ނޭނގި ހިތޭ ތި އަތުލީ 13
މައުވަން މަލާކް އެއީ ކާކުކަން ނިއަމް އަށް ބުނެދޭން ބޭނުންވިއެވެ. އެކަމަކު މިހާރު ކަންތައްވެފައި އޮތްގޮތުން އެކަން ކުރަން މައުވަންއަށް އުނދަގޫވިއެވެ. އަނެއްކޮޅުން ނިއަމް އުޅެނީ ލައިހާގެ ވާހަކަ މައުވަންއާ ހަމައަށް ގެންދާނެ ގޮތެއް ނޭނގިގެންނެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. މިއަދަކީ މަލާކްއަށް އޭނަގެ ފުލްޓައިމް ފުރަތަމަ މުސާރަ ލިބުނުދުވަހެވެ. އަމީނާއަށް ގުޅާފައި އެވާހަކަ ބުންޏެވެ. އަދި މަލާކް އެދޭކަންތައް ހާމަކުރިއެވެ. އެއީ އަމީނާ މާލެ ބަދަލުވުމެވެ. ކުރިންވެސް މަލާކް އެކިފަހަރު މަތިން އެކަންވޭތޯ އުޅެފިއެވެ. އިންކާރު ކުރަނީ އަމީނާއެވެ. ހިލޭމީހެއްގެ ފައިސާގެ ބޭނުން ކުރަން ހިތްނޭދޭތީއެވެ. އެކަން އަމީނާވާނީ ތަކުރާރުކޮށް މަލާކަށް ހަނދާން ކޮށްދީފައެވެ. އެހެންވެ މިފަހަހަރު މަލާކް އެ އެދުނީ އޭނަގެ އަމިއްލަ ޚަރަދުގައި މާލެ ބަދަލުކުރެވޭ ވަރުވީމައެވެ. އަމީނާވެސް އެއްބަސްވިއެވެ. މިފަހަރު ދައްކާނެ އިތުރު ބަހަނާއެއްވެސް ނެތީމައެވެ. އަނެއްކޮޅުން ހުރިހަމައެކަނި ދަރިއާއި ވަކިން އުޅުމަކީވެސް ފަސޭހަކަމެއް ނޫންވިއްޔާއެވެ.
ހަވީރުގެ ވަގުތެވެ. މަލާކްއިނީ ކާގޭގައި އައިސްކްރީމް ކާށެވެ. އެވަގުތު އެތަނަން ވަދެގެން އައީ ނަސްރީނާ އާއި ލުބާއެވެ.”ތިތާ އައިސްލްރީމް ކާން އިންނަން ވީކީ ނޫން ދޭބަލަ އަހަރެމެންނަން ދެ ތަށި ކޮފީ ބޭރު މޭޒަށް ގެންގޮސްދޭން” ނަސްރީނާ އެންގިއެވެ. ބޭރުން ގެއަށް ވަތް މައުވަން އަށާއި އަކްޔަން އަށް މިއަޑު ރީތިކޮށް އިވުނެވެ. ” މިގޭގެ އުޅޭ ވެރިންނާއި ގެންގުޅޭ މީހުންވެސް ބޮޑުދައިތައަށް އޮޅެނީތަ މިހާރު” ހިތްހަމަ ނުޖެހިފައި އަކްޔަން ބުނެލިއެވެ. މައުވަން ހުރީ މަޑުންނެވެ. “ބަލަ އަހަންކަށް ނޭނގެ އެއީ މިގޭ ވެރިމީހަކަމެއް” ނަސްރީނާ އަވަސް ރައްދެއްދިނެވެ. “ދޮންބެގެ ވައިފްވާނީ ހަމަ މިގޭގެ ވެރިއަކަށޭ. އަކްޔަންވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ. “ބަލަ އޭނަގާތު ކޮފީ ހަދާށޭ ބުނީމަ އަކްޔަންއަށް ހާދަވަރެކޭ ތިވީ. މައުވަންވެސް އެހުރީނު މަޑުން. އެހެން ނޫނަސް މައުވަން ނޫޅެ މަލާކްއަށް މިގޭވެރިކަން ދީގެން އޭނައާ އިނދެގެން އުޅޭކަން.މަޒްހަރު ހިތްހަމަ ޖައްސާލަށް ކުރި ކައިވެންޏެއްކަން އެއްމެނަވެސް އެނގޭދޯއެއީ” ނަސްރީނާ މަލާކްއަށް މަލާމާތް ކޮށްލިއެވެ. މައުވަން މަލާކްގެ ދިފާއުގައި އެއްޗެއް ބުނަން ބޭނުންވިއެއްކަމަކު އެކަން ކުރާކަން ނުކެރުނެވެ. އޭނަ އެތަނުން ނިކުމެގެން ދިޔައީއެވެ. އަކްޔަން ނިކުތީ މަލާކް ގޮވައިގެން ބޭރަށެވެ.
