ދުވަމުން ދުވަމުން ސިޑިން ފޭބި އިރު ކުރިމަތިން ފެނުނީ މާޔާއެވެ.
” އާޝާ ތިރީގަ؟ ކީއްކުރަނީ؟؟؟.” މާޔާ ވަރަށް ހައިރާންވެ ހުރެ އެހިއެވެ.
ހައިރާން ނުވާންވީ ސަބަބެއް ނެތެވެ. ސުކޫލުގައި ކިޔެވުން ފެށުނީއްސުރެ އަދި މި ނޫނީ އަހަރެން އިންޓަވަލް ގަޑީގައި ތިރިއަށް ނުފައިބަމެވެ.
“މާޔާ.. އަހަ.. އަހަރެން ގެ ފޮތެއް ގެއްލިގެން މި.. ސުކޫލަށް އައި ގަޑިގައި ވެއްޓުނުތޯ ބަލާލަން މި އައީ؟؟؟” އަހަރެން ވަރަށް ހާސްވެފައި ހުރެ މާޔާއަށް ވީ ގޮތް ކިޔައިދިނީމެވެ.
ސުކޫލުގެ ކިޔެވުން ނިމިގެން އަހަރެން ގެޔަށް ދިޔުމަށް އަވަސްވެގަތީ މިއަދު ވަޒީފާއެއް ހޯދުމަށް ހިތަށް އަރުވައިގެންނެވެ. ނަމަވެސް ގެޔަށް ވަދެވުމާއިއެކު އަހަރެން ގެއްލިގެން އުޅުން ފޮތް ހޯދަންފެށިމެވެ. ނަމަވެސް އެއްގޮތަކަށް ވެސް އެ ފޮތް ފެންނަ ވަރެއް ނުވިއެވެ.
މާޔޫސްވެ ހުރެ އަހަރެން ވަޒީފާއެއް ހޯދުމަށް އައިބޭ ބަލަން ފެށީމެވެ. ސުކޫލަށް ދަމުން ހުސްވަގުތު ތަކުގައި އަދާކުރެވޭނެ ވަޒީފާއަކަށް އަހަރެންނަށް ފެނުނީ 5 އަހަރުގެ ކުޑަ ކުއްޖަކު ބަލާ ދިނުމަށް އިން ވަޒީފާއެކެވެ. ގޭގައި ހުރެގެން ކުރެވޭނެ ކަމަކަށް ވުމުން އަހަރެން އޭގައި އިން ނަންބަރަށް ގުޅާލީމެވެ.
ދެ ފަހަރަކު ރިންގު ވުމަށް ފަހު ފޯން ނެގީ މެދު އުމުރުގެ އަންހެނެކެވެ.
” އައްސަލާމް އަލައިކުމް..” އެ އަންހެން މީހާ ވަރަށް ހިތްހެޔޮ އަޑަކުން ސަލާމް ގޮވާލިއެވެ.
” ވާލައިކުމް ސަލާމް… އަޅުގަނޑު މި ގުޅާލީ ކުއްޖަކު ބަލާދޭނެ ކުއްޖަކު ހޯދުމަށް އައިބޭގައި ޖަހައިފައި އިނުމުން.”
އަހަރެން ވަރަށް ބިރުން ހުރެ ވާހަކަ ދެއްކީމެވެ. އަހަރެންނާއި ބެހޭގޮތުން ސުވާލު ކުރުމަށްފަހު މާދަމާ ދޭއް ޖަހާއިރު ގެޔަށް އެކުއްޖާ ގޮވައިން އަންނާނެ ކަމަށް ބުނެ އަންހެން މީހާ ފޯން ބޭއްވިއެވެ.
