Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (އަށްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 9, 2017 10 Mins Read
40 Comments

“އަފޫ ބަލާބަލަ! ޝަރަފް ޢައްބާސްގެ މެސެޖެއް!!” ފައިހާ ބުނެލި ވާހަކައިން އަފާފަށް ހީވީ އޭނަގެ ހިތް ހުއްޓުމަކަށް އައީހެންނެވެ. އޭގެ ދެވަނަ ސިކުންތުގައި ފައިހާ އެ މެސެޖު ކިޔާލިއެވެ.

“ހޫ އާރ ޔޫ؟ ފޯ ރިއަލް؟” ފައިހާ ސުވާލުގެ ރާގަކަށް މެސެޖު ކިޔާލިއެވެ. އެއާއެކު ފަޅި ސިކުންތެއްގެ ތެރޭގައި އޭނައަށް އެ ޝަރަފް ޢައްބާސްއާ ބެހޭ ގޮތުން އެތައް ޚިޔާލެއް ކުރެވުނެވެ. އެމީހަކަށް ޙަޤީޤަތުގައި ވެސް އޭނަ އެނގެނީބާއެވެ؟ އެނގެންޏާ އެނގެނީ ހާދަ ތަފްޞީލުކޮށެވެ. ބިންތު ޢައްމާރަކީ އޭނަ ހިންގާ ޕޭޖެއްކަން މިހާތަނަށް އެނގިފައިވާނީ ފައިހާއަށާއި އޭނަގެ މަންމައާއި ބައްޕައަށް އެކަންޏެވެ. ޝަރަފް ޢައްބާސް މި ޕޭޖަށް މެސެޖެއް މި ކުރީ މިއަދު އޭނަ ފެނުނީތީ ހެއްޔެވެ؟ އެ ސުވާލު ހިތަށްވެރިވީ ވަގުތު ވެސް އޭގެ މޮޔަކަން އަފާފަށް އިޙްޞާޞް ކުރެވުނެވެ. އެހެނަސް ފަހަކަށް އައިސް ޝަރަފްގެ ނަމާއި އޭނައަށް ކުރިމަތިވަނީ ހާދަ ގިނައިންނެވެ. ސިކުނޑިއަށް ވެރިވި އެ ޚިޔާލާއެކީ އަފާފަށް ޝައިޠާނީ ވަސްވާސްތައް ލިބެން ފެށިއެވެ. މިއީ ފިލްމުތަކުން ފެންނަހެން އޭނަގެ ޙަޔާތުގައި ޙާއްސަވާން އުޅޭ މީހެއްބާއޭ އަފާފްގެ ހިތަށްއެރިއެވެ. ފައިހާ، ޝަރަފްއަށް ރިޕްލައި ކުރަން ހިނގާށޭ ކިޔައި އާދޭސްކުރަން ފެށުމުން އެ ވަސްވާސްތަކަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭނަ މިހާތަނަށް އެ ޕޭޖަށް އައި އެއްވެސް ފިރިހެނެއްގެ މެސެޖަށް ރިޕްލައި ނުކުރިޔަސް ޝަރަފްގެ މި މެސެޖަށް ރިޕްލައި ކުރަން އޭނަގެ ހިތް ސިކުންތުކޮޅަކަށް ބުންޏެވެ. އެ ހިނދު ދެލޯ މަރާލެވުނު ވަގުތު، އިސާހިތަކު އަފާފްގެ ހަނދާނަށް އައި އާޔަތެއްގެ ސަބަބުން އޭނައަށް އޭނަގެ ނަފްސު އަމިއްލަ ބާރުގެ ދަށަށް ގެނެވުނެވެ. އަދި އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ނޫން ފައި…..ރިޕްލައި ނުކުރާނެ!” އަފާފް ސީރިއަސްކަމާއެކީ އަންގާލީއެވެ.

 

“ބަޓް ވާއި؟!!! ވެދާނެއެއްނު އޭނަ ތައުބާވާން ބޭނުންވެގެން އަފާފަށް މެސެޖެއް ކުރީ ކަމަށްވެސް؟” ފައިހާ އިނީ ޝަރަފަށް މެސެޖެއްކުރަން އިންތިހާއަށް ބޭނުންވެފައެވެ.

 

“ތައުބާވާން ބޭނުންވެގެން އުޅޭނެ މީހަކު ކުރާނެ ސުވާލެއްނޫން އެއީ އަންހެން ކުއްޖެއް ކައިރިން.” އަފާފް ބުނެލިއެވެ.

 

“ދެން އަފޫ! އަފޫއަށް ތިހެންވެގެންނޭ އިންނާނެ ކުއްޖަކު ނުލިބެނީ. އަފޫ ބްލައިންޑްވީމައެއްވެސް ނޫން ނުލިބިގެން އުޅެނީ. އަފޫ މީހުން އެވޮއިޑް ކުރާތީ. އެހެން ހެދީމަ ރަނގަޅު މީހަކު ވެސް އަތުން ގެއްލިދާނެއޭ އަފޫ. ވިސްނާލަބަލަ!” ފައިހާ ވާހަކަ ދެއްކީ އަފާފްގެ ހިތަށް އެންމެ އުނދަގޫވާ މިޞްރާބުންނެވެ. އެހެނަސް އޭނަ ދެންވެސް އަމިއްލަ އިޙްޞާޞްތަކުގެ މައްޗަށް ބާރު ފޯރުވަމުން ފޭސްބުކް ޕޯސްޓް ލިޔަން ހިނގާށޭ ބުނެލީ މަޢުޟޫއު ބަދަލުކޮށްލުމަށެވެ. ފައިހާ ޗޮއްކަނޑާލަމުން އަފާފް ބުނިގޮތަށް ހެދިއެވެ.

 

އަފާފް އެރޭ ނިދަން އޮށޯތުމުން ވެސް އޭނައަށް ޝަރަފްގެ ޚިޔާލުތަކާއި ދުރެއްނުވެއެވެ. ހަވީރުގެ ހަނދާންތަކާއި ޝަރަފްގެ ފަރާތުން ލިބުނު މެސެޖާއެކީ ފައިހާ އޭނަގާތު އެންމެ ފަހަކަށް ދެއްކި ވާހަކަތައްވެސް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ފައިހާގެ ބަސްތަކާމެދު އޭނަ އޭރު އަޅާނުލިޔަސް އެނދުމަތީގައި އޮވެ އެ ބަސްތަކާމެދު ވިސްނާލުމުން އަފާފްގެ ހިތްދަތިވާ ގޮތްވިއެވެ. އަރަޝްއަށްފަހު އޭނަގެ މަންމައާއި ބައްޕަވެސް ވަނީ އޭނަގެ ކައިވެނީގެ ވާހަކަ ދެއްކުން ހުއްޓާލާފައެވެ. އެ ވާހަކަ ދެއްކުން ހުއްޓި ފަހުން އޭނަގެ ޒަވާޖީ ޙަޔާތެއް ދުވަހަކުވެސް އޮންނާނެ ކަމުގެ އުއްމީދުވަނީ ވަރަށް ވެސް ކުޑަވެފައެވެ. އަރަޝް އޭނަ ދޫކުރި ސަބަބު ކިޔައިދިން ފަހުން ޚުދު އޭނައަށް ވެސް އަމިއްލަ ނަފްސާއިމެދު ޤަބޫލު ކުރެވެމުންދަނީ އޭނައަކީ ޒަވާޖީ ޙަޔާތަކަށް ޤާބިލު މީހެއްނޫން ހެންނެވެ. ކަންމިހެން އޮތްވާ އޭނަ މިދަނީ ފައިހާ ބުނިހެން މީހުން އެނގިފައިވެސް ނޭނގޭކަމަށް ހަދަމުންނެވެ. އެއީ ހަމައެކަނި ﷲ ގެ ރުހިވޮޑިގަތުން ހޯދުމުގެ ނިޔަތުގައެވެ. އޭނަ ދީންވެރި ނުވިނަމަ އޭނަދެކެ ލޯބިވާނެ މީހެއް ހުރީހޭ ހިތަށްއެރި ވަގުތު އަފާފަށް ބޯހޫރުވާލެވުނީ އެ ޚިޔާލާއިމެދު ނުރުހުންވީވަރުންނެވެ. އޭނަ ވަގުތުން އޭނަގެ ކަނާތް ފަރާތަށް އަތްދިއްކޮށް އޭނަގެ ފޯނުގައި އަތްޖެހޭތޯ ބެލީ ޤުރުއާން އަޑު އެހުމަށްޓަކައެވެ. ފޯނު އަންލޮކް ނުކޮށް ވެސް ސްކްރީންގެ ކޮންމެވެސް އެއްދިމާލަކަށް ފިތާލުމުން ޤުރުއާން ޕްލޭއި ކުރެވިގެން ދާނެތީ އަފާފްވަނީ އޭނަގެ ފޯނު ބާލީސް ކައިރީގައި ބާއްވަން މަންމަގާތު ބުނެފައެވެ. އޭނަ އެކަން ކުރަން އާދަވެފައިވުމުން އެރޭވެސް ސިކުންތުކޮޅެއްގެ ތެރޭގައި އޭނައަށް ޕްލޭއި ބަޓަންގައި އޭނަގެ އިނގިލި ޖައްސާލެވުނެވެ. އެއާއެކު ބިސްމިއަށްފަހު ފެށިގެން ދިޔައީ ޠާހާ ސޫރަތެވެ. ސޫރަތް ފެށިގެން ދިޔަތާ މާ ގިނައިރެއްނުވެ އަފާފްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ އެ އާޔަތްތައް ޚުދު އޭނައާއި ވާހަކަ ދެއްކިހެން ހީވުމުންނެވެ. ޤުރުއާން ބާއްވައިލެއްވުނީ، ހިތްދަތިވެ އަބާއްޖަވެރިވުމަށްޓަކައި ނޫންކަމަށް އަންގަވާފައިވުމުން އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ އެކަން ހަނދާން ނެތުނީ ކީއްވެބާއޭ ހިތަށްއެރިއެވެ. ﷲ އެންގެވި އެއްވެސް ކަމަކީ އޭނައަށް ހިތްދަތިކަން ލިބުމަށްޓަކައި އަންގަވާފައިވި ކަމެއްނޫނެވެ. އެހެނެއްކަމަކު އެކަލާނގެ އެންގެވި ހުރިހާ ކަންތައްތަކަކީ އޭނައަށް މިދުނިޔެއާއި އާޚިރަތުގައި ވެސް ހެޔޮކަން ލިބުމުގެ މަގުފަހި ކުރެއްވުމަށްޓަކައި އަންގަވާފައިވި ކަންތައްތަކެވެ. ﷲ ގެ އަމުރުފުޅުތަކާއި އެއްގޮތަށް ޢަމަލު ކުރުމުން އޭގެ ހެޔޮ ނަތީޖާ އޭނައަށް ވަގުތުން ނުފެނިދާނެއެވެ. އެހެނަސް ކޮންމެވެސް އެއްދުވަހަކުން ފެންނާނެއެވެ. މި ދުނިޔޭގައި ނުފެނުނިއްޔާ އާޚިރަތުގައި އޭނައަށް އޭގެ ޖަޒާ ލިބޭނެއެވެ. ވީއިރު އޭނަ ހިތްދަތިވާންވީ ކީއްވެ ހެއްޔެވެ؟

