5 ކުދިންގެ އިންޓަވިއު ދިޔައިރުވެސް އަހުނަފް ހިންހަމަޖެހޭވަރުގެ ކުއްޖަކު ނުވިއެވެ. “އެކްސްކިއުޒް މީ ސާރ….” އަނެއްފަރާތަށް އެނބުރި ފައިލެއް ހިފައިގެން އިން އަހުނަފް ސިއްސައިގެންދިޔައީ ދަންނަ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އެނބުރިބަލައިލުމާއެކު ދެލޯ ބޮޑުކޮށްގެން ހިނދުކޮޅަކުބަލަން ހުރެވުނީ ހަނާ ލައިފައިވި އޮފިޝަލް ހެދުންފެނިފައެވެ. ކަޅުސްކާރޓް އިނީ ކަނކުަލާ ހަމައަށެވެ. ހުދު އަތްދިގުނހުދުގަމީހުގެ މަތިން ކަޅުވެސްޓެއް ލައިފައިވުމުން ވަރަށް ފުރިހަމައެވެ. އިއްޔެއާ ޚިލާފަށް މިއަދުވަނީ ބޯފަންކޮށް ހުޅިއެއް ޖަހާފައެވެ.އަރާފައިވި ހީލްގައި ހަނާ ހީވަނީ މޮޑެލްއެއް ހެންނެވެ. އަހުނަފަށް މި ފެންނަނީ ހުވަފެނެއް ނޫންކަން އެނގުނީ ހަނާ އިށީންނަން ހުއްދަޔަށް އެދުމުންނެވެ. “ހަނާ..އަމް ސަޕްރައިޒްޑް…ކީއްވެ ނުބުނީ މިތަނަށް ޖޮއިން ކުރަން ބޭނުންވާ ވާހަކަ؟..ބޭބެއަށް އިނގޭތަ؟..” “ހެހެހެހެ…” އަތުގައި އޮތް ފައިލް ނަގައި އަހުނަފަށް ދިއްކޮށްލަމުން ހީލިއެވެ. “އަޅުގަނޑު ބޭބެ ކައިރީގައި ބުނިން.. ބޭބެ ބުނީ ހުސްކޮށް އިނީ މިވަގުތު މިމަގާމޯ….ދެން ހިތަށް އެރީ އެޕްލައި ކުރާނީއްޔޭ…ކިހިނެތްވީ…ލިބޭނެބާ….؟” ބުމަޔަށް ގޮތެއް ހަދާލަމުން ހަނާ ސުވާލު ކުރިއެވެ. “ހެހެ…ހަނާ ހުއްޓައި ނުކެރޭނެ އެހެންމީހަކަށްދޭން ބޭބެ ފަހަރެއްގަ ހިތްހަމައެއް ނުޖެހިދާނެ […]
ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުންދާ ހާލު، އެކަރުނަތަށް ފޮހެމުން މި ލިޔަނީ އަހަރެންގެ މާޒީގެ ކަޅު ދުވަސްތަކުގެ ވާހަކަ އެވެ. މިހާރު ހިތުގައި މި އަޅާ ވޭންތަކުން އެ މާޒީ ވަރަށް ރަނގަޅަށް ހަނދާން އާވެ އެވެ. އެއީ މީގެ އަހަރުތަކެއް ކުރި އެވެ. ﷲ ގެ ކުޅަދުންވަންތަ ކަމުން އަހަރެންގެ ހިތުގައި މީހަކު ދެކެ ލޯބި އުފެދުނީއެވެ. އެއީ “ހައިޝަމް” އެވެ. އެ ލޯބި ހާސިލް ކުރަން އަހަންނަށް ކުރެވޭނީ މަސައްކަތެވެ. ހައިޝަމަކީ އަހަރެންގެ […]
ސައިބުއިމުގެ ވަގުތު ފާއިތުވެގެން ދިޔައީ ހަމަހިމޭން ކަމާއެކުގައެވެ. އެހެން ދުވަސްދުވަހު ވާހަކަ ދައްކާ ހަފީޒާގެ އަނގައިން ބަހެއްވެސް މިއަދު އަޑުއިވިގެން ނުދެއެވެ. ޒީކް ދެފަހަރެއްގަ މަތިން ވާހަކަ ދައްކަން ފެށި ނަމަވެސް މާމަ ވާހަކަ ނުދެއްކުމުން އެންމެ ފަހުން މަޑުން އިނުމަށް މަޖުބޫރުވީއެވެ. “ޒީކް” ހަމަހިމޭންކަން ފޫއަޅުވާލީ އަލްޔަންގެ އަޑުންނެވެ. “ޒީކް މާމަ ރުޅި އައީމަތަ ތިހެން ތިއިންނަނީ. މާމަ ހަމަޖެހިދާނެޔޭ އިރުކޮޅަކުން” އަލްޔަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އެއީ އަލްޔަންގެ މާމައެއް ނޫނޭ. އެހެން ނޫނަސް […]
