“ނޫން މަންމާ!!މަންމަ ދޫކޮށްލާފަކާ އަހަރެންނެއް ނުދާނަން،އަހަރެން ދިޔައިމަ މަންމަ ކިހާ އެކަނިވެރިވާނެ“ރޭޝަމް
ބޮޑާހާކާލިއެވެ.“ޕިސް ޕިސް…ދަރިފުޅު އަދިވެސް ބޮޑެއް ނުވޭދޯ؟މުޅި އުމުރަކަށް ނޫނެއްނު މަންމައާ ދުރަށް ތިދަނީ“ނަރީމާގެ
އޭނަގެ 18އަހަރުގެ ދަރިފުޅުގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލިއެވެ.“އެއީ ވަރަށް ރަހުމްކުޑަ މީހުން އުޅޭ ތަނެކޭ
މަންމާ…އަހަރެންނެއް ނުދާނަން“ރޭޝަމް ދެބުމަ ގޮށްޖަހާލަމުން ހިނގައިގަތެވެ .
ރޭޝަމްއަކީ ނަރީމާގެ ހުރި ހަމައެކަނި ދަރިފުޅެވެ.ރޭޝަމްގެ ބައްޕަ ވީތަނެއް ޚުދު ނަރީމާއަކަށްވެސް ނޭނގެއެވެ.ރޭޝަމް
ލިބުނުތާ މަހެއްވެސް ނުވަނީސް ނަރީމާ ވަރިކޮށްފައި ދިޔަގޮތަށް މިއަދާ ހަމައަށް އެއްވެސް ޚަބަރެއް ނުވެއެވެ.އެކަމާ
ވިސްނާކަށް ނަރީމާ ބޭނުމެއް ނުވެއެވެ.ކެހިދީފައި ދާ މީހުން މަތިން ހަނދާންކޮށްފައި ރުއިމަކީ ބޭކާރުކަމެކެވެ.17 އަހަރު
ނަރީމާ ހޭދަކުރީ އެކަނިމާ އެކަންޏެވެ.ރޭޝަމް ލިބުމާއެކު ނަރީމާގެ ހުރި ހަމައެކަނި ދައްތަވެސް މިދުނިޔެއާ
ވަކިވެގެންދިޔައީއެވެ.އެދުވަހަށްފަހު މުޅި އުމުރު އެދަރިފުޅަށްޓަކާ ހުސްކޮށްލުމަށް އަޒުމް ކަ ނޑައެޅިއެވެ.ދަރިއަކު އެކަނިމާއެކަނި
ބަލާބޮޑުކުރުމަކީ ކިހާ ގިނަ ވޭންތަކަކާ ތަކްލީފުތަކެއް އުފުލަންޖެހޭ ކަމެއްކަން ގިނަ މީހުންނަކަށް ނުވިސްނެއެވެ.ނުވެސް
ވިސްނޭނެއެވެ.އެއީ ދުނިޔޭގެ ހަމައެވެ.
“ ޒަފޫއަށް އިނގޭތަ….މަންމަ އުޅެނީ އަހަރެން އެ ބޯކަށިތަކުން ފުރިފައިވާ ޖަންގައްޔަށް ފޮނުވާލަން ވެގެން…ހިލާ
އަހަރެން ދާކަށް ބޭނުމެއް ނޫން“ރޭޝަމްގެ އެންމެ ގާތް އެކުވެރިޔާ ޒަފޫމެން ގޭގެ ޖޯލިފަތީގައި ރޭޝަމް އޮށޯވެލިއެވެ.“ކޮން
ޖަންގައްޔެއްތަ ރޭޝަމް؟ނިކަން ސިޓީއޭ ކިޔާބަލަ،މާލެ ސިޓީ…ހެ..ހެ“ޒަފޫ ހިނިގަނޑެއް ޖަހާލިއެވެ.“އައްދެ…ކޮން ސިޓީ
ވިޓީއެއްތަ،އަޅެ ޒަފޫ ނިކަން މަންމައަށް ވިސްނަދީބަލަ،މާލެއޭ ބުންޏަސް ގައިން ހީބިހި ނަގައިގެންދޭ،އެހެން ނޫނަސް މަންމަ
ނުލާ ދާކަށް އަހަރެންގެ ހިތެއް ނޭދޭ،ޒަފޫއަށް ހަމަ ރަނގަޅަށް އިނގޭނު އަހަރެންގެ ހުރިހާ ވެސް މީހަކީ
މަންމަކަން“ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ.“ހޫނ..ދެން ނުރޮއިބަލަ،ތިދާން އުޅޭ ތަނުގަ އުޅެވޭނީ ވަރަށް
ހިތްވަރުގަދަކޮށްގެން،މީހަކު ޗުޕްއޭ ބުނެލާއިރަށް ރޯންފަށާނީކީ ނޫން،އެތަނުގަ ނުތިބޭނެ ރޭޝަމްގެ ލޮލުން އޮހެރޭ ކަރުނަތައް
ފޮހެދޭނެ މީހުންނެއް“ޒަފޫ ވެސް ހުރީ ދެރަވެފައެވެ.ކުޑައިރުއްސުރެ އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާ ދިޔުމުން
އެކަނިވެރިވާނެވަރު ޒަފޫގެ ހިތަށް އެރާ ކޮންމެ ފަހަރަކު ހިތާހިތުން ރޯލެވެއެވެ.
