Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(43)

Dhippi Level 4100 Comments10 Stories
December 11, 2017 6 Mins Read
16 Comments

”މިހާރު މިކޮޅަށް އައިތާ ވީކަކަށް ވުރެ ބޮޑު ވީއެއްނޫން… ދެން ކޮންއިރަކުންތަ މާލެ ދާނީ؟ މިހެން މިބުނީ މަންމަ ވެސް މާބޮޑަށް ބަލިވީމަ އެކަމަކު ލީ ބޭނުމިއްޔާ އިޖާ މަޑު ކުރާނަން…!” ރޭގަނޑުގެ ކެއުން ނިއްމާލައިފަ ބޭރު ޖޯލިފަތީގަ ވާހަކަ ދައްކަން ތިބެފަ އިޖާޒު އަހައިލިއެވެ. “ތިކަމާ ލީވެސް މިވިސްނަނީ މަންމަ ބަލިވިއިރު އިޖާ ނެތީމަ މަންމަ ވަރަށް ދެރަ ވާނެ… އަނެއް ކޮޅުން މަގޭ ޗުއްޓީވެސް ހަމަ ވަނީ..” ލީޒާ ވަރަށް ވިސްނާލައިފަ ބުނެލިއެވެ. “އާނ… ތިއީވެސް ރަނގަޅު ވާހަކައެއް… ތިކަމާ ބެހޭގޮތުން ލީގެ ދޮންބެއާ ވާހަކަ ދައްކާލަމާދޯ..؟!” އިޖާޒުއަށް ފެންނަ ގޮތް އިޖާޒު ބުނެލިއެވެ. “މިއަދުވެސް ތިވާހަކަ ދައްކައިފިން އެކަމަކު ދޮންބެމެން އަދި ދާ ޚިޔާލެއް ކުރާހެނެއް ހީނުވޭ..!” ދެރަވެފަ ލީޒާ ބުނެލިއެވެ. “އެއީ ކީއްވެޔޯ؟ އަނެއްކާ މިކޮޅަށް ބަދަލު ވާންތަ އެވިސްނަނީ؟!” ހައިރާންކަމާއެކު އިޖާޒު އަހައިލިއެވެ. “އެހެން ނޫން ކަންނޭގެ… ދޮންބެ ބުނީ އަދި ވީކެއް ފަހުންނޯ އެމީހުން ފުރާނީ… ގެ ކުއްޔަށްދީ ހުރިހާ ކަމެއް ނިއްމާފަ މަންމަމެން ގޮވައިގެންނޯ ދާނީ” އިޖާޒުއަށް އޮޅުން ފިލުވައިދެމުން ލީޒާ ބުނެލިއެވެ.

”އެހެންތަ؟! އެހެންވިއްޔާ ދެން އިޖާ ބުނާނެ އެއްޗެއް ނެތް… ލީ ހުންނަންޏާ އިޖާވެސް ހުންނާނަން އެކަމަކު ލީގެ ޖޮބު ވެސް މުހިންމު އަނެއް ކޮޅުން މަންމަ ވެސް އެހާ ބަލި! ކޮންމެ ގޮތެއް ވިޔަސް އަހަރުމެންނަކަށް ނެތް އެހާ ގިނަ ދުވަހަކު ތިބެވޭކަށްވެސް…!” ކަރު އެލުވައިލަމުން އިޖާޒު ބުނެލިއެވެ. ހަގީގަތުގަ ވެސް އިޖާޒު ހުރީ ވަރަށް ބޮޑަށް ވެސް މާލެ ދާން ބޭނުން ވެފައެވެ. އެހެން ނަމަވެސް ލީޒާ ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން އޭނަ ރުހޭނެ ގޮތަކަށް ކަންތައް ކުރެވޭތޯ ބަލަނީއެވެ. “މަށަށް ފެންނަނީ ދެމީހުން ދާން… ކޮންމެ ގޮތެއް ވިޔަސް މާލެދާން ވަރަށް މުހިންމު.. ޒިއާ ގޮވައިގެން މާލެ ދިޔައިމަ އަހަރެން އެކަންޏެއް ވެސް ނުވާނެއްނޫން.. ދޮގެއްތަ؟” ލީޒާ ވެސް މާލެ ދާން ބޭނުން ވެފަ ހުރީމަ ބުނެލިއެވެ. އަނެއް ކޮޅުން އިޖާޒުގެ މަންމަ ބަލިވީމަ ލީޒާވެސް ބޭނުން ވަނީ ވީހާ އަވަހަށް މާލެ ދާންށެވެ. “ތިބުނީ ރަނގަޅު ވާހަކައެއް އެކަމަކު ލީގެ ދޮންބެއާ ވެސް ވާހަކަ ދައްކައިފަ އޭނަ ވެސް ބުނާ އެއްޗެއް ބަލައިފަތާ ގޮތެއް ނިއްމަންވާނީ..؟ އެހެން ނޫނީ އޭނަ ހިތްހަމަ ވެސް ނުޖެހިދާނެ…” ބުއްދިއަށް ވިސްނުނު އެންމެ ރަނގަޅު ގޮތް އިޖާޒު ބުނެލިއެވެ.