“މައިލީން” ކުއްލިއަކަށް އޭނާ ސިހުނީ މީހަކު އައިސް އޭނާގެ ދެކޮނޑުގައ ހިފާ ނެގުމުންނެވެ. “ޝްޝްޝް” އެމީހަކު ބުނެލިއެވެ. އަދި މައިލިން ގެނެސް އޭނާގެ މޭމަތީގައި ޖައްސާލިއެވެ. އަދި ދެއަތުން މައިލީން ވަށައިލިއެވެ.މައިލީން ވެސް ވެފައި ހުރި ދެރަ އާ ލަދާ އެކު އެ މީހެއްގެ މޭގައި މޫނު ފޮރުވާލެވުނީއެވެ.އޭނާ އެވަގުތު އެދެމުން ދިޔައީ މީހެއްގެ ހިމާޔަތަކަށެވެ. ބަލިކަށިވެފައިވާ އަމިއްލަ ނަފްސަށް އޯގާތެރިވާނޭ ފަރާތެއްގެ އިންތިޒާރުގައި ހުއްޓާ އެ ލިބުނު ހިމާޔަތަށް އޭނާގެ ނަފްސު ރުހި ގަބޫލްވިކަހަލައެވެ. “ތީތަ […]
“..ދެލޯ ބޮޑުކޮށްގެން ބަލާނެ ކަމެއްނެތް!..” ޞަފިއްޔާ އަމުރުކުރިއެވެ. “..ކަލޭ އަމާ ހިނގި މަގުން ހިނގިޔަކަ ނުދޭނަން! އަންނަ ހަފުތާގައި ޖެހޭނީ ފައިރޫޒާ އިންނަން!..” ނިހާގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. ދައްތަ އެފަދަ ނުބައި ވިސްނުމެއް ވިސްނީ ކީއްވެގެން ބާއެވެ؟ ކުއްލިއަކަށް ދައްތަގެ ވިސްނުން ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ އެސުވާލުތައް ހިތަށް އެރުމާއެކު ޖަވާބުވެސް ނިހާއަށް ލިބުނެވެ. އެއީ އިލްހާމްގެ ނުބައި ރޭވުމަކަށް ނޫނީ ނުވާނެއެވެ. “..ނޫން ދައްތާ!..” ނިހާ އެސްފިޔަތައް ތިރިކޮށްލަމުން ބުންޏެވެ. “..ދައްތައަށް އެނގޭނެ އަހަރެން […]
*މިހިތް އެދޭ….*ގޮތް ނުވަނީ އެކީއްވެގެންބާއޭ…*އުފާ މަގޭ މިހިތަށް ދެން ލިބުން ނެތީބާއޭ…؟*މަގޭ މިހިތުގަ އަޅާވޭންް ބުނަން މިހިތް އެދެޔޭ…..*މިހިތުގެ މާޒީ ހަނދާނުން ފިލައިގެނެއް ނުދެޔޭ… *ކަލާގެ ލޮތްބާއަޅާލުން ލިބުން މިހިތް އެދެޔޭ….*ފުރާނަޔާ ގުޅިފައިވާ ފަރާތަކީ ތޔައޭ….*ފިސާރި ލޯބިން އެކީގައި އުޅެން މިހިތް އެދެޔޭ….މިއީ ރީމާގެ ހިތުގެ ގޮވުންތަކެވެ. ހަގީގަތުގައިވެސް އަޔާޒަށްކަމެއްވުމުން ރީމާގެ އުފާވެރި ދުނިޔެ ނިމުމަކަށް އައިސްފައިވާހެން އޭނާއަށް ހީވެއެވެ. މިދުނިޔެއިން އޭނަދެކެ އެހައި ލޯބިވާނެ ފަރާތެއް ލިބޭނޭ ހެއްޔެވެ؟ ދުވަސްތަށް މާޒީވަމުންދިޔައީ އެންމެންގެ އުންމީދުތަކަށް ފަނޑުކަން ގެނެސްދެމުންނެވެ. ދުވަހެއްގެ އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ އާ އުންމީދެއްގެ ހުޅުކޮޅެއް ލެވި އެ ހުޅުކޮޅު ކަނިވެގެން ދާ ދުވަހެކެވެ. ނަމަވެސް ރީމާގެ އުންމީދުތަކަށް ނިމުމެއް ނުވާފަދައެވެ. އޭނާގެ ހިތްވަރަށް ގުޑުމެއްވެސް ނާރައެވެ.