 

ހިތަށް ލިބުނު އެ ހިތްހަމަޖެހުމާއެކީ އަފާފް ދެލޯ މަރާލިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ، އޭނައަށް އަނެއްކާވެސް ހިތްދަތިކަމެއް ލިބިގެންދާނެފަދަ ކެއްސެއް ލިބެން އުޅޭކަން ރޭކާލުމެއްނެތިއެވެ.

 

**

 

ފައިހާ އެރޭ ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ގޮސްފައިވަނީ 8:30 ވީ ވަގުތެވެ. އެއީ އޭނަގެ ޑިއުޓީ ނިމޭގަޑި ކަމަށްވިޔަސް އެހެން ރޭރެއާ ޚިލާފަށް އޭނަ މަޑެއް ނުކުރެއެވެ. އޭނަ ހުރީ އަފާފް ކަންތައް ކުރި ގޮތުން މޫޑު ޚަރާބުވެފައެވެ. ފިރިހެނަކާ ކުޑަކޮށް ވާހަކަ ދައްކާލިޔަސް އަފާފް ނަރަކައަށްދާނީތޯ ބުނެ ފައިހާ ހިތާހިތުން އަފާފާއި ދިމާލަށް އެއްޗެހި ގޮވަމުން ދިޔައެވެ.

 

މިއީ އަފާފް ފިރިހެނަކަށް ޖަވާބުދޭން އިންކާރު ކުރި ފުރަތަމަ ފަހަރަށް ނުވިޔަސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ފައިހާ ނުރުހުންވާ ގޮތްވިއެވެ. އެއީ މިހާތަނަށް އަފާފަށް މެސެޖުކޮށްފައިވަނީ ހުސްވެސް ހުތުރު ބަހުން ވާހަކަ ދައްކާ މީހުންނެވެ. އެހެންނޫނީ ތައުބާވެގެން ފައިހާގެ ނަޒަރުން ‘އަނެއްކޮޅަށް’ ޖެހިފައިތިބި މީހުންނެވެ. އެހެނަސް މިރޭ ޝަރަފް މެސެޖުކުރި ގޮތް ފައިހާގެ ހިތަށް ކަމުދިޔައެވެ. އެއީ އޭނައަށް ރީތިވެފައި، ކަމުވެސްދާނެ ޝަޚުޞިއްޔަތެއްހެން އޭނައަށް ހީވިއެވެ. އެހެނަސް އަފާފް އޭނައާއި ޝަރަފް ވާހަކަ ދެއްކުމަށް ފުރުޞަތު ނުދިނުމުން އޭނަ އަފާފަށް ފުރަތަމަ ފަހަރަށް ރުޅިއައެވެ. އަދި ޝަރަފް އަފާފް ދެނެގަންނަން އުޅޭކަމަށްޓަކައި ހިސާބެއްގެ ޙަސަދަވެރިކަމެއްވެސް އުފެދިގެން ދިޔައެވެ. އެފަދަ އިޙްޞާޞްތަކެއްގައި ހުރެ ފައިހާ އެރޭ ގެއަށް ގޮސް އޭނަގެ ފޯނުން ބިންތު ޢައްމާރުގެ ޕޭޖަށް ދިޔައެވެ. އެއަށްފަހު އަދިވެސް އެއްފަހަރު ޝަރަފްގެ ޕްރޮފައިލަށް ގޮސް ޝަރަފްގެ ފޮޓޯ ބެލުމުގައި އިރުކޮޅެއް ހޭދަކުރުމަށްފަހު އަނެއްކާވެސް ޕޭޖަށް ދިޔައެވެ. އެއަށްފަހު ޝަރަފްގެ މެސެޖަށް ބަލާލަމުން ރިޕްލައިއެއް ލިޔަންފެށިއެވެ.

 

“ބިންތު ޢައްމާރަކީ އަފާފް ހުސެއިން. ޕުއާރ ބްލައިންޑް ގާރލް. އޭނައަށް އަމިއްލައަކަށް މި ޕޭޖް ނުހިންގޭ. އަހަރެންގެ ހެލްޕާއެކީ ހިންގަނީ. އަހަންނަށް ކިޔަނީ ފައިހާ.” ފައިހާ އެ މެސެޖު ލިޔެ ފޮނުވާލީ އޭނަގެ ހިތް މޭތެރޭގައި ބާރަށް ތެޅިތެޅި އޮތް ޙާލުގައެވެ. އޭނަ ފުރަތަމަ ބޭނުންވީ ވެސް ބިންތު ޢައްމާރަކީ އޭނަ ކަމަށް ބުނާށެވެ. އެހެނަސް ޝަރަފްގެ ޕްރޮފައިލް ފޮޓޯގައި އޭނަގެ އަތުގައި ހުރި ޓެޓޫތައް ފެނިފައި ބިންތު ޢައްމާރު ކަހަލަ މީހަކު ޝަރަފަށް ކަމުނުގޮސްދާނެއޭ ހިތަށްއެރިއެވެ. އަފާފް އަނދިރިކަމުގެ ވާހަކަ އިތުރުކޮށްލީ ޝަރަފަށް އޭނަ ކަމުދިޔުމުގެ ހުރިހާ ފުރުޞަތެއް ގެއްލުވާލުމުގެ ނިޔަތުގައެވެ. މެސެޖު ފޮނުވާލި ވަގުތު އެ މެސެޖާހެދީ އޭނަގެ ވަޒީފާވެސް ގެއްލިދާނެ ކަމުގެ ބިރުވެރިކަމެއް އޭނަގެ ހިތުގައި އުފެދުނެވެ. އެހެނަސް އަފާފަށްޓަކައި ހިތުގައިވި ޙަސަދަވެރިކަން އެ ބިރުވެރިކަމަށްވުރެ ބޮޑުވެފައިވީތީ ފައިހާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

 

**

 

އެރޭ ޢައްބާސްގެ ގޭގެ ތެރެއަށް ވެރިވެފައިވީ ނުތަނަވަސް އިޙްޞާޞްތަކެވެ. ރޭގަނޑު ކެއި ގަޑީގައި ޝަބާއަށް ވެސް ޝަރަފްގެ އަތުގައި ކުރެހިފައިވި ޓެޓޫ ފެނުމަށްފަހު ޝަބާއާއި ޝަރަފާއި ދެމެދު ވެސް ފާރެއް ލެވުނު ފަދައެވެ. ޓެޓޫ ފެނުނު ފުރަތަމަ ވަގުތުވެސް ޝަބާ އެއްޗެކޭ ބުނަން އުޅުނެވެ. އެހެނަސް ޢައްބާސް ބޮލުގެ ޢިޝާރާތުން އެކަމަށް މަނާ ކުރުމުން ޝަބާ އޭނަގެ އަނގަ ބަންދުކޮށްލިއެވެ. އެއަށްފަހު މުޅި އެރޭ އޭނަ ޝަރަފާއި ވާހަކައެއް ނުދައްކައެވެ. ޝަރަފް އެއީ މާ ބޮޑު ކަމަކަށް ނެހެދިއެވެ. އެއްގެއެއްގައި އުޅޭނަމަ ކިތަންމެ ވާހަކަ ދައްކަން ނުއުޅުނަސް ވާހަކަ ދެއްކޭނެކަމަށް އޭނައަށް ނިންމުނެވެ. އަދި މިއީ ބައްޕައަށާއި ދޮންތައަށް އޭނަގެ ޓެޓޫ ފެނުނު ފުރަތަމަ ފަހަރަށްވުމުން ވާގޮތޭ އޭނަގެ ހިތް ބުންޏެވެ. ޝަރަފްގެ ޓެޓޫ ފެނިފައި އުފާވި މީހަކަށް ހަމައެކަނި ހުރީ އާހިލްއެވެ. އާހިލް ހާދަ ‘ކޫލް’އޭ ކިޔާފައި އެ ޓެޓޫއާ ބެހޭގޮތުން ސުވާލުކުރިއެވެ. ޝަރަފް ހެވިފައިހުރެ ކާމޭޒުދޮށުގައި އެންމެން ތިއްބާ އާހިލްއަށް ކިޔައިދީ ސަމާސާ ކުރިއެވެ. އެހެނަސް އެ ސަމާސާތަކުން ޢައްބާސްއާއި ޝަބާއަށް ނުހެވެއެވެ. އެމީހުން ހިމޭންކަމާއެކީ ނުރުހުމުގެ ނަޒަރުތައް ދީދީ ތިބީއެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން އިނަސް ޝަރަފް އެވަގުތު ވެސް އެ ނަޒަރުތަކާމެދު ނުތަނަވަސްވިއެވެ. އެއީ ވަކި އޭނަގެ ޓެޓޫގެ ސަބަބުންނެއްނޫނެވެ. އޭނަ ގޭތެރޭގައި ހުރި މޭޒެއްގެ ދަށުގައި ފޮރުވާފައި ހުރި ހަދިޔާގެ ސަބަބުންނެވެ. ދޮންތަ އެ މޭޒުގެ ކައިރިއަށްދާ ކޮންމެ ފަހަރަކު ޝަރަފްގެ މޭގަނޑު އަތަށް އަންނަހާވަރު ވަމުންދިޔައެވެ. އެހެނަސް އެރޭ އެންމެން ނިދުމަށްޓަކައި ކޮޓަރިތަކަށް ވަނީވެސް އެ ފޮށިގަނޑު އެތާ ހުރިކަން އެކަކަށް ވެސް ނޭނގިއެވެ.