މަންމަ ޑިޔުޓީގައި ވުމުން އަހަރެން މެންދުރު ކައިގެން އަހަރެންގެ ކޮޓަރި އާއި ޖެހިގެން ހުރި ކުޑަ ކޮޓަރިއަށް ވަނީ އެއީ ހަމައެކަނި އަހަންނަށް ހިތަހަމަޖެހުން ލިބޭ ތަނަށް ވުމުންނެވެ. ފުރަތަމަވެސް އަހަރެން ކުރަހަން ގެންގުޅޭ އެއްޗެހި ނެގުމަށްފަހު އިރު އޮއްސޭ މަންޒަރު ކުރަހަން ފެށީ އެއީ އަހަރެން ވަރަށް ބަލާލަން ބޭނުންވާ މަންޒަރަކަށް ވުމުންނެވެ.
ގެޔަށް މީހަކު އައިހެން ހީވެގެން ހަމަޖެހިލާފައި ފޯން ބަލާލީ ގަޑިން ވީ އިރެއް ބަލާލުމަށެވެ. އޭރު ގަޑިން ރޭގަނޑު އަށެއް ޖަހައިފިއެވެ. މީ އަބަދުގެވެސް އާދައެވެ. ކުރަހަން ފަށައިފިއްޔާ ގަޑި ދާގޮތެއްވެސް ގިނަ ފަހަރު ނޭނގެއެވެ. ކުރަހަން ގެންގުޅޭ ތަކެތި ތަރުތީބު ކުރުމަށްފަހު ބޭރަށް ނިކުން އިރު މަންމަ ރޭނގަޑަށް ކައްކަން އަވަދިނެތި އުޅެއެވެ.
” މަންމާ.. ގޭގައި އެކަނި ހުންނަން ފޫހިވާތީ ކުރާނެ ކަމެއް ހޯދައިފިން.. މަންމަ ނޯ އޭ ނުބުނައްޗޭ މިކަމަށް. މިހާރު ހުރިހާ ކަމެއް ފައިނަލް ވެސް ވެއްޖެ…” މަންމަ އަހަރެން ކުރަން އުޅޭ ކަންތަކާއި ދެކޮޅު ހަދައިފާނެތީ ފުރަތަމަވެސް އަހަރެން ދުރު ދުރުން ވަހަކަ ފެށީމެވެ.
” ކޮން ކަމެއްތަ ދަރިފުޅު ކުރަން ތި އުޅެނީ؟؟” މަންމަ ވަރަށް ހަމަޖެހިލާފައި އަހާލިއެވެ.
” މި އުޅެނީ 5 އަހަރުގެ ކުއްޖެ ގޭގައި ހުރެގެން ބަލައި ދޭން.. އެކުއްޖާ މަންމަ ވަޒީފާ އަށް ދާ ގަޑީ ގޭގައި މީހަކު ނެތީމަޔާ އެކީގައި އޭނަ ބަލާނެ ކުއްޖެއް ހޯދަނީ” އަހަރެން ހީކުރި ގޮތަށް މަންމަ ގަބޫލުވުމުން ކައިގެން ނިދަން ދިޔައީ މާދަމާ ސުކޫލަށް ދާން ޖެހޭނެތީއެވެ..
……..
އިންޓަވަލް ގަޑީގައި އަހަރެން ކުރަހަން ގެންގުޅޭ ފޮތް ނެތުމުން މޭޒުމަތީ ބޯޖަހައިގެން އޮތީ ކުރާނެ ކަމެއް ނެތުމުންނެވެ. ކުލާހުގައި އެކަނި އިނުމުން ހަމަޖެހިލައިގެން އޮތީ އަވަހަށް އެކަކުވެސް ނާންނާނެ ކަން އިނގޭތީއެވެ. ނަމަވެސް މޭޒުގައި މީހަކު ޖެހިހެން ހީވެގެން ބޯ ހިތްލައިލި އިރު ކުރިމަތީ ހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. ކުރިމަތީގައި ކައިޒާން ބަލަން ހުރި ގޮތުން އަހަރެން އަސްދަށަށް ޖަހާލުމަށް ފަހު އިސްތަށި ކޮޅުން މޫނުގެ އެއްފަޅި ފޮރުވާލީމެވެ.
