Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ސިއްރު ސިއްރުން ހިތޭ… (20 ފަހުބައި)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
December 11, 2017 7 Mins Read
26 Comments

ސިހިފައި ބަލާލި މަލީހްއާއި ނަވާރުުއާދިމާއަށް ބަލަހައްޓައިގެން ތިބެ ހެމުންދިޔަ ޔާމިން އާއި އަރަޝްފެނުމުން މަލީހް އާއި ނަވާރުވެސް ދުރުވެލީ ތިބެވުންގޮތް ހަނދާންވުމުން ނެވެ. އޭރުވެސް ބަނޑުގައި އަތްއަޅައިގެ ޔާމިން އާއި އަރަޝް ހަމަހެނީއެވެ. ” ދެންއަޅެ ތިޔޯ.. ” ފާޑަކަށް ލަދުގަތްނަމަވެސް މަލީހް އެހެންއަހާލީ އެކަން ނޭންގުމަށެވެ. “އެކަމަކުވާ ދޯ މިތިބަ ލަވްބަރޑެއް.. ތިދެމީހުން ކިތަންމެސިއްރުން އުޅުނަސް މިހާރު ދެން އަހަރުމެންނަަށްވެސް ތީ ހަމަ ރޯމިއޯ އެންޑް ޖޫލިއެޓްކަން އިނގޭ.. ” ހެމުން ހެމުން އައިސް ޔާމިން އެހެންބުނެލުމާއެކު ” ބަލަ ތިހެނެއްނޫނޭ ތިކަން ކުރާނީ ” އަރަޝްވެސް އިތުރުކޮށްލަމުން މަލީހްގެ އަތަށް ގަދަނޫކުލައިގައިވާ މަހުމަލުގެ ކުޑަ ފޮށްޓެއްލައިދިނެވެ. އެފޮށިހުޅުވާލުމާއެކު މަލީހްވެސް ހައިރާންވިއެވެ. ކަނޑުނޫކުލައިގެ ވިދާބަބުޅާ އެމަރަލްޑެއް ޖަހާލާފައިވާ އެއަނގޮޓި އެހާވެސް ހިތްގައިމެވެ. ޝުކުރުވެރި ނަޒަރަކުން މަލީހް އެދެމީހުނާ ދިމާއަށް ބަލާލުމާއެކު އަތުގެ އިޝާރާތުން އެމީހުން ދައްކާލީ އިސްޖަހާލައިގެން އިން ނަވާރެވެ.

ދެންއިތުރަށް މަޑުކުރަން ނަހަދާ މަލީހްވެސް ނަވާރުގެ ކުރިމައްޗަށް ހުއްޓި އެއްފައި މައްޗަށް ތިރިވެލާފައި “ވިލް ޔޫ ބީ މައި ލައިފް ޕާޓްނަރ ” އޭ އަހާލީ ހިނިތުންވުމާއެކުގައެވެ. ނަވާރުގެ ލޮލުން އުފާވެރިކަމުގެ ކަރުނަނީރާލުމާއެކު ޔެސް އޭ ބުނެލިއެވެ. އެއާއެކު އިވިގެންދިޔަ މަރުހަބާއާއި އަތްތިލަބަޑީގެ އަޑުން އިތުރު ބަޔަކު އެތާންގައި ތިބިކަން އެނގުނީ ދެމީހުން އެކީގައި އަނގޮޓި އަޅުވާލުމާއެކު ތެދުވެ ބަލާލުމުން ނެވެ. މަލީހް އާއި ނަވާރަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. “ދޮންތީ.. ” އޭ ކިޔާ ނާލް ދުވެލާފައި އައިސް ބައްދާލިއިރު ދުރުގައި ހެވިފައި ޒިޔާދުއާއި ހަފީޒާގެ އިތުރުން ޝިވަންއާއި މުސްތޮފާ ހުއްޓެވެ. ” ކިހިނެއް މިތަނަށް..” ” ހަމަޖެހިބަލަ މާހް އަހަންނޭ ހުރިހާ ޕްލޭންއެއްރޭވީ. ” މަލީހްއަށް ބުނަންއުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް ޔާމިން ވާހަކަދެއްކިއެވެ.
……………
” އެވަގުތު އަހަރެންގުޅީ އެންމެފަހުން އަހަރުމެން ގެސްޓްހައުސް ހަދަން ހަވާލުވި ކުންފުނީގެ ބޮޑުމީހާ ޝިވަންއަށް .. ގުޅާއޮޅުންފިލުވީ ނަވާގެ މައުލޫމާތު.. ނަސީބު އަތުގަ ހިފީއެހިސާބުން .. އަހަރެންގެ ޕްލޭން އިއްވާލުމުން ޝިވަންގެ އެހީތެރިކަން ލިބުނީ ހީވެސްނުކުރާހާ ފުރިހަމަޔަށް.. ދެން އަހަރެން ގުޅީ މާހް ބައްޕަޔަށް ގުޅާ ހުރިހާކަމެއް ްޮޅުން ފިލުވައިދިނިން.. އަދި ނަވާ ގެ ޕޭރެންޓްސް އަންނަ ވާހަކަ ބުނުމުން މިތަނުގައި އެކޮމަޑޭޝަން ހަމަޖައްސަން ބުނީމަ މިތަނަށް ތިދެމީހުން އެހާވަރުން މިގެނައީ.. އަހަރެން މިތަނުގެ ކަންކަން ހަމަޖެއްސިއިރަށް އަރަޝް އައީ ރިންގްވެސް ހިފައިގެން .. ދެން ދެމީހުން ނަވާގެ ޕޭރެންޓްސް ގެންނަން ހުރިހާކަމެއް ހަމަަޖެއްސީ.. ލަވްބަރޑް މިތަނަށް ގެނެއްސަ އަހަރެމެން މިދިޔައީ ޝިވަންގުޅީމަ އަވަހަށް ރިސީވްކުރަން.. .. އެއްލޯ މަރާލަމުން ޔާމިން ކަންތަށް ހިނގާދިޔަގޮތް ކިޔާދިނެވެ.