 

 

އެރޭ 11:30 ވީ ވަގުތު ޝަރަފް ބައްޕަގެ ކޮޓަރީގައި އޮތް ގޮދަޑީގައި އޮވެފައި ތެދުވެލީ ބައްޕަ ނިދައިފިކަން ޔަޤީންވުމުންނެވެ. އެވަގުތު އެއީ ކިތަންމެ ފިނި ރެއެއްކަމަކު އޭނައަށް ހޫނުކަމެއް އިޙްޞާޞް ކުރެވި ދާހިއްލަން ފަށާފައިވިއެވެ. މަސްތުނުވެ މާ ގިނައިރުވީކަން ނަގައިގަނެވުމުން ޝަރަފަށް ގޮދަޑިން ތެދުވެ ކޮޓަރިން ނިކުންނަން ދެވުނީ ދާން ބޭނުންވިވަރަށް ވުރެ ބާރަށެވެ. އަދި މާ ބޮޑު ވިސްނުމެއްނެތި ކޮޓަރީގެ ތަޅު އަނބުރާލާފައި ބާރަށް ހުޅުވާލެވުނު ހިނދު އޭނައަށް ނުތަނަވަސްވެފައި ފަސްއެނބުރި ބައްޕައަށް ބަލާލެވުނެވެ. އެހިނދު ބޮޑުކޮޓަރީގައި އޮތް ފަނޑު އޮރެންޖް ކުލައިގެ ބޮކީގެ އަލީގައި ބައްޕަ ގަދައަށް ނިދިފައި އޮތް މަންޒަރު ފެނިފައި ޝަރަފް ލަސްލަހުން ނިކުމެ އެ ދޮރު މަޑުމަޑުން ލައްޕާލިއެވެ. އެއަށްފަހު އަވަސްއަވަހަށް ގޮސް މޭޒު ދަށުގައި ހުރި އޭނަގެ ހަދިޔާ ފޮށި ނަގައި އެ މޭޒުމަތީގައި އޮތް ކަޓަރެއްގެ އެހީގައި ފޮށި ކަނޑާލުމަށްފަހު އޭތި ދަމައިގެން ގޮސް ކާމޭޒު ކައިރިއަށް ޖެއްސިއެވެ. އެއަށްފަހު ޓީވީއާއި ކުރިމަތިވާނެ ގޮތަށް މޭޒުދޮށުގައި އިށީނދެ ހަމަޖެހިލައިގެން ފުޅިއެއް ނަގައި ކަނޑާލުމަށްފަހު ބޯންފެށީ އެއްވެސް ބިރެއްނެތިއެވެ. އޭނައަށްވުރެ މަތީ ފަރާތެއްގެ އެއްވެސް ހަނދާނެއްނެތް އިރު އެންމެ ކުޑަމިނުން ދޮންތައާއި ބައްޕައަށް މިކަން އެނގިދާނެތީވެސް އޭނަ ޖެހިލުމެއްނުވެއެވެ. ޖެހިލުމެއްނުވީ އޭނަ މިކަން ކުރާކަން ބައްޕައާއި ދޮންތައަށް އެއްގޮތަކަށް ވެސް ނޭނގޭނެކަމަށް ހިތް ބުނީތީވެއެވެ. ތަންކޮޅެއް މަދުން ބޭނުންކޮށްފިނަމަ އޭނައަށް ހަމަހޭގައި ހުރެވޭނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެވުނީތީވެއެވެ.

 

ކާމޭޒުދޮށުގައި އިށީންތާ މާ ގިނައިރެއްނުވެ ޝަރަފް ކައިރީގައި އޮތް ރިމޯޓު ނަގައި ޓީވީ ޖައްސާލީ، މިއީ ގޭގަ ހުރިއްޔާ އޭނަގެ އަބަދުވެސް އާދަ ކަމަށްވާތީވެއެވެ. ޓީވީ ހުޅުވިގެން ދިޔުމާއެކު ކުއްލިއަކަށް ނުހަނު ބާރަށް ޤުރުއާން ކިޔަވަން ފެށި އަޑު އިވިފައި ޝަރަފްގެ ހިތަށް ވެރިވި ބިރުވެރިކަމާއެކު އޭނަ ވޮލިއުމް ދަށްކުރާ ބަޓަނަށް ބާރަށް ފިތާލަމުން އަޑު މަޑުކޮށްލިއެވެ. އެއަށްފަހު ގޭގެ ދެކޮޓަރީގެ ދޮރަށް ވަކިވަކިން ބަލައި އެ ކޮޓަރިތަކުގެ ތެރެއިން އެއްވެސް އަޑެއްއިވޭތޯ ސަމާލުވެލިއެވެ. ސިކުންތުކޮޅެއްވީއިރުވެސް އަޑެއް ނުއިވުމުން ޝަރަފް ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު އަނެއްކާވެސް ޓީވީއަށް ބަލާލީ ނުރުހުންވެފައި ހުރެއެވެ. އެރޭ 10 ޖަހަން ގާތްވެފައިވަނިކޮށް ދޮންތަ އެ ޓީވީ ޑީވީޑީ ޕްލޭޔަރާއި ގުޅައި އެއަށް ޤުރުއާން ސީޑީއެއް ލެއްވި ހަނދާން އޭނަ ނުވެސް ނެތީއެވެ. އޭނައާއި އާހިލް ކޮންމެވެސް ފިލްމެއް ބަލަން ތިއްބާ ދޮންތަ އެހެން ހެދުމުން އޭނައާއި އެއްވަރަށް އާހިލް ވެސް ނުރުހުންވިކަން ޝަރަފަށް އެނގުނެވެ. އަޑުއިވުނު ވާހަކަތަކުން އާހިލް ވީހާވެސް ގިނައިން ޤުރުއާން ކިޔަވަން ދޮންތަ އުޅޭކަންވެސް ޝަރަފަށް އެނގުނެވެ. ދޮންތަ ދިޔުމުން، އެއީ ޤުރުއާން މުބާރާތަކަށްޓަކައިތޯ ޝަރަފަށް އަހާލެވުނެވެ.

 

