
ނޭނގި ހިތޭ ތި އަތުލީ 14
“އަހަރެންވެސް ނުބަލަމެއްނު ލުބާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ވަދެ މައުވަން ކުރާކަންތަކެއް. އަނެއްކޮޅުން އެކި ފަހަރު އެކި އަންހެން ކުދިން ގޮވައިގެން ސައިކަލަށް ލައިގެން ގޮސް ދާތަނަކާ ކުރާކަމަކާވެސް ނުބަލަމެއްނު.” ހަމަޖެހިލާފައި މަލާކް ބުނެލިއެވެ. އެޔާއެކު މަލާކް ގޮސްވަނީ ފާޚާނާއަށެވެ. މައުވަންއަށް ހުރިގޮތަށް ހުރެވުނީއެވެ.
“މީހަކު ދެކެ ލޯބިވުން އެއީ މައްސަލައެއްތަ؟” ނިއަމް ސުވާލު ކުރީ މައުވަން އާއެވެ. ދެމީހުންތިބީ ނިއަމްގެ ކެބިން ތެރޭގައެވެ. “ހާދަ އެހެން ކަހަލަ ސުވާލެއް” މައުވަން އެހިއެވެ. ނިއަމް ބުނެލީ ކޮންމެސް ޖަވާބެއް ދިނުމަށެވެ. “އެއީ މައްސަލައެއްނޫން ދޯ. އެކަމަކު ކޮންމެ ކޮންމެ މީހެއްގާތު އެވާހަކަ ހާމަކުރުން އެއީ މައްސަލައެއް” މައުވަން ޖަވާބު ދިނެވެ. “ތިބުނީ” މައުވަން ބުނި އެއްޗެއް ނިއަމްއަށް ސާފެއްނުވިއެވެ. ” މިބުނީ. މިސާލަކަށް ނިއަމްއަށް ލޯބި ވެވުނީއޯ މަގޭ ވަރަށް ލޯބިވާކުއްޖެއް ދެކެ. އެ ހާލަތުގަ އެލޯބި ހާމަކުރާކަށް ނުވާނެ މަދެކޭގޮތުގަ. އިފް ނޮޓް އޭގެ ސަބަބުން އަހަރުންދެމީހުންގެ ރިލޭޝަން ރުއިން ވާނީ. މައުވަން ތަފްސީލްކޮށްދިނެވެ.ދެން ދިޔައީ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. ނިއަމް އުޅުނީ ލައިހާގެ ވާހަކަ ބުނާށެވެ. މައުވަން އެބުނި އެއްޗަކުން އަނެއްކާވެސް ނިއަމް ފަސްޖެހުނެވެ. މައުވަން އެހީ ނިއަމްއަށް ލޯބި ވެވިގެން އުޅެނީ ކާކާތޯއެވެ. ފަހުން ބުނާނެކަމަށް ބުނެ ނިއަމް މައުޟޫބަދަލު ކޮށްލީއެވެ.
