“މައިލީން” ކުއްލިއަކަށް އޭނާ ސިހުނީ މީހަކު އައިސް އޭނާގެ ދެކޮނޑުގައ ހިފާ ނެގުމުންނެވެ. “ޝްޝްޝް” އެމީހަކު ބުނެލިއެވެ. އަދި މައިލިން ގެނެސް އޭނާގެ މޭމަތީގައި ޖައްސާލިއެވެ. އަދި ދެއަތުން މައިލީން ވަށައިލިއެވެ.މައިލީން ވެސް ވެފައި ހުރި ދެރަ އާ ލަދާ އެކު އެ މީހެއްގެ މޭގައި މޫނު ފޮރުވާލެވުނީއެވެ.އޭނާ އެވަގުތު އެދެމުން ދިޔައީ މީހެއްގެ ހިމާޔަތަކަށެވެ. ބަލިކަށިވެފައިވާ އަމިއްލަ ނަފްސަށް އޯގާތެރިވާނޭ ފަރާތެއްގެ އިންތިޒާރުގައި ހުއްޓާ އެ ލިބުނު ހިމާޔަތަށް އޭނާގެ ނަފްސު ރުހި ގަބޫލްވިކަހަލައެވެ. “ތީތަ އުޅެން ޖެހޭ ގޮތަކީ އޭތް” އެމީހަކު ހަޅޭއްލަވައިގަތެވެ.
މައިލީން އަށް ހިމާޔަތް ދިން މީހަކީ ހުދު ޔުއާންއެވެ. އެހެން މީހަކު މައިލީން ދެރަކޮއްލަން އޭނާގެ ނަފްސު ގަބޫލެއްނުވިއެވެ. އަމިއްލަ ހިތް އެއްބަހެއް ނުވިއެވެ. އެހެންކަމުން އޭނާ މައިލީން އަށް ހިމާޔަތް ދިނީއެވެ. ޔުއާން ނުކުމެގެން ގޮސް ކެންޓީން ބޭރުގައި އޭނާ އަތަނުގައި މަސައްކަތް ކުރާ ޑޮކްޓަރަކާ ވާހަކަ ދައްކައިލަން މަޑުކޮއްލީއެވެ. އެވަގުތު އޭނާއަށް އެތަނުން ނުކުންނަން ދިޔަ މައިލީން ފެނުނެވެ. އެއާއެކު ރީކާ ހެދި ގޮތް ވެސް ފެނުނެވެ. އެއާއެކު އޭނާގެ އަތް މުށްކެވިގެން ދިޔައެވެ. އެހެންމީހުން ގެ މަލާމާތް މައިލީން އަށް ރައްދުވާން ފެށިގޮތުން އޭނާ އަށްތ ކެތް ކުރަން ދަތިވެގެން އައިސް މައިލީން އަށް އެހީތެރިވީއެވެ.
ޔުއާން ގެ މޭގައި މޫނު ފޮރުވާލައިގެން ހުރި މައިލީން އަށް އޭރުވެސް ދިޔައީ ރޮވެމުންނެވެ. “ބޭނުން ހާ ގޮތަކަށް ކުޅިވަރު ކުޅޭ ތަނެއް ނޫނޭ މީ. ނަފްރަތު ފަތުރާ އެކަކު އަނެކަކާ ޖެހިގެން އުޅެން ޖެހޭ ތަނެއްވެސް ނޫން… އެ މީހެއްގެ ވާޖިބު އަދާކުރީމަ ނިމުނީ” ޔުއާން ގެ ވާހަކަ އަމާޒުކުރީ ރީކާއަށެވެ. އެންމެން ގެ ތެރޭގައި ރީކާ އަށް ނަޒަރުހުއްޓައިލައިގެން ހުރެފައި ޔުއާން ވާހަކަ ދެއްކުމުން އޭނާ ލަދުގަތެވެ.
“ހިނގާ ދާން” ޔުއާން އެހެން ބުނެ ހިނގައިގަތް އިރުވެސް މައިލީން ހުރީ އެހެންނެވެ. އެތަނުގައި މަސައްކަތް ކުރާ ގިނަ ޑޮކްޓަރުން ނާ ނަރުހުން އަދި އެތަކެއް ސްޓާފުންގެ އަމާޒްފަތް ގަނޑަކަށް އެދެމީހުންވިއެވެ.