“އެހެންވީމަ ބައްޕަ އަށްވެސް އިނގޭދޯ އަޅުގަނޑު އެވާހަކަ ދެއްކިއިރުގަ.. ” މަލީހް ނޫންކަމަށް ހަދައިގެން ހެވިފައިހުރި މުސްތޮފާކުރެން އަހާލުމުން ބޯޖަހާލިއެވެ. ނާލް ގައިގަ ބައްދާލައިގެން އިން ނަވާރު އިނީ ލަދުން އިސްޖަހާލައިގެން ނެވެ. އެެެން އިން އިރުވެސް އެމޫނުމަތީގައިވާ ޖަންބުކުލަ އަރިމަތީން ފާހަގަވެއެވެ. ހަފީޒާއައިސް ނަވާރު ކައިރީގައި ހުއްޓިލުމުން ނަވާރު އޭނަގެ މަންމަގެ މޭގައި މޫނުފޮރުވާލީ އެހެންމީހުންގެ ނަޒަރުތަކުން ސަލާމަތްވުމަށެވެ.

” ދުރުވޭ މިކޮޅަށް .. ޑިނަރ މިކޮޅަށް ގެންނަން އަންގާލާ..” ޒިޔާދު ގޮވައިގެން ހިނގައިގަންނަމުން މުސްތޮފާ ޔާމިންއަށް އިޝަރާތްކޮށްލިއެވެ. ހަމަ އެވަގުތު ވޭޓަރުން އައިސް މޭޒުއަތުރާލުމާއެކު ކެއުން ތަށްޖެނެސް މޭޒުމަތި ތައްޔާރުކޮށްލިއެވެ. ޔާމިން އެކަމަށް ކުރިން ވިސްނާފައިވުމުން އެކަމަށްވެސް އިންތިޒާރުކުރާކަަށް ނުޖެހުނެވެ.

ކެއުމާވެގެން ކުރިޔަށްދިޔައިރު މުސްތޮފާގެ އެދުމުގެ މަތީން ޔާމިންއާއި އަރަޝްވެސް އެމީހުނާއި ބައިވެރިވެލިއިރު މަލީހް އާއި ނަވާރު އިނީ އައިސްކްރީމްތައްޓެއް ހިފައިގެން ނެވެ. އެމީހުންކުރިން ކެއުން ނިންމާލެވުމުން ދެން އިތުރަށް ބަނޑުގައި ޖާގަނެތީއެވެ. “ދަރިފުޅާ މަލީހް.. ބައްޕަ ހީވެސްނުކުރާހާ ހީވާގި މިރާލި ހިންގުންތެރި ދެކުދިން ދަރިފުޅުގެ އެކުވެރިންނަށް ތިތިބީ.. ބައްޕަ މިއަދު ވަރަށް އުފާވެއްޖެ.. ދެން ދަރިފުޅުމެން ދެކުދިން ގޮތެއްނިންމާނީ.. ބައްޕަގެ އެއްވެސް އިއުތިރާޒެއްނެތް ކައިވެނި އަވަސްކުރިޔަސް ލަސްކުރިޔަސް.. އެކަމަކު ކައިވެނި ކުރަންވާނީ ރާއްޖޭގަ.. އެއީ ބައްޕައެދޭގޮތް.. ” މުސްތޮފާ ޔާމިންއާއި އަރަޝްއަށް ތައުރީފް ކޮށްލަމުން މަލީހް އަށް ބުނެލިއެވެ. ” އަޅުގަނޑުވެސް ބުނަންއޮތީ ހަމަތިހެން.. މަލީހްއަކީ އަޅުގަނޑު ދަންނަ ހެޔޮލަފާ ރަނގަޅުޒުވާނެއް.. ވީއިރު ދެކުދިން ގޮތެއްނިންމާނީ.. ” ޒިޔާދުވެސް މަލީހްމެންނަށް ދޫކޮށްލިއެވެ. ” ބައްޕާ އަޅުގަނޑުބޭނުން ކައިވެނި އަވަސްކުރަން.. އެކަމަކު ނަވާގެ ސެމްބްރޭކްލިބުނީމަ ދޯ ނަވާ..” މަލޯހް ނަވާރަށް ދޯދިނުމުން އަނެއްކާވެސް ނަވާރުގެ މޫނުރަތްވެގެންދިޔައެވެ. އާއިކޭވެސް ބުނެވުނީ ބޮލުގެ އިޝާރާތުންނެވެ. އެވަގުތު ޝިވަންއަށް ފޯނެއް އައުމުން ބަލާލިއިރު ގުޅަނީ ޝަބީންއަށް ވުމުން ލައުޑަށްލާފައި ގޮވާލިއެވެ. ” ޝިވަން ކޮބާ މިހާރު ދެވުނީތަ ކޮބާ މާހް ކޮބާ ނަވާ.. ވަރަށް އެކްސައިޓްވެފަދޯތިބީ.. ” ޝަބީން އެެއްފަހާރާ ހުރިހާ ވަހަކައެއް އަހާލިއެވެ. ” ޔެސް ބްރޯ.. މިހާރުމިތިބީ ޑިނަރގަ.. މާހް ބައްޕައާވެސް ދިމާވެއްޖެ.. ” ” ބީން.. ދެން އެެެންވީމަ ބާކީ މިއޮތް މަސްދުވަހުގަ ރެޑީވޭ އަވަހަށް ވެޑިންއަށް.. މާހްމެންވެސް ތިކޮޅަށްދާނީ.. ބޭބެކައިރީގަވެސް ބުނާތި..” ޝިވަން އެހެންބުނުމާއެކު މަލީހްވެސް ޝަބީންއާ ވާހަކަދެއްކިއެވެ. އެރޭގެ ކެއުން ނިމުން އިރު މުސްތޮފާގެ ޝަކުވާއަކަށްވީ ޝިވަން އައި އިރު ނިމާލްނުގެނައީމަ އެޝަކުވާއެވެ. ނަމަވެސް ވަގުތުގެގޮތުން އެކަން ނުވީކަން އެނގުމުން އެންމެން އެކީގައި ދާނީކަމުގައި ބުނެލިއެެވެ.

ޝަބީމް ނިމާލްއަށާއި ޖުމާއަށް އެއުފާވެރި ހަބަރުދިނީ ޖެހިގެން އައިދުވަހު ހެނދުނު ޖުމާ ޑިއުޓީއަށް ގެންގޮސްދޭން އައިގަޑީގައެވެ. އަދި ޝިވަން މިއަދު އަންނާނޭ ކިޔާ ޖުމްނާއާއި ދިމާކޮށްލީ އަދިވެސް ޝަބީންގެ ކޮބައިން އެކަން ނުކެންޑޭތީއެވެ. ޖުމްނާވެސް ކިތަންމެ ރުޅިއަންނަކަމަށް ހެދޭން އުޅުނަސް ރުޅިނާދެވެނީ ޝަބީން އައިސް ޖެއްސުން ކޮށްފަވެސް ހެއްވާލާތީއެވެ. ” ދެންކޮންއިރަކު ދަރިފުޅާ ޒިޔާދުމެން އަންނަނީ.. ” ނިމާލް އަހާލުމުން ” ދެދުވަހެއްފަހުން ކަމަށްބުނެ ޝަބީންދިޔައީ އޮފީހަށްވެސްދާން ގަޑިކައިރިވާތީ ޖުމާ ގޮވާލުމުންނެވެ.