މައުވަންއާއި ލުބާގެ ގުޅުން ދިޔައީ ހީނަރު ވަމުންނެވެ. ލުބާ ގުޅިއަސް މައުވަން ފޯން ނަގަނީ މަދުފަހަރެކެވެ. މިކަމުގެ ސަބަބުން ލުބާ ދިޔައީ ރުޅިގަދަ ވަމުންނެވެ. އެކަމުގެވަރު ލުބާ ބާލަނީ މަލާކްއަށެވެ. “ކަލޭ މައުވަންއަށް ކީއްކޮއްގެންތަ ތިއުޅެނީ؟ ލުބާ ވާހަކަ ދެއްކީ ކޮޓަރިން ނުކުތް މަލާކްއާއެވެ. އާދައިގެ މަތިން މަލާކް ރައްދެއް ދޭކަށް ގަސްދެއްނުކުރެއެވެ. އޭނަ ދިޔައީ ސިޑިން ފައިބާށެވެ. “ކަލޭ ކޮންމެ ކަމެއްކުރިއަސް މައުވަން ކަލޭ ވަރިކުރާނެ. އޭނަ ނޫޅެ ކަލޭކަހަލަ ގަމާރަކާ އިދެގެން ލައިފް ގެ ދުވަސްތައް ބޭކާރު ކުރާކަށް” ލުބާ ކުރިއަށް ގެންދިޔައެވެ. އެވަގަތު ސިޑިންމައްޗަށް އެރި މައުވަންއަށް ލުބާގެ އަޑު ކިތައްމެ ރަނގަޅަކަށްވެސް އިވުނެވެ. “ލުބާ. ތި އަނގަ މައިތިރިކޮށްގެން ހުރޭ” އަޑުހަރުކޮށް މައުވަން ބުނެލިއެވެ. ލުބާ ބުނެލީ އަޑު މަޑުނުކުރާނެކަމަށެވެ. އޭނަގެ ކޯލްތަކަށް ޖަވާބު ދޭނަމަ މިހެންނުވާނެކަމަށް އިތުރަށް ބުނެލިއެވެ. މައުވަން އެންގީ ޖަވާބު ދޭން ބޭނުންވި އިރަކުން ފޯންނަގާނެ ކަމަށެވެ. މައުވަން އަދި ލުބާވެސް އަޑު ދިޔައީ ބާރުވަމުންނެވެ. ” ތި ދެމީހުން ޒުވާބުކުރަން ރޫމަށް ވަންނަން ވީނު. ނޫނީ ބައްޕައަށްވެސް އަޑުއިވިދާނެ” އެހެން ބުނެލާފައި އެދެމީހުންނަން ހިނިތުންވުމެއް ދެމުން މަލާކް ދިޔައީއެވެ.
“އަދިވެސް ދަރިފުޅު ބުނި ކުއްޖާނުގެންނަމެއްނު؟” ޑިއުޓީ ނިންމާފައި ގެއަށް ވަތް އަކްޔަންއާއި ނަސީމާ ވާހަކަދެއްކިއެވެ.”މަންމާ. އަދި ނެތެއްނު ތިކަން ނުވެފައެއް” ކަރުގައޮތް ޓައީއަށް ދޫކޮށްލަމުން މައުވަން ވެއްޓިގަތީ ސޯފާއަށެވެ. ” ނޫނޭ ދަރިފުޅާ އެކަން ކުރަން އުޅޭ. އޭރުން ދަރިފުޅުގެ މަންމައަށް ހަމަނިދި ލިބޭވަރުވާނީ” ކޮޓަރިން ނިކުމުގެން އައި މަޒްހަރު ވާހަކައިގައި ބައިވެރިވެއެވެ. ” މަންމަވެސް އަދި ބައްޕަވެސް ޤަބޫލް ވާނެކަމަށް އުއްމީދުކުރަން ” އިސްޖަހައިގެން އިދެ އަކްޔަން ބުނެލިއެވެ. “ރަނގަޅު އަޚުލާގެއް ހުރިކަމަށްވާނަމަ އެނިމުނީ ދަރިފުޅާ” މަޒްހަރު ބުނެލިއެވެ. “އެއީ ….އެއީ…” އަކްޔަން ފަސްޖެހުނެވެ. “ދަރިފުޅާ ކޮން އެއީ އެއީ ތިކިޔަނީ” ނަސީމާ ހުރީ ކެތްމަދުވެފައެވެ. “އެއީ ވާހަކަ ނުދެއްކޭ ކުއްޖެއް… އަލާ ކިޔަނީ. އަހަރެން ވަރަށް ލޯ…” އަކްޔަންގެ ޖުމްލަ ފުރިހަމަ ނުވަނީސް ޖެހުނީ ހުއްޓާލާށެވެ. “މި މާލެއިން އަކްޔަންއަށް ތިނޫން ކުއްޖެއް ނުފެނުނީތަ؟ ހަމަމިހާރު ތިކަން ހުއްޓާލާ. އަކްޔަން ޖެހޭނީ އަހަރެން ދައްކާ މީހަކާ އިންނަން.ދަރީންގެ ކަންތަކާ ފަރުވާ ކުޑަކުރާތީ ކަންތައްތައް ވާގޮތް މަޒްހަރަށް އެބަ ފެނެއެއްނު. ނޭނގެ މިހާރު ލައިހާ އުޅޭނީ ކޮންފަދަ މީހަކާ ކަމެއް” ނަސީމާ އެއްފަށްޗަކަށް އަމުނާލިއެވެ. މަޒްހަރު ވަކި އެއްޗެއް ނުބުނެއެވެ. ވާހަކަ ދެއްކުމަށް އަކްޔަން ހުޅުވާލި އަނގަ ލައްޕާލީ މަޒްހަރު އެތަނުން ދިއުމަށް އިޝާރާތް ކުރީމައެވެ.