” ކީއްވެފަ ކުލާހުގައި އެކަނި ތި އިންނަނީ؟” ކައިޒާން އަހަންނާއި ދިމާއަށް ބަލަން ހުރެ ކުރި ސުވާލުން ގަބޫލު ކުރަން ދަތިވެފައި ހުރެ ދެފަރާތަށް ބަލާލެވުނީ އޭނަ ހަމަ އެ ވާހަކަ ދައްކަނީ އަހަރެންނާއި ތޯ ޔަގީން ކުރަންށެވެ. އެހެން ނަމަވެސް ކައިޒާން އާއި އަނގައިން ބުނާ ކަހަލަ ހިޔާލެއް ނުކުރަމެވެ. އަޑު އިވޭ ކަމަށް ވެސް ނުހަދާ ބޭރު ބަލަން ފެށުމުން އަނެްކާވެސް ކައިޒާން ވާހަކަ ދައްކަން ފެށިއެވެ.
” މިހާ ރީއްޗަށް ކުރަހާ ކުއްޖެއް އަދި ނުދެކެން.. މި ކުރެހުންތައް މީހުންނަށް ދައްކާލަނިކޮށް ވަރަށް ތަޢުރީފު ލިބޭނެކަން ޔަގީން…” ކައިޒާން ބުނި ޖުމްލަ އަޑު އިވުމާއިއެކު ތެޅިގަނެފައި ކައިޒާން އާއި ދިމާއަށް ބަލާލެވުނު ވިގުތު ކުރިމަތިން ފެނުނީ ކުރަހަން ގެންގުޅޭ ކުޑަ ނޯޓު ފޮތެވެ. އެ ފޮތުގައި ހިފަން އުޅުން ވަގުތު ކައިޒާން އަތް މައްޗަށް ނެގުމުން އޭގައި އަހަރެންގެ އަތް ޖެހޭ ގޮތެއް ނުވިއެވެ. އެވަގުތު އިންޓަވަލް ގަޑި ނިމޭ ބެލް ޖެހުމުން ކުލާހަށް އެކި ދިމަ ދިމާލުން ކުދިން ތައް ވަންނަން ފެށުމުން ކައިޒާން އަހަރެން ކައިރީ އެ ފޮތް ބޭނުން ނަމަ އޭނަ ހޯދަން ދިޔުމަށް ބުންޏެވެ.
ގަޑި ނިމުނު އިރުވެސް ހަދާނެ ގޮތެއް ނޭނގިފައި ހުރިހާ ކުދިން ދިޔަ އިރުވެސް ކުލާހުގައި އިންދައި މާޔާ އައިސް ގެޔަށް ނުދަނީތޯ ސުވާލު ކުރުމުން މާޔާ އަށް ވީގޮތް ކިޔާދިނީމެވެ. މާޔާ ހިޔާލު ދިނީ ކައިޒާން މެން ކުލާހަށް ދިއުމަށެވެ. ދެމީހުން އެކީގައި އެ ކުލާހަށް ދިޔަ އިރު ކުލާހުގައި ތިބީ ފަރޫން އާއި ލުހާން އެކަންޏެވެ.
” އުމްމް… ކައިޒާން ދިޔައީތަ؟” މާޔާ އެ ކުލާހަށް ވަދެ ފަރޫންމެން ކައިރީ އަހާލިއެވެ.
” ކައި ދިޔައީ ފާހަނަ އަށް.. އިރު ކޮޅަކުން އަންނާނެ…” ވަރަށް އެކުވެރި ގޮތަކަށް ފަރޫން ޖަވާބު ދިނެވެ. ދެން ފެނުނީ މާޔާ ހީހީފައި ފަރޫން އާއި ލުހާން އާއި ވާހަކަ ދައަކަނިކޮށެވެ. ބަލާބެލުމަށް ހީވަނީ ދުވަސް ވީ ރަހުމަތްތެރިން ތަކެއް ހެންނެވެ.
ކުލާސް ކުރިމަތީގައި ކޮރިޑޯގައި އަހަރެން މަޑު ކުރީ ކައިޒާން އަންނަންދެނެވެ.
