Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..9

Uhthoo Level 210 Stories100 Comments100 Login
February 8, 2018 5 Mins Read
17 Comments

5 ކުދިންގެ އިންޓަވިއު ދިޔައިރުވެސް އަހުނަފް ހިންހަމަޖެހޭވަރުގެ ކުއްޖަކު ނުވިއެވެ. “އެކްސްކިއުޒް މީ ސާރ….” އަނެއްފަރާތަށް އެނބުރި ފައިލެއް ހިފައިގެން އިން އަހުނަފް ސިއްސައިގެންދިޔައީ ދަންނަ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އެނބުރިބަލައިލުމާއެކު ދެލޯ ބޮޑުކޮށްގެން ހިނދުކޮޅަކުބަލަން ހުރެވުނީ ހަނާ ލައިފައިވި އޮފިޝަލް ހެދުންފެނިފައެވެ. ކަޅުސްކާރޓް އިނީ ކަނކުަލާ ހަމައަށެވެ. ހުދު އަތްދިގުނހުދުގަމީހުގެ މަތިން ކަޅުވެސްޓެއް ލައިފައިވުމުން ވަރަށް ފުރިހަމައެވެ. އިއްޔެއާ ޚިލާފަށް މިއަދުވަނީ ބޯފަންކޮށް ހުޅިއެއް ޖަހާފައެވެ.އަރާފައިވި ހީލްގައި ހަނާ ހީވަނީ މޮޑެލްއެއް ހެންނެވެ. އަހުނަފަށް މި ފެންނަނީ ހުވަފެނެއް ނޫންކަން އެނގުނީ ހަނާ އިށީންނަން ހުއްދަޔަށް އެދުމުންނެވެ.

“ހަނާ..އަމް ސަޕްރައިޒްޑް…ކީއްވެ ނުބުނީ މިތަނަށް ޖޮއިން ކުރަން ބޭނުންވާ ވާހަކަ؟..ބޭބެއަށް އިނގޭތަ؟..” “ހެހެހެހެ…” އަތުގައި އޮތް ފައިލް ނަގައި އަހުނަފަށް ދިއްކޮށްލަމުން ހީލިއެވެ. “އަޅުގަނޑު ބޭބެ ކައިރީގައި ބުނިން.. ބޭބެ ބުނީ ހުސްކޮށް އިނީ މިވަގުތު މިމަގާމޯ….ދެން ހިތަށް އެރީ އެޕްލައި ކުރާނީއްޔޭ…ކިހިނެތްވީ…ލިބޭނެބާ….؟” ބުމަޔަށް ގޮތެއް ހަދާލަމުން ހަނާ ސުވާލު ކުރިއެވެ. “ހެހެ…ހަނާ ހުއްޓައި ނުކެރޭނެ އެހެންމީހަކަށްދޭން ބޭބެ ފަހަރެއްގަ ހިތްހަމައެއް ނުޖެހިދާނެ ދޯ….” ހަނާގެ ފައިލްތަށް ޗެކް ކޮށްލުމުން އަހުނަފް ހުރީ ހިސާބަކަށް ހައިރާންވެފައެވެ. ހަނާގެ އެކި އެކި ކޯސްތަކުގެ ސެޓިފިކޭޓްތަށް ފެނިފައެވެ. “މިއޮތީއެއްނު މި ހޯދާ ސެޓިފިކޭޓް…މި ނެތޭ އެއްވެސް ކުއްޖެއްގެ އަތަކު…ސޯ ޖޮއިން…!ބަޓް ޔޫ ހެވް ޓު ވޯރކް ހާރޑް ވިތްމީ އިނގޭ…” ހަނާގެ ލޮލަށް ފުންކޮށްބަލާލަމުން އަހުނަފް ބުނެލި އެ ޖުމްލައިން ހަނާއަށް ގޮތެއްވެލައިގެން ދިޔައެވެ. ބޯޖަހައިލަމުން ހަނާ ނުކުމެގެން ދިޔައިރުވެސް އަހުނަފަށް ހުރެވުނީ އާގަމަވެފައެވެ. ހަނާގެ އެ ރީތިކަން ހާދަފުރިހަމައެވެ. ހަނާ ފެނުމުން އެ ހިތުގެ ވިންދުއަވަސްވެއެވެ. ހިތަށް ނޭނގޭ ނުބައި ގޮތްތަކެއްވެއެވެ.