**ދެހަފްތާ ފަސް.**

ނަވާރުއަށް ސެމްބްރޭކް ލިބުމާއެކު މުތޮފާގެ ޕްރައިވެޓް ޖެޓްގައި ރާއްޖެދިޔައީ ޔާމިންއާއި ޝައުޝަންގެ އިތުރުން އަރަޝް ވެސް ވެޑިންއަށް އައުމަށް ވައުދުކުރުވާފައެވެ. އެންމެން އެކީގައި އެއްފަހަރާ މަސްދުވަހަށް ދިއުން ބުއްދިވެރިނޫންކަމުގައި މުސްތޮފާދެކުނީމައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޕްރައިވެޓްޖެޓް ޖެއްސުމާއެކު މުސްތޮފާއަށް ފުންނޭވައެއް ދޫކޮށްލެވުނީ ސަތާރައަހަރަށް ފަހު އުފަންފަސްގަނޑަށް އާދެވުމުން ހިތްހަމަޖެގިފައި ހުރެގެންނެވެ. މީގެ ސަތާރައަހަރުކުރިން އޭނަ ރާއްޖެ އައީ ކުއްޔަށްދީފައިވާ އޭނާގެ ގެ ގެސްޓްހައުސް ވިޔާފާރިއަށް ކޮންސްޓަރަކްޝަން ބަޔަކާއި ހަވާލުކުރާށެވެ. އެފަހަރުވެސް އެއްވެސްމީހަކާ ދިމާނުވެ ދާންޖެހުނީ އެވެ. ނަމަވެސް މިފަހަރު މިއައީ މުޅިދިރިއުޅުން ބަދަލްވެގެންނެވެ. ހިޔާލަށް ގެއްލިފައި އިން މުސްތޮފާ ސިހުނީ މަލީހްއައިސް “ބައްޕާ” އޭ ގޮވާލުމުންނެވެ.

އެއަރޕޯޓަށް މަލީހްމެން ރިސީވްކުރަން ޒިޔާދުގެ އާއިލާގެ އިތުރުން ރަޝީދުގެ އާއިލާ އާއިޖާވިދުގެ އާއިލާ އާއި ނިމާލްގެ އާއިލާގެ ޖުމްނާނޫން އެންމެން ގޮސްތިއްބެވެ. ޖުމްނާ އަށް ނުދެވުނީ ކުޑަކުޑަ އިލްފް އެވަގުތު ބޮޑާހާކައިގެން ނުނިދައިގެންނެވެ. އަރައިވަލް ޓާމިނަލްގައި ހުރި ނާލް ހުއްޓާނުލާ އަނގަތަޅަމުންގޮސް ކުއްލިއަކަށް ” އެތިބައަންނަނީ ދޮންތިމެންނޭ” ބުނުމުން އެންމެ އެދިމާ ބަލިއިރު ތިންމީހުން ހިނިތުންވެލައިގެން ތިބެ އަންނަނީއެވެ. އެތަށް ދުވަހެއްފަހުން މަލީހްފެނުމުން ނިމާލްގެ ލޮލުން ކަރުނަފާއްދާލިއިރު ޖުމާވެސް ހުރީ ރޮވިފައެވެ. މަލީހް އައިސް ނިމާލްގައިގަ ބައްދާލިއިރު މުސްތޮފާވެސް އައީ ނިމާލްމެން ކައިރިއަށެވެ. އަދި ޖާވިދު އާއި ސާދިޔާ ފެނުމުން ޖާވިދުގައިގަ ބައްދާލީ ދެލޮލުގައިވި ކަރުނަފުހެލާފައެވެ. ނަވާރުއައިސް ޒިޔާދުމެންނާ ސަލާމްކޮށްލާފައި ރަޝީދުމެންގެ ދެމަފިރިން ކައިރިއަށް ޖެހިލިއެވެ.

ވަގުތަކީ މެންދުރުގެ ވަގުތުކަމުން ޖާވިދުގެ އެދުމުގެ މަތީން މާލެދިޔައީ އެއަރޕޯޓުން ލަންޗްނަގައިގެން ނެވެ. އަދި ޖުމްނާ އަށް އެއްޗެހިހިފައިގެން ދާން ސާދިޔާ ބޭނުންވުމުން ޕެކްކުރީ އެވެ. މާލެއައި މަގުމަތީގައި ޒިޔާދު އެދުނީ ރޭގަނޑުގެ ކެއުމަށް ހުރިހާމީހުން ޒިޔާދުގެ ގެއަށް އައުމަށްށެވެ. އެކަމަށް އެންމެންވެސް އެއްބަސްވެލިއެވެ.

މާލެދެވުމާއެކު ޒިޔާދުމެންގެ އާއިލާ ކާރުގައި ދިއުމުން ރަޝީދުމެންގެ ދެމަފިރިންގެ އިތުރުން ޖާވިދުމެންގެ ދެމަފިރިންވެސް ދިޔައީ ނިމާލްމެންގެއަށެވެ. ކުޑަކުޑަ އިލްފް ކައިރިޔަށް ޖާވިދުމެންވެސް އާލިމާމެންނެކޭ އެއްފަދައިން ނާންނަދުވަހެއް ނުދެއެވެ. މަލީހްއާއެކުގައި މުސްތޮފާވެސް ނިމާލްމެނގޭގައި ހުރުމަށްނިންމީ މުސްތޮފާގެ ގެ ހުރިބިން އެއްކޮށް ގެސްޓްހައުސް ހަދާފައިވާތީއެވެ. ނަމަވެސް ކައިވެންޏަށްފަހު ދިހަބުރިއަށް ހަދާފައިވާ އެއިމާރާތުގެ އެއްއެޕާރޓްމަންޓަށް ދިއުމަށް ނިންމާފައެވެ.

