Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (ހަތަރުވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
December 12, 2017 5 Mins Read
34 Comments

އިލްހާމް ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ފެނުނު މަންޒަރާއި އިވުނު އަޑުތައް ޤަބޫލުކުރަން ދަތިވެފައެވެ. ނިކާލް އެފަދަ މޮޔަކަމެއް ކުރީތީ އަންތަރީސްވެއްޖެއެވެ. މި ދުނިޔެއިން ނިހާ ނޫން ކުއްޖެއް ނިކާލްއަށް ނުފެނުނީ ހެއްޔެވެ؟ އިލްހާމް ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. ބާލުޙާނާއަށް ނުކުމެ ދެތިން ސިނގިރޭޓް ހުލިކުރިއެވެ. އެވަރުންވެސް ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. ނިކާލްއާ ނިހާ ގުޅުން އެއީ އޭނާ އެއްގޮތަކަށްވެސް ޤަބޫލުކަމެއް ނޫނެވެ. ހުވަފެނަކުންވެސް އެފަދަކަމެއް ފެންނާކަށް އޭނާ ނޭދެއެވެ. ސަފީނާގެ މަރަށްފަހު، ނިހާ އެގެޔަށް ގެނައީވެސް އިލްހާމް ބޭނުންވެގެނެއް ނޫނެވެ. ޞަފިއްޔާ އެގޮތް ބޭނުންވުމުން، އެކަމަށް ދެކޮޅު ހެދެންނެތުމުންނެވެ. މަޖުބޫރުވެގެންނެވެ.

“..ކަލޭ ގާތު މަ ނުބުނަންތަ ފައިރޫޒްއާ ނިހާގެ ކާވެނި ހަމަޖައްސާފައޭ އޮތީ! އޭނ..” ޞަފިއްޔާ ކޮޓަރިއަށް ވަނުމާއެކު އިލްހާމް ހަޅޭލަވައިގަތެވެ. “..އެވާހަކަ ދައްކާށޭ ކަލޭގާތަކު ނުބުނަންތަ!..”

ޞަފިއްޔާ ސިހުނެވެ. ނުތަނަވަސްވިއެވެ. އިލްހާމްއަށް ވިސްނައިދިނުމަކީވެސް އުނދަގޫކަމެކެވެ.

“..އިލްހާމް!..” ވިސްނައިދޭ ކަހަލަ ރާގެއްގައި ޞަފިއްޔާ ބުންޏެވެ. “..ނިހާއާ އެވާހަކަ ދެއްކީމޭ!..”

“..އެވާހަކަ ދައްކާފަ ކަލޭ ތިއައީ އެދެމީހުންނަށް ރުހުންދީފަ! ކިހާތާހިރު!..” އިލްހާމްގެ އަޑުގައި މަލާމާތާއި ހަރުކަށިކަންވިއެވެ. “..މަދެކުނީމޭ ކަލޭ ރޮމުން ދެމީހުންނަށް ބޮސްދިން މަންޒަރު! އެބަލާވެރިކަން މިގެއިން ނެރެލުމުގެ ބަދަލުގައި މިގޭގަ ވަޒަންވެރިކުރުވަންތަ ތި ތެޅެނީ!..”

ހިނގާދިޔަ ކަންތަކުގެ ސަބަބުން އިލްހާމް ރުޅިގަދަވާނެވަރު ޞަފިއްޔާއަށް ވިސްނެއެވެ. ނިހާއަކީ އެއްވެސް އިރެއްގައި އިލްހާމްއަށް ކަމުދިޔަ ކުއްޖެއް ނޫނެވެ. އަބަދުވެސް އިލްހާމް ނިހާދެކެ ފޫހިވެއެވެ. ރުޅިއާދެއެވެ. ނިހާދެކެ އިލްހާމް ރުޅި އަންނަ ސަބަބުވެސް ޞަފިއްޔާއަށް އެނގެއެވެ. ނަމަވެސް އެއީ މާޒީއެވެ. މިހާރު އެކަން ހަނދާން ނައްތާލައިހާ ދުވަސްވެއްޖެ ނޫން ހެއްޔެވެ؟