ދުވަސް ތަކަކަށްފަހު މިއަދު ނިއަމް އަނެއްކާވެސް މަލާކްއަށް ކޮފީއަށް ދައުވަތު ދީގެން ގެނައެވެ. ދެމީހުން ތިބީ ހޮސްޕިޓަލްގެ ކެންޓީންގައެވެ. ދައްކަމުން ދިޔައީ ހޮސްޕިޓަލްގެ އެކިވާހަކަތަކެވެ. އިރުކޮޅަކުން ފެނުނީ މައުވަން އަންނަތަނެވެ. އެދުވަހުގެ ފަހުން ތިންމީހުން ދިމަލެއްނުވެއެވެ. އެކަމަކު ނިއަމް ދޭތެރެއަކުން މަލާކްއާއެކީ ކޮފީއަށް އާދެއެވެ. މަލާކް ފެނުމުން މައުވަން ސިހުނެވެ. ނިއަމް ދައުވަތު ދިނީ އޭނަޔާއެކު ކޮފީއަށް އައުމަށް ވިއްޔާއެވެ. މަލާކްއިންކަން އެނގުނުނަމަ އޭނަ ނައީހެވެ. މަލާކް ކުރިމަށްޗަށް އަރަން ކުރިން އޭނަވީ ފޫއްސެވެ. އެކަމަކު މިހާރު ވަނީ ޖެހެލުމެވެ. ކީއްވެކަމެއް ޚޮދު މައުވަންއަކަށް ވެސް ނޭނގެއެވެ. މައުވަން އިށީނެއްކަމަކު އެދެމީހުން ދައްކަމުން ދިޔަ އެއްވެސް ވާހަކަ އެއްގައި ބައިވެރިއެއް ނުވެއެވެ. އެގޮތް ނިއަމް އަށް ކަމަކުނުދިޔައެވެ. “ތިއޮށް އަނގަ ގަދަ މީހާ މާމަޑުން ތި އިނިއްޔޯ” ނިއަމް ބުނެލިއެވެ. “އަނެއްކާ ކަމެއްގޯސްވީތަ” ނިއަމް އިތުރުކޮށްލިއެވެ. މައުވަން ނޫނެކޭ ބުނެލީ ބޮލުންނެވެ. “މަލާކަށް އިނގޭތަ. މީނަ މެރީކޮށްގެން އުޅޭތާ ސިކްސް މަންތަށްވުރެ ގިނަދުވަސް ވެއްޖެ. އެކަމަކު އަދިވެސް މަށަށް ވައިފް ދައްކާނުލާ އެ އުޅެނީ. އެކަމަކު ބެސްޑްފްރެންޑްސްއޯ..” ކޮފީތަށިން ކޯވަރެއް ބޯލަމުން ނިއަމް ބުނެލިއެވެ. “އިންޓްރޮޑިއުސްކޮށްދޭންވެސް ކަމުނުދާ ވަރުގެ ވައިފް އެއް ކަންނޭގެ އެއްނު” މައުވަން އެއްޗެއް ބުނުމުގެ ކުރިން އެކަން ކުރީ މަލާކްއެވެ. މައުވަން ބުނެލީ އަދި ވަގުތު ނުވަނީ ކަމަށެވެ. ” މައުވަންއަށް ވަގުތު ވުމުގެ ކުރިން އަހަންނަން ހީވަނީ މަލާކްގެ ފިރިމީހާވެސް މަށަށް އިންޓްރޮޑިއުސް ކޮށްދޭނެހެން. އޭ މިހެން ބުނެވުނީމަ މި ހަނދާންވީ. މަލާކް ފިރިމީހާ އުޅެނީމާލޭގަތަ. އަބަދުވެސް ޑިއުޓީއަށް އަންނަނީވެސް ދަނީވެސް އެކަނި ނޫނީ ޓެކްސީ އެއްގަވިއްޔަ؟ “އޭނަ ވެސް އުޅެނީ މާލޭގަ. އެކަމަކު އެކަނި އުޅެން ދަސްކުރަން ވާނެއްނު. ވަރިކޮށްލާފަ އެއްލާލާނެ ދުވަހެއް ނޭނގޭނެއްނު ދޯ މައުވަން” މަލާކް ޖަވާބު ދިނީ ހިނިތުންވުމަކާ އެކީގައެވެ. ނިއަމް ހިތުން މަލާކް އެޖަވާބު ދިނީ މަޖަލަކަށެވެ. ހަޤީޤަތަކީ އެއީ މައުވަންއަށް އެއްލި ގާގަޑެއްކަމެވެ. މައުވަން އަނގައިން ބުނާ ޚިޔާލެއް ނުކުރިއެވެ. “މަލާކް ވަރިކޮށްފަ އެއްލާލާނީ ހަމަޤައިމުވެސް މޮޔައެއް ދޯ މައުވަން” ނިއަމް މިހެން ބުނުމާއެކު އިޚްތިޔާރަކާ ނުލާ މައުވަންއަށް ބުނެވުނީއާއެކޭއެވެ.
ނަސީމާ މަޒަހަރުގެ ހުއްދަ ހޯދައިގެން އަކްޔަން އިންނާނެ ކުއްޖެއް ހަމަޖެއްސިއެވެ. އަދި އެވާހަކަ އަކްޔަންއާހަމައަށް ގެންދިޔައެވެ. އަކްޔަން ވަގުތުން އިންކާރު ކުރިއެވެ. އަދި އޭނަ ވަނީ ހަޔާތުގެ ބައިވެރިއަކު ހޯދައިފައިކަމަށް ބުނެލިއެވެ. މަޒްހަރު ބުނެލީ އެހެންކަމަށްވާނަމަ އަކްޔަން އެދޭ ކުއްޖަކާ ގުޅުމަކުން މައްސަލައެއް ނެތްކަމުގައެވެ. ނަސީމާ އެދުނީ އެކުއްޖާ ގެއަށް ގެނައުމަށެވެ. އަދި އޭނަޔާ ބައްދަލްކޮށްފައި ނޫނީ ވަކި އެއްޗެއް އޭނަ ނުބުނާނެކަމަށް ނަސީމާ އެންގިއެވެ. އަދި ދަރީންގެ ކަންކަމުގައި މަޒްހަރު މާ ފަރުވާކުޑަކަމަށް ބުނެލިއެވެ. ދަރީންނަން ފުރުސަތު ދީފައި ނޫނީ އެކަހަލަ ކަންކަމުގައި މަޒްހަރު ގޮތެއްނުނިންމައެވެ.
ޑްރީމް ހޮސްޕިޓަލްގެ ފަރާތުން އަތޮޅު ތެރޭގައި ހިންގާ މެޑިކަލް ކޭންޕެއްގައި ރާއްޖެތެރެއަށް ދާން ނެގި ޑޮކްޓަރުންގެ ތެރޭގައި މަލާކް ހިމެނުނެވެ. އަދި ޓީމްގެ އިސްމީހެއްގެ ގޮތުގައި ހަމަޖެހުނީ މައުވަންއެވެ. އެކަން މަލާކަކަށް ނޭނގެއެވެ. އޭނަ އެ ކޭޕްދާން އެއްބަސްވީ ޑޮކްޓަރުންގެ ގޮތުގައި ދާ ލިސްޓްގައި މައުވަންގެ ނަން ނެތީމައެވެ. މައުވަންގެ ނަން ލިސްޓްގައި ނެތީ އޭނަ ދާންހަމަޖެއްސީ ހޮސްޕިޓަލްގެ މޭނެޖްމޭންޓްގެ އިސްފަރާތެއްގެ ގޮތުގައި ކަމަށްވާތީއެވެ. ކުއްލިކަމެއްގައި ނިއަމް އަށް ދެވެން ނެތިގެން ބަދަލުގައި މައުވަން ހަމަޖެއްސީއެވެ.