ދުވަސްތަަށް ފާއިތުވަމުންގޮސް ހަފްތާއެއްވީއިރު ކައިވެނީގެ ކުލަ ކަނޑައެޅި އެއްޗެހި ފަހަން އޯޑަރުދީ ނިންމާލިއެވެ. އަދި ކައިވެނީގެ ހަފްލާ ބޭއްވުމަށް ރަސްފަންނުގެ ހިތްގައިމު މާހައުލު ހޯދާ އެދުވަހަށް ތައްޔާރީތަށް ވަމުން ގެންދިޔައެވެ. އެތަށްދުވަހަކަށްފަހު މަލީހްއައުމާއެކު ނިމާލްއަށްވެސް އީދެއް އައިފަދައެެވެ. އަދި އެންމެ އުފާވީ މަލީހްގެ ބައްޕައާއި ދިމާވެ އެބައްޕަގެލޯބިވެސް މަލީހްއަށް ލިބުމުންނެވެ. އެންމެ ގެ ހިތްހަލާލުލިބުމުން މުސްތޮފާއަށްވެސް ވަނީ ބުންނަނޭންގޭފަދަ ހިތްހަމަޖެހުމެއް ލިބިފައެވެ. ކޮންމެ ދުވަހަކުވެސް ހެދުނުހޭލައިގެން ކުޑަކުޑަ އިލްފް ކައިރީގައި އުޅެއުޅެ އެކުއްޖާފުޅުވެސް މިހާރު މުސްތޮފާއާއި ވަރަށް ދޯޅުވެއްޖެއެވެ.

ޔާމިންއާއި އަރަޝްގެ އިތުރުން ޝައުޝަން ރާއްޖެއައީ މަލީހްމެންގެ ކައިވެންޏަށް ހަތަރުދުވަހަށް ވުމުންނެވެ. އެމީހުން ތިބުމަށް ގެސްޓްހައުސް މުސްތޮފާ ހަމަޖެއްސިނަމަވެސް ނިމާލްބޭނުންވީ ޝައުޝަން އެއީ އަންހެންކުއްޖެއްވީމަ އަދި ޖުމާވެސް ދަންނަކުއްޖަކަށް ވުމުން އެގޭގައި ބަހަށްޓާށެވެ. އަދި ޝިވަންގެ އެދުމުގެ މަތީން ޔާމިން އާއި އަރަޝް ވެސް ތިބީ ރަޝީދުމެންގޭގައެވެ. ޝައުޝަންމެން އައިއިރު ހުރިހާމީހުން އެރޭލާ ހެދުންތަކާއި ކައިވެނިކުރާ ކުދިންގެ ހެދުންތަށްވެސް ގެނައެވެ. ހުދާއި ކަޅު އަދި ރިހިކުލަ ތީމްއަކަށް ހަމަޖެހިފައިވާ މިދެކައިވެނީގެ ޕާޓީގައި ހުރިހާ އަންހެނުންނަށްވެސް ވަނީ ކަޅުކުލައިގެ ހެދުމާއި ބުރުގާއަޅާމީހުނަށް ރިހިކުލައިގެ ބުރުގާއެވެ. ހުރިހާ ފިރިހެންނުނަށް ހުދިކުލައިގެ ގަމީސް ހުރި އިރު ތިރިން ކަޅު ފަޓުލޫނާއި އަދި ކަޅުޖެކެޓްއެވެ.

އެކީގައި މަޖާވަގުތުތަކެއް ހޭދަކުރަމުން ކައިވެނީގެ އެންމެފަހުގެ ތައްޔާރީތަށްވީއިރު ޔާމިން އާއި އަރަޝްވެސް ހީވަނީ ހަމަ އެއްބަނޑުއެއްބަފާ ކުއްޖަކުގެކަމެއްގަ އުޅޭހެންނެވެ. އެހާވެސް މީހުނާގުޅިގެން އުޅޭތީ ނިމާލްގެ އިތުރުން ޖާވިދުއާއި ރަޝީދުވެސް ހުރީ އަޖައިބުވެފައެވެ. ނަމަވެސް މުސްތޮފާއާއި ޒިޔާދުއަށް އެކަން އާކަމަކަށްނުވީ ޔާމިންމެންގެ ގޮތް އެމީހުނަށް އެނގިފައިވާތީއެވެ.

ސެޕްޓެމްބަރު މަހުގެ ހަތާވީސްވަނަ ދުވަހަށް އިރުއެރުމާއެކު ސައިބޮއެގެން ހުރިހާ ފިރިހެނުން ރަސްފަންނަށް ތަންރެޑީކުރަން ދިއުމުން ހުރިހާ އަންހެނުން ވެސް ޖަމާވީ ޖާވިދުމެންގެއަށެވެ. އެގެހުންނަނީ ރަސްފަންނާއި ކައިރީގައިކަމުން އެގޭގައި މެންދުރުރުގެ ކެއުން ތައްޔާރުކުރިއެވެ. އަދި އެންމެންވެސް ތައްޔާރީތަށްވުމަށްވެސް އެގެއަށް އައުމަށް ސާދިޔާއެދުމުން އެކަމާ ދެންތިބިމީހުން ވެސް އެއްބަސްވެލިއެވެ.

މެންދުރު ފަސްވުމާއެކު ޖުމާއާއި ނަވާރުގެ ހިތުގެ ތެޅުންބާރުވެ ހާސްވާގޮތްވާންފެށިއެވެ. ނަމަވެސް އެއަށްވުރެބޮޑަށް އުފާވެސް ވެއެވެ. ޝައުޝަންގެ އެދުމުގެމަތީން ނަވާރުއާއި ޖުމާ ސެލޫންއަކަށްގޮސް ގޯލްޑަން ފޭޝަލްހައްދާ ފުލްބޮޑީ ވެކްސްއެއް ކުރުވިއެވެ. ޝައުޝަން އައިރު ހަނދާންނެތި އެކަންތަަށް ކުރާނެ ސާމާނު ގެނެވިފައި ނެތުމުންނެވެ. ނަމަވެސް އެދެކުދިންވެސް މިރޭ ރީތިކޮށްދިނުމަށް ޝައުޝަންވަނީ ވައުދުވެފައެވެ. ހަަައެކަނި އޭނާއަށްބޭނުންވާނީ އަތްގާތްކޮށްލަދޭނޭ ކުއްޖެކެވެ.