“..ނިހާއަކީ ގޯސް ކުއްޖެއްނޫނޭ!.. ނިކާލްއާ އެންމެ ގުޅޭ މީހަކީ ނިހާ!.. އެދެކުދިން އެކަކު އަނެކަކުދެކެ ލޯބިވާއިރު! ފައިރޫޒްއާ ކާވެނިކުރުވައިފަ މިގެއިން ނިހާ ފޮނުވާލާކަށް ބޭނުމެއް ނޫން!..” ޞަފިއްޔާ ބޭނުންނަމަ ނިކާލް ކުރީ ސަމާސާއެކޭ ބުނެވުނީހެވެ. އެގޮތް ޞަފިއްޔާ ބޭނުން ނުވީއެވެ. ޞަފިއްޔާއަށް މިއަދު އެއްކަމެއް ވަނީ ޔަޤީންކުރެވިފައެވެ. ނިހާ ލޯބިވާ މީހަކީ ނިކާލްކަމެވެ. ޞަފިއްޔާއަށް ނޭގެނީ ނިކާލްގެ ހިތުގައި އޮތް އެއްޗެކެވެ. ނިކާލްގެ ހިތުގެ ކޮންމެވެސް ކަނެއްގައި ނިހާގެ މައްޗަށް ލޯބި ފޮރުވިފައިވާކަމަށް ޞަފިއްޔާގެ ހިތް ބުނެއެވެ. އެކަން ޔަޤީންނުވަނީސް ނިހާގެ ކާވެނި ފައިރޫޒްއާ ކުރުވުމުގެ ވިސްނުމެއް ޞަފިއްޔާގެ ނެތެވެ.

“..މަ ހަމަ އަޖައިބު އަންތަރީސް ވެއްޖެ!..” އިލްހާމްގެ ރުޅިގަނޑު ހައްތަހާވީ އިތުރެވެ. “..ކަލޭގެ ދެލޮލަށް ތިހުރީ މިރުސްފެން އެޅިފަތަ! ތަނެއްދޮރެއް ނުފެންނަން! ސިކުނޑީގެ ބަދަލުގަ ކަލޭ ބޮލުގަ ތީނީ މީދާކޭ އުނބެއްތަ! ހަމަ ނުވިސްނެނީ! ކަލެޔަށް ހަމަ ނޭގެނީ އެ ސުންޕާ ކުއްޖާ އެހަދަން އުޅޭ އެތިފަހަރު! ސިކުނޑިން ވިސްނަބަލަ ޞަފިއްޔާ! އެކުއްޖާގަނޑު އެ ހިނގަނީ ސަފީނާ ނަގައިދިން ކިޔާދިން ފިލާވަޅު މަތިން! އެކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ތީ! ސަފީނާ މަރުގެ ތުހުމަތުވެސް އެ މައުސޫމު ނިހާ އެޅުވީ މަބޮލުގައެއްނު! ޕޮލިހުންކައިރީގަވެސް މަށޭ ކިޔައިގެން އެތައްދޮގު ތަކެއް ހެދި! އެކަންވެސް ހަނދާންނެތުނީތަ! އެކަންކާމިޔާބު ނުވީމާ މިހާރު އަނެއް ކުޅިގަނޑު ފެށީއެ! މިފަހަރުވެސް އެއީ މަކަރުވެރި ރޭވުމެއްކަން މަށަށް ޔަޤީން!..”

“..އެއީ މާކުރީގެ ކަމެއް!..” ޞަފިއްޔާ ނިހާ ދިފާޢުކުރިއެވެ. “..ނިހާ ބޮޑުވީ އަހަރެންގެ ތަރުބިއްޔަތު ލިބިގެން! މިހާރު އެފަދަކަމެއް ކުރަން ނިހާ ހިތަށްވެސް ނާރުވާނެ! އެހެންނޫނަސް ނިކާލް އާ އޭނަ އިނދެގެން އަހަރުމެންނަށް ލިބޭނެ ގެއްލުމެއް ކޮބާ! އިލްހާމް ތިބުނާހެން މަކަރުވެރި ރޭވުމަކުން ނިކާލްއާ އިންނަންޖެހޭ ސަބަބެއް ނުވިސްނޭ! އެކަމުން ނިހާއަށް ވާނެ ފައިދާއެއްނެތް! ނިކާލްއާ ނުއިނަކަސް އޭނަ ބޭނުންކަމެއް ކުރެވޭނެދޯ؟..”