ޑިއުޓީ ނިންމާފައި ގެއަށް ގޮސް މަލާކް މައުވަންގެ ކިބައިން ކޭމްޕް ދިއުމުގެ ހުއްދައަށް އެދުނެވެ. މައްސަލައެއް ނެތްކަމުގައި މައުވަން ބުނެލިއެވެ. އަދި އޭނަވެސް ދާންހަމަ ޖެހިފައިވާކަން ހާމަކޮށްލިއެވެ. މައުވަން ދާނަމަ މަލާކް ދާކަށް ބޭނުމެއް ނުވެއެވެ. އެދެމެދުގައިވާ ގުޅުން މީހަކަށް އެނގޭކަށް އޭނަ ބޭނުމެއްނޫނެވެ. މަލާކް ފޯން ނަގައި އޭނައަށް ދެވެން ނެތްކަމަށް ބުނެ ނިއަމްއަށް މެސެޖް ކޮށްލިއެވެ. ވަގުތުން ރިޕްލައި އައީ ސުވާލު މާކަކުންނެވެ. ކުޑަކަމެއް ދިމާވެގެން ކަމަށް ބުނެ މަލާކް ޖަވާބު ފޮނުވާލިއެވެ. ދެން އަނެއްކާވެސް ނިއަމް ފޮނުވި މެސެޖްގައިވަނީ މާދަމާ އެވާހަކަ ދައްކާނީކަމުގައެވެ.
“މަންމަގެ ވާހަކަ ހުރިގޮތުން އަހަންނަންހީވަނީ ފަހަރެއްގަ މަންމަ ނުރިހިދާނެހެން” އަކްޔަން އިނީ މަލާކްގާތު އަލާގެ ވާހަކަ ދައްކާށެވެ. އެކަން ކުރިންވެސް މަލާކަށް އިނގުނެއްކަމަކު އަކްޔަންގާތު އެވާހަކަ ހިއްސާކުރާކަށް މަލާކް ގަސްތެއްނުކުރިއެވެ. އަކްޔަން މާޔޫސްކޮށްލަން މަލާކް ބޭނުންނުވީއެވެ. ބަދަލުގައި މަލާކް ބުނެލީ ނަސީމާ އާއި އަލާއާއި ބައްދަލު ކުރުވުމަށެވެ. އޭރުން ދެން ވާގޮތް އެނގިދާނެއޭބުނެ މަލާކް އަކްޔަންއަށް ހިތްވަރު ދިނެވެ.
ނިއަމް ފަހުން އުޅެގެންވެސް މަލާކްގެ ނިންމުން ބަދަލުވުމެގެ ތަފްސީލެއް ނުލިބުނެވެ. ފަހުންވެސް މަލާކް ދިނީ ކުރިންވެސް ދިން ޖަވާބެވެ. މަލާކް ނުދާކަން މައުވަންއަށް އެނގުނީ އެދުވަހުގެ ބްރޭކް ގަޑީގައެވެ. ނިއަމް ހާމަކުރި ގޮތުގައި މަލާކް ނިންމުން ބަދަލުވީ ކުއްލިއަކަށެވެ. މެސެޖް ކުރިވަގުތުވެސް ނިއަމް ބުނެލިއެވެ. ވީގޮތް މައުވަންއަށް އެގުނެވެ. އަދި އޭނަ ވެސް މަލާކްއާ އެވާހަކަ ދައްކާލާނެ ކަމަށް ބުނެލިއެވެ.