“ނޫން! ވީހާވެސް ގިނައިން ޤުރުއާން ކިޔަވައި ޤުރުއާން އަޑުއަހަންވާނެޔޯ މަންމަ އަބަދު އަބަދު ބުނާނީ. ވަރަށް ފޫހިވޭ! ކިރިޔާވެސް ލައިކްވަނީ އަފޫ ދައްތި ޤުރުއާނުގެ މާނަ ކިޔައިދޭއިރު……އަސްލު ބައެއް އާޔަތްތައް ވަރަށް ސަޅި. ވެދާނެ އަފޫ ދައްތި ކިޔައިދޭގޮތުން ކަމަށްވެސް.” އާހިލް އޭނައަށް ކިޔައިދިނެވެ. އާހިލް ކިޔައިދިން ވާހަކަތަކުގެ ތެރެއިން އަފާފްގެ ވާހަކަ އައުމުން އެދުވަހު އަފާފް އެގެއަށް އައިސްފައިހުރީ ކީއްވެކަން ޝަރަފަށް ނަގައިގަނެވުނެވެ. އަފާފްގެ ހަނދާނުގައި ހުރެ ޝަރަފަށް ނޭނގޭ ސަބަބަކާހެދި ޓީވީގެ އަޑު ކުޑަކޮށް ހަރުކޮށްލެވުނެވެ. އަފާފް އެ ބުނެދެނީ ކޯޗެއްކަން ދެނެގަންނަން ބޭނުންވީތީވެ ކަންނޭނގެއެވެ. އަޑު ހަރުކޮށްލިތާ މާ ގިނައިރެއް ނުވެ ބިސްމިއަށްފަހު ފެށިގެން ދިޔައީ ނަބައު ސޫރަތެވެ. އެތައް އަހަރެއްފަހުން ޤުރުއާނުގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުން އޭނަގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތަށްހަމަޖެހުމެއް ލިބުނެވެ. މިއީ ކުޑައިރު އޭނަ އެހާވަރަށް ކިޔަވައި އެހާވަރަށް ނުބަލައި ދަސްކުރި ފޮތޭ ހިތަށްއެރި ވަގުތު ޝަރަފަށް އާދަޔާ ޚިލާފު އިޙްޞާޞެއް ކުރެވުނެވެ. އޭނައަށް ޤުރުއާން އަޑުއަހަން އިނދެވުނީ އަތުގައި އިން ފުޅީގެ މަތިން ވެސް ހަނދާން ނެތިފައެވެ. ކޮންމެ އާޔަތަކަށްފަހު އޭގެ މާނަ ކިޔެމުން ދިޔައިރު ޝަރަފަށް މާނައަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީ، ދެން އަންނާނެ އާޔަތް އޭނަގެ ސިކުނޑި އޭނައަށް ހަނދާންކޮށްދެމުން ދިޔައީތީވެއެވެ. އޭނަގެ ސިކުނޑީގައި އޮތް އާޔަތް އެއޮތް ގޮތަށް ދެން ކިޔެވެން ފެށުމުން ޝަރަފް އަޖާއިބުވެ އަންތަރީސްވާގޮތް ވިއެވެ. އޭނަ އެއްވެސް ވަރަކަށް ޤުރުއާން ކިޔަވައި އަދި އަޑުއަހައި ނަހަދާތާ މިހާރު 8 އަހަރަށްވުރެ ވެސް ގިނަ ދުވަސްވާނެއެވެ. ޙަޤީޤަތަކީ ޓީވީއިން ފެންނަމުން ދިޔަ ޢަރަބި އާޔަތްތައް އޭނައަށް ކިޔަން ވެސް ދަތިވިކަމެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ ދަސްކުރި އާޔަތްތައް އޭނަގެ ހިތުތެރޭގައި ރައްކާކުރެވިފައިވި ފަދައެވެ. އެކަމަކު އެހެންވާނީ ކިހިނެއް ހެއްޔެވެ؟ އޭނަ އެހެން ފޮތްތަކުން ދަސްކުރާ އެއްވެސް ވާހަކައެއް އެ ހުރި ގޮތަށް މިހާ ގިނަ ދުވަސްވަންދެން ހަނދާނެއް ނުހުރެއެވެ. މިއީ ދުނިޔޭގައިވި އަޖާއިބުތަކުގެ ތެރެއިން އަޖާއިބަކީ ހެއްޔެވެ؟

 

ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ޝަރަފަށް އެންމެ ފަހުން އެ އާޔަތްތަކުގެ މާނަތަކަށްވެސް ސަމާލުކަން ދެވޭ ގޮތްވިއެވެ. އޭރު ކިޔެވެމުން ދިޔައީ ނަރަކައާއި ބެހޭ އާޔަތްތަކެވެ. މާނައަށް ބަލަން ފެށިތާ މާ ގިނައިރެއްނުވެ އެއްވެސް ދީނެއް ޤަބޫލުނުކުރާ އޭނަގެ އެކުވެރިންގެ ވާހަކަތައް ޝަރަފްގެ ހަނދާނަށް އަންނަން ފެށިއެވެ. މިހާ ބޮޑު ޢަޒާބެއް އިންސާނުންނަށް ދެވެންވީ ކީއްވެގެންތޯ ހިތަށްއަރަން ފެށިއެވެ. ކިތަންމެ ބޮޑު ކުށެއް ކުރިޔަސް މިފަދަ ޢަޒާބެއް އެއްވެސް މީހަކަށް ޙައްޤުވާނެތޯ ޝަރަފްގެ ހިތަށްއެރިއެވެ.  އެހިނދު އޭނަގެ ހިތުގައިވި ސުވާލަށް ޖަވާބެއް ލިބިގެން ދިޔައީ އިވިގެން ދިޔަ އާޔަތަކުންނެވެ. އެއީ އެމީހުންގެ ޢަމަލުތަކާއި އެއްގޮތްވެގެންވާ ޖަޒާއެއްކަމަށް މާނައިގައި ބުނެދެވިގެން ދިޔަ ހިނދު ޝަރަފަށް ނޭނގި އޭނައަށް ނޭވާ ހިފަހައްޓާލެވުނެވެ. އޭނައަށް ކުއްލިއަކަށް ރިމޯޓު ނަގައި ޓީވީ ނިވާލެވުނީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. އެއަށްފަހު އޭނައަށް ފުން ނޭވާތަކެއް ލެވެން ފެށީ އޭނައަށް ކުރެވުނުހާ ފާފަތައް އޭނަގެ ހަނދާނަށް އަންނަން ފެށުމުންނެވެ. ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން ޝަރަފަށް އޭނަގެ ފުޅިވެސް މޭޒުމަތީގައި ބަހައްޓާލެވުނެވެ. ދެންމެ ވީ ކަމަކީ އިއްތިފާޤަކުން ވީ ކަމެއްކަމަށް އޭނަ އަމިއްލަ ނަފްސަށް ވިސްނައިދޭން އުޅުނެއްކަމަކު އޭނަގެ ހިތުގެ ފުން ހިސާބެއްގައި ބިރުވެރިކަމެއް ހަރުލާފައި ވިފަދައެވެ.

 

ހިތްހަމަޖައްސަން ކުރެވިދާނެކަމެއް ނޭނގިގެން ޝަރަފް އޭނަގެ ފޯނުން ލަވައެއް ޖަހާލަން ހިތަށްއެރިއެވެ. އެހެނަސް ޕްލޭލިސްޓުގައި އެވަގުތު އޭނަ ޖަހަން ބޭނުންވާ އެއްވެސް ލަވައެއް އޭނައަށް ފާހަގައެއްނުވިއެވެ. އޭނަގެ ހިތްހަމަޖެހުމަށްޓަކައި ދެންމެ ވީ ކަމަކީ ޙައިރާންވާންވީ ކަމެއްނޫންކަން އޭނައަށް ވިސްނެން ޖެހޭކަން އޭނައަށް އެނގުންވިއެވެ. އެކަމަށްޓަކައި އޭނަ ވަގުތުން ފޯނުން ފޭސްބުކަށް ވަދެލިއެވެ. އޭނައަށް މެސެޖެއް ލިބިފައިވިއެއްކަމަކު އޭތިވެސް ބެލުމެއްނެތި ޝަރަފް ވަގުތުން އޭނައަށް އެންމެ ކަމުދާ ޕޭޖަށް ދިޔައެވެ. އެ ޕޭޖުގައި ތިބި އެކި ޕޯސްޓްތައް ކިޔުމުން ވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭ ގޮތެއްނުވިއެވެ. މިއީ އެއްވެސް މީހަކު އޭނަގެ ސިކުނޑި ދޮވެގެން ކުރެވޭ އިޙްޞާޞެއް ނޫންކަން އޭނައަށް ޔަޤީން ކުރެވުނީތީވެއެވެ. މީހަކު ސިކުނޑި ދޮންނަން ކުރީ ފަހެ ކޮންކަމެއް ހެއްޔެވެ؟ އޭނައަށް މިހެން މިވަނީ އޭނައަށް އިވިގެން ދިޔަ އާޔަތްތަކެއްގެ ސަބަބުންނެވެ.

 

ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ވަރަށް ގަދައަށް ޝަރަފްގެ ބޮލުގައި ރިއްސަންފެށިއެވެ. އެ ހިނދު އޭނައަށް އޭނަ އެމޭޒުމަތީގައި ހުރި ފުޅިއާއި ދިމާލަށް ބަލާލެވުނެވެ. އެ ފުޅިތަކާއި ދުރުވުމުގެ ސަބަބުން ވާ ގޮތެއްކަން ޝަރަފަށް އެނގުނެވެ. ދެ ޚިޔާލެއްގެ މަތީގައި ހުރެ ޝަރަފަށް އެ ފުޅި ނެގުނީ ބޭއިޚްތިޔާރުގައެވެ. އެއަށްފަހު އޭނައަށް އޭނަގެ ޙަރަކާތްތަކުގެ މައްޗަށް ބާރެއް ނުފޯރުވުނު ފަދައެވެ. ފުޅިތައް ހުސްވަމުން ދިޔަ ވަރަކަށް ޝަރަފްގެ ސިކުނޑީގައި އުފެދިފައިވި ހާސްކަންވީ އިތުރެވެ. ހާސްކަން އިތުރުވުމުގެ ސަބަބުން ބޮލުގެ ރިހުންވެސް ގަދަވިއެވެ. އެންމެ ފަހު ފުޅި ހުސްވީވަގުތު ޝަރަފަށް ވީނުވީއެއްނޭނގި އޭނަގެ ދެލޯ މެރި ގޮނޑީގައި އިނދެ މޭޒުމަތީގައި އޮށޯވެވުނެވެ. އެ ފުޅިތަކުގެ ބަދަލުގައި އޭނައަށް އިވުނު އާޔަތްތައް އޭނަގެ ބައިވެރިއަކަށް ހެދިނަމަ ކިހާ ރަނގަޅުވީސްކަން އޭނައަށް ރޭކާވެސް ނުލައެވެ.

 

އޭގެ އަނެއްދުވަހު ޝަބާއަށް ހޭލެވުނީ 7 ޖެހި ފަހުންނެވެ. ގަޑި ފެނިފައި އޭނައަށް ފުންމައިގެން ތެދުވެވުނީ ފަތިސް ނަމާދަށް ހޭނުލެވޭކަން އެނގުންވުމުންނެވެ. އިސާހިތަކު އޭނަގެ ހިތަށް ވެރިވި މާޔޫސްކަމާއެކު އޭނަ ވަގުތުން އާހިލްއަށްވެސް ގޮވާލަމުން ކޮޓަރިން ނުވެސް ނިކުމެ ނަމާދުކުރަން އަވަސްވެގަތެވެ.