“..ކަލޭގެ ތި ވިސްނުމަށް ހަމަ ސަތޭކަދޭ ވަރުވޭ! ނުވިސްނޭނެ! ބޮނޑިއެއް ބުއީމަ ވިސްނޭނި! މަ ދުނިޔޭގަ ހުއްޓާ ތިކަން ހަމަ ހިލާވިޔަކަ ނުދޭނަން!..” އިލްހާމް ބާރަކަށް ދޮރު ޖެހުމަށްފަހު ނުކުމެގެން ދިޔައެވެ. ޞަފިއްޔާ ދެއަތަށް ބޯ ހޫރުވާލިއެވެ. އިލްހާމްއަށް ވިސްނައިދިނުމަކީ ހުދު ކަރުދާހެއްގައި ހުދު ދެއްޔަކުން ލިޔުންފަދަ ކަމެކެވެ.

އިލްހާމް ބާރު ހިނގުމުގައި ދިޔައީ ނިހާ ހޯދާށެވެ. އިލްހާމްގެ ވަންހަނާވެފައިވާ ސިއްރުތައް ޞަފިއްޔާއަށް ނޭގުނަސް އެސިއްރުތައް ނިހާއަށް އެނގޭނެއެވެ. އިލްހާމް ނުތަނަވަސްވަނީ އެކަމާއެވެ. ނިހާގެ ކެހިވެރިކަމުގެ ދަލުގައި ނިކާލް ޖައްސުވާ ނިކާލްގެ މަގު އޮޅުވާލައިފައިވާކަމަށް އިލްހާމްގެ ހިތްބުނެއެވެ. އެމަކަރުވެރި އަންހެން ކުއްޖާ އުޅެނީ ސަފީނާގެ މަރުގެ ބަދަލު ހިފަންނޫން ކަމެއް ނޭގެއެވެ. މިހުރިހާ ދުވަހު ހަމަހިމޭނުން ހުރުމަށްފަހު ނިހާ ކުރަން އުޅޭކަމަކުން އިލްހާމްގެ ޠަބީޢަތު މުޅިން ގޯސްވެއްޖެއެވެ. ޞަފިއްޔާ އެކައިވެންޏަށް ބާރު އަޅާތީ ވަކިން ބޮޑަށް އިލްހާމް ރުޅިގަދަވެއެވެ.

އިލްހާމް ގޮސް ނިހާގެ ކޮޓަރި ބެލިއެވެ. ނިހާ ކޮޓަރިއަކު ނެތެވެ. އިލްހާމް ރެއިލިންގ ކައިރިއަށް ގޮސް ސިޓިންގ ރޫމަށް ނަޒަރު ހިންގާލިއެވެ. ބޮޑު ސޯފާގައި ނަޒީލްއާ އިންޝާ ތިއްބެއެވެ. ނިހާއެއް ފެންނާކަށް ނެތެވެ. އިލްހާމް ދެވަނަ ފަންގިފިލަޔަށްވެސް ދިޔައެވެ. ޓެރަސްއަށް އަރަން ހުންނަ ސިޑިއާ ހިސާބުން ނިހާ ފެނުނެވެ. އިލްހާމް ބާރު ހިނގުމުގައި ގޮސް ނިހާގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ. އިލްހާމްގެ ކައިރީގައި ހުރި ކޮޓަރި ދޮރު ހުޅުވިއެވެ. އަތުގެ ހުރި ބާރެއްލާފައި ނިހާ ކޮޓަރި ތެރެއަށް ހޫރުވާލިއެވެ. އިލްހާމް އެތެރެއަށް ވަނުމަށްފަހު ތަޅުވެސް ލިއެވެ. އެހުރިހާ ކަމެއް ހިނގައިދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

ނިހާ ބިރުންގޮސް ރޫރޫ އަޅާގަތެވެ. އިލްހާމް ގާތަށް އަންނަން ފެށުމުން ނިހާއަށް ފަހަތަށް ޖެހެވުނެވެ. ހިންދިރުވާލެވުނެވެ. އިލްހާމްގެ މޫނުމަތިން ރުޅިއާއި ނަފްރަތުގެ ހުރިހާ ކުލަތަކެއް ނިހާއަށް ފެނުނެވެ. އިލްހާމް ކުރަން މިއުޅެނީ ކީއްހެއްޔެވެ؟

“..މަ ބުނާނީ އެންމެ ފަހަރަކު..” އިލްހާމް ޝަހާދު އިނގިލި ދިއްކޮށްލަމުން ބުންޏެވެ. “..ދެވަނަ ފަހަރަށް މަ ލައްވާ މިވާހަކަ ބުނުވަން ނަހަދާތި! ކަލޭ މަގޭ ދަރިޔާ ދުރުގަހުރޭ! ނޫނީ ނަތީޖާ މާރަނގަޅެއް ނުވާނެ..”