ލެޕްޓޮޕްމޭގައި ޖައްސާލައިގެން އެތެރެއަށް ވަދެގެން އައި ރީމާގެ އަތުގައި މާބޮނޑިއެއްވެސް އެބައޮތެވެ. ސޯފާ މަތީ ލެޕްޓޮޕް ބޭއްވުމަށްފަހު އަޔާޒުގެ އެނދުކައިރީހުރި މޭޒުމަތީގައި އެ މާބޮނޑި ބޭއްވީ މިއަދުވެސް އެ އުންމީދާއެކީއެވެ. މާބޮޑިމޯޅިވުމުގެ ކުރިން އަޔާޒު ލޯހުޅުވާތޯއެވެ. އޭނާއަށް މިހާރު 1000މާބޮނޑިގަނެވިއްޖެކަން ކަށަވަރެވެ. ނަމަވެސް އަޒުމަކަށް ބަދަލެއްވެސް ނާދެއެވެ. ރީމާ އަޔާޒުގެ އަތްތިލަޔަށް ބޮސްދިނެވެ. …………………*މިވާވަރު ބުނެދޭ ހިތްވޭ…ކަލާއަށް އަންގާ ހިތްވޭ…ތިލޮތްބަށް އެދިގެން ދާހިތްވޭ…. މަގޭހިތް މޮޔަވާވަރުވޭ…މަގޭހިތް ހުއްޓޭ ގޮތްވޭ……އަރާމެއް މިހިތަށް ބޭނުމޭ…….ކަލާފެނުމުން ހީވަނީ އަހާހެންނޭ….ލޯބިވޭހޭ ނިކަން… ޝަކުވާ ހިތަށް ކުރެވޭ ރޮމުން އާދޭސް ކުރާ ހިތްވޭ ރޮމުން……..މިދެލޯ ފޮހެލާދެން ކަލާ އަންނާށޭ….އިންތިޒާރުގައި ހުންނަމޭ ލޯބިން…..އެނގުމުން ހިތަށް މިކުރާ އަސަރް….. ގައިމޭ ކަލާ ރޯނޭ ފަހުން…..މިހިތަށް ތި ލޮތްބާ ރުހުން….ދެއްވާތޯދަންނަވަން ދުޢާ….ވާވަރުވުމުން ލޯބިން…………………………….. ރީމާގެ ކަރުނަތަކުން އަޔާޒުގެ އަތް ތެމެމުންދިޔައިރުވެސް ރީމާއަށް އިނގޭހެނެއް ހިޔެއް ނުވެއެވެ. “އަޔާ……ދެންހަމަ އަހަރެންގެ ހިތާ ކުޅެލައިފައި ދަނީތަ؟…… އަހަންނަށް އިތުރު ފުރުސަތެއް ތިހަޔާތުން ނެތީތަ؟ …..އަހަރެން ހާދަ ކެތްކޮށްފީމޭ…..އަހަރެން ހާދަ އިންތިޒާރެއް އެބަ ކުރަމޭ…..އެނގޭތަ އަޔާގެ ބައްޕަ ވެސް ބުނީ ހިތްވަރުކޮށްފަ އަޔާއާ ދުރުވާށޯ…ކިހިނެތްތަ އެހެން ބުނަން އެނގުނީ އަޔާ……؟ އަހަރެން މި ދުނިޔެމަތިން ފޫހިވާން ފަށައިފި… މިތާތިބި މީހުންދެކެވެސް އަހަރެން ރުޅިއަންނަން ފަށައިފި….އަޅެ އަވަހަށް އާދެބަލަ އަޔާ…..އޭރުން ހުރިހައި ކަމެއްވެސް ރަނގަޅުވާނެ….”