ލޯބިވެރިޔާއަށް ހެޔޮ ދުޢާ ކުރުމުގައި ރޭގަނޑުގެ ނިދި ނަގާލައެވެ. އަދި ދުވާލުގެ ގިނަވަގުތުތަށް އޭނާ ހޭދަކުރަނީ އަޔާޒު ކައިރީ ހޮސްޕިޓަލުގައެވެ. އެ ލޯބީގެ ހިތްވަރުފެނި އެންމެންހެން ތިބީ ހައިރާންވެފައެވެ. ރީމާ ވަމުންދިޔައީ އަންހެނަކަށް ލޯބީގައި ވެވޭނެ އެންމެ މަތީ ގުރުބާނީއެވެ. ރީމާގެ މި ދިރިއުޅުން އާދަޔަކަށް ވިއެވެ. 2017ވަނަ އަހަރުގެ ޗުއްޓީނިމި ކިޔެވުމުގެ އާއަހަރެއް ފެށުނެވެ. ހަނާގެ ފަހު އަހަރު ކަމުން ހަނާވެސް […]
ފެހިގަސްތަކުން ހިޔާއެޅިފައިވާ ބޮޑުމަގުން އަހަރެން ހިނގަމުން ދިޔައީ ކުރިއަށެވެ. މަގުން ހިނގަމުންދާ އެހެންމީހުންނަށް ބެލުމަކީ އަހަރެންގެ އާދައެއް ނޫނެވެ. މީހަކު އަރާފައި ހުރި ފައިވާނެއް ރީތިވެގެން، މީހަކު ލާފައި ހުރި ހެދުމެއް ރީތިވެގެން އެވާހަކަ ދައްކާ އިރު އަހަރެން ގާތަށް ވަރަށް ހިނި އާދެއެވެ. އެމީހަކު ރީތި ފައިވާނަކަށް އަރާފައި ހުއްޓޭ ކިޔާފައި އަހަރެންނަށް ލިބެނީ ކޮންފައިދާ އެއްބާއެވެ. “ވާވްވ.. ހާދަ ލޯބި މަންޖެއެއް” ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ކުރިމައްޗަށް އެރި ސައިކަލުގައި އިން ފިރިހެނަކު […]
އަޅުގަނޑު އައިޝަތު ނޮއެލް ‘ތިޔަނޫން އެހެން ހިތެއް ބޭނުމެއް ނޫން’ މި ވާހަކަ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގެނެސް ދޭން ފަށާނަން. ހުރިހާ ކިޔުންތެރިންގެ ސަޕޯރޓް ލިބޭނެކަމަށް އުއްމީދު ކުރަމެވެ. ވާހަކަ ގެނެސްދެވޭލެއް ލަސް ވިޔަސް ވާހަކަ ގެނެސްދިނުން ހުއްޓައެއް ނުލާނަމެވެ. ކިޔުންތެރިން ނޮއެލް އަށް ރީތި ނަންކޮޅެއް ބުނެދެއްވުން އެދެން.
ކުރީގެ އަދަދާއި ގުޅޭ: ” އަސްލުވެސްތަ.. އަހަރެންނަމަ ތިހެން ކެތެއް ނުކޮށްލެވޭނެ.. އެކަމަކު ނުބެހެންޏާ ރަނގަޅުތާ.. ދެން ބެހެން އުޅެފިއްޔާ އަހަރެން ގާތުގައިވެސް ބުނޭ.. ނިކަން ހިތްވަރެއްލާފައި އެގަޑީގައި ހަޅޭއްލަވައިގަނޭ.. އޭރަށް ދިޔާނާ ދައްތައަށްވެސް ހޭލެވޭނެއެއްނު.. އެރަކަށް ގައިމު ނުބެހެވޭނެ.. އޭރަށް ޒާރާ އިތުރު ކަމެއް ކުރާކަށްވެސް ނުޖެހޭނެ.. އޭރަަަށް އެއޮތީ ހެކިވެސް ލިބިފަ.. ” ހަދާނެގޮތެއް ރިޔާ ކިޔާދިނެވެ. ” މިހާރު އަހަންނަށް ތިކަން ކުރެވިދާނެ.. އެވަރަށް ހިތްވަރުވެސް ލިބިއްޖެ.. މިހާރު އަހަރެންވާ ދެރައަށްވުރެ ބޮޑަށް […]