އިލްހާމް އުޅުނީ ނިހާއަށް އިންޒާރުދީ ބިރު ގަންނުވާށެވެ. އެކަން ނިހާއަށް ވިސްނުނެވެ.

“..އެހެންތަ..” ނިހާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. “..މަ ތިބުނާ ގޮތަށް ކަންތައް ނުކޮށްފިއްޔާ ކަލޭ ކީއްކުރާނީ؟.. މަގޭ މަންމައަށް ހެދިހެން މަށަށްވެސް ހަދާނީތަ؟ މަގޭ މަންމަ ގަޔަށް އެރިހެން މަ ގަޔަށްވެސް އަރާނީތަ؟ މަގޭ މަންމަ މަރާލިހެން މަވެސް މަރާލާނިތަ؟..”

ނިހާގެ ޖެހިލުންކުޑަކަން ފެނިފައި އިލްހާމް ހުއްޓުން އެރިއެވެ. ހާދަހާވާ ގޮތެއްވެސް ނެތް އަންހެން ކުއްޖެކެވެ. އޭނާގެ ކުރިމަތީގައި އެވާހަކަތައް ގޮވާލަންވެސް ކެރިއްޖެއެވެ.

“..ކަލޭ މައިތިރިވާނީ އެގޮތަށް ކަންތައްކުރުމުން ކަމަށްވާނަމަ އެކަންވެސް ކުރާނަން..” އިލްހާމްވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. “..ހީނުކުރާތި މަށަކަށް ނުކެރޭނޭ! އެހެންވީމަ ކަލެޔަށް އެންމެ ރަނގަޅު ގޮތަކީ މަގޭ ދަރިޔާ ދުރުގަހުރުން!..”

“..ދައިގަންނަ ކުއްތާއެއް ވައްވަކެއް ނުޖަހާނެ..” ނިހާ ގާތަށް އައީ ލާނެތް ހިންޏެކެވެ.

އިލްހާމްގެ މަޤްޞަދު ނިހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން ނިހާ ބޭނުންވީ އިލްހާމް ބިރު ގަންނުވާލާށެވެ. މަޑުމަޑުން އިލްހާމްއާ ގާތަށް ނިހާ ފިޔަވަޅު އަޅަންފެށިއެވެ. އިލްހާމްގެ މޫނުމަތިން ކަންބޮޑުވުން ނިހާއަށް ފެނުނެވެ. ކުއްލިއަކަށް ނިހާ އިލްހާމްގެ ގައިގާ ތަތްވެގަތެވެ. އަދި ވަގުތުން ހަޅޭ ލަވަންފެށިއެވެ. އިލްހާމް ތެޅިގަތެވެ. ނިހާ ދުރަށް ކޮއްޕާލާފައި އަވަސް އަވަހަށް އިލްހާމް ކޮޓަރިން ނުކުތެވެ.

“..ކުރަތްޕެއް ފެނިގެން..” އިލްހާމް ބުނި އަޑު އިވުނެވެ.

“..ސައިކޯ..” ނިހާގެ ހިނި ގަނޑު ދިޔައީ ފަޅައިގެންނެވެ.

ނިހާ ޓެރަސްއަށް އަރައިގެންދިޔައިރު ހިތަށްވަނީ ބަޔާންކުރަންދަތި ހިތްހަމަ ޖެހުމެއް ލިބިފައެވެ. މިއަދު އިލްހާމްގެ ސަބަބުން ނިހާއަށް އިތުރު ހިތްވަރެއް ލިބިއްޖެއެވެ. ނިހާ އިންނާނީ ނިކާލްއާއެވެ. ރުހުމުގައި އެލޯބި ނުލިބިއްޖެނަމަ ގަދަ ބާރުން ނަމަވެސް އެލޯބި ހޯދާނަމެވެ.