އަޔާޒުގެ މަގަތުގައި ބޯއަޅައިގެން އޮވެ ރީމާ ވަރަށް ޝަކުވާ ކުރިއެވެ. ނަމަވެސް ތަގުދީރު އެނގޭނީ ކާކަށްހެއްޔެވެ؟. ކުރިއަށް އޮތް ތޫފާނުގެ ކެރީގެ އަސަރު މިހާރު ކުރަމުން ދިޔަނަމަވެސް ރީމާއަކަށް ރޭކާވެސް ނުލައެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށެވެ. އިއްޔެ ރީމާ އުޅުނީ ރުއިމުގައެވެ. މާދަމާ ވަގުތީ އުފަލަކާ އަނެއްކާވެސް ރީމާ އުޅެނީ ކުރމަތިލާށެވެ. ކަރުނަފޮހެލަމުން ތެދުވި ރީމާއަށް ނޭނގުނަސް މިފަހަރު ކަރުމައިގެ އަސަރު އަޔާޒުގެ މެރިފައިވި ލޮލުންވެސް ފާޅުވެއްޖެއެވެ. އަނެއްކާ އެ ޝަކުވާތަކުގެ އަޑު އިވި އެ ހިތަށްވެސް އަސަރު ކުރީބާއެވެ. ރީމާ ތެދުވެގެން ގޮސް ސޯފާގައި އިށީނދެ ލެޕްޓޮޕް ނެގިއެވެ. ލެޕްޓޮޕް ހުޅުވާލުމާއެކު އީމެއިލް އެއް އައިސް އިންތަން ރީމާގެ ލޮލުގައި އަޅައިގަތެވެ. ރީމާ އެ ހުޅުވާލުމާއެކު ހިތަށް އަނެއްކާވެސް ފުންއަސަރުތަކެއްކުރިއެވެ. އެއީ  ރީމާމެންގެ ދިވަހި ޓީޗަރުގެ މެއިލްއެކެވެ. ގްރެޖުއޭޝަންނައިޓްގެ ފޮޓޯތަކެވެ. އަޔާޒު ހިނިތުންވެ ނަގައިފައިވާ އެފޮޓޯއަށް ބަލަހަށްޓައިގެން ރީމާއަށް އިނދެވުނީ ކިހާއިރަކުކަމެއްވެސް ނޭނެގެއެވެ. ނަމަވެސް ފަހަކަށް އައިސް ރީމާ ދެރަވާގަޑިތަކުގައިވެސް ރުޅި އިސްކުރެވެނީއެވެ. އޭނާގެ ގާތް އެންމެންވެސް އޭނާ ދެރަކުރަން އުޅޭކަން އިހުސާސްވަނީއެވެ. ލެޕްޓޮޕް ބަހައްޓަމުން ރީމާ ނުކުތީ ބެލްކަންޏަށެވެ.

އަޔާޒު ދެކިލަން އެތަނަށް އިޝާމާއި އެކު ޔަޒިން އައިސް ވަނީ އެވަގުތުއެވެ. ޔަޒިންގެ ލޮލުގައި އަޅައިގަތީ އެއްކަލަ އަންހެންކުއްޖާއެވެ. އެއަންހެންކުއްޖެއްގެ ސަބަބުން ރޭގަނޑުގެ ނިދި ނަގާލަން ޖެހުނު ކުއްޖާއެވެ. އެދެލޯ އެކުއްޖަކަށް އެދި އިންތިޒާރު ކުރަމުންދިޔަ ކުއްޖާއެވެ. ހިތާމައިގެ އަސަރު ރަނގަޅަށްވެސް އެކުއްޖެއްގެ މޫނުމަތީގައި އަބަދުހެން ލިޔެވިފައިވެއެވެ. ދުރުބަލަން ހުރި ރީމާ އެތެރެއަށް ބަލާލުމުން ސުވާލުމާރކް ޖެހިގެން ދިޔައީ އިޝާމް ކައިރީގައި ހުރި އެ ޒުވާނާ ފެނުމުންނެވެ. “ދަރިފުޅު އެބައުޅެންދޯ….ބެލްކަނީގައި ހުރުމުން ބޭބެ ހީކުރީ ނެތީކަމަށް….” އިޝާމް އަޔާޒުގެ ނިތްކުރީގައި ފިރުމާލިއެވެ. ރީމާހުރީ ޔަޒިންގެ ތޫނު ނަޒަރުން އުނދަގޫވެފައެވެ. “އާނނ މީ ޔަޒިން…އަޔާގެ ކަޒިންއެއް.. ޔަޒިން މީ އަޔާގެ ލޯބިވެރިޔާ…. ރީމާ….”އިޝާމް އެހެން ބުނުމަށްފަހު ޔަޒިންއަށް ތިގެއިން ސައި ދޭން ދޭބަލާށޭ ބުންޏެވެ. އެވަގުތަކީ ހަނާ އައިސް ވަން ވަގުތެވެ. “ކޮބާ ހޮވުނުތަ…ހެހހެހެ…..” “އަހޫއަށް ކެރޭނެތަ އަހަރެން ހުއްޓައި އެހެން މީހަކަށް ދޭން….” ހަނާ އެހެން ބުނެ ރީމާގެ ލެޕް ނަގައި އުނގަށްލައިގެން ޖައްސާލިއެވެ. ދާން ނުދާން ހުރި ރީމާ ދާން ހިނގައިގަތުމުން ޔަޒިން ފަހަތުން ހިނގައިގަތެވެ. ރީމާ ހިނަގަނީ ފުދޭވރަކަށް ބާރުކޮށްނެވެ. ޔަޒިންވެސް ރީމާއާ އެއްހަމައެއްގައި ހނގަމުން ދިޔައިރު އެދޭތެރޭވަނީ ހިމޭންކަމެވެ. ބައިސްކަލަށް އަރަމުން ހަނާގެ ބައިސްކަލަށް އެރުމަށް ރީމާ ބުންޏެވެ.

