Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ބާވީސްވަނަ ބައި)

riya Level 2100 Comments10 Stories
February 8, 2018 3 Mins Read
28 Comments

ސައިބުއިމުގެ ވަގުތު ފާއިތުވެގެން ދިޔައީ ހަމަހިމޭން ކަމާއެކުގައެވެ. އެހެން ދުވަސްދުވަހު ވާހަކަ ދައްކާ ހަފީޒާގެ އަނގައިން ބަހެއްވެސް މިއަދު އަޑުއިވިގެން ނުދެއެވެ. ޒީކް ދެފަހަރެއްގަ މަތިން ވާހަކަ ދައްކަން ފެށި ނަމަވެސް މާމަ ވާހަކަ ނުދެއްކުމުން އެންމެ ފަހުން މަޑުން އިނުމަށް މަޖުބޫރުވީއެވެ.

“ޒީކް” ހަމަހިމޭންކަން ފޫއަޅުވާލީ އަލްޔަންގެ އަޑުންނެވެ.

“ޒީކް މާމަ ރުޅި އައީމަތަ ތިހެން ތިއިންނަނީ. މާމަ ހަމަޖެހިދާނެޔޭ އިރުކޮޅަކުން” އަލްޔަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“އެއީ އަލްޔަންގެ މާމައެއް ނޫނޭ. އެހެން ނޫނަސް މިހުރިހާ ކަމެއް މިވަނީ އަލްޔަންއާ ހެދި. އަހަރެން ފަހަތުން މިތަނަށް ނައިނަމަ މިހެނެއް ނުވީސް” ޒީކް ވާހަކަ ދެއްކީ ބާރަށެވެ. އެއަޑުގައި ހަރުކަށިކަމެއް އެކުލެވިފައި ވެއެވެ. އެހެން ބުނުމަށްފަހު ގޮނޑިން ތެދުވެގެން ބަދިގެ ތެރެއިން ނިކުމެގެން ދުއްވައިގަނެފިއެވެ. އަލްޔަން ދެފަހަރަކު ޒީކްއަށް ގޮވާލި ނަމަވެސް ފަހަތަށް އެނބުރި ބަލާވެސް ނުލައި އަލްޔަންގެ ލޯކުރިމަތިން ގެއްލިއްޖެއެވެ.

 

އިޔާން އިށީދެލައިގެން އިނީ އަލްޔަންގެ ކެބިންގެ ތެރޭގައެވެ. އާލިން ހަވާލުކޮށްފައި ދިޔަ ފައިލްތައް ބަރިއަކަށް މޭޒުގެ އެއްފަރާތެއްގައި ބަހައްޓާފައި ހުއްޓެވެ. އެތަނުން ފައިލެއް ނަގައިގެން އެއަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އެއިން އެންމެ އަކުރެއްވެސް ކިޔާލެވޭ ގޮތެއް ނުވިއެވެ. ރޭގަނޑު ހަމައަށް ނިދި ނުލިބުމުގެ ސަބަބުން ބޮލަށް ވަނީ ބަރުވެފައެވެ. ކުޑަ ރިހުމެއްވެސް ހުރިހެން އިޔާންއަށް ހީވަމުންދިޔައެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލުމަށްފަހު ވަދެގެން ޔޫންއެވެ. އިޔާން ފެނުނު ހިނދު ޔޫންގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. އިޔާން ފެނުނު ފުރަތަމަ ނަޒަރުންވެސް ޔޫންގެ ހިތުން ހާއްސަކަމެއް ދެވިއްޖެއެވެ. އަލްޔަންގެ ބަދަލުގައި އިޔާން އަބަދު އެގޮނޑީގައި އިނުމަށް ހިތާހިތުން ދުއާކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭގެއެވެ.

“މިތަނުން ފައިލެއް ބަލައި މިއައީ” އިޔާން ސުވާލުގެ ނަޒަރަކުން ބަލައިލުމުން އަވަސް އަވަހަށް ޔޫން ބުނެލިއެވެ.