މައުވަން ބްރޭކްގަޑީގައި ކޮންސަލްޓޭޝަން ރޫމްއިން ނިކުތީ އާދައިގެ މަތިން ކެންޓީނަން ދާށެވެ. އެވަގުތު އޭނައަށް ފެނުނީ މަލާކް ރޫމުން ޒާދު އާއެކު މަލާކް ނިކުތް ތަނެވެ. މަލާކަށްވެސް މައުވަން ފެނުނެވެ. އެކަމަކު ފެނުނު ކަމަކަށް ނުހަދައެވެ. އެދެމީހުންވެސް ދިޔައީ ކެންޓީނަށެވެ.
“މިހާރަކަށް އައިސް ކިހިނެތް ވެފަތަ ތިހުންނަނީ. އަބަދު ފާޑަކަށް ނެގިމަޑުވެފަ” ނިއަމް ސުވާލު ކުރީ މައުވަން އާއެވެ. އެވަގަތު އެމީހުން އޯޑަރު ކުރިއެއްޗެހި ހިފައިގެން ވެއިޓަރ އައެވެ. މައުވަން ބުނެލީ ކަމެއް ނުވާކަމުގައެވެ. އޭރުވެސް މައުވަން އަށް ބެލެނީ ޒާދު އާއެކު ކާން އިން މަލާކްއަށެވެ. ޒާދު ވާހަކަ ދައްކަމުން ދިޔައިރު މަލާކްއިނީ ހީލަ ހީލައެވެ. ބައެއްފަހަރު އަނގަމަތީ އަތްއަޅާލައެވެ. މައުވަންއަށް އެތާއިންނަން އުދަނގޫވިއެވެ. ނިއަމް ކާރީ ކުޑަކަމެއް ދިމާވެއްޖޭބުނެ ނިކުމެގެން ދިޔައީއެވެ.
ޑިއުޓީ ނިންމާފައި ގެއަށް ދާން މައުވަން އާއި މަލާކްއަށް ނިކުމެވުނީ އެއްފަހަރާއެވެ. މަލާކް ހޮސްޕިޓަލްގެ ގޯތިތެރެއިން ނިކުތް އިރު މައުވަން އިނީ ސައިކަލު މަތީ އޭނަގެ އިންތިޒާރުގައެވެ. “ސައިކަލަށް އަރަންވީނު. އަހަރެން ގެންގޮސްދީފާނަން” މައުވަން ބުނެލިއެވެ. “ނޫން. އޯކޭ.. ހިނގާލާފަ ދެވިދާނެ” ހީލަމުން މަލާކް ބުނެލިއެވެ. އިތުރު އެއްޗެއް ބުނަން ބޭނުންވިއެއްކަމަކު މައުވަންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ސައިކަލުގައި އަތުން ޖަހާލުމަށްފަހު މައުވަން ސައިކަލު ދުއްވާލިއެވެ.
“ކީއްވެތަ ސައިކަލަށް ނޭރީ” މަލާކް އައިސް ކޮޓަރިއަށް ވަނުމާއެކު މައުވަން އަހާލިއެވެ. “ކަމެއްނުވޭ” މަލާކްގެ ޖަވާބުކުރެވެ. “ކަމެއް ނުވަންޏާ އަހަރެންގެ ސައިކަލު ފަހަތަށް އަރައިގެން ގެއަށް އާދެވުނީސްތާ” މައުވަން ބުނެލިއެވެ. މަލާކް ޚިޔާރު ކުރީ ހިމޭންކަމެވެ. ދެންއިވުނީ ރާޖް އައިސް ކާންއައުމަށް ގޮވާލިއަޑެވެ.