 

ޝަބާ އޮފީހަށްދާން ތައްޔާރުވެ، ރީތިވެލައިގެން ފަތިސް ނަމާދުކޮށްލިއެވެ. އަދި އެއަށްފަހު އަނެއްކާވެސް ނިދިފައި އޮތް އާހިލްއަށް ގޮވާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނަ ކޮޓަރީގެ ދޮރު ހުޅުވާލީ އާހިލް އެނދުން ތެދުވާނެހާ ވަރަށް އޭނައަށް އުނދަގޫކޮށްލާފައެވެ. އާހިލް ޝަކުވާގެ ރާގަކަށް މަންމާއޭ ކިޔައި ގޮވާލުމުން ޝަބާއަށް ހިނިތުންވެލެވުނެވެ.

 

“އާނ ދެން މަންމައަށް ޝުކުރުކުރާތި ސުވަރުގެއަށް ދެވޭ ދުވަހަކުން އިން ޝާ ﷲ……ޗުއްޓީ ވިޔަސް ގޭގަ ހުރެގެން ފޮތްތައް ކިޔާތި!” ޝަބާ އެހެން ބުނެ ކޮޓަރިން ބޭރަށް ނިކުތެވެ. އޭނަ ހިނިތުންވުމެއްގައި ހުރެ އެ ދޮރު ލައްޕާލަން އުޅުނު ވަގުތު ފެނުނު މަންޒަރަކުން އެ ހިނިތުންވުން ގެއްލިގެން ދިޔައީ ކުއްލިއަކަށެވެ. މޭޒުމަތީގައި ބޯ އަޅައިގެން ޝަރަފް އޮތް އިރު އޭނަ އިން ގޮނޑި ކައިރީގައި ފެހި ކުލައިގެ ބިއްލޫރި ފުޅިތައް އެހެން މިހެން ތިބި މަންޒަރު ފެނިފައި ޝަބާއަށް އޭނަގެ ލޮލަށް ވެސް އިތުބާރުކުރަން ދަތިވިއެވެ. ކަންވެފައި އޮންނާނެ ގޮތް ޚިޔާލަށް ގެނެވުމުން ޝަބާގެ ދެލޯ ރަތްވެ އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ހަމައެއާއެކު ޝަރަފްގެ ނަންމަތީގައި އިއްޔެ އެގެއަށް އައި ފޮށިގަނޑުގެ މަތިން ވެސް ޝަބާ ހަނދާންވިއެވެ. މާޒީގެ ވެސް ހިތި ހަނދާންތައް އާވެގެން ދިޔުމުން ރުޅީގެ އަލިފާނެއް ޝަބާގެ ހިތުގައި ރޯވިއެވެ. އޭނަގެ ކުރިމަތިން ފެންނަމުން ދިޔައީ އޭނަގެ ކޮއްކޮކަން ވެސް އޭނަ ހަނދާން ނެތިގެން ދިޔަހެން އޭނަ އަޑު އިސްކުރެވުނެވެ.

 

“ޝަރަފް ޢައްބާސް!!” ޝަބާއަށް ގޮވާލެވުނީ އޭނަގެ އަޑުގެ ކޮޅަށެވެ. އެ އަޑު ހަމަ ދާދި ދެންމެއަކު ހޭލެވުނު ޢައްބާސްއަށާއި ކޮޓަރީގައި ހުރި އާހިލްއަށް ވެސް އިވުނެވެ. އާހިލް ވަގުތުން ކޮޓަރިން ނިކުމެ ދޮރު ހުޅުވައި ބަލާލިއެވެ. އެހިނދު ޝަރަފް ވެސް ދެލޯ ތަގުޅި ކޮށްލަމުން ލޯހުޅުވޭތޯ މަސައްކަތް ކުރަނީއެވެ.

 

“ބަލަ ކަލެއަށޭ މަ މިގޮވަނީ. ދެންވެސް ހޭއަރާބަލަ!” ޝަބާ އައިސްފައި ހުރި ރުޅީގައި ޝަރަފްގެ ގާތަށް ގޮސް އޭނަގެ އަތުގައި ހިފައި ވައްޓާލިއެވެ. އެއާއެކު ޝަރަފް ސިހިގެން ދިޔަ ފަދައަކުން ދެންވެސް އުނދަގުލާއެކީ ލޯ ހުޅުވައިގެން ހުރެ ތެދުވެ ޝަބާއަށް ބަލާލިއެވެ. ހަމަ އެއާއެކު ޝަބާގެ ހޫނު އެތިފަހަރެއް ޝަރަފްގެ ކޯތާފަތަށް އެރިއެވެ. އެ ހިނދު ޝަރަފަށް ހަމަ ހޭވެރިކަމެއް ލިބިގެން ދިޔައެވެ. އޭނަގެ ބޮލުގައިވި ރިހުން އޭރުވެސްވިއެވެ. އޭނައަށް ހުރިހާ ކަމެއް އެއްފަހަރާ ހަނދާންވެ މިހާރު މިވަމުން ދާގޮތް އެނގުންވީހިނދު ޝަރަފްގެ ހިތަށް ނުތަނަވަސްކަމެއްވެރިވިއެވެ. އޭނަ ވަގުތުން ޝަބާއާއި ވީ ފަރާތަށް އެނބުރި، ބޮލުގައި ވި ރިހުމާއެކީގައި ވެސް ކޮޅަށް ތެދުވެލިއެވެ. އޭނަ ދޮންތާއޭ ކިޔައި އެއްޗެކޭ ބުނަން އުޅުނުތަނާހެން އަނެއްކާވެސް ޝަބާގެ ހޫނު އެތިފަހަރެއް ޝަރަފްގެ އަނެއް ކޯތާފަތަށް އެރިއެވެ. އެ ހިނދު ކޮޓަރީގައި އިން ޢައްބާސްވެސް ކިހިނެއްވަނީތޯ ސުވާލުކޮށްލި އަޑު އިވުނެވެ.

 

“ބައްޕަގެ ލޯބިވާ ދޮންފުތު ކުރާ ކަމެއް އެނގެންޏާ ބައްޕަވެސް މިހާވަރު ނުކޮށެއް ނުހުންނާނެ! ކަލޭ ތިކަން ކުރަންޏާ މިކޮޅަށް އައީ ކީއްކުރަން؟ އެނ؟ އެ އޮސްޓްރޭލިޔާގަ މާ ފަސޭހައިން ތި ކުޅިވަރެއް ކުޅެވިދާނެއެއްނު؟ މިތަނަށް އައީ ތިކަން ކޮށްގެން އަހަރުމެންގެ ދިރިއުޅުން ބަރުބާދުކުރަންތަ؟” ޝަބާ ރުޅިން ރަތްވެފައިހުރެ އެތައް ސުވާލެއް ކުރީ އެތާނގަ އާހިލް ހުރިކަން ވެސް ހަނދާން ނައްތާލަމުންނެވެ. ޝަރަފް އެއްޗެކޭ ބުނަން އުޅުނުތަނާހެން ޝަބާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“އޮހް! ހަނދާން ނެތުނީއޭ. ކަލޭ ބަނގުރޫޓުވެގެން ކުރާނެ ކަމެއް ނޭނގިގެން ދޯ އަހަރުމެން ކައިރިއަށް ތިއައީ؟ އެކަމަކު ހަނދާން ކުރާތި! މަގޭ އެންމެ ލާރި ފޮއްޗެއްވެސް ކަލޭގެ އަތަކަށް ނުލިބޭނެ ތިކަން ކުރާކަށް. ކަލޭ ބޭނުމިއްޔާ ކަލޭ އަމިއްލައަށް ލާރި ހޯދައިގެން އެކަންކުރޭ. އަހަރުމެން ނުހޯދާނަން ކަލޭ އަތުން އެއްވެސް އެއްޗެއް. އަދި ބޭނުމިއްޔާ މިގެއިން ވެސް ނިކުމެގެން ދިޔައިއްޔާ ރަނގަޅީ…..ވަރަށް ގިނަ ދުވަހު ވޭން ތަޙައްމަލުކޮށްފިން ތިކަހަލަ މީހެއްގެ ސަބަބުން. އަހަންނަށް ލެއްވި ރަޙްމަތެއްގެ ސަބަބުން އޭނަ މަރުވެގެން ދިޔައީ! ދެން ބަރުދާސްތެއް ނުކުރެވޭނެ އެކަހަލަ ކަމެއް. މި ހިތުގައި އެ ހިތްވަރެއްނެތް…” ޝަބާގެ ވާހަކަ ނިމުނުއިރު އޭނަގެ ނޭފަތް ރަތްވެ ދެލޯ ފެންކަޅިވެފައިވިއެވެ. ދޮންތައަށް ބަލައިގެން ޝަރަފަށް އެއްޗެކޭ ނުބުނެ ހުރެވުނީ ދޮންތަ ބުނި އެއްޗަކާއިމެދު ވިސްނެމުން ދިޔައީތީވެއެވެ. ‘އެކަމުގައި މަރުވެގެން’ ދިޔައީ ކާކުތޯ ހިތަށްއެރިތާ މާ ގިނައިރެއްނުވެ އެއީ ދޮންތަގެ ފިރިމީހާކަން ޝަރަފަށް ނަގައިގަނެވުނެވެ. ހަމައެއާއެކު ދޮންތަ ތަޙައްމަލުކޮށްފައިވާނެ ވޭންތައް އޭނައަށް ތަޞައްވުރު ކުރެވުނެވެ. މިފަހަރު އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން ދޮންތަ ކަރުނަތައް ފޮހެމުން އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ. ދޮންތަ ގޭގެ ދޮރު ހުޅުވައި ލައްޕާލީ ވަރަށްވެސް ބާރަށެވެ. އެވަގުތު ޝަރަފްގެ ހިތަށް މާޔޫސްކަމެއް ވެރިވިއެވެ. ދޮންތަ އޭނައަށް ނުރުހުންވީ މިންވަރު އިޙްޞާޞް ކުރެވުމުންނެވެ. އެހެން މީހަކު ފަދައިން އޭނަވެސް ދޮންތައަށް އަނިޔާ ކޮށްފާނެހެން ދޮންތައަށް ހީވަނީ ހެއްޔެވެ؟ އޭނަ އަނބުރާ އައި ސަބަބަކީ ދޮންތަ އަތުން ލާރި ހޯދުންހެން ދޮންތައަށް ހީވަނީ ހެއްޔެވެ؟ އެހެނަސް އެއީ ޙަޤީޤަތާއި ހާދަ ދުރު ހީތަކެވެ. ދޮންތައަށް އެކަން އެނގޭނެ ނަމައެވެ. އޭނަ މިފުޅިތައް ގެއަށް ގެނައި ހަމައެކަނި ސަބަބަކީ އޭނައަށް އެއާއި ނުލާ ނުއުޅެވޭނެހެން ހީވުމެވެ. އެއާއި ދުރުވުމަށް އޭނައަށް އެހީވެދޭނެ މީހަކު ހުރިނަމަ އޭނަ އުފާވީހެވެ.