“އޯކޭ” ފައިލުތެރެއަށް ނަޒަރު ހިންގާލަމުން އިޔާން ބުނެލިއެވެ.

ޔޫން ފައިލް ނަގައިގެން ހިނގައި ގަތްތަނުން ފައިލްގެ ތެރެއިން އެއްޗެއް ވެއްޓުނުތަން އިޔާންއަށް ފެނުނެވެ. ނަމަވެސް އިޔާންއަށް އެއްޗެއް ބުނުމުގެ ކުރިން ޔޫން ކެބިންގެ ތެރެއިން ނިކުމެގެން ހިނގައްޖެއެވެ. އިޔާން ގޮނޑިން ތެދުވެ ހިންދެމިލީ ކަންނެތްކަމާއި އެކުގައެވެ. އަދި ލަސްފިޔަވަޅު ތަކެއް އަޅަމުންނެވެ. އަދި ގުދުވެލަމުން ވެއްޓިފައި އޮތް ކަރުދާސް ގަނޑު ނަގައިގެން އައިސް ގޮނޑީގައި އިށީދެއްޖެއެވެ.

 

އަލްޔަން ކޮޓަރި ތެރޭގައި އިނެވެ. ހަނދާނެ ގޮސް ހުސްވެފައިވާ ކަހަލަ އަސަރުތަކެއް މޫނު މަތިން ފެންނަމުން ދިޔައެވެ. އެނދުމަތީގައި އޮތް ފޯނު ނަގައިގެން އަލްޔަން ހިނގައިގަތީ ބޭރަށް ދާށެވެ. ރަށުގެ އެކިއެކި މަގުތަކުން އަލްޔަން ހިނގަމުން ދިޔައީ އެއްވެސް މަންޒިލެއް ނެތިއެވެ. ކުއްލި އަކަށް އަލްޔަން ހުއްޓި ފަހަތަށް އެނބުރި ބަލާލެވުނީ އަލްޔަންގެ ނަމުން މީހަކު ގޮވާލުމުންނެވެ. ދަންނަ އަޑެއްހެން ހީވުމުން މަޑުކޮށްލެވުނެވެ. އޭރު ސައިކަލުގައި ދެފިރިހެން ކުދިން އަންނާތީ ފެނުނެވެ.

“އަލްޔަން… މިރަށުގައި ކީއްކުރަނީ” ސައިކަލްގައި މަޑުކޮށްލަމުން އެޒުވާނާ ބުނެލިއެވެ. އޭރު އެޒުވާނާއާ އެކީ އައި އަނެއް ކުއްޖާވެސް މަޑުކޮށްފިއެވެ.

“ހަމަ ޖައްސާލީ… ވަޓް އެބައުޓް ޔޫ” އަލްޔަން އަހާލިއެވެ.

“މަވެސް ދެން ހަމަ ޖައްސާލީއޭ.. މަދު ފަހަރަކު އެއްނު ރަށްރަށަށް އާދެވޭނީ. ހާއްސަކޮށް މިހާ ދުރަށް. އަރާ ފަހަތަށް އަހަރެން ގެންގޮސް ދީފާނަމޭ” އެޒުވާނާ އެހެން ބުނުމުން އަލްޔަން ސައިކަލު ފަހަތަށް އަރައިފިއެވެ.

“ކޮންތާކަށް ދާންވީ” އެޒުވާނާ ބުނެލިއެވެ.

“ވިޔަވަތި ކަންނޭގެ އެގެއަށް ކިޔަނީ” ހަނދާންކޮށްލަމުން އަލްޔަން ބުނެލިއެވެ. އަލްޔަން އެހެން ބުނުމާއެކީ އެޒުވާނާ ކުއްލިޔަކަށް ސައިކަލުގެ ބުރެކި ޖައްސައިފިއެވެ.