އެދުވަހު ޑިއުޓީނިންމާފައި މައުވަން ގެއަށް އައިއިރު މަލާކް އިނީ ކޮޓރީގެ ބެލްކަނީގައި ކޮފީއެއް ބޯށެވެ. “އަހަރެން ހިޔެއްނުކުރަން އަހަރެންދެކެ ތިހާ ފޫހިވާކަމަކަށް” މައުވަންގޮސް ބެލްކަށްޏަށް ނިކުމެ މަގުމަށްޗަށް ނަޒަރު ހިންގާލަމުން ބުންޏެވެ. މަލާކް ފަރާތުން ޖަވާބެއް ނައުމުން މައުވަން އެނބުރިލީއެވެ. އަދި މަލާކްއާއި ނަޒަރު ސީދާކޮށްލިއެވެ.”އަހަންނަން ބުނެވުނުތަ މައުވަންދެކެ ފޫހިވެޔޭ؟” މަލާކް ކޮށްލީ ސުވާލެކެވެ. “އަހަންނަން އިނގޭ އަހަރެންދާތީކަން ކޭމްޕް ނުދާނަމޭބުނީ” ރެއިލިންގައި ލެނގިލަމުން މައުވަން ބުނެލިއެވެ. މަލާކްއެކަމަށް އެއްބަސް ވެލިއެވެ. އަދި އޭގެ މާނައަކީ މައުވަންދެކެ ފޫހިވުންނޫންކަމުގައި މަލާކް ހާމަކުރިއެވެ. އަދި މައުވަންއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ މަލާކް ދިޔައީއެވެ.
މެޑިކަލް ކޭމްޕް ދާން ފަހުވަގުތު މަލާކް އެއްބަސްވިއެވެ. އެއްކޮށްއުޅޭ ޑޮކްޓަރުންނާއި ބައެއް އެހެން ސްޓާފުން މާ ބޮޑަށް އާދޭސް ކުރަން ފެށުމުންނެވެ. ގާތް ގަނޑަކަށް އެޓީމްގައި 10 ވަރަކަށް ސްޓާފުން ހިމެއެވެ. ގާތް ގަނޑަކަށް ހަފުތާއެއްގެ އެ ދަތުރަށް މަލާކްމެންފުރިއެވެ.
މަލާކްމެން ފުރަތަމަ ދިޔައީ ރ އަތޮޅަށެވެ. ކޭމްޕް ކުރިއަށް ގެންދިޔައީ އުގޫފާރުގައެވެ. ފެރީގައި އަތޮޅުގެ އެހެން ރަށްރަށުން މީހުންނަން އައުން ފަސޭހަވާނީ އޭރުން ކަމުގައިވާތީއެވެ.
ޑްރީމް ހޮސްޕިޓަލްގެ ޓީމް އެއްމެން ތިބީ އެއްގެއެއްގައި ކޮޓަރި ޝެއާ ކޮށްގެންނެވެ. އެކަމުގެ ސަބަބުން ޑިއުޓީ ނިންމާފައި ލިބޭ ހުސްވަގުތު ތަކުގައި ގޭތެރޭގައި ފޯރި ވަރަށް ގަދައެވެ. އެކަކު އަނެކަކާ ދިމާކުރުމާއި ތަފާތު ގޭމުތަށް ކުޅުން އޮވެއެވެ. މައުވަން އާއި މަލާކްވެސް މިކަންކަމުގައި ބައިވެރިވިއެއްކަމަކު އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. އެކަމުވެސް ވަށްކަޅިން ދެމީހުންވެސް އެކަކު އަނެކަކަށް ސަމާލިކަން ދެއެވެ. މި ފޯރި ގަނޑުގެ ތެރެއިން މައުވަންއަށް އެއްކަމެއް ފާހަގަ ވިއެވެ. ޑޮކްޓަރ ޒާދު މަލާކްއާއި ޚާއްސަ ގޮތެއް ބަހައްޓާކަމެވެ. ކާގަޑި ތަކުގައިވެސް މަލާކް އާއެކު ނޫނީ އޭނައަށް ކާންދެވޭކަމަކަށް ނުވެއެވެ. މަލާކްއާ ދިމާކޮށްލަން މީހަކު އެއްޗެއް ބުންޏަސް ވަގުތުން ޒާދު މަލާކް ދިފާއު ކުރެއެވެ. މި ކަންތައްތައް މިހެން ވާން ފެށުމުން މައުވަންއަށް ދިޔައީ އުދަނގޫ ވަމުންނެވެ.