”އާނ.. ތިއީވެސް ރަނގަޅު ވާހަކައެއް ދޮންބެއާ ޓޯލްކު ކޮއްލަންޖެހޭނެ… މަޑުކުރޭ ދޮންބެ ހިނގައްޖެ މިތާ ކައިރި ފިހާރަޔަކަށް.. އައިމަ ދެން އެވާހަކަ ދައްކާނީދޯ..؟!” ލީޒާ ބުނެލިއެވެ. އިޖާޒު ވެސް އިތުރު ވާހަކައެއް ނުދައްކާ އުނޑުމަތިން ފެންނަން ހުރި ތަރިތަކާ ދިމާލަށް ބަލަހައްޓައިގެން އޮތީ މާކިން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

”ހަލޯވް… އަޅެ ކުޑަބެގެ ވަޒޫ އޭ ކިޔާ ކޮއްކޮއެއް ހުރޭތަ؟ މިހާރު އޭނަގެމަތިން ހަނދާން ވެސް ނެތުނީތަ؟!” ވިނާން ފޯނު ނެގުމާއިއެކު ވަޒުނާ ޝަކުވާ ކޮއްލިއެވެ. “ޔަގީންތާ ވަރަށް ލޯބި ލޯބި ކޮއްކޮއެއް ހުންނަކަން! އަދި އެ ކޮއްކޮ މަތިން ހަންދާން ވެސް ހުންނަކަން! އެެހެން ނޫނަސް އެ ކޮއްކޮގެ މަތިން ހަނދާން ނުކޮށް ކާކުގެ މަތިންތަ ހަނދާން ކުރާނީ؟!… ތިއެއް ނޫނެ މާ ނުގަޑިއެއްގަ ތިގުޅައިލީ ކީއްވެތަ؟” އެއްނޭވައިން ވިނާން ވާހަކަ ދައްކަމުން ދިޔައެވެ. “ހެހެ.. އެހެންތަ؟! ލަވްޔޫ!… ކުޑަބެ ނުގަޑިއެއްގަ ގުޅަން ޖެހުނީމަ ޖެހޭނީ ގުޅަންތާދޯ؟ ހޮސްޕިޓަލުގަ ހުރެ ފޫހިވެގެން މިގުޅީ…” ހިނި ގަނޑެއް ޖަހާލައިފަ ވަޒުނާ ބުނެލިއެވެ.

