Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ގޮމަ

Dhern Level 510 Stories100 Comments100 Login100 Stories500 Comments
January 14, 2018 2 Mins Read
7 Comments

ފުރަތަމަ ނަޒަރުން ހިތް ކަތިލެވުމަކީ މަދުން ނަމަވެސް ވާކަމެކެވެ. ކާކު ކަމެއް ނޭނގި ނަމަވެސް ބޭރު ފުށުން ފެންނަ ރީތިކަމުގެ މައްޗަށް އިންސާނާގެ ހިތް ލެނބުން އެއީ މިހާރު އާކަމެއް ނޫނެވެ. އަޅުގަނޑުގެ ޤަލަމުން މިފަހަރު ކިޔާލަ ދޭން މި އުޅެނީ މިފަދަ ހާދިޘާ އެކެވެ.
އާދައިގެ މަތިން މިރޭވެސް އާދަނު އޮފީސް ނިންމާލާފައި ގެޔަށް ދިއައީ ޢިޝާ ނަމާދު ބަންގި ގޮވަން ގާތްވެފައި ހުއްޓައެވެ. ގޭގެ ދޮރުން އެތެރެ ވުމައެކު، މީހާ ސިހިގެން ދިއައީ ދޮންދައިތައާއެކީ ބޮޑުއަށި މަތީ އިން ގޮމައެއް ފެނިފައެވެ.
އެމަންޖެ ފެނިފައި އާދަނަށް ވީގޮތް ޤަލަމަކުން ބުނެދެވޭނީ ކިހިނަކުން ހެއްޔެވެ؟ ގަނޑުވެފައި ހުރެ ކަޅި ޖަހާ ނުލައި އެމަންޖެއާ ދިމާލަށް ބަލަން ހުރި އާދަނު ފެނިފައި ދޮންދައިތައަށް ލަދުން އިސްޖަހާލެވުނެވެ. އެއީ ކޮންފަދަ ރީތި ކަނބަލެއް ހެއްޔެވެ. ފަންއިސްތަށިގަނޑު ވިދާ ބަބުޅައެވެ. ތުންފަތެކޭ ފިނިފެން މަލެކޭ އެއްފަދައެވެ. ރިހި ކަނދުރާއެކެވެ. ހިތިފަތު ބުމައެކެވެ. ލޮލުގެ ކަޅިރަވަ ބޮޑުވެފައި ޗާލެވެ. އޭނަގެ ރީތިކަމަސް ތަޢުރީފު ކުރަން ޝާއިރުންނަށް ވެސް ނުކުޅަދާނަ ވާނެއެވެ. ޔަގީނެވެ.
މިހެން ހުއްޓާ އާދަނު ސިއްސުވާލީ ޢިޝާ ނަމާދު ބަންގީގެ އަޑެވެ. އަވަސް އަވަހަށް އާދަނު ދިޔައީ މިސްކިތަށެވެ. ޢިޝާ ނަމާދަށް ފަހު އާދަނު ގެޔަށް އައި އިރުވެސް އެމަންޖެ އަދި ބޮޑުދައިތަ އެތާއިނެވެ. ވަރަށް ނޫންކަމަށް ހެދިލާފަ، ބަނޑުގައި އަތް ހާކާލީ ބަޑުހައި ވެފައި ހުރިކަން ދޮންދައިތައަށް އެންގުމަށެވެ.
އަވަސް އަރުވާލާފައި ދޮންދައިތަ ތެދުވީ ދެލޮލުގެ ކޮއެ ފަދަ އާދަނަށް ކާނެ އެއްޗެއް ހެދުމަށެވެ. ބަދިގެއަށް ވަދެ ދޮންދައިތަ ކާނެ އެއްޗެއް ތައްޔާރު ކުރުމަށް މަސްޢޫލުވެއްޖެއެވެ. އެވަޤުތު އާދަނު ދަނދިވަޅުގެ ބޭނުން ކުރުމުގެ ނިޔަތުގައި ގޮސް އެމަންޖެ ގާތު އިށީއިނެވެ.
ލަދުރަކި ހިނިތުން ވުމާއެކު، އެ ލޯބި ލޯބި ގޮމަ އިސްޖެހީ އަވަސްކަމާއި އެކުގައެވެ. ލަދުން އިސް އުފުލާލަން ނުކެރި އެގޮއްޔެ އިންގޮތުން އާދަނުގެ ހިތުގެ އުދާސްތަށް ބަންޑުން ކޮއްލާކަށް އާދަނަކަށް މާފަސޭހައެއް ނުވިއެވެ. ނަމަމެސް، ވަރަށް ހިތްވަރު ކޮއްލާފައި އާދަނު އޭނަ ގާތު އެންމެ ކަމަކަށް އަހައިފިއެވެ. އެއީ އޭނާއަށް ލޯބީގެ ގޮތުން ޣުޅުމަށް ދެވުނު ދަޢުވަތެވެ.
ވަރަށް ލަދުން އިނދެ އާދަނު ގާތު އެމަންޖެ ބުނި ވާހަކަ ވެގެން ދިޔައީ، އޭނާގެ ހޭވެރިކަން ކުޑަވި ވާހަކައަކަށެވެ. ” މީ އާދަނުގެ އެއްބަނޑު ކޮއްކޮ ” ގަންނާން ކުރެއްވި ލަދުން އަވަހަށް އެކުއްޖާ ގާތު މަޢާފަށް އެދެފިއެވެ،
” މިހިރީ ކާންތައްޔާރު ކުރެވިފަ. ދެކުދިން އާދޭ ކާން ” ދޮންދައިތަ ކާން ގޮވާލުމުން ދެމީހުން ގޮސް ކާން އަރައިފިއެވެ. ކެއުން ކުރިއަށް ދިޔަ ވަޤުތު އެއަންހެން ކުއްޖާއާ ބެހޭ ގޮތުން ދޮންދައިތަ ކިޔާދިނެވެ. ” މީ ދަރިފުޅު މަންމަ، ދަރިފުޅުގެ ބައްޕައާ އިނުމުގެ ކުރިން، އިންމީހާއަށް ލިބުނު ކުއްޖެއް ” “އެހެންތަ؟” އާދަނު ބުނެލިއެވެ. ބޯޖަހާލުމަށް ފަހު ދޮންދައިތަ ހީލިއެވެ. އަދި ބުންޔެވެ. ” އޭނައަށް ކިޔަނީ ނިޝާ، ޗުއްޓީީއަަށް މިރަށަށް އައިސް އުޅޭތީ އޭނަ މިގޭގައި ބެހެއްޓީ ”
އެވަޤުތަކީ އާދަނުގެ ބައްޕަ ހަލީލު އަދި މަންމަ ރިފްހާ މަސައްކަތް ނިންމާލާފައި ގެޔަށް އައި ވަޤުތެވެ. މި ދެމީހުންވެސް މަސައްކަތް ކުރަނީ އެރަށުގަ ހުންނަ ފިހާރައެއްގައެވެ. ގެޔަށް ވަންގޮތަށް މަންމަވެސް ފުރަތަމަ ބެލީ ކޮއްކޮ އަހަންނަށް ތަޢާރަފް ކޮއްދެވޭތޯއެވެ. ” މިހާރު އެނގިއްޖެ. ދޮންދައިތަ ކިޔާދީފި މަންމާ ”
ކައިގެން އާދަނު ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮއްލަައިގެން ނިދާލަން އޮށޯތެވެ. އެވަގުތު އޭނަގެ ހިތަށް އެރިއެވެ. ކާކުކަން ނޭނގި ހިތްދޭން އުޅުމަކީ ގޯހެކެވެ. އެއީ އެޅޭ ވަަރަށް ބޮޑު ޅައެއްޗެކެވެ.