ޓެރަސްއަށް ޖެހެމުންދިޔަ ތާޒާ ފިނި ވައިރޯޅި ތަކުން ނިހާގެ ހަށގަނޑަށް އަރާމުކަމެއް ލިބުނެވެ. ދުރުދުރުން ފެންނަންހުރި އިމާރާތްތަކަށާއި މޫދަށް ބަލަހައްޓައިގެން ނިހާ ހުއްޓެވެ. މީހެއްގެ މަޑު ގިސްލުމެއްގެ އަޑު އިވުނުހެން ނިހާއަށް ހީވިއެވެ. ފަހަތަށް އެނބުރި ބަލާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން، އިތުރަށް އެ އަޑު އިވޭތޯ ސަމާލުކަންދިނެވެ. ޓެރަސްގެ ކަނެއްގައި ހުރި ބޮޑު ކަޅު ހަމުގެ ބިއްދޮށުން ގިސްލުމުގެ އަޑު އިވުނެވެ. ނިހާ މަޑުމަޑުން އެދިމާއަށް ދިޔައެވެ. އުޑުފައިން އިށީނދެ، ފާރުގައި ލެނގިލައިގެން އިން ދީޕިކާ ފެނުނެވެ. އޭނާގެ އަތުގައި ފޮޓޯ ގަނޑެއް އޮތެވެ. އޭނާ ހިންދީ ބަހުން ކޮންމެސް އެއްޗެހިތަކެއް ކިޔަމުންދިޔައީ ރޮމުންނެވެ. ނިހާ ކައިރިޔަށް ޖެހިލިއެވެ.

“..ބީޓި އަޕްނީ މާކޮ ޗޯޅް ކަރު ކިޔު ގައި..” ދީޕިކާގެ އަޑުގައި ރިހުން އެކުލެވިގެންވެއެވެ. “..ކިޔު އަޕްނި މާކޮ އިސް ދުނިޔަމެ އަކެލޭ ޗޯޅް ކެ ގައި!..” (ދަރިފުޅު ކީއްވެ މަންމަ ދޫކޮށްލާފަ ދިޔައީ! ކީއްވެ މަންމަ މިދުނިޔޭގައި އެކަނި އުޅެން ދޫކޮށްލީ!)

ދީޕިކާއަށް ނިހާ ފެނުމާއެކު ކުއްލިއަކަށް ތެދުވިއެވެ. ކަރުނަތައް ފޮހެލަމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ނިހާ ދީޕިކާގެ އަތުގައި ހިފެހެއްޓިއެވެ. ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. ދީޕިކާ ނިހާއަތަށް ފޮޓޯގަނޑު ދިނެވެ. އެއީ އޭނާގެ ދަރިފުޅު ޕްރިޔާ ކަމުގައި ބުނަމުންނެވެ. ޕްރިޔާއަށް ކިހިނެއްވީތޯ ނިހާ ސުވާލުކުރިއެވެ. ދީޕިކާ އެވާހަކަތައް ކިޔާދޭކަށް ބޭނުމެއް ނުވިއެވެ. ވާހަކަތައް ހިއްސާކުރުމުން ސިކުނޑިއަށް ލުއިވާނެކަމަށް ނިހާ ބުނެލިއެވެ. ދީޕިކާ ކިޔާދިނީ 10 އަހަރުކުރީގެ ހާދިޘާއެކެވެ. އޭނާގެ 16 އަހަރުގެ އަންހެންދަރި ޕްރިޔާ ބަޔަކު މީހުންވެގެން ރޭޕްކުރި ވާހަކައެވެ. އެހާދިޘާއާ ގުޅިގެން ނަހަލާލަށް ބަލިވެ އިން ވާހަކައެވެ. ދުނިޔޭގެ ލަދަށް ދަރިފުޅު ދަންޖެހި މަރުވެގެން ދިޔަ ވާހަކަ ބުނިއިރު ދީޕިކާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ނިހާ ވަރަށް ހިތްވަރު ދިނެވެ.

ދީޕިކާގެ ވާހަކަ އިވިފައި، ނިހާ ހަނދާންވީ ސަފީނާގެ މަތިންނެވެ. ސަފީނާއަށްވެސް ދިމާވީ އެކަހަލަ ގޮތެކެވެ. ތަފާތީ ހަމަ އެންމެ ކަމެކެވެ.