“ބައްޕާ ވިޔަފާރި ކަންތައްތައް ކިހިނެއްތަ” ތަށްޓަށް ކާއެއްޗެހި އަޅަމުން މައުވަން އަހާލިއެވެ. މަޒްހަރު ބުނެލީ ރަނގަޅުކަމަށެވެ. އަކްޔަން އިނީ އަނގައިން ނުބުނެއެވެ. ކުރީ ދުވަހުގެ ކަންތަކާ އޭނަ އިނީ ހިތްހަމަ ނުޖެހިފައެވެ. “ބައްޕާ މި ވީކްއެންޑްގަ ރިސޯޓަށް ޖައްސާލަންކަމަށް މިއުޅެނީ” މައުވަން ބުނެލިއެވެ. “ކޮންބައެއް” ނަސްރީނާ ބޭނުންވީ ދަނީ މަލާކް އާއި އެކީ ތޯ ބަލާށެވެ. “ބޮޑުދައިތާ. ދެން މިހާރު ދާނީ ވައިފް އާއި އެއްކޮށެއްނު” މައުވަން ބުނެލިއެވެ. މައުވަންގެ ޖުމްލައާއެކު މަލާކް ދިރުވާލި ކާއެތިކޮޅު ކަރުގައި ތާށިވެ ކޮށިއެރިއެވެ. ވީގޮތް މައުވަންއަށް އިނގުނެވެ. އަދި އަޑި އަޑިން އޭނަ ހީލިއެވެ.
ކޮޓަރިއަށްގޮސް މަލާކް ރިސޯޓަށް ދިއުމާ ގުޅޭ ގޮތުން މައުވަންއާއި ސުވާލު ކުރާނެކަމަށް އޭނަ ހީކުރިއެވެ. އެކަމަކު މަލާކް އެކަމެއް ނުކުރިއެވެ. އާދައިގެ މަތިން ޖައްސާލީ ސޯފާގައެވެ. އިނީ ފޯނާއި ކުޅޭށެވެ. މަލާކްގެ އެ ހިމޭން ކަމުން މިހާރަކަށް އައިސް މައުވަންއަށް އުނދަގޫ ވަނީކީއްވެ ކަމެއް ނޭނގެއެވެ. ބޭނުން ވަނީ މަލާކް އާއި ވާހަކަ ދައްކާށެވެ. އަބަދު މަލާކް ފެންނަ ހިސާބުގައި ހުންނާށެވެ. އަމުދުން އެހެން ފިރިހެނަކާ މަލާކް ވާހަކަ ދައްކަނިކޮށް ފެނިންޖެނަމަ މައުވަން އެ އަންނަ ރުޅި ކޮންޓްރޯލް ކުރަން އުނދަގުލެވެ. އެހެން އެވަނީ ކީއްވެ ކަމެއް މައުވަންއަށް އަދި ނޭނގެއެވެ. ހަޤީޤަތަކީ މައުވަންއަށް ނޭނގި މަލާކް މައުވަންގެ ހިތް އަތުލައިފިކަމެވެ.