އުގޫފާރަށް ގޮސް ތިންވަނަ އަށްވީ ދުވަހުގެ ރޭ ޑިއުޓީ ނިންމާފައި ގެއަށް އައިސް އިރުކޮޅަކުން އެންމެން ނިކުތީ ހިނގާލަންދާށެވެ. މަލާކް އާއި ރަނާއާ ދެމީހުން އެބައަންނަމޭބުނެ ތަންކޮޅަކަށް ގޮސްލާފައި ވަނީ އެތެރެއަށެވެ. ރަނާ ފާޚާނާ އަކަށް ދާންވެގެން ނެވެ. ރަނާ އާއި މަލާކް އުޅެނީ އެއްކޮޓަރީގައެވެ. ރަނާ އަކީވެސް ޑޮކްޓަރެކެވެ. ރަނާ ފާޚާނާއަށް ވަނުމުން މަލާކް ގޮސް ވަނީ ޒާދުމެން އުޅޭ ކޮޓަރިއަށެވެ. ޒާދު އާއި އެކީ އުޅޭ އަނެއްކުއްޖާގެ ވޮލެޓް ގެނެސް ދޭށޭ ބުނުމުންނެވެ. އެމަންޒަރު ފެނުނުނީ ކޮޓަރިން ނިކުމެ ނިކުމެ ހުރި މައުވަންއަށެވެ. އެމަންޒަރު ފެނުމުން މައުވަން މަޑުކުރީއެވެ.މަލާކް އެކޮޓަރިއަށް ވަތްއިރު ކޮޓަރީގައި ޒާދު އުޅޭކަމެއް އޭނައަކަށް ނޭނގެއެވެ. މަލާކް ލައިޓް ޖައްސާލި އިރު ޒާދު އޮތީ އެނދުމަތީގައި ފޯނެއްގައެވެ. އަދި މަލާކް ހިނގާލަން ނުދަނީތޯ އެހުމުން އަތުގެ އިޝާރާތުން މަޑުކުރުމަށް އެންގިއެވެ. މަލާކް ވޮލެޓް ހިފައިގެން ޒާދު ނިމެންދެން މަޑުކޮށްލިއެވެ. ދެން ކޮޓަރިން ދެމީހުން އެއްކޮށް ނިކުމެގެން ދިޔައީއެވެ. އެވަގަތު ޒާދު ބުނި އެއްޗަކުން މަލާކް ދިޔައީ ހެމުންނެވެ. މިމަންޒަރު ވެސް ބަލަންހުރީ މައުވަންއެވެ. ދެން އިރުކޮޅަކު މަޑުކޮށްލުމަށް ފަހު މައުވަންވެސް ގެއިން ނިކުމެގެން ދިޔައީއެވެ.
ރ އަތޮޅު ނިންމައި މައުވަންމެން ދިޔައީ ބ އަތޮޅަށެވެ. މަޑުކުރީ އޭދަށީގައެވެ. އޭދަފުއްޓަށް ދިޔަދުވަސް ހަމަޖެއްސީ އޮފް ދުވަހެއްގެ ގޮތުގައެވެ. ދަތުރު ވަރުބަލިވެސް ވާނެތީއާއި އެކުގައެވެ. އެދުވަހު މަލާކް އުޅުނީ ކުޑަކޮށް ބޮލުގައި ރިއްސާތީއެވެ. ކެތްނުވާވަރު ވުމުން ރަނާގާތު ބޭސް ގުޅައެއް ގަނެދޭން ދާށޭ ބުނުމުން ފޮނުވީ ޒާދުއެވެ. ޒާދު ގާތު މަލާކް ބަލިވެ އުޅޭތީކަމަށް ބުނަމުންނެވެ. ޒާދު އައީ ބޭހާއި ޖޫސް ޕެކެޓަކާއި ދެތިން އޮރެންޖް ގަނަގެންނެވެ. ސިޓިން ރޫމަށް ވަނުމާއެކު އެތާތިބި މީހުން ބަލިމީހަކަށް ގޮވާލަން ދާން އުޅެނީ ތޯއޭ ކިޔާ ޒާދު އާއި ދިމާކޮށްލިއެވެ. ދެރަނުވާންވެގެން މިގޭގަ އޮތް ބަލިމީހަކަށް ގޮވާލަން އައީކަމަށް ޒާދުވެސް ބުނެލިއެވެ. ކާކުތޯ އެހުމުން މަލާކް ކަމަށް ބުނެ މަޑުކުރުމެއް ނެތި މައުވަން ދިޔައީ މަލާކްގެ ކޮޓަރިއަށެވެ. އެވަގުތު މައުވަންވެސް އެތާއިނެވެ. ބަލިވީމަ މަލާކް އޭނަ ކާރީ ނުބުނީމަ މައުވަން ހިތްހަމަ ނުޖެހުމެވެ.