ތިންކުދިން އެކީގައި ސެލޫން އިން ގެއަށް ދިޔައިރު މަލީހް އާއި ޝަބީންގެ އިތުރުން ޝިވަންމެންވެސް އައިއުޅެއެވެ. އެތިންކުދޖން ދޮރުން އެތެރެއަަށް އެޅި ފުރަތަމަ ފިޔަވަޅާއެކުގައި މަލީހްއާއި ޝަބީން ކަޅިޖަހާނުލާ ބަލަން ތިބުމުން ރަކިވެ އިސްޖެހުންތަން ޔާމިންއަށް ފެނުނެވެ. ” ހޫމް ކަންތަކާލައިގަތީ.. ޝިވަންހެޔޮނުވާނެ މިވެރިން ގޮވައިގެން ހިނގާދާން .. މިރެއަށްވެސް ނުބަހައްޓާ އެތިބަދެކުދިން މިމީހުން ވިރުވާލަފާނެ އެވަރަށް ބަލައިގެން.. ” މަލީހްއާއި ޝަބީންއަށް އިޝާރަތްކުރަމުން ޔާމިން އެހެންބުނުމާއެކު ” ކޮންތާކު އަހަރުމެން ނުބަލާމޭކިޔާ ޝަބީން އާއި މަލީހް ތެދުވީ އަރަޝް އައިސް ޖެއްސުން ކުރަން ފެށުމުންނެވެ. އެކުދިން އެއުޅޭ އުފާވެރިގޮތް ބަލަން ހުރި ހަފީޒާ އައިސް ” ހުރިހާ އަންހެންކުދިން މިރޭތައްޔާރުވަނީ މިބައިގައޭކިޔާ..” ފިރިހެންކުދިންކޮޅު އެފްލޯއިން ފޮނުވާލިއެވެ. އަދި ދޮރުލައްޕާފައި އެނބުރިލުމާއެކު ” އެމީހުން ހޭނުނެތުނީޔާވެސްދެރަ.. ދެކުދިންސް ތިގޮތަށް ފޭޝަލްހަދާލީމަ ހާދަރީއްޗޭ.. މާޝާﷲ.. ” ނަވާރުއާއި ޖުމާގައިގަ ބައްދާލަމުން ހަފީޒާބުނެލިއެވެ.

“ތިއޮއްކްރައުންދީބަ.. ” ޝައުޝަން ވާހަކަދެއްކީ ކައިރީގައި ހަރަކާތްތެރިވަމުންދިޔަ ޖުމަނާއަށެވެ. އޭރު ޖުމާ ތައްޔާރުކޮށް ނިމިފައިވާއިރު ހީވަނީ ހަމަ ޕަރީއެއްހެންނެވެ. ހުދުކުލައިގެ ބޮޑުހެދުމުގެ މޭމަތީގައި ޑައިމަންޑްސްތަކެއް ހަރުކުރެވިފައިވާއިރު ޖުމާގެ ހިޖާބުގެ ބޮލާވީދިމާގައިވެސް ވަނީ އެކިކަހަލަ ޖަވާހިރުތަކަކުން ޖަރީކުރެވިފައެވެ. ކޮށްފައިވާ ލުއިމޭކަޕްގެ ސަބަބުން ޖުމާގެ ރީތިކަން އިތުރަށް ދައްކުވާދެއެވެ. ހަމައެގޮތަށް ނަވާރުވެސް ހުރީ ހުދުކުލައިގެ ބޮޑުހެދުމެއްގައެވެ ހެދުމުގެ ފަސްބައިން މައްޗަށްވާގޮތަށް ޑައިމަންޑްތަކުން ފަރުމާކުރެވިފައި ވާއިރު ހެދުމުގެ މަތީގައިވެސްވަނީ ހަމައެގޮތަށް ޑިޒައިންކުރެވިފއެވެ. ނަވާރުގެ އިސްތަށިގަނޑުމައްޗަށްނަގާ ސްޓައިލިޝް ހުޅިއެއްޖަހާލާފައިވާއިރު އިތުރުފުރިހަމަ ކަމެއް ދައްކުވައިދެނީ ބޮލުގައިވާ ރިހިތާޖުގެ ސަބަބުންނެވެ. ނަވާރުވެސް ލުއިމޭކަޕްއަކާއިއެކު ތައްޔާރުކޮށް ނިންމާލިއިރު ހަމަ ޕްރިންސަސްއަކަށް ދޫނުކުރެއެވެ. ޖުމާއާއި ނަވާރުގެ އިތުރުން ޖުމްނާވެސް ޝައުޝަންގެ މަސައްކަތަށް ތައުރީފްކޮށްލިއެވެ. ހުރިހާ މަންމަތަށްވެސް ލުއިމޭކަޕްއެއް ޝައުޝަން ކޮށްލަދިނީ އެހާއްސަރޭގައި އެމީހުންވެސް ރީތިވާންޖެހޭނޭ ކިޔާފައެވެ. ހަމައެގޮތަށް ޝައުޝަންވެސް ތައްޔާރުވެލީ އޭގެ އެންމެފުރިހަމަގޮތުގައެވެ. އެންމެން ތައްޔާރުވެ ނިމުން އިރު އަށެއްޖަހަން ފަނަރަޔަށް ވެފައިވުމުން އަވަހަށް ރަސްފަންނަށް ދާން އެންމެން ފެއިބީ އެކުއެކީގައެވެ. އޭރު ޒިޔާދުއާއި ނިމާލްގެ އިތުރުން ޖާވިދުވެސް ކާރުގައި އެމީހުން ބަލާއައިސް ތިއްބެވެ. ނަވާރުއާއި ޖުމާ އަދި ޝައުޝަން އެރީ އެންމެކުރީގައި އޮތް ޒިޔާދުގެ ކާރަށެވެ. ޖުމްނާއާއި އާލިމާ ނިމާލްގެ ކާރަށް އެރިއިރު ސާދިޔާއާއި ހަފީޒާއެރީ ޖާވިދުގެ ކާރަށެވެ.