ޔަޒިން ހީލަމުން އެބައިސްކަލަށް އެރިއެވެ. މެދުމިނެއްގައި ހުޅުމާލޭގެ ރީތި މަގުތަކުން ދުއްވަމުން ދިޔައިރު ރީމާ ހުރީ ފާދެއްގެ ފޫއްސެއްވެފއެވެ. “ވަރަށް ފިނި ދުވަސްކޮޅެއްދޯ……!” ބަނަކޮށް އޮތް އުޑު މައްޗަށް ބަލާލަމުން ޔަޒިން ބުނެލިއެވެ. ރީމާ އެއަކަށް ޖަވާބެއްނުދެއެވެ. “ރީމާ އޯ ރީ…. އަހަރެން ރީ ކިޔަސް އޯކޭތަ؟” ރީމާއަށް ބަލަމުން ޖާދުވީ ގޮތަކަށް ޔަޒިން ހީލިއެވެ. ކުއްލިއަކަށް ރީމާ ބުރަކި ޖައްސާލިއެވެ. ހައިރާންވެފައި ޔަޒިންވެސް މަޑުކޮށްލިއެވެ. “ކިހިނެތްވީ؟ ހިތްހަމަ ނުޖެހުނީތަ؟” “ރީމާ ކިޔާ..އެއީ އަހަރެންގެ ނަން…” ކުރު ޖަވާބެއް ޔަޒިންއަށް ދެމުން ރީމާ ބައިސްކަލު ޕާރކްކޮށް ގެއަށް ވަނެވެ. “އޯ ފައިން..މީދޯ ގެ…” އެހެން ބުނަމުން ރީމާ ފަހަތުން ވަނެވެ. އެތެރެއަށް ވަދެގެން ދިޔަ ރީމާ ފެނުމުން ފާތުމަ ހިނިތުންވެލިއެވެ. “ދަރިފުޅު މިއަދު ހާދަ އަވަހަކަށް އައި ދުވަހެއް….” ފަހަތުން އައިސް ވަން ޔަޒިން ފެނުމުން ފާތުމަ ހައިރާންކަމާއެކު ރީމާއަށް ބާލާލީއެވެ. “މީ އަޔާގެ ކަޒިންއެއް… ޔަޒިން…. ސައިބޯން އެއައީ…. ދޮން އެބައަންނަން….”

