ބުނި މިއަދު އަންނާށޯ އެގެއަށް..!” އަފީފާ ކޮޓަރީގަ ހުއްޓާ ވަޒުނާ ގޮސް ބުނެލިއެވެ. “އެހެންތަ؟! ދަރިފުޅު ދާން ބޭނުންވާ އެއްވެސް ތަނަކަށް ދާކަށް މަންމަމެން ދެކޮޅެއް ނަހަދަމެއް ނޫން..؟” އެނދުން ތެދުވަމުން އަފީފާ ބުނެލިއެވެ. “ލައްބަ ތިކަން އިނގެޔޭ އަޅުގަނޑަށް ވެސް! އެކަމަކު ބުނެފައެއް ނޫންތަ ދާން ވާނީ..؟” އަފީފާ ކައިރި އިޝީންނަމުން ވަޒުުނާ ބުނެލިއެވެ. “ހެހެ.. އެހެންތަ؟! މަންމަގެ ދަރިންކޮޅު ހަމަ ބަސް އަހަނީއޭދޯ؟ ތިއެއް ނުނޭ ދަރިފުޅާ ލީޒާމެންގެ ޚަބަރެއް ވިތަ؟” ހިނި ގަނޑެއް ޖަހައިފަ ދަރިންނަށް ތައުރީފު ކުރަމުން ކުއްލިއަކަށް ލީޒާމެންގެ މަތިން ހަނދާން ވުމުން އަފީފާ އަހައިލިއެވެ. “ލައްބަ މިއަދު ގުޅި.. ބުނީ ވަރަށް މަޖަލޯ ކީއްވެހޯ ވަޒޫ ނައީ؟ އަޅުގަނޑު ބުނިން ނުވެސް ބުނެމެއް ނޫންހޭ..! ހެހެ..” ވަޒުނާ ހެވިލައިފަ ބުނެލިއެވެ.
”ވަޒޫމެންގެ ވެޑިންއަށް ގަންނަން ޖެހޭ ބައެއް އެއްޗެހި އެބަ ހުއްޓެއް ނޫން..؟ ހިނގައިބަލަ ކުޑަކޮށް ޝޮޕިން ކޮއްލަންދާން…” ރޭގަނޑުގެ ކެއުން ނިއްމާލައިފަ ވިނާންއާ އަލްޔާއާ ދެމީހުން ކުޑަކޮށް ހިނގަން ނިކުމެލައިފަ އަލްޔާ ބުނެލިއެވެ. “ތިކަން ވާނެޔޭ.. ހާސް ނުވެބަލަ! އަދި ފުރަން ވެސް ބައިވަރު ދުވަސް އެބަ އޮތެއް ނޫން..؟” އެވަގުތު އިތުރު ތަނަކަށް ދާން މޫޑެއް ނެތުމުން ވިނާން ބުނެލިއެވެ. “މިކޮޅަށް އައިފަހުން ވިނާ ހާދަ ކަންނެތް ވެއްޖެޔޭ..!” ވިނާން ނުދާނެ ކަން އެނގުމުން އަލްޔާ ބުނެލިއެވެ. “ހެހެ… އެހެންތަ؟! މިކޮޅަށް އައިފަހުން ތިހުންނަނީ އަބަދު ލޮޑު ކޮއްލާފައެއް ނޫން..؟ ދެން ކިހިނެތް އެހެން ކަމެއް ކުރާނީ؟“ ހިނި ގަނޑަކާއެކު އަލްޔާއާ ދިމާ ކުރަމުން ވިނާން ބުނެލިއެވެ. “މަ ކީތްތަ ކުރީ؟” ވިނާން ބުނި އެއްޗެއް އެނގިގެން ހުރެ އަލްޔާ އަހައިލިއެވެ. “މަ ކީއްހޭ ކުރީ.؟! މިހާރު ވެސް ރޫމަށް ހިނގައިބަލަ އޭރުން އިނގޭނެ މަކުރާ ކަންތައް!” އަލްޔާގެ އަތުގައި ކުޑަކޮށް ވިކާލަމުން ވިނާން ބުނެލިއެވެ. “ހޫމް.. ވަރަށް ފޫހިވޭ…!” ތުން ދަމާލަމުން އަލްޔާ ބުނެލިއެވެ. ދެޒުވާނުން އެކި އެކީ ސަމާސާ ކުރަމުން މަޑުމަޑުން ގޮސް އެމީހުން އުޅޭ ހޮޓަލަށް ވަނދެއްޖެއެވެ.