ކުއްލިއަކަށް މައިލީން ޔުއާން ގެ އަތް ދުރައްލުމަށްފަހު ފާހާނާއާ ދިމާލަށް ދުއްވައިގަތެވެ. އޭނާ ފާހަނަ ތެރޭގައި ހުރި ލޯގަނޑަށް ނަޒަރުހުއްތައިލިއެވެ. ޔުއާން އޭނާ ސަލާމަތް ކުރަން މިއަދު އޭނާގެ ފަރާތުން ފެނުނީ ކޮން ސިފައެއްތޯ އަމިއްލަ ނަފްސާ ސުވާލުކުރާ ކަހަލައެވެ. އޭނާ ކަމެއްނުކޮއް އެތާ މަޑު ކުރީ ޔުއާން ދާނޭ އިރެއް ވަންދެނެވެ. އޭނާ މިއަދު ޔުއާން ގެ އެ އަމަލުން ހައިރާންވިއެވެ. ދެރަވެސްވިއެވެ. އަމިއްލައަށް މައިލީން ދެރަކުރަނީވެސް ޔުއާންއެވެ. އެކަމަކު އެހެން މީހަކު ދެރަކޮއްފިނަމަ ސަލާމަތް ކޮއްދެނީވެސް ޔުއާންއެވެ. މިއީ ކިހިނެތް ވާކަމެއް ހެއްޔެވެ؟
ޔުއާން އަށް މައިލީން ނުކުންނަން ދެން ޔުއާން އެތާގައި މަޑުކޮއްގެން ހުއްޓެވެ. ފާރަށް ލެގިލައިގެން ފޯނާ ކުލެން ހުރިއިރު އެތަނުން ދިޔަ އެތައް ކުދިންގެ ނަޒަރުތައް އޭނާ އަށް ހުއްޓެމުން ދިޔައެވެ. ކިތަންމެ ހާވެސް ފިރިހެން ވަންތައެވެ.
މިއަދު އޭނާ ހުރި ކިތަންމެ އިރެއް ވިޔަސް މައިލީން ނުނުކުންނަނީސް ނުދާށެވެ. އޭނާއަށް އެނގެއެވެ. މައިލީން މިވަގުތު އޭނާ އާ ކުރިމަތިލާކަށް ބޭނުމެއް ނުވާނެއެވެ.
މައިލީން އެތައް އިރެއްކޮއްލާފައި ނުކުތެވެ. އޭރުވެސް ޔުއާން އެތާ ހުރިތަން ފެނިގެން އޭނާ ގެ ހިތުގައި ސުވާލް އުފެދުނެވެ. ޔުއާން އަދިވެސް ނުދަނީ ހެއްޔެވެ؟ އޭނާ އެހާ ގިނަ އިރު ކުރީވެސް ޔުއާން ގެ ފަރާތުން ސަލާމަތް ވާން ވެގެންނެވެ. ހިޔާލް ތަކުގައި ހުރި މައިލީން އަށް ޔުއާން އޭނާ ގާތަށް އައި ކަމަށް ވެސް ނޭގެއެވެ
“އާ ޔޫ އޯކޭ” ހަމަ ހޭވެރިކަން ވީ ޔުއާން ވާހަކަ ދެއްކުމުންނެވެ. އޭނާ އެއްޗެކޭ ނުބުނެ ހިނގައިގަތެވެ. ޔުއާން މައިލީން ގެ ފަހަތުން ދިޔައެވެ. ހޮސްޕިތަލް އެތެރެއަށް ވަދެވުމާއެކު ޔުއާން އަނެއްކާވެސް މައިލީން އާ ވާހަކަދެއްކިއެވެ.
“ލީން އާރ ޔޫ އޯކޭ” ޔުއާން އެ ސުވާލު ދެތިން ފަހަރު ތަކުރާރު ކުރުމުންވެސް މައިލީން ހިޔާރުކުރީ ހިމޭންކަމެވެ. އޭނާ އަށް ޔުއާންގެ އެއްވެސް ސުވާލަކަށް ޖަވާބުދިނުން މުހިންމެ ނުވާ ކަހަލައެވެ.