“ކިހެނެއްވީ” އަލްޔަން އެޒުވާނާގެ ބުރަކަށީގައި ޖަހާލަމުން އަހާލިއެވެ.

“އޭ ކޮންބައެއް ކައިރީގަތަ ތިހުންނަނީ” ސައިކަލް އަލުން ދުއްވާލަމުން ބުނެލިއެވެ.

“ޒީކްއާއި އޭނަގެ މާމަ” އަލްޔަން އެހެން ބުނެލުމުން އެޒުވާނާއަށް ފާޑެއްގެ ގޮތްތަކެއް ވެއްޖެއެވެ.

“ވަޓް” އެޒުވާނާއަށް އެއްވެސް އިހްތިޔާރަކާ ނުލައި ބުނެލެވުނެވެ.

އާލިން އަވަދިނެތި މޭޒުމަތީގައި ބަހައްޓާފައިވާ ޓްރޭގެ ތެރެއިން ކޮންމެވެސް އެއްޗެއް ހޯދަމުން ދިޔައެވެ. އަވަސް ވެފައިވާ ހަރަކާތްތަކުން އެއީ ވަރަށް މުހިއްމު އެއްޗެއް ހެން ހީވެއެވެ. ޓްރޭގެ ތެރޭގައި ހުރި ހުރިހާ ގަނޑުތަކެއް ވަކިވަކިން ނަގައިގެން ބެލިއިރުވެސް އެހޯދާ އެއްޗެއް ނުފެނުނީ ކަމަށް ވެދާނެއެވެ. މޭޒުމަތީގައި ހުރި ފައިލްތައް ބަލަން ފަށައިފިއެވެ. އެވަގުތު އާލިންގެ މޫނު މައްޗަށް ވެރިވެގެން ދިޔައި ހިނިތުންވުމެކެވެ.

“އަހަރެން ހާދަ ހަނދާން ބަލިވީ. މީކުރިންދުވަހަކުވެސް ވީ ގޮތެއް ނޫން. މުސްކުޅިވީ ކަމަށް ނިންމަން ވީބާ!!!!” އާލިން ވާހަކަ ދެއްކީ އެކަނި ހުރެގެންނެވެ. ފައިލްތައް ހުރިގޮތަށް ބެހެއްޓުމަށްފަހު އަލްޔަންގެ ކެބިންއާއި ދިމާއަށް ހިނގައި ގަނެފިއެވެ.

މޭޒުމަތީގައި އޮތް ފޮޓޯ ގަނޑުގެ ތެރެއަށް ގެއްލިފައި އިން އިޔާން ސިއްސައިގެން ދިޔައީ އާލިން އައިސް ކޮނޑުގައި ޖަހާލުމުންނެވެ.

“އާލިންބޭ މި ކާކުތަ؟” ފޮޓޯ ގަނޑު ދައްކާލަމުން އިޔާން އަހާލިއެވެ. އާލިން ފޮޓޯގަނޑަށް ބަލައިލިއެވެ. އެވަގުތު އާލިންގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ.

“މި ކޮންތާކުން ފެނުނު އެއްޗެއް” އާލިން އެފޮޓޯ ގަނޑުގައި ހިފަމުން ބުނެލިއެވެ.

“ފައިލެއްގެ ތެރެއިން ވެއްޓުނު އެއްޗެއް . . ކޮންމެވެސް ތާކުން ތިފޮޓޯ ކުރިން ފެނުނު ހަނދާނެއްވޭ” އިޔާން ހަނދާން ކޮށްލަމުން ބުނެލިއެވެ.