********************

އިލްހާމް ސަފީނާ ގެނައީ ދެއަތުގައި ހިފައި ބިންމަތީގައި ދަމަމުންނެވެ. ސަފީނާ ދިޔައީ ގިސްލަމުންނެވެ. ހޮޅުއަށި ކައިރިއަށް ގެނެސް ސަފީނާ އުއްޑުން ވައްޓާލީ އެއްވެސް ރަޙުމެއްނެތިއެވެ. ސަފީނާގެ އަނގައިން ވޭނީ އާޙްގެ އަޑު ނުކުމެގެން ދިޔައެވެ. ހޮޅުއަށި ދަށުގައި ފިލައި އޮތް ތުއްތު ނިހާއަށް އެމަންޒަރު ފެނިފައި ވަރަށް ބިރުގަތެވެ. ނިހާ ކުޑަކުޑަ ދެތުންފަތް ފިއްތާ ބާރުކޮށްލިއެވެ. އޭރު ދެލޯވަނީ ފެންކަޅިވެފައެވެ. ނިހާއަށް ސަފީނާގެ ގިސްލުމުގެ އަޑު ވަރަށް ރީއްޗަށް އިވެއެވެ. އެހެންނަމަވެސް ނިހާއަށް ކުރެވޭނެ ކަމެއްނެތެވެ. މަންމައަށް އެހީވުމަށް މީހަކު އަންނާނެނަމައޭ ނިހާގެ ހިތަށް އެރިއެވެ.

“..އަނބުޅޭ..” އިލްހާމް މީހަކަށް ގޮވާލިއަޑު ނިހާއަށް އިވުނެވެ. ޓޯޗަކުން އަލިކުރަމުން އެމީހަކު ދުވެފައި ހޮޅުއަށި ކައިރިއަށް އަޔެވެ.

“..ކޮބާތަ؟ މިސުންޕާގެ ދަރި!..” އިލްހާމް އެހިއެވެ.

“..ނޭނގެ ވަތްތަނެއްވެސް..” އަނބުޅޭ ޖަވާބުދިނެވެ. އެއީ ފިރިހެނެއްގެ އަޑެވެ. ދަންނަ އަޑެއްހެން ނިހާއަށް ހީވިއެވެ. “..ގަސްތަކުތެރެވެސް ބަލައިފިން.. ނުފެނުނު.. ވެދާނެ ރަށު ތެރެއަށް އަރައިގެން ދިޔައީކަމަށްވެސް..”

“..އެހެންވީރު ހިނގާ އަވަހަށް މިކަންތައް ނިންމާލަން..” އިލްހާމް ބުންޏެވެ. “..ކުޑަޔަކަސް އެ ބޮކުގެ ސިކުނޑި ވަރުގަދަވާނެ.. އަމާ ސަލާމަތް ކުރަން ބަޔަކު ގޮވައިގެންވެސް އަތުވެދާނެ..”

އިލްހާމް ސަފީނާގެ އެއް އަތުގައި ހިފައި ނެގިއެވެ. އަނބުޅޭ އައިސް ހިފީ އަނެއް އަތުގައެވެ. ދެމީހުން ދެއަތުގައި ހިފައި އުފުއްލާލައިގެން ސަފީނާ ހޮޅު އަށިމައްޗަށް އެރުވިއެވެ. އަނބުޅޭ އިލްހާމްގެ އަތަށް ދޯޕައްޓާއެއް ދިއްކޮށްލިއެވެ. އިލްހާމް ހޮޅުއަށީގެ މެދުގައި ހުރި ވަކަރުގައި ދޯޕައްޓާ އައްސާލުމަށްފަހު ދަންމަޅި ހަދާލިއެވެ. ސަފީނާއަށް ކުރަން އުޅޭކަންތައް ރޭކާލީ އެހިސާބުންނެވެ. ސަފީނާ ބިރުން ގޮސް ތެޅި ފޮޅެން ފެށިއެވެ.

“..ހެޔޮނުވާނެ..” ސަފީނާ އާދޭސްކުރިއެވެ. “..މަށަށް ތިހެން ނުހަދާ.. މަގޭ ކުޑަކުޑަ ނިހާ.. އެމަންޖެ އެކަނިވާނެ.. ތިހެން ނުހަދާ ހެޔޮނުވާނެ.. އެކަކު ކައިރީ އެކައްޗެއްވެސް ނުބުނާނަން.. އަހަރެން ދޫކޮށްލާ..”

ސަފީނާ ކުރި އާދޭހުގެ އަޑެއް އެމީހުންނަކަށް ނީވުނެވެ. އިލްހާމް އައިސް ސަފީނާގެ އަތުގައި ހިފިއެވެ.