މައިލީން އެއްޗެކޭ ނުބުނުމުން ޔުއާން މައިލިން ގެ އަތުގައި ހިފާ އެންމެ ކައރިގައި ހުރި ލައުންޖަށް މިސްރާބުޖެހިއެވެ. “ޔުއާން ދޫކުރޭ” މައިލީން ދަތްކުނޑި ވިކާލަމުން ޔުއާން ގެ އަތުގެ ތެރެއިން އަތް ދަމާގަންނަން އުޅުނެވެ. އެހެންނަމަވެސް ޔުއާން ހިފައްޓާފައިވަނީ ވަރަށް ބާރަށެވެ. އެވަގުތު ބައެއްމީހުންނަށް ވެސް އެމީހުން ގެ ނަޒަރު ސީދާވެފައި ވެއެވެ. “ޔުއާން މީހުން ބަލައޭ އެބަ” މައިލީން ބުނަމުން ދިޔައެވެ. “ދެން ބަލާނެ އެއްނު. ލީން ތި ގޮތަށް ގަދަ ހަދާ ވަރަކަށް އެމީހުން މާ ބޮޑަށް ބަލާނެ…” ޔުއާން މައިލީން އާ ދިމާލަށް ބަލާލަމުން އެއްލޯ މަރާލަމުން ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ ލާނެތް ކަމެވެ. މައިލީން ގެ އަތުން ދޫ ކުރުމެއްނެތި ޔުއާން ގޮސް ލައުންޖަށް ވަނެވެ. އެއާއެކު މައިލީން އޭނާގެ އަތް ޔުއާންގެ އަތުން ވީއްލައިލިއެވެ.
“ކޮންކަމެއްތަ ތިއީ ޔުއާން” މައިލީން ދެމުބަ ގޮށް ޖަހައިއެވެ. “އަޅޭ… ” ޔުއާން ދަމާލާފައި އެހެން ބުނެލި ގޮތުން މައިލީން އަނެއްކާވެސް ޔުއާން އާ ހަތަރު ކަޅި ހަމަކޮއްލިއެވެ. އެއާއެކު އޭގެ ދެތިން ސިކުންތު ފަހުން އެއްވެސް އެއްޗެކޭ ނުބުނެ އޭނާ ނަޒަރުވަކިކޮއްލީ އެ ދެލޮލަށް ގިނައިރު ބަލަން ކެތް ނުކުރެވުމުންނެވެ.
“ކިހިނެތްވީ ލީން… ބަލަން ކެތް ނުވީތަ އަހަރެންގެ ލޮލަށް” ޔުއާން އެއްލޯ މަރާލަމުން މައިލިން އަށް ބަލާލިއެވެ. އެއާއެކު މައިލީން ފުންނޭވާއެއްދޫކޮއްލިއެވެ. ހީވީ އޭނާ އައިސްފައި ހުރި ރުޅިގަނޑު ބައިލުވަން އުޅެނީހެންނެވެ. “ލީން… މި ދެލޮލަށް އަދި އެއްފަހަރު ބަލާލަފާނަންތަ” ޔުއާން މައިލީންގެ ދަތްދޮޅީގައި ހިފާ އިފުލާލަމުން ބުނެލިއެވެ. “ޔުއާން… ތިއަތުން އަހަރެންގެ ގައިގައި އަތް ނުލާތި” މައިލިން ރުޅިއައިސްގެން އެހެން ބުނެލިއެވެ.
އެހެންނަމަވެސް ޔުއާންގެ އެ ސަމާސާތަކުން އަށް ނޭގޭ ހިންހަމަ ޖެހުމެއް ލިބޭ ހެން ހިވިއެވެ. ވެދާނެއެވެ. އޭނަގެ ހިތުގައި ޔުއާންގެ މައްޗަށް އޮތް ލޯބި މާ ވަރުގަދައީއެވެ. “ލީން ދެން ބަލާލަބަ” ޔުއާން މައިލީން ވަށާ އެނބުރެމުން ބުނެލިއެވެ. ” ޔުއާން” މައިލީން އިނގިލި ދިއްކޮއްލަމުން ޔުއާން އަށް އިންޒާރެއްދޭން އުޅުނެވެ.
އެހެންނަމަވެސް އޭނާއަށް ވުރެ ކުރިން ޔުއާން ހަދާލި ގޮތަކުން އޭނާ އައިސް ތަތްވީ ޔުއާންގެ މޭމަތީގައެވެ. މައިލިން އަށް އިސްޖަހާލަން މަޖުބޫރުވިއެވެ. އޭނާ ދެން ސިހުނީ އޭނާގެ އިސްތަށިގަނޑަށް ޔުއާން ފުމިލުމުންނެވެ. ހަމަ އެ ހިނދު އަނެއްކާވެސް ޔުއާން ގެ ލޮލަށް ބަލާލަން އޭނާއަށް މަޖުބޫރުވިއެވެ.