” މަންމާ،ވަރަށް ބަ ނޑުހައިވެއްޖެ،ކާނެ އެއްޗެއް ދީބަލަ ދެން މަންމާ“ ގެއަށް ވަދެވުމާއެކު ރޭޝަމް ދުވެފައި ގޮސް
ނަރީމާގެ ގައިގައި ބައްދާލިއެވެ.“އާނ،ކާން ހަދަން މިދަނީ..ދޭ އަވަހަށް ފެންވަރައިގެން އަންނަން“ނަ ރީމާ ބަދިގެއާ ދިމާލަށް
ހިނގައިގަތެވެ .
ފެންވަރައިގެން ނިކުމެ ލޯގަ ނޑު ކުރިމަތީގައި ރޭޝަމް ހުއްޓުނެވެ.ފެން ހިއްކާލުމަށްފަހު ހެދުން ލިއެވެ.އެވަގުތު
ވާތްފަރާތު އުނގަ ނޑާ ދިމާލުން ހެދުމުގެ ފައްޗެއް ގޮސްފައިވާތަން ލޮލުގައި އަޅައިގަތެވެ.އަވަސް އަވަހަށް ހެދުމުގައި ޖަހާ
ދައްޗެއް ނެގުމަށްފަހު ހެދުމުގެ އެތެރެއަށް ވާގޮތަށް އެދިމާލުގައި އެދަތި ޖަހާލިއެވެ.“ރޭޝަމް..ހާދަ ލަހޭ،އަވަހަށް އާދޭ
ކާން“ނަރީމާގެ އަޑަށް ރޭޝަމް ދިޔައީ ސިއްސައިގެންނެވެ.އަވަސް އަވަހަށް ބޮލުގައިވާ ދިގު،ބުޅި އިސްތަށިގަ ނޑުން ހުޅިއެއް
ޖަހާލިއެވެ.އަދި ފާރުގައި ހަރުކޮށްފައި ހުރި މޮހޮރެއްގައި އަޅުވާފައި އޮތް ބުރުގާ ނަގާ ބޮލުގައި އަޅާ ހެޔޮވަރުކޮށްލިއެވެ.އަވަސް
ހިނގުމެއްގައި އެކުޑަ،ހޫނު ކޮޓަރިތެރެއިން ނިކުމެގެން ބަދިގެފަރާތަށް ރޭޝަމް ހިނގައިގަތެވެ .
ތަށްޓަކަށް ބަތާ ގަރުދިޔައާ އަޅައިގެން އައިސް ބިންމަތީގައި ހުރި ކުޑަ ކުޑަ ވަކަރު ގޮނޑިއެއްގައި ރޭޝަމް
އިށީނެވެ.ނަރީމާވެސް އައިސް ކައިރީގައި ޖައްސާލިއެވެ.ބަދިގެ ހުންނަނީ މަގާވީ ފަޅިއަށްކަމުން މަގުމަތިން ދާހާ މީހުންނަށް
އެފަރާތް ފެންނާނެއެވެ.ގެއަކީ އާދައިގެ ގޮތަކަށް ރާނާފައިވާ ކުޑަ ކުޑަ ތަންކޮޅެކެވެ.ނަރީމާ ރެއާދުވާލު ކުރާ މަސައްކަތަކީ
ދަ ނޑުހެއްދުމެވެ.