”އުޝާ އެއްވެސް ދޮގެއް ނަހަދާ ބުނެބަލަ ތިއީ ކާކުގެ ދަރިއެއްތަ؟” އާދައިގެ މަތިން މިއަދު ވެސް ކަރަމް އަހައިލިއެވެ. އުޝާ ބަަޑު ބޮޑުވި ފަހުން ކަރަމްގެ ސުވާލަކީ އެއީއެވެ. “މަށާ އިނދެގެން އުޅެނީ ކާކުތަ؟ އެމީހެއްގެ ދަރިއެއް މިއީ!” ތުން ފިއްތައިގެން ހުރެ އުޝާ ބުނެލިއެވެ. “އެހެންތަ؟! އުޝާޔާ އިނދެގެން އުޅެނީ އަހަރެން..! އެކަމަކު އަހަންނަށް ޔަގީން ތިބަނޑުގަ ތި އޮތީކީ މަގޭ ދަރިއެއް ނޫންކަން!!” ކަރަމް ވެސް ދޫކުރަން ބޭނުން ނުވާތީ ބުނެލިއެވެ. އުޝާ ކިތަންމެ ރުޅި އަޔަސް ކަރަމް ބޭނުން ވަނީ އުޝާގެ ބަނޑުގައި އޮތީ ކާކުގެ ދަރިއެއްތޯ ބަލާށެވެ. ކޮންމެ ގޮތެއް ވިޔަސް އުޝާ އިނީ ތެދު ބުނާގޮތަކަށް ނޫނެވެ. ބުނާނީ ވެސް ކިހިނެތް ހެއްޔެވެ؟. “ދެން ކާކުގެ ދަރިއެއްތަ؟! ކަރަމްއަށް ހީވަނީތަ މަ ހިލޭ ފިރިހެނުން ހޯދަމުން ތެޅި ބާލަނީއޭ..؟!” އުޝާ އޭނާގެ އަސްލު ބަހުރުވައިން ބުނެލިއެވެ. “ތިހެނެކޭ ނުބުނަން ދޯ؟ އެކަމަކު މަޝަށް އިނގޭހާވެސް ވަރަކީ ތިބަނޑުގަ ތިއޮތީ މަގޭ ދަރިއެއް ނޫން ކަން! އުޝާ އަމިއްލަޔަށް ވިސްނާލީމަވެސް އިނގޭނެ މަށަކީ ތިހާ ގަޅިއެއް ނޫންކަން!” އެނދުން ތެދުވަމުން ކަރަމް ބުނެލިއެވެ. “ދެން ކިހާ ދެރަ ވެއްޖެ ކަމެއްތަ މިއީ؟! ކަލޭގެ ދަރިއެއް ނޫނިއްޔާ ކަލޭ ބައްޕަ ފޯމުގަ ސޮއެ ނުކުރީމަ ވީއެއް ނޫން؟ ކޮންމެހެން ތިހުރިހާ ފެލުމެއް ފެލެން ޖެހޭތަ؟!“ އޫޝާ ރުޅި އައިސް ރަތްވެފަ ބުނެލިއެވެ. އޭރު އުޝާ ހީވަނީ ރުޅި އައިސްގެން މޮޔަ ވެދާނެހެންނެވެ. “އާނ..! ސޮއެއް ނުކުރާނަމޭ! ހީނުކުރާތި މަ މިއީ އެހާ ބޮޑު މޮޔައެއް ކަމަށް؟! އެހެންޏާ ފަހެ ކައިވެނި ކުރިތާ މިވީ ފަސް މަސް އެކަމަކު ތިހިރަ ބަނޑަށް ވެއްޖެ ހަމަސް ތިދެން އަރަތެއް ނޫން..؟!” ދޫކުރަން ބޭނުން ނުވާތީ ކަރަމް ބުނެލިއެވެ. “ކިހާ ބޮޑު ބަލާވެރި ކަމެއްތަ ދެން؟!! ކަލޭ އައި ތަނަކަށް ރައްކާވީމަ ނިމުނީ އެއްނޫން..؟! ކޮންމެހެން މަގޭ ތައްޕާހަށް ވެއްޓި އޮވެ ފެލެން ޖެހޭތަ؟” އެނދުމަތީގައި ތިބި ބާލީސްތައް ނަގައި އުކަމުން އުޝާ ބުނެލިއެވެ.
“މަ ހިނގައިދާނަމޭ! ކަލޭ ހީކުރީތަ މަށަށް ދާން ނުކެރިގެންނޭ މިއުޅެނީ؟ ތިކަހަލަ ގޮތެއް ފޮތެއް ނެތް މީހުންނާ އިނދެގެން އުޅުމަށް ވުރެ މާ ރަނގަޅު ވާނެ ހޭބަލި ވިޔަސް!” ކޮޓަރިން ނިކުންނަމުން ކަރަމް ބުނެލިއެވެ. އުޝާ އިނީ ދެލޯ ހަނި ކޮއްގެން ކަރަމް ނިކުމެގެން ދިޔަތަން ބަލަންށެވެ. “ހުއް..! މަށަށް ހެޔޮ ކަލޭ ދުވަހަކު ނަޔަސް..!ކިތައް ދުވަހު ތިގޮތަށް ފުއްޕާ ހަމެއްހެން ފުއްޕާފަ ދިޔަތަ؟ ހަމަ އައިސް މިތަނަކަށް ފޮފެނީއެއް ނޫންތަ؟!” ކަރަމް ނިކުތުމުން ކުދި ކިޔަމުން އުޝާ ބުނެލިއެވެ.