”އެހެންތަ؟!… ހޮސްޕިޓަލުގަ ކީއްކުރަނީތަ؟… ޑިއުޓީގަދޯ” ވިނާން އަހައިލިއެވެ. “އުހު! ނޫން.. ބައްޕަ ނުބުނޭތަ؟ ބައްޕަ މިކޮޅުގަ ހުރެފަ ގެއަށް ދުރު ވީމަ ވަޒޫ މިއައީ…” ވިނާންއަށް ނޭނގޭނެ ކަމެއް ނޭގޭތީ ވަޒުނާ އަހައިލިއެވެ. ”ބައްޕަ ނުބުނޭ ހޮސްޕިޓަލުގަ ހުރި ވާހަކައެއް! މިރޭ ވެސް ބައްޕަ ގުޅި ކިހިނެތްވީތަ އަނެއްކާ؟ ކާކު ބަލިވީތަ؟ މަންމައަށް ކަމެއް ވީތަ؟!” ހާސްވެފަ ވިނާން އަހައިލިއެވެ. “އިރާދަ ކުރެއްވީތީ މަންމަ ހުރީ ހެޔޮހާލުގަ.. މިއުޅެނީ އަލްގެ ބައްޕަ ބާއްވައިގެން! މިއަދު ހެނދުނު މާބޮޑަށް ބަލިވެގެން ދައްކަން ގެނައީ.. އެކަމަކު މާ ބޮޑަށް ހަށިގަނޑު ވީކްވެފަ ހުރީމަ އެޑްމިޓު ކުރީ..!” ހޮސްޕިޓަލުގައި ހުރި ސަބަބު ވިނާންއަށް އޮޅން ފިލުވައި ދިނެވެ. ”އެހެންތަ؟ މިހާރު ކިހިނެތްވަނީ؟ ހާލު ރަނގަޅުތަ؟” ނިދައިފަ އޮތް އަލްޔާގެ މޫނަށް ބަލަމުން ވިނާން އަހައިލިއެވެ. އޭރު ވެސް އަސްލު ވެގެން އުޅެނީ ކީއްކަމެއް އަދި ވާފިރުގެ ބައްޔަކީ ކޮބައި ކަމެއް ވިނާން އަކަށް ނޭނގެއެވެ. “ހާލު ރަނގަޅެއް ނޫން ކުޑަބެ! ވާފިރުބެ ވަރަށް ބަލި! މިއަދު ޓެސްޓުތައް ވެސް ހަދައިފި ރިޒަލްޓް ލިބޭނީ މާދަން އެކަމަކު ވަޒޫ ދެންމެ ރިޒަލްޓްތައް ބަލައިފިން… ގުޅި ގޮތަށް އެވާހަކަ ދައްކަން ނުކެރިގެން މަޖާ ގޮތަކަށް ވާހަކަ ފެއްޓީވެސް.. ކުޑަބެއަށް އިނގޭތަ ވާފިރުބެ ހުރީ ފުއްޕާމެޔަށް ކެންސަރު ޖެހިފަ..!!؟” ވަރަށް ސީރިއަސް ކަމާއެކު ވާފިރުގެ ހާލަތު ވަޒުނާ ކިޔާދިނެވެ.

”ކީކޭ ކެންސަރޭ!! ތިއީ ހަމަ ރަނގަޅު ވާހަކައެއްތަ ތިދައްކަނީ؟“ ގަބޫލް ނުކުރެވިގެން ވިނާން އަހައިލިއެވެ. އޭރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. “އާއެކޭ!! ކުޑަބެ ކީއްކުރަންތަ ވަޒޫ ދޮގު ހަދަންވީ؟ ހަމަ ތެދައް މިބުނީ!” ދެވަނަ ފަހަރަށް ވެސް ވަޒުނާ ބުނެލިއެވެ. “އެހެންތަ؟ ދެން ކިހިނެއްތަ ހަދާނީ؟ ބައްޕަ ވެސް އެހުރީ މިހާރު ރަނގަޅުވެފަ… ބައްޕަޔަށް ވެސް ހެވައި ނުބައި ވިސްނިއްޖެ.. އަނެއް ކޮޅުން އަލް ވެސް ކިތަންމެ ރުޅި އައިސް ހުއްޓަސް ހިއެއް ނުވޭ ލޯމައްޗަށް ފެނުނީމަ އިތުރު އެއްޗެއް ބުނަން ކެރޭނެ ހެނެއް..! ކުޑަބެއަށް ހީވަނީ ދަތުރު ކުރު ކޮއްލައިގެން މާލެ ދާންވީހެން.. ވަޒޫއަށް ފެންނަނީ ކޮންގޮތެއްތަ؟” ވިނާން ބޭނުންވާ ގޮތް ބުނުމަށް ފަހު އަހައިލިއެވެ. “ތިއީ ވަޒޫއަށް ވެސް ފެންނަ އެންމެ ރަނގަޅު ގޮތަކީ ކޮންމެ ގޮތެއް ވިޔަސް ވާފިރުބެގެ ހާލު ވަރަށް ސީރިއަސް!” ވިނާންގެ ބަހަށް ތާއީދު ކުރަމުން އިތުރަށް އޮޅުން ފިލުވައި ދެމުން ވަޒުނާ ބުނެލިއެވެ.

