ދެން އޮތް ދެދުވަސް އަހަރެން އުޅުނީ ވަރަށް ބިޒީކޮށެވެ. އޮފީހުން 5 ދުވަހުގެ ޗުއްޓީއެއްނަގަިއގެން އަހަރެން ހުރިހާ ވަގުތެއް ހޭދަކުރީ ބައްޕަ ކައިރީގައެވެ. އެކި ކަހަލަ މެޝިންތައް ގުޅަފައި އޮތް ބައްޕަގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމުގެ އަސަރެވެ. ކުއްލި އަކަށް ދިމާވި ކަމަކުން ބައްޕަގެ ދިރިއުޅުން އެއްކޮން ބަދަލްވީއެވެ. ބަލި އެނދެއްގައި އެއްވެސް ކަމެއް ނުކުރެވިފައި އޮތުމަކީ ބައްޕަ އަށް ވަރަށް އުދަގޫ ކަމަކަށް ވިއެވެ. އަހަރެން ބައްޕަ އަށް ބަލައި ލީމެވެ. ބައްޕަގެ ދެލޯ […]
ހަފްތާ އެއް ފަހުން އަހަރެންގެ ފޯނަށް އައީ މެސެޖެކެވެ. ރީތި ގުޑް ނައިޓް މެސެޖެކެވެ. ނޭނގޭ ނަމްބަރެއް ކަމުން އަހަރެން އަޅައިވެސް ނުލަމެވެ. ޖެހިގެން އައި ދުވަހުވެސް ހަމަ އެކަހަލަ މެސެޖެއް އެއެވެ. މިފަހަރު އެ ނަމްބަރ ނަގާފައި އިނީ ކޮން ނަމެއްގެ މަތީގައި ތޯ ބަލައިލީމެވެ. ނުދަންނަ އެޑްރެސްއެކެވެ. ނުދަންނަ އެޑްރެސް އެއް ކަމުން އަހަރެން އަނެއްކާވެސް ފޯނު ބޭއްވީމެވެ. ނަމަވެސް އަހަރެންގެ ހިތުގައި އެއީ ކާކުކަން ބެލުމުގެ ޝައުގުވެރިކަން އައީ ބޮޑު ވަމުންނެވެ. ހަފްތާގެ […]
ހޮސްޕިޓަލުގެ ކުޑަ ދޮރަކުން ބޭރު ބަލަން ޖަޒްލީ ހުރީ ނިހާދު އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ނިހާދު އާއި ޖަޒްލީގެ ކައިވެންޏަށް އަދި މިވީ އެންމެ 7 މަހެވެ. ނަމަވެސް އަންބަކަށް ދޭއްވާ އަޅާލުމާއި ލޯބި ނިހާދުގެ ފަރާތަކުން ޖަޒްލީ އަކަށް ނުލިބެއެވެ. އެކަމާއި ގުޅޭ ގޮތުން ޖަޒްލީ ވާހަކައެއް ދެއްކިޔަސް ނިހާދުގެ ބަސް މާ ވަރުގަދައެވެ. ދައްކާ ބަހަނާތައް ވަރަށް ގިނައެވެ. ދުރު ބަލަން ހުރި ޖަޒްލީގެ ހަނދާންތައް ގޮސް ބީއްސާލަނީ މީގެ 5 ވަރަކަށް އަހަރު […]
ފެހިގަސްތަކުން ހިޔާއެޅިފައިވާ ބޮޑުމަގުން އަހަރެން ހިނގަމުން ދިޔައީ ކުރިއަށެވެ. މަގުން ހިނގަމުންދާ އެހެންމީހުންނަށް ބެލުމަކީ އަހަރެންގެ އާދައެއް ނޫނެވެ. މީހަކު އަރާފައި ހުރި ފައިވާނެއް ރީތިވެގެން، މީހަކު ލާފައި ހުރި ހެދުމެއް ރީތިވެގެން އެވާހަކަ ދައްކާ އިރު އަހަރެން ގާތަށް ވަރަށް ހިނި އާދެއެވެ. އެމީހަކު ރީތި ފައިވާނަކަށް އަރާފައި ހުއްޓޭ ކިޔާފައި އަހަރެންނަށް ލިބެނީ ކޮންފައިދާ އެއްބާއެވެ. “ވާވްވ.. ހާދަ ލޯބި މަންޖެއެއް” ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ކުރިމައްޗަށް އެރި ސައިކަލުގައި އިން ފިރިހެނަކު […]
ކޮޓަރިތެރޭގެ ހޫނުކަން އަހަރެން ފޫހިކުރުވަމުން ދިޔައެވެ. މި “ހިތި” ދިރިއުޅުމުން އަހަރެންނަށް ސަލާމަށްވެވޭނީ ކޮން ދުވަހަކުން ބާވައެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮއްސިއެވެ. އެކަނިވެރިކަން އަހަރެން ބަރުބާދުކޮށްފިއެވެ. މުޅި ދިރިއުޅުން އަދިރިކޮށްލައިފިއެވެ. މުސްތަޤްބަލް ބަނަވެއްޖެއެވެ. މާދަމާ ވާނެ ގޮތަކަށް ވިސްނެނީ ދާނެ މަގު ފެންނަންނެތީމައެވެ. ދިރިއުޅުމުގެ ފަނާރުގެ ހުޅުކޮޅު ކުޑަވަމުން ކުޑަވަމުން އައިސް ނިވެނީ ނޫންބާއޭވެސް ހީވެއެވެ. އަގަތަޅާލާ މަޖާކޮށްލަން ތިބެނީ އެކަކު ދެމީހަކުއެވެ. ދެން މުޅި ދުނިޔެވެސް ވަނީ “ތުންފިއްތާ ބާރުކޮށްގެން” ތިބޭ ނުރުހުމުގެ […]
މާޒް އަދިވެސް އެއްފަހަރު މަގުމައްޗަށް ބަލާލިއެވެ. އަދިވެސް ޔާނާއެއް ނުނިކުމެއެވެ. މިހާރު ފަނަރަ މިނެޓް ވެއްޖެއެވެ. އަސްތާއެވެ. އެ ނިކުތީ ޔާނާއެވެ. އޭނާގެ ހިތުގެ މަލިކާއެވެ. ކަޅު ކުލައިގެ ޓޮޕަކާއި ހުދުކުލައިގެ ޖިންސެއްގައި ޔާނާ ފެންނައިރު ހީވަނީ ހޫރު ޕަރީއެއްހެންނެވެ. މާޒް ހިނިތުންވެލިއެވެ. މާޒް އަށް ޔާނާ ފެނުނީ އޭނާ ގެ ރަހުމަތްތެރިއެއްގެ ކައިވެނި ޕާޓީންނެވެ. ޔާނާ ފުރަތަމަ ފެނުމާ އެކުވެސް މާޒްގެ ހިތުގައި ޔާނާއަށް ކަނެއްދެވުނެވެ. ޔާނާގެ ފުރިހަމަކަމާ ސާދާ މިޒާޖުގެ ސަބަބުންނެވެ. އޭނާގެ ލޯބި […]