“ފްރައިޑޭ މޯނިންގ އެއިޓްގަ ފުރަން ރެޑީވަށްޗޭ” މަލާކް ސުވާލެއް ނުކުރާނެކަން އެނގުމުން މައުވަން ބުނެލިއެވެ. “ކީއްވެ ކުށްލިއަކަށް ރިސޯޓަށް ދާން ތިއުޅެނީ” މަލާކް އަހާލިއެވެ. އޭރުވެސް އޭނަގެން ދިޔައީ ފޯން ސްކްރޯލް ކުރަމުންނެވެ. “ކަމެއްނުވޭ. ހަމަ ހިތަށްއެރީ ދާން. ކުރީދުވަހުވެސް ބައްޕަ ހަނީމޫން ވާހަކަ ދެއްކިއެއްނު. އޭރުން ބައްޕަ ހިތްހަމަޖެހޭނެތްނު” ބުނާނެ އެއްޗެއް ނޭނގުމުން މައުވަން ކަނޑާލީ މަޒްހަރުގެ ބޮލަށެވެ. “ނެކްސްޓް ވީކަށް ހަދަންވީނު. މި ވީކްއެންޑް ވަރަށް ބިޒީ” މަލާކް ބުނެލީ މައުވަން އުއްމީދު ކުރިއެއްޗެއް ނޫނެވެ. “ބިޒީވާން ކޮންކަމެއް އޮތީ؟” މައުވަން ކޮށްލީ ސުވާލެކެވެ. “ބައިވަރު ކަންތައް” މަލާކް ތަފްސީލެއް ދޭކަށް ނޫޅުނެވެ. “އަހަރެން ބުކިންވެސް ހައްދައިފިން” ދަތުރު ކެންސަލް ކުރަން ބޭނުން ނުވާތީވެ މައުވަން ބަހަނާއެއް ދައްކާލިއެވެ. “އެބޮތް ގޮތެއް. ދެމީހުން އެއްކޮށް ގެއިން ނިކުންނާނީ. މައުވަން ދާނީ ރިސޯޓަށް. އަހަރެން ދާނީ ޒާދުމެން ގެއަށް. އެގޭގެ އުޅެނީ އޭނަ ޔާއި އޭނަގެ އަންހެން ކޮއްކޮ އާއި އެކަނި. ވީކެންޑް ނިމެންދެން އެގޭގަ ހުރެފާނަން. އޭރުން ބައްޕަ މެންނަކަން ނޭނގޭނެތްނު” ވިސްނާލަށް އިދެފައި މަލާކް ބުނެލިއެވެ. މަލާކް ބުނެލީ މިވަގުތަށް މައުވަން މަލާކް އެއްމެ ފޮނުވަން ބޭނުން ނުވާތަނުގެ ވާހަކައެވެ. “ފަޅާ އަރައި ފިއްޔާޔޯ” އެގެއަށް ފޮނުވަން ބޭނުން ނުވާކަން ހާމަކުރުމުގެ ބަދަލުގައި ކޮށްލީ ސުވާލެކެވެ. “އެހެއްވިއްޔާ ލުބާ ކާރިއަށް ދާއިރުވެސް ފަޅާއަރައި ފިއްޔާ ހަނދާނެގޮތް ހޯދާފަތާ އޮންނާނީ. އެގޮތަށް ހެދީމަ ނިމުނީނު” މަލާކް ބުނެލިއެވެ. މަލާކް މައުވަން ދައްކާ ވާހަކައަށް ރައްދެން ދެނީ މަދު ފަހަރަކުއެވެ. އެދޭ ފަހަރަކު ވިއްޔާ މައުވަން ޖެހެނީ ހިމޭންވާށެވެ. އިރުކޮޅަކުން މައުވަންގެ ފޯނަން އައީ މެސެޖެކެވެ. އޭގައިވަނީ މަޒްހަރު އާއި ނަސީމާވެސް ރިސޯޓަށް ދާނެ ކަމުގައެވެ. މައުވަން އުފާވިއެވެ. ވަގުތުން މަލާކަށް އެ ޚަބަރު ދިނެވެ. ދެން އިތުރު ގޮތެއް ނެތުމުން މަލާކަށް ޖެހުނީ ދާށެވެ.