ރަސްފަންނަށް ދެވުމާއެކު ޝައުޝަން އައި ޖުމްނާ އައިސް ނަވާރުއާއި ޖުމާގެ ހެދުމުގައި ހިފައިލިއެވެ. ޖުމްނާ ފެނުމާއެކު މުސްތޮފާގެއަތުގައި އިން އިލްފް ހީލިއެވެ. އެކުއްޖާފުޅުވެސް އިނީ ރެއާގުޅޭނޭގޮތުން ހުދުގަމީހެއްލައްވާލާ ކަޅުބައޮޓައީއެއްވެސް އަޅުވާލާފައެވެ. ދެކުދިން ގޮވައިގެން ކައިވެނިކުރާ މޭޒާދިމާއަށް ދިޔައިރު މޭޒުކައިރީގައި ތިބި މަލީހް އާއި ޝަބީންއަށް ތެދުވެވުނީ އެކުއެކީގައެވެ. ކަޅުގަމީހެއްއެތެރެއިން ލާފައި ހުދުކޯޓެއްބޭރުން ލައިފައި މަލީހު ހުރިއިރު ޝަބީންހުރީ ހުދުގަމީހަކާއެކު ކަޅުކޯޓެއްލައިގެންނެވެ ތައްޔާރުވެލައިގެން ތިބިއިރު އެދެމީހުންވެސް ފެންނަނީ ހަމަ ޝަހީގަނޑުވަރެއްގެ ޕްރިންސްއިންހެވެ. ނަވާރުމެންނަށް ކަޅިހުއްޓިފައި ތިބި މަލީހްއާއި ޝަބީން ހޭވެރިކަންވީ އަރަޝްމެން އައިސް ކޮއްޓާލުމުންނެވެ. ” ބަލަ ކިހިނެއްމިއަދު ތިއުޅެނީ.. މިދެމީހުން މިއަދު ރަނގަޅެއްނޫން.. ” އަރަޝްބުނެލިއެވެ. ” ހޫމް އެވަރަށް ނުބެލިއަސް މިރެއަށްފަހު ގާތުގަ ބަހަށްޓައިގެން ބަލަންވީވިއްޔާ.. ދެން އެކަމަކުވާ.. ” ޔާމިންއަށްވެސް ނުހުރެވިގެން ބުނެލިއެވެ. އޭރު އަންހެންދެކުދިންވެސް އައިސް އެހިސާބަށް އެރީއެވެ. އެހެންވެ އެކުދިންނަށް ތަންދެއްކުމަށްފަހު ޔާމިންމެން ދިޔައީ ފޮޓޯނެގުމަށް ތައްޔާރު ވުމަށެވެ.

ބިސްމީގެބަރަކާތުންފެށި ކައިވެނީގެމަޖިލީހުގައި ޤާޒީ ހުތުބާލައިދެމުންދިޔައިރު ހަތަރުކުދިންނަށްވެސް ދިޔައީ ތަފާތުއިހްސާސްތަކެއް ކުރެވެމުންނެވެ. ހާއްސަކޮށް ނަވާރުއާއި ޖުމާއެވެ. އެކަކު އަނެކެއްގެ ލޯބިވެރިޔާއާ ހެދިއުޅޭކަމަށްހީކޮށް ވާހަކަ ނުދައްކާހުރެވި ކުރެވުނު ކޮސްކަންތައްތައް ހަނދާންވެ ހިނިތުންވެވެމުންދިޔައީ މިއަދު އެހުރިހާކަމެއް ބަދަލްވެފަައިވާތީއެވެ. ” އަނބިގަބޫލުކޮށްފީމޭ..” ބުނުމާއެކު އިހްތިޔާރަކާނުލައި ޖުމާ އާއި ނަވާރުގެ ލޮލުން ކަރުނަ ހިލުނީ އެހާދުވަހު ކުރި ދިގުއިންތިޒާރުގެ ނިމުން އައުމުން އުފަލުންނެވެ.

ކައިވެނިކޮށްދީ ނިމުމާއެކު ހަތަރުކުދިންވެސް ތިބެން ހަމަޖެހިފައިވާ ތާންގައި މަޑުކޮށްލުމާއެކު ޕާޓީއަށް މީހުންއަންނަންފެށިއެެެވެ. ރަސްފަންނުގެ ހިތްގައިމު މާހައުލުގައިވާ ހަޓްތަކާއެކު އަތުރާފައިވާ ހުރިހާ މޭޒުތަކެއްގައިވެސް ވަނީ ހުދުފޮތިތަކުން ފޮރުވާލެވިފައެވެ. އަދި ގޮނޑިތަށްވެސް އެގޮތަށް ހުދުފޮތިން ފޮރުވާލެވިފައިވާއިރު ކަޜުކުލައިގެ އޮފްފޮއްޗަކުން އައްސާލާފައި ވެއެވެ. ޕާޓީގެ މީހުން އައުން މަދުވެލާ ކޮންމެ ވަގުތަކު ޝިވަންއާއި ޔާމިން އަދި އަރަޝްއައިސް ކޮންމެވެސް އެއްޗެކޭކިޔާ މަލީހްއާއި ޝަބީން އާ ދިމާކޮށްލައެވެ. ކައިރީގަތިބި ނަވާރުއާއި ޖުމާގެ މޫނު މިފަދަ ކޮންމެވަގުތެއްގައި ޖަންބުކުލަ އަރައިގެންދަނީ އެމީހުން ކިޔާ އެއްޗެހިންނެވެ.