”ވަޒޫއަށް އިނގޭތަ މިހިރީ އަލްމެންގެ ގެ.. ވަރަށް ސަޅިދޯ ހަދައިފަ ހުރިލެއް؟! އެކަމަކު މަ ވަރަށް ފޫހިވޭ މިގެ ފެނުނަސް! ހަރާން ލާރިން އުޅޭތީ…” ޝަރާމެން ހިނގަން ނިކުމެފަ އަލްޔާގެ ގެއާ އަރާ ހަމަވުމުން އެގެ ދައްކާލައިފަ ޝަރާ ބުނެލިއެވެ. “އާނ.. ސަޅި! އެކަމަކު ރީއްޗަކަސް ތިގެ ހީވަނީ ފަޅު ސަހަރާއެއްހެން! އެއްވެސް ދިރުމެއް ހުރި ވައްތަރެއް ނުޖަހާ އަޅެ ދޮގެއްތަ؟” ޝަރާއަށް ޖަވާބު ދެމުން ލީޒާ ބުނެލިއެވެ. “އާނ.. ދޯ؟! އެހެންވާނީ އަލްޔާގެ ބައްޕަވެސް ތިގެއިން ނެރެލައިފި ވިއްޔާ! އެއްކަހަލަ ނުލަފާ މީހުން ވަރަށް ފޫހިވޭ!” މޫނުމައްޗަށް ފޫހިކަން ގެންނަމުން ޝަރާ ބުނެލިއެވެ. “ހެހެ.. ދެން ފޫހިވާނެ ކަމެއް ނެތް ހިނގައިބަލަ ތުނޑިއަށް ދާން..!” ހިނި ގަނޑަކާ އެކު ލީޒާ ބުނެލިއެވެ. އިތުރު ވާހަކައެއް ނުދައްކާ ހުރިހާ ކުދިން ވެސް ހިނގައިގަތީ ތުނޑިއާ ދިމާލަށެވެ.
“އޭ.. ތިއެއް ނޫނޭ މިރޭގަ އޮތީ ކޮންކަމެއްތަ؟ މަންމަ ބުނި ކޮންމެވެސް މީހަކު މަސް ހިފަން ދިޔަ ވާހަކަ” ތުނޑިއަށް ގޮސްފަ ބިންމައްޗަށް ފޫކޮޅު ތިރި ކުރަމުން ލީޒާ އަހައިލިއެވެ. “ސާބަސް ލީއަށް! ބާބަކިއުއެއް ނޫންތަ މިރޭ އޮތީ؟ މަށަށް ހީވަނީ މިހާރު ލީ މުޅިއަކުން ހަމައެއް ވެސް ނޫން ހެން..؟!” ލީޒާޔާ ދިމާލަށް ވެލި ކޮޅެއް އުކަމުން ޝަރާ ބުނެލިއެވެ. “ހެހެ.. ހަމައެއް ނުވާނެއް ނޫން؟! މިރަށަށް އައި ފަހުން އިޖީ ވެސް ހީވަނީ މާ ރީތި ބިޓެއް ފެނިގެން އުޅޭހެން ވިއްޔާ..! އެހާ ދުރު ދުރުން އުޅެނީ ނުވިތާކަށް މިއަދު ވެސް މަ ގޮވައިގެން ފިހާރަޔަކަށް ދާން ބުނީމަވެސް ނުދިޔަ ވިއްޔާ!” އިޖާޒް މާ މޫޑީވެފަ އިންނާތީ ގަސްތުގަ އޭނަޔާ ދިމާ ކުރަން ވެގެން ލީޒާ ބުނެލިއެވެ. ”އޭ.. ނޫން! މަ ނުއުޅެން ބިޓެއް ފެނިގެނެއް މަށަށް އެންމެ ރީތި ބިޓާ އެކު މަ އުޅެނީ..!” ވަގުތުން އިޖާޒު ބުނެލިއެވެ. “ތިއެއް ނޭނގެ މިރަށަށް އައި އިރު ހުރި މޫޑެއް ނެތް މިހާރަކު!” ލީޒާ ތުން އަބުރަމުން ބުނެލިއެވެ. “ނޫނޭ ތިއީ ލީއަށް ހީވާ އެއްޗެއް… އަސްލު ވީގޮތަކީ މިކޮޅަށް އައިތަނުން މަންމަ މާ ބޮޑަށް ބަލި ވެއްޖެ އެހެންވެ އެކަމާ މޫޑީ ވެފަ ހުންނަނީ..! އިތުރު ކަމެއް ނޫން ލީއަށް އިނގެއެއްނޫން އެކަން..؟!” އެހެން މީހުންނަށް ނޭގި އޮވެދާނެތީއާ އެކު ވެގެން އުޅޭ ގޮތް އިޖާޒު ހާމަމޮށްލިއެވެ.