ރިސޯޓަށް ގޮސް ސައިބޮއެގެން ހިނގާލަށް ދާން މައުވަން އެދުނެވެ. މަލާކް އިންކާރު ނުކުރީ މަޒްހަރުމެން އެތާ ތިބީމައެވެ. ހިނގާލަށް ދިއެއް ކަމަކު އަންނަން ވަންދެން މަލާކް އުޅުނީ ފޯންގައެވެ. އޭނަ ނިންމަން ޖެހިފައި ހުރި އެކިކަންތަކުގައި އެކި މީހުންނަން ގުޅައިގެން ހަމަޖައްސަނީއެވެ. މެންދުރު ނަމާދު ވަގުތު ޖެހުމުން އައީ ކޮޓަރި އަށެވެ. އޭރު މައުވަން ހުރީ ހިތްހަމަ ނުޖެހިފައެވެ. “ތީދެން ބޮޑުވަރު ދޯ” މައުވަން ބުނެލިއެވެ. “ކޮބާ” މަލާކަށް ނޭނގުނެވެ. “ބޭރަށް ނިކުތީސް ސުރެ ވަންނަން ވަންދެން ތިހުރީ ފޯނުގަ” މައުވަން ބުނެލިއެވެ. މަލާކް ބުނެލީ ކުރިންވެސް އޭނަ ބިޒީވާހަކަ ބުނިކަމުގައެވެ. “އަހަރެންވެސް އޮބެއް ސުވާލެއް. ކޮބާތަ އަސްލު މައުވަންގެ މައްސަލައަކީ ” މަލާކް އެހިއެވެ. މައުވަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “މައްސަލައަކީ ތީ މީހެއްގެ އަތްބެކަން މަލާކް ހަނދާން ނެތޭތީ” ކޮންމެސް އެއްޗެއް ބުނުމުގެ ގޮތުން މައުވަން ބުނެލިއެވެ. “ހަނދާންހުރޭ” މަލާކްގެ އާއްމު އުސޫލުން ކުރުޖަވާބެއް ދިނެވެ.ދެން ފެނުނީ ބަންލާފައި ދޮރު ޖަހާފައި މައުވަން ނިކުމެގެން ދިޔަތަނެވެ.
75 Comments!
Comments are closed.
First dhw.
yes. you are
Yey me first
no. second.
Vvvvv reethi.
Kerp it up dear.
When next part.
Waiting waiting.
Gud morning.
Have a great day.???
*keep*
same to you too
Waiting waiting for the next part
Please avahah up kurahchey
Varah reethi. Thanks dear. Aneh part avahah up kohdheythi ❤
Plssssssss. Nxt part avas…
Next part avahah up kohla dhibala… V reethi mi part vx
adhi miadhu one part up kohla dheebaa pls pls
Love this,
One more part today pls…
yess adhi one part plc . miadhuga
..mi part vc vrh reethi
Wooooow … v nice. ☺☺ mauvan haadha rulhiekey dhw e aeeee. .. star . Dn mi story upp vanyy kn dhuvahakun???
mauvange rulhi madu kuranveeetha
Vvvv reeethi
Varah reethi… Ekam maa kuree
kurutha, i dont think so
Vara salhi MI part ves.awas upload kuranchea next part.
Thank you all. to night i will try to upload
Manje koba????
Star kobaatha…hama beleny iru irukolhaa…dhn up kolladhyba plx
Masha Allah
alhe haadha kurey.. star miah vuren dhigu kollabala..kiyaa hithun huttaa thi ninmaalanii…any ways v v v v v v v reethi ingey..
alhey mi story haadha lahunney up kurany.varah kiyaa hithunney mi hunnany.. alhe mirey up kohdhehchey.. please… ??
Varah furihama ekam thankolheh kuru kan faahaga vey.. varah kiyaahiyyvey adhi upload kollevidhaaanetha??
Vaahaka v reethi.part thah maa kuru. Up kuraaleh maalas. Oh! hus shakuvaa dho? reethikamun. Kiyaahiy vaalwh bodukamun.
Aammu usoolun sweetie shinee kueu javaabekeve.?
Alhe malaak vx mauvan dheke loabi nuveh tha ? ?
Mauvan ulhey goih majaa hehe jealous vegen ulheythee ❤?
Story is damn too nice ❤❤
Waiting for the next part ??
Mirey ga dhw ??
Haadha reachey but maaaa kuree
V rythi
varah reethi akam kuree. dhen konirakun up vaany? ???