“އާލިންބެއަށް ވަރަށް ހާއްސަ މީހެއް ދޯ މީ. އެހެންވެއެއްނު މިފޮޓޯ އޮފީހުގައި ފޮރުވާފަ އޮންނާނީ” އިޔާންގެ ވާހަކައިން އާލިން ހުއްޓުން އަރާގޮތްވިއެވެ. ނަމަވެސް އަމިއްލަ ނަފްސް ހަމައަށް އަޅުވާލަމުން މޭޒުމަތީގައި އޮތް ބިއްލޫރި ބަރުގެ ދަށުގައި އޮތް ގަނޑު ހިފައިގެން ހިނގައްޖެއެވެ.

އަވިދީފައި އޮތް މަގުތަކުމަތިން ހަލުވި ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލް މަޑުކޮށްލީ ޒީކްމެންގޭ ދޮރުމަށްޗަށެވެ. އަލްޔަން ފޭބުމާއެކީ ސައިކަލް ދުއްވައިލައިފިއެވެ. އޭރު ބަނބުކެޔޮގަހުގައި އެލުވާފައި ހުރި އުނދޯލި ހެއްލަން ޒީކް އިނެވެ. ޖެހެމުން ދިޔަ މަޑު ވައި ރޯޅިއާ ބަނބުކެޔޮގަހުން ހިޔާވެފައިވާ އުނދޯލީގައި އިންނައިރު އިރުގެ ހޫނުގެ އެއްވެސް އަސަރެއް ކުރާނެ ހެނެއް ހިޔެއް ނުވެއެވެ. ކޮޓަރިއާއި ދިމާއަށް ހިނގައި ގަންނަން އުޅެފައިވެސް ހިޔާލު ބަދަލުވުމުން ބަނބުކެޔޮ ގަހާދިމާއަށް މިސްރާބު ބަދަލުކޮށްލައި ފިއެވެ. އަލްޔަން އަންނަ ތަން ފެނުމުން އެއްފަރާތަކަށް ޖެހިލަމުން އިށީންނަން ތަން ދައްކައިފިއެވެ.

“މިގޭގަ ހުންނައިރު ބުނެވެސް ނުލައި ތަންތަނަށް ތިހެން ދެވޭތަ؟” ޒީކް ވާހަކަ ދެއްކީ ހިތްހަމަނުޖެހި ފައެވެ. ޒީކް އެހެން ބުނެލިގޮތުން އަލްޔަން ހިނިވެސްއައެވެ. ނަމަވެސް އެކަން މޫނު މަތިން ފާޅު ނުކޮށްވޭތޯ މަސައްކަތް ކުރިއެވެ.

“ޒީކް ރުޅި އައީމަ ކީއްކުރަންތަ މިގޭގަ ހުންނަނީކީ” އަލްޔަން މަޖާވެލާފައި އެހިއެވެ.

“އެހެން ނޫނަސް ކުރިއަކުން ނޭނގޭ ވިއްޔާ ޒީކް އަހަރެންނާއި ދޭތެރޭ ތިވަރަށް ވިސްނާ ކަމެއް” އަލްޔަން ޒީކް އެއްޗެއް ނުބުނުމުން އަނެއްކާވެސް ބުނެލިއެވެ.

“މާމަ ހޯދި އަލްޔަންއާއި ވާހަކަ ދައްކަންވެގެން” ޒީކް މަޑުމަޑުން ބުނެލިއެވެ.

“ކޮބާ މާމަ މިހާރު. ހިނގާ ދާން” އަލްޔަން ތެދުވަމުން ބުނެލިއެވެ.