”ދެން ހިނގާ ނިދަން! ވަރަށް ވަރު ބަލި ވެއްޖެ.. ހިނގާ ހިނގާ ދެފައިގަވެސް ނެތް ކަމެއް..!” އެނދުމައްޗަށް ވެއްޓި ގަންނަމުން އަލްޔާ ބުނެލިއެވެ. “އެހެންތަ؟ ދެފައިގަ ކަމެއް ނެތިއްޔާ ދެން ޖެހޭނީ ފުރޮޅުލީ ގޮނޑިއެއްތާ ހޯދަން…” އަލްޔާގެ މަގަތުގައި އޮށޯންނަމުން ވިނާން ބުނެލިއެވެ. “ހެހެދޯ؟… ތިއެއް ނޫނޭ މިއަދު ބައްޕަ ގުޅައިފަ ކީކޭތަ ބުނީ؟” ކުއްލިއަކަށް ހަނދާން ވުމުން އަލްޔާ އަހައިލިއެވެ. “އެބުނާހެން! ތިހެން ބުނީމަ މަވެސް މިހަދާންވީ.. އޭރު ވާހަކައެއް ނުދެކުނޭ ފަހުން ގުޅާނަމޭ ކިޔާފަ ފޯނު ބޭއްވީއޭ ހިނގައިބަލަ ދޯ ގުޅަމާ..؟!” އެހެން ކިޔާފަ ޖީބުގައި އޮތް ފޯނު ނަގައިގެން ވިނާން ގުޅަން ފެށީ އޭނަގެ ބައްޕަގެ ފޯނަށެވެ.
“ހަލޯ ބައްޕާ.. އޭރު ގުޅީ ކިހިނެތްތޯވީ؟ އަޅުގަނޑު މިއަދު އުޅުނު ބިޒީ ކަމުން ފަހުން ގުޅަން ބުނެފަ ނުގުޅުނީއޭ!” ސައުދު ފޯނު ނެގުމާއެކު ވިނާން ބުނެލިއެވެ. ”ހެހެ.. އެހެންތަ؟! ކޮބާ އަލްޔާ؟ އެމަންޖެ ރަނގަޅުތަ؟ ހިނި ގަނޑެއް ޖަހާލައިފަ ސައުދު އަހައިލިއެވެ. “އެބަހުރި.. އަލްގެ ހާލު ރަނގަޅު ތިކޮޅުން ކިހިނެތްތޯ؟ އަލްޔާގެ ހާލު ރަނގަޅު ކަމަށް ބުނެ ސައުދުމެންގެ ހާލު ވިނާން އަހައިލިއެވެ. “ވަރަށް ރަނގަޅު.. ތިޔެއް ނޫނޭ ދަރިފުޅާ މިއުޅެނީ ވަރަށް ފާޑެއްގެ ކަމެއް ދިމާވެގެން..!” ރަނގަޅު ކަމަށް ބުނެ ސައުދު ފާޑެއްގެ ވާހަކައެއް ބުނެލިއެވެ. “ފާޑެއްގެ ކަމެކޭތޯ ބައްޕާ؟ އަނެއްކާ ކިހިނެތް ވީތޯ؟” ހާސްވެފަ ވިނާން އަހައިލިއެވެ. “ހޫމް.. ފާޑެއްގެ ކަމެއް ބައްޕަގެ ހިތަަށް މިއަރަނީ ބުނާނީތޯ؟ ނޫނީ ނުބުނާނީތޯ؟ ބައްޕަ ބޭނުމެއް ނޫން ކޮންމެ ގޮތެއް ވިޔަސް ދަރިފުޅުމެން ހަނީމޫންގަ އުޅޭ އިރު މިކަހަލަ ވާހަކައެއް ދައްކާކަށް ވެސް އެކަމަކު ހަދަންވީ ގޮތެއް ނޭގިފަ މިހިރީ..!” ސައުދު އަވަސް އަވަހަށް ބުނެލިއެވެ. “އޯކޭވާނެ ބައްޕަ ބުނުއްވައްބަލަ..!” ވިނާން ބުނެލިއެވެ.