Star ⭐️ hama molhee ey dhw! Aslu kiyaahih vaaleh bodu kamun heevani kuruhen! Aslu kureh nun ingey ?!! Keep up the good work ????
Very very nice
Plzz mirey next epsod genesdheeba…….
Plzzzzz one more episodes
Varah rythi vaahaka eh. Hurihaa part eh ekko mikiyaaly. Can’t wait hama. V v v rythi. Next part kon dhuvahakun dear?????
V reethi ❤???
Kobaatha aneh part waiting
Kon irakun vaahaka upload kuraneee
Dear star next part koba?… waiting..
Kon gadiyega up koladaynee v boda ontizaaru kurevay
Alhey konirakun tha up kurany?? Reyga vs up kuraanamey kiyaafa balaa hedhi goiy.☹️ Varah kiyaa hithun mihury. Avahah up kohladhyba star.♥️
Javaabey
Koba tha vaahak?
Mirey up kuranameh kiyaafa
Reyga ves ehen hedhee
Dhen anehkaa reply eh nukuraneh
Vaahaka up nukohdhevenya ves evaahaka bunelyma kiyuntherin hiy hama jeheynee dhw
Star.. kobaatha??haadha inthizaarekey mikurevenee… story reethikamun hama ehkoh kiyaalaahihvanee…
Koba vaahaka ????
im realy sorry. laptop ah mahsala eh dhimaavegen miulhenee ehenve reyga up nukurevunee. adhi hallu vihaa ahahakah story up kohlaanan.In Sha Allah but kureerey dhogeh nuhadhan. i uploaded around 10.30 but admin did not publish it . they published it in the morning.
Dear personal computers ah lep havaalu kolllaba. Gotheh veytho try koddheynan
Hey. Rashuga ey mihuree. N now ok vehjje
Ok vejjiyyaa avahah up kohdhyba star. Varah varah kiyaahithun mihury.
Varah inthixaaru kurevey mi vaahakayah
waiting for next part
Den ragaluveema 2 baa up koladayti v digu intizaarey
haadhadheraey up nuvaathy
esfiyaiga vaahaka liyaa meehunge laptop ah kihineh baa mivany. anoon bahanaa eh nudhahkaa viyyaa.
Lol
Come on dear, eves hama possible kameh dho… ehn nunas hama ekani mi site ga vaahaka liyaa kudhinge lap ekanyeh nun dho halaak vany eh ves…. Ginain beynun kuraa meehunge ehchehi halaak vun avas vumakee ekasheegenvaa kameh dw
Varah nice…waiting❤?
waiting…..waiting….??
when nxt part….
Ebunaa hen dhogeh noon. Mi vahaaka liyaa konme meehehge lap top ah massala mijehenee. Mives dhen ajaaibeh… ?
Avahah next part up kohla dhibala. V kiyaa hithun mihury. When next part ???Waiting…
Kobaa mihurihaa comment taka 1 javaabey namaves libun eden
Kobatha story waiting
Next part v vahah up kohdhevey thw miulhenee .
????
kihaa avaheh vaanebaa????
2 part up koladayti
Avas meaning??
Kihaa avaheh tha… Kihaa irakun tha next part up kohla dheyniii
Koba adhives lap nuhedheytha? Haadha ireh vejjeye mihaaru ekamaku
Star ge dictionary ga avahuge maana akee kobaabaa??
Koba tha vaahaka?
Mihaaru lap ves rangalhu vejjeh ehnu
Dhen ehen v ma vaahaka up kohdheyn v ehnu???
Avahey kihaafa adhives nuvey
Mihaaru mendhuru fahana alhai goss mioh iru ohseny adhives vaahaka nugenes dhevey!
Evves ithubaareh huri meeheh nooonehnu thee ehen v ma
kobaa haadhahaa inthixaarekey mikuranee kofadha hithaamaeh mikuranee kehnuvanee hitthelhenee avas kohladheebala
Hey I don’t know whats happening. I uploaded around 2:10 but admin still not published. I’m contacting him now.