“..ކަލޭ ދުނިޔޭގަ ހުރެގެންނުން މީހެއްކަރީގައި ބުނެވޭނީ..” އިލްހާމް އެހެން ބުނެފައި ސަފީނާ ދަންމަޅިއާ ދިމާއަށް ގެންދަންފެށިއެވެ. ސަފީނާ ގަދަފައި ވިއްދިއެވެ. ތެޅިފޮޅެމުން ހަޅޭލެވިއެވެ. ގިސްލާރުޔެވެ. އެހެންނަމަވެސް ބާރުގަދަ ދެފިރިހެނުންގެ ކުރިމަތީގައި ސަފީނާގެ ބާރު އެއްވެސް އެއްޗަކަށް ނުވިއެވެ. ސަފީނާ އުފުއްލާލައި ދަންމަޅި ތެރެއަށް ބޯ މަހައި ދޫކޮށްލިއެވެ. ވަގުތުން ސަފީނާ ފޮތިގަނޑުގައި އެލިގަތެވެ.

“..އެހެން މާ ގިނައިރަކު ނޯވެވޭނެ..” އިލްހާމްމެން އެތަނުން ދުވެ ރައްކާވިއެވެ.

ސަފީނާ މަޑުމަޑުން ނިހާއަށް ގޮވަން ފެށިއެވެ. ނިހާ މަޑުމަޑުން ހޮޅުއަށި ދަށުން ނުކުތެވެ. ބިރުން ހުރެއެވެ. ސަފީނާ ފެނިފައި ނިހާ އަވަސްއަވަހަށް ހޮޅުއަށްޓަށް އެރިއެވެ.

“..ދަރިފުޅާ ނިހާ..” ސަފީނާގެ އަޑު ނުކުތީ ވަރަށް އުނދަގުލުންނެވެ. “..މަންމަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ.. ބަސްއަހާތި..”

ސަފީނާގެ އަތުން ބާރު ދޫވެ، ފޮތިގަނޑުން އަތްދޫވިއެވެ. ސަފީނާގެ ކަރަށް މަޅި ބާރުވެގެންދިޔައެވެ. މޫނު މައްޗަށް ލޭއަރައި ނޭވާ ހާސްވިއެވެ. ސަފީނާ މަރަށް ތެޅެންފެށިއެވެ. ނިހާއަށް ހަދާނެ ގޮތެއް ނޭގުނެވެ. ސަފީނާގެ ފައިކޮޅުގައި ބައްދައިގަނެ، އުފުއްލާލަން ނިހާ މަސައްކަތްކުރިއެވެ. ނަމަވެސް ކުޑަކުޑަ ނިހާގެ ގައިގާ ސަފީނާ ހިއްލާލެވޭނެހާ ބާރެއް ނެތެވެ. ސަފީނާގެ ހަރަކާތް ހުއްޓުނެވެ. ނިހާ ސަފީނާއަށް ވަރަށް ގިނައިރުވާންދެން ގޮވިއެވެ. ރޮމުން ގިސްލަމުންނެވެ.

My Facebook page: Nishan stories

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ޢެދެމޭ އުފާ….(43)

Next

ނޭނގި ހިތޭ ތި އަތުލީ 14

Next
December 12, 2017

ނޭނގި ހިތޭ ތި އަތުލީ 14

Previews
December 11, 2017

ޢެދެމޭ އުފާ….(43)

34 Comments!

  1. Lulu says:
    December 12, 2017 at 5:59 am

    Intresting…

    1. nishan says:
      December 12, 2017 at 10:43 am

      thank you lulu

  2. Saa says:
    December 12, 2017 at 6:56 am

    V reethi mi partvx

    1. nishan says:
      December 12, 2017 at 10:45 am

      thanks saa

  3. sweetie says:
    December 12, 2017 at 7:27 am

    Wow. Aneh part abaskolahchey.

    1. nishan says:
      December 12, 2017 at 10:46 am

      in shaa allah. soon !! thanks

  4. Black beauty says:
    December 12, 2017 at 8:43 am

    ????

  5. unaal says:
    December 12, 2017 at 9:04 am

    haadha rahum kuda b*tch ekey ilhaam eii… I hate him
    …nikaal dhn nihaa fanditha hedhumuge kurin loabi veye bunefiyya ranghalhu…eyrun nihaa ehaa kada kameh nukuraane… dhw… mi part vc vrh reethi
    … keep it up ?????????????❤❤

  6. unaal says:
    December 12, 2017 at 9:06 am

    haadha rahum kuda b*tch ekey ilhaam eii… I hate him
    …nikaal dhn nihaa fanditha hedhumuge kurin loabi veye bunefiyya ranghalhu…eyrun nihaa ehaa kada kameh nukuraane… dhw… mi part vc vrh reethi
    … keep it up ?????????????❤❤ obi Ness to the macccx

    1. nishan says:
      December 12, 2017 at 10:51 am

      thank you unaal 🙂 lets see nihaa kanthah kuraane gotheh vs.. fanditha hedheytho nuhedheytho next part in engigen dhaane 🙂

  7. .-. says:
    December 12, 2017 at 9:10 am

    KURU

    1. nishan says:
      December 12, 2017 at 10:52 am

      next part dhigu kohla dheynan! vaahaka kiyaalima shukuriyya!