އެހެންބުނެ ރީމާ ގޮސް ކޮޓަރިއަށް ވަނެ ފާތުމަ އަމިއްލައަށް ތައުރީފް ވަމުން ސައިބޯން ހިނގާށޭ ބުނެ ހިނގައިގަތެވެ. ކޮޓަރިއަށް ވަން ރީމާގެ ކަރުނަތަށް ވޫސް ލައިފައި ފައިބައިގަތެވެ. ޔަޒިން އާ އެއްކޮށް އެއްވެސް ވަގުތެއް ހިއްސާ ކުރާކަށް ރީމާ ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާގެ ބުރަކަށީގައިއަޅައި އެންމެންވެސް ކޮށްޕާހެން އޭނާއަށް ހީވިއެވެ. ލޯބީގެ އިންސާފަކީ މީހެއްޔެވެ؟ ލޯބީގައި ޖެހުމުން ލިބޭ އަދަބަކީ މީހެއްޔެވެ؟ ރޮމުން ރީމާ ގޮސް އެނދުގައި އޮށޯތެވެ. އޭނާގެ ނަސީބް ނެތީބާއެވެ. ކުރިޔަށް ދެން ފިޔަވަޅެއް އަޅަން އޭނާއަށް ދަތިކަމަކަށް ވަނީ ކީއްވެބާއެވެ. އެންމެންގެ ހިތާމަތަށް ފޮރުވިފައިވާއިރު އޭނާގެ ހިތާމަތަށް ފޮރުވަން ނުކުޅެދެނީ ކީއްވެބާއެވެ؟ “ދަރިފުޅާ ރީ…. ނުކުމެބާ ދޮނޭ އެބައަންނަން ފިހާރަޔަށް ގޮއްސަ…” ހިތާ ދެކޮޅަށް ނަމަވެސް ރީމާ ކޮޓަރިން ނުކުތެވެ. ރީމާ ގޮސް ކާކޮޓަރިއަށް ވަން އިރު ޔަޒިން ސައިބޯން އިނެވެ. ޔަޒިންގެ ނަޒަރު ރީމާއަށް ހުއްޓުނެވެ. “ރީމާ.. ކީއްވެ އެހައި ދެރވެފަ އަބަދު ތި ހުންނަނީ….؟މިހެން އެހިޔަސް އިނގޭ ސަބަބަކީ އަޔާ ކަން… އެކަމަކުވެސް ހިތްވަރު ކުރަންވާނެ.. ދުނިޔޭގެ މިސާލަށް ބަލަމާ.. ގަހެއްގައި އަޅާ މަލެއް އަބަދު މޯޅިވެފަ އިނދޭތަ….؟ ނީނދެއެއްނު…” އެވާހަކަތަކުން ރީމާގެ ސިކުނޑިއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ނަމަވެސް އެއީ މުޅިއެކުން ދޮގެއް ނޫންކަން ރީމާއަށް ވިސްނެއެވެ. “އުފާވެރިކަން ހޯދުމަކީ އަމިއްލައަށް ކުރެވޭނެ ކަމެއް…. އުފާވެރިކަން ގެއްލޭނެ ދުވަސްވެސް އަންނާނެ ދިރިއުޅުމުގަ…އެކަމު ދެން އަމިއްލައަށް ނަފްސު އެކަމެއްގެ ތެރެއިން ސަލާމަތް ކުރަން ނޫޅެންޏާ ވަރަށް ދެރަ ދޯ؟” މުހިންމު ވާހަކަ ތަކެކެވެ. ރީމާގެ ހިތްވަރު އާވި ކަހަލަ އިހުސާސެއް ކުރުވިއެވެ. ޔަޒިންގެ ވާހަކަތަކާ މެދު ވިސްނާލެވުނެވެ.

ޔަޒިން ބޭނުންވަނީ ރީމާގެ ހިނިތުންވުން ފެނުމަށެވެ. މަޑުމޯޅިވެފައި އިން ރީމާ މަޑުމަޑުން ވާހަކަދައްކަން ފެށިއެވެ. “އަހަރެންގެ ހިނިތުންވުން ފިލީ އެ ރެޔަށްފަހު…އޭގެ ކުރިން އަހަންނަކީ ކަރުނަ އަޅައި ރޯން ޖެހުނު މީހެއް ނޫން… އަހަރެންގެ ވަށައިގެންވި  އުފާވެރިކަންވެސް އެ ރެޔަށްފަހު އަޔާއެކޭ އެއްފަދައިން ކޯމާއަށް ދިޔަފަދަ…އަހަރެން ނުވޭ މިދުނިޔޭގަ އުޅޭހިތެއް…”ރީމާގެ ފެންކަޅިވީ ލޮލަށް ބަލަން ހުރި ޔަޒިންވެސް ހުރީ ވަރަށް ދެރަވެފައެވެ. ދެރަވެ ރޮވޭވަރުމުން ރީމާއަށް ފެންތައްޓެއް އަޅައިދެމުން ޔަޒިން ދެން ހުއްޓައިލުމަށް އެދުނެވެ. ހުރިހައިކަމެއްވެސް ދެން ރަނގަޅުވާނޭ ބުންޏެވެ. އަދި ރީމާއަށް އުފާވެރި ދިރިއުޅުމެއް ލިބޭނޭ ބުނެ ސިޓިންރޫމަށް ނުކުތެވެ. ރީމާ ފުދޭވަރަކަށް ހިއްސާ ކުރެވުނުކަން ވިސްނުނީ އަދި މާ ފަހުންނެވެ. ކީއްވެބާއެވެ. ޔަޒިން އެއީކާކުކަމެއް ރަނގަޅަށް އެނގުނީކީވެސް ނޫނެވެ. ނަމަވެސް އެ ދެއްކީ ދޮގުވާހަކަތަކެއް ނޫނެވެ.