ޕާޓީގައި މީހުންމަދުވެ ހަމައެކަނި އާއިލާމީހުނަށް ވުމާއެކު ފޮޓޯޝޫޓަށް ތައްޔާރުވެެލިއެވެ. ކޮންމެދެމަފިރިއަކު ވަކިންނެވެ. އާއިލާއާއެކުގައެވެ. އާއިލާގެ ކޮންމެމީހަކާއި އެކުގައި ވަކިންނެވެ. އަދި އަރަޝްގެ އެދުމަށް ވެސް ކުރިއޭޓިވް އެތަކެއްފޮޓޯތަކެއް އޭނަބުނިގޮތް ގޮތަށް ނެގިގެންދިޔައެވެ. ފޮޓޯޝޫޓްނިމުން އިރު ހަތަރުކުދިން ތިބީ ބަނޑުހައިވެގެން މޮޔަވާވަރުވެފައެވެ. މުޅިއާއިލާއެކުގައި އެރޭގެ ކެއުން ކުރިޔަށްގެންދިޔައިރު ހުރިހާ މީހުންގެ މޫނުމަތީގައިވެސް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ” ކޮބާ ދެން ކައިވެނިވެސް މިނިމުނީ.. އެހެންވީމަ ދެން އޮތީ ބޭބެގެ ފަރާތުން ތިކުދިންނަށްދޭ ހަދިޔާ.. ” ރަޝީދުއައިސް މަލީހް އާއި ޝަބީންއަތަށް ސިޓީއުރައެއް ލައިދެމުން ބުނެލިއެވެ. ” މީ.. ” މަލީހްއާއި ޝަބީންއަށް އެކީގައި އަހާލެވުނެވެ. ” ތިބަލާލަބަލަ.. ” އާލިމާކައިރީގައި މަޑުކޮށްލަމުން ރަޝީދުއެހެންބުނުމާައެކު އެމީހުން ސިޓިއުރަކަނޑާލިއެވެ. ފްރާސްއަށް ދެކޮޅުޓިކެޓްއާއި ޕެރިހުގައިހުރި ރަޝީދުގެ ސިޓީހޮޓަލުގައި ހަފްތާއަކު ތިބުމަށް ހަމަޖެހިފައިވާތަން ފެނި މަލީހްއާއި ޝަބީން ހިނިތުންވެލީ ޝުކުރުއަދާކުރަމުންނެވެ. ” ކޮބާ ދަރިފުޅުމުން ލަސްވެފަ ލާންޗްތަށް އެބައޮތް.. ” އެންމެނަށް “ލާންޗް އޭ. ” ބުނެލެވުނީ.. އެކީގައެވެ. އެއާއެކު އެކުދިންނަށް މިރޭ ނިމާލްގެ ޖުވައިރާން ރިސޯޓުގައި ހޭދަކުރުމަށް ތައްޔާރުކޮށްފައިވާ ކަމަށް ނިމާލް ހާމަކޮށްލީ އެއީ އެންމެފަހުވަގުތު ދޭންބޭވި ސަޕްރައިޒްއަކަށްވުމުން ނެވެ. ހަތަރުކުދިން އެކީގައި އަވަހަށް ކާރުގައި ދިޔައިރު ލަންޗްއޮތީ ތައްޔާރަށެވެ. ދިހަމިނެޓްގެ ދަތުރަކަށްފަހު ޖުވައިރާންއަށް އެކުދިންނަށްދެވުމެވެ. އޭރު އެކުދިންގެ ރިސީވްކުރަން މީހަކު އައިސްހުއްޓެވެ. އެމީހާ މަލީހުމެން ގޮވައިގެން ދިޔައީ ވަކިން ރީތިކޮށް ހަދާލާފައިވާ ދެވޯޓަރވިލާއަށެވެ. އަދި ތަޅުދަނޑި ހަވާލުކޮށްލުމަށް އެމީހާދިޔައީއެވެ.

ތަޅުދަނޑިޖަހާލާފައި ދޮރުހުޅުވާލުމާއެކު ރޭގަނޑުގެ ސަލާމްކޮށްފައި މަލީހްއާއި ނަވާރު ކޮޓަރިއަށްވަންއިރު ޝަބީން އާއި ޖުމާވެސް ކޮޓަރިއަށް ވަނެވެ. އެދުމަތީގައި އޮތް ޕާރުސަލްފެނުމާއެކު ޖުމާގޮސްބަލާލިއެވެ. އަދި ސުވާލުގެ ނަޒަރުން ޝަބީން އަށް ބަލާލިއެވެ. ނަވާރުމެންވެސް ކޮޓަރިއަށް ވަންއިރު އެނދުމަތީގައި ޕާރުސަލެެއްއޮތުމުން ބަލާލީ ހަމައެގޮތަށް ސުވާލުގެ ނަޒަރުންނެވެ. ޖުމާއެކަނޑާލިއިރު އޭގައިއޮތް ފިޔާތޮށިކުލައިގެ ތުނި ނައިޓީފެނުމުން މޫނުރަތްވެގެން ދިޔައެވެ. ދެންއޮތް ފިޔާތޮށިކުލައިގެ ފިރިހެން ބޮކްސާފެނުމާއެކު ހިނިވެސް އައެވެ. ދަށުގައި ނޯޓްކޮޅެއް އޮތުމުން އެނަގާ ޝަބީން ކިޔާލިއެވެ. ” ދެންތިބޭނުންވާ ވަރަށް ނިކަން އަންހެނުންނަށް ބަލާބަލަަ އެކަމަކު ތިއެތިލައިގެން ހުންނަށްޗޭ ބަލަން.. (ވިންކް. އެމޯ.) އަރަޝް.” ނޯޓްކޮޅުކިޔާލުމާއެކު ޝަބީންއާއި ޖުމާއަށް އެކީގައި ހީލެވުނެވެ.

މަލީހް އާއި ނަވާރުއެކީގައި ޕާރުސަލްކަނޑާލުމާއެކު ނަވާރުގެ މޫނަށްވެގެން ދިޔަގޮތުން މަލީހްގާތަށް އައީ ލާނެތް ހިންޏެވެ. އޭގައިވާ މަޑުފެހިކުލައިގެ ތުނި ނައިޓީ ނަވާރުއާ ކިތަންމެހާވެސް ގުޅޭނެއެވެ. އެނައިޓީ ނަގާ ނަވާރުއަތަށް ލައިދެމުން މަލީހް އެދުނީ އެލުމަށެވެ. ފިނިވެފައިވާ ދެއަތުން އޭގައި ހިފުމަށްފަހު ނަވާރު ބޯޖަހާލިއެވެ. އޭރުވެސް ނަވާރުގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ ބޭރަށްވެސް އަޑުނީވޭވަރަކަށްނޫނެވެ. މަލީހް އަދިވެސް އެއްޗެއްއޮތުމުން ބަލާލިއިރު އޮތީ ހަމަ އެކުލައިގެ ފިރިހެންބޮކްސާއެކެވެ. އަދި ނޯޓެކެވެ. ” މިއަދު އަންހެނުންނަށް ވަރަށް ބަލަންމަސައްކަތް ކުރީމެއްނުދޯ.. އެހެންވީމަ ތި ލައިގެން ނިކަންރީތިކޮށް އޮވޭ އަންހެނުންނަށް ބަލަން ދެން މިފަހަރަކު ނުހުއްޓުވާނަން.. (ވިންކް.އެމޯ.) ޔާމިން..” ނޯޓް ކިޔާލުމާއެކު މަލީހް އަށް ހެވުނެވެ. އޭރު ނަވާރު ފެންވަރާ ތާޒާވެލައިގެން އިސްޖަހާލައިގެން ނިކުންނަނީއެވެ. ނަވާރުފެނުމާއެކު މަލީހްއަށް އެހެން ހުރިހާ ކަމެއް ހަނދާން ނެތުނެވެ. ދަމާބާރަކުން ދަމާފަދައަކުން މަލީހް އަށް ނަވާރުއާދިމާއަށް ދެވުނީ އެވެ. އަދި ލުއިފަތެއްހެން ނަވާރު އަތްމައްޗަށްލައިގެން އައިސް އެނދުގައި ބާއްވާލިއިރު މަލީހްގެ ހުރިހާ އިހްސާސްތަށް ކޮންޓްރޯލްއިންނެއްޓި ހުޅުފަޅައިފިއެވެ. ނަވާރުވެސް މަލީހްއަށް އިޖާބަދީ ދެހަށިގަނޑު އެއްހަށިގަނޑަކަށް ވެގެންދިޔައީ ހިނދުކޮޅެއްގެތެރޭގައެވެ. ދެލޯބިވެރިންގެ ހިތުގައި ފޮރުވިފައިވާ ލޯބި އަބަދުގެ އަބަދަށް ހާސިލްވީއެވެ. ސިއްރު ސިއްރުން ދެކެމުން އައި ހުވަފެންތަކުގަ ކުލަޖެހިގެން ދިޔައީއެވެ. ..

