“ޝަނުން ލޯބިވާ ކުއްޖާއާއި މެރީ ނުކުރީ ކީއްވެކަން ބުނެދީފާނަންތަ” މީ ވަގުތު ކުރަން އެއްމެ ރަގަޅު ސުވާލު ހެއްޔެވެ؟ “އެއީ ކުއްޖާއަކީ ތެލެސީމިއާ ކެރިއާކަށް ވީމަ” އެހެން ބުނެލުމަށްފަހު ޝަނުމް ފާހަނައަށް ވަނެވެ. ޝަނުމް ފާހަނައަށް ވަނުމް ރީމް އެނދުގައި އޮށޯތެވެ. ލައިގެން ހުރި ބޮޑު ހެދުމުގެ ސަބަބުން މާ ގިނައިރަކު އެހެން އޮވެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ޝަނުމް ފާހަނައިން ނިކުންނަންވާއިރަށް ބެލްކަންޏަށް ނުކުތެވެ. ޖެހޭ ފިނިވައިރޯޅިތަކުން މުޅި ފަޒާގައި ފިނިކަމެއް ވެއެވެ. މިފަދަ ހިތްގައިމު […]
ޒީކް ދޮރުގައި ޓަކި ޖަހާލަމުން ދޮރު ހުޅުވާލިއެވެ. ހަމައެކަނި ސޯޓްބުރިއެއް ލައިގެންހުރި އަލްޔަން ފެނުމުން ހުއްޓުން އަރާގޮތްވިއެވެ. އަލްޔަންގެ ވަރުގަދަ ހަށިގަނޑާއި މަސްއަރާލާފައިވާ މުލައްދަނޑި ފެނުމުން ބުނަން އައި އެތިވެސް ހަނދާން ނެތުނު ކަހަލައެވެ. “ޒީކް ކަމަކުތަ؟” އަލްޔަން ޓީސާޓް ގަޔަށް މަހާލިއެވެ. “މާމަ އެބަހޯދާ. . . އަދިވެސް ނިދި ހަމަ ނުވަނީތަ؟ ގެއަށް އައީއްސުރެ ނިދަނީ ވިއްޔަ ތިޔަ” ޒީކް ހަމަޖެހިލަމުން ބުނެލިއެވެ. “ހިނގާ” އަލްޔަން ޒީކްގެ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. ދެމީހުން އެކުގައި […]
ބައްޕަގެ ކުރި މަތީގައި އިތުރު އެއްޗެއް ނުބުނެ ހިންދު މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނެވެ. ހިތް ބިރުގެންފައިވާ ހާލުގައެވެ. ގޭގައި އިތުރު މީހެއް ހުރި ނަމައޭ ވަރަށް ބޮޑަށް ހިތަށް އެރިއެވެ. ކޮޓަރިއަށް ގޮސް ހިންދު އަޝްވިންއަށް ގުޅާލަން އުޅުނެވެ. އެހެންނަމަވެސް ފޯނު އޮތީ ޗާޖު ހުސްވެފައެވެ. ހިތް އަވަސްވެފައިވާ ހާލު ޗާޖަރެއް ފެނޭތޯ ހިންދު އެތަން މިތަން ހޯދިއެވެ. އެހެންނަމަވެސް ނަސީބު އަތުގައި ހިފާ ގޮތެއް ނުވިއެވެ. ޗާޖަރު ހޯދަމުން ދިޔަ ހިންދުއަށް ސިހުން ގެނުވީ […]
“އެއީ ހަމައެކަނި ޝަރަފްގެ ވައިފްގެ ގޮތުގަ ދުނިޔެއަށް އެނގޭ ކުއްޖެއްނޫން ޝަރަފް. އެއީ އެތައް ބަޔަކު ދުޝްމިނެއްގެ ގޮތުގައި ދެކޭ ކުއްޖެއް.” ނަބީހް ބުނެލި ވާހަކައިން ޝަރަފްގެ ދެބުމަ ކައިރިވީ ހިނދު އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ނަބީހްއާއި އޭނަ ގާތްވެގެން އުޅޭ މައިގަނޑު އެއްސަބަބުގެ މަތިން ކުއްލިއަކަށް ހަނދާންވެގެން ދިޔުމުން ޝަރަފް އެއްފަހަރާ އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެހެނަސް އޭނައަށް އެންމެ ބަހެއްވެސް ބުނެ ނުލެވެނީސް ނަބީހް ވާހަކަ ދައްކަން ފެށިއެވެ. […]
މާގަނޑުން އޮހެމުންދިޔަ ފެންތަކާއެކު އިޔާން ވިސްނަމުން ދިޔައީ ޒީކް ކައިރިއަސް ގޮސް ހަދާނެ ގޮތަކާ ދޭތެރޭގައެވެ. ފެންވަރައިގެން ނިކުމެ ކަޅުކުލައިގެ ޓީޝާޓަކީ ކަޅުކުލައިގެ ސޯޓެއް ލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުރެގެން ބޯ ރީތި ގޮތަކަށް ހަދަމުންދިޔައެވެ. ސެންޓްފުޅި ނަގައިގެން ޖަޔަށް ޖަހާލަމުން ލޯގަނޑު ކުރިމަތިން ދުރަށް ދިޔައީ އިޔާންއަސް ކަމުދާވަރަށް ތައްޔާރުވެވުމުން ކަމަށް ވެދާނެއެވެ. އަލަމާރި ހުޅުވާލަމުން ރަތްކުލައިގެ ކުޑަކުޑަ ފޮށްޓެއް ނެގިއެވެ. ފޮށި ހުޅުވާލެވުނުއިރު އިޔާންގެ މޫނުމަތީގައި ވަނީ އުފާވެރި ހިނިތުންވުމެވެ. ހިތުގެ ބައްޓަމަށް […]