ސިޓިންގްރޫމްގެ ކައުޗްގައި ޔަޒިން އިނެވެ. ރީމާގެ ފޮނު އޮތީ ޔަޒިން ގެ ކައިރީގަވެ. އެހެންކަމުން ފޯނު ނެގުމަށް ގުދުވި ރިމާ ހުއްޓުން އެރީ ނޭފަތުގައި ވެރިވެގަތް ވަހުންނެވެ. އެއި ހަމަ އެވަހެވެ. އަޔާގެ ގައިންވެސް ދުވާ ސެންޓްގެ ވަހެވެ. ދެލޯބޮޑުކޮށްގެން ހުއްޓުން އަރައިފައި އޮތް ރީމާ ހޭވެރިކަންވީ ޔަޒިން ގޮވާލުމުންނެވެ. “ކިހިނެތްވީ….؟”ހައިރާންފެއި ޔަޒިން އަހަލިއެވެ. “ކަމެއް ނުވޭ…ބައި ދަ ވޭ ކޮން ސެންޓެއް …؟ ރީމާ ތތެދުވެގެން ފުރަގަސްދިނީ އޭނާ ކުރި ސުވާލުގެ ޖަވާބު އެނގިހުރެއެވެ. “ސްކިން…. ކިހިނެތްވީ ނުބައިވަސް ދުވަނީތަ؟…” ރީމާ ބޯހޫރާލަމުން ކޮޓަރިއަށް ވަނެވެ.

ހައިރާންކަމާއެކު ވިސްނާލީ އަޔާއާ އެއްގޮތް ކަމެއް ޔަޒިން ގެގައިންވެސް ފެނުމުންނެވެ. ފެންވަރައިގެން މެންދުރު ނަމާދު ކޮށްގެން ނުކުތްއިރު ޔަޒިންގެ ބަދަލުގައި އެތާ އިނީ ހަނާއެވެ. ހަނާ ގޮވާލަމުން ދަނީތޯ ސުވާލު ކުރިއެވެ. ބޯ ޖަހާލަމުން ރީމާ ނުކުމެ ބައިސްކަލަށް އަރައި ހޮސްޕިޓަލަށް މިސްރާބު ޖެހިއެވެ.

ބަނަކޮށް އޮތް އުޑުމައްޗަށް ޖަމާވެފައިވި ވިލާގަނޑު ފޫއަޅުވާލިއެވެ. ވާރޭގެ ތިކިތަށް ފުރާޅަށް ހަމަލަ ދޭންފެށީ އޮށްގާ އުކާހެންނެވެ. އޭރު ގަޑިން އެރޭގެ 11 ޖަހަން ކައިރިވަނީއެވެ. ރީމާ ނުކުމެގެން ހިނގައިގަތެވެ. ވާރޭ ވެހުނަސް ފަރުވާލެއްނެތޭ ހީވާކަހަލައެވެ. ގަދަ ވަޔާއެކު ވިއްސާރައިގެ ތެރެއިން މަގުތަކުން އެއްޗެއް ފެންނަވަރެއް ނޫނެވެ. ނަމަވެސް އޭނާ ބޭނުންވަނީ ކުރިއަށްދާށެވެ. ރީމާ އެހެރީ ޝޮކްގައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ޑޮކްޓަރުގެ އެންމެ ފަހުގެ ބަސްތަށް ހޮނު ގުގުރިހެން ރީމާގެ ކަންފަތުގައި ހަރުލައިފައިވިއެވެ. “އަޔާޒުގެ ހާރޓް ބީޓް ކުރިއަށް ވުރެވެސް ދަށް…. އޭނާ ސަލާމަތް ވީނެ ކަމާމެދު މިހާރު ޝައްކު…އަޅުގަނޑު ނުބުނާނަން އުންމީދު ކަނޑާލީއެކޭ…ޕްރޭ ފޯރ ހިމް…”  ރީމާ ދެން މިދުނިޔޭގައި އުޅޭނެ ގޮތެއް ބުނެބަލާށެވެ.