” ވާއު…ރޭޝަމް ޑާރލިންގ…ހާދަ ލޯތްބޭ…އާހް“މަގުމަތިން ދިޔަ ފިރިހެން ގުރޫޕަކުން ހަޅޭއްލަވަންފެށިއެވެ.ނަރީމާ
ބަލާލުމުން އެމީހުން އަވަސް އަވަހަށް އެތަނުން ދިޔައެވެ.ރޭޝަމް ހުރީ ހިތްހަމަނުޖެހިފައެވެ.“އަމިއްލަ ރަށުގަ އުޅޭއި ރު ވާވަރު
އެއީ،އެވަރުންވެސް މަންމަ ތިއުޅެނީ އަހަރެން މާލެއަށް ފޮނުވަން“ރޭޝަމް މޫނު ކުނިކޮށްލިއެވެ.“ދަރިފުޅަށް ހީވަނީތަ މަންމަ
ތިކަމާ ނުވިސްނަނީއޭ؟ދަރިފުޅަށް ވުރެ މާބޮޑަށް ދަރިފުޅާ މެދު މިމަންމަ ވިސްނަމޭ،ދަރިފުޅު މާލެ ފޮނުވަން މިއުޅެނީ
ދަރިފުޅުގެ މުސްތަގުބަލަށްޓަކައޭ …މަންމަ ނެތް ދުނިޔެއެއްގަ ދަރިފުޅަށް އުޅެވޭނެ މަގެއް ހޯދައިދިނުމަށޭ“ރޭޝަމްއަށް
ވިސްނައިދެވޭތޯ ނަރީމާ މަސައްކަތް ކުރިއެވެ.“އިތުރަށް ކިޔަވަން ބޭނުންވިޔަސް މާލެ ދާކަށް ބޭނުމެއް ނޫނޭ މަންމާ،އަދި
އަހަރެން ބަހައްޓަންވެސް ތިއުޅެނީ މިއުޅޭ ދޭތެރެ ޖައްސާ ސަކީނާގެ ރައްޓިއްސެއްގެ ގޭގައި“ރޭޝަމް އެއްގޮތަކަށްވެސް ދާކަށް
ބޭނުމެއް ނޫނެވެ.އެކަމަކު މަންމަގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭން ރޭޝަމް ބޭނުންވެއެވެ.ރޭޝަމްއަށްޓަކާ ނަރީމާ އުފިލި
ބުރައިގެ އަގު ވަޒަންކޮށް މަންމަ ބެލޭނެ މަގެއް ހޯދަން ރޭޝަމް ބޭނުންވެއެވެ.ގިނަ މީހުން މޮޅަށް ކިޔަވައިގެން ވަޒީފާއަށްދަނީ
ކޮންމެވެސް އަމިއްލަ ބޭނުމެއްގައެވެ.ނަމަވެސް ރޭޝަމް ކިޔަވަން ބޭނުންވަނީ މަންމައަށްޓަކައެވެ.ހަމައެކަނި މަންމައަށްޓަކައެވެ .
ފުރާ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ރޭޝަމްގެ ހިތުގެ ތެޅުން އަވަސްވަމުންދިޔައެވެ.ނުވެސް ދަންނަ،މުޅިން އާ
މާހައުލެއްގައި އުޅެން ދާންޖެހުމުން ކޮންމެ މީހެއްގެ ހިތުގައިވެސް ނުތަނަވަސްވެރިކަމެއް އުފެދޭނެކަން ޔަގީނެވެ.ރޭޝަމް ހުރީ
ހާސްވެފައެވެ.އަނެއްކޮޅުން ނަރީމާ ދިޔައީ ރޭޝަމް ފުރަންވާއިރަށް ދަތުރު ތައްޔާރުކުރަމުންނެވެ.ތެ ލުލި ރިހާކުރާ،ތެލުލި
ބަނބުކޭލާ،އަލައާ،ގުޅައާ،ތެލުލި ފަތާ މިހެން ގޮސް ނަން ހުސްކޮށް އެއްޗެހި ތައްޔާރުކޮށްފައި ހުއްޓެވެ.