“ލީން” ޔުއާން މަޑު މަޑުން ގޮވާލިއެވެ. “ޔުއާން” މައިލީންއަށް ބުނެވުނެވެ. “ޝްޝްޝް…” ޔުއާން އޭނާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން މައިލީން އަށް ވާހަކަ ނުދެއްކުމަށް ބުނެލިއެވެ. “ލީން” އަނެއްކާވެސް ޔުއާން ގޮވާލިއެވެ. މައިލިން އެވަގުތު ޔުއާންގެ އަތު ތެރެއިން ނުކުތުމަށް އުޅުނެވެ. “ނޯ” މައިލީން ގެ އަތުގައި ހިފާލަމުން ޔުއާން ބުނެލިއެވެ. ” ލިން ދާނީ އަހަރެން ދައްކާ ވާހަކަ އަޑު އަހާފަ” ޔުއާން އޭނާގެ ގޮތުގައި ހުރެ ބުނެލިއެވެ.
“ލީން” އޯގާތެރި މަޑުމައިތިރި އަޑަކުން ޔުއާން އަނެއްކާވެސް ގޮވާލިއެވެ. އޭނާއަށް ވާހަކަ ފަށާނެ ގޮތެއް ނޭގިގެން އުޅޭ ކަހަލައެވެ. “ސޮރީ” ޔުއާން މާފަށް އެދުނެވެ. “ކޮންކަމަކާ” މައިލީން އަހައިލިއެވެ. އޭނާގެ އަޑުން އެއްވެސް ކަހަލަ އަސަރެއް ފާޅުނުކުރަން އުޅުނަސް އެކަމެއް ނުކުރެވުނެވެ.
“ހުރިހާ ކަމަކަށް” ޔުއާން ވެސް މައިލީން އަށް ބަލަން ހުރެ ބުނެލިއެވެ. އޭރު އޭނާގެ ލޮލުން ނޭގޭ އިހްސާސްތަކެއް ފެންނަމުންދިޔައެވެ. ދެރަވެފައި ހުރިކަން އޭނާގެ ލޮލުން އެނގެމުން ދިޔައެވެ.
“އެއީ ޔުއާން ގެ އެއްވެސް ކުށެއްނޫނެއްނު” މައިލީން ބުނެލިއެވެ. އޭނާ ނަޒަރު ޔުއާން އިން ވަކިކޮއްލިއެވެ. އަދި އުނދަގޫ ގޮތަކަށް ހިތް ދިރުވައިލިއެވެ. މައިލީން ޔުއާންގެ އަތް ފޮޅުވާލާފައި ފަހަތަށް ޖެހިލިއެވެ.
“ލީން” ޔުއާން އެއްފިޔަވަޅު ކުރިއަށް އަޅާލިއެވެ. ހުއްޓެން މަޖުބޫރުވީ މައިލީން ގެ އަތުގެ އިޝާރާތަށެވެ. މައިލިން ގެ އި ޝާރާތުން މައިލިން އަށް އެތް ފިޔަވަޅު ކުރިއަށް އަޅާކަށް ވެސް ނުކެރުނެވެ. އޭނާ ހުރިތާ ހުރެގެން މައިލީން އާ ވާހަކަ ދެއްކޭތޯ އުޅުނެވެ. “ލީން އަޑު އަހާބަލަ” ޔުއާން އަނެއްކާވެސް އެއްފިޔަވަޅު ކުރިއަށް އަޅާލިއެވެ. އެއާއެކު މައިލިން ފަހަތަށް ޖެހުނެވެ.
“ލީން އަޑު އަހާބަލަ. އަހަރެންނަށް މާފެއްނުކުރާނަންތަ؟” ޔުއާން ގެ އަޑުގައި ނޭގޭ ރިހުމެއްވިއެވެ.
އޭނާ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. މައިލީން ފަހަތަށް ޖެހެމުން ދިޔައެވެ. އެންމެފަހުން ގޮސް މައިލީން ތަތްލީ ފާރުގައެވެ. އެއާއެކު މައިލީން ފުރަތަމަ އެއްފަރާތުން ދާން އުޅުމުން އެ ފަރާތުގައި ޔުއާން އަތް ޖައްސާލިއެވެ. ދެން މައިލިން ދިމާކުރި ކަނާތް ފަރާތް ނޫން އަނެއް ފަރާތުން ދާށެވެ. މިފަހަރު އެ ފަރާތުން ވެސް ޔުއާންގެ އަނެއް އަތް ޖައްސާލިއެވެ. ފާރާ ޔުއާން އާ ދެމެދު މައިލީން ތާށިވިއެވެ. “ދެން ކިހިނެތް ހަދާނީ” ޔުއާން އެއްބުމަ އަރުވާލަމުން ބުނެލިއިރު އެއަޑުގައި ލާނެއްކަމެއްވިއެވެ. “ލީން އަހަރެން ނަށް މާފު….” ޔުއާން ގެ ބަސް ހުއްޓުނީ މައިލީން ގެ އަޑަށެވެ.