”ވެގެން އުޅޭ ގޮތަކީ އަލްޔާގެ ބައްޕަ މިއަދު އައި މިގެއަށް… އައިސް ބުނީ ކޮބައިހޯ އަލްޔާ؟ ބައްޕަ ބުނިން ނެތޭ ދަރިފުޅުމެން ތިބީ ހަނީމޫނަށް ގޮސްފަޔޯ… އެހެން ބުނުމާއެކު ފެށީ ރޯން! ދެން ބައްޕަ އެހީ ކީއްވެހޭ ތިރޮނީ؟ ބުނީމަ ބުނީ އެމަންޖެއަށް އުފާވެރި ހަޔާތެއް ލިބުނީމަ އުފަލުން ރޮވުނީޔޯ..!” ސައުދު ކުރުކޮށް ވީގޮތް ކިޔައިލަ ދިނެވެ.
“ދެން ކިހިނެތްތޯވީ ބައްޕާ؟” އަވަސް އަވަހަށް ވިނާން އަހައިލިއެވެ. “ބައްޕަޔަށް ހީވަނީ ވަރަށް ދެރަވެފަހެން ހުރީ ވަރަށް ހިކި އަނަރޫފަވެސް ވެފަ ހުރީ.. ބައްޕަ އެހިން ކީއްކުރަންހޯ މާލެ އައިސްގެން ތިއުޅެނީ؟ ބުނީމަ ބުނީ އަލްޔާ ކައިރީގަ ކޮއްމެހެން ވެސް ދައްކަން ޖެހޭ ވާހަކައެއް އޮތީމަ އެމަންޖެއާ ބައްދަލު ކޮއްލަންށޯ.. ދެން ބައްޕަ ބުނިން ކޮންތާކުހޭ ތިއުޅެނީ؟ ބުނީމަ ބުނީ އޮޑީގަޔޯ އުޅެނީ ދާނެ ވަކި ތަނެއް ނެތޯ..!” ސައުދު އިތުރަށް ކިޔައިދިނެވެ.
”އެހެންތޯ؟! އެއްވެސް ކަމަކު އެދުނުތަ ބައްޕަ ކައިރީގަ؟!” ވިނާން އަހައިލިއެވެ. “ނޫން އެއްވެސް ކަމަކު ނުބުނޭ.. ބައްޕަ ބުނިން އަދި އަންނާށޯ މިގެއަށް.. ބުނީމަ ބުނީ އާއެކޯ އަންނާނަމޯ..” ސައުދު ބުނެލިއެވެ. “އެހެންތޯ؟ އެހެންވިއްޔާ އަޅުގަނޑު ބައްޕަ ކައިރީގަ ކަމަކު ކިޔަން ބޭނުން..” ވިނާން ދެރަވެފަ ބުނެލިއެވެ. “ކޮންކަމެއް ދަރިފުޅާ އަވަހަށް ބުނޭ..؟!” އަވަސް އަވަހަށް ސައުދު އަހައިލިއެވެ. “ބައްޕާ ކޮންމެ ގޮތަކަށް ކަންތައް ވެނިމިފަ އޮތަސް އަލްޔާގެ ބައްޕައަކީ މިއަދު އަޅުގަނޑުގެ ވެސް ބައްޕައެއް ބައްޕަޔަކީ ކިތަންމެ ގޯސް މީހަކަސް އެވާނީ ހަމަ އަލްޔާގެ ބައްޕަޔަށް! އެއަކީ ބަދަލު ވާނެ ކަމެއް ނޫން! އެހެންވީމަ އަޅުގަނޑު ބައްޕަ ކައިރީގަ މިއެދޭ އެދުމަކީ އަޅުގަނޑުމެންނަށް މާލެ ދެވެންދެން އަލްގެ ބައްޕަ ގޭގަ ބަހައްޓައިގެން އެހީތެރި ވެދޭށޭ.. އަލްޔާގެ ބައްޕަ މާލޭގަ ވަންނާނެ ތަނެއް ނެތި ސަލާން ޖަހަން އުޅުމަކީ އަޅުގަނޑުމެންނަށް ވެސް ލިބޭ ހުތުރެއް..! އަނެއްކޮޅުން އަލްޔާ ވެސް ދެރަވާނެ.. އެހެން ނޫންތޯ ބައްޕާ؟!” ވިނާން ފަތިވަރެއްހެން ގުނާލިއެވެ. ސައުދު ހުރީ ކަނުލާ އަޑު އަހަންށެވެ. “ދަރިފުޅު ތިބުނީ ރަނގަޅު ވާހަކައެއް… ދެން ބައްޕަ ބަލާނަން މާދަން އޭނަ ފެނޭތޯ.. ދަރިފުޅު ތިއެދުނު ގޮތަށް ބައްޕަ ތިކަންތައް ކޮއްދޭނަން.. އިންޝާﷲ އެއްމެ ރަނގަޅެއް ނޫން؟!” ސައުދު ޔަގީން ކަމާއެކު ބުނެލިއެވެ.