“ މަންމާ،ކީއްކުރާހާ އެއްޗެއްތަ؟އަހަރެން އަތުގަ އޮތީ އެންމެ ފަސް ހެދުން،އެއެއްޗެހި އެޅިދާނެ މިތަނުން ކުޑަ
ދަބަހަކަށްވެސް“ގޭތެރޭގައި ހުރި ފަށްޖެހި އެނދުގައި ރޭޝަމް އިށީނެވެ.“ދަރިފުޅު މާލެ ދިޔައިމަ މަންމަ ފޮނުވާނަން ހެދުންތައް
ފަހާފަ،އެކަމަކު ދުވަސްކޮޅެއް ނަގާނެ،މަންމައަށް އިނގޭ އެކޮޅަށް ގޮސްފަ ކިޔަވަންދާއިރު ގިނަ ހެދުންތައް
ބޭނުންވާނެކަން“ނަރީމާ ރޭޝަމްގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލިއެވެ.“އަހަރެން ބޭނުމެއް ނޫން އެއްވެސް
އެއްޗެއް،އަހަރެން ބޭނުމީ މަންމަ ގެންދަން“ރޭޝަމް ހުރީ ރޮވިފައެވެ.“ދަރިފުޅު ތީ މިހާރު ބޮޑު ކުއްޖެއް،މަންމައާ ވަކިންވެސް
އުޅެން ދަސްކުރަންވާނެ،ތިވާހަކައެއް ނޫނޭ،ސަކީނާގެ ރައްޓެހި މޫސަބެ ދަރިފުޅުގެ ކޯހުގެ ހުރިހާ ކަންތައް
ހަމަޖައްސައިދީފި..މަންމައަކަށް ނޭނގެ އެމީހުންނަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް“ނަރީމާ ހުރީ ވަރަށް
ހިތްހަމަޖެހިފައެވެ.“މޫސަބެއޭ..މަންމާ،އެމީހުން ކުއްލިއަކަށް އަހަރުމެންނަށް އެހާ ހެޔޮއެދެންވީ ކީއްވެތަ؟ކޮންމެވެސް ގޯހެއް
އުޅެނީ ކަންނޭނގެ..މިޒަމާނުގަ އެދުމެއްނެތި ވެދުމެއް ނުކުރާނެ އެއްވެސް މީހަކު“ރޭޝަމްގެ ހާސްކަން
އިތުރުވަމުންދިޔައެވެ.“ރަނގަޅު މީހުންވެސް އުޅެޔޭ ދަރިފުޅާ..ދެންދޭ އަވަހަށް ނިދަން،މާދަން ފަތިހު ފުރަންޖެހޭ“ނަރީމާ
ރޭޝަމްގެ ނިއްކުރީގައި ބޮސްދިނެވެ.
އެރޭ ރޭޝަމްގެ ލޮލަކަށް ނިންޖެއް ނައެވެ.އެތައް އިރެއްވަންދެން ނިންޖާ ހަނގުރާމަ ކުރުމަށްފަހުވެސް ބަލި
ގަބޫލުކުރަންޖެހުނީ ރޭޝަމްއަށެވެ.މާދަމާ އަކީ ރޭޝަމްގެ ހަޔާތް ބަދަލްކޮށްލާނެ ދުވަހެއްކަން ރޭޝަމް އަށް ހީވަމުން
ދިޔައެވެ.މިރެއާ ޖެހެންދެން އުޅުނު އުފާވެރި ދިރިއުޅުމަށް ބަދަލެއް އަންނަން އުޅޭކަމުގެ އިންޒާރު ރޭޝަމްގެ ނަފްސު
ދެމުންދިޔައެވެ.(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Year me 1st.Very nice but too short
Wow! Hama super story eh
When next part?
Keep it up ?????
this is ur first stry right..
masha allah varah reethi.. but little short..anyway it’s beautiful. ???
Obinexx to the max……
Very very very nice……
Keep it up………………….
Obinexx to the max……
Very very very nice……
Keep it up………………….??
Alhey this story is super
Masha allah
Keep it up ?????
Masha allah
Wow nice… Konirakun tha next part.. Gud luck dear
Nice .. But v kuru Mi part…
Waiting for next….. Part
There are some mistakes so do check them out before you publish the chapters