ކުރީގެ އަދަދާއި ގުޅޭ : އެހެން ބުނެފައި ފޯނު ކަނޑާލުމަށްފަހު އެފް.ބީ މެސެންޖަރ އިން ވިއާމްއަށް އައިޑީ ކާޑުގެ ފޮޓޯ ފޮނުވިއެވެ. ވިއާމްވެސް އިނީ އޮންލައިންގައި ކަމުން ވަގުތުން ސީންވެސް އެރިއެވެ. ” އޯކޭ.. އެހެންވީމަ ބަލާފަ މާދަމާ އަހަރެން ގުޅާނަން.. އަސްލު ޗުއްޓީ ނަގައިގެން ހުރީމަކަންވެސް އިނގޭ.. އަހަރެން ގާތުގައި ތިބުނީ.. އެހެންނޫންނަމަ އަހަރެން ގާތުގައި ކަމަކު ނުވެސް ކިޔާނެދޯ.. ” ވިއާމް މެސެންޖަރގައި ބުނެލިއެވެ. ” ހުމްމް.. އަހަރެން މިހާރު މިހިރީ މަސްދުވަހުގެ ޗުއްޓީ […]
“ހޫނޭ އެ ކޮފީ…. ކޮން ހިޔާލެއްގަ އިނދެގެން ތަ ތި ބޮއިލީ” ލާވިޔާ ކުޑަކޮއް ނުރުހުންވެފައި ސުވާލުކޮއްލިއެވެ. ޔުއާން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ އަވަސް އަވަހަށް އެތަނުން ނުކުމެގެން ދާން މިސްރާބުޖެހިއެވެ. “ޔުއާން މަޑުކޮއްބަލަ”ލާވިޔާ ބުނެލިއެވެ. ޔުއާން ގެ ފަހަތުން ލާވިޔާ ވެސް މިސްރާބުޖެހިއެވެ. “އިލީ” ޖަޒިލް ގޮވާލިއެވެ. އޭރުވެސް މައިލީން އިނީ އިސްޖަހައިގެންނެވެ. ޖަޒިލް ގޮވާލުމުންވެސް މައިލީން އަޅެއެއްނުލިއެވެ. މައިލީން ނޭފަތް އެތެރެއަށް ދަމާލިއެވެ. އެއާއެކު ޖަޒިލް އަށް މައިލީން ރޮނީކަން ޔަގީންވިއެވެ. އޭނާ […]
ހަނދުވަރުގެ އަލީގައި އަޝްވިން ހިންދުގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. މާނަ ފުން ބަސްތަކަކުން ހިންދު އުފާކޮށްދެމުންނެވެ. ހަގީގީ ލޯތްބަކީ އެއްމެ ފަހަރަކު ވެވޭ އެއްޗެއް ކަމަށް މީހުން ބުންޏަސް އެއީ ދޮގެއް ކަން އަޝްވިން ސާބިތުކޮށްދެމުން ދިޔައެވެ. މިހާރު އަޝްވިން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ ހިންދު އޭނާގެ ހައްގަކަށް މުޅިން ހެދޭނެ ދުވަހަކަށެވެ. ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނަން ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ. އަޝްވިން އޭނާ ކައިރީގައި ހުރި ހިންދުއަށް ބަލާލައި ހިނިތުންވެލިއެވެ. […]
ރީކަލް ވަރަށް ފަރުވާތެރިވެ އެ ރިޕޯޓް ތައް ބަލަން ފެށިއެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވޭތޯ މައިލީން އިނީ ވަރަށް ފަރުވާތެރިވެއެވެ. އެހެނަސް އޭނާއަށް އެއްވެސް އަސަރެއްނުފެނުނެވެ. ހިތާހިތުން ދުއާ ކުރެވުނީ ޔަޝްމް ހެޔޮހާލުގައި ލެއްވުމަށެވެ. “އައި ވިލް ކީޕް ދިސް ވިތް މީ ފޯ އަ ވައިލް” ރީކަލް ރިޕޯޓުން ނަޒަރު ވަކިކޮއްލަމުން ބުނެލިއެވެ. މައިލީން ގެ މޫނުމަތިން ކަންބޮޑުވުން ފެނިގެން ދިޔައެވެ. އޭނާއަށް އަހާލެވުނީ މައްސަލަ އެއް އުޅެނީހެއްޔެވެ؟. ރީކަލް ނިންމީ އެ […]