“ޔުއާން ގެ ހިތް ނުފުރެނީތަ؟ އަހަރެންނާ އަހަރެންގެ ދަރިފުޅު މަރުވީމަތަ ތިހިތަށް ހަމަޖެހުމެއްލިބޭނީ” ޔުއާން ބުނަން އުޅުނު ބަސް އަރުތެރޭގައި ތާށިވިކަހަލައެވެ. އޭނާ ވަގުތުން މައިލީން ގެ އަނގަމަޓިގައި އަތް އެޅިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ތިހެން ނުބުނާށޭ ބުނެލީ ވާހަކަ ދައްކާނެ ހިތްވަރު ނެތުމުންކަންނޭގެއެވެ. “ލީން… އަހަރެން އެހެނެއް ނުބުނަމެއްނު…. ދުވަހަކުވެސް ނުބުނާނަން” ޔުއާންގެ އަޑުގައި މަޑު ތުރުތުރެއްވިކަން މައިލީން އަށް ފާހަގަކުރެވުނެވެ. ޔުއާން އިސްޖަހާލިއެވެ. އޭނާ މައިލީން ގެ ދެފަރާތުގައި ފާރާ ޖައްސާފައި އޮތް އޭނާގެ އަތް ނައްޓާލާ ފަހަތަށް އެނބުރުނެވެ. ދޮރުލެއްޕުނު އަޑާއެކު ޔުއާން ފަހަތަށް ބަލާލިއެވެ. އޭނާ އަށް ފެނުނީ ހުސް ކޯތަރިއެވެ. މައިލިން ދިޔައީކަން ޔަގީންވިއެވެ. އޭނަ އެތަނުގައި ހުރި ސޯފާއަށ ވެއްޓިގަތެވެ. އެތާގައި އެކަނި އިންނަތާ ފަނަރަ މިނިޓް ފަހުން އޭނާ އަށް ފޯނެއް އައެވެ
ގުޅަނީ ކައުންޓަރުންނެވެ. މައިލީންކަން އޭނާއަށް ޔަގީނެވެ. ފޯން ނަގާ ކަންފަތުގައި ޖައްސާލުމާއެކު ކަންފަތުގައި ޖެހުނީ މައިލީން ގެ އަޑެވެ.
“މިކޮޅުގަ ޕޭޝެންޓުން އެބަތިބި… ފަށަން ހަމަ ޖައްސާފައިން ގަޑި ހަމަ ވެގެން އިތުރަށް ދިހަ މިނިޓް ހިނގައިފި” މައިލީން ބުނެލިއެވެ. އެއާއެކު ޔުއާން ފުންމައިގެން ތެދުވެ ފޯން ކަނޑާލަމުން މިސްރާބުޖެހީ އަވަހަށް ނުވަވަން ފްލޯއަށް ދިޔުމަށެވެ.
(ނުނިމޭ)
53 Comments!
Comments are closed.
ASSALAAMU ALAIKUM. enme fahun yuan ah dw mi vi. varah kudhin happy vaane dw. 🙂 I knw its too short. Ekamaku varah bixi koh ulhemun friday ey kiyaafa ves kuda koh change kohlaafa up mi kohli. Kurakas do comment ur views ingey. And what do u think about leen and yuans sweet fight?. And kurin part ga Hi Mi aa frnd vaa hithun ulhunu shann. Answer aki hama yes ey. E part ge comment thakah mirey reply kohlaanan. In Sha Allah. Thankyou all. Jazakallah Khairan. ?
Thanks HiMi ?v reethi mibai
Dhn yuaan aa maileen aa gulhuvabeh
thansk siroo lets wait and see v ufaavehjje. thanks dear.
Hama bala balaa mi hunnaanee kiyaafa comment kuraanan…???????❤❤❤?????
hanks axy kiyaalaafa comment kohalaathi ingey. v ufaavehjje. 🙂
What a surprise hi mi?? U r the one of the best wrters in esfiya.
thaks maa. vara vrh v ufaavehjje. comment fennaathy enme ufaavani thikhala swyt comments. 🙂
Meee kaaaku koffa in comment eh… hi mi this is not my comment….