(ނިމުނީ..)

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

އައިކާ (25)

Next

ނޫރު (ނުވަވަނަ ބައި)

Next
December 11, 2017

ނޫރު (ނުވަވަނަ ބައި)

Previews
December 10, 2017

އައިކާ (25)

26 Comments!

  1. Layaa says:
    December 11, 2017 at 4:26 pm

    Salaam.. miothee nextpart Adhi final part.. layaaunmeedhu kuran mivaahakaakee vess thihurihaa kiuntherinnahvess kamudhiya vaahaka makah veekamah .. dhen layaage vaahakaeh genessdheynee vaahakaige half liyefa .. and neynge kihaadhhvahakun kameh bunan .. anehkaavess kiyevunfeshethee busyvaane ehenveema .. thihutihaa kiuntheringe faraathun libun faadukiynthakah vess v bodah shukuriyya .. ? and love u all readers ..??

  2. SJK...KOREAN says:
    December 11, 2017 at 4:52 pm

    Hii layaa ❤❤❤? after a long time.. missed u a lott ?❤me first dhww..??
    Varah loabi mi vaahaka.. obiness to the maxxxx.. layaa ge ehn story akah varahhh inthixaaru kureveyy.. u are one of my fav writer ? love u ❤❤❤

    1. Hawwu (Layaa) says:
      December 11, 2017 at 7:22 pm

      Miss u more SJK .. dhoonyaa? yes ur first .. ? btw thankyou so much dhoonikolha..??

  3. Anonymous says:
    December 11, 2017 at 5:23 pm

    Wow

    1. Anonymous says:
      December 11, 2017 at 7:27 pm

      Vvvvv salhi mi story n vvvv avahah layaa ge story eah kiyan libeine kamah umeedhu kuran ly

  4. unaal says:
    December 11, 2017 at 5:47 pm

    vrh vrh vrh reethi….mi stry vc nimuny dhw dhn mi…vrh lwbi…

    1. Hawwu (Layaa) says:
      December 11, 2017 at 9:15 pm

      Yess unaal .. story nimunee .. ?? btw thank you so much my dear ..?

  5. nuzu says:
    December 11, 2017 at 6:26 pm

    nice ending well done layaa thihaa loabi story geness dhinythy v bodhah tnx layaa new story eh ge inthizaaruga huri vaahaka bunelan have grt day layaa???

    1. Hawwu (Layaa) says:
      December 11, 2017 at 9:17 pm

      Awwn ?thank you .. v happy vey thikahala loabi readers thibeythee…?? insha allah kiyevunfeshi hamayakah elhileema new story liyanfashaanan .. and up kuraanan storyge half liyevunAeema.. ?

  6. ryyy says:
    December 11, 2017 at 6:43 pm

    V habeys stry❤❤❤?
    Gud job layaa love u

    1. Hawwu (Layaa) says:
      December 11, 2017 at 7:17 pm

      Owwn ?thank you dear ryy ??

  7. Reader says:
    December 11, 2017 at 7:36 pm

    V reethi ekam Malaak was better for me

    1. Hawwu (Layaa) says:
      December 11, 2017 at 9:19 pm

      Awwn ? thank you readers .. ekimeehunge taste thafaanuvaane aee massllaehnnun dear ??

  8. shaan says:
    December 11, 2017 at 8:07 pm

    furihama v mie vaahaka.love u layaa ☺???????????❤

    1. Hawwu (Layaa) says:
      December 11, 2017 at 9:19 pm

      Thank you dear nshaan ??

  9. Au says:
    December 11, 2017 at 10:18 pm

    Varah varah reethi❤❤❤❤❤

    1. Hawwu (Layaa) says:
      December 12, 2017 at 4:02 am

      Thank you dear Au ???

  10. Someone says:
    December 11, 2017 at 11:07 pm

    Even malaak was bttr 4 me! Btt mi stry ess v nice❤❤ bt kudakoh vaaanuvaa vanii baeh than kolhu kolhun! Getu nuvanii! It may be my mstk! As me ge get vumuge bai v dhah viiima? waiting 4 ur nxt stryy❤❤❤

    1. Hawwu (Layaa) says:
      December 12, 2017 at 12:52 pm

      Hehe its oki someone.. Aeemasslaeh nun.. Happyvejje mivaahakavess kiyaaleema ?✌?

  11. xim says:
    December 12, 2017 at 11:39 am

    Wowww vvv salhi …..v v reethiiii…ekm v sad nimunyma will miss u layaaa sissy I love u

    1. xim says:
      December 12, 2017 at 11:41 am

      Dhenn dhimaa nuvaane dhw nooooooo misssssses lottt

    2. Hawwu (Layaa) says:
      December 12, 2017 at 12:54 pm

      Miss u too ximmi..Thankyou ?? ly

  12. Rsh says:
    December 12, 2017 at 12:04 pm

    Nice story…?
    When is your next story Layaa..?
    Waiting for your next story..

    1. Hawwu (Layaa) says:
      December 12, 2017 at 12:56 pm

      Thankyou dear rsh.. ???

  13. ram says:
    December 13, 2017 at 5:03 pm

    Layaa plx write horror story I like horror storys plx layaa

  14. Za says:
    December 15, 2017 at 11:48 pm

    Story v salhi..ekam liyumugai v mistake ebahuri.sifakurumuge bai rangalhu kohllaifinama adhi miahvure salhi vaane…ma bodah avas kohllafa, ma bodah kurukohllafa hurikan faahaga kurevey..dhn Liya story ehga rangalhu vaane kamah mi balany.? Best of luck

Comments are closed.



All Right Reserved!