ޖެހިގެން އައިދުވަހު އެހެންމީހުނާއެކު މަލާކްވެސް ޑިއުޓީއަށް ނިކުތެވެ. އަދި ބަލިމީހުން ބަލަށް ހަމަޖެހިފައިވާ ކޮޓަރިއަށް ވަދެ ހަމަޖެހިލުމާއެކު ފެނުނީ މައުވަން އައިސް ވަތްތަނެވެ. އިއްޔެއިއްސުރެ މަލާކް އާއި އަނގައިން ނުބުނެވިގެން މައުވަން އެ އުޅެނީ މަލާކް އެކަނި ހުއްޓައި ނުފެންނާތީއެވެ. “އިނގޭތެ އަހަރެންމީ މަލާކްގެ ފިރިމީހާކަން” ހިތްހަމަ ނުޖެހި ހުރެ މައުވަން އެހިއެވެ. އޭނަ ހުރީ ކޮޅަށެވެ. މަލާކް އާއެކޭ ބުނެލީ ބޮލުންނެވެ. “އެހެން ވިއްޔާ ހަލާލު ފިރިމީހާ ހުއްޓާ ބަލިވީމަ ބޭސްގަނެދެން ހިލޭ ފިރިހެނުން ގާތު ބުނާކަށް ނުޖެހޭ” މަޑުން ބުންޏެއް ކަމުގައި އަޑުގައި ވަނީ ރުޅިއެވެ. “އަހަންނެއް ނުބުނަން” އެވަރުން މަލާކް ފުއްދާލިއެވެ. “ނުބުނާނަމަ އޭތި މީތި ގަނެގެން އަންނާކަށް އޭނައަކަށް ނޭނގޭނެ ދޯ” މައުވަން ބުނެލިއެވެ. “މައުވަން ގާތު އެއްމެން ތެރޭ ގޮސް އަހަރެން ގޮސް ބުނަންވީތަ އޭ ފިރިމީހާ މަށަން ބޭސްގަނެދީ؟ އޭރުންވެސް މައުވަން ރުޅިއަންނާނީ ހަމަ އަހަރެންދެކެ” މަލާކް ހިތްހަމަ ނުޖެހުނެވެ. އަދި އޭނައަށް ލަސްވާކަމަށް ބުނެ މައުވަން އެތަނުން ނިކުތުމަށް އެދުނެވެ.
ހަފުތާއެއްކޮށްފައި މަލާކްމެން މާލެ އައެވެ. މައުވަންހުރީ އެދުވަސް ތަކުގައި މަލާކް އާއި ޒާދުގެ ގާތްކަމުން އުދަގޫވެފައެވެ.