” އަހަރެންގެ އިންތިޒާރުގަތަ ކަމަނާ ތި ހުރީ؟” ކައިޒާންގެ އަޑު އިވުމުން ފަސްއެނބުރި ބަލާލި އިރު ހެވިފައި އަހަރެންނާއި ދިމާއަށް ބަލަހައްޓައިން އޭނަ ހުއްޓެވެ.
” ކޮބާ ފޮތް؟’ ވަރަށް ހާސްވެފައި ހުރެ ވެސް ކައިޒާން ކައިރީ އަހަރެން ސުވާލު ކުރީމެވެ..
ކުލާހަށް އައުމަށް ބުނެ ކައިޒާން އިޝާރަތް ކުރުމުން އަހަރެން އޭނަ ފަހަތުން ހިނގައިގަތީމެވެ.
” މާޔާ… މީ ކޮން ކުއްޖެއް… އަހަރެއް ވީ އިރުވެސް އަދި އިއްޔެ ނޯޓިސް ވީ..” ލުހާން ވަރަށް މަޖާވެލާފައި އަހަރެން ދައްކާފައި ސުވާލު ކުރިއެވެ.
” އެއީ އަހަރެންގެ ބެސްޓު ފްރެނޑު އާޝާ،، ފިލައިގެން އުޅެންޔާ ނުފެންނާނެ އެންނުން ދޯ އާޝާ..” މާޔާ އެހެން ބުނުމާއިއެކު ތިން ފިރިހެން ކުދިން އެއްފަހަރާ އާޝާ އޭ ކިޔާލިއެވެ.
ކައިޒާން ހަމަ ފޮތް ދިނުމާއި އެކީ މާޔާ އަތުގައި ހިފައިގެން ނިކުންނަން ހިނގައި ގަތީމެވެ.
” މި ދެން ފްރެންޑު ވީ އިނގޭ ” ފަހަތުން ފަރޫން ގޮވާލިއެވެ.
ގެޔަށް ދެވުމާއި އެކީ ކުރަހާ ފޮތް ނަގާ ހުރިހާ ކުރެހުމެއް ހަމަތޯ ބަލަނިކޮށް ފެނުނީ ހުސް ގަނޑެއްގައި ލިޔެފައިވާ ލިޔުން ކޮޅެވެ.
24 Comments!
Comments are closed.

??Nice ??whn next part
Next part insha Allah Tuesday ga update kohdheynan
Thankyou xee?
Yay me first dhw
V reethi mi part ves ekm maa kury
Hope next part dhigu vaane kamah
Thankyou S. Next part dhigu kureveythw balaanan ingey ?
Wow me part ves varah loabi ekam varah kury
Keep it up
Thankyou sanaa
Varah try kuran dhigu kureveythw next part insha allah dhigu kureveythw balaanan ?
V v reethi when next part
Thankyou Elai. Next part insha allah Tuesday ga update kohdheveythww balaanan ?
Alhey varah varah reethi.. Ehaa interesting… ? waiting for next part… Avahah up kohladhehchey
Thaaankyou shifoo
Yeah i will try my best ❤️
Wow..when nxt..??
Insha allah tuesday ga
Thankyou rifu ??
ދެންލިޔާ، ވާހަކައެއްގައި ދިވެހިބަހުގެ ޤަވާޢިދައް އިސްކަން ދޭނިކަމަށް، އުއްމީދު ކުރަން!
Hahah thankyou bro ?? dhn faharakun ragalhu kureveytho balaanan
Truth ???? varah salhi story aslu ?. Waiting waiting
Mi part ves varah reethi❤ ekm thankolheh kuru
Masha allah..u have the talent
Keep on going?
Thankyou 1xoo❤️ I will try my best
V reethi. Gavaidhun genesdheyne kamahh heekuran
Heheh thanks thuhthaa ❤️ Yeah gavaaidhun geneveythw v try kuran eba
Wow v sali when next part…?❤
Thankyou angel .. varah avahah next part libeyne kiyaalan insha Allah ❤️
Kobaa tha next part buni Tuesday ga up kohla dheynamey waiting
Yeaah next part varah avahah kiyan libeyne insha allah ❤️
Adhives nest part nuganavaa