Oooh. . Kiyaalevijje mi part ves. .. vvv reethi nd v dheravey milyyn nd uaan ah vaagothun.. v intrestin mi part ves… thnx himi…??? ur the best. ..??
thanks navy vvv ufaavehjje. thankyou so much. va gotheh balan kiyaalamaa dhen huri prts. 🙂
thanks navy. it meaans alot dear. vvv ufaavehjje. 🙂
Wow…haadhavaa reechey,,,,hi mi is best,,,??
thanks hashaa. it means a lot v ufaavehjje. 🙂
Wow first dhw
sad dear. nt this time. try next time.hi mi hunaanan sammm ah first libeythoa bala balaa… hehe. 🙂 varah ufaavehjje. thanks again.
Hi Mi vareh hama nuvaane story daily koh upload kohdhinumuga ? thankyou Hi Mi.. heheh mi part , I love it.. yuan n maileen ? kon irakun tha e meehun ehgalakah araany?? waiting.. vrh reethi vaane e dhekudhin hama akah elhunyma ? yes mi part kuru.. but no problem.. at least you uploaded the story busy n koh ulhemun vx dhw ? that means a lot to us .. waiting for next part . Good luck dearu Hi Mi ?❤️?❤️?
hehe. thansk a lot dear it means a lot. sham ge comment ah ves miharu hama varah inthixaaru kureey Hi Mi ah. emeehun dhemyhunnah vaa gotheh balamaa. yuan maileen varah dhera kihfi dw. what do u think? mailee will forgive him so easily? thanks again dear. 🙂
Thanks a lot Hi Mi dhoony.. V v v furihama mibaives.. Bxy koh ulhemunves up kohla dhinyma v happy vehje.. Hi Mi v v v molhu story liyan, Masha Allah.. Anehka ehaa baraabarah eba up kohdhey.. Khonme story eh fashaigen ulheyiruves ehaa baraabarah eba up kohdhey.. Thy story liyaa ehen myhunnah namoonaaekey hama bunelan jeheyny.. Story kiyamun dhaairu hama hyvany filmehge manzreh fennahen.. Ehaa ves molhukoh ebahuri sifa kohdhinun geneadhyfa.. Dhenvaani kihinehbaaey mihithah arany.. Abadhuves mi story ah inthixaaru kurevey.. Luv u n Miss u
alhey thanks Shann. kuree part ah comment eh nukuevunu dear. ekam ur most welcome hama. hehe filmeh ge mazareh? Hi M try kuran sifa vaa varah genes dheveythoa. eyi story eh Hi MI ah ves reethi vaa maigandu eh sababaki eyi kamah vaathy. Hi MI aki ves storyga ullHey meehkey feel vaa varah. varah try kuran evarah genes dheveythoa. kuri ah so many interesting things comking up. thanks dear. vvv ufaavehjje. shann ge konme comment eh ves ehaa loabi. v ufaavey. thanks dear. 🙂
Alhey Hi Mi what a surprise… ???.. Hama aslu vx varah surprise vehje ingey… Heheheh ???… Mi part vx hama awesome ingey ???… Kurakas aeee mahsala ehnun Hi Mi ehaa bxy iruga… Aslu Hi Mi haadha ragalhey ???… Ehaa bxy koh ulhemunvx vaahaka mivarahvx up kohdheythy varah varah varah bodah thanks n varah varah varah ufaavey ???.. I’m sooooooooo happy Hi Mi story kiyaalan libunyma ???… Kurakas mivarahvx up kohdheythy it means a lot for us ???.. Hi Mi thee hama best ???… U are tooooooo good Hi Mi ???… Story ge knme partehvx kiyanee varah varah varah kiyaahithun.. Knme partehvx ehaa reethi n ehaame interesting… I really love this story Hi Mi ❤️❤️❤️❤️❤️❤️… N love you tooooooo Hi Mi my favourite writer ❤️❤️❤️❤️❤️?????… Hi Mi ah ingeytha Hi Mi ge story kiyaalan nulibey hidhaku hiyehnuvey dhuvas ehkoh furihama vi heneh.. I just feel like that it should be a part of my everyday life ???… Ehaa vx mi vaahaka important pinky ah ❤️❤️❤️… Btw Hi Mi pinky varah varah miss vi Hi Mi mathin ingey.. Story up vitho n Hi Mi ge reply aisithr belunu adhadhehvx neynge… Hi Mi ge reply kiyaalaafa knme faharakuvx pinky hama speechless vanee… Vvvv vvv vvv vvv ufaavey ??????… Hi Mi ge reply akee vx vvv important thing to complete my day… Vaahaka akaa mihaa close connection eh nubeyvey myge kurin eh bt this story is a lot for me n it’s vvvv vvv vvv important for me because mi story akee my number 1 Hi Mi ge story akah vaathy n ehaame reethi n interesting story akah vaathy n readers aa medhu Hi Mi thibaahvaa close connection onnaathy ❤️❤️❤️❤️… U are sooooooo friendly Hi Mi…. Aee pinky ah Hi Mi ge varah kamudhaa sifaeh ❤️❤️??????… OK anyways varah vaahaka gina vehje dhw… Sry ingey.. Heheheh… Curiously waiting for the next part.. Love you Hi Mi ❤️❤️❤️❤️❤️❤️???????????????… N once again thank to you ehaa bxy koh ulhemunvx vaahaka mivarahvx up kohdheythy n Hi Mi ge loabi loabi reply ah vx vvvv vvvv bodah thanks… ????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️???????? n reyga story kiyaalin bt net slow kamun comment nukurevuny bt now mi kohlee ????