”ތޭންކްސް ބައްޕާ ވަރަށް އުފާވެއްޖެ!” އުފަލުން ވިނާން ބުނެލިއެވެ. ”ހެހެ.. ބައްޕަ ވެސް ވަރަށް އުފާ ވެއްޖެ ތިކަހަލަ ރަނގަޅު ދަރިއަކު ބައްޕަޔަށް ދެއްވީތީވެސް..!” ހިނިގަނޑަކާއެކު ސައުދު ބުނެލިއެވެ. އޭރު އަލްޔާ އިނީ ވެގެން އުޅޭ ގޮތެއް ސާފު ނުވާތީ ހިތް ތެޅި ތެޅިއެވެ. “ދެން ބޭއްވީއޭ ބައްޕާ.. އެއްމެންނަށްވެސް ސަލާމް ބުނަށްޗޭ..!” އެއްމެންނަށް ސަލާމް ބުނަން ބުނުމަށް ފަހު ވިނާން ފޯނު ކަނޑާލިއެވެ. “ކިހިނެތްވީ ވިނާ؟ ބައްޕަ ކީކޭތަ ބުނީ؟” ވިނާން ފޯނު ބޭއްވުމާ އެކު އަލްޔާ އަހައިލިއެވެ. “ހެހެ.. ފޯނު ނުބާއްވައިގެން ދޯ ތިހިރީ؟” ހިނި ގަނޑެއް ޖަހައިލަމުން ވިނާން އަހައިލިއެވެ. “އާނ.. މަގޭ ބައްޕަގެ ވާހަކަ ވިއްޔާ ތި ދެއްކީ އެހެންވީމަ ފޯނު ނުބާއްވައިގެނެއް ނޫންތަ ހުންނާނީ؟ ދެން ބުނެބަލަ ކިހިނެތްތަވީ؟” އަލްޔާ އެނދުގަ ހަމަޖެހިލާފަ އިޝީންނަމުން އަހައިލިއެވެ.
”ވީގޮތަކީ އަލްގެ ބައްޕަ ދިޔައޯ މިއަދު ގެއަށް!” ވިނާން އޮޅުން ފިލުވައި ދިނެވެ. “އެހެންތަ؟! އެކީއްކުރަންށޯ؟” ކުޑަކޮށް ހިތްހަމަ ނުޖެހިހުރެ އަލްޔާ އަހައިލިއެވެ. “އަލްއާ މީޓް ކުރަންށޯ.. އަލް ކައިރީގަ ދައްކަން ޖެހޭ ވަރަށް ބޮޑު ވާހަކައެއް އޮތީމަ އެވާހަކަ ދައްކަންށޯ!” އިތުރަށް އޮޅުން ފިލުވައި ދެމުން ވިނާން ބުނެލިއެވެ. “އެހެންތަ؟! އެއީ ކޮންވާހަކައެކޯ؟ މަށަކަށް ހީނުވޭ ވާފިރު މަގޭ ކައިރީގަ ދައްކަން ޖެހޭ އިތުރު ވާހަކައެއް އޮންނާނެހެނެއް..!” ފޫހި ފާޑަކަށް އަލްޔާ ބުނެލިއެވެ. “އަލް ތިގޮތަށް ވާހަކަ ނުދައްކަބަލަ ކޮންމެ ގޮތެއް ވިޔަސް އެއީ އަލްގެ ބައްޕައޭ އެ ވެދާނެއް ނުން ބައްޕަޔަށް ހެޔޮ ވިސްނުން ދެއްވީ ކަމަށް ވެސް..!” އަލްޔާ ތަންކޮޅެއް ރުންކުރިކޮށް ވާހަކަ ދެއްކީމަ ވިސްނާ ދެމުން ވިނާން ބުނެލިއެވެ. “ހެޔޮ ވިސްނުމޭ؟ ދުވަހަކު ވެސް އެދެމީހުންނަކަށް ހެޔޮ ވިސްނުމެއް ނުދެއްވާނެ ޔަގީން މިހާރު ވެސް ކޮންމެވެސް އަމިއްލަ އެދުމެއް އޮވެގެން އެއުޅެނީ..!” މިފަހަރު ވެސް އަލްޔާ ރުންކުރިކޮށް ބުނެލިއެވެ. “އަލް ޕްލީޒް! ތިގޮތަށް ވާހަކަ ނުދައްކަބަލަ.. ބައްޕަ ބުނީ އަލްގެ ބައްޕަ ހުރީ ވަރަށް ދެރަ ވެފަޔޯ ވަރަށް ރޯންވެސް ރޮއިޔޯ..! އަހަރެންނަށް ހީވަނީ އަލްއާ ވަރަށް މުހިންމު ވާހަކައެއްހެން ދައްކަން އެއުޅެނީ..!” ވިނާންއަށް ވިސްނޭ އެއްޗެއް ނަސޭހަތާއެކު ބުނެލިއެވެ.