އެއްނޭވައިން ކޯފީތަށި ދަމާލަމުން ބިލަށް ފައިސާދައްކާފައި ނިކުންނަން ދިޔަ ޔަޒިންގެ ލޮލުގައި އަޅައިގަތީ ތެމިފޯވެގެން ހިނގައިފައި އައި ރީމާއެވެ. ޖެހިގެން ހުރި ގޯޅިން ބާރު ސްޕީޑްގައި ކާރެއް ނުކުންނަން އައެވެ. “ރީމާ……”ބާރުހަޅޭކާއެކު  ޔަޒިން ދުއްވައިގަތީ ރީމާ ސަލާމަތްކުރުމަށެވެ. އެންމެ ސިކުންތުކޮޅެއް ލަސްވިނަމަވެސް ރީމާ މިދުނިޔެއަކަށް ދެން ނޭވާލުމަކީ ނާދިރުކަމެކެވެ. ނުވިސްނައިހުރި ރީމާ ދަމައިގަތުމުން ރީމާ ވެއްޓުނީ ޔަޒިންގެ އތުތެރެއަށެވެ. ހަތަރު ކަޅި ހަމަވެފައިވިރީމާ އާ ޔަޒިން ތެމެމުން ދިޔައިރު ހީވަނ ފިލްމެއްގެ މަންޒަރެއްހެންނެވެ. އެކެފޭގައި އެމަންޒަރު ބަލަން ތިބި ގިނަ ބައެއްގެ ފޯނުތަކަށް އެ ރީތިމަންޒަރު ނެގިއެވެ. ވާރޭގެ ތެރޭ އެތިބަ ފުރިހަމަ ޖޯދުގެ އެ ފޮޓޯތަށް ސޯޝަލްމީޑިޔާގައި ދައުރުވެގެން ދިޔައީ ބޮތްކެއް ދިއްލުމުން އޭގެ އަލި ވެރިވެގެންދާހައި އަވަހަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ހިތި މާޒީ

Next

ތިޔަ އަސަރު 27

Next
February 8, 2018

ތިޔަ އަސަރު 27

Previews
February 8, 2018

ހިތި މާޒީ

17 Comments!

  1. Beauty?? says:
    February 8, 2018 at 12:44 pm

    Me first

    1. thuhoo says:
      February 8, 2018 at 12:46 pm

      Wow .. love u guys❤️

  2. Shann says:
    February 8, 2018 at 12:45 pm

    Oh up kohly dhw.. V v interesting story eh mee.. Comment nukuriyas hama baraabarah story kiyan igey ..

    1. thuhoo says:
      February 8, 2018 at 12:47 pm

      Ehen.. thanks❤️❤️shann

  3. ishnash says:
    February 8, 2018 at 1:01 pm

    nash ah vvvv rythi story eh mee nd ryma dhn gulheynyy kaakaa i luv this story

    1. thuhoo says:
      February 8, 2018 at 1:06 pm

      Kanthah vaagothun guess kohlaa reema gulheynee kaakaakan thanks Nash❤️

  4. EHLEE says:
    February 8, 2018 at 1:15 pm

    Wow v reeti avahaa up kohladheetih

    1. thuhoo says:
      February 8, 2018 at 1:26 pm

      Yes try kuraanan inshallah ❤️ thanks EHLEE

  5. Icy♡ says:
    February 8, 2018 at 1:30 pm

    Wow
    Nice
    Vrh reethi

    1. thuhoo says:
      February 8, 2018 at 2:28 pm

      thanks Icy?

  6. Nash says:
    February 8, 2018 at 1:44 pm

    Comment nukuriyas hama baraabarha story kiyan ingey n vvvvvv Loabi this story

    1. thuhoo says:
      February 9, 2018 at 9:14 am

      thanks nash?

  7. Sana says:
    February 8, 2018 at 3:10 pm

    Waau varah reethi
    When next part?
    Keep it up

    1. thuhoo says:
      February 8, 2018 at 3:15 pm

      may be haveerun?

    2. thuhoo says:
      February 8, 2018 at 3:15 pm

      thanks sana

  8. Pinky shifoo says:
    February 8, 2018 at 5:37 pm

    Varah varah reethi mi part vx ??… Keep up the good work thuhoo ??… Waiting for next part…

    1. thuhoo says:
      February 8, 2018 at 6:58 pm

      Thanks shifoo ❤️ ehevs Kada thankolheh inniyya let me know why so I can change it and improve myself ?

Comments are closed.


All Right Reserved!