ނިމުނީ

ނޯޓް: މީ “އެކަތި ބޮޑުބެރު ގުރޫޕުން” ރިލީސް ކޮއްފައިވާ “ގޮމަ” ލަވައިގެ މައްޗަށް ބިނާކޮއް ލިޔެވިފައިވާ ޚިޔާލީ ވާހަކައެކެވެ. އެހެންކަމުން މި ވާހަކަ އެކަތި ބޮޑުބެރު ޓީމަށް ޚާއްސަ ކޮއްލަމެވެ.

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

ހިތާ ފުރާނައިން… (9)

Next

ވާށެ އޯގާ ހިތާ 3

Next
January 14, 2018

ވާށެ އޯގާ ހިތާ 3

Previews
January 13, 2018

ހިތާ ފުރާނައިން… (9)

7 Comments!

  1. Zid Ern says:
    January 14, 2018 at 2:30 am

    Ekathi Boduberu ?

  2. Sana says:
    January 14, 2018 at 10:08 am

    Waau varah varah loabi story eh mee wow super
    When next story?

  3. Aish says:
    January 14, 2018 at 12:40 pm

    Haadha varakah thi photo badhalu kurany

  4. Zidhan says:
    January 14, 2018 at 1:00 pm

    Soon

  5. Aishath Reesha says:
    January 14, 2018 at 4:34 pm

    Kinza Faxu Hucen

  6. mun says:
    January 16, 2018 at 3:32 pm

    kokko tha dhahtha tha

  7. ~señorita~ says:
    October 20, 2019 at 10:26 pm

    Yeah . When I was reading . I was like I knew this story somehow. Then I remembered that ekathi boduberu group came to this island and sang that song on the Eid night show . It was this year 2019. At thaa guraidhoo . Emeehunge Maa eedh trip ga mirashah a eee

Comments are closed.



All Right Reserved!