…..ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.



Adam hurihaa kudhinge faraathun maafah edhen… Adam kuda family problem ei dhimaa vegen faaithuvi dhuvaskolhuga story nuliyevuny… But mihaaru OK.. Iraadhu kurevviyyaa dhn baraabarah story liyeveyne… Hurihaa kudhinnavves mi part kamu dhiya kamah ummeedhu kuran….
Mi part ves hama superb as usual. Btw Afy ummeedhu kuran your personal matter solve vejje kamah. Really missed hama mi story. ?♥️
Ehen nuuunas Adam thy Afy ah libifa huri hama loibbeh. Missed you so much bbe??
Thanks lowbivaa afy thee Hama Adam ah libunu blood daimond
Maa ginain hehe mi lafz beynunkoffavaakan faahaga kurevey..adhi basmaguves v hadi
Thanks faiymini next part ragalhu kohlaanan
varah reethi
waiting
Thanks anonymous
Thanks anonymous
After a long time dhw
Ya dhw thanks limsha
yay me second dhw mifaharu?
dhen daily koh up kohdhehchey ingey<3
vrh reethi mibai ves.. thankolheh kuruvee
not second dhww hehe
Thanks kudaa next part dhigu kohlaanan
Mee varah degrade meehaku liyaa bodaa vaahka eh
Thanks aika koba ragalhu kuran jehey kamakee vaahaka liyaa meehaayah vureh this comment kuri beyfulhaku kanthah vaki dheraeh noon hen heevanee
Mashah ves varah hithah araa eccheh thy
Hehe
Varah majaaa comments thah aadheyey dhw bahuruva hadiyey buneema v hini ves aisi vaahaka ulhey emmennehge bahurueuva Hadi eh noon kanneyge emme seen ehge Hadi bahuruva inee ekamaku mihaaru migaumuga Hadi bahurivaeh noon eyakee aamu gothehga dhemafirieh viyas dhe bitunnah viyas zuvaabeh kurannaa vaahaka dhhakaa bahuruva ey madhu baeh noonee mashhah fennanee aika kahala bass ahaa kudhin site thakun vaahaka nukiiyya
Jabeenaa haadha Rulhi aisa hurihen heeveyey thihaa Rulhi Anna ehcheh nooney faadu kiyumakee kuri erumey faadu keema ragalhu kuran igeynee
Mashah mivaahaka reeethi. Ekamaku adhivx baivaru mistake ebahuri…bappa ai al ge bappa dhimaavegen vinaan kairy vinaan ge bappa evaahaka kiyaidhryiru vinaan bappa al ge bappa kairy dhekki vaahakaiga hoa kiyaafaeh nukiyaane.engey mi comment ah reply nukuraanekan vc
Thanks ainth thibuni thankolhu up kuri fahun Adam ah ves faahaga kurevunu hehe reply kuraanan thihen buneema v dhera vehjje
Vaahaka kithamme rycchas velidhoo vyma kada ee. Mi raajjeyga noannaane ehaa kuh gina maahauleh. Dhen aneh hen bunanya alya mom kahala characters annaane rasheh eiii. N velidhoo ei hama naraka velidhoo
Ohh ehentha vanee vaahaka ekee hageegatheh noon ThaA dhw mulhin ves hiyaleethee thaa dhw adam ah velidhoo ge maa bodu mauloomaatheh egigeneh noon vaahaka liyanee
Yeah raajjeyge nisbathun emme kuh gina rah velidhoo aky
Hyvan thikuhjaayah N.velidhoo yah beheymauloomaatheh neygeyhen N.velidhoo eh noon naraka velidhoo eiy. N.velidhoo ey kahkoanivelidhoo I guess. I also read from a news….. And no hard feelings ??
Eyyy… konthaakutha hadi bahuruvaeh othy?? 3 Faharu keemaves ethankolheh nufenun… hama normal koh vaahaka dhakkaa adu ivey bahuruva hury…
Oooooppss… anekkaa miohurihaa dhuhu midhekkeny hadi bahuruvayakunbaa vaahaka… ??