އަމިއްލަ ޚިޔާލުތަކެއްގައި ހުރެފައި ޝަރަފަށް ބަލާލެވުނީ އާހިލްއަށެވެ. އެ ހިނދު އާހިލްވެސް ވީ ހިތް ނުތަނަވަސްވެ މާޔޫސްވެފައިވާ ޙާލެއްގައެވެ. އެއީ އޭނަގެ ބައްޕަގެ ޙަޤީޤަތް އެނގުމުންކަން ޝަރަފަށް އެނގުންވިއެވެ. ޝަރަފަށް އެއްޗެކޭ ނުބުނެވެނީސް އާހިލް އޭނަގެ ކޮޓަރިއަށްވަނެވެ. އެ ހިނދު އޭނައަށް ފުރަގަހުން މީހެއްގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. ޝަރަފް ފަސްއެނބުރި ބަލާލިއިރު އެ އަޑު އިވެމުން ދިޔައީ ބައްޕަގެ ކޮޓަރިންނެވެ. އޭނަ ގޮސް ދޮރު ހުޅުވާލިއިރު އޭނަދެކެ އެހާ ލޯބިވާ ބައްޕަ އޮތީ ދެލޮލުގައި އެއްއަތް އަޅައިގެން ގަދައަށް ރޯށެވެ. އެ މަންޒަރު ފެނިފައި ޝަރަފްގެ މޫނުމައްޗަށް ވަގުތުން ހިތާމަވެރިކަން ވެރިވިއެވެ. އޭނަ ކުރި އެންމެ ކަމެއްގެ ސަބަބުން ދެރަ މި ކޮށްލެވުނީ އޭނަދެކެ ލޯބިވާ ކިތައް މީހުންތޯ އޭނަގެ ހިތަށްއެރިއެވެ. ހަމަ އެވަގުތު ދެން ދުވަހަކުވެސް އެމީހުން ދެރަވާފަދަ ކަމެއް ނުކުރަން ޝަރަފްގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި އޭނަ މިފަދައިން ކަނޑައަޅާ ޢަޒުމްތައް ފަސޭހައިން ގުޑައިގެން ގޮސްފައިވި ގޮތުން އެ ޢަޒުމްވެސް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަމެއް ޝަރަފްގެ ހިތުގައި ނެތެވެ. އެހެނަސް އޭނަ ލަސްތަކެއް ނުކޮށް ބައްޕަގެ ކައިރިއަށް ގޮސް ބައްޕަގެ ލޮލުން ކަރުނަތައް ފޮހެލަދިނެވެ. އަދި އޭނައަށް މަޢާފުކޮށްދިނުމަށް އެދި އޭނަ ދެން އެހެން ނަހަދާނެކަމަށް ބައްޕަ ގާތު ބުނެވުނެވެ. އެއަށްފަހު އޭނަ ބައްޕަ ތާޒާވެލުމަށް އެހީވެދީ ފަތިސް ނަމާދަށްޓަކައި ވުޟޫ ކުރުވިއެވެ. ބައްޕަ ނަމާދުކުރަން ފެށުމުން މިފަހަރުވެސް ޝަރަފް ނަމާދުކުރާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭގެ ބަދަލުގައި އޭނައަށް ދެން ގޯސްކޮށް ކުރެވިފައިހުރި ކަންތައް ރަނގަޅު ކުރަން ފެށިއެވެ. އެންމެ ފުރަތަމަ ކަމަކަށް ބޮޑު ކޮޓަރި ސާފުކޮށް ހުރިހާ ފުޅިތަކެއް އޭނަ އުކާލިއެވެ. އެއަށްފަހު އާހިލްގެ ގާތަށް ގޮސް އާހިލް ހިތްހަމަޖައްސާލުމަށްޓަކައި އޭނައާއި ވާހަކަ ދައްކާ ސަމާސާކުރިއެވެ. އަދި އާހިލްއާއެކީ އެންމެންނަށް ސައި ތައްޔާރުކޮށް ބައްޕަވެސް ގެނެސްގެން އެންމެން އެކީގައި ހެނދުނުގެ ނާސްތާކުރިއެވެ. ނާސްތާއަށްފަހު ޝަރަފް ބޮޑުކޮޓަރި ތެރޭގައި އުޅެނިކޮށް ޓީވީ ރެކް ތެރޭގައި އޮތް ނޫހެއް އޭނައަށް ފެނުނެވެ. ނޫހުގައި ހުޅުވިފައިވި ގަނޑުގައި އޮތީ ކޮންމެވެސް ވަޒީފާގެ ފުރުޞަތެއްގެ ވާހަކައެވެ. އެއީ ‘އެލެގެންޓް ހޯމްސް’ ނަމަކަށް ކިޔާ ކުންފުންޏެއްގެ އެގްޒެކިއުޓިވް އެސިސްޓެންޓެއްގެ މަޤާމެވެ. މުސާރަވެސް ފުދޭވަރަކަށް ރަނގަޅުވުމުން ޝަރަފް ޝައުޤުވެރިވިއެވެ. އޭނަ ހަމަ ވަގުތުން ވަގުތަށް ސިޓީލާން ބޭނުންވިއެވެ. ދޮންތަ ގެއަށް އައުމުގެ ކުރިން ވެސް ދޮންތަ އުފާވާނެ ފަދަ ކަމެއް ކުރުމަށްޓަކައެވެ. އަދި އޭނަ ދޮންތައަށް ގެއްލުން ދިނުމުގެ ބަދަލުގައި ދޮންތައަށް އެހީވާން ބޭނުންވާކަން ވެސް ދެއްކުމަށްޓަކައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އަވްލީން (20 ވަނަ ބައި)

Next

ވަންހަނާ (ތިންވަނަބައި)

Next
December 10, 2017

ވަންހަނާ (ތިންވަނަބައި)

Previews
December 9, 2017

އަވްލީން (20 ވަނަ ބައި)

40 Comments!

  1. Jana says:
    December 9, 2017 at 10:36 pm

    Assalaam’alaikum. Next part Monday ga In Sha Allah 🙂

  2. Maaaa ? says:
    December 9, 2017 at 10:56 pm

    Masha Allah v reethi… ?

    1. Jana says:
      December 10, 2017 at 6:39 am

      Alhamdhulillah! (All praise and thanks belong to Allah) 🙂 <3

  3. Maaal? says:
    December 9, 2017 at 11:14 pm

    Jana … Adhi ves Jana ge number nu libeyy… I m waiting…

    1. Jana says:
      December 10, 2017 at 6:45 am

      Maaal loabivaa…varah bodah sorry Maaal ge commentah vakin reply nukurevunythy. Aslu e comment kuri bayah fahu ai baige emme furathama commentegge gothuga jana liyuny jana aa contact kureveyne goiy. ehenve vakin reply nukuriyas Maaal ah engeyne kamah jana heekury. jana ves hithah eba araey Maaal aa adhives vaahaka nudhekke ey. hehe….anyways, Maaal fb ga ulhenya mi page ah msg eh kureema jana reply kuraanan In Sha Allah

      https://www.facebook.com/Asr-1445208739121696/

      fb ga noolhey nama jana ge number ah request koh viber msg eh fonuvaaladheyny 7997991 ah. ey esfiya admin. In Sha Allah then we can have a chat. would love to help In Sha Allah 🙂

  4. aakko says:
    December 9, 2017 at 11:16 pm

    Alhey mi part ves kiyaa hithun indhaa e nimunee..so nice..

    1. Jana says:
      December 10, 2017 at 6:46 am

      Alhamdhulillah! 🙂

  5. Anonymous says:
    December 9, 2017 at 11:18 pm

    haadha lahey up kuraaleh mi vaahaka varah kiyaahihvey adhivesthan kolheh dhigukoh lidheebal

    1. Jana says:
      December 10, 2017 at 6:48 am

      Subhaanallah anonymous dhen mihaavarah bayeh dhigukohdheveyny dhe dhuvas thereyga. word countah balaaliyyaa mibai kanneynge emme dhigee. hehe…sifa kurun ginavefa vaahakaige pace thankolheh slow veema kuruhen heevany. up kuraaleh lasvaathy jana ves mi hunnany hiyhama nujehifa. ekan rangalhu kuran varah masakkaiy eba kuran ingey anonymous? In Sha Allah rangalhuvaane adhi. 🙂

  6. orchid says:
    December 9, 2017 at 11:18 pm

    V v v v reethi

  7. Xxxx says:
    December 10, 2017 at 6:18 am

    Varah furihama..keep it up dear?