Alhey dear. neyge bunaane ehcheives Hi Mi ah. haaddha dhigu comment ekey dw. Hi MI comment kiyamun dhiya iru hithah arani oinky liyefa hunaani dhen keekey baa ey. Hi MI ge story ge mi episode ah vureves dhigu kanneyge dw. hehe. vvv ufaavehjje. mi story ah thihaa support dheythy. Hi MI abadhuves masah kai kuran kiyuntherin beynun vaa gothah genes dheveythoa. In Sha Allah… kuri ah oi thanuga ves masah kai kuraanan. Hi MI dhekey gothuga redaers ge comments thah kiyaa rangalhu kuran jehey kanthah rangalhu kohgen kuri ah dheveyni. Interesting baivaru knathah adhi hama ebahuri ingey dear. kest wait and see. 🙂 vvvv thnaks. hama speechless. bunaane ehche hama hithakah nai ufaav varun. 🙂
V kuru
thansk bas ee.
alhey himi kiya hithun hutta thi upvi. but comment nukureve. varah reethi. yuan and maileen ge scene enme cute e. and reeka size v goiy hini annani hehe. yashm rangalhu vefa yuan n leen back together v ma they will b one happy family. waitin for that day. mi site ga diaily koh upva story aki mi story and maroon ge story. love both stories alot. wish u sucess in this path. ?
thanks annoying reader. aslu maa kuree dw. ekamaku bixi v ma dhen huri bai kyaave time nuvi dear. miadhu ves try kuraanan In Sha Allah. v ufaavehjje. 🙂 hingaa balamaa vaa gotheh maileen and yuan ah. yaSm too 🙂
Hi mi u r doing great…… vaaahaka kuriah dhaaagoiy ves vvv ragalhu….. miadhuves part eh kurukoh viyas kiyaalan libeyne kamah ummeedhu kuran….
balaanan dear. hama trying thanks iney v ufaavehjje. 🙂
Kiyaahithun huhta nimuny mi part ves ? Hi Mi ur the best ingey. . Next part ah varah inthizaaru Kuran eba..?
maa kurii dw dear but thankyou. for commenting.. dhen faharakun dhigu kohlaanan. In Sha Allah. v ufaavehjje. 🙂
Hellow hi mi dhoonyaa reygaves comment kurin ekamaku nudhiya????????????????hi mi dhoonyaa vvvvvvv ufaavi friedayga upkuraanamey kiyaafa reyga up kuryma v surprise vefa hury??? himi haadha ragalhey himi mathin vvvvvvvv mis vi maasha allah mi partves vvvvv furihama adhi ehaame reethi???????????? xaan buni gotha dhw vee eh e yuaan dhw hehe?????
i knw… Hi MI ah ves nukurevynu kuree part ah. mihaaruves nukurevey. ehenve reply nukurevigen miulhney. miss yh too v ufaavehjje. thanks 🙂
????V.furihama
thanks dhonthi. vara ufaavehjje comment fenifa. 🙂
varah furihama… thihaa busy kon ulhey dhuvas thakuga ga ves up kohla dhineema varah ufaavey
thanks aki. v ufaavehjje. thakyou dear.