Heevany mee writer aky kanfatheh ves nei meeheh hen… ehnve thaa kiyaa echeh dheyhanuwany… hadi bahuruea hurey mivaahakaiga… e dhen thi meehun aamukoh ehn vaahaka dhahkanya hadi kamah heenuwiyas hadi eh reechakah badhalehnuwaane…dho adaanaa
Whoever you might be., thi myhaa ves nubai koh thi buny…. Liyefa huri ehcheh adeh neeveyne… So, loleh nethey buniyyaa maa rangalhu vaane kanneynge.. Dhen kadavaane
Uhu asluves bahuruva ehaa ryccheh noon mi story ga. Ekan varah faahaga kurevey. Aslu aammu vaahaka dhekkumuga hamagaimu ves aharun nudhannan ehaa hadikoh vaahaka dhakka myhun
Adam akee ves adi huthuru bahun ehen meehunaa muaamalaathu kuraa meeheh noon hadi huthuru bahun muaamalaathu Kiran ves igey neygeythee noon nukuraaneyye dhen aisa mivaahaka liyan vegen esfiyage admin aa ves vaahaka dhehkin Adam bunin mivaahaka ekee mikahala vaahaka ekey baeh seen thakuga hunnaaneyey aamu gothega vaahaka dhhakaa iru beynun kuran ehaa ragalhu noon bass thah ekamaku vaahaka in gothun ebas thah beynun kuran jeheyey admin bunee ehaa Hadi huthuru bass beynun nukurannaa varah ragalhey Adam gaboaleh nukuran Hadi huthuru vegen bayakah Bali nuganevey varuge dhashu dharajaige Hadi huthuru bass thakeh beynunva kurevifa huri heneh adhi efadha bass thakeh huri nama esfiya GE admin team Adam kairi bunaane adhi vaahaka up publish ves nukuraane gaboal kuran hiyaalakee thafaathu ehcheh Kan kurin
Vaagothaky aadanu beynun nuwany… thihen komme faharaku bodu paragraph liyunas aadanu beynun vany hama theege bahun vaaha liyan… liyuntherikamuge ehves hunareh nei… noony thivaahakaige age limit eh jahan v nu… aadanu ves ruheynetha aadanuge dharin egothah vaahaka dhahkan.. hadi gotheh noon viyya massala eh neithaa… ekam hadi gotheh kithamme varakah reethi kuran ulhunas vaany hama hadi gothakah..thi eh nuwaane maai bahakah
Adam hama liyaane gothakah liyanee liyefa ohhna ehcheh balan nuvatha kiyan nukerennaa nukiyaa mihen bunee iru ves igey ekaku nikiyas bolheh kiyaane Kan e ey keeve Kan igeytha anehmeehaga lolah govaa kanfathah govaa hadhan nivi thaakah dharinnaa ves behen Adam ah heevanee Adam ah vure bolheh ge haalathu maa dhai hen
Dharinnakaa nubehen…mibuny amilla dhariaku mihen vaahaka dhahkanya eves ehaa hadi bahakah nuwaanehey…its a simple question… eki audience kiyaa vaahaka ehga keevve age limit specify nukurany… echeh kiyaa irah lolah bolah kanfathah dharinnaa behenyky noon… amilla dhariakah dhera gotheh vaan neydhey iru ehn meehun ge dharinnah ves ragalhu namoonaa akah vaan jeheyne.. your kids are good..i have never seen them nor i know them.. ragalhu kuran beynun nethiyaa dhn kuraane kameh nei… miah vure maa bodu kanthah genesdhyfa hunna vaahaka ves hurey… mihaa hadi koh vaahaka eh nuliyaa eyaku
Mivaahakaige hunna bahuruva aa behey gothun mithaa vaahaka dhakkaathy eccheh bunelan beynun. Aslu vaahaka hurihaa age akah ehaa ragalheh noon. Ei dhimaalah hadi huthuru ecchehi liyefa nethas vaahaka dhakka bahuruva ehaa ehaa eh noon. Baazaaru mathy bahuruva ey mikiyaa bahun muhaathabu kurun varah gina. Ummeedhu kuran mibuni kanthah writer ah understand vaane kamah. Dhimaalah emme hadi huthuru language beynun nukuranya esfiya in publish kuraane. Maana eh noon baazaaru mathy bahuruva myhun balaigannaane ey. Vaahaka rythi vyma kiyaa age in bodethi myhunnah ekan kamakah nuvaane. Ekam faahaga vaane nubunyas. Mashah vaahaka rythi vegen abadhuves kiyan comment nukuriyas. My kokko ves husvaguthuga aammu koh esfiya in story kiyaane. Grade 8 in 9 ah promote vy miaharu. Ma onnany mivaahaka nukiyan dharifulhu kairyga bunefa. Sorry mihen bunan jehunyma. Ekam kanthah huri gothah bunun massala akah noon vyma hama bunely
Kokko aky emme loabin gengulhey kujjeh vyma dharifulhu namun eyna aa aammukoh muhaathabu kuraathy mithaaves ehen liyevuny
Thee varah ragalhu kameh kuda kudhinnahh kiyan ragalhu vaahaka eh noon mi vaahaka ekee assu furathama part up kireeves 18 plus jahaafa ekamaku fahun 18 kandalee assu hageegathakee mi vaahaka ekee bodethi meehunn kiyan emme ekasheyna vaahaka eh
When is the next part?
Avahah up kolladhyba please ?