  8. unaal says:
    December 12, 2017 at 9:19 am

    haadha rahum kuda b*tch ekey ilhaam … I hate him… anyway stry ge mi part vc vrh reethi.. interesting.. plc nihaa fanditha hedhiya nudhehche… it’s not good… eyge kurin vissnaadhyba knmmec gothakah

  9. unaal says:
    December 12, 2017 at 9:21 am

    haadha rahum kuda b*tch ekey ilhaam eii.. I hate him.. anyway stry ge mi part vc vrh reethi… nihaa fanditha hedhiya nudhehche.. eyrun vrh kada… knmmec gothakah vissnaadhyba

    1. unaal says:
      December 12, 2017 at 11:03 am

      I’m sorry… aslu comment balaalaairu nethyma ehn e v
      … I really sorry ??

    2. Raiya says:
      December 12, 2017 at 11:31 am

      bwahahahahahahahah sake kuhjjeh??? hama heveny

    3. unaal says:
      December 12, 2017 at 8:45 pm

      myhunah malaa maai kuryma ekure veny maa molhukameh tha…iraadha kureh v thy adhi sakeh nu n. n insaanun mi e ..ehn v ma ekahala kithamme mistake eh hedhidhaane… eh vc insaaneh perfect eh nuvaane… thihn heyiru m damn sure that raiya vc nuvaanekan perfect. eh … dhw… so myhuna dhimaalah ehchehi bunaairu ehn myhunge feelings thakah respect kuran dhaskohba… I said that alhugandu kohfa in comment nufenuny ma ey ehn e v .. n yeah.. maybe raiya haa alhugandu molhu nuvedhaane comment kuran… m really sorry for that

    4. unaal says:
      December 12, 2017 at 8:54 pm

      alhugandah ok comment ehn e nyma hevunas.. even alhugandah vc hini aii..ekm sake ey bunyma

  10. sana says:
    December 12, 2017 at 3:00 pm

    ??????????????????????????????????????????????????
    You mad me cry nishan???????????
    Story super keep it up ………

    1. nishan says:
      December 12, 2017 at 7:24 pm

      Thanks Sana

  11. Ishan Ahmed says:
    December 12, 2017 at 3:25 pm

    https://www.facebook.com/nishanstories/

  12. Riz says:
    December 12, 2017 at 6:25 pm

    Vv reethi.. Next part konirakun up kuranii

    1. nishan says:
      December 12, 2017 at 7:25 pm

      Thanks Roz! Soon will up 🙂

  13. simba says:
    December 12, 2017 at 9:08 pm

    ???

  14. Koko says:
    December 13, 2017 at 1:32 am

    Vara reethi ???

    1. nishan says:
      December 13, 2017 at 1:21 pm

      thank you koko

  15. Ina says:
    December 13, 2017 at 10:18 am

    Varah reethi v interesting

    1. nishan says:
      December 13, 2017 at 1:22 pm

      thank you ina

  16. Kiaa says:
    December 13, 2017 at 11:22 am

    Mee kurinvess genai vaahaka eh dhw .. kurin mi vaahaka kee handhaaneh vey ..varah reethi vaahka eh .. looking forward for nxt part ?

    1. nishan says:
      December 13, 2017 at 1:24 pm

      mee kurin genes dheyn fashaafa vaahaka ehkoh nuninmaa huhtaali vaahaka eh. mihaaru mi vaahaka mi genes dheni vaahaka varah bodah badhal kohlaigen.. thank you kiaa. keep reading.. will upload soon

  17. Rsh says:
    December 13, 2017 at 12:41 pm

    Nice part…

    1. nishan says:
      December 13, 2017 at 1:46 pm

      thanks Rsh

  18. Lampii says:
    December 15, 2017 at 12:37 pm

    Vrh reethi mi part ves waiting….??

  19. R@! says:
    January 1, 2018 at 6:57 am

    ???

Comments are closed.

Next Episodeވަންހަނާ (ފަސްވަނަބައި)←


All Right Reserved!