    1. Jana says:
      December 10, 2017 at 6:49 am

      Alhamdhulillah! <3

  8. Jana says:
    December 10, 2017 at 6:37 am

    FB Post:

    Before our Prophet (SAW) had received the Quran, he was respected by everyone in society. He was given the title As-Siddeeq wal Ameen (The honest and the trustworthy) by every single person around him. But when the Quran was revealed to him and he started calling people to Islam, things became very challenging for him. Most of the people denied him though they knew it was the truth. He was called a magician, a liar and insane.

    It is in those times that this ayah was revealed.

    مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ

    “We have not sent down the Quran to you that you be distressed.” Surah Ta Ha, ayah 2

    So as followers of the Prophet (SAW), when we turn towards Islam because of the Book that Allah has sent down, and people around us start looking at us all weird, call us backwards and make us feel like we are missing out on life, it’s really the time to remember this ayah. Allah has not sent down the Quran for us to be sad or depressed. Rather He swt, sent down the Book for us to gain the best of this world and the next.

  9. Jana says:
    December 10, 2017 at 6:38 am

    FB Post:

    You might think that I’m just making these stories up where an ayah goes completely in line with a character’s feelings. But the fact of the matter is those are some true experiences. I’ve lost count of the many times I felt like the Quran spoke directly to me, either answering a doubt I had right at that moment, or giving me a consolation whenever I needed it. And I can guarantee that even you would experience it if you make an effort to learn and engage with the Quran In Sha Allah.

    I still remember the days where I first became enthusiastic about learning more about the Quran. I was listening to the tafseer lecture of Surah An-Naba (‘ammayathasaa-aloon) while looking at its translation. And the doubts that I described in this episode are the exact doubts I personally used to have. So as I was listening and going through the meanings of ayat that described Hell, my immediate reaction was, “Do people even deserve this kind of punishment? Is this punishment even appropriate for people who commit even the worst crime?” And no longer had I thought of that, I came across this ayah.

    جَزَاءً وِفَاقًا
    “An appropriate recompense”

    I still remember how stunned I was at that moment. All my life I had recited those ayat and I never realized that they were actually answering a doubt that I had. And I realized at that moment that perhaps we will only know how appropriate those punishments are, on the Day of absolute justice. On the Day of Judgment. May Allah save us from that. Ameen!

  10. Jana says:
    December 10, 2017 at 6:39 am

    FB Post:

    The Quran is the only book that lives inside the chests of its believers. You know why that’s beautiful? Because if we are sad, it is an ayah that we remember that consoles us. If we are tempted to sin, it is an ayah that we remember that will stop us. If we feel like we can’t go forward anymore, it is an ayah that we remember that will encourage us.

    It is as though the Words of our Master, are constantly there to guide us through thick and thin. So will we not make an effort, to recite, memorize, learn and connect with those Words?

    May Allah help us learn more about the Quran and make us people of Quran. Ameen!

  11. Jana says:
    December 10, 2017 at 6:50 am

    Assalaam’alaikum. dhivehi fb post thah adhi thankolheh fahun genesdheveyne vaahaka bunelan In Sha Allah 🙂

  12. Xaaan says:
    December 10, 2017 at 8:31 am

    Masha Allah

    1. Jana says:
      December 10, 2017 at 8:33 pm

      🙂

  13. Azkaa says:
    December 10, 2017 at 10:23 am

    Luv the story??
    Maasha allah
    LY jana sis??
    Alhugandu kurin vs esfiya admin ah msg kurin bt jana numbr eh nulibun??

    1. Jana says:
      December 10, 2017 at 8:34 pm

      Oh….madukurey ingey Azka. thikan jana eba balan In Sha Allah. Love you too! <3 <3

  14. Mish❤ says:
    December 10, 2017 at 10:52 am

    Marsha Allah varah furihama

    1. Jana says:
      December 10, 2017 at 8:35 pm

      Alhamdhulillah! 🙂

  15. Addu manje says:
    December 10, 2017 at 11:10 am

    Varah reethi mi baives.. Fb post thah emme kiyaa hih vanee.. they are all so good.. 🙂

    1. Jana says:
      December 10, 2017 at 8:36 pm

      Alhamdhulillah! 😀

  16. NAASH says:
    December 10, 2017 at 11:12 am

    ma sha allah v reethi. waiting for the next part.

    1. Jana says:
      December 10, 2017 at 8:37 pm

      Alhamdhulillah! Next part monday ga In Sha Allah. 🙂

  17. NAASH says:
    December 10, 2017 at 11:13 am

    ma sha allah nice

    1. Jana says:
      December 10, 2017 at 8:37 pm

      Alhamdhulillah! 🙂

    2. Jana says:
      December 10, 2017 at 8:38 pm

      Alhamdhulillah! 😀

  18. e says:
    December 10, 2017 at 1:24 pm

    jana dheenee stories thah liyan fesheema ehen liyuntherin ves varah islaaah vejje……ehen story thakun ekan fennnan fashaifi :p jana is the best

    1. Jana says:
      December 10, 2017 at 8:40 pm

      hehe….neyngey dho e writers men vaki jana ge vaahaka kiyaigen kameh e writers ge vaahaka thakah badhalu genaee. aharumen emmen mi vany dheenaai dhurah ehen noony dheenaai kairiah dhaa dhathuregge matheega. vedhaane dho ehen kamegge sababun e writers mennah asareh kuree kamavves. jana ge vaahakain evves liyuntheriakah faidha eh kuriyya hurihaa hamdheh vany Allah ah. hidhaayaiy dhakkavaa hama ekani faraathaky Allah. 🙂

  19. ?Lam? says:
    December 10, 2017 at 3:56 pm

    Dhivehin post thah genesdhinun varah bodah edhen

    1. Jana says:
      December 10, 2017 at 8:46 pm

      Jazaakillah Khairan thikamah jana ah baaru elhikamattakai lam. hama haqeeqathugaives jana dhivehi post thah gennan feshy hama ein faidhaa kuraane varah gina kiyuntherin thibeynethy. Aslu dhe bahun ves emme effective vaane gothakah post thah liyan varah varah vaguthu nagaa. ehenve English in furathama post koffa dhen vagutheh vumun anekka dhivehin liyany. miaffahu samaalukan dheynan dhivehi post liyan ves. ey hama neyngey Allah ge iraadhafulhun kon postegge kon baheh kiyaigen kameh meehegge hithah asareh foaraany. mikamattakai jana thiya kiyuntheringe dua varah beynun. jana ge vaguthugai barakaaiy levvumah edhi dua kohdhy. In Sha Allah jana thiya kiyuntherinnattakaives dua kohdheynan. Maai Allah alhamennah hidhaayaiy ithuru kohdhevvai dhuvahuge thereygai alhamennah veehaaves gina heyo kanthah kurumuge thaufeequ dhevvaashi. Ameen!

  20. ?Lam? says:
    December 10, 2017 at 3:57 pm

    Varah reethi vaahaka

    1. Jana says:
      December 10, 2017 at 8:46 pm

      Alhamdhulillah! 🙂

  21. Jana says:
    December 10, 2017 at 8:31 pm

    FB Post (Dhivehi)

    ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިން އެކަލޭގެފާނަކީ ޤުރައިޝުންގެ ތެރޭގައި ވަރަށް ބޮޑު ޤަދަރެއް ލިބިގެންވި ބޭކަލެކެވެ. އެކަލޭގެފާނު ޤުރައިޝުންގެ ތެރޭގައި މަޝްހޫރުވެފައިވީ އައްޞިއްދީޤު ވަލް އަމީން (ތެދުވެރި އަދި އަމާނާތްތެރި) ގެ ގޮތުގައެވެ. އެހެނަސް ޤުރުއާން ބާވައިލައްވުން ފެށި އެކަލޭގެފާނު އިސްލާމް ދީނަށް ގޮވައިލައްވަން ފެށްޓެވުމުން އެކަލޭގެފާނަށް ވަރަށް ބައިވަރު ގޮންޖެހުންތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ގިނަ މީހުންނަށް އެކަލޭގެފާނު ގެނެސްދެއްވި ބަސްފުޅަކީ ޙައްޤުކަން އެނގޭ ޙާލުގައިވެސް އެމީހުން އެކަލޭގެފާނު ދޮގު ކުރިއެވެ. އަދި އެކަލޭގެފާނަކީ ދޮގުވެރި ޖާދޫގަރެއް ކަމަށްބުނެ މޮޔަ ބޭކަލެއް ކަމަށްވެސް ބުނެ ހެދިއެވެ.

    މި އާޔަތް ބާވައިލެއްވުނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތުގައި ކުރިމަތިވި މި ދަތި ދުވަސްތަކުގެ ތެރޭގައެވެ.

    مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ

    ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި قرآن ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ

    އެހެންކަމުން އަހަރުމެންނަކީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ތަބާވާ މީހުންގެ ގޮތުގައި ތިބެ، އެކަލޭގެފާނު އަހަރުމެންނާއި ހަމައަށް ގެނެސްދެއްވި ފޮތުގެ ސަބަބުން ދިރިއުޅުމަށް ބަދަލުތައް އަންނަން ފެށުމުން އަހަރުމެން ހިތްދަތިވާ ކަހަލަ ބަސްތައް އަހަރުމެން ވަށައިގެން ތިބި މީހުންގެ ފަރާތުން އަހަރުމެންނަށް ވެސް އިވޭނެއެވެ. އެމީހުން އަހަރުމެންނަށް ދޭ ނަޒަރުތަކާއި، އަހަރުމެންނީ ޒަމާނަށްވުރެ ފަހަތުގައި އުޅޭ ބައެއްކަމަށް ބުނެ އަހަރުމެން ޙަޔާތުގެ އެތައް އުފާތަކަށް ފުރަގަސްދޭކަން ފާހަގަ ކުރާ ވަގުތުތަކަކީ މި އާޔަތް ހަނދާންކުރަންވީ ވަގުތެވެ. ﷲ ޤުރުއާން ބާވައިލެއްވީ އަހަރުމެން ހިތްދަތިވެ ހިތާމަ ކުރުމަށްޓަކައެއްނޫނެވެ. އެހެނެއްކަމަކު އޭގެ ސަބަބުން ދެދުނިޔޭގެ ބާއްޖަވެރިކަން ވެސް އަހަރުމެންނަށް ލިބޭނެ މަގެއް ފަހި ކޮށްދިނުމަށްޓަކައެވެ.

  22. Jana says:
    December 10, 2017 at 8:32 pm

    FB Post (Dhivehi)

    އަޅުގަނޑު މި ވާހަކަތައް ތިޔަ ކިޔުންތެރިންނަށް ގެނެސްދެނީ ހަދަހަދައިގެންހެން ތިޔަ ކިޔުންތެރިންނަށް ހީވެދާނެއެވެ. ވަކި އާޔަތެއް މީހަކަށް ކުރެވެމުންދާ އިޙްޞާޞަކާއި އެއްގޮތްވެގެންދާނީ ކިހިނެއްތޯ ތިބާގެ ހިތަށް އަރާފާނެއެވެ. އެހެނަސް ވާހަކައިގައި ގެނެސްދީފައިވާ ބައެއް އެކަހަލަ ޙާދިސާތަކަކީ ތެދު ޙާދިސާތަކެކެވެ. ޤުރުއާނުގެ އާޔަތްތައް ސީދާ އަޅުގަނޑާއި ވާހަކަ ދެއްކިހެން ހީވި ފަހަރުތައް އަޅުގަނޑަށް ޢަދަދު ނުކުރެވެއެވެ. އަޅުގަނޑުގެ ހިތުގައިވި ސުވާލަކަށް، އެހެންނޫނީ އަޅުގަނޑަށް ކުރެވެމުންދާ އިޙްޞާޞަކާއި އެއްގޮތްވާ އާޔަތެއް ހަމަ އެވަގުތެއްގައި އަޅުގަނޑާއި ދިމާވެފައިވަނީ މަދުފަހަރަކުއެއް ނޫނެވެ. މިއީ ތިބާވެސް ޤުރުއާން އުނގެނެން ފަށައިފިނަމަ ތިބާއަށްވެސް ﷲ ގެ އިރާދަފުޅުން ތަޖުރިބާ ކުރެވޭނެ ކަންތައްތަކެއްކަން ޔަޤީނެވެ.

    އެންމެ ފުރަތަމަ ޖޯޝާއެކީ ޤުރުއާން އުނގެނެން ފެށި ދުވަސްތައް އަޅުގަނޑު އަދިވެސް ހަނދާންވެއެވެ. އެއްދުވަހު އަޅުގަނޑު އިނީ ސޫރަތް އައްނަބައު (ޢައްމަޔަތަސާއަލޫން) ގެ ތަފްސީރު ލެކްޗާރއެއް އަޑުއަހައިގެން ސޫރަތުގެ މާނަ ބަލާށެވެ. މިބައިގައި އަޅުގަނޑު ސިފަކޮށްދީފައި ހުރީ އެދުވަސްވަރު ޚުދު އަޅުގަނޑުގެ ހިތުތެރޭގައިވެސް އުފެދިފައިވި ސުވާލުތަކެވެ. އެހެންކަމުން ނަރަކައިގެ ވާހަކަ އެ ސޫރަތުން ބުނެދެވެން ފެށިތަނާހެން އަޅުގަނޑުގެ ހިތަށް އެ ސުވާލުތައް ވެރިވިއެވެ. މިފަދަ ޢަޒާބުތައް އިންސާނުންނަށް ލިބުން ޙައްޤުވާނެ ހެއްޔެވެ؟ ކިތަންމެ ބޮޑު ކުށެއް ކުރިޔަސް މިއީ އެކުށާއި ގުޅޭ ފަދަ ޢަޒާބެއް ހެއްޔެވެ؟ އަޅުގަނޑު އެހެން ހިތަށްއެރިތާ މާ ގިނައިރެއްނުވެ މި އާޔަތާއި ހަމަވިއެވެ.

    جَزَاءً وِفَاقًا

    (އެއުރެންގެ عمل ތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ.

    އަޅުގަނޑު އެވަގުތުކޮޅު އަޖާއިބުވިވަރު އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. އަޅުގަނޑުގެ މުޅި ޙަޔާތުގައި އެ އާޔަތްތައް ކިޔަވަމުން ދިޔައިރު ވެސް އަޅުގަނޑުގެ ހިތުތެރޭގައި ވި ޝައްކެއްގެ ޖަވާބު އެ އާޔަތްތަކުގެ ތެރޭގައިވިކަން އަޅުގަނޑު ނުދެނެހުރީމެވެ. އެ އާޔަތާއިމެދު އަޅުގަނޑަށް ވިސްނާލުމުގެ ފުރުޞަތެއްވެސް ލިބުނީ އެދުވަހުއެވެ. ފަހަރެއްގައި އެ ޢަޒާބުތައް ނުބައި ޢަމަލުތަކާއި އެއްގޮތްވާ ގޮތް މިދުނިޔޭގައި އަހަރުމެންނަށް ނޭނގިދާނެއެވެ. އެހެނަސް އަހަރުމެންނަށް އެ ޢަޒާބު އެ ޢަމަލުތަކާއި އެއްގޮތްވާ ގޮތް އެންމެ ފުރިހަމައަށް ޙުކުމް ކުރެވޭނެ ދުވަހު އިޙްޞާޞް ކުރެވޭނެއެވެ. އެއީ ޤިޔާމަތް ދުވަހުއެވެ. މާތް ﷲ އަޅަމެން އެފަދަ ޢަޒާބުތަކުން ސަލާމަތް ކުރައްވާށި! އާމީން!

  23. Jana says:
    December 10, 2017 at 8:33 pm

    FB Post (Dhivehi)

    އެ ފޮތަށް އީމާންވާ މީހުންގެ ތެރޭގައި ދިރިދިރި ހުންނަ ފޮތެއްގެ ގޮތުގައި މުޅި މި ދުނިޔެ މަތީގައިވެސްވީ ހަމައެކަނި ފޮތަކީ ޤުރުއާނެވެ. މިއީ އެހާ ޚާއްޞަކަމަކަށްވަނީ ކީއްވެކަން ތިބާއަށް އެނގޭ ހެއްޔެވެ؟ އެއީ އަހަރުމެން ހިތާމަކުރާ ވަގުތު ހިތަށް ހަމަޖެހުމެއް ލިބިގެން ދަނީ އާޔަތެއް ހަނދާންވުމުން ކަމަށްވާތީވެއެވެ. އަދި ފާފައެއްކުރަން ހިތަށް އަރާ ވަގުތު އެ ފާފައިން ދުރުވެގަނެވެނީ އާޔަތެއް ހަނދާންވުމުން ކަމަށްވާތީވެއެވެ. އަދި ހިތްވަރު އެލިގެން ގޮސް ދެން ކުރިއަށް ނުދެވޭނެހެން ހީވާ ވަގުތު އާ ހިތްވަރެއް ލިބިގެންދަނީ އާޔަތެއް ހަނދާންވުމުން ކަމަށްވާތީވެއެވެ.

    އުނދަގޫ ދުވަސްތަކާއި ފަސޭހަ ދުވަސްތަކުގެ ތެރެއިން ވެސް އަހަރުމެންގެ ވެރި ރައްބުގެ ބަސްތައް ހުއްޓުމެއްނެތި އަހަރުމެންނަށް އެހީވަމުންދާފައެވެ. ކަން މިހެން އޮތްއިރު ވެސް އަހަރުމެން އެ ބަސްތައް ކިޔައިވައި، ހިތުދަސްކޮށް، އެއާއި ބެހޭ ގޮތުން އިތުރަށް އުނގެނި، އެއާއި ގުޅުން ބަދަހި ކުރަން މަސައްކަތް ނުކުރާނީ ހެއްޔެވެ؟

    މާތް ﷲ އަޅަމެންނަށް ޤުރުއާނާއި ބެހޭގޮތުން އިތުރަށް އުނގެނެން އެހީވެދެއްވާ އަޅަމެންނަކީ ޤުރުއާނުގެ އަހުލުވެރިން ކަމުގައި ލައްވާށި! އާމީން!

  24. xee says:
    December 11, 2017 at 7:57 am

    MashaAllah jana ge vaahakathah varah furihama… abadhuves konmes iburatheh libey….

  25. Neera says:
    December 11, 2017 at 9:47 am

    Masha allah jana ge vaahaka thah v salhi.. hithah araa mi fadha vaahaka thah kiyaagen magu olhigen dhaa meehunnah heyo magu dhahkavaane nama ey.. insha allah v ves furihama … kiyaa hithun kiyaa levey janaa ge hurihaa vaahaka eh ves… mee alhugaduge furathama comment … abadh ves faagadhi baahjja veri musthagubaleh min varu kurahvaashi…. aameen

Comments are closed.

Next Episodeނޫރު (ނުވަވަނަ ބައި)←


All Right Reserved!