މާލެ އައުމަށްފަހު މަލާކް ބެލީ ތަނެއްކުއްޔަށް ހިފާފައި ވީހާވެސް އަވަހަށް އަމީނާ މާލެ ގެނނެވޭތޯއެވެ. އަދި ވަރަށް ފަސޭހައިން އޭނައަށް އެއްކޮޓަރީގެ އެޕާޓްމެންޓެއް ލިބުނެވެ. މިކަންތައް ތައް ހަމަޖައްސަށް އުޅެންޖެހޭތީވެ މަލާކް އުޅުނީ ވަރަށް ބުރަކޮށެވެ. ގޭގައި މަޑުކޮށްލެވެނީވެސް ކުޑަވަގުތު ކޮޅަކަށެވެ. “އަހަންނަން އަހާލެވިދާނެތަ ހަތަރު ދަމު މަލާކް ތި އުޅެނީ ކޮންތާކުތޯ؟” ރޭގަނޑު އެގާރަޖެހިފަހުން ގެއަށް އައިސް ވަތް މަލާކްއާއި މައުވަންގެ ސުވާލު ކުރިމަތި ވިއެވެ. “އެކިތަންތާ އުޅެނީ” މަލާކް ޖަވާބުދިނެވެ. “ކީއްކުރަނީ؟” އަނެއްކާވެސް މައުވަންއެހިއެވެ. “އެކި ކަންތަން ކުރަނީ” ތުވާލި ހިފައިގެން ފާޚާނާއަށް ދަމުން މަލާކް ބުނެލިއެވެ. ދެން ފެނުނީ އެދުގައި އޮށޯވެ އޮތް މައުވަން އައިސް މަލާކްގެ ކުރިމައްޗަށް އެރިތަނެވެ.”ތިއަށްވުރެ ތަފްސީލްކޮށް އަހަރެން ބޭނުން އެގެން” މައުވަން ބުނެލިއެވެ. “އަހަރެންވެސް ނުބަލަމެއްނު ލުބާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ވަދެ މައުވަން ކުރާކަންތަކެއް. އަނެއްކޮޅުން އެކި ފަހަރު އެކި އަންހެން ކުދިން ގޮވައިގެން ސައިކަލަށް ލައިގެން ގޮސް ދާތަނަކާ ކުރާކަމަކާވެސް ނުބަލަމެއްނު.” ހަމަޖެހިލާފައި މަލާކް ބުނެލިއެވެ. އެޔާއެކު މަލާކް ގޮސްވަނީ ފާޚާނާއަށެވެ. މައުވަންއަށް ހުރިގޮތަށް ހުރެވުނީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.




V interesting. When nxt part.
Vvv reethi ekam kuru veema varah dheravey
Next part kiyaalan libeyvaru vaanee kon irakun
Maasha Allah..stry vv rythi…alhe avahah up koddhehchey
wow
wow haadha reyhchey…. superb…
Wow varah reethi.. when nxt part
Wooooow. .. very nice story. .avahah up kohdhehcheyy ☺??❤❤
Wow…. Very nice. When is the next part??????
Just waiting
This story is really interesting
Love reading this???
Avahah up kohdhechey
Wow wow very nice avahah up kohdhey thi please ❤???????
mi part ves varah furihama… next part avahah up kohla dheebaa pls
Woww vvvvv salhi mi part vess.keep it up dear.
When next part.waiting 4 next part.upload soon ingey dear.
Gud nyt.????
Very nice nd waiting for next part….
Wen next party…..
hahaha.. malaak U’re great …
vrh majaa.. mauvaan hunnane c levifa.
.e ii myhuna kiyevaru myheh noon …
Nice!
Keep it up.
Evves comment ka javaabey nudinun mee v hitaama kuraakamey vaahaka v sali lasvanee kihiney vegen kamey up kodaynee kon duvahakun kan naygi tiben jehun v deravay koneme fahareyge baya ves day comment taka komeves javaabey dinun eden
I agree with you! The writer should reply to the comments. Dhen bunaaneh busy eh time eh nuveyye. Time akee hoadhyma libey echeh! Nooon tha Rashee??? Ehen writers ves readers ge comments thaka answer kurey! Gabool kuran kameh dhima vegen upload nukurevidhaane but can’t accept the same excuses everyday
Heheh. Haadha rulhi aeee. I’m sorry . I do reply dhw. Kn me comment akah vaki vakin reply kuran ehaa faseyha ehnooon.
wow varah reethi mibaives dhen konirakun up kohdheynee pls avas kohladeythi igey?????
Thank you all. I will try to upload next part tonight.
Masha Allah v reethi
Nyc…keep it up… mauwaan e iny olhifa dhw name in
I can’t wait to read next part. It so nice
Inthixaaruga….?
Waiting
Mirey kihaa iraku tha up kohdheveyny star? Varah kiyaa hithun mihury.?
Mirey kihaa iraku tha up vaany ??? Waiting
Kihairaku ????? waiting
Kihaa iraku vaahaka upload kuranee????
Kihaa iraku tha vaahaka up vaany??
kbr tha nxt part
Waiting for the story!
Kihaa iraku up vaany?
Star alhe mirey up nukuranytha???
Adhives up nukuraneetha??