”ހޫމް..! އެހެން ވީމަ ކުޑަބެ މާދަން މާލެ ދެވޭތޯ ބަލާނަން.. ބައްޕަ ކައިރީގަ ވެސް އެއްވެސް މީހަކު ކައިރީގަ ނުކިޔާތި ކުޑަބެ ދާވާހަކަ..!” ވިނާން ބުނެލިއެވެ. “ޔަޕު.. ނުބުނާނަން އެހެން ވީމަ ކުޑަބެ އަންނަން ކޮންފޯމް ވީމަ ގުޅައިތި..” އެކަކު ކައިރީގަ ވެސް ނުބުނާނެ ކަމަށް ޔަގީން ކޮއްދެމުން ވަޒުނާ ބުނެލިއެވެ. “އޯކޭ.. ފުރޭގޮތް ވީހާ އަވަހަކަށް އަންގާނަން އޯކޭ އެއްނޫންނޫންދޯ؟! ދެން މިވަގުތު ބޭއްވީއޭ ކުޑަބެ ވެސް ތަންކޮޅެން ކުރިން ނިދާލަން ބޭނުން އޭރުންތާ އަވަހަށް ހޭލެވެނީވެސް..؟!” އެހެން ބުނުމަށް ފަހު ވިނާން ފޯނު ބޭއްވިއެވެ. ވަޒުނާ ފޯނު ދަބަހަށް ލަމުން މިސްރާބު ޖެހީ ވާފިރު ބާއްވައިފަ އޮތް ރޫމްއާ ދިމާލަށް ދާންށެވެ.

”ދޮންބެ ހާދަ ވަރުގަދަ ފިހާރަޔަކުންނޭ ތިއައީ..! މިތާ ތިބެ ތިބެ މަދިރި ކައި ހުސްކޮށްލައިފަ!” މާކިން އައިސް މެދު ގޯއްޗާ އަރާ ހަމަވިތަނާ ލީޒާ ބުނެލިއެވެ. އޭރު އޭނަ އިނީ މަދިރި ހަފާވަރުން ރުޅި ގަދަވެފައެވެ. “ހެހެ.. އެހެންތަ؟! ނަސީބެއް ނޫން ހުސްނުވެ އެތިކޮޅެއް ހުރިކަންވެސް..!” ޖޯލީގައި އިށީންނަމުން މާކިން ހިނި ގަނޑަކާއެކު ބުނެލިއެވެ. “ނަސީބެކޯ އަދިވެސް އެބުނީ! ކެތްކޮއްލި ކަމަށްޓަކައި ޝުކުރު ވެސް ނުކުރިވިއްޔާ..!” މަދިރި ތަޅަމުން ލީޒާ ބުނެލިއެވެ. “ޝުކުރު ކުރަމޭ! މިހާ ލަސްވަންދެން އެތެރެއަށް ނުވަނދެ ތިތިބީޔޯ..؟ މާ ޚާއްސަ ކަމެއް އޮތީތަ؟” ފިހާރައިން ގެނައި ކޮތަޅުން ބިސްކޯދުޕެކެޓެއް ނަގައިގެން ކަމުން މާކިން އަހައިލިއެވެ. “ވަކި ޚާއްސަ ކަމެއް އޮތީއެއް ނޫން.. ދޮންބެއާ ވާހަކައެއް ދައްކާލަންވެގެން…” އަސްލު ލީޒާ ބޭނުންވާ މައުލޫއަށް ދާން ބޭނުން ވާތީ ވަގުތުން ބުނެލިއެވެ. “އެހެންތަ؟! ކިހައިވަރެއްގެ ވާހަކައެއްބާ؟ އަވަހަށް ފައްޓަބަލަ ހޭވައްލާ ތައްޔާރު!” ޖޯލިއަށް ރަނގަޅަށް ފެތިގަންނަމުން މާކިން ސަމާސާވަމުން ބުނެލިއެވެ.

”ލީމެން މިގަސްތު ކުރަނީ މާދަން ފުރާ އޮޑިން ވިޔަސް މާލެދާން.. މާދަމާއަށް ޗުއްޓީވެސް ހަމަވާނެ.. އަނެއްކޮޅުން އިޖާގެ މަންމަ ވެސް ވަރަށް ބަލި..!” ލީޒާމެން ދައްކަން ބޭނުންވާ ވާހަކަ ލީޒާ ބުނެލިއެވެ. “އާނ.. ތިއީ ވަރަށް ރަނގަޅު ވާހަކައެއް! ޗުއްޓީ ނިމޭ އިރަށް ޑިއުޓީއަށް ނިކުންނަން ޖެހޭނެ.. ދެން އައިސް އިޖާގެ މަންމަ އެހާ ބަލިއިރު އިތުރަށް މަޑު ކުރަން ދޮންބެއަކަށް ވެސް ނުފެނޭ ދެން ލީއަށް އެކަނި ހުރެވޭތަ މާލެ ގޮސްފަ؟” ލީޒާގެ ވާހަކަޔަށް އެއްބަސް ވަމުން މާކިން އަހައިލިއެވެ. “އެކަންޏެއް ނުވާނެޔޭ ޒިއާވެސް ދާނެ..” އެކަނި ނުވާނެކަމަށް ލީޒާ ބުނުމުން މާކިން އެކަމަށް މައްސަލައެއް ނެތްކަމަށް ބުނެލިއެވެ. ލީޒާމެން ހީކުރި ގޮތާ ހިލާފަށް އެޔަށް ވުރެ މާއަވަހަށް މާކިން އެއްބެސް ވިއެވެ. އެކަމާ ވީ އުފުލުން ލީޒާ ދުއްވައިގަތީ އަވަހަށް ޕެކިން ހަދަންށެވެ. ލީޒާ ދިޔައިރު ވެސް އިޖާޒުއާ މާކިން ތިބީ އޮލަ ވާހަކާގައެވެ.

”އޭއި… އޭއި! ހޭލަބަލަ ހައެއް ޖެހީއޭ ހަތެއް ޖަހާއިރު އޮޑި ފުރާނެ ކިރިޔާ ރެޑީ ވެވޭނީވެސް..!” ގަދަ ނިދީގައި އޮތް އިޖާޒުއަށް ގޮވަމުން ލީޒާ ބުނެލިއެވެ. “އޫމް.. ކީކޭ؟! ހައެއް ޖެހީއޭ؟! ހާދަ އަވަހަކަށޭ އިރު އެރީވިސް.. ހާދަ ނިންޖެއް އެބަ އާދެޔޭ..” މޮޔަ ގޮވައިފަ އަނެއްކާވެސް އިޖާޒު ގަދަޔަށް ނިދަން ފެށިއެވެ. “ޕިސް.. ޕިސް! ސާބަހޭ އިޖާ!.. ދެން ހޭލަބަލަ ތިހެން އުޅެނިކޮށް ނުފުރިދާނެ!” އިޖާޒުގެ އަތުގަ ހިފާ ދަމަމުން ލީޒާ ބުނެލިއެވެ. އޭރު ލީޒާ ހުރީ އިޖާޒުގެ ނިދި ގަދަކަމާ މެދު ހިތަށް އަރާ އަންތަރީސް ވެފައެވެ. “ހޫމް.. މި ތެދުވީއޭ އަހަރުން ބަހައްޓާފައެއް އެ އޮޑިއެއް ނުފުރާނެޔޭ! ލީ ތިއުޅެނީ ކޯއްޗެއް ކެވިގެންތަ އަނެއްކާ؟” އެއްލޯ ހުޅުވައިލަމުން ލީޒާއާ ދިމާކޮއްލަން ވެގެން އިޖާޒު ބުނެލިއެވެ. “މަދޯ އެއްޗެއް ކެވިގެން މިއުޅެނީ؟! މީހާޔަށް ހޭވެރިކަން ވިއިރު މަ ލޮޑު ވެއްޖެ އެވަރުން ވެސް އެބަ އަނގަ ގަދަ ކުރޭންނޫން..؟! ދެންވެސް ދޭބަލަ ފެންވަރަން މަންމަ އެބުހުރި ސައި ހަދައިފަ…” ދެ އުޅަބޮށީގަ އަތް ވިއްދައިގެން އިނދެ ލީޒާ ބުނެލިއެވެ. ލީޒާ އިންގޮތުން ހިތަށް އަރާ އަގަޔަށް ވައްތަރު ތަކެއް ޖައްސަމުން އިޖާޒު ގޮސް ވަނީ ފާހާނަށެވެ.

”ދަރިފުޅުމެން ނިމުނީދޯ؟! އާދޭ އަވަހަށް ސައިބޯން.. އަދިވެސް ޒިއާދާ ނުނިކުމޭ.. ދަރިފުޅާ ޝަރާ ދޭބަލަ ޒިއާދާ ހޭލައިފިތޯ ބަލަން..!” ލީޒާމެން ރެޑީވެގެން ދަބަސް ހިފައިގެން ބޭރަށް ނިކުތްއިރު ޝަރާގެ މަންމަ ހައްވަ ސިޓިން ރޫމުގަ ހުރެ އަހައިލިއެވެ. އަދި ޝަރާ ކުރެން ޒިއާދާ ކޮބައިތޯ ބަލަން ދިއުމަށް ބުނެލިއެވެ. ހައްވަ އެހެން ބުނުމާއެކު ޝަރާ ހިނގައިގަތީ ޒިއާދާ އުޅޭ ކޮޓަރިއާ ދިމާލަށެވެ. “ލައްބަ މަންމާ އަޅުގަނޑުމެން ނިމުނީ ދެން އެކަމަކު މަންމަމެން އަވަހަށް އަންނަށްޗޭ..! މަންމަމެން ނެތީމަ ވަރަށް ވަރަށް ފޫހިވާނެ..!” ސޯފައިގަ އިށީންނަމުން ލީޒާ ބުނެލިއެވެ. ”ހެހެ.. މަންމަމެން ދާނަމޭ އަންނަ ހަފުތާގަ ދަރިފުޅަކަށީ ނެތެއް ނޫން މިކޮޅުގަ ހުރެވޭކަށް ވެސް ޒިއާދާ ވެސް ހުންނާނެއް ނޫން..؟! އެހެން ވީމަ ދަރިފުޅު އެކަންޏެއް ނުވާނެތާ…” ލީޒާގެ ބުރަކަށީގަ ފިރުމައިލަމުން ހައްވަ ބުނެލިއެވެ. މަންމައެއް ލިބުނީތީ ލީޒާ ވެސް ހުންނަނީ ލައްކަ އުފަލުންނެވެ. އަނެއްކޮޅުން ހައްވަގެ ހެޔޮކަމުން އެމީހުން އަލަށް ފެނުނުބަޔަކަށް ހައްވަ އަކީ އަސްލު މަންމަ ނޫން ހެން ވެސް ހީނުވާނެއެވެ. އެހާ ވެސް ހައްވަ ލީޒާގެ ދެބެއިންނަށް ހެވެވެ.

”ތޭންކްސް މަންމާ! ކޮބައިތަ ދޮންބެ؟ އަދިވެސް ނުހޭލަނީތަ؟” ހައްވަޔަށް ޝުކުރު އަދާކުރުމަށް ފަހު ތަންތަން ހޯދަމުން މާކިން ކޮބައިތޯ ލީޒާ އަހައިލިއެވެ. “ލީއަށް ހީވޭތަ؟ ދޮންބެ ހޭނުލާ ހުންނާނެހެން..؟! ވެއްޖެ އަނެއް އަވަށް ފިހާރަޔަށް ގޮސް ލީމެންނަށް ދޭން ވެގެން ހަދިޔާ ގަންނަން…” ހައްވަޔަށް އެއްޗެކޭ ނުބުނެވެނީސް ޝަރާ ބުނެލިއެވެ. “އެއީތެދެއް ދަރިފުޅާ..! ރޭގަ އެހާ ދަންވެފަ ހުއްޓާ ވިއްޔާ ދަތުރު ނިއްމީ.. އެހެންވެ މަންމަޔަކަށް ވެސް އެއްވެސް އެއްޗެއް ނުހޯދުނު.. މަންމަ އެކަމާ ދެރަ ވެގެން ވާހަކަ ދެއްކީމަ ދޮންބެ އެދިޔައީ ތިދެކުދިންނަށް ހަދިޔާ ގަންނަން…” އިތުރަށް އޮޅުން ފިލުވައި ދެމުން ހައްވަ ބުނެލިއެވެ.

”އެހެންތަ؟! ދެން ކީއްކުރަންތަ އެވަރަކުން ހޯދާ ސާމާނު ބޮނޑިއެއްތަ؟ މަންމަމެން ދާއިރަކު ވެސް ގެންދެވި ދާނެއް ނޫން..؟!” ކުޑަކޮށް ހިތްހަމަ ނުޖެހޭ ފާޑަކަށް ލީޒާ ބުނެލިއެވެ. ލީޒާ ހިތްހަމަ ނުޖެހުނީ ހަދިޔާއަކީ ކޮންމެހެން އެހާ އޭނަ ގެންދަން ބޭނުން ވާ އެއްޗަކަށް ނުވީމައެވެ. “ހޫމް..! ދެން މާ ޝަކުވާ ނުކޮށް ސައި ބޯން ހިނގާ.. މަންމަ ހުންނާނެ ދަރިފުޅަށް މީރުކޮށް ރިހަހަކުރު ތެލުލައިފަ…“ ސޯފާއިން ތެދުވެ ލީޒާގެ އަތުގަ ހިފައި ނަގަމުން ހައްވަ ބުނެލިއެވެ. “އެހެންވީމަ އަހަރެން ސައިބޯން ކަމެއް ނެތްތާދޯ؟ ލީއަށް އެކަނި ވިއްޔާ މަންމަ މީރު އެއޗެހި ތިހެދީ..!“ ޝަރާއާ ދިމާލަށް އެއްލޯ މަރަމުން އިޖާޒު ބުނެލިއެވެ. އޭނަ އެހެން އެބުނީ ކޮންމެހެން ސައި ނުބޯކަށް ނޫނެވެ. ހަމަ ލީޒާ ރުޅި އަރުވާށެވެ. “ނޫނޭ ދަރިފުޅަށް ސައި ނުބޮވޭނެ ގޮތަކަށް މަންމަ ސައި ނަހަދާނެއް ނޫން..؟! ހުންނާނެޔޭ ކުޅިމަސް ވެސް ހަދައިފަ އާދޭ އަވަހަށް ސައިބޯން…” ހައްވަ ވަގުތުން ބުނެލިއެވެ. ނަސީބަކުން ލީޒާ އިތުރު އެއްޗެއް ނުބުނެއެވެ. ފަހަރެއްގަ ވަގުތުގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ.

”ގުޑު މޯނިން! ލަވް ހާދަ އަރާމުކޮށް ނިދާފައޭ ތިހޭލީ؟” އަލްޔާ ހޭލުމާއެކު ވިނާން ހެވިދިލިފަ ބުނެލިއެވެ. “އޫމް… އަރާމުކޮށްތަ ނިދީ؟ ވިނާ ވެސް އަރާމުކޮށެއް ނޫންތަ ނިދީ؟” މޯޅިއަކަށް ދެމިލައިފަ އަލްޔާ ބުނެލިއެވެ. ”އާނ.. އަރާމުކޮށް ނިދީ.. ދެން އަވަހަށް ފެންވަރައިލަބަލަ ވަރަށް އަވަހަށް ތަނަކަށް ދާން އެބަޖެހެޔޭ..!” ތަންކޮޅެއް ސީރިއަސް ކަމާއެކު ވިނާން ބުނެލިއެވެ. “ކޮންތާކަށްތަ މިހާ ހެނދުނާ ދާންވީ؟“ އެނދުން ތެދުވަމުން އަލްޔާ އަހައިލިއެވެ. “ދިޔައިމައެއް ނޫންތަ އިނގޭނީ؟ އަވަސް ކުރަށްޗޭ.. އެބަ އަންނަން ތިރިއަށް ގޮސްލައިފަ…” އެހެން ބުނެފަ އަވަސް އަރުވައިފަ ވިނާން ނިކުތީ ބޭރަށެވެ. އަލްޔާ އިނީ ވިނާން އުޅޭ ގޮތުން ވާނުވާ ނޭނގި ވިނާން ނިކުތް ތަން ބަލަހައްޓައިގެންނެވެ.

”ހޫމް..! ކީއްކުރަން މިތަނަށް އައީ؟ ޓިކެޓު ނަގާފައެއް ނޫންތަ އޮތީ؟” ޓިކެޓް ނަގަން ދާންޖެހޭތަނައް ގޮސް ވަނުމުން އަލްޔާ އަހައިލިއެވެ. ”އާނ.. ނަގާފައޭ އޮތީ އެކަމަކު ފުރަން އޮތް ދުވަހަށް ވުރެ ކުރިން ފުރަން ޖެހުނީމަ ދާކަށް ނޫންތަ ޖެހޭނީ؟!” ވިނާން ފުން ނޭވާއަކުން ބުނެލިއެވެ. ”އެޔޯ..؟! އަދި ދާކަށް ނުވެއެއްނުނޫން..؟!” ކުޑަ ކުއްޖެއްހެން އަލްޔާ ބުނެލިއެވެ. “ނޫނެކޭ ދޫންޏާ ފުރުން އަވަސް ކޮއްލީއޭ… މިއުޅެނީ މަންމަމެންނަށް ބޮޑު ސަޕުރައިޒެއް ދޭންވެގެން! ގޮސްފަ އަލުން އަންނާނީއޭ…” ވިނާން ބުނެލިއެވެ. މާލެ ދިއުމުގެ ކުރިން ކޮންމެ ގޮތެއް ވިޔަސް މާލެ ދާން އުޅެނީ ކީއްވެކަން އަލްޔާއަށް އަންގާކަށް ވިނާން ބޭނުމެއް ނޫނެވެ. ސަބަބަކީ ވާފިރު ދެކެ އަލްޔާ ރުޅި އައިސް ހުއްޓަކަސް އެހާ ބަލިކަން އެނގުނީމަ ދެރަވާނެ ވަރު އިނގޭތީއެވެ. އަލްޔާ ދެރަވެއްޖެ ނަމަ ވިނާންއަށް އަކަމެއް ތަޙައްމަލް ކުރަން ވަރަށް އުނދަގޫ ވާނެއެވެ.

…….ނުނިމޭ…….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ނޫރު (ނުވަވަނަ ބައި)

Next

ވަންހަނާ (ހަތަރުވަނަބައި)

Next
December 12, 2017

ވަންހަނާ (ހަތަރުވަނަބައި)

Previews
December 11, 2017

ނޫރު (ނުވަވަނަ ބައި)

16 Comments!

  1. Sarah says:
    December 11, 2017 at 11:51 pm

    Finally!! ❤️

    1. Adam says:
      December 11, 2017 at 11:56 pm

      Ya finally thw thanks sarah

    2. Sarah says:
      December 11, 2017 at 11:58 pm

      Alhe haadha kurey mi part ? Story varah varah reethi. Keep it up ! ❤️

    3. Adam says:
      December 12, 2017 at 12:02 am

      Aan dhw avahah up kuran hadhaigen kuruvee balaanan next part hiyhama jahsaalevunees varu veythoa

  2. aish says:
    December 12, 2017 at 7:25 am

    maa haasaru ginakan faahaga kureve ekam ibaarai kurun v reethi
    story ge idea thah ves vvv salhi
    ekam kurin bunihen maa beykaaru baithah gina ii
    Plz don’t take this negatively
    I really like this story overall koh
    ?

    1. Adam says:
      December 12, 2017 at 6:09 pm

      Thanks aish next part ga haasaru madhuvaaneyye kamah balamaa dhw

  3. Ayaashy says:
    December 12, 2017 at 2:19 pm

    Wow varah reethi vaahakaeh… Nd faahaga vi kuryge episode thakaa balaifa mi episode ga ibaaraith kurumaa ehchehi reethi kan… Ur improving dear… Keep it up.. LY?

  4. sana says:
    December 12, 2017 at 5:52 pm

    Wow! dhooni gandaa this part hama super…… When next part?
    Next sad part eh dho…..?
    Keep it up dhoonnii……..?

    1. Adam says:
      December 12, 2017 at 6:11 pm

      Thanks sana dhoonnaa ya sad vaane

    2. Adam says:
      December 12, 2017 at 10:02 pm

      Hehe ehentha kurafi nuhehchey

  5. ham says:
    December 12, 2017 at 5:56 pm

    Alhey this part hama super ingey and you are super writer……. Keep it up Adam??

    1. Adam says:
      December 12, 2017 at 6:12 pm

      Thanks ham

    2. kurafi says:
      December 12, 2017 at 8:40 pm

      hini anany hama ..

  6. Anonymous says:
    December 12, 2017 at 11:05 pm

    Kon iraku next part plx plx plx mirey up koh dheebalaaaaaaa plx plx

  7. mussss says:
    December 12, 2017 at 11:06 pm

    Kon iraku next part plx plx plx mirey up koh dheebalaaaaaaa plx plx

  8. Naani says:
    December 13, 2017 at 8:07 am

    Maa ginain lodu e word beynun kury ma ehaa ehaa eh noon

Comments are closed.

Next Episodeޢެދެމޭ އުފާ….(44)←


All Right Reserved!