ހެލޯ ހައިމީ ޑާލިން ވަރަށް ކޮމެންޓު ކޮއްފިން އެކަމަކު ނުދިޔަ ވަރަށް ދެރަވި ހައިމީ ހާދަ ރަގަޅޭ ވަރަށް ބޮޑަށް މިސް ވެފަހުއްޓާ ތި އަޕް ކޮއްލީ ވވވވވވވވވވވވވ ބޮޑަށް އުފާވި ހައިމީ ޒާން ބުނިގޮތަށް ދޯ ވީ ޔުއާން ދޯ އެއީ މާޝާﷲ މިބައިވެސް ވވވވވވ ފުރިހަމަ އަދި އެހާމެ ރީތި ތޭންކްސް ހައިމީ ޑާރލިން ދެން އޮއްނަ ބައި މިއަށްވުރެ މާ ރީތިވާނެކަން އިންގޭ ވެއިޓިން………..ވެއިޓިން ހައި ޒާން ވަރަށް އުފާވެ ތިހާ ބިޒީކޮއް އުޅެމުންވެސް މިހާ ދިގުކޮއް ވާހަކަ އަޕް ކުރާތީ އެހެންވެޔޭ ޒާން ބުނަނީ ހައި މީ ވަރެއް ނެތޭ ހައިމީ އަކީ ކިޔުންތެރިންގެ އިހުސާސްތަށް ދަންނަ ވާހަކަ ލިޔުން ތެރިއެއް ހައމީ އަށް އިންޝާﷲ މިކަންތަށް ވާނެ ގުޑް ލަކް ސްވީޓް ހާރޓް
hello xaaan vvvv ufaavehjje. xaaaan ge kuree part ge comment ah reply kuran varah ulhefin. ekamaku nukurevunu e part ga nukurevi huri ehves comment akah nukurevunu fahun. thankyou so muchh bunaane ehchei ves neygey.abadhuves balani kiyun therin ufaavaane gothakah story kuri ah gendheveythoa. Jazakallah Khairan. 🙂
Anehkaa ves surprise eh dhiny dw.thankss .ur d best hi mi????????.kuru viyas mi part vvvvvv nyc ingey❤❤❤❤❤❤❤❤.. maily n yuan ge seen v majaavi n sad ves vi ?????…waitingggg
hehe. thanks kai. vvv ufaavehjje. thi in konme comment aki ves Hi Mi ah varah muhinmmu comment eh ingeu dear. mailyn and yuan dw… ehe thanks 🙂
This is the best story in esfiya. Before there were many language mistakes. But its very improved now i love your courage. best writer in esfiya.com
Thanks leen. Hi Mi balani kiyun therin faahaga kohdhey mistakes thah rangalhu kohlleveythoo abadhuves. vvv ufaavehjje. hama migothah kuri ah oi thanugaives masah kai kuraanan. In Sha Allah. thankyou so much. 🙂
Hi mi you boy or a girl???
Why hehe. A girl. ???
varah reethi mi part ves…….. hi mi yuan are maileen gulhuvaba airun story v nice vaane dhw…?????????????❤❤❤
thankyou… hingaa balamaa. ekamaku leen konme meehakaa gulhunas beynun vani arah thafaathu kon gulhuvan. working on it dear. thankyou but kaakaa kan eyi hama secret eh. 🙂
Hello hi mi darling.. first comment kanneynge dhw.. awa ge friend eh recommend koggen mi vaahakakiyan feshee.. its awsome ingey.. komme dhuvahaku vaahaka up vi thw balaalevey.. i reaaly love the story. And sifa kurun hama obiness to the max ey bunevey.. love you.. next epi ah waiting eagerly
hello. so happy to see a comment from yuh. story mihaa hisaabah kiyaalikan ingunima varah ufaavehjje. hama bunaane ehcheives neygey. rangalhu kohlan jehey kanthah faahaga kohladheythi ingey. loves… 🙂
Awa dhoonya konthaku thiulheny mis u
Alhey xaan tha.. miss vey ingey…. dhn maa gina dhuvaheh nuvaane dhn xaan mennah anekkaa fennaakah in sha allah
??
Vvvvvvvv rythi. Innaane mail kohlaafa .
thankyou tee. v ufaavehjje. reply kohlaifin. do check ingey dear. 🙂
Alhey Hi Mi vaahaka.up kndhyba plx kiyaa hithuh hureveny kyvs noon v v v v v v salhi.mi vaahaka ?? comment knlyvs mi.vaahaka up nuvegeh las vaathy ve n thanks Hi Mi
Alhe Leen ehfaharuves yuaan ge vaahaka adu ahaabala plxxx?????