Share Article

Follow Me Written By

riya

Level 2100 Comments10 Stories

Other Articles

Previous

ހިތާ ފުރާނައިން… (32)

Next

ހިތި މާޒީ

Next
February 8, 2018

ހިތި މާޒީ

Previews
February 7, 2018

ހިތާ ފުރާނައިން… (32)

28 Comments!

  1. Shann says:
    February 8, 2018 at 12:31 pm

    V v v loabi story eh mee

    1. Shann says:
      February 8, 2018 at 12:38 pm

      Miyadhu first dhw

    2. riya says:
      February 10, 2018 at 10:49 pm

      thank you 🙂

    3. riya says:
      March 3, 2018 at 10:32 pm

      thank u 🙂 🙂 🙂

  2. Aki says:
    February 8, 2018 at 12:41 pm

    varah furihama.. miadhu adhi one part up kohla dheebaa pls

    1. riya says:
      March 3, 2018 at 10:33 pm

      thank u 🙂 🙂 🙂

  3. Icy♡ says:
    February 8, 2018 at 1:38 pm

    Vrh vrh reethi
    Avahah up kohdhehchey
    Curiously waiting

    1. riya says:
      March 3, 2018 at 10:33 pm

      thank u 🙂 🙂 🙂

  4. Rifa says:
    February 8, 2018 at 2:11 pm

    I loved this story ey?whn next part up kohladheyny?riya

    1. riya says:
      March 3, 2018 at 10:33 pm

      thank u 🙂 🙂 🙂

  5. annoying reader says:
    February 8, 2018 at 2:50 pm

    އައި ތިންކް ޒީކްގެ މަންމަގެ ޕޮޓޮ އެއް ހެން އަލްޔަން ބައްޕަ އަތުގަ އޮތީ. އަޅެ ވެދާނެ އަލްޔަން އާ ޒީކް ޝެއާރސް ދި ސޭމް ޑޭޑް ހެން، އަލްޔަން ޑޭޑް ސިއްރު ކޮށްގެން ހުންނަނީ ކަމަށް. އިފް ދެޓް ހެޕެންސް އިޔާން އެންޑް ޒީކް ގުޅޭނެ ދޯ. ވެއިޓިން ފޯ ދި ނެކްސްޓް ޕާޓް.

    1. riya says:
      March 3, 2018 at 10:33 pm

      thank u 🙂 🙂 🙂

  6. Blue beauty says:
    February 8, 2018 at 3:12 pm

    Wow….. nice mi part ves akam kuree dhen konirakun up vaany…… avahah up kohdheeba …riya pls.. dhen vaany kihinehba?

    1. riya says:
      March 3, 2018 at 10:34 pm

      thank u 🙂 🙂 🙂

  7. Sana says:
    February 8, 2018 at 3:19 pm

    Alhey story varah nice
    When next part?
    Keep it up??

    1. riya says:
      March 3, 2018 at 10:34 pm

      thank u 🙂 🙂 🙂

  8. N@-B says:
    February 8, 2018 at 3:50 pm

    Varah reethi story eh mee.. comment nukohlevunas hurihaa part eh ves kiyaalan ingey..this is one of my favourite stores..waiting for next part. ..

    1. riya says:
      March 3, 2018 at 10:34 pm

      thank u 🙂 🙂 🙂

  9. Hanaan says:
    February 8, 2018 at 4:21 pm

    V reethi mivaahaka. Zeek and Alyan pls

    1. riya says:
      March 3, 2018 at 10:35 pm

      thank u 🙂 🙂 🙂

  10. Pinky shifoo says:
    February 8, 2018 at 5:44 pm

    Very nice… Waiting for next part

    1. riya says:
      March 3, 2018 at 10:35 pm

      thank u 🙂 🙂 🙂

  11. naayal says:
    February 8, 2018 at 10:15 pm

    Xeek and alyan plx
    Waiting for the next part

    1. riya says:
      March 3, 2018 at 10:36 pm

      thank u 🙂 🙂 🙂

  12. naayal says:
    February 8, 2018 at 10:17 pm

    N v v reethi
    Keep it up riya

    1. riya says:
      March 3, 2018 at 10:36 pm

      thank u 🙂 🙂 🙂

  13. R G says:
    February 9, 2018 at 6:18 am

    Ruaan alyan and xeek e’ee ekakudharin dho

    1. riya says:
      March 3, 2018 at 10:37 pm

      may be

